Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން އަރިހުގާ – 6

Queenquill Level 210 Stories100 Login
March 21, 2026 5 Mins Read
3 Comments

” އެކަމަކު އޭނަ ނައިރާއަށް ގުޅަންވެސް ގުޅި.. ނައިރާ ފޯނުގަ އެބޮތް ނަންބަރުވެސް ހަމަ ގުޅާފަ” ނައިރާ ޤަބޫލުނުކުރެވޭ ރާގެއްގައި ވާހަކަދެއްކިއެވެ.

” ދެން އަހަންނަކަށް ނޭނގެ..ތިމީހަކު ނައީއަށް އެކަންޏޭނު ތިފެންނަނީވެސް. ތިވެދާނު ގޯހަކަށްވެސް. އޮޅުވާލައިގެން އުޅޭ މީހަކަށްވެސް..” މައިލާ ބެލީ ނައިރާއަށް ވިސްނާދެވޭތޯއެވެ. އެހެނަސް ނައިރާއަށް ތަޖުރިބާކުރެވުނު ކަންތައްތަކުންނާ ދާނިޝްގެ އޯގާތެރިކަމުން، ނައިރާގެ ހިތް އެވާހަކަތަކާ ދެކޮޅުހަދަނީއެވެ.

ކޮފީތައްޓެއް ހިފައިގެންހުރި ޒާން ވިސްނަމުންދިޔައީ ފަހީމާއާ ދޭތެރޭގައެވެ. ޅަފަތުގެ ހަނދާންތަކުން ޒާންގެ ހިތްރޮއްވަމުން ދެއެވެ. މަންމަގެ ލޯތްބަށް އެދި ޒާން ރުއިރުއިން އިއްޔަވީކަމެއްހެން ހަނދާނުގައި ހަރުލައިފައި ހުރެއެވެ. ދަރިޔަކާއިމެދުގައި އެގޮތަށް ކަންތައްކުރަން މަޔަކަށް އޮންނާނީ ކޮން ޢުޒުރެއްހެއްޔޭ ޒާންގެ ހިތް ބުނަމުންދިޔައެވެ.

ސިންގަޕޫރުން ޒާން ގަނެފައި ހުންނަ އެ އެޕާޓުމަންޓުގެ ވާހަކަ ޒާންބުނީ ނައިރާގާތު އެކަންޏެވެ. އެއީ ޒާން ހުރިހާ ކަމަކާދުރުވެ ދުނިޔެއަށް ފިލަން ވަންނަ ‘ހޮރެވެ.’

މެންދަމުގެ ވަގުތެވެ. އެއް އަތުން ހަލާކުވެފައިވާ ފޯނު ހިފައިގެން، އަނެއް އަތުން އެހެން ފޯނެއް ހިފައިގެންހުރެ، ދާނިޝް ދެފޯނަށް ބަލަމުން ދިޔައެވެ. ދެފޯނަކީވެސް ދާނިޝް ބޭނުންކުރާ ދެފޯނެވެ. އަދި ވަކި ސަބަބަކަށްޓަކައި ދެފޯނުވެސް ދާނިޝްއަށް މުހިންމެވެ. ދާނިޝް ރަނގަޅަށް އޮތް ފޯނު ހުޅުވުމަށްފަހު ނައިރާގެ ނަންބަރު ސޭވްކޮށްލިއެވެ. ފުންނޭވާއެއް ދޫކޮށްލަމުން އިރުކޮޅަކު ސްކްރީނަށް ބަލަން ހުއްޓެވެ. ދާނިޝްގެ ހިތަށް މިވަނީ ކީއްހެއްޔޭ ހިތް ބުނަނީއެވެ. މުޅިން އެހެން މަޤުޞަދެއް އޮތް ދާނިޝްގެ ދިރިއުޅުމުގައި އެހެން ކަމަކަށް ޖާގައެއް ނެތެވެ. ލޯތްބަކަށް ތަނެއް ނެތެވެ. އަދިއަމުދުން މީހަކަށް ރަހުމުކުރާނެ ފުރުޞަތެއް ނެތީމައެވެ. ނައިރާގެ ސަބަބުން ދާނިޝްގެ ސަމާލުކަން ގެއްލި މަގުއޮޅޭކަށް ނޭދެއެވެ. އެހެނަސް ތަޤުދީރަށް ފުރަގަސްދެވޭ ހެއްޔެވެ. ތަދުބީރުވެސް ނުވާފަދައަކުން ދިރިއުޅުން ބަދަލުވެދާނެއެވެ.

އިރު އޭގެ ތަޚުތުގައި ފިޔަޖަހަމުންދިޔައެވެ. ދުވަހަކީ އުޑުމަތި ނުހަނު ސާފު ހިތްގައިމު ދުވަހެކެވެ. އެރި އިރާއިއެކުގައި ނައުފަލް ނައިރާ ނަގާކޮޅަށްޖެހިއެވެ. ދަތުރެއް ދާން ހިނގާށޭ ކިޔާފައެވެ. ނަމަވެސް ނައިރާގެ ތަބީޢަތު ވަރަށް ގޯހެވެ. ފިކުރުތަކުގެ ހާއްޔެއްގައި ސިކުނޑިވަނީ ޤައިދުވެފައެވެ. ރަނގަޅަކަށް ނުވެސް ނިދެއެވެ.

” އެހެން ދުވަހަކުން ދާނީ.. ނައިރާ ނުދާނަން..” ފޫހިގޮތަކަށް ނައިރާ ބުނަމުންދިޔައެވެ.

” މިތާ ކައިރީގަ މިއޮތް ރަށަށޭ ދަނީ.. އެއީ ގެސްޓުންވެސް ދާރަށެއް..ގެވެސް ހުންނާނޭ.. ބައްޕަ އަނެއް ދުވަހުން ފުރާތީ މިއަދު އޯވަނައިޓަކަށް ދަނީވެސް” ނައުފަލް ކިޔައިދިނެވެ. ނައުފަލް ކުރުނުކޮށް އާދޭސްކުރާވަރުން ނައިރާ އެއްބަސްވިއެވެ. ފަހަރެއްގައި އެދަތުރު ގޮސް އެންމެނާއެކު އުޅެލީމަ ޚިޔާލުތަކާވެސް ދުރުވެވިދާނެ ކަމަށެވެ.

އެއީ ވަރަށް ރީތި ރަށެކެވެ. ބޮޑު ތުނޑިއަކާއި ވަރަށް ސާފު މޫދެއްވެސް އޮވެއެވެ. މައިލާއާއެކުގައި ނައިރާ މަޑުކޮށްލައިގެން އިނީ ހިޔާދޭ ގަހެއްގެ ދަށުގައެވެ. ވަރަށް ނަލަ ވައިރޯޅިވެސް ޖެހެއެވެ.

” ޒާން މެސެޖުގަ އެދިފަ އޮތީ އެެއްވެސް މީހަކަށް ހުރިތަން ނާންގަން.. ކޮން ވާހަކައެއްބާ ބުނަން އެއުޅެނީ..” ނައިރާ ބުންޏެވެ.

” ނައިރާދެކެ ލޯބިވާ ވާހަކައޭނު..” ހެމުން މައިލާ ބުނެލިއެވެ. ނައިރާއަށްވެސް އެހެން ހީވެއެވެ. ޙުދު ނައިރާގެ ހިތުގައިވެސް ދާދި އިއްޔައަކާ ޖެހެންދެން ޒާން ކޮންމެވެސް ސިފައެއްގައި ރަސްކަންކުރަމުން ދިޔައެވެ. އެހިތުގެ ވެރިޔާއަކީ ޒާންއޭ ހީވާ އެތައް އިޙުސާސެއް ކުރެވުންވެސް މެއެވެ. އެހެނަސް މިއަދު އެހިތުގެ ޙައްޤުވެރިޔާ ނިންމަން ނައިރާއަށްވަނީ ދަތިވެފައެވެ.

” ކީއްވީ..އެއީނުންތަ ނައިވެސް ބޭނުންވާ ގޮތަކީ؟” މައިލާ ނައިރާގެ މޫނަށް ބަލައިލިއެވެ. ފަނޑުހިނިތުންވުމެއް ދިނުމަށްފަހު ނައިރާ ނޭނގޭބުނާފަދައަކުން ކޮނޑުއަރުވާލިއެވެ.

” ހިތަށް އަރާ އަސްލު ފަހީމާއްތަ ކީއްވެބާއޭ ޒާންއަށް އެހެން ހެދީ.. ޒާން ކުޑައިރު ފަހީމައްތަ އަންނައިރާ ވަރަށް ލޯބިން އުޅޭނެ..ފަހަތުންގޮސް ވާހަކަދައްކާތޯ..ބައްދާލާ، ސަމާލުކަން ލިބޭތޯ ވަރަށް އުޅޭނެ. އެކަމު ފަހީމައްތަ އަޅާވެސް ނުލާނެ.. ޒާންދުރުކޮށްލާފަ ދާނީ އަނގައިންވެސް ނުބުނެ ގިނަފަހަރު.. ނައިރާ ހަނދާންހުރޭ ޒާން ރޯވަރު އެކަމާ.. މަންމައާ އަބަދު ސުވާލުކުރާނެ ކީއްވެހޭ ޒާންގެ މަންމި ޒާން ބޭނުންނުވަނީ، ޒާންދެކެ ލޯބިނުވަނީ” އެވާހަކަތައް ކިޔާދިންއިރު ނައިރާވެސް އިނީ ދެރަވެފައެވެ. ޒާންގެ ހާލެއްނޭނގޭތީވެސް ނައިރާއަށް ފިކުރުކުރެވެއެވެ.

އެރަށުގައި ހޭދަވެގެންދިޔައީ އުފާވެރި ވަގުތުތަކެކެވެ. ދުވަސްތަކަކަށްފަހުގައި އާއިލާއާއެކު އެގޮތަށް ވަގުތު ހޭދަކޮށްލަން ލިބުމުން ފައިސަލްވެސް ހުރީ ވަރަށް އުފަލުންނެވެ. އެއީ ވަރަށް ލޯބި އާއިލާއެކެވެ.

އަނެއް ދުވަހުގެ މެންދުރު ފައިސަލްއާއެކު ނައުފަލްވެސް މާލެދިޔައީއެވެ. ފަހީމާއާ ރިލްވާންވެސް ދިޔައެވެ. ނައިރާ ޗުއްޓީގެ ބާކީ ހަފްތާވެސް ރަށުގައި ހުންނަން ބޭނުންވާތީ ހާމިދާ ނައިރާއާއެކު މަޑުކުރީއެވެ.

ނައުފަލް ދިއުމުން ގޭތެރޭގެ އަޑު މަޑުވެއްޖެއެވެ. އަބަދު ނައިރާއާ އަރާރުންވެ އުޅެފައި ދިއުމުން އިޙުސާސްވީ ފަޅުކަމާއި ފޫހިކަމެވެ.

” ދަރިފުޅު ނުނިދަންތަ؟ ” ނިދަންދަމުން ހާމިދާ ނައިރާ ކޮބައިތޯ ބަލައިލިއެވެ.

” ނޫން މިއުޅެނީ ނިދަންހަމަ..” ފޯނާ ކުޅެން އޮތް ނައިރާ ބުންޏެވެ. ގޭގެ ދޮރުތައް ރަނގަޅަށް ލެއްޕިފައި ހުރިކަން ޔަޤީންކުރުމަށްފަހު ހާމިދާ ނިދަން ވަދެއްޖެއެވެ.

ހުޅުވާފައިހުރި ބެލްކަނީގައި ހުރި ދޮރުފޮތިގަނޑު ހެލިލިހެން ނައިރާއަށް ހީވިއެވެ. އަޑެއްވެސް އިވުނޭހިތާ ނައިރާއަށް ތެދުވެވުނެވެ. ބެލްކަންޏަށް ނިކުމެ ނައިރާ ވަށައިގެން ހޯދާލިއެވެ. މީހެއްގެ ހިލަމެއް ނެތެވެ. ހީވިހީވުމެއްކަމުގައި ނިންމުމަށްފަހު ކޮޓަރިއަށްވަދެ ބެލްކަނީގެ ދޮރު ލައްޕާލިއެވެ. އަދި ދޮރުފޮތިގަނޑު ކައިރިކޮށްލުމަށްފަހު އެނބުރިލި ވަގުތު މީހަކު ފަހަތުގައި ހުރިކަމުގެ އިޙުސާސްވެގެން، ހަޅޭލަވައިގަނެވުނެވެ. ދާނިޝް ހުޝިޔާރުކަމާއެކީގައި ނައިރާގެ އަނގަމަތީގައި އަތްއަޅާ އެއަޑު އެހެންފަރާތަކަށް އިވުނަނުދީ ހުއްޓުވިއެވެ. އޭރު ނައިރާހުރީ މޭގަނޑުއަނގަޔަށް އަންނަވަރަށް ބިރުގަނެފައެވެ.

” ޝްޝް..ހަޅޭ ނުލަވައްޗޭ..އަތްނަގަނީ” އެހެން ބުނުމަށްފަހު ދާނިޝް މަޑުމަޑުން އަތް ދުރުކޮށްލިއެވެ.

” ދާނިޝް މިގަޑީގަ..ކިހިނެއްތަ ތިވަދީވެސް މިތަނަށް؟” ނައިރާ ބިރުން ހުރެ ވާހަކަދެއްކިއެވެ. މަންމައަށް އެނގިންޖާ ދުވަސްދާނެއެވެ.

” އިއްޔަވެސް ހާދަ ހޯދީމޭ.. ކޮންތާކު އުޅުނީ؟” ދާނިޝް ހަމަޖެހިލާފައި އަހާލިއެވެ. އިއްޔަ ދަތުރު ދިޔައީކަމަށް ނައިރާ ބުންޏެވެ.

” ދެން ގުޅާފަވެސް އަހާލެވޭނު ތިހެން..” ނައިރާގެ ހާސްކަން ކުޑައެއް ނުވިއެވެ.

” އޭރުން އަހަންނަކަށް ނައިރާ ރަނގަޅަށް ހުރިކަމުގެ ޔަޤީންކަމެއް ނުލިބޭނެ މިހެންނެއް..އަހަރެން ބޭންވީ ހަމަލޮލުން ނައިރާ ދެކިލަން” ދާނިޝް ނައިރާއާ ގާތްވެލަމުން ބުންޏެވެ.

” ނައިރާ ބޭނުމެއް ނޫން.. މީހަކު ބުނެފި ތިގެޔަކީ އަސްލު މީހުން އުޅޭ ގެއެއް ނޫނޭވެސް.. އަދި ބުނީ..ބުނީ އެގޭގެ ދެމަފިރިންނަށް ލިބުނު ދަރިފުޅު މަރުވީއޭ..ދެން ދާނިޝްތީ ކާކު؟ ނައިރާ ވިސްނާވިސްނާ މޮޔަވަނީ މި” ދާނިޝްގެ މޭގައި އަތްވިއްދާ ދުރަށް ކޮއްޕާލަމުން ނައިރާ އެހިއެވެ. ދާނިޝް ހިނދުކޮޅަކަށް ހުއްޓުންއެރިއެވެ.

” އެއީ ތެދެއް…އަހަރެން ..މީ ނައިރާ ތިހީކުރާ ކަހަލަ މީހެއްނޫން.. ” ދާނިޝް ވައި އަޑުން ބުނެލިއެވެ. ނައިރާއަށް ބިރުން ރޮވެންފެށިއެވެ.

” ޕްލީޒް ނުރޮއިބަލަ… ދެން މީހަކު ހަމަ އެއްޗެއް ބުނާއިރަށް ޙަޤީޤަތް ބަލާނުލާ ގޮތް ނިންމަންވޭތަ. އަހަންނަކީ ހަމަ އަސްލެކޭ… ދެން ބަލާލަބަ.. ” ނައިރާގެ ކަރުނަތައް ދެކެން ދާނިޝްއަކަށް ކެތެއް ނުވިއެވެ. އަތުތެރޭގައި ނައިރާ ފޮރުވާލަމުން، އެކަރުނަތައް ފޮހެދޭންފެށިއެވެ. ނައިރާ ދާނިޝްގެ އެފުން ދެލޮލަށް ބަލައިލިއެވެ.

” ދޭން…” ތުންކޮޅުހަދާލަމުން ދާނިޝްގެ މޭގައި ޖަހާލިއެވެ. ދާނިޝް ގަސްތުގައި ނައިރާ ބިރުގަންނުވާލުމުންނެވެ.

” މަރުވީ އަހަރެންގެ ކޮއްކޮ..އެވާހަކަތައް ދައްކާކަށް ބޭނުމެއް ނޫން.. މަންމަމެންވެސް އެހެންވެ ރަށް ދޫކޮށް ދިޔަގޮތަށް އެނބުރިއެއް ނާދޭ..އަހަރެން ދޭތެރެޔަކުން މިހެން އަންނަނީ..” ދާނިޝް ކިޔާދިނެވެ.

” އަޅެ ނައިރާ ސޮރީ..” ދާނިޝްގެ މާޔޫސްވީ ދެލޯފެނިފައި ނައިރާ ދާނިޝްގެ މޫނުގައި ހިފަހައްޓައިލިއެވެ. ނޫނެކޭ ބުނާފަދައަކުން ދާނިޝް ބޯހޫރުވާލިއެވެ.

” ދެން ނައިރާ ހީކުރީ އަހަންނަކީ ލޭބޯމީހެއް ކަމަށްދޯ؟” ނުލަފާގޮތަކަށް ހީލަމުން ދާނިޝް ދިމާކޮށްލިއެވެ.

” ވަރަށް ފޫހިވޭ ހަމަ..” ދާނިޝްގެ އަތުގައި ޖަހާލަމުން ނައިރާ މޫނު އަނބުރައިލިއެވެ. ދުރަށް ދިއުމަށެވެ. އެހެނަސް ނައިރާގެ އުނަގަނޑުގައި ފަހަތުން ހިފަހައްޓާލަމުން، ދާނިޝް ނައިރާ ގެނެސް ދާނިޝްގެ ގައިގައި ލައްކޮށްލިއެވެ. އަދި ނައިރާގެ އިސްތަށިގަނޑު އެއްފަރާތްކޮށްލުމަށްފަހުގައި، ޖީބުން ނެގި ފަށް ނައިރާގެ ކަރުގައި އަޅުވާލިއެވެ. ފަށުގެ ފުލުކަށްއޮތީ ވިދަވިދައި އޮތް ވަރަށް ރީތި ޖަވާހިރެކެވެ.

” މިޔޯ؟” ބޭއިޚުތިޔާރުގައި ނައިރާއަށް ރަކިކޮށް ހިނިތުންވެލެވުނެވެ. ފަށުގެ ފުލުގައި އަތް ޖައްސާލަމުންނެވެ. ދާނިޝްއާވީ ފަރާތަށް ނައިރާ އަނބުރާލިއެވެ. އަދި ދާނިޝްގެ ގާތަށް ދަމާލިއެވެ.

” ނައިރާ.. އަހަރެންގެ މީހަކަށް ވާނަންތަ؟ ” ޖެހިލުންކުޑަކަމާއިއެކު ދާނިޝްގެ ހިތުގެ އެދުން ހާމަކޮށްލިއެވެ. ނައިރާ ސިހުނެވެ. ކުއްލިއަކަށް އެފަދަ ކަމަކަށް ތައްޔާރުވެސް ނުވެހުއްޓާ، އެވާހަކަ އިވުމުންނެވެ.

” އެނގޭ އަދި އަހަންނާ ބައްދަލުވީތާ މާދުވަސް ނުވާކަން އެކަމަކު.. އަހަރެން ނައިރާ ބޭނުން..” މަޑުން ހުރި ނައިރާގެ އަތަށް ފިތާލަމުން ދާނިޝް އަނެއްކާވެސް ބުންޏެވެ.

” ނައިރާއަށްވެސް ދާނިޝްއާމެދު ވިސްނޭ…އެކަމު ކުއްލިއަކާ ތިހެން އެހީމަ..ބުނާނެ އެއްޗެއް ނޭނގޭ..” ނައިރާ ލަދުން އިސްޖަހާލިއެވެ.

” އެކަމު ނައިރާތީ އަހަރެންގެ މިލްކެއް..” ނައިރާގެ ނިއްކުރީގައި މަޑުމަޑުން ބޮސްދީފައި ދާނިޝް ދުރަށް ޖެހިލިއެވެ. ނައިރާގެ ކޯތާފަތް ރަތްވެގެން ދިޔައެވެ. ނައިރާގެ ހިތުގެވެސް ހާލަކީ އެއީކަން ހާމަކުރާނީ ކިހިނެއް ހެއްޔެވެ.

” ނައިރާވެސް..ބޭނުން” ވަރަށް މަޑުމަޑުން ކިރިޔާ އަޑު އިވޭ ވަރަށް، އިސްޖަހައިގެން ހުރެ ނައިރާ ބުންޏެވެ.

” ކީކޭ..ނީވޭ އަޑެއް” އަޑު ނީވޭކަމަށް ހަދާފައި ދާނިޝް ކަންފަތް ދިއްކޮށްލިއެވެ. ނައިރާ ދާނިޝް ކޮއްޕާލަމުން ދުއްވާގަތެވެ.

” ދެން ނުއެއް ފިލޭނެ..” ފަހަތުންގޮސް ނައިރާގެ ގާގައި ބައްދާލަމުން، ދާނިޝް ނައިރާ އުފުލާލިއެވެ. އަދި ސޯފާގައި ދާނިޝްގެ އަތުތެރޭގައި ބޭންދިއެވެ. ނައިރާ ލަދުން ވިރެނީއެވެ. ދާނިޝް ހަމަ ރަނގަޅަށްވެސް ނައިރާގެ ހިތް އަތުލީ ހެއްޔެވެ.

” އެކަމު..ނައިރާ ކިޔެވުން ނިމެން އަދި އެބައޮތް ހަމަސް.. ނައިރާ މި ހަފްތާގަ ފުރަންޖެހޭނެ.. މެލޭޝިޔާއަށް ދާން..” ކުޑައިރުކޮޅަކަށްފަހު ނައިރާގެ އިސްތަށިގަނޑާ ކުޅެން އިން ދާނިޝްއަށް ބަލައިލަމުން ނައިރާ ވާހަކަދެއްކިއެވެ.

” އޫމް.. އެކަމަކު ކިޔަވާ ނިންމޭހާ އަވަހަކަށް މެރީ ކުރަންވާނެ..އަހަރެން ބޭނުމެއްނޫން މެރީނުކޮށް ލަސްކުރާކަށް..” ދާނިޝްގެ ސަމާލުކަން ހުރީ އެކަށް ނައިރާއަށް ހުއްޓިފައެވެ.

” ނައިރާއަށް އޯކޭ އެކަމު..އަދި ނައިރާ ބައްޕަމެން ކައިރީވެސް ބުނަންޖެހޭނު..” ނައިރާ ބުންޏެވެ.

” އެމީހުން ޤަބޫލު ނޫނީ ނައިރާ ދާނިޝް ދޫކޮށްލާނީތަ؟” ދާނިޝްގެ އެސުވާލު ނައިރާ ހިމޭންކޮށްލިއެވެ. ދާނިޝް ނައިރާ ދުރުކޮށްލައިފައި ތެދުވިއެވެ.

” ދާނިޝް..ޕްލީޒް އަޑު އަހާބަ ނައިރާ މިބުނަން އުޅޭ ވާހަކަ..” ދާނިޝް ބެލްކަނިން ނިކުންނަން ފެށުމުން ނައިރާ ގޮސް ދާނިޝްގެ އަތުގައި ހިފެހެއްޓިއެވެ.

” ދެން ފަހުން..” ދާނިޝް ނައިރާ ދުރުކޮށްލަމުން ވަރަށް ހުޝިޔާރުކަމާއެކު ބެލްކަނިން ތިރިޔަށް ފުންމާލިއެވެ. ދާނިޝް ފުންމާލުމުން ނައިރާއަށް އަނގަމަތީ އަތް އެޅުނެވެ. ތިރިއަށް ބަލައިލިއިރު، ފާރުގައި ހިފެހެއްޓެން ހުރި ތަންތަނާއި ހޮޅިތަކުގެ އެހީގައި ފަސޭހަ ކަމާއިއެކު ދާނިޝް ފައިބާފިއެވެ. ހީވަނީ ހަމަ އާމުކޮށްކޮށްއުޅޭ ކަމެއް ކޮށްލި ހެންނެވެ. ދާނިޝް ގޮސް އޮބާލުމުން ނައިރާ ވަރަށް ދެރަވެފައި ދާނިޝްއަށް ގުޅަން މަސައްކަތްކުރިއެވެ. އެހެނަސް ދާނިޝް ފޯނެއްވެސް ނުނެގިއެވެ. ދާނިޝް ހިތްހަމަނުޖެހިގެން ދިއުމުން ނައިރާ ވަރަށް ދެރަވިއެވެ.

ނިއްމަތީގައި އަތް ބާއްވާލައިގެން އެނދުގައި އޮތް ދާނިޝްއަށް ވިސްނެމުންދިޔައެވެ. މުޅި ދުނިޔެ އެއްފަރާތްކޮށްލާފައި ދާނިޝް ނައިރާ އިޚުތިޔާރު ކުރިކަން ނައިރާއަށް ވިސްނާދޭނީ ކިހިނެއް ހެއްޔެވެ. ދާނިޝްގެ މަންޒިލާ އެހާ ގާތްވެފައި ވަނިކޮށް ދާނިޝްއަށް ނައިރާދެކެ ވެވުނީ އިންތިހާ ލޯބިކަން ބަޔާންކޮށްދޭނެ ގޮތެއް ނޭނގެއެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Queenquill

Level 210 Stories100 Login

Tales of Heart...

Other Articles

Previous

ވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 4)

Next

ދުނިޔެއީ ދައުރުވާ އެއްޗެއްމެ 16

Next
March 21, 2026

ދުނިޔެއީ ދައުރުވާ އެއްޗެއްމެ 16

Previews
March 21, 2026

ވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 4)

3 Comments!

  1. Sheez says:
    March 21, 2026 at 12:47 pm

    Haadha romantic ey mi part MA❤️
    Alhey hama asluves dhaanish akee human ah noon dhww and eyna ge time jehenee eyna aslu world ah dhaan 🥺🥺😔
    soo cool ☺️☺️
    Zaan vee lanka ga! Oh sad
    Can’t wait for the next part!🤭
    TC gurll 💋❤️

    1. Queenquill says:
      March 21, 2026 at 3:25 pm

      Glad you liked it❤️
      Lots of love
      Tc🥰

  2. Anonymous says:
    March 22, 2026 at 1:36 am

    this story is so basic

Comments are closed.

Next Episodeލޯބިން އަރިހުގާ 7←


All Right Reserved!