Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

ދުނިޔެއީ ދައުރުވާ އެއްޗެއްމެ 17

Queenquill Level 210 Stories100 Login
March 23, 2026 3 Mins Read
0 Comments

ޖެހިގެން އައި ދުވަހު މާލެ ކައިރި ރަށަކަށް ފުރުމަށްޓަކައި، އެޕާޓުމަންޓުން ދެމީހުންގެ ބައެއް ސާމާނުތައް ބަލާ ދިޔައެވެ. ނީލަމްމެންގެ ކޮޓަރީގައިވެސް މީހުން އުޅެއެވެ. ކިތަންމެ ހިތްނުރުހުނަސް ހެދޭނެ ގޮތެއް ނެތިފައި ނީލަމް ޖެހުނީ ހުންނާށެވެ. ރާކިން ފުރާވާހަކަ ބުނުމުން ދަނީ ކީއްވެގެންތޯ އެގޭމީހުން ސުވާލުކުރިއެވެ. އަޖައިބެއްތާއެވެ. މީހަކު ކައިވެނިކޮށްހެން އެކަހިރި މާހައުލަކަށް އެދަނީ އަލަކަށއނޫނެވެ. ހަނީމޫނަށް ދިއުމަކީވެސް ޢާއްމު ކަމެކެވެ. އެމީހުން ދައްކާ ވާހަކައިން ހީވަނީ ކޮއްގެންނުވާ ކަންކަން ކުރަނީހެންނެވެ.

ހިތާމަޔާއި ރުޅިއާ އެކުވެ ނީލަމް އިންނަނީ ނެގިމަޑުވެފައެވެ. އެމޫނުގެ އުޖާލާކަމާއި ހިނިތުންވުން އެކީގައި ގެއްލިއްޖެއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މުޅި ދުނިޔެ ބަދަލުވީހެން ނީލަމަށް އިޙުސާސްވިއެވެ.

“ރާކިން..ކަންކަން މިވަނީ އަހަރެން އެއްވެސް ވަރަކަށް ބޭނުންވިހެންނެއް ނޫން..އަހަންނަށއ ވަރަށް އެބަ އުނދަގޫވޭ… ރާކިން ދެއްކިހާ މޮޅެތި ވާހަކަތައް ކޮބާ؟ ކައިވެންޏަށް 24 ގަޑިއިރުވެސް ނުވަނީސް ރާކިންވެސް ބަދަލުވެއްޖެ.. ކޮބާ އަހަރެންދެކެ ވެޔޭ ތިބުނާ ލޯތްބަކީ؟ ރާކިންވެސް ތިވީ ހަމަ އެހެން ފިރިހެނުން ކަހަލަ މީހަކަށް..” ނީލަމްގެ ޝަކުވާތަކަށް ނިމުމެއް ނެތެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ. މީހާގެ ނޭވާ ހާސްވެ ފިތެމުންދާފަދަ އިޙުސާސްތަކެއް ވަނީއެވެ. ދިރިއުޅުން ކުއްލި ބަދަލަކާއި ހައިޖާނެއްގައި އޮޔާދާތީއެވެ.

” ނޫނެކޭ..ތިހެން ނުބުނާށޭ..ހުރިހާ ކަމެއް ރަނގަޅު ވާނެޔޭ. ނީލަމްއަށް ދޭން އަހަރެން ޕްރޮމިސް ކުރި ލައިފް ދޭނަން. އަހަރެމެން ދާއިރު އެގޭގަވެސް ދެން މީހުންނެއް ނޫޅޭނެ. ޕްރައިވަސީއާ ވަގުތުވެސް ދެމީހުންނަށް ލިބޭނެ. ޕްލީޒް އަންޑަސްޓޭޑް ވެބަ. އަހަރެންވެސް ބޭނުންވި ގޮތަކަށް ނޫނޭ ކަންކަންވީ” ރާކިންގެ ރާގު ތަފާތެވެ. މާބޮޑު ހާސްކަމެއް، ނުވަތަ ދިމާވީ ކަންކަން އެއީ މައްސަލައެއްކަމަކަށް ރާކިން ނުދެކެއެވެ.

ހަނީމޫނުގައި ހޭދަވި ދުވަސްތަކުގައި ނީލަމްއަށް ރާކިންގެ ބަދަލުތައް ފާހަގަވާންފެށިއެވެ. މީހުން ބުނެއުޅޭފަދައިން، މީހެއްގެ ޙަޤީޤީ ސިފަ ފެންނާނީ އެކުގައި ދިރިއުޅެން ފެށުމުންނެވެ. ރާކިން ވާހަކަދައްކައެއް ނުހަދައެވެ. ނީލަމް ވަރަށް ވާހަކަދައްކާ ރާކިންގެ ސަމާލުކަން ލިބޭތޯ ބެކިޔަސް، އެކަމާ ރާކިން މާބޮޑަށް އަޅައެއްވެސް ނުލައެވެ. ގިނަ ވަގުތު ހޭދަވަނީ ފޯނާ ކުޅުމުގައެވެ. ނިދާއިރުވެސް، ނީލަމް ނިދި އައިސްގެން ނިދޭ އިރު ރަަކިން ހަމަ އޮންނަނީ ފޯނާ ކުޅޭށެވެ. އެވާހަކަ ދެއްކިޔަސް އެހެންނެއް ނޫންކަމަށްބުނެ، އެއްވެސް ބަދަލެއް ނުފެނުނެވެ. ނީލަމްއަށް އިޙުސާސްވާންފެށީ އެކަނިވެރިކަމެވެ. މީހަކު ހަމަ މިހާ އަވަހަށް ބަދަލުވޭ ހެއްޔެވެ؟ ނުލިބިގެން އާދޭސްކުރަމުން ދުވި ރާކިންއަށްވީ ކިހިނެއްބާއެވެ؟ މިހާރު އެބުނި ލޯބިތައް ފަޅި ސިކުންތުގެ ތެރޭގައި ގެއްލިގެން އެދިޔައީތާއެވެ. މިއީ ޤަބޫލުކުރަންދަތި އެހެނަސް ދުނިޔޭގެ ޙަޤީޤަތެވެ.

ޙަފްތާގެ ފަހު ދުވަހެވެ. މާލެ ދިއުމަށްޓަކާ ބަނދަރަށް ގޮސްތިބީ ލޯންޗުގެ އިންތިޒާރުގައެވެ.

” މިހާރު ނޫޅޭނެ ދޯ އެތާކު މީހުންނެއް؟” ނީލަމް ބޭނުންވީ އެކަން ޔަޤީންކުރާށެވެ. ރާކިން އިރުކޮޅަކު އެއްޗެއް ނުބުނެ ހުއްޓެވެ.

” ކަނޑުގަދަވީމަ އެމީހުން އަދި ރަށަކަށް ނުދޭ..ކަނޑު މަޑުވީމަ ދާނެދެން ވަރަށް އަވަހަށް” ރާކިން ބުންޏެވެ. ނީލަމްއަށް ރުޅިއާދެވުނީ ވީ ފޫއްސެއްގެ ބޮޑުކަމުންނެވެ. މިފަހަރު ނީލަމްވެސް ގޮތުގައި ހިފަހައްޓާނީއޭ ހިތަށްއެރުއެވެ. އެމީހުންނަށާ ރާކިންއަށް އެއްޗެއް ވިސްނޭތޯއެވެ.

” އެހެންވީމަ އަހަރެން ގެންގޮސްދީ ކުދިން ބަހައްޓާ ގެއަކަށް. ވީއެންމެ އަވަހަކަށް އަހަރެން ވަރިވެސްކޮށްދީ” ނީލަމްގެ ރުޅިވެރިކަންފެނިފައި ރާކިން ސިހުނެވެ. ބަހެއް ނުބުނެވި ހުއްޓާ ލޯންޗު އައުމުން، ރާކިންއަށް ބަލައިވެސް ނުލައި ނީލަމް ލޯންޗަށް އެރިއެވެ. މުޅި ދަތުރުގައިވެސް ނީލަމް ވާހަކައެއް ނުދައްކައެވެ.

” ދެންހަމަ ނުދާނަންތަ؟” މާލެ އާދެވުންތާ ފަނަރަ މިނެޓުވީ އިރުވެސް ނީލަމްހަމަ ހުރިގޮތަށް ހުރީއެވެ. އެއްވެސް މަންޒިލެއް ނެތް މީހަކުފަދައިންނެވެ. އާއެކޭ ބުނުމުގެ ގޮތުން ނީލަމް ބޯޖަހާލިއެވެ. ދެން ރާކިން ދެތިން ފަހަރަކު ފޯނު ކޯލެއް ކޮށްލާފައި އެނބުރިއައެވެ. އައިސް ނީލަމްގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. ސައިކަލުގައި ގޮސް ގެއެއްގެ ކައިރިޔަށް މަޑުކޮށްލިއެވެ.

” މިއީ ކޮންތަނެއް؟” ނީލަމް އެއްސެވެ.

” މިއައީ ޑެއިލީ ރޫމްއަކަށް..އެމީހުން ދަންދެން މިހެން އުޅޭނިދޯ” ރާކިންއަށް މިއީ އެއްވެސް ކަމަކަށް ވާހެނެއް ހިޔެއް ނުވެއެވެ. އެމީހުން ކައިރީ ދާށޭ ބުނަން އެނުކެރެނީ ކީއްވެ ހެއްޔެވެ.

އަލަށް ފެށި ދިރިއުޅުމުގައި މިއަދު މިވީ އަދި ފަސްވަރަކަށް ދުވަހެވެ. ނީލަމްގެ ހާލަކީ މީއެވެ. ވަންވާނެ ތަނެއްވެސް ނެތިއްޖެއެވެ. އަމިއްލަ ދިރިއުޅުމުގެ ލަގަން ދޫވެއްޖެއެވެ. އެޔަށް މިހާރު ބާރުފޯރުވަނީ އެހެން ބައެކެވެ.

” މިހެން ކިހިނެއް އުޅޭނީ ރާކިން؟ މިއީ ދިރިއުޅުމެއްތަ؟” ނުބުނަން ހުއްޓަސް އެވާހަކަތައް ނުދައްކާ ނީލަމަކަށއ ނުހުރެވެއެވެ. އެހާ ރީތިކޮށް ނީލަމް ކައިވެނީގެ ކުރިން ހުރިހާ ކަމެއް ހާމަކޮށް ކިޔައިދިނެވެ. އެކަމަކު ހެދިގޮތް މީއެވެ. ވީމާ ޝަކުވާ ނުކޮށް ހުރެވޭކަށް ނެތެވެ.

” އަބަދު އަބަދު ތިވާހަކަތައް ނުދަށްކަބަލަ. ކެތްތެރިވެސް ވާންޖެހޭނެ ދޯ، ދިރިއުޅުމުގަ ދިމާވާ ކަންކަމުގަ” ރާކިން ހިތްހަމަނުޖެހިފައި ބުންޏެވެ. ނީލަމްގެ ހިތަށް ވަރަށް އަސަރުކޮށްލިއެވެ. ކެތް އިންސާނަކަށް ކުރެވޭވަރަށް ނީލަމް އެކުރަނީ ނޫން ހެއްޔެވެ؟ މުޅި ޙަޔާތް ވިއްސިވިހާލިވީއިރުވެސް މަޑުމަޑުން ހުރީ ނޫންހެއްޔެވެ.

” ރާކިންތީ މިހާރު އަހަރެން ލޯބިވި ރާކިންއެއް ނޫން..ކައިވެނި ކުރި ހިސާބުން އަހަންނަށް ރާކިން ގެއްލިއްޖެ” ނީލަމްއަށް ރޮވުނެވެ.

” އަހަންނެއްވެސް ހިޔެއް ނުކުރަން ނީލަމްއަކީ ތިކަހަލަ މީހެއް ކަމަކަށް. އަބަދާ އަބަދު ޝަކުވާ.. އަހަރެންގެ މަންމަ ކާރިޔަށް ނުދާންވިއްޔަ ތިހުރިހާ ވަރުތަކެއް ތިބާލަނީ.. މަންމަ ގޯސްވެގެން އަޅެ ނީލަމްއަށް ކީއްތަ ކުރީ؟” އެހެން އެބުނަނީ ހަމަ ރާކިން ހެއްޔެވެ. ހުރިހާ ކަމެއް ކައިރިން ދެކެންހުރި މީހަކީ އެއީއެވެ. ކަންތައްވީގޮތުގެ އިތުރު ތަފްޞީލެއް ބޭނުމެއްވެސް ނުވާނެއެވެ. އެހެނަސް މިހާރު އެރީތި ހުވަފެންނިމި ހަޤީޤީ ދިރިއުޅުމަށް ނީލަަމަށް އާދެވުނީއެވެ.

ނީލަމަށް އިޙުސާސްވީ އެއްކޮށް އެންމެ މަތީ ހަރުފަތަށް އެރުމަށްފަހު، ރާކިން ނީލަމް ތިރިޔަށް ކޮއްޕާލުމުން ވެއްޓޭފަަދަ ހިތި އިޙުސާސެކެވެ. ދެލޯ މަރާލަމުން އެއީ ހުވަފެނަކަށްވުމަށް އެދެވުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Queenquill

Level 210 Stories100 Login

Tales of Heart...

Other Articles

Previous

ވަޢުދެކޭ މީ ކުރާ

Next

ލޯބިން އަރިހުގާ 7

Next
March 23, 2026

ލޯބިން އަރިހުގާ 7

Previews
March 22, 2026

ވަޢުދެކޭ މީ ކުރާ



All Right Reserved!