ހުވަފެނުގެ ރާނީ 15
“އަހަރެން މިބުނި އެއްޗެއް ނިކަތުއަށް އަދި އެނގޭނެ.. އެދުވަހުން ހިތަށް އަރާނެ ހަމަ ގައިމުވެސް އެއްވެސް ކަމެއް ހަނދާން ނުވިނަމައޭ… އަހަރެން މިއަދު މިމާފަށް އެދެނީ… އެދުވަހުން އަހަރެން މާފަށް އެދެން ބޭނުމެއް ނޫން…” އަނެއްކާވެސް ދޮރުމަތިން އީމާނާގެ އަޑު އިވުމުން ނިކަތު ބަލާލިއެވެ. މިފަހަރު އީމާނާގެ ލޮލުން ކޮންމެވެސް ކަމެއްގެ ހިތިރަހަ ފެންނަން ހުއްޓެވެ. އެރޭގައިވެސް އީމާނާ އޭނާއާއި ދިމާލަށް ބަލަންހުރީ ހަމަ އެފަދައިންނެވެ. ލޮލުން ވެއްޓުނު ކަރުނަ ތިކި ފުހެލަމުން ނިކަތު ބޯ ޖަހާލިއެވެ. މާފް ކޮއްފީމޭ ބުނާ ކަހަލަ ގޮތަކަށެެވެ.
އަމްރު ޔުނިފޯރމުގައި އައިސް ނިކަތު މެންގެއަށް ވަތްއިރު އީމާނާ ނިކުމެގެން ދަނީއެވެ. އަމްރު ކިހިނެއްވީތޯ އަހާލުމުން އީމާނާ ބުނީ ނިކަތުއަށް ނިދިފައި އޮތްކަމަށެވެ. ސިޑިން އަރައިގެންއައި އަމްރު ނިކަތުގެ ކޮޓަރިއެއް ވަދެ ދޮރު ލައްޕާލިއެވެ. ލައިގެން ހުރި ނޫކުލައިގެ ގަމީހުގެ ގޮށްތައް ނައްޓަމުން އަމްރު އެނބުރިލީ ނިކަތުއާއި ދިމާލަށެވެ. އެރީތި ހަށިގަނޑާއި ގަމީސް ވަކިކޮއްލަމުން އަމްރު ހީލިއެވެ. ނިކަތުއަށް ފެންނަމުން ދިޔައީ އެރޭގައި އޭނާއަށް ފެނުނު އަމްރުއެވެ. އެ މައުސޫމު ހިނިތުންވުމެވެ. މިހާރު އަމްރު އޭނާއަށް ބަލަހައްޓައިގެން ހުރީ އެރޭގައި އޭނާ ނިކަތުއަށް ބަލަންހުރި ގޮތަށެވެ. ހިންދިރުވާލި ނިކަތު ގަދަކަމުން ހީލަމުން އަނެއް ފަރާތަށް އެނބުރިލިއެވެ. އެކަން އަމްރު އެނގުނު ނަމަވެސް އޭނާ އެވަރަކުން ނޫޅުނެވެ.
ފެންވަރާލައިގެން އައި އަމްރު ހުރީ ހަމައެކަނި ބޮކްސާ އެކަނި ލައިގެންނެވެ. ބަނޑުން އޮތް އަމްރު މަޑުމަޑުން ނިކަތުއަށް ބަލާލިއެވެ. އޭނާއަށް އެއްކަމެއް ޔަޤީނެވެ. އެއީ އޭނާ އިން ނިކަތުއެއް ނޫނެވެ. އެމޫނުމަތިން މިހާރު ފެންނަނީ ބީރައްޓެހި ކަމެވެ. ނޫނީ ނިކަތު ގަސްތުގައި ދުރުވާން މަސައްކަތް ކުރަނީއެވެ. ނިކަތު ލޯމަރާލިތަން ފެނުމުން އަމްރު ހީލަމުން ލޯމަރާލިއެވެ. އޭނާ އެގެއަށް ބަދަލުވާން ޖެހުނީ ނިކަތުއާއިމެދު ވިސްނާތީއެވެ. ނިކަތު އަނެއްކާވެސް ލޯހުޅުވާލިތަން ފެނުމުން އަމްރު ބޯދަށަށް އަތް ޖަހާލަމުން ބަލާލީ ނިކަތުއަށެވެ. ވާހަކައެއް ބުނަން އުޅޭ ފަދައިން ނިކަތު ދެފަހަރަކު ބަލާލިއެވެ. ކޮންމެ ފަހަރަކުވެސް ފުންކޮށް ނޭވާއެއް ލަމުން އަނެއްކާވެސް އަނެއް ފަރާތަށް އެނބުރެނީއެވެ.
“އެއްޗެކޭ ބުނަންތަ ތިއުޅެނީ؟…” އަމްރު އަނެއް ފަރާތަށް އަރިއަކަށް ޖެހިލަމުން ކަރު ކެހިލަމުން ބުނެލިއެވެ. އެކަހަލަ ކޮންމެ ގަޑިއެއްގައި އޭނާ ހިތް ފަޅައުގެންދާވަރު ވެއެވެ.
“ނޫން…” ނިކަތުވެސް އަރިއަކަށް ޖެހިލިއެވެ. އަމްރު ހިނިތުންވެލަމުން ފޯނު ނަގައި ބަލާލިއެވެ. އެލާޓްއޭ ޖަހާފައިވާ މެސެޖް ފެނުމުން އޭނާގެ މޫޑު ގޯސްވިއެވެ.
“ދާން ޖެހުނީތަ؟ ލިވިއާ ގުޅީތަ؟…” ނިކަތު އެހެން ބުނަމުން އަނެއްފަރާތަށް އެނބުރިލިއެވެ. އަމްރު އައިސް ނިކަތުގެ މޫނު ކައިރިއަށް ގުދުވެލަމުން ނިކަތުގެ ލޮލަށް ބަލާލީ ލޯއަޅާލަމުންނެވެ.
“މިއޮތީ… އޮފީހުން.. އަހަރެން ކީއްކުރަން ލިވީ ކައިރިއަށް ދާންވީ.. އައި ހޭވް އަ ގްރީން އައިޑް މޮންސްޓަރ.. އަ ވެރީ ބިއުޓިފުލް ވަން.. ވަރަށް ވަރަށް ރީތި…” އަމްރު ތިރިވެލީ ނިކަތުގެ ތުންފަތާއި ކައިރިއަށެވެ. ނަމަވެސް ނިކަތު ފަހަތަށް ޖެހިލުމުން އަމްރު އެނދުން ފައިބައިފިއެވެ. އަނެއްކާ ޔުނިފޯރމް ލައިގެން ނިކުންނަމުން އަމްރު ބުނެލީ ކޮޓަރި ތަޅުލުމަށެވެ. ތެދުވެގެން އައި ނިކަތު ކޮޓަރި ތަޅުލަމުން އަނެއްކާވެސް އެނދަށް އަރައި ދެފައި ވައްކޮށްލިއެވެ. އޭނާ ވިސްނެމުން ދިޔައީ ދެކަމެވެ. އީމާނާ ބުނި ވާހަކައެވެ. އަނެއް ކަމަކީ ޝައްމޫނެވެ.
ހެނދުނު ހެނދުނާއި ހޭލައިގެން ނިކަތު ދިޔައީ އަމްރުމެން ގެއަށެވެ. އެގޭގައި އޭނާގެ ބައެއް އެއެއްޗެހި ހުރުމުން އެގެންނާށެވެ. ނާޒިން އަންނަހޭ ބުނުމުންވެސް ނިކަތުބުނީ ޖެހިގެން ހުރި ގެއަކަށް ވުމުން ދެވޭނެ ކަމަށެވެ. ގެއިން ބޭރަށް އެޅި ފުރަތަމަ ފިޔަވަޅާއެކު ނިކަތު ހީކަރުވައިގަތެވެ. މިއަދު ވިއްސާރަކޮށް އޮތުމުން ނިކަތު ދުވެލާފައި ކަހަލަ ގޮތަަކަށް އައިސް އެގެއަށް ވަނެވެ. ސިޑިން ދެވަނަ ބުރިއަށް އެރި ނިކަތު އަތުގައި އޮތް ތަޅުދަނޑިން ދޮރު ހުޅުވާލިއެވެ. އެތެރެއަށް ފިޔަވަޅެއް އަޅާލަމުން ނިކަތު ހަށިފުރާ ނޭވާއެއް ދޫކޮށްލިއެވެ. އަވަސް ކޮއްލާފައި ނިކަތު ގޮސް އޭނާމަޑުކުރީ ކޮޓަރީގައެވެ. އެޕާރޓްމެންޓް ދޮރު ހުޅުވާފައި އައި ނިކަތު އުޅުނީ އަވަސް ކުރާށެެވެ. އެއްޗެހިތަށް އަޅައިގެން ނިކުމެފައި ނިކަތު ބަލާލީ އަމްރުގެ ކޮޓަރިއާއި ދިމާލަށެވެ.
އެދޮރު ހުޅުވިފައި ހުރުމުން ނިކަތު އެދިމާލަށް ހިނގައިގަތެވެ. އެތެރެއަށް ވަދެފައި ލައިޓް ޖައްސާލަމުން ނިކަތު ހިނިތުން ވެލިއެވެ. މުނިތަނުން ފެންނަމުން ދިޔައީ ފެހިކުލައެވެ. ނިކަތު ހިންދިރުވާލީ ލޮލަށް ކަރުނަ ޖަމާވެދާނެތީއެވެ. ނަމަވެސް އެއްވެސް އިޙުތިޔާރެއްނެތި ފުރަތަމަ ކަރުނަތިކި ފައިބައިގެން ދިޔަހިނދު އޭނާގެ ބަނޑުންވެސް ވިންދު ޖަހާލިއެވެ. ނިކަތު ވަގުތުން ބަނޑުގައި އަތް ޖައްސާލިއެވެ. ދުރުގައި ބަހައްޓާފައިވާ ފޮޓޯ ތަކާއި ދިމާލަށްދިޔަ ނިކަތު ލޯ ފުހެލިއެވެ. އެތަނުން އޭނާ އަޅައިގަތީ އަމްރުގެ ކުޑައިރުގައި ނަގާފައިވާ ފޮޓޯއެކެވެ. އިމާނާގެ އުނގުގައި އިށީނދެގެން އިން އަމްރު ހުރީ ވަރަށް ބޮޑަށް ހިނިތުން ވެލައިގެންނެވެ. އޭނާ އުފާވެފައި ހުރިވަރު ހަމައެކަނި އެދެލޮލުން އެކަނިވެސް އެނގެއެވެ. އެހެން ފޮޓޯ ތަކުގައި ހުރީ އަމްރުއާއި މުއާޒް އެކަންޏެވެ. ތަފާތަކީ އަމްރުގެ މޫނުގައި ކުރީގެ ހިނިތުންވުން ނެތްކަމެވެ.
އޭގެ ތެރެއިން އެއްފޮޓޯނަގައި ނިކަތު އެނދުގައި އިށީނެވެ. އަދި އަމްރުގެ މޫނުގައި އަތް ޖައްސާލިއެވެ. އަދި އީމާނާއާއިއެކު ނަގާފައިވާ ފޮޓޯ ބަލާލިއެވެ. އޭގައިވާ ދެމީހުން ތަފާތުވަރު ނިކަތުއަށް ވިސްނުނެވެ. އަމްރުއަށް މިހައި ބޮޑު ބަދަލެއް އަންނަން ޖެހުނީ ކީއްވެ ހެއްޔެވެ. ނިކަތު އަތުގައި އިން ދެފޮޓޯ ބަހައްޓަމުން ދޮރާއި ދިމާލަށް އެނބުރުނު ގޮތަށް މޭގައި އަތް ޖައްސާލިއެވެ. ދޮރުމަތީގައި ހުއްޓުހުރި މުއާޒް ފެނުމުން ނިކަތު އަދިވެސް އިނީ އެހެން މޭގައި އަތް ޖައްސާލައިގެންނެވެ.
“ތީ އަހަރެންގެ އަމްރު……….” އަމްރުއާއި އިމާނާގެ ފޮޓޯ ނަގަމުން މުއާޒް އެއަށް ބަލާލަމުން ހިނިތުން ވެލިއެވެ. ދެން އޭނާ ބަލާލީ އަނެއް ފޮޓޯއަށެވެ.
“އަންހެނަކާއި ހެދި އަހަރެންގެ އަމްރު އަހަންނަށް ގެއްލުނީ… މުއާޒް ކުޑަކުޑަ އަމްރުގެ މޫނުގައި ޝަހާދަ އިނގިލި ޖައްސާލިއެވެ. މުއާޒް ބުނަން އުޅުނު އެއްޗެއް ނިކަތުއަކަށް ނޭޏގުނެވެ
“އަޅުގަނޑާ ހެދިއޭތަ ތިހެން ތިބުނީ.. އަޅުގަނޑު އަމްރުއާއި ކައިވެނި ކުރީމައޭތަ؟…” ނިކަތުއަށް ވިސްނުނުތަށް ބުނެލިއެވެ. މުއާޒަށް އޭގެއަށް ދޭނެ ޖަވާބެއް ނޭނގުނެވެ.
“އަމްރުގެ މަންމަ އެހެން ފިރިހެނަކާއެކު ފިލައިގެން ދިޔައީ.. ދެފަހަރު… އެންމެ ދުރަތަމަ އަމްރުއަށް އަށްއަހަރުގަ، ދެން ސާދަ އަހަރު…” މުއާޒްއާއި އަމްރުއާއެކު ނަގާފައުވާ ފޮޓޯ ދައްކާލަމުން މުއާޒް ބުނެލިއެވެ. އީމާނާ ފިލައިގެން ދިއުމުން އަމްރުއަށް ކުރާނެ އަސަރު ނިކަތުއަށް އިހްސާސްވެސް ނުކުރެވޭނެއެވެ.
“އަޅުގަނޑަކަށް ނޭނގެ.. އަމްރު ނުވެސް ބުނޭ…” ނިކަތު މުއާޒްއަށް ބަލާލަމުން އެތަނުން ނިކުންނަން ހިނގައި ގަނެއްޖެއެވެ، މުއާޒް އަނެއްކާގިސް ހުއްޓުނީ އެޕާރޓްމެންޓް ދޮރުމަތީގައެވެ. ނިކަތުވެސް ހިނގައިގަތީ އެދިމާލަށެވެ.
“އަހަންނަށް ހީވަނީ ނިކަތުއަށް އެނގޭނެހެން…” މުއާޒްގެ މޫނުން ހިނދުކޮޅަކަށް ނަމަވެސް އެހެން ސިފައެއް ނިކަތުއަށް ފެނުނެވެ.
“އަޅުގަނޑު….”
“މިބުނީ ނިކަތުއަށް އެނގެން ޖެހޭނެ އެއް ނޫންހޭ… ދޯ..” މުއާޒް ހިނިތުންވެލަމުން ބޮލުގައި އަތް ހިންގާލިއެވެ. އެއީ އަމްރުވެސް ވަރަށް ގިނައިން ކުރާކަމެކެވެ. ހާއްސަކޮށް ކަމަކާއި ހާސްވުމުންނެވެ. މުއާޒް ފަދަ ރީތި މީހަކު ދޫކޮށްލާފައި އީމާނާ ދާންވީ ކީއްވެ ހެއްޔެވެ.
“ނިކޫ… މިތާތަ؟..” ފަހަތުން އީމާނާގެ އަޑު އިވުމުން މުއާޒް ދޮރުމަތިން ދުރަށް ޖެހިލިއެވެ. މުއާޒްގެ މޫނަށް ވީގޮތް ފެނުމުން އީމާނާ ނިކަތުގެ އަތުގައި ހިފާފައި އެތަނުން ނެރެފިއެވެ.
“ދަނީ… އަންނާނަން އަމްރުއާއެކު ކާން އެނގެ..” ނިކަތު ހިނިތުންވެލަމުން ބުނެލިއެވެ. އީމާނާ އަދިވެސް އިނީ ނިކަތުގެ އަތުގައި ހިފައިގެންނެވެ. އޭނާ މުއާޒްއާއިއެކު ނިކަތު އެކަނި ދޫކޮށްލަން ބޭނުމެއް ނޫނެވެ.
“މަންމަ މީތާ ކީއްކުރަނި؟” ނިކަތު ދުރަށް ޖެހިލަމުން ބުނެލިއެވެ. އީމާނާ ވަގުތުން ނިކަތުގެ އަތުން ދޫކޮށްލަމުން ބަލާލީ “އަމްރު އެބަ ހޯދާ…” އީމާނާ އެހެން ބުނެފައި ހިނގައިގަތީ އެތެރެއަށެވެ. ނިކަތު މަޑުމަޑުން ހިނގަމުން އައިސް ގެއަށް ވަންނަންދެން އީމާނާ އިނީ ބަލަހައްޓައިގެންނެވެ.
އަނބުރާ މުއާޒް މެންގެއަށް ވަންނަމުން އީމާނާ ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނާ މުއާޒްއާއިއެކު އެކަނި އެއްތަނެއްގައި އިނދެ ވާހަކަ ނުދައްކާތާ އެތަށް އަހަރެއް ވެއްޖެއެވެ. އީމާނާ މުއާޒް ހުރި ދިމާލަށް ބަލާލަމުން އެތެރެއަށްވަދެ އިށީނދެއްޖެއެވެ. އަދިވެސް މުއާޒްގެ ރީތިކަން ކުރިއެކޭ އެއްފަދައެވެ. އަމްރުއަށްހުރީ ސީދާ މުއާޒްގެ ރީތިކަން ލިބިފައެވެ. އޭނާ ކައިރީގައި ސޯފާގައި އިށީންނަމުން މުއާޒްގެ މޫނަށް ބަލާލިއެެވެ. މުއާޒް ބަލަންހުރި ގޮތުން އީމާނާގައިން ހީބިހި ނަގައި ގަތެވެ. އޭނާއަށް ޝައްމޫންދެކެ އެހައި ލޯބިވެވުނީ ކީއްވެ ހެއްޔެވެ؟ މުއާޒް ގޮނޑީގައި ބުރަކަށި ޖައްސާލަމުން ބަލާލަމުން އީމާނާގެ މޫނަށް ބަލާލިއެވެ. އީމާނާ ނިއްކުރީގައި ވިދަމުން ދިޔަ ކުދި ދާތިކިތަށް އެކަނިވެސް އޭނާ ހުރީ ބިރުގަނެފައިކަން އެނގެއެވެ.
ދެމީހުންކުރެ އެކަކު އަނގައިން ނުބުނެ އިނދެފައި އީމާނާ އޭނާގެ ފޯނަށް ބަލާލިއެވެ. އަމްރުގެ ނަން އަރާފައިވާ ތަން ފެނުމުން އޭނާ ހީލިއެވެ. ފޯނު ކަންފަތުގައި ޖަހާލަމުން ނިކަތު ގެއަށް ދިޔަ ކަމަށް ބުނެލަމުން އީމާނާ ފޯނު ނިއްވާލާފައި ދަބަހަށް ލައިފިއެވެ.
“އަމްރު ދޯ އެއީ؟…” މުއާޒް އެހެން ބުނުމުން އީމާނާ ބޯ ޖަހާލަމުން ބަލާލީ ސީދާ މުއާޒްގެ މުނަށެވެ.
“މުއާޒް ކީއްވެ މިހުރިހާ ދުވަސް ވީއިރުވެސް އަހަރެން ވަރި ނުކޮށް ތިހުރީ؟…” އީމާނާ މޫނުގެ ކުލަ އޮއްސުނުތަން ފެނިފައި މުއާޒް ހީލިއެވެ. އޭނާ ބޭނުންވި ސުވާލު މިހުރިހާ އަހަރުތަކަށްފަހު ކުރުމުން ހިތހަމަ ޖެހުނެވެ.
“ލޯބިވާތީ… އެކަމް މިހާރު އަހަރެން ނޭނގެ ބުނާކަށް…” މުއާޒް އަނގައަށް ގޮތެއް ހަދާލަމުން ބަލާލީ ދުރުގައި ބަހައްޓާފައި ހުރޮ ފޮޓޯއަށެވެ.
“ކިހިނެއް ޝައްމޫން؟.. އީމާނާ އަހަރެންގެ އަމްރުއަށް ހެދިގޮތް ދުވަހަކުވެސް އަހަރެން ހަނދާނެއް ނުނެތޭނެ…” މުއާޒް މޫނަށް ކުލައެއްވެސް އަރުވާ ނުލައިހުރެ އެހެން ބުނެލިއިރު އީމާނާ ރުޅިއަންނަ ގޮތްވިއެވެ. މިއީ އޭނާ މީގެ އަހަރުތަކެއް ކުރިން ކައިވެނި ކުރި މުއާޒެއް ނޫނެވެ.
“މުއާޒަށް ފުރުސަތެއް ލިބެން ތަނަށް އެވާހަކަ އެބަ ގޮވާ.. އަހަރެންވެސް ކައިވެނި ކުރީ ތި މުއާޒަކާއެއް ނޫނޭ.. އަހަރެން އިން މުއާޒް ތިއަށްވުރެ މާ ރަނގަޅު…” އީމާނާ ކުރީގެ ހަނދާންތަށް ވުމުން ދެރަވާ ގޮތްވިއެވެ.
“އެހެ.. ޔޫ ހޭވް ނޯ ރައިޓް އީމާނާ… ރިމެމްބަރ ވަޓް ޔޫ ޑިޑް.. ޔޫ މޭޑް މީ ދަ މޮންސްޓަރ ދެޓް އަމް ޓުޑޭ…” މުއާޒް އެެން ބުނިއިރު އެލޮލުން ފެނުނު ކުލައިން އެތަނުން ނިކުމެގެން ދުއްވައި ގަންނަ ބޭނުންވިއެވެ.
”މުއާޒް… ކީކޭ ކިޔަން މިހާރު ތިއުޅެނީ.. އަހަރެން ދެރަވޭ އަމްރުއަށ ހެނދުނު ގޮތުން ކިތަންމެ ހައިވެސް ދެރަވޭ… އަހަރެން ދެރަވޭ ތަޝް…”
“ތަޝްކީލްއަށް ވީ ގޮތުން.. އުމް.. އީމާނާ އުފަލެއްނު ވާން ޖެހޭނީ… އެނާއާއި އޭނާގެ ކުދިން މަރުވީމަ… އީމާނާއަށް ޝައްމޫން ލިބުނީނު.. އީމާނާތަ އަނެއްކާ ތަޝްކީލް މަރާލީ…” މުއާޒް ހީގަންނަމުން އެހެން ބުނެލިއިރު ހީވަނީ ބައެއްގެ މަރުން އޭނާއަށް އެއްވެސް ހިތާމައެއް ނުލިބޭ ހެންނެވެ.
“މުއާޒް… އަހަރެން ކީއްކުރަން ކުޑަކުޑަ ދެކުދިންނަށް އެހެން ހަދަންވީ..” ދެރަވި ވަރުން އީމާނާގެ ލޮލަށް ވަގުތުން ކަރުނަ ޖަމާވިއެވެ.
“އަހަރެން މިހެން މިބުނީ އޭގެ އެއްރޭ ކުރިން އީމާނާ ރާއްޖެއިން ފިލައިގެން ދާން އުޅުނު ގޮތުން…” މުއާޒް އަނެއްކާވެސް މަލާމާތުގެ ރާގަކަށް ބުނެލިއެވެ. މިފަހަރު މުއާޒުގެ ލޮލުން ކުޑަ ނަމަވެސް ހިތާމައިގެ އަސަރު ފެނުނެވެ. މުއާޒް އަވަހަށް އަނެއް ފަރާތަށް އެނބުރިލިއެވެ.
20 ޑިސެމްބަރ 2018
ފޮއްޓަށް އެެއްޗެހި އަޅަމުން ދިޔަ އީމާނާ ކޮޓަރީގެ ދޮރު ތަޅުލައިގެން ހުރެ އަވަހަށް ކުޑަކުޑަ ފޮއްޓަށް އެއްޗެހި އަޅާލިއެވެ. މިއޮށް ފިނިރޭގައިވެސް އީމާނާ ހުރީ ދާހިއްލާ ފޯވެފައެވެ. އޭނާ އެއްވެސް ވަރަކަށް މިވާ އުޅޭ ގޮތެއް ނޭނގެއެވެ. ހަދަންވީ ގޮތެއް ނޭނގެއެވެ. އެނގެނީ އޭނާ ޝައްމޫންދެކެ އިންތިހާ ލޯބިވާ ކަމެވެ. ސިކުނޑީގެ އެއްކަނެއްގައި ވަނީ އަމްރުއެެވެ. ފުރަތަމަ އޭނާ އަމްރު ދޫކޮށްލީ އަށްއަހަރުގައެވެ. ދެން އަމްރު އޭނާއާއިމެދު ދެކޭނީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ. ނަމަވެސް މިއަދު އޭނާ ނުގޮސްފިއްޔާ ދެން ދުވަހަކުވެސް ނުދެވޭނެއެވެ. މިހާރު އަމްރުއަށް ސާދަ އަހަރު ވުމުން އަމްރުއަށް ވިސްނޭނެއެވެ.
އެހިޔާލުގައި ހުރެ އީމާނާ ވަރަށް މަޑުމަޑުން ފޮށި ހިފައިގެން ވަގެއްހެން ކޮޓަރިން ނިކުމެެގެން އައިސް ދޮރު ހުޅުވާލުމާއެކު ގައިން ހުރިހާ ލެއެއް ހުސްވި ކަހަލައެވެ. ކުރިމަތިން ފެނުނު މުއާޒް ވަގުތުން ބަލާލި އޭނާގެ އަތުގައި އޮތް ފޮއްޓަށެވެ. އަތުގައި އޮތް ފައިލް ދޫވެ ވެގެން ވެއްޓުނު އިރުގައިވެސް މުއާޒަށް ނޭނގުނެވެ. ދެފައި ދަށުން ބިންގަނޑު ދެމިގަންނަ ކަހަލަ ގޮތެއް ވިހެން ހީވުމުން މުއާޒް ދޮރުކަނީގައި ހިފަހައްޓާލިއެވެ.
“އީމާ… ކޮންތާކަށް ތިދަނީ؟…” އެނގު ހުރެވެސް މުއާޒަށް އަހާލެވުނީ އެހެންނެވެ. ފިރިހެނެއް ނަމަވެސް އެލޮލަށް ކަރުނަ ޖަމާވިތަން ފެނުމުން އީމާނާ އިސްޖަހާލިއެވެ. އެއްޗެކޭ ނުބުނެވުނު އިމާނާ ކަރުކެހިލީ އަރު ބެދުމުންނެވެ. އޭނާ ދެވަނަ ފަހަރަށް ކުރީގެ ކުށް ތަކުރާރު ކުރަން ޖޭހޭތީ އޭނާ ދެރަވެއެވެ. ނަމަވެސް މިވަގުތު އޭނާއަށް މުހިންމުވީ ޝައްމޫނެވެ.
“އީމާނާ.. ދެން މިފަހަރު އަހަންނާ އަމްރުއަށް ތިހެން ނުހަދާ އާދޭސް ކޮއްފަ މިބުނީ..” މުއާޒް ތިރިވެ އީމާނާގެ ކަކުލުގައި އަތް ޖައްސާލުމުން އީމާނާއަށް ކުއްލިއަކަށް ދުރަށް ޖެހެވުނެވެ. ހީވީ މުއާޒް ކުރަން ނުޖެހޭ ކަމެއް ކުރި ހެންނެވެ. މުއާޒްގެ ލޮލުން ވެއްޓުނު ކަރުނަ ތިކި ޖެހުނީ އީމާނާގެ ފައިގައެވެ. ކުޑަ ތުރުތުރެއްލި މުއާޒް ކަކުލުން އަތް ވަކިކޮށްލަމުން އީމާނާގެ ފައިތިލައިގައި އަތް ޖައްސާލުމުން އީމާނާ އިތުރަށް ދެރަވިއެވެ.
“ބައްޕާ…” ފަހަތުން އަމްރުއާއި އައްމާރުގެ އަޑު އިވުމުން އީމާނާ ގައިން ވާގި ހުސްވި ކަހަލައެވެ. މުއާޒް ދެލޯ ފުހެލި ނަމަވެސް އަދިވެސް ހުރީ ކުރިން ހުރި ހެންނެވެ. ތެދުވާނެ ހިތްވަރެއް މިހާރު އޭނާގެ ނެތެވެ.
“މަންމާ… ކޮންތާކަށް؟…” ކައިރިއަށްއައި ސާދައަހަރުގެ އަމްރު އެހެން ބުނެފައި މަޑުޖެހިލީ އީމާނާގެ ކުރިމަތީގައި ހުރި އީމާނާގެ ފޮށި ފެނުމުންނެވެ. ވަގުތުން އަމްރުއަށް ދެނެގަނެވުނެވެ.
“މަންމާ ނޫން.. ދެން ޕްލީޒް ނުދޭބަ އަނެއްކާ… އެއްފަހަރު ވިއަސް އަޅުގަނޑާއި ބައްޕަ ޗޫޒް ކޮއްބަ އަޅެ…” ލޯފުރެމުން އައި އަމްރުއަށް ބުނެވުނީ އެވަރަށެވެ. ވަގުތުން ކަރުނަގަނޑު ފައިބައި ގަނެއްޖެއެވެ. ތުރުތުރު އަޅަމުން ދިޔަ ތުންފަތް މަތިން ކަރުނަތިކި ވެއްޓުނުތަން ފެނުނު އީމާނާ ދެއަތް ޖޯޑުކޮއްލިއެވެ. ބުނާނެ އެއްޗެއް ނޭނގުނެވެ.
“އަމްރު… މަންމަ ބޭނުމީ…” އިމާނާއަށް ބުނަން އުޅުނު ވާހަކަ ނުބުނެވުނީ އަމްރުގެ އަތުގައި އޮތް ލަވަޖަހާއެތި ފާރާއެކު ޖެހީމައެވެ. ސިހުނު ވަރުން އީމާނާ ދެފިޔަވަޅުވަރު ފަހަތަށް ޖެހުނެވެ.
“ބައްޕާ ތެދުވޭ… ބައްޕައަކާ ނުޖެހޭނެ މިކަހަލަ އަންހެނެއްގެ ފައި ބުޑަށް ވެއްޓޭކަން.. އަހަންނަށް ހެޔޮދެން ދިޔަސް… އެއްވެސް އުފަލެއް ނުލިބޭނެ..” އަމްރު ގުދުވެ މުއާޒް ނަގަމުން އީމާނާގެ މޫނަށް ބަލާލިއެވެ. އެދެލޯ ވަނީ އެއްކޮށް ރަތްވެފައެވެ. އަމްރު އެހެން ބުނުމުން ޔަޤީން ނުކުރެވިފައި އިނދެ އީމާނާ ބަލާލިއެވެ. އެދަރިފުޅުގެ ލޮލުން އޭނާއަށްޓަކައި ފެނުނީ ފެނުގެން ނުވާނޭ ކުލައެކެވެ. ނަފްރަތެވެ.
“ތިހެން ނުބުނޭ ދަރިފުޅު.. އައްމާރު..” އަމްރު ދުރަށް އެނބުމުން ގޮތް ހުސްވެފައިވާ މީހަކު ފަދައިން އީމާނާ ބަލާލީ އައްމާރުއާއި ދިމާލަށެވެ. ނަމަވެސް އައްމާރުވެސް އައިސް ހިފަހައްޓާލީ މުއާޒްގެ ގައިގައެވެ. ކަރުނަ ހިލިފައިހުރި މުއާޒް އޭނާގެ ދެކުދިންގެ ކޮނޑުގައި ހިފަހައްޓާލަމުން ދެކުދިންގެ މޫނަށް ވަކިވަކިން ނަޒަރެއް ދިނެވެ.
“އަހަރެން ބޭނުމީ ޝައްމޫންވެސް މަރުވާން.. އޭނާގެ އަންހެނުންވެސް ދެކުދިންވެސް.. އަހަރެން މަންމައަށް ނަފްރަތު ކުރަން…”
“އަމްރު.. ދެން ނުބުނައްޗޭ ތިހެން…” އައްމާރު އެހެން އބުނެލިއިރު އޭނާގެ އަތް މުއްކެވުނުތަން އީމާނައަށް ފެނުނެވެ. މުއާޒް، އަމްރުގެ ބޮލުގައި ހިފައި އޭނާގެ ކޮނޑުގައި ގަދަކަމުން ޖައްސާލިއެވެ.
ނިކުމެގެން ދިޔަ އީމާނާ އެނބުރި ތިންބަފައިންނަށް ބަލާލިއެވެ. އައްމާރު އޭނާގެ ބޭބެގައި ހިފަހައްޓާލައިގެން ހުރިއިރު މުވަގުތު އޭނާ ފެންނަނީ މުއާޒް ބަލާބޮޑުކުރި ކުއްޖާ ގޮތުގައެއް ނޫނެވެ. މުއާޒަށް ކަމެއް ވުމުން ބަލަން ހުރި މީހާގެ ގޮތުގައެވެ. މުއާޒް ލޮލުން ކަރުނަ ފުހެލަމުން އީމާނާއަށް ބަލާލިއެވެ. މީގެ ފަނަރަ ވަރަކަށް މިނެޓް ކުރިން އޭނާގެ ފައިދަށަށް ތިރިވެ އާދޭސްކުރި މުއާޒްއޭ މިހަކު ނުވެސް ބުނާނެއެވެ. އެބެލުމުގައިވީ ގޮތަކުން އެކަނިވެސް އީމާނާ އެތަނުން ދާން ބޭނުންވިއެވެ.
25 ޑިސެމްބަރ 2018
ސޯފާގައި އިން އީމާނާ ބަލަމުން ދިޔައީ މުއާޒްގެ މުނަށެވެ. ކުއްލިއަކަށް އޭނާ ބޮލަށް އެހިޔާލުވަނީ ކިހިނެއް ކަމެއް ނޭނގެއެވެ. އެރޭގައި އަމްރު އެހެން ބުނީ ރުޅިއައިސްފައި ހުރި ވަރުންނެވެ. ނަމަވެސް އެތަނުން ކޮންމެވެސް އެކަކު އެކަމުން މާނަ ނެގިގޮް ނުބައި ވެއްޖެއެވެ. އެކަން ވިސްނުނު އީމާނާ ފުންފުންކޮށް ދެތިންފަހަރު ނެވާއެއް ލަމުން އެތަނުން ތެދުވެއްޖެއެވެ. އޭނާ އެތަނުގައި އެންމެ ފަހަރަކުވެސް ހުންނާނަކަށް ބޭނުނެއް ނުވިއެވެ. ތެދުވެގެން ގޮސް ދޮރގުގައި ހިފާލުމާއެކުހެން އީމާނާ ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. ދޮރުމަތީގައި ހުރި އައްމާރު އެވަގުތު ހުރީ ހީގަނެގެންނެވެ. ހިތުގައި ބިރުވެރިކަން ނޭނގޭ ބިރުވެރިކަމެއް ހިނގައިގެތެވެ. އީމާނާ ހީލަމުން އައްމާރު އެތަނަށް ވަންނަން ތަން ދެއްކިއެވެ.
ނުނިމޭ
11 Comments
Comments are closed.
This is so complicating. Damn I’m soo excited. One of the best stories I’ve ever read
total kithah part tha mi story ga innaneee
Finally
<3<3
Vaahaka nuninmachey ehaa avahah….?
in shaa allah… adhi ebaoi varah kanthah nikath handhaan vaan.. 🙂
Mi own idea tha.. damn haadha reehchey mi vaahaka.. i guess Ammaaru ei murderer..
Curiously waiting for the next part… plx upload asap
when next part
when next part
Whn next part