Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ލޯބިން ދެވިއްޖޭ 7

Ekujjaa Level 1
November 27, 2018 11 Mins Read
31 Comments

ނޯޓް:/ވާނިން މި ބައިގެގެ ނިމޭ ތަންކޮޅުގަ އޭޖް ރެސްޓްރިކްޓެޑް ސީންއެއް ހިމެނޭނެއެވެ.

_______________________________________

“އައި ލަވް ޔޫ ބޭބީ..” ސުންހާގެ ތުންފަތުގައި ފުރަތަމަ ފަހަރަށް ޔަމާން ބޮސްދިނެވެ. އޭނާގެ ތުންފަތުގައިވެސް ލިޕްސްޓިކް އުނގުޅުނެވެ. “ލަވް ޔޫ މޯރ މާން..” ކޮރާލަމުން ޔަމާންގެ ކަނދުރާގައި ސުންހާ ތުންފަތް ޖައްސާލިއެވެ. އޭނާ ފޯރަނީ އެހިސާބަށް ވިއްޔާއެވެ. މުޅިތަނުގައި ބާރު މިއުޒިކެއް ޖެހި އެންމެން އުފާފާޅުކުރަމުން ދިޔައެވެ. ނަމަވެސް ހޯލުން ބޭރަށް ހިނގައިގަތީ ޝިޔާ އެކަންޏެވެ. އެހެން އެންމެން އުފާކުރަމުން ދިޔައީ ޔަމާންގެމެންގެ އުފަލުގައި ބައިވެރިވަމުންނެވެ. އެންމެ އިސްކޮށް އުޅުނީ އާލިމްއެވެ.

ލޯބިވެރިންގެ ލިސްޓުގައި މީގެ ދެމިނެޓު ކުރިން ރަންއަކުރުން ފަވާލެވުނު ޔަމާންއާއި ސުންހާގެ ޖޯޑު ސްޓޭޖުން ފައިބައިގެން ދިޔައެވެ. އެންމެން ދިޔައީ ދިމާކޮށް ޖެއްސުން ކުރަމުންނެވެ. އެންމެން ހައިރާންވާ ތަންކޮޅަކީ ސްކޫލުގެ އިސްވެރިންވެސް މި ހަރަކާތުގައި ބައިވެރިވަމުން ދިޔަ ކަމެވެ. މީހުންގަނޑުތެރެއިން ހޯލުން ބޭރަށް ނިކުމެވުމުން ސުންހާ ގައިގައި އިހުނަށްވުރެ ބާރަށް ޔަމާން ބައްދާލިއެވެ. މުޅި އުމުރަށްވެސް އޭނާގެ އަތުތެރެއިިން ހިމާޔަތް ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން ދެމުންނެވެ. ސްކޫލު ގްރައުންޑުން ހާމައަށް ފެންނަން އޮތް އުޑުގައި ފިޔަޖަހަމުން ދިޔަ ކުދި ތަރިތަކާއި ހަނދުގެ އިތުރުން މާހައުލު ފިނިކޮށްދޭ ރޯޅިތަށްވެސް އެދެމީހުންގެ ތެދުވެރި ލޯތްބަށް ހެކިވަމުން ދިޔަކަހަލައެވެ.

“ޕްރޮމިސް މީ..” ޔަމާންގެ މޭގައި އިރުކޮޅެއް ވަންދެން މޫނު ފޮރުވާލައިގެން ހުރުމަށްފަހު ސުންހާ ބޯ ހިއްލާލިއެވެ. އަދި އޭނާގެ ކަނާއަތް ޔަމާންއަށް ދިއްކޮށްލިއެވެ. “ކޮންކަމެއް” ނިއްއަރުވާލަމުން ޔަމާން އެއްސެވެ. “ދުވަހަކުވެސް މަ ދޫކޮށްފަ ނުދައްޗޭ..” ސުންހާގެ އަނގައިން އެބަސް ނިކުތުމާއެކު ޔަމާން އޭނާގެ އަތުގައި ހިފާއްޓާލިއެވެ. “ޕްރޮމިސް..މަގޭ ބޮލުގަ ހުރި އިސްތަށި ނުރަވެގެން ހަށިގަނޑު ބަލިކަށިވެ ލޯކޮށިވާ ދުވަހާ ޖެހެންދެންވެސް ދެގޮތެއް ނުވެ ސުންހާ ކައިރީގަ ހުންނާނަން..މަ ނެތް ދުނިޔެއެއްގަވެސް މަގޭ ރޫޙު ވާނީ އަބަދުވެސް ސުންހާޔާއެކު..” ސުންހާގެ ނިއްކުރީގައި ބޮސްދެމުން ހަނދާން ތަރިތަށް ގަންދީ ޔަމާން ހުވާކުރިއެވެ.

“އަސްލުވެސް؟ ޕްރޮމިސް..” ޔަގީންނުވެފައި ސުންހާ އެއްސެވެ. އޭނާދެކެ މިހާ ލޯބިވާނެ މީހަކު އުޅޭކަމަށް ޙީކުރެވިފައި ނެތުމުންނެވެ. “ޔެސް..ޓްރަސްޓް މީ ބޭބީ..” ޓާރފް އަޅާފައިވާ ބިންމަތީގައި ހާމަ އުޑު ފެންނާނެހެން ޔަމާން އޮށޯވެލަމުން އޭނާގެ އަތުތެރޭގައި ސުންހާ ބާއްވާލީ ނާޒުކު މަލެއް ގެންގުޅޭހާ ލޯބިންނެވެ. އޭނާ ސުންހާދެކެ ވާ ތެދުވެރި ލޯބި ފާށުވި ބަސްތަކަކުން އެ ކަންފަތް ދޮށުގައި ޖެހިލުމެއް ނެތި އަމުނައިދެމުންނެވެ. އެދެމީހުންގެ މެދުގައި އޮތް ދުރުކަން އެއްކޮށް ކެނޑިގެން ދިޔައީ ތެދުވެރިކަމާއެކު ހިތުގައި ވާ އެއްޗެއް އިއްވާލެވުމުންނެވެ.

“އެކަމު ޝިޔާ އެހެރީނު..މަށަށް ވުރެ އެތަށް ގޮތަކުން އޭނާ ފުރިހަމައެއްނު..” މާޔޫސް ރާގަކަށް ސުންހާ ބުނެލިއެވެ. “ޕްރޮމިސް މީ..” ކުރިން ސުންހާ ކަންތަށް ކުރި ފަދައިން ޔަމާން އޭނާގެ ކަނާ އަތް ދިއްކޮށްލިއެވެ. “އަނެއްކާ..” ސުންހާ ހިނިތުންވެލިއެވެ. “ދެން ދުވަހަކުވެސް ސުންހާޔާ އެހެން އަންހެނަކާ މަގޭ ކުރިމަތީގަ ކޮންޕެއާރ ނުކުރައްޗޭ..އެއީ މިދުނިޔޭގެ ތިބި އެހެން ހުރިހާ އަންހެނުނަށް ވުރެ ސުންހާ މަށަށް ޙާއްސަވީނަ..” ސުންހާގެ ސުވާލު އަމާޒުވާނެކަން އެނގިހުރެވެސް ޔަމާން އެއްސެވެ. “އެކީއްވެ ޙާއްސަވީ..” ކަންވީވެސް އެހެންނެވެ. މައުސޫމް ގޮތަކަށް ސުންހާ ސުވާލުކޮށްލިއެވެ. “ތިއްތި ވީމަ..އެން ފުރަތަމަ ނަޒަރުންވެސް މަގޭ ހިތް ބުނީ ތީއޭ މިހިތުގެ މިލްކުވެރިޔަކީ..” އެންމެ ފުރަތަމަ އެދެމީހުން ދިމާވިގޮތް ހަނދާންކޮށްލަމުން ޔަމާން ހިނިތުންވެލިއެވެ. “ހޭ ބޭބީ އެންމެ ފުރަތަމަވެސް މަށަށް ފެނުނީ ނޭކަޑް ކޮށް ދޯ..” ލާނެއް ގޮތަކަށް ޔަމާން އަހާލީ ސުންހާގެ ކޮލުން ލޭކޮޅެއް ނުފެންނަތާ އިރުކޮޅެއްވީމައެވެ.

“ދެން..ޔަމާނާ..” ލަދުގަތްކަން ފޮރުވަމުން ޔަމާންގެ ނަމަށް ސުންހާ ދަމާލިއެވެ. އޭނާގެ މޭގައި ބޮނޑިއެއް އަޅަމުންނެވެ. “ނޭގަޑް ކޮށް ފެނުނީމައޭ އަސްލު މަގޭ ހިތް މިލްކުވީ އެހާއަވަހަށް..” އެއްލޯ މަރާލަމުން ޔަމާން ޖަހާލި ބާރު ހިނިގަނޑު މުޅި ފަޒާގައި އެކޯ ވިއެވެ. “ހުއް..ނޭކަޑް ކޮށް ފެނުނަސް އެދުވަހު މަ ރެސްކިއު ކޮށްދިނީމެއްނު..އެހެންމަ ތީ މަގޭ ސުޕާރހީރޯ އޯކޭ..” ކަޑަނުވާން ސުންހާ މިސްރާބު ބަދަލުކޮށްލިއެވެ. ޔަމާންގެ މޭމަތިން ބޯހިއްލާލަމުން އޭނާގެ މޫނާ ސުންހާގެ މޫނު ކައިރިކޮށްލިއެވެ. “ހްމްމް ކުރިއަށް އޮތް ތާނގަވެސް..” ދަތްތަށް ފެންނަަވަރަށް ހީލަމުން ޔަމާން އޭނާގެ ނޭފަތް ސުންހާގެ ނޭފަތުގައި ޖައްސާލިއެވެ. ދެ ޒުވާނުންނަށްވެސް ތިބެވުނީ އެކަކު އަނެކަކުގެ ހޫނު ނޭވާ އިހްސާސްވާހާ ކައިރީގައެވެ. ތުންފަތް ޖެހެން އުޅުމުގެ ތެރޭގައި….

“އޭ ހޯހޯ ކަމެއް ދަރިންނޭ….ގުޅުން ހިންގުން މަނާ ތަނެއް..ރެސްޓްރިކްޓެޑް” ޔަމާންއާއި ސުންހާ ސިއްސައިގެން ދިޔައީ ކޮޅަށް ތިބެ އެދެމީހުންނާ ދިމާއަށް ގުދު މޫނު ދިއްކޮށްގެން އޮތް އައިކްއާއި ޒީޝަން އަދި އާލިމް ހަޅޭއްފަޅޭއް ޖަހައިގަތުމުންނެވެ. ސުންހާގެ ކޯ ވަގުތުން ރަތްވިއެވެ. ޔަމާންވެސް ކަޑަނުވާން ޖަހާލީ ހިނިގަނޑެކެވެ. ވިނަގަނޑު މަތިން ތެދުވުމަށްފަހު ސުންހާއަށް އަތްދިއްކޮށްލިއެވެ. އެ އަތުގައި ހިފާލަމުން ސުންހާވެސް ތެދުވިއެވެ. އެހެންނަމަވެސް އޭނާގެ ދިގު ހެދުން ގަނޑާއެކު ތެދުވުން ވީ އުނދަގޫކަމަކަށެވެ. “ކޮންގްރާ..މަގޭ ޅިޔަނޭ ދޯ..” ޔަމާންގެ ކޮނޑުގައި ޖަހާލަމުން އާލިމް އުފަލުން ބުނެލިއެވެ. “އަދި ނުވެސް އިންނަން ދޯ މޮޔަޔާ..” ޔަމާން އާލިމްގެ ބޯ ހާވާލިއެވެ.

ސްކޫލުން ހުރިހާ އެންމެން ނިކުންނަށް ފެށުމުން ކުލާސް ކުދިންނާ ސަލާންކުރުމުގެ ކަންތަށް ކުރިއަށް ދިޔައެވެ. ވާނީވެސް އެހެން ނޫންހެޔެވެ. ދިހަ އަހަރު އެކުގައި އުޅުނު ކުދިންނާ ވަކިވާންޖެހުނީއެވެ. ގަމީހުގަ ސޮއި ކުރުމާއި ފޮޓޯ ނެގުން ކުރިއަށް ދިޔައެވެ. ގިނަ ތީޗަރުންގެ ލޮލުންވެސް ކަރުނަ އޮހެނީއެވެ އެންމެ ލޯބިވާ ދަރިވަރުންނާ ވަކިވާން ޖެހުމުންނެވެ. ނަމަވެސް އެބައިމީހުން ދިން ތަރުބިއްޔަތުގައި އެ ޒުވާން ޖީލު ރާއްޖޭގެ މުސްތަގުބަލު ބިނާކުރާނެކަމަށް އުންމީދުކުރަމުން ދިޔައެވެ.

ޔަމާންގެ އަތުގައި އޮޅުލައިގަންނަމުން ސުންހާ ހުރީ ދުރަށް ދާގޮތަކަށް ނޫނެވެ. އޭނާއެކޭ ދަގަށްފާނެކޭ އެއްވަރެވެ. “އޭ ތިވަރަށް ނޯޅުލިޔަސް ޔަމާންއެއް ނުގެއްލޭނޭ…” އައިކް ދިމާކޮށްލިއެވެ. ސުންހާ ތުންދަމާލިއެވެ. “ހުއް..ދޭބަލަ ޒީޝަން ގައިގަ އޮޅުަލަން..” ސުންހާ ތުންއަނބުރާލިއެވެ. “އާން ތިކަން ކުރަން ގެސްޓް ހައުސް ރޫމެއް ހިފައިފީމޭ ދޯ..” ޒީޝަންއަށް ދޯ އެއްލަމުން އައިކް ސުންހާގެ އަނގަބައްދުކޮށްލިއެވެ. ކަޑަވީވަރުން ޔަމާންގެ އަތު މުލައްދަނޑިފަހަތުގައި ސުންހާ ނިވާވެވޭތޯ އުޅެގަތެވެ. އާލިމްއާއެކު އޮލަވާހަކައިގައި ހުރި ޔަމާންއަށް މިކަން ފާހަގަވުމުން ވާނުވާ އޮޅުން ފިލިއެވެ. “އޭ ބުރޯ މަގޭ ތިއްތިކޮޅާ ނުބެހެއްޗޭ..” ސުންހާގެ ކޮނޑަށް އައްވައްޓާލަމުން އޭނާގެ ކޮޅަށް ޔަމާން އެރިއެވެ. އައިކް ހުތްވިއެވެ. ވަކި ކޮޅަކަށް ނާރާ އާލިމް ޖަހާލީ ހިނގަނޑެކެވެ.

“އަހަރުން ދަނީއޭ ގެސްޓް ހައުސްއަށް..” ޒީޝަންގެ އަތުގައި ހިފާއްޓާލަމުން އައިކް ބުނެލިއެވެ. “ހްމްމް އަވަހަށް ބަހީ ބަހީ..” އޭނާގެ ކޮނޑުގައި ޖަހާލަމުން ޔަމާން ޖެއްސުންކޮށްލިއެވެ. އެއީ އެމީހުންގެ އާދައެވެ. އެކަކަު އަނެކަކަށް ޖެއްސުންކުރުން ނޫކަމެއް ނޯވެއެވެ. ނަމަވެސް އެކަމުގެ ސަބަބުން ނޭނގިނަމަވެސް އެކުވެރިކަން ބަދަހިވެއެވެ. ހީނަރުވާ ވަގުތުތަކުގައި ވަރުގަދަވެއެވެ.

“އޭ ޒީޝަން ޗިސްވެ ވެއްޔަށް ވަންދެން ގަދަޔަށް ބާރަށް އޮޅުލައްޗޭ..” މަގުގެ އެއްފަރާތުގައި ހުރެފައި ސުންހާ ހަޅޭއްލަވައިގަތީ މަގުގެ އަނެއްފަރާުތުން ހިނގަމުން ދިޔަ އައިކް މެންނާ ދިމާލަށެވެ. އޭނާގެ އަޑު އޭހާވެސް ބާރެވެ. މަގުގައި މީހުން މަދުކަންވެސް ނަސީބެކެވެ. ފަސްއެނބުރި ބަލާލަމުން އައިކް ތުންއަނބުރާލިއެވެ.

“އޭ މަ ބޭނުން އެހަށް އެއްވެސް ފެމެލީއަކަށް ނޭނގޭ ގޮތަށް މިކަން ސިއްރުކުރަން..ކިޔަވާ ނިމިގެން ޖޮބް ލިބުނީމައެއްނު އަދި މެރީވެސް ކުރެވޭނީ..” ޔަމާން ބުނެލި ބަހަށް އާލިމްއާއި ސުންހާވެސް ތާއީދުކުރިއެވެ. “އިނދެވޭނީ މާންއަށް އަށާރައަހަރުވެގެންނު..” ސުންހާ ކޮށްލީ ސަމާސާއެކެވެ. “ހޫންންން ދެން ފޮނިނުވެބަލަ..މަށަށް ވުރެ ކުރިން ސުންހާ މުސްކުޅިވާނެ..” ޔަމާން ބުނި އެތިން އާލިމްއާއި ސުންހާ ހިނިގަނޑެއް ޖަހާލިއެވެ. ދޮގުވާހަކައެއްވެސް ނޫނެވެ.

“މާން..ދޫންޏާ ބަލާ އެހެރީ އެއްކަލަ މީހާ” ޔަމާންގެ އަތުގައި ހިފާއްޓާލަގެން ޕޭވްމަންޓް މަތިން ހިންގަމުން ދިޔަ ސުންހާ ގެއެއްގެ ދޮރުމަތީގައި ސައިކަލު ޕާކުކޮށްފައި އިން ފިރިހެން މީހާ ފެނުމުން މަޑުމަޑުން ބުނެލިއެވެ. އެއާއެކު އެމީހުންނާއެކު ހިނގަމުން ދިޔަ އާލިމްގެ ނަޒަރުވެސް އެމީހާއަށް ހުއްޓުނެވެ. “މަ ރޭޕް ކުރިއެއްނު ދެފިރިހެންނުން..އޭގެން އެކަކު އެއީ..އޯމައިގޯޑް މަ ވަރަށް ބިރުގަނޭ މާން..” އެމީހާ ބަލާލުމުން ސުންހާ ބިރުން ޔަމާންގެ ފުރަގަހަށް ވަދެ ފިލަން އުޅެގަތެވެ. “އެ އޯކޭ ވާނެ މަ މިހިރީނު..އެހެރީ އާލިމްވެސް” ވާނުވާގައި ހުރި އާލިމްގެ މޫނުމަތީގައިވަނީ ސުވާލުމާކެކެވެ. “ފަހުން ބުނާނަން..” އާލިމްގެ ހާލު ދެނެގަންނަމުން ސުންހާ ބުނެލިއެވެ. އާލިމްވެސް ބޯ ޖަހާލިއެވެ.

ހާސްނުވުމަށް ބުނި ޔަމާންއާއި އާލިމްއާއެކު ކުރިއަށް ހިންގަމުން ދިޔަ ސުންހާގެ ނަޒަރު އަދިވެސް ހުއްޓިފައިވަނީ އެ ފިރިހެން މީހާއަށެވެ. އޭނާކައިރީގައި މޫނުއަޅާ އަންހެނަކުވެސް މިހާރު އެބަހުއްޓެވެ. ސުންހާ އިތުރަށް ބިރުގަންނަ ގޮތްވިއެވެ. އެ މޫނު ބުރުގަލުގެ ފަހަތުގައި ފަރުދާވެފައިވަނީ ދެވަނަ ފިރިހެނެއް ނޫންބާވައެވެ. ކުއްލިއަކަށް އެފިރިހެންމީހާ އަންނާށޭ ބުނެ ސުންހާއަށް އިޝާރާތްކޮށްލިއެވެ. ސުންހާ ބަރަށް ޔަމާންގެ އަތުގައި ބާރަކަށް ވިކައިގަތެވެ. “އާޙް..ކީއްތަވަނީ..” ދަތްޕިލަ ޖައްސައިގެން ހުރެ ޔަމާން ބުނެލީ ކުޑަކޮށް ހިތްހަމަނުޖެހިފައެވެ. އެ މޫނުމަތިން ފެނުނު ކުލަވަރުތަކުން ސުންހާ މާޔޫސްވިއެވެ. “އޯ ސޮރީ..އެކަމު މަ މިބުނީނު މަ ހުއްޓާ އެމީހާޔަކަސް އެހެން މީހަކަސް ސުންހާޔަށް އެއްވެސް ކަމެއް ނުކުރެވޭނެޔޭ..” ސުންހާ ދެރަވީކަން އެނގުމުން ޔަމާން އޭނާގެ ކޮނޑުގައި ހިފައި ގަޔާ ކައިރިކޮށްލަމުން ވިސްނައިދިނެވެެެ.

“އެކަމު އެމީހާ ބުނީ އަންނާށޭ..އެ އިޝާރާތް ކުރީއޭ ދެންމެ..” ސުންހާ ބެލީ ވީހާވެސް މަޑުން ވާހަކަ ދެއްކޭތޯއެވެ. “ދެން ހިނގާބަލަ އޭނާ ހަދާއެއްޗެއް ބަލަން..” ސުންހާއާއެކު އެމީހާޔާ ދިމާލަށް ޔަމާން ހިނގައިގަތް ނަމަވެސް ވަރަށް ކުއްލިގޮތަކަށް މަންމަ ބަލިވެގެން ބައްޕަ ގުޅުމުން އާލިމް ދާންޖެހުނީއެވެ.

އަވަސް ފިޔަވަޅުތަކެއްގައި އެ ފިރިހެންމީހާއާ ދިމާލަށް ދިޔަ ސުންހާގެ ހިތް ތެޅެމުން ދިޔައީ އިންތިހާއަށެވެ. ޔަމާންގެ ހިތުގަވަނީ އެންމެ ޢަޒުމެކެވެ. އަަބަދުވެސް ވާނީ ހަމަ އެއަޒުމެވެ. އަމިއްލަ ފުރާނަ ދުއްވާލަން ޖެހުނަސް ސުންހާ ސަލާމަތްކުރުމެވެ. “ކީއްވީ..” އެ ފިރިހެން މީހާ ކުރިމަތީ ހުއްޓެމުން ހިތްވަރު ކޮށްފައި ސުންހާއެއްސެވެ. އޭނާގެ ސައިކަލު ފަހަތުގައި އިން މޫނުބުރުގާ އެޅިމީހާއަށް ނުބަލަން މަސަތްކަތްކުރަމުންނެވެ.

“މަށަކީ އަޝްރަފް..މިއީ މަގޭ އަލަތު އަނބިމީހާ..” އަޝްރަފް ބުނެލީ ސައިކަލު ފަހަތުގައި އިން އަންހެން މީހާއަށް އިޝާރާތްކޮށެވެ. “ތި އަންހެން ކުއްޖާ ރޭޕްކުރެވުނު ދުވަހުން ފެށިގެން މަ ތިކުއްޖާ ފެނޭތޯ މުޅި މާލެ އަތްފުނާއެޅިން…” އެފިރިހެންމީހާގެ ވާހަކައިން ނުބައިމާނަ ނެގެވުމުން ޔަމާން ހިތްހަމައެއް ނުޖެހުނެވެ. “އެ ކީއްކުރަން..” އޭނާއަށް ބުނެވުނެވެ. “ހަމަ އެންމެ ސަބަބަކަށްޓަކައި..ތި ކުއްޖާ ކިބައިން މާޢާފަށް އެދެން..” އަޝްރަފްގެ އަޑު ކުރެހުނެވެ. “އަހަރެން ތަޢުބާ ވެއްޖައީމު..ރަނގަޅުގޮތް އިނގިއްޖެ އަހަންނަށް..އަހަންނަށް މާއާފުކޮށްދީ” ރޮމުން ރޮމުން ސުންހާގެ ފައި ތިލަ ދަށަށް އަޝްރަފް ތިރިވިއެވެ. އަތަލަން ނުކެރިފައި ހުރި ސުންހާ އެއްފިޔަވަޅު ފަހަތަށް ޖެހިލިއެވެ. ޔަމާން ގުދުވެލަމުން އަޝްރަފްގެ ކޮނޑުގައި ހިފައި ކޮޅަށް ނެގިއެވެ.

“އަހަރެން މާޢާފްކޮށްފިން…ހިތުގަ ނެތް އެއްވެސް ބުރަކަމެއް..” ސުންހާ ލުއި ހިނިތުންވުމަކާއެކު ބުނެލީ މައްސަލަ ގަނޑު ހިނދާލަންށެވެ. ނަމަވެސް އޭނާ ހަގީގަތުގައިވެސް މާޢްފު ދިނީއެވެ. “ދަނިއްޔޭ..” އަޝްރަފްގެ ކޮނޑުގައި ޖަހާލަމުން ސުންހާގެ އަތާ އަތް ގުޅުވާލަމުން ޔަމާން ހިނގައިގަތީ ސުންހާ ގެޔަށް ލައިދިނުމަށެވެ.

“ކޮބާ ކަމެއް ކޮށްފިތަ..” ޔަމާން އޭނާ ބުނި ބަސް ތެދުވުމުން ފޮނިކަނޑާލިއެވެ. “ދެން ހެވޭ މަށަށް އޭރުވެސް އިނގެޔޭ މާން ހުރިއްޔާ ގޮތެއް ނުވާނެކަން..” ސުންހާވެސް ވަކި ދެރައެއްނުވިއެވެ. “އެކަމެއް ވާ ނޭނގޭ..މާން ބިރުގަންނަނީ..ބިރުގަންނަނީ ބިރުގަންނަނީ މާން..” ސުންހާ އުޅުނު ވައްތަރަށް ޔަމާން އެކްޓު ކުރަން ފެށިއެވެ. އެއާއެކު ސުންހާ އޭނާގެ އަތުގައި ހުރި ބާރަކުން ޔަމާން އަތުގައި ޖެއްސެވެ. “އާހް..ދޫންޏާ ގެވެށި އަނިޔާކުރާކަށް ނުވާނެއެއްނު..އަދި އަމުދުން މަ މިހާ ލޯބިވާއިރު..” އަތުގައި ފިރުމަމުން އަސަރުގަދަ ގޮތަކަށް ޔަމާން ބުނެލިއެވެ. “ޗި..އޯވްވްވް..މަވެސް ބޮޑު ވައްތަރު ލޯބި ވަނިންގްސް..” ފުރަތަމަ ނުރުހޭ ގޮތް މޫނުމަތިން ދެއްކިނަމަވެސް ދެވަނަ ސިކުންތުގައި ސުންހާ ޔަމާން ގައިގައި އެއްއަރިއަކުން ބައްދާލިއެވެ. އޭރު އެދެމީހުންނަސްވެސް ތިބެވުނީ ސުންހާ މެންގޭ ދޮރުމަތީގައެވެ. ޔަމާންއާ ވަކިވާން ޖެހުނީކަން ދެނެގަންނަމުން ސުންހާ މޫނުކޮށްލިއެވެ. ނަމަވެސް ޔަމާން ޖަހާލީ ހިނިގަނޑެކެވެ. އޭނާ ސިކުނޑިއަށް މޮޅު ޙިޔާލެއް އައުމުންނެވެ.

“މާދަން ފްރައިޑޭނު މޫދަށް ދާނީ..އޯކޭ..؟؟” ސުންހާ އުފާކޮށްދިނުމުގެ ގޮތުން ޔަމާން އޭނާގެ ނޭފަތުގައި ހިފާލިއެވެ. “ޔެޝްް..ކޮންބަޔަކާއެކީ..” ސުންހާގެ ތުންފަތްމައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. “އަހަރުން އެކަނި..ފަތިހު ދާނީ އޭރަށް މީހުން މަދުވާނީ..” ސުންހާގެ މޫނަށް ބަލަހައްޓައިގެން ހުރެ ދެލޯ ކުޑަކޮށްލަމުން ޔަމާން އޭނާގެ އެދުން ހާމަކޮށްލިއެވެ. ސުންހާ ވަގުތުން އެއްބަސްވިއެވެ. “އޭ މީހަކަށް ފެނިދާނެ..” ސުންހާ ބުނިކަމުގައިވިޔަސް އެދެމީހުން ތިބީ ސުންހާ މެންގޭ ކުރިމަތީގައި އޮތް ވޭންއެއްގެ ފުރަގަހުގައެވެ. “ގުޑް ނައިޓް ލަވް ޔޫ..ގޮއްސަ ގުޅާނަން އިނގޭ..” އަވަސް ހަރަކާތާއެކު ސުންހާގެ ތުންފަތުގައި އޭނާގެ ތުންފަތް ޖައްސާލަމުން ޔަމާން ފަސްއެނބުރި ދާން ހިނގައިގަތެވެ. ސުންހާއަށް ކަރަންޓު ޝޮކު ޖައްސާފައެވެ. “އޭ ލަވް މޯރރ..” ހަމަ ހޭވެރިކަން ލިބުމުން މަގުގެ ކޮޅަށް އޮބާލަން ދިޔަ ޔަމާންއާ ދިމާލަށް ހަޅޭއްލަވައިގަތެވެ. މަގު މެދުގައި ހުރެފައި ހަޅޭއްލަވަން ސުންހާ ވަރެއް ނެތެވެ. މަގުމަތީގައި ތިބޭ މީހުންނަށްވެސް ފަރުވާލެއް ނުބަހައްޓާ ވިއްޔާއެވެ.

ގޭގެ ބޮޑު ދޮރު ހުުޅުވާ އަޅާލި ޔަމާންއަށް ހުރެވުނީ މާނޭވާ ލެވިފައެވެ. ސުންހާ ގުޅާފާނެތީ އޭނާ އެއައީ ދުންޖަހާފައިވިއްޔާއެވެ. ވަރުބަލި ނުވެއްޖިއްޔާ ދެރަ ނޫންހެއްޔެވެ. “ދަރިފުޅާ ހާދަ ލަހަކުން..” ބޮޑު ގަޑިން ރޭގަނޑު އެގާރާ ގަޑި ބައި ވެފައިވުމުން ޔަމާންގެ އިންތިޒާރުގައި އިން ޒިވާން ކުޑަކޮށް ހިތްހަމަ ނުޖެހުނެވެ. “އާން…އޭ ކުޑަ ކަމެއް ކޮށްލީ..” ބައްޕަޔަށް ހިނިތުންވުމެއް ބޯ ކަހާލާފައި ރައްދުކޮށްލަމުން ސިޑިން އަރިއިގެން ކޮޓަރިއަށް ދާން އޭނާ މިސްރާބުޖެހިއެވެ. ހީވާގޮތުން އެންމެންވެސް ނިދީއެވެ. ޔަމާން ކޮޓަރިއަށް ވަނުމުން ބައްޕަވެސް ނިދަން ދިޔައެވެ.

ކޮޓަރިއަށް ވަނުމަށްފަހު އަވަސް ހަރަކާތާއެކު ފެންވަރާ ނިންމާލާފައި ކިންގް ސައިޒް އެނދުގައި އޮށޯވެ ޔަމާން ރަޖާއެޅި ބޮކި ނިންމާލަމުން ލޭޕް ދިއްލާލުމާއެކު ޔަމާންގެ ފޯނުވެސް ދިއްލުނެވެ. އޭނާ އުންމީދުކުރިގޮތަށެވެ. އެއީ ސުންހާގެ ކޯލެކެވެ. އޭނާއަށް އުފަލުން ހިނިތުންވުމެއް ވެރިވިއެވެ. ކިތަންމެ ދުރުގައި ތިބިނަމަވެސް  ފިނިފިނި ރޭގަނޑު އެ ދެލޯބިވެރިން ހޭދަކުރީ އެ ދެމެދުގައިވާ ލޯބި އާލާކިރަމުންނެވެ. އެތަކެއް ވަޢުދުތަކާއި ހުވާތަކެއް ކުރަމުންނެވެ. އަތް ގުޅުވައިލައިގެން ނޫންކަމުގައިވިޔަސް ހިތާހިތުން ނުމޮހޭނެ ގޮށެއް ޖަހާލައިފިއެވެ.

** *** ** *** ** ***

ހުކުރު ދުވަހުގެ އިރު އަރައިގެން ދިޔައެވެ. ދޫނި ސޫފާސޫފީގެ އަޑުން ފަޒާގެ ހިމޭންކަން ނާގަލިއެވެ. އިރު އެރުމުގެ އެ މަންޒަރު އިތުރަށް ފުރިހަމަ ކޮށްދިނީ މޫދުގައި އެކަކު އަނެކަކު އަތުތެރޭގައި ތިބި ދެލޯބިވެރިންނެވެ. އިރުގެ ހޫނު ދޯދިތަށް މޫދަށް އެޅުނު އިރު ދުރުން ބަލާލާއިރު އެ ދެ ޒުވާނުން އެ ހޫނުގެ ތެރޭގައި ތިބިހެންވެސް ހީވާނެއެވެ. ސޯޓާއެކު ހުސްގަޔާ ހުރި ޔަމާންގެ ބުރަކަށީގައި ފެންތިކީގެ މުތީތަށް ވިދަމުން ދިޔައެވެ. މޫދުގެ ލޮނުގަނޑު އޭނާގެ އުނަގަނޑަށް ވުރެ މައްޗަށް އަރައެވެ. އޭނާގެ މެޔާ ހިސާބަށް އަރާ ސުންހާގެ ކޮނޑުގައި ދަތްދޮޅި އަޅުވާލައިގެން ހުރިއެރު ސުންހާގެ ހިމަ ލޯލި އިނގިލަތަށް ހާމައަށް ފެންނަން އޮތް އޭނާގެ ބުރަކަށީގައި ބީހެމުން ދިޔައެވެ. ޔަމާންގެ މޭގައި ބޯ އަޅާލައިގެން ހުރި ސުންހާގެ ދަތްދޮޅި ފެންގަނޑު ފިނިކަމުން ތުރުތުރު އަޅަމުން ދިޔައެވެ. ދުރުން ބަލާލާ މީހަކަށް މިއީ ފިލްމެއްގެ މަންޒަރު ފަދައެވެ. ނަމަވެސް އެދެލޯބިވެރިން ދައްކަމުން ދިޔަ ވާހަކަތަށް އެމީހުންނަށް އަޑުއިވޭނެނަމަ ހަގީގީ ލޯތްބަކީ ދުނިޔޭގައި ވާ އެއްޗެއްކަން ގަބޫލުކުރަން މަޖުބޫރުވާނެއެވެ.

ލޯބީގެ ކަނޑުގައި ޢަރަޢުވަމުން ދިޔަ މި ދެލޯބިވެރިންނާއެކު ދުނިޔޭގެ އަޖަލާ ދުނިޔޭ ގާތްވަމުން ދިޔައެވެ. ޔަމާންއާއި ސުންހާގެ ގުޅުމަށް ތިން އަހަރުވަނީއެވެ. ނަމަވެސް އެދެމެދުގައިވާ ލޯތްބަކަށް ބަދަލެއް ނާދެއެވެ. ދުވަހަކަށް ވުރެ ދުވަހެއް އެ ލޯބި ފުންވަމުން ދާފަދައެވެ. ކިޔަވާ ނިމެންދެން މި ގުޅުން ކުރިއަށް ގެންދާނީ މައިންބަފައިންނަށް ސިއްރުންކަމަށް އެދެމީހުންވެސް ވަޢުދުވިއެވެ. ކޮލެޖުގައި ބުރަކޮށް އުޅެމުން ދިޔަ ޔަމާންއާއި އާލިމްގެ އިތުރުން އައިކް ކޮލެޖުގައި އުޅެމުންވެސް ލޯބިވެރިންނަށް ވަގުތު ހުސްކުރެއެވެ. ޒީޝަންއާއި އައިރާ ޙިޔާރުކުރީ ޓީޗިން އިން ކޯސް ހަދާށެވެ. ފެޝަން ޑިޒައިނާރ އަކަށް ވުމުގެ ހުވަފެން އެންމެ ކުޑައިރުއްސުރެ ދެކެެމުން އައި ސުންހާ އެ ދާއިރާއިން ކޯސް ހަދަން ފެއްޓިއެވެ. ޔަމާންއަށް ވުރެ އޭނާ ބުރަކަމުގައިވިޔަސް އޭނާއަށް ލިބޭ ހަމަޖެހުމަކީ ޔަމާންގެ އެއްވެސް ޝަކުވާއެއް އަޑުއަހަން ނުޖެހުމެވެ.

ނަމަވެސް ޝިމާޒްގެ ހާލަކީ ކޮބައިތޯއެވެ. ސްކޫލު ނިންމި ގޮތަށް ރިސޯޓް ވަޒީފާއަކަށް ދާން ފެށިއިރު އައިކްމެންނާ އޭނާ ހެސްކިޔާފައި ދުރުވެއްޖެއެވެ. އައިކް މެންނާ އެކަންޏެއް ނޫނެވެ. އެެންމެންނާވެސްއެވެ. އެއީ ކުރިން ހީހީފައި އުޅުނު ޝިމާޒެއް ނޫނެވެ. ނެގިމަޑުވެފައިވާ އޭނާ މަޑުމައިތިރި މިޒާުޖުގެ އަސްލަކީ ހަމަ އެންމެ އަންހެން ކުއްޖެކެވެ. ލޯތްބަކީ އެއްބަޔަކަށް ފޮނި އެއްޗަކަށް ވީއިރު ޝިމާޒަށް އޭނާ ވީ ލޯބީގެ ސަބަބުން މިއަދު ތަލީގައި ލަނީ ހިތިރަހައެވެ. އެ ބުނާ ލޯތްބަކީ ހަމަ މިހާ ބާރުގަދަ އެއްޗެއް ހެޔެވެ. ލިވާގެ ޙިޔާލުތަކުން ދުވާލު ހަތަރު ދަމު ޝިމާޒުގެ ސިކުނޑި ހިސާރުކޮށްފައިވިޔަސް އޭނާ މަސަތްކަތްކުރީ މޫނުމަތިން އެކަން ނުދައްކާށެވެ. ކިޔެވުމަށް ވުރެ މަސަތްކަތުގެ މާހައުލު ރަނގަޅުވާނެކަމަށް އޭނާ ޙީޔާރު ކުރީ އެހެންވެގެންނެވެ.

ކޮންމެއަކަސް މިއަދަކީ ޔަމާންއާއި ސުންހާގެ ގުޅުމަށް ދެއަހަރު ފުރޭ ދުވަހެވެ. އޮކްޓޫބަރު 30ހެވެ. ހެނދުނުއް ސުރެއް ސުންހާ އިންތިޒާރު ކުރަމުން ދިޔައީ ޔަމާންގެ ކޯލަކަށެވެ. ނަމަވެސް އޭނާގެ ހިލަމެއް ނުވިއެވެ. އަނގާރަ ދުވަހެއްކަމުގައިވިޔަސް ސުންހާއަށް ކޮންމެ ދުވަހެއްވެސް ފަށައިގެނެވެނީ ޔަމާންގެ ކޯލަކުންނެވެ. ހެނދުނު ހަތްގަޑިބަޔަށް ޔުނިވާރސިޓީއަށް ގެންދަން ބަލައި އަންނަމީހާ މިއަދު އަންނާކަށް ނޫޅެއެެވެ. ގުޅިޔަސް ފޯނު ބިޒީކޮށްލަނީއެވެ. ނުވަތަ ކަނޑާލަނީއެވެ. މިކަމާ ސުންހާ ހުރީ ރުޅިގަދަ ވާ ގޮތްވެފައެވެ. ބާރު ހިނގުމެއްގައި ބޭންޖަހާފައި އޭނާ މިސްރާބު ޖެހީ ޔުނިވާރސިޓީއަށް ދާށެވެ.

ކޮލެޖުގައި އިން ޔަމާންގެ ތުންފަތްމަތީގައި ވަނީ ލުއި ހިނިތުންވުމެކެވެ. މިއަދު އެއްގޮތަކަށްވެސް ލެކްޗަރާ ކިޔަމުންދާ އެއްޗަކަށް ސަމާލުކަމެއް ނުދެއެވެ. މިރޭ ކަންވާނެ ގޮތަކާމެދު އޭނާގެ ބޮލަށް ޙިޔާލުތަށް ގިނަވެއެވެ. ސުންހާ ހުންނާނީ މިހާރު އޭނާ ދެކެ ރުޅިއައިސްފައޭ އެ ހިތް ބުނަމުން ދިޔައެވެ. ނަމަވެސް އޭނާ ހާހެއްނުވެއެވެ. ސުންހާ ރުޅިއަރުވާލުމަށްފަހު ހެއްވާލުން އެއީ ޔަމާންއަށް މާ އުނދަގޫ ކަމެއް ނޫނެވެ. އޭނާއަކީ އެކަން ކުރުމުގައި އެއްވަނައެވެ.

“އޭއި ކަލޭ އަޑުއަހާބަލަ އެކިޔާ އެއްޗެއް،..މާދަން އަހަރުންގެ ފަހު އެގްޒާމޭ..” އަމިއްލަ ޙިޔާލުގައި ގަލަމުގެ ކޮޅު ހަފާލަ ހަފާލާ އިން ޔަމާންގެ ކަންފަތް ބުޑުގައި އައިކް ބުނެލިއެވެ. އެއާއެކު އޭނާއަށް ތެޅިގަނެވުނެވެ. ވަގުތުން ލެކްތަރާއަށް ބާލާލިއެވެ.

** *** ** *** ** ***

ލަގެޖާއެކު އެއާފޯޓުންް ނިކުތީ މެދު އުމުރުގެ ދެފިރިހެނުންނާއި އަންހެނެކެވެ، ހީވާގޮތުން އެއީ އޭގެން އެކަކުކެ އަނބިމީހާއެވެ. “އޭ މުހައްމަދޫ..ވަރަށް ބޮޑަށް ޝުކުރިއްޔާ..މިއަދު ތި ބޭފުޅާ ކިޑްނީ ހަދިޔާ ނުކުރިނަމަ އަޅުގަނޑު އައި ސީ ޔޫ އަށް ދިޔައީސް..” ޝުކުރުވެރިކަމާއެކު ޝަރީފް ބުނެލިއެވެ. އޭނާގެ އަލަތު އަންހެނުން އައިޝާ އޭނާގެ އަތު މުލައްދަނޑީގައި ހިފާއްޓާލަމުން މުހައްމަދަށް ބަލާލީ ޝުކުރުވެރިކަމުގެ ނަޒަރުންނެވެ. “އެއީ އެވަރުކަމެއް ނޫން..” މުހައްމަދު ހިނިތުންވެލިއެވެ.

“އަޅުގަނޑު ބޭނުން ކޮންމެގޮތަކުންވެސް ތި އެހީގެ އަގު އަދާކޮށްދޭން..ބުނޭ ކޮންމެވެސް ކަމެއް ކޮށްދޭން..” ބްރިޖްމަގުން މާލެ ދިޔުމަށްޓަކައި ބަހަށް އެރި ޝަރީފް މުހައްމަދު ކުރެން އެއްސެވެ. މުހައްމަދު ބޯ ހޫރާލާފައި ބަަދަލެއް ނޭދެމޭ ބުންޏަސް ޝަރީފް ގޮތް ދުލެއް ނުކުރިއެވެ. އެންމެފަހުން މުހައްމަދު ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. އޭނާ ކުޑަކޮށް ވިސްނާލިއެވެ. “އަޅުގަނޑުގެ ހުންނާނެ ދޮށީ ފިރިހެން ދަރިއެއް ޝިމާޒް..އޭނާގެ މާޒީގަ ދިމާވި އަންހެން ކުއްޖެއްގެ ސަބަބުން އޭނާއަށް ވަނީ ވަރަށް އަސަރުކޮށްފަ އެހެންވީމާ އަޅުގަނޑު ބޭނުމީ އެ ސޮރަށް ނަވާރަ އަހަރު ފުރޭ ދުވަހަކުން ޝަރީފްގެ އަންހެން ދަރިޔާ ކައިވެނި ހަމަޖައްސަން..އޭރަށް އޭނާގެ ޙިޔާލުތަށް މާޒީއާ ދުރުވެދާނެއެއްނު” މުހައްމަދުގެ އެދުމާމެދު ޝަރީފް ވިސްނާލިއެވެ.

“ސުންހާ ދޯ..އާން އެ މަންޖެ ކުރާނެ މަ ބުނާ ކޮންމެކަމެއްވެސް..އެހެންނޫނަސް އޭނަވެސް ހުސް ހަށިބައި މިއަަހަރު ކޯސް ނިމުނީމަ ވަޒީފާއަށް ދާނެ..ތިއީ ރަނގަޅު ޙިޔާލެއް އިނގާ ތިކަން އަވަސްކޮށްލަމާ..އަހަރުމެންގެ ދެމެދު އޮތް ގުޅުންވެސް ވަރުގަދަވާނެއެއްނު” ޝަރީފް އުފަލުން ބުނެލިއެވެ. އޭނާ މިހާ ނުފޫޒު ގަދަވީ ކޮންއިރަކު ހެއްޔެވެ. “މިރޭ ސުންހާ ކައިރީ އެވާހަކަ ދައްކާލައްޗޭ..ވަރަށް ބޮޑު ކޮށް ކައިވެނި ބާއްވަން ވާނެ..” ޝިމާޒްގެ މުސްތަގުބަލާ މެދު މުހައްމަދު ހުވަފެން ދެކެން ފެށިއެވެ.

** *** ** *** ** ***

އުމުރުން ނަވާރަ އަހަރު ފުރިފައިވިޔަސް ޔަމާންގެ ތުންބުޅިއެއް ނެތެވެ. އެހެންކަމުން އޭނާ ފެންނަނީ އުމުރަށްވުރެ ޒުވާންކޮށެވެ. އަތްދިގު ޓީޝާރޓެއް އުޅަބޮށްޓާ ހަމައަށް އޮޅާފައި ކަޅު ޖިންސެއްގައި ހުރިއިރު އޭނާ ހިކި ހަށިގަނޑުގެ އެންމެ ތަންފުކެއްވެސް ފަލައެއް ނުވެއެވެ. ކުރިއަށް ވުރެއްވެސް ދިގުވެފައި ހިކިހެން ހީވަނީއެވެ. އަތުކުރީގައި ރަނާއި ކަޅުގެ ގަޑިއެއް އަޅާފައި ސްނިކާރސްއަށް އަރާފައި ހުރުމުން ފެންނަ ފެނުމުން ޝާހީއެވެ. ވާނީވެސް އެހެންނޫންހެޔެވެ. އޭނާއަކީ ރާއްޖޭގެ އެންމެ ނަންހިނގާ ވިޔަފާރިވެރިޔާ ހަގު ދަރިއެވެ..

ޔަމާން އޭނާގެ ސައިކަލަށް އެރުމާއެކު ފަހަތަށް އައިކް އެރިއެވެ. އޭނާއަށް ސައިކަލް ދުއްވަން ނޭނގޭތީއެވެ. ނުވަތަ އޭނާ ކަންނެތީއެވެ. އާލިމްވެސް އޭނާގެ ސައިކަލަށް އެރުމުން ތިން އެކުވެރިން މިސްރާބުޖެހީ ލަންޗަށެވެ. “އެހެންމަ ކައެ ކިހިނެކޭ ހަދަނީ މިރޭ..” އާލިމް އެއްސެވެ.

“ރޭގަނޑަށް ރޫމެއް ހަދަން ކަމަށް މިއުޅެނީ..މިރޭ ވިއްސާރަ ވެހޭނެހެން ހީވަނީ އައުޓް ޑޮރ އެހާ ރަނގަޅެއް ނުވާނެއެއްނު..މުޅި ދުވަހު ފޯނު ބިޒީކޮށްލައިގެން ސުންހާ ރުޅިވެސް އަންނާނެ ތޯއްޗެއް..” ތާރު އަޅާފައިވާ މަގުގައި ސައިކަލު ދުއްވަމުން ދިޔަ ޔަމާން އޭނާގެ އައިނު ރަނގަޅު ކޮށްލިއެވެ. ދުވަހަކީ އުޑުމަތި ބަނަ ދުވަހެއްކަމުން މެންދުރުގެ ވަގުތު ޖެހެމުން ދިޔަ ފިނި ވައިރޯޅިތަކާއެކު އޭނާގެ އިސްތަށިގަނޑު ވިހުރެނީއެވެ.

“އެއްކަހަލަ ކައެ މެންގެ ޕްރޮޕޯސް ރޭގަ ޑެކަރޭޓް ކުރި މީހުންނަށް ގުޅާލަންތަ..މައެ ކަޒިން ދޮންތަ އަދިވެސް ހަމަ އެތާނގައޭ..” އާލިމް ދިނީ ރަނގަޅު ޙިޔާލެކެވެ. އޭނާއަކީ އެކުވެރިންގެ ތެރެއިން އަބަދުވެސް އެންމެ ވިސްނުންތޫނު މީހާ ވިއްޔާއެވެ. ހުރިހާ ފަހަރުތަކެކޭވެސް އެއްފަދައިން އޭނާގެ ޙިޔާލާ ޔަމާން އެއްބަސްވިއެވެ. “އޯއޯއޯ…ކައެމެން ގެ ފަސްޓް ޓައިމް ވާނީ ދޯ..ހާސްނުވޭ މަ ޒީޝަން ގޮވައިންދާ ގެސްޓް ހައުސްއިން ރޫމެއް ހަމަޖައްސަދޭނަމޭ..ވަރަށް ސެކިއުރިޓީ ސަޅިވާނެ އެތާނގަ” އައިކް ކޮށްލީ ލާނެއް ސަމާސާއެކެވެ. ޔަމާން ވަގުތުން ރަތްވިއެވެ. އެހެންނަމަވެސް އޭނާ ހިނިގަނޑެއް ޖަހާލިއެވެ.

“ކޮބާތަ ކައެ މަންމަމެން މެރީކުރިން ފަހުން ނުވެސް ފެނެޔޭ ދޯ..” އާލިމްގާތު އައިކް އަހާލިއެވެ. “ބައްޕަވެސް ވަރަށް ބަލިކޮށް އުޅެފަ ގޮއްސި ސިންގަޕޫރަށް ހަނީމޫނު ހަދަން ތޯއްޗެއް..މިހާރު މަށާ ސުންހާޔާ އެކަނި ގޭގަ.މާޓިން ވާ ބުނާކަށް އެއީ ހަމަ ރަނގަޅު ޝެފެއް ހުވާ މަ ހަފްތާއަކުން އެއްކިލޯ ބަރުވެއްޖެ ސުންހާ ކައްކާ އެއްޗެހި ކައިކައި..” އާލިމް ބުނެލި އެތިން ޔަމާން ހިނިގަނޑެއް ޖަހާލިއެވެ.

** *** ** *** ** ***

ރޭގަނޑުގެ ވަގުތެވެ. އުޑުމަތިން ވިއްސާރަވެހެން އުޅޭކަމުގެ ނިޝާންތަށް ދައްކަން ފަށައިފިއެވެ. ގެސްޓް ހައުސް ދޮރުމަތީގައި ޔަމާން ހުރީ ސުންހާގެ އިންތިޒާރުގައެވެ. ދެޖީބަށް އަތް ޖަހާލައިގެން ބިމަށް ނަޒަރު ހުއްޓާލައިގެން ހުރީ މިރޭ ވާނެ ގޮތަކާމެދު ކަންބޮޑުވެފައެވެ. ނަމަވެސް ހުރިހާ ކަމެއްވެސް ރަނގަޅު ވާނެކަމަށް އުންމީދު ކުރެވުނެވެ. ޔަމާން ސިހުނީ އޭނާ ކަޅުކުލައި ޖިންސުގެ ޖީބުގައި އޮތް ފޯނު ރިންގުވާން ފެށި އަޑަށެެވެ. އާލިމްއެވެ “އޯއި ކޮބާތަ މަ ފައި ވާޅުވަނިއްޔޭ..” ކަޅު ކުލައިގެ ސްނިކާސް އިން ބިންމަތީ ތަޅަމުން ޔަމާން ޝަކުވާކޮށްލިއެވެ. “މިހާރު ގޮއްސި އޭނަ..ސޭފްޓީ ހަނދާން ކުރައްޗޭ ބުރޯ ނައިޓް ސްޓޭންޑް މަތީ ހުންނާނެ” މިހެން ބުނަމުން އާލިމް ފޯނު ކަނޑާލިއެވެ. ކެތްތެރިކަން ކުޑަ ޔަމާން މޫނަށް ވައްތަރެއް ޖައްސާލިއެވެ. ފޯނު ޖީބަށް ލަމުން އޭނާ ލައިގެން ހުރި އަތްކުރު ރަތް ގަމީހަށް ދަމާލިއެވެ. އެ ގަމީސް އޭނާގެ ގަޔަށް ދޫކޮށް ހުރުމުން ބަލާލަން ހިތްގައިމެވެ. އޭނާގެ ކަރުގައި އަޅާފައިވާ ރިހި ކުލައިގެ ފަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ.

“ޕޮއް” ޔަމާން ،ކުރިމަތީގައި ހުއްޓިލަމުން ސުންހާ ހަޅޭއްލަަވައިގަތުމުން އިސްޖަހައިގެން ހުރި ޔަމާން ސިހުނެވެ. “ގުޅީމަ ފޯނު ނުނަގާ ކީއްތަ ތިކުރަނީ..ކަނޑާލަނީ ހަމަ ގަސްތުގައޭ..” މޫނުމަތީ ކުލަވަރު ބަދަލުކޮށްލަމުން ސުންހާ ރުޅިއަންނަކަމަށް ހެދިއެވެ. ހިނިގަނޑަކުން ޔަމާން ފުއްދާލިއެވެ. ސުންހާގެ ފަހަތުގައި ހުއްޓިލަމުން ފަހަތުން ސުންހާ ގައިގައި ބައްދާލިއެވެ. އޭނާ ޖީބުން ނެގި ކަޅުކުލައިގެ ފޮތި ކޮޅު އައްސާލީ ސުންހާގެ ލޯ މަތީގައެވެ. “ކީއްތިކުރަނީ..އޭ މަ ބަހައްޓާފަ ނުދައްޗޭ..” ތަނެއް ދޮރެއް ނުފެނުމުން ސުންހާ ކަންބޮޑުވިއެވެ. “ޕޭޝަންސް ބޭބީ..” ސުންހާގެ އަތުގައި ހިފައިގެން މަގުދައްކައިދެމުން ގެސްޓް ހައުސް ތެރެއަށް ޔަމާން ވަނެވެ. ކައުންޓަރުގައި ތިބި މީހުންނަށް ފަރުވާލެއް ނުބަހައްޓާ ސިޑިން އަރައިގެން ދިޔައެވެ. ސުންހާއެކޭ އެއްފަދައިން އޭނާގެ ހިތުގެ ތެޅުންވެސް ވަނީ އަވަސްވެފައެވެ.

ކޮޓަރި ދޮރު ހުޅުވާލަމުން ސުންހާގެ ލޮލުގައި އަޅާަފައިވާ ފޮތިކޮޅު ޔަމާން ނައްޓާލިއެވެ. އަނދިރި ކޮޓަރި ފެނުުމުން ސުންހާ ހާސްވިއެވެ. ނަމަވެސް އޭނާގެ ކޮނޑުގައި ހިފާއްޓާލަމުން ޔަމާން އޭނާއާއެކު ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ. “ބޭބީ ހާދަ އަނދިރިއޭ..ޑޯން ލީވް މީ އިނގޭ..” ޔަމާންގެ އަތުގައި ހިފާ ބާރުކޮށްލަމުން ސުންހާ ބުނެލިއެވެ. ފައިވާން ބޭލުމުން ފައިގައި ތުނިތުނި އެއްޗެހި ތަކެއް ޖެހޭހެން ހީވުމުން އޭނާ ހީލިކެރުވިއެވެ. ހަމައެއާއެކު ޔަމާން އޭނާގެ މިނިވަންވެފައި އޮތް އަތުން ކޮށްލި އެންމެ ހަރަކާތަކާއެކު މުޅި ކޮޓަރި އޮރެންޖް ކުލައަކުން ދިއްލުނެވެ. ސުންހާގެ ދެލޯ ބޮޑުވިއެވެ. އޭނާ އަނގަމަތީގައި އަތްއަޅާލިއެވެ. ބިންމަތީގައި އެކީހެން ފިނިފެން މަލުގެ ފިޔަތަކެވެ. ހުދުކުލައިގެ ކިންގް ސައިޒް އެނދުގައި ރީތި ގޮތަކަށް ފިޔަތަކުން “ހެޕީ އެނިވަރސަރީ ލަވް” ޖަހާލެވިފައިވެއެވެ.

“ބޭބީ ހަނދާން އެބަހުރިދޯ..ފޯނު ނުނަގާ ކުރިކަންތައްތަ މީ..” ސުންހާގެ ތުންފަތް މަތީގައިވަނީ ފުޅާ ހިނިތުންވުމެކެވެ. މަތީގައި އެލުވާފައި ހުރި ހިތުގެ ބައްޓަމުގެ އުއްބަތިއްތަ އެ މާހައުލު ފުރިހަމަކޮށްދެއެވެ. މުޅި ކޮޓަރި ކޭންޑަލްތަކުގެ މަސްތީވަހުން އެއްވަސްކުރުވައެވެ. “ކިހިނެތް ހަންދާން ނައްތާލާނީ..” ޖީބުން ރިހި ކުލައިގެ ފަށެއް ނަގައި ސުންހާގެ ކަރުގައި އަޅައިދެމުން ދެ ކަނދުރާގައި ޔަމާން ދަތްދޮޅި އަޅުވާލީ ކުޑަކޮށް ގުދުވެލަމުންނެވެ. “ވާއު..” ފަށުފުލުގައި އިން ރިހި ހިތުގައި ސުންހާ ފިރުމާލިއެވެ. ކުއްލި ހަރަކާތާއެކު ޔަމާން އޭނާގެ އަތްދަނޑިމައްޗަށް ސުންހާ އުފުލާލިއެވެ. އެނދުމައްޗަށް ސުންހާ ވައްޓާލުމުން ފިޔަތަށް ބުރައިގެން ދިޔައެވެ. އޮށޯވެގެން އޮތް ސުންހާގެ ދެފަރާތުން ދެ އަތް ވިއްދާލަމުން ސުންހާގެ މޫނަށް ޔަމާން ބަލާލިއެވެ. އޭނާއަށް އޮވެވުނީ ސުންހާ ގައިމައިތީގައެވެ. ސުންހާގެ ތުނި އަތްތިލައާއި ޔަމާންގެ އަތްތިލަ ގުޅިގެން ދިޔައެވެ.

“ބޭބީ އޯކޭވާނެތަ..” ފުރަތަމަ ފަހަރުކަމުން ބިރުން ހުރެ ސުންހާ އެއްސެވެ. “އޭ އޯކޭ ވާނެ ކާކަށް އިނގޭނީ..އެހެންނޫނަސް ސޭފްޓީ..” ސުންހާގެ ތުންފަތް ލޯބިކޮށްލަމުން ޔަމާން ބުނެލިއެވެ. މަޑުމަޑުން ސުންހާގެ ކަނދުރާގައި އޭނާ ބޮސްދޭންފެށިއެވެ. އުއްބައްތީގެ ފަޑު އަލީގެ ތެރޭގައި އަވަސް ހަރަކާތާއެކު ފޭރާ ވަކިވެ އެ ދެ ޒުވާނުންގެ ހަށިގަނޑު އެކުވެގެން ދިޔައެވެ. ގުގުރީގެ ބާރު އަޑު ގުގުމާލުމާއެކު ވާރޭގެ ބޯ ކެރިގަނޑެއް އޮއްސާލިއެވެ.

ޔަމާންއާއި ސުންހާ ދިޔައީ އެކަކު އަނެކަކު ބީހުންތަކުން ރޭގަނޑު ފިނިކަން އެއްފަރާތްކޮށްލާ ހޫނުކަން ހޯދަމުންނެވެ. ފުރަތަމަ ކޮޅު ތޫނު ތަދެއް އިހްސާސްވިއަސް ފަހުން ލިބުނު އަރާމުގެ ފޮނިކަން އިހްސާސްވުމުން ޔަމާންގެ އަތުގައި ހިފާ ސުންހާ ބާރުކޮށްލިއެވެ. އޭނާގެ ތުންފަތް ފޫއަޅުވާލާ އާހުގެ ސަބަބުން ޔަމާންގެ ހިއްސުތަށް ހޭލައްވާލައެވެ. ދެ ހިތްވެސް އެކަކު އަނެކަކަށް ފެންބޮވައި ގަނެފަ ތިބިތާ އަހަރުތަކެއް ފަހުން ދެ ފުރާނައިގެ އެދުން ފުރިހަމަވިއެވެ. ޔަމާން އޭނާގެ އަތުތެރޭގައި ސުންހާ ގެންގުޅުނީ ނާޒުކު މަލެއް ފަދައިންނެވެ. އެންމެ ކޫރުމެއްވެސް އެޅުނަ ނުދީއެވެ. އޭނާގެ ކޮންމެ ހަރަކާތަކުންވެސް އެހިތުގައިވާ ލޯބި ހާމަކޮށްދިނެވެ.

** *** ** *** ** *** **

“އޭ މުހައްމަދޫ..މަށަކަށް ހިޔެއް ނުވޭ މިރޭ ވާނެހެންނެއް..ސުންހާ ގޮއްސި ބޭރަށް އެކަމަކު މާދަން ހެނދުނު އެސޮރު ގޮވައިން އާދޭ އިނގޭ..” ސޯފާގައި އިނދެ ފޯނުން ވާހަކަ ދައްކަމުން ދިޔަ ޝަރީފް ބުނެލިއެވެ. އޭނާ ގާތުގައި އިން އައިޝާ އޭނާގެ ކޮނޑުގައި ބޯ އަޅާލިއެވެ.

އެވަގުތު ތެމިފޯވެގެން ގެއަށް އައިސް ވަތް އާލިމްގެ ކަންފަތާ ހަމައަށް ޝަރީފްގެ އަޑު ފޯރިއެވެ. އޭނާގެ ހިތުގައި ސުވާލު އުފެދުނެވެ. “ބައްޕަ ކުރަން އެއުޅެނީ ކީއްބާވައެވެ.” މާ ބޮޑު ތަފްސީލެއް ނޭނގުނަސް ކަމެއް ގޯސްވާން އުޅޭކަމަށް އާލިމްގެ ހިތް ބުންޏެވެ.

** *** ** *** ** *** **

ޔަމާންގެ މޭގައި ބޯ އަޅާލައިގެން އޮތް ސުންހާއަށް މާނޭވާލެވެއެވެ. މުޅި ކޮޓަރިތެރޭގައިވެސް ދެ ޒުވާނުންގެ ބަރު އަދި އެހާމެ ފުން ނޭވާތަކުގެ އަޑު ގުގުމަމުން ދިޔައެވެ. ހަށިގަނޑަށް ލިބުނު އަރާމުގެ ސަބަބުން ޔަމާންއާއި ސުންހާ ނިދި ބުރާންތިވިއެވެ. “މާން..މަ ދޫކޮށްފަ ނުދައްޗޭ..” ދެލޯ މެރެމުން ދިޔަ ސުންހާ ބުނެލިއެވެ. “ކީއްވެ ތިހެން ތިއެހީ..” ބަރަހަނާ ހާލުގައި ތިބި ދެ ޒުވާނުން ޔަމާން ނިވާކޮށްދިނީ ހުދު ރަޖާގަނޑުންނެވެ. “އެއީ ފިލްމް ތަކުގައި ގިނަ ފިރިހެނުން ޔޫސް ކޮށްލާފަ ދޫކޮށްލާނީ..” ސުންހާ ކަންބޮޑުވިއެވެ. “އެހެއްހެ..މިއީ ފިލްމެއް ނޫނެއްނު..އެހެންނޫސް ސުންހާ ޔޫސްކޮށްފަން ދޫކޮށްލަން ވެއްޖިއްޔާ އެކަން ވެ ނިމިފައެއްނު ހުންނާނީ..” ހިނިގަނޑެއް ޖަހާލަމުން ޔަމާން ބުނެލިއެވެ. “އައި ލަވް ޔޫ ބޭބީ..” ކުޑަކޮށް ބޯ ހިއްލާލަމުން ޖަވާބެއް ނުދީ އޮތް ސުންހާގެ ނިއްކުރީގައި ޔަމާން ބޮސްދިނެވެ. ލޯ ހުޅުވާލާނެހާ ހިތްވަރެއް ނެތުމުން ސުންހާ ހިނިތުންވުމަކުން ފުއްދާލިއެވެ.

އެ ތޫފާނީ ފިނިފިނި މެންދަން ވެގެން ދިޔައީ މި ދެ ލޯބިވެރިންގެ ހަޔާތުގައި ލިޔެވުނު ހާއްސަ ރެއަކަށެވެ. ނަމަވެސް ދެން ކުރިއަށް އޮތީ ކޮންކަހަލަ ތޫފާނެއްކަމެއް ދެމީހުން ކުރެ އެކަކަށްވެސް ރޭކާނުލައެވެ.

(ނުނިމޭ)

Share Article

Follow Me Written By

Ekujjaa

Level 1

Other Articles

Previous

ދެގަޑި ތިރީސް – 12

Next

ހިތް އެދުނަސް… (26)

Next
November 27, 2018

ހިތް އެދުނަސް… (26)

Previews
November 27, 2018

ދެގަޑި ތިރީސް – 12

31 Comments!

  1. aalaasalaam says:
    November 27, 2018 at 1:25 pm

    me first vrh reethi dhooni and waitin for net aprt

    1. Ekujjaa says:
      November 27, 2018 at 3:50 pm

      Thank you dhooniiii ❤❤❤ Next part dhen maadhan dho ????

  2. Anonymous says:
    November 27, 2018 at 1:49 pm

    “Yamaan ai sunhaa ge gulhumah thin aharu vanee eve.”
    “Konme akas Miyadhu mee yamaan ai sunhaa ge gulhumah dhe aharu furey dhuvaheve.”
    Mi kihineh vaa kameh?

  3. Maama says:
    November 27, 2018 at 2:06 pm

    Aslu hadih ekam bunaanee reehchea

    1. Ekujjaa says:
      November 27, 2018 at 3:47 pm

      Dhogu nehedhiyas ok ?? honesty da best policy maamaa ✌

  4. lala says:
    November 27, 2018 at 2:12 pm

    oh they did something prohibited…by the way story v reethi

    1. Ekujjaa says:
      November 27, 2018 at 3:53 pm

      Indeed.? nd thank you so much lala dear ???❤❤?

  5. een says:
    November 27, 2018 at 2:34 pm

    Vrh reethi when next part

    1. Ekujjaa says:
      November 27, 2018 at 3:54 pm

      Thank you ❤❤?? maadhan insha allah ???

  6. sira says:
    November 27, 2018 at 2:50 pm

    Vara reethi. Vara nice. Waiting for the next part.

    1. Ekujjaa says:
      November 27, 2018 at 3:58 pm

      Aww..Thank youuuuu saah much ❤❤❤ ya maadhamayah wait kohlaa ?????

  7. elveen says:
    November 27, 2018 at 3:41 pm

    O. Lovely. Thi story avaha Nima nulachey. ane part avaha up kolachey.kiaa hithun nuhurevey

    1. Ekujjaa says:
      November 27, 2018 at 4:02 pm

      Awwwn thanks alot luv ❤❤❤ alhey but 9 varakah prts more dear ??? nimunas my new one vrh avahah fennane insha allah ?????? so sweet dear ???

  8. anaa says:
    November 27, 2018 at 3:50 pm

    woww.. story varah sali.

    1. Ekujjaa says:
      November 27, 2018 at 4:13 pm

      Alhey thank you very much anaaa dear ??❤❤?

  9. Ekujjaa says:
    November 27, 2018 at 4:25 pm

    Hii everyone..I did not expect ya’ll to come before me ???? but thank you so much for the lovely comment u all make my day ❤????? next part tommorow insha allah And there’ll be a huge scene ???? I’ll reply to all comments and thanks again ?????? and unlike my dear maama Im hopinh you all be honest in commenting ya opinions ??? have a nice day luvs ❤????

  10. vaara says:
    November 27, 2018 at 4:33 pm

    scene kiyaidhin goi varah reethi but mi kahala vaahka thakuga mikahala kanthah liyefa hunanya youngsteres ah encourage vaane ekahla kanthah kuran you shouldnt forget the values but story reethi hope you would not include mi kahala kameh story ga nuhimanaane kamah

    1. Ekujjaa says:
      November 27, 2018 at 5:01 pm

      Thanks dear ❤❤❤ and encourage eh nukuran ehgothakahves cux youngsters vejjeyaa they should know aslu..❤❤❤neygenii dhen vrh boa hama nujehuneema ????and miahvure mahchah gengosah ves baivaru strys hureyy dear ?? yea I’ll try not repeating ??✌✌

  11. R@! says:
    November 27, 2018 at 5:12 pm

    Wow..waiting 4 next?

  12. imu says:
    November 27, 2018 at 7:06 pm

    Alhey. Loabi couple eh. Kiaalaairu heevanee Hama Lola fenna hen. Alhey. Waiting for next Hama. Ane scene ves v lovely kon genesdhechey. Alhey. Nice v thi story

  13. Reminder says:
    November 27, 2018 at 7:59 pm

    Mi story ga noonas many story thakuga islaamee mujthamau aa nugulhey vaahaka tha hunnakan hithaama aaeku faahaga kollan.. luv stories vx limit ge therein genesdhinumakee islaamee society ehga kan kuran jeheyne goi.. I hope all the writers will kindly think abt this

    1. Ekujjaa says:
      November 28, 2018 at 10:47 am

      mee mihaaru mi islaamee mujathamaugaves zuvaan kudhinaa dhemedhu kan hingaa goii. mi vaahakaiga alhugandu ebai mi dhahkuvaidhinee. so yeah i dont think theres anything wrong in showing what really happens now.

  14. Sam says:
    November 27, 2018 at 8:30 pm

    Yaa…. Thii tedhu vaahaka eh….

  15. shai says:
    November 27, 2018 at 8:36 pm

    Yess.. U are right @Reminder

    1. Ekujjaa says:
      November 28, 2018 at 10:45 am

      sure. 🙂

  16. Jee says:
    November 28, 2018 at 8:15 pm

    Miadhu vaahaka nugenesdhenee tha?!

  17. She says:
    November 29, 2018 at 10:38 am

    Meehunge comments thakakeee hih vareh kamah balaa kuriah dhiun edhen… vaahaka continue kuraane kmh unmeedhu kuran.. wen nxt prt??????

    1. zayynie says:
      November 29, 2018 at 12:16 pm

      Agreed ? alhe please I’m waiting for the next part eargly dear ❤❤❤???

  18. een says:
    November 29, 2018 at 2:44 pm

    Vaahaka nubehlaniitha Anehkaa ekuhjaa ah kmh viitha

  19. Zuha says:
    February 19, 2019 at 8:11 am

    Haadha salhi ey

  20. Jeon won woo says:
    September 14, 2019 at 7:29 pm

    Won woo ge fan eh thr… so do i am… seventeenge vex fan eh dho… i vex… story v reethi….???????

Comments are closed.



All Right Reserved!