ސައިކަލުގައި ޒިވްޔަންމެންނަށް ހުޅުމާލެ ދެވުނު އިރު އެދެމީހުން ނޫން އެންމެން އެތާގައި ތިއްބެވެ. އިޒްކާން މޫދަށް އެރެން އަންނަމުން އައި އަލީނާ ވެސް ގޮވައިގެންނެވެ. އެކަމާ ޔައިޝާ ދެރަވި ނަމަވެސް އިތުރު އެއްޗެއް ބުނަން ނުކެރުނީ އޭނައަށް ކީއްހޭ ހިތައް އެރުމުންނެވެ. ނަމަވެސް އަލީނާ އެއާ ތަފާތެވެ. ޔައިޝާ ފެނުމުން ބުމަގޮއްޖަހާލަމުން އިޒްކާން އާއި ބޮޑަށް ގާތަށް ޖެހިލިއެވެ. އެކަމުން އިޒްކާންއަށް އުނދަގޫވި ނަމަވެސް ކެތްތެރިވީ އަލީނާ ކައިރީގައި އަލީނާ ދެކެ އިޒްކާން ލޯބިނުވާ ވާހަކަ ބުނެވެންދެންނެވެ.
**********
ޔައިޝާ އިނީ ފޫހިވެފައެވެ. އަންމެން މޫދަށް އެރި ސަކަރާތް ޖެހިއިރުގައި ވެސް އޭނާ މަޑުން ހުރީ މޫޑް ނެތީމައެވެ. ޔައިޝާ މާދުރުގައި އެކަނި އިންތަން ފެނުމުން އަލްޔަން އެދިމާލަށް ދިޔައެވެ. އޭނާ ބޭނުންވަނީ އައިކާގެ ސަމާލުކަން ހޯދާށެވެ. ކަންވީ ވެސް އެހެންނެވެ. އަލްޔަން ޔައިޝާ އާއި ދިމާލަށް ދިޔުމުން އައިކާ ދެރަވިއެވެ. އަދި ހަމަ އެހެންމެ ޔައިޝާ އާއި މެދުގައި ކުޑަކަށް ހިތްހަމަ ނުޖެހެވުނެވެ.
“ހޭއި..”. މާދުރުގައި އެކަނި ވެލިގަނޑަށް އަތް ލައިގެން އިން ޔައިޝާ އަށް އަލްޔަން ގޮވާލިއެވެ. “އެކަނި ތިހެން ނީނދެ އަންނަންވީނު ސަކަރާތް ޖަހާލަން…. ޔައިޝާ ކައިރި ވެލިގަނޑު މަތީގައި އިށީންނަމުން އަލްޔަން ބުނެލިއެވެ. ހިނިތުންވެލަމުން ޔައިޝާ އޭނާ މޫދަށް ނޭރޭނެ ވާހަކަ ބުނެލިއެވެ. އަދި އަލްޔަން މެން ސަކަރާތް ޖަހާށޭ ވެސް ބުނެލިއެވެ. އެހެން ބުނުމުން އަލްޔަން ހިނިގަނޑެއް ޖަހާލަމުން ދިޔައީއެވެ. ގިނަ ވަގުތުތަކެއް އެކުވެރިންނާއެކު ޔައިޝާ މެން ހޭދަކުރިއެވެ. އެހެނަސް ކުރިން ޖަހާކަހަލަ ސަކަރާތް ގަނޑު މިއަދު ޔައިޝާ ޖަހާކަށް ބޭނުމެއް ނުވިއެވެ. އަލީނާ އިޒްކާން އާއި އެކުގައި ފެނުމުން ފާޑަކަށް ޔައިޝާ މޫޑު ސަކަރާތް ވީއެވެ. މިހާރަކަށް އައިސް ޔައިޝާއަށް މާބޮޑަށް އިޒްކާން އާއި މެދުގައި ވިސްނެއެވެ. ސަބަބެއް އޭނާއަށް ވެސް ނޭނގެއެވެ. އިޒްކާން ފެންނަ ކޮންމެ ފަހަރަކު އެހިތަށް ހަމަޖެހުން ލިބިގެން ދެއެވެ. ހަމައެހެންމެ އިޒްކާން އޭނާއާއި ވާހަކަ ދައްކާ ކޮންމެ ފަހަރަކު އެހިތް އުފަލުން ފޮޅެއެވެ. ޔައިޝާ އޭނާގެ އަމިއްލަ ނަފްސު ގިނަފަހަރު ކޮންޓްރޯލް ނުވާ ފަހަރު ފަހަރު އިޒްކާން އޭނާއަށް އެހީތެރިވެދޭތީ އިޒްކާންއަށް ވަނީ އެހިތުން މަތިވެރި މަގާމެއް ދެވިފައެވެ.
ހިޔާލުތަކަށް ގެއްލި ހުސްވެފައިން ޔައިޝާ ސިހިގެން ދިޔައީ މޫނުމަތީގައި މީހަކު އަތް ހުރަސް ކޮއްލުމުންނެވެ. ޔައިޝާ ބަލާލި އިރުގައި ދެއުކުޅުވަޅުގައި އަތް ވިއްދާލައިގެން އަލްޔާ ހެވިފައި ހުއްޓެވެ.” ޔައީ.. މާވަރަކަށް އެސޮރާ ދިމާލަށް ތިބަލަނީ އަނެއްކާ ހިތްކީތަ….” ޔައިޝާ އާއި ދިމާ ކޮއްލަމުން އަލްޔާ ބުނެލިއެވެ. ޔައިޝާ ވެސް ހިނިތުންވެލަމުން ކަމެއް ނުވެއޭ ބުނެލިއެވެ. އިޒްކާން އާއި މެދުގައި ޔައިޝާ ވިސްނާކަން އެއްވެސް މީހަކަށް އިނގޭކަށް ޔައިޝާ ބޭނުމެއް ނޫނުއެވެ. ދުވަހެއް ކޮޅުން ވެސް އިޒްކާން އޭނާ ދެކެ ލޯބިވާނެ ހެއްޔެވެ؟ އިޒްކާން ޔައިޝާއަށް އެހީތެރިވަނީ ޔައިޝާއަށް ހެޔޮ އެދޭތީއެވެ. އެއްވެސް ވަރަކަށް ލޯބިވެގެންނެއް ނޫނެވެ. ނަމަވެސް ޔައިޝާއަށް ނޭނގުނުކަމީ އިޒްކާން މިދުނިޔެ މަތީގައި ޔައިޝާ ނޫން އަންހެން ކުއްޖަކާ ދިމާލަށް އެކަހަލަ ނިޔަތަކުން ބަލާވެސް ނުލާނެކަމެވެ.
އަލީނާ ދެކެ ކުރިން ލޯބިވީ ކަމުގައި ވިޔަސް މިހާރު އަލީނާ ދެކެ އިޒްކާން އެއްވެސް ވަރަކަށް ލޯތްބެއް ނުވެއެވެ. އަލީނާ ގާތުގައި އެވާހަކަތަށް އިޒްކާން ބުނާކަށް ވެސް މާގިނަ ދުވަހެއް ނެެެތެވެ. ޔައިޝާ އާއި އަލްޔާ ވާހަކައިގައި ތިއްބައި އެތަނަށް އައިކާ އައިސް މަޑުކޮއްލިއެވެ. ” ހެއި…” އައިކާ ބުނެލިއެވެ. ބަދަލުގައި އަލްޔާމެން ވެސް ހިނިތުންވެލާފައި އައިކާ އާއި ބައިވެރިވެގެން ވާހަކަ ދައްކަން ފެށިއެވެ. ތިން އެކުވެރިން ވާހަކައިގެ ތެރެއިން މަޖާ ނަގަމުން ދިޔައިރުގައި އައިކާއަށް އެނގުނު އެއްޗަކީ ޔައިޝާއަކީ ހަމައެކަނި އަލްޔަންގެ ވަރަށް ގާތް އެކުވެރިއެއް ކަމެވެ. އެކަމުން ވެސް އައިކާގެ ހިތަށް ކުޑަހަމަޖެހުމެއް ލިބުނެވެ. އައިކާ ވިސްނަމުން ދިޔައީ އަލްޔަން އާއި ވާހަކަ ދައްކާނެ ގޮތަކާއި މެދުގައެވެ. ” އަލް… އަހަންނަަށް ވަރަށް ބޮޑުކަމެއް ކޮއްދެވިދާނެތަ…” އަލްޔާ ކުރެން އައިކާ އަހާލިއެވެ. އަލްޔާ ކޮންކަމެއްހޭ އަހާލުމުން އައިކާ ބުނީ ފަހުން ބުނާނެ ކަމުގައެވެ. ތިން އެކުވެރިން ވާހަކައިގައި ތިބެފައި އިޒްކާންމެން ތިބި ދިމާލަށް ބަލާލީ ޒިވްޔަން ގޮވާލުމުންނެވެ.
“ޕޮޓޭޓޯ އާދެބަލަ އަހަރެމެންނާއި އެކު ސަކަރާތް ޖަހާލަން…” އަލްޔާ އާއި ދިމާލަށް އިޝާރަތް ކުރަމުން ޒިވްޔަން ބުނެލިއެވެ. އަލްޔާ ދަތް ކުދި ވިކާލަމުން ތިމަންނަ މީހާ ނޫޅެމޭ ކިޔާފައި މޫނު އަނބުރާލީއެވެ. ޒިވްޔަން އިތުރަށް އަލްޔާ ރުޅިއަރުވަން ފެށިއެވެ. ” ކިހާ ދެރަވެއްޖެ ކަމެއް ޒިވްޔަން… އަހަރެން ރުޅި އަރުވާނުލައި ޒިވްޔަންއަށް ހަމަޖެހުން ނުލިބެނީތަ….” ރުޅިއައިސްފައި ހުރެ އަލްޔާ އެހެން ބުނެލީ ވަރަށް ބާރަށެވެ. އެހެން ފަހަރުތަކެކޭ ހިލާފަށް މިފަހަރު ޒިވްޔަންއަށް އެއްޗެކޭ ބުނާކަށް ނުކެރުނެވެ.
އެހެން ފަހަރު ފަހަރުގައި ޒިވްޔަން އަލްޔާއަށް ރައްދުދީފައި މިފަހަރު އޭނާއަށް ބަދަލުގައި ރައްދު ނުދިނުމުން އަލްޔާ ހުރީ ފާޑަކަށް ހައިރާންވެފައެވެ. ވާނީ ވެސް އެހެން ނޫން ހެއްޔެވެ؟ އަލްޔާ އެއްޗެކޭ ބުނާއިރަށް އެޔަށް ރައްދު ދެމުން އަންނަ ޒިވްޔަން މިފަހަރު ހަނު ހުރީތީ އޭނާ ހައިރާން ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. ހަގީގަތުގައި އަލްޔާ ރުޅި އައުމުން ޒިވްޔަން އިތުރަށް ދެރަވީއެވެ. ޒިވްޔަންއަށް އެހެން ވާންވީ ސަބަބެއް ހުދު ޒިވްޔަންއަށް ވެސް ނޭނގެއެވެ. އެނގޭ ހާވެސް އެއްޗަކީ އަލްޔާ އެހެން ބުނުމުން ޒިވްޔަން ވަރަށް ދެރަވިކަމެވެ.
އެދުވަސް އެއްކޮށް ސަކަރާތް ޖަހަން އުޅެފައި މާލެ އައި އިރުގައި އެންމެން ވެސް ތިބީ ވަރަށް ވަރުބަލި ވެފައެވެ. އަލްޔާ ޒިވްޔަން އާއި ދިމާލަށް އެހެން ބުނުމުން ޒިވްޔަން ނިންމައިގެން ހުރީ ދެން އަލްޔާއަށް ވާހަކަ ނުދައްކަންށެވެ. އޭނާގެ ސަބަބުން މީހުން ރުޅިއައިސްފައި ތިބޭކަށް އޭނާ ބޭނުމެއް ނޫނެވެ. އެހެންކަމުން މާލެ އައި އިރުގައި ވެސަ އިތިރު އެއްޗެއް ޒިވްޔަން ނުބުނެއެވެ. ކުޑަ މިނުން އަލްޔާއަށް ބަލާވެސް ނުލައެވެ. ބުނެވުނު އެއްޗެއްގެ ސަބަބުން އަލްޔާ ހުރީ ވަރަށް ކަޑަ ވެފައެވެ. އެހެނަސް މޫނުމަތިން އެކަން ނުދައްކައި ހުރީ އެންމެންގެ ސަމާލުކަން އޭނާއަށް ހުއްޓި ދާނެތީއެވެ.
ގެޔަށް އައިގޮތަށް އައިސް ޔައިޝާ ބޭނުންވީ އަރާމުކޮށްލާށެވެ. ކޮޓަރިއަށް ވައިން ގޮތަށް ފާހަނައަށް ވަދެ ފެންވަރާލައިގެން ނުކުމެ ކުރު ނިދަންލާ ހަރުވާޅު ކޮޅަކާއި ޓީޝާޓްއެއް ލައިގެން އޭނާ އެނދު މައްޗަށް ވެޓިގަތެވެ. އެހެން އޮއްވާ ނިދުނު އިރުވެސް ޔައިޝާއަށް ނޭނގުނެވެ. ޔައިޝާއަށް ހޭލެވުނީ ނޫރައިން އޭނާއަަށް ގޮވުމުންނެވެ. ” ދަރިފުޅާ ދެން ތެދުވާން އުޅޭ މިހާރު ގަޑިން އެޔޮއް ގޮސް ރެގަނޑު އަށެއް ޖެހީ މިހާރު ނިދިފައި ހުންނާނީ….” ނޫރައިން ބުނެލިއެވެ. ޔައިޝާ ތެދުވެ ހަމަ ޖެހިލަމުން އޭނާ އުޅެނީ ހޭލައި ކަމުގައި ބުނެލިއެވެ. އެހެން ބުނުމުން ނޫރައިން ދެން ހިނގައިގަތީ ޒިވްޔަންގެ ކޮޓަރި އާއި ދިމާލަށެެވެ. ޒިވްޔަންއަށް ގޮވައި އޭނާ ވެސް ނެގުމަށް ފަހުގައި ކާން އަންނަން ބުނަމުން ނޫރައިން ކާގެއާއި ދިމާލަށް ދާން ހިނގައިގަތެވެ.
ޔައިޝާ ފާހަނަޔަށް ވަދެ ފެންވަރައިގެން ނުކުމެ ރީތިވެލީ ބޭރަށް ގޮސްލަން ކަމަށެވެ. ގަދަ ނޫކުލައިގެ އަތްކުރު ކްރޮޕް ޓޮޕަކާއި ހުދު ކުލައިގެ ސްކިނީއެއް ލަމުން އޭނާގެ ދިގު އިސްތަށިގަނޑުގައި ފުނާ އަޅާލިއެވެ. އަދި ރީތިގޮތަކަށް ސްޓައިލް ކޮއްލަމުން މޫނުމަތީގައި ކުޑަ މޭކަޕްއެއް ކޮއްލިއެވެ. ޔައިޝާ ރީތިވެ ނިމުނު އިރުގައި ގަޑިން އައްގަޑި ބައިވެ ބޮޑުވެއްޖެއެވެ. ކުޑަގޮތެއް ހަދާލަމުން ޔައިޝާ ކޮޓަރިން ނުކުމެ ކާގެޔާއި ދިމާލަށް ދިޔައެވެ. އޭރު އޭނާ ނޫން އެންމެން ކާމޭޒު ދޮށުގައި ތިއްބެވެ. ޔައިޝާ ފެނުމުން ކުޑަ ރީތި ހިނިތުން ވުމެއް ހަދިޔާ ކުރަމުން ޒިވްޔަން ކާން ފެށިއެވެ. ކެއުމުގެ ތެރެއިން އެކިއެކި ވާހަކަ ދައްކަމުން ގޮސް ޔައިޝާގެ ވަޒީފާގެ ވާހަކަ ވެސް ދެކެވުނެވެ. ކައި ނިމިގެން ޔައިޝާ ބޭނުންވީ ބޭރަށް ނުކުމެލަންށެވެ. އެހެންކަމުން އޭނާ އަވަސް ވެގަތީ ބޭރަށް ދިޔުމަށެވެ. އަތްދަބަހާއި ފޯނު ހިފައިގެން ނުކުންނަމުން ނޫރައިން ގާތުގައި އޭނާ ބޭރަށް ދާވާހަކަ ބުނެލިއެވެ. އަދި މަޑުހިނގުމެއްގައި ހިނގާފައި ނުކުމެގެން ދިޔައެވެ.
މަޑު ހިނގުމެއްގައި ހިނގާފައި ދިޔަ ޔައިޝާއަށް އެތައް ބައެއްގެ ނަޒަރު ހުއްޓެމުން ދިޔައެވެ. އެއްބަޔަކު ރުހުމުގެ ނަޒަރުން ބަލާއިރުގައި އަނެއްބަޔަކު ހީވަނީ އޭނާ ނޮޅާ ކާލަން އުޅޭހެންނެވެ. އެކަންކަމަށް މާބޮޑު ސަމާލުކަމެއް ނުދީ ޔައިޝާ ކުރިއަށް ހިނގަމުން ދިޔައެވެ. ކުއްލިޔަކަށް ހިނގުން މަޑު ކޮއްލީ ކުރިމަތިން ފެނުނު ސޫރައެއްގެ ސަބަބުންނެވެ. އެއީ ދެވަނަ މީހެއްނޫނެވެ. އެއީ ހަމަ އާނިޝް އެވެ. ޔައިޝާ ހައިރާން ވީ މިފަހަރު ކުރިން ހުރި އަންހެން ކުއްޖާ ނެތުމުންނެވެ. އާނިޝް މީ ދުވަހަކަށް އަންހެން ކުއްޖަކު ގެންގުޅޭ މީހެއް ހެއްޔެވެ؟ ޔައިޝާގެ ހިތުގައި ސުވާލު އުތުރެމުން ދިޔައެވެ. ފަސްވަރަކަށް މިނެޓް ވިސްނަން ހުރެފައި ޔައިޝާ ކުރިއަށް ހިނގައިގަތީ އޭނާއަށް ކޮންކަމެއްހޭ ބުނަމުންނެވެ.
އަލްޔާ އިނީ ކުރާނެކަމެއް ނެތިގެން ފޫހިވެފައެވެ. އެހެން އިނދެފައި ބެލްކަންޏަށް އޭނާ ނުކުމެލިއެވެ. ޖެހެމުން ދިޔަ ފިނި ވައިރޯޅި ތަކުގެ ސަބަބުން އޭނާގެ ހިތަށް އާރޯކަން ގެނެސްދެމުން ދިޔައެވެ. ރެއިލިންގައި އަތް އަޅުވާލައިގެން ބޭރު ބަލަން ހުރީ މަގުމަތިން ފެންނަމުން ދިޔަ މަންޒަރުތަށް ރީތި ކަމުންނެވެ. އެހެން ހުރެފައި އަލްޔާ ލޯމަރައިލިއެެވެ. އެވަގުތު އެމޫނު މަތީގައި ޒިވްޔަންގެ ސޫރަ ކުރެހިގެން ދިޔައެވެ. ފުރަތަމަ ފަހަރަށް ޒިވްޔަންގެ ރީތިކަމަށް އަލްޔާ ތަޢުރީފް ކޮއްލިއެވެ. ފިރިހެން ކުއްޖަކާ މެދުގައި ދުވަހަކުވެސް ނުވިސްނާ އަލްޔާ މިއަދު ފިރިހެން ކުއްޖެއް މަތިން ހަނދާވުމުން ހުދު އޭނާ ވެސް ހައިރާންވިއެވެ.
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
20 Comments!
Comments are closed.



Wow haadhi reehchey mi par MA
Hiyeh ves nukuran mi haa ginadhuvasthakeh kohlaafa liyelaa iruves ehaa reethi vedhaane kamah
Buy hama speechless
Can’t wait for the next part
Tc gurll
Thanks sheex
Next part inshallah soon
Keep waitinggg 🫠🫶🏻🫶🏻
Tc❤️❤️❤️
Mi part ves vrh Reethi MA! 😍
Zaisha and izkaan vrh gulhey…
Alhey zivyan vrh dhera vehje dhw…. 😭
Alya nuvaane ehnu ekahala ehchis bunaakah…
Curiously waiting for the next part When’s next??
You are so talented MA! Keep it up Gurlll ✨✨
Lyy and Tc my dear 💗
Thanks shaba…
Awww zaishaa eh nooney yaishaa hahaha… 🥲🥲dhw ziv ehurii vrh dhera vefa hama aslu kohves …😭😭 dhn balaamaa dhw vaagoii
Next part soon inshallah
Tc you too lym my dear ❤️❤️❤️❤️
Vrh reethi Mi part MA✨
Ooo.. Alya.. Intresting! Hithah eri echeh kiyaafa mihaaru kada vee! Norr adhi loa maraali haathanun e funuy zivyan😂
Izkaan why wait?? Hama moonu mahchah loabi nuvaa vhk bunyma nimuneenu? Yaisha is waiting for him viyya🙊
Anyways when next?
Awwn Hahaha auto correct v e. I liuny yaisha 😅
My bad 😔😭😅
Hahaha🥲
Mi part ves varah reethi. Hehe alya and zivian is falling for each other . curiously waiting for next part???
Next part soon inshallah keep waitingg❤️🫠
My name is Aleena hehe😁
When next?
Soon
why are esfiya writers so obsessed with korean lookin people i swear every story cover just gives koreaboo fantasy and glazing white skin over darker skin tones even tho people here are mostly brown skinned can we have a strory where the mc is normal lookin and not some y/n ahh character
Im not obsessed with Korean lookin people’s but this story is started like this so I cant change my cover dho… but yhh its good mithaaga ginain huhnai Korean boys and girls cox in my opinion gina kudhin vrh like veyy Korean boys and girls ehnve interesting huhnaane kamah using emeehun…😊
Write me a long paragraph about why gurrrl_8 story was very good and bad at the same time and tell to remove the K-pop goys and girls in the cover of the story, bc she’s glazing them too much no hate to Koreans or anyone
Son what is this
Gurrrl_8’s story is honestly a mix of really strong ideas and some distracting choices, which is why it feels both very good and kind of frustrating at the same time. On the good side, the storyline itself is engaging, with interesting twists and characters that make you want to keep reading, and it’s clear there was a lot of creativity and effort put into building the plot and emotional moments. However, at the same time, one of the weaker parts is how much focus is placed on the K-pop boys and girls in the cover and overall vibe—it starts to feel like they’re being overly glorified to the point where it takes attention away from the actual story and its originality. It would honestly improve the story’s identity if the cover didn’t rely so heavily on those K-pop images, because it could stand stronger on its own without leaning into that kind of “glazing.” This isn’t meant as hate toward Koreans or K-pop fans at all, just constructive criticism that the story could feel more unique and balanced if it toned that part down.
So like is izkaan emotionally cheating on aleena with yaisha?
Lets see what’s goin onn I also dk adhiii hahaha 🥲
love this part
when next
whats ur insta gurl