“ޔޫ ލިޓްލް….” ކަޔާން ދެ އަތް މުއްކަވައިލަމުން އެހެން ބުނެލިއިރު އޭނާގެ ދެލޮލުން އަލިފާން ކަނި ބުރައިގެން ދާ ކަހަލައެވެ. މި މަންޒަރު ސިޓީން ރޫމްގެ ކުޑަދޮރުން ބަލަމުން ދިޔަ ރުކައިންގެ ތުންފަތުގައި ވަނީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ކަޔާން ލަސްނުކޮށް ކޮޓަރިއަށް ވަދެ އެއްޗެހި ބަދަލުކޮށްލިއެވެ. އޭނާ ލީ ކަޅު ކުލައިގެ ހުޑީއަކާއި ކަޅު ރިޕްޑް ޖިންސެކެވެ. އަދި މާސްކުން ރަނގަޅަށް މޫނު ފޮރުވައިލަމުން ބޭރަށް ނިކުމެލިއެވެ. ދެން އޭނާ މިސްރާބުޖެހީ ވަލާއި ދިމާއަށެވެ. ރުކައިންވެސް ކަޔާންގެ […]
ފިލްމިގެ މެދާ ހަމައަށް ދިޔަ ތަނުން ނަދާގެ ފޯނު ރިންގުވާން ފެށިއެވެ. ލަބާންގެ ނަން ސްކްރީނަށް އަރާފައި އިން ތަން ފެނުމުން ނަދާ ހައިރާންވިއެވެ. ފަހަކަށް އައިސް ނަދާގެ ޚަބަރެއް ނުވަނީސް ލަބާންގެ ޚަބަރެއް ނުވެއެވެ. ލަސްކުރުމެއް ނެތި ނަދާ ފޯނަށް ޖަވާބު ދިނެވެ. ****** ނަދާއަށް އިތުރު ހިތްދަތިކަން ދިނުމުގެ ބަދަލުގައި ލަބާން އޭނާއާ ނަދާގެ ގުޅުން ނިންމާލިއެވެ. އެއްވެސް އޮޅުވާލުމެއް ނެތި އޭނާ ނަދާއާ ގުޅުނު ހަޤީޤީ ސަބަބުން ކިޔާދީ މާފަށް ވެސް އެދުނެވެ. […]
މިއަދަކީ އަހަރެންގެ ތުއްތަގެ ކޮއްކޮ އައިހަލް ހިތާނަ ކުރަން ހަމަޖެހިފައިވާ ދުވަހެވެ. އަހަރެމެން ތައްޔާރުވަމުން މިދަނީ އައިހަލްގެ ހިތާނީ މޫސުމަށެވެ. މީ ވަރަށް މަޖާ އަދި އެހާމެ އުފާވެރި ދުވަސް ކޮޅެކެވެ. އައިހަލް ހިތާނަކުރުމަށް އަންނަ މީހާ އަތުވެއްޖެއެވެ. އަހަރެންނަށް ކުޑަކޮށް އުނދަގުވާ ގޮތް ވާތީ އަހަރެން ދިޔައީ ފައިނާ، ޝައްމާ އަދި ސައިހާ އާއި އެއްކޮށް އަހަރެންގެ މާމަ ގެއަށެވެ. މާމަގެ ހުންނަނީ މާދުރު ނޫން ހިސާބެއްގައެވެ. އެއީ ވެސް ނަސީބެކެވެ. އެކި ކަންތަކުގަ މޮޔަ ވަމުންގޮސް […]
ކެއި ގޮތަށް ވެފައި ހުރި ވަރުބަލިން ލައުރާ އަށާއި ޝަލީންއަށް ނިދުނެވެ. ކޮޓަރީގައި ހުރި އެނދު ބޮޑު ކަމުން ތިން މީހުންނަށް ބާލީސް ޖަހާ ވަކި ކޮށްގެން ނިދޭ ވަރު ވެއެވެ. ކިޔާންމެން އޮތީ ލިވިންގް ރޫމް ގައި ހުރި ދެ ސޯފާގައެވެ. އެ ސޯފާތައް ފުދޭވަރަކަށް ކުޑަކަމުން ކިޔާންމެންގެ ކަކުލުން ތިރީގެ އެއްބައި އޮތީ ބޭރުގައެވެ. ދެމީހުން ދެ ސޯފާގައި އޮތްނަމަވެސް މާއިލްއަށް ނިދެންދެން ދެމީހުން ވާހަކަ ދެއްކިއެވެ. ގޭތެރެ ހިމޭންވެ އަނދިރި އިރު ވެސް […]
” ވަޓް ދަ އެކްޗުއެލް ” ނާއިޒް އަޔާޒް ފެނުމުން ބުނެލިއެވެ. ” ކިހިނެއް ވީ ” އަޔާޒް މާ ބޮޑު ކަމެއް ނުވާ ކަމަށް ހެދެމުން ބުނެލިއެވެ.” ކިހިނެއް ހޭ ވީ……… މޫނު އެއްފަޅި ރަތް އަރުވާލަގެން ކީއް ތި ކުރަނީ؟”ނާއިޒް އެހެން ބުނުމުން އަޔާޒް އަނގައިން ވައްތަރެއް ޖައްސާލަމުން ބުނެލިއެވެ. ” އެހެރަ ކޮޓަރީގަ އުޅޭ މަންޖެ ކުރާ ކަންތަށް މީ…. މަ ހިތަށް އެރީ އަޒްހާ ކަމަށް ނިކުންނާނީ ކޮޓަރިން އެކަމް […]
“ހުރެ ބަލަ މިފަހަރު ހޭ އަރުވާލާނަމޭ” މިހެން ބުނެ ރިޝީ ރިޒްލާން އާއި ދިމާލަށް ބާރު ބާރަށް ހިންގަމުން ދިޔައެވެ. އެ ދިޔަ ގޮތަށް ދޮސް ރިޒްލާން ގެ ދޮޅުވެފަ އޮތް ކަންކައްޓުގައި އެތިފަހަރެއް އަޅުވައިލިއެވެ. “އައްދޯއި~” ރިޒްލާން ވީތައްދަކުން ހަޅޭއް ލަވައިގަނެވުނެވެ. (ދެވަނަ ބައި) “މަ ބުނިން ދޯ އެއިރުވެސް ތިއްތި ކައިރީގަ… މަ ރުޅިނާރުވައްޗޭ” ރިޝީ މިހެން ބުނެ މޫނުހަދައިލައިފައި ދިޔައެވެ. “ޕިސް ޕިސް ޕިސް ދޮންބޭ މިއަދު ހެނދުނުގަ […]
އެންމެ ގާތް އެކުވެރިޔާ އާއި ދެމެދު އޮތް ގުޅުން ކަނޑައި އާއިލާ އާއި އޮތް ގުޅުން ހީނަރު ވެގެން ނޫނީ އަރްޔަން އަށް އޭނާގެ މަގުސަދާއި ހަމައަށް ވާސިލް ވުމަކީ ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ. ހީވާ ކަހަލަ އެވެ. އަރްޔަން ހުރީ ކޮންމެ ހާލެއްގައި ވެސް އޭނާގެ މަގުސަދު ހާސިލު ކުރުމަށް ފޫގަޅާފައި ގެންނެވެ. އެ ހިތުގައި މިވަގުތު އުތުރި އަރަމުން ދިޔަ ޖަޒުބާތައް އަރްޔަން ބޭރު ކުރަމުން ދިޔައީ ކަރުނައިގެ ސިފާ ގައެވެ. […]
ޕާޓީ ނިންމާލުމާއެކު ފަރީޝާމެން މިސްރާބުޖެހީ ގެއާ ދިމާލަށެވެ.ކައިވެނީގެ ފުރަތަމަރޭ ދެމީހުންވެސް ނިންމާލީ އުފަލާ އަރާމު ހާސިލުކުރުމަށްފަހުގައެވެ. ************ މީހަކާއެކު ނިދަން ފަރީޝާއަށް ވަރަށް އުދަނގޫވިއެވެ.ނަމަވެސް ހަޔާތެއް ފެށުމާއެކު ކުރިން ތަޖުރިބާ ކޮށްފައިނުވާ އެތައްކަމެއް ދެން އޭނާ ތަޖުރިބާ ކުރަންޖެހޭނެކަން ފަރީޝާއަށް އެނގެއެވެ.އުމުރުގެ ގޮތުން ވިޔާމް ފަރީޝާއަށް ވުރެ ހަތްއަހަރު ދޮށްޓަސް އެދެމީހުންެ އުޅޭ ލޯބި ދިރިއުޅުމުން އެފަރަގު އޮތްހެނެއް ހިއެއްނުވެއެވެ.ފަރީޝާ ހީކުރިވަަރަށް ވުރެވެސް ވިޔާމްގެ ލޯތްބާއި އަޅާލުން އޭނާއަށް ލިބެމުންދިޔައީ މާފުރިހަމަކޮށެވެ. ދުވަސްތައް ހިނގަމުންދިޔައެވެ.ވިޔާމެކޭ އެއްފަދައިން އޭނާގެ […]
އަނެއްދުވަހު އިރުއެރުމާއެކު ފަރީޝާ ތެދުވިއެވެ.ވިޔާމާ އަދި ކައިވެނި ނުކުރާތީ ދެމީހުންވެސް ނިދީ ވަކިން ކޮޓަރިއެއްގައެވެ.އެގޮތުން ފަރީޝާ ނިދީ އެގޭގައި މެހެމާނުންނަށް ހާއްސަކޮށްފައި ހުންނަ ކޮޓަރީގައެވެ.އެނދުމަތި ރީތިކޮށްލުމަށްފަހު ފަރީޝާ ފެންވަރައިގެން ކޮޓަރިން ނިކުތެވެ.ގޯތިތެރެއަށް ނިކުތުމުގެ ކުރިއަށް ފަރީޝާ ފުރަތަމަ މިސްރާބުޖެހީ ވިޔާމްގެ ކޮޓަރިއަށެވެ.ކޮޓަރިދޮރުމައްޗަށް ހުއްޓިލުމަށްފަހު މަޑުމަޑުން ދޮރުގައި ފަރީޝާ ޓަކިޖަހާލިއެވެ.ދެފަހަރު ޓަކިޖެހުމުންވެސް ދޮރުނުހުޅުވުމުން މަޑުމަޑުން ތަޅުގައި ފަރީޝާ ހިފާލިއެެވެ.ކޮޓަރިތަޅުނުލާ ހުރުމުން ދޮރު ހުޅުވުނެވެ.އެވަގުތު ނިދާފައި އޮތް ވިޔާމްފެނި ފަރީޝާއަށް ހިނިތުންވެވުނެވެ.އަދި ވިޔާމް ނިދާފައި އޮތުމުން އޭނާއަށް ނުގޮވާ ގޯތިތެރެއަށް […]