Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ކުރެހުން އެޅުނޭ ހިތުގެ އަޑީގައި 12

Nafu Level 810 Stories100 Comments100 Login500 Comments100 Stories500 Login
November 29, 2018 One Min Read
8 Comments

އައިޒަން އިނީ ބުނާނެ އެއްޗެއް ނޭނގިފައިއެވެ. އޭނާގެ ލޮލުން ކަރުނައަކަށްފަހު ކަރުނައެއް ވެއްޓެމުންދިޔެވެ. އެ ދެއްކި ވާހަކަތައް އައިޒަންއަށް އިނީ ގަބޫލުނުކުރެވިފައިއެެވެ. ނަމަވެސް އޭނާގެ މަންމަ އަކީ ދުވަހަކުވެސް ދޮގުހެދި މީހެއްނޫނެވެ. އެހެންކަމުން އޭނާއަށް ލިބުނު އުފާ ބަޔާން ކުރަން ވެސް ނޭނގުނެވެ. އެތައް ދުވަހަކަށްފަހު އައިޒަންގެ ހިތުގެ ރާނީ އޭނާގެ ހަޔާތަށް ގެއްނަން ފުރުސަތެއް ލިބެނީއެވެ. ﷲއަށް ޙަމްދުހުއްޓެވެ.

”ހާދަ ގަބޫލުނުކުރެވޭ.. އަދި ނިފްޝާގެ ރައްޓެހިން އެހެން ހަދައިފާނެ ކަމަކަށް… ވަރަށް އެއްކޮށް އުޅޭ ތިން ކުދިން އެއީ… އެކަމު ކާކު އެކަން ގަބޫލު ކުރާނީ ވެސް އެ ދެ ކުދިންނޭ އެހެން ހެދީ ނިފްޝާއަށް.. ތިމީހުން ހައްޔަރު ކުރަން ވެއްޖާ ދަރިފުޅު ޖެހޭނީ ހެކި ހޯދަން… އެކަމު ފުރަތަމަ އެ ކުއްވެރިން ހޯދާ ހައްޔަރުކުރޭ… ދެން ދަރިފުޅު ނިފްޝާއާ ކައިވެނި ކުރާނީ… ބައްޕަވެސް ގަބޫލު ތި ކައިވެންޏަށް..” ހުޒާމު ބުނެލި ވާހަކައިން އައިޒަން އަށް ލިބުނު އުފާ ބަޔާންކުރަން ވެސް ނޭނގުނެވެ. އަވަހަށް ގޮސް އޭނާގެ ބައަޕައާއި މަންމަގެ ގައިގައި ބައްދާލައިފައި ޝުކުރިއްޔާއޭ ބުނެލިއެވެ. އަދި ބައްޕަމެން މިތިބީ ދަރިފުޅާއި އެކީގައިކަން ހުޒާމް ބުނެލީ އައިޒަންގެ ބުރަކަށީގައި ފިރުމައިލަމުންނެވެ. އުސްވާވެސް އެކަމައި އެއްބައިވެލުމުގެ ގޮތުން ބޯޖަހައިލިއެވެ. އައިޒަންގެ ލޮލުން އެވަގުތު ހުރީ އުފާވެރިކަމުގެ ކަރުނަ ނީރައިލައިފައެވެ.

******

ހަވީރުގެ ހިތްގައިމު ވަގުތުގައި އައިޒަން ދިޔައީ އޭނާގެ ފޯނުން ކޮންމެވެސް މީހަކާ ވާހަކަދައްކަމުންނެވެ. ލާފައި ވަނީ ކަޅު ޖިންސަކާއި އެކު ހަމަ އެކުލައިގެ ގަމީހެކެވެ. ގަމީހުގެ އަތް އުޅަބޮއްޓައި ހަމައަށް އޮޅާލައިފައިވުމުން އެ ފިރިހެންވަންތަކަން ހާމަވެއެވެ. އިސްތަށިގަނޑު ރީތި ގޮތަކަށް ސްޓައިލް ކޮށްލައިފާ ވާއިރު ފިރިހެންވަންތަ ހިނގުމެއްގައި ދިޔަ އައިޒަންއަށް ވަނީ އެތަށް އަންހެން ކުދިންނެއްގެ ނަޒަރު ހުއްޓިފައެވެ. ނަމަވެސް އައިޒަން ދިޔައީ އެއިން އެއްވެސް ކަމަކަށް އަޅައިނުލައިއެވެ. ކުޑަ މިނުން މަގުމައްޗަށްވެސް ސަމާލުކަމެއް ނުދެއެވެ. އޭނާ ދިޔައީ ނުހަނު ބޮޑު ކަމެއް ރައިވަމުންކަން މޫނުގައިވި އަސަރުންވެސް ހާމަވަމުން ދިޔައެވެ. ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި ގޯޅިއަކުން ލަނބައިލި އައިޒަން ވިއްސައިގެން ދިޔަތަން ފެނި އެތަށްބައެއްގެ މޫނުމަތިން ކުރިން ފެނުނު އަސަރުތަކެއް ފެންނާކަށްނެތެވެ. ބާރު ސްޕީޑުގައި އައި ޕިކަޕުގައި ޖެހި އައިޒަން ވިއަސައިގެން ގޮސް ޖެހުނީ ދުރުގައި ހުރި ހޮޅިދަނޑިއެއްގައެވެ. އިސާހިތަކު އެތާނގައި ލޭގެ ކޯރެއް ހެދުނެވެ. އައިޒަންގެ ގައިގެ އެތައް މިތަން ވަނީ ހަލާކުވެފައެވެ. މީހުން އައިޒަންގެ ވަށައިގެން އެއްވެލީ ބަސްބުނާހާ އަވަހަށެވެ. ޕިކަޕް ދުއްވަންއިން މީހާ އައިޒަން އާއި ދިމާއަށް މަކަރުވެރި ގޮތަކަށް ބަލައިލައިފައި ޕިކަޕް ދުއްވާލިއެވެ. އޭރުވެސް އޭނާގެ މޫނުމަތީގައި ކުޅެލައިފައި ވަނީ ނުލަފައި ހިނިތުންވުމެކެވެ.

ފިހާރައިން ނިކުތް އިނާޝާގެ ލޮލުގައި އެގޯޅީގައި މީހުން އެއްވެފައި އޮތުމުން ކަމެއް ގޯސް ވެއްޖެކަން އެނގުމުން ބާރަށް ހިނގާފައި ދިޔައީ ވެގެން އުޅޭގޮތް ބަލާލުމުގެ ޝައުގުވެރިކަން ހުރުމުންނެވެ. މީހުންތަކުގެ ތެރެއިން ފުރޭނިގެން ނިކުތް އިނާޝާގެ ދެ ލޯ ބޮޑުވެގެން ދިޔައީ އޭނާގެ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުންނެވެ. އާއެކެވެ. އޭނާގެ ކުރިމަތީގައި އެއޮތީ ލެއިން ޗަސްތެޅިފައި އޮތް އައިޒަން ނޫން ދެވަނަ މީހެއްނޫނެވެ. އޭނާ އައިޒަންގެ ކައިރިއަށް ތިރިވެލައިފައި ހަޅޭލަވަން ފެށިއެވެ. ”މީހެކޭ.. އެމްބިއުލެންސްއަށް ގުޅައިބަލަ… އަވަސް ކޮށްބަލަ.. ކަލޭމެންނަށް ތިހުރީ ކީއްވެފަތަ… މީހަކު މިތާ ލެއިން ޗަސްވެފައި އޮތްއިރުވެސް ބަލަން ހުންނަނީތަ… އާދޭސްކޮށްފައޭ.. މީހެކޭ.. އެމްބިއުލެންސްއަަށް ގުޅައިބަލަ..” އިނާޝާ ހީވަނީ މޮޔަވެފައި ހުރި މީހެއް ހެންނެވެ. އަމިއްލަ ދަރިއެއް ނޫނަސް އެހިތުގައި އައިޒަންއަށްޓާކައި މައިވަންތަކަމުގެ ލޯބިއޮވެއެވެ. އިނާޝާ ދިޔައީ އެތާނގައި ހުރި ފަހަރަކަު މީހަކު ތަޅުވަމުން އެމްބިއުލެންސަަށް ގުޅާށޭ ކިޔަމުންނެވެ. އެއްމެ ފަހުން އޭނާ ހުއްޓާލީ މީހަކު ފޯނުނަގައިފައި އެމްބިއުލެންސަށް ގުޅަން ފެށުމުންނެވެ.

ބާރު ސްޕީޑްގައި ދިޔަ އެމްބިއުލެންސް ހޮސްޕިޓަލުގެ ގޭޓުތެރެއިން ވަނީ އެތާ ތިބި އެންމެންވެސް ހޭލައްވާލައިފައިއެވެ. އިނާޝާވެސް ހޮސްޕިޓަލަށް ވަނެ ވުމާއިއެކީ އައިޒަންގެ މައިންބަފައިންނަށް އެހަބަރު އެންގިއެވެ. އުސްވާ ވަގުތުން ރޯންފެށި އަޑު އިވިފައި އިނާޝާގެ ހިތަކަށްވެސް ކެތެއް ނުކުރެވުނެވެ. އޭގެ ފަސް މިނަޓްފަހުން އުސްވާގެ އާއިލާއެއްކޮށް ހޮސްޕިޓަލަށް އައެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހިތާމަވެރިކަމެވެ. އުސްވާ އައި ގޮތަށް އައިސް އޭނާގެ ދަރިފުޅަށް ވީ ކިހިނެއްތޯ އާއި އޭނާ ވީ ކޮންތާކުތޯ އިނާޝާކުރެން ސުވާލުކުރިއެވެ. އައިޒަން ވީ އަވަސް ފަރުވައިދޭ ކޮޓައީގައި ކަމަށާއި އަދި އޭނާއަށް މިއަދު ހަވީރު ފެނުނު މަންޒަރުތައް އުސްވާއަށް ކިޔާދެމުން ދިޔައެވެ. އަދި ކެތްތެރިވުމަށާއި ހުރިހާ ކަމެއްވެސް ރަނގަޅުވާނެކަމަށް އިނާޝާ ބުނެލީ އުސްވާ ރޯތަން ބަލަން އޭނާއަށް ކެތްނުކުރެވުމުންނެވެ. ހުޒާމުުވެސް ދިޔައީ އިނާޝާއަށް ނަސޭހަތްތެރިވަމުންނެވެ. ނަމަވެސް އޭނާއަށް ވެސް ކެތްވަނީ ހަމަ ކިރިޔާއެވެ. ލޮލުން ފައިބާ ކަރުނަތަށް ވެސް ފޮހެލަނީ އުސްވާއަށް ނުދައްކަންވެގެންނެވެ.

ހޮސްޕިޓަލުގައި ނަރުހުންނާއި ޑޮކްޓަރުން އަވަދިނެތިކޮށް އުޅެމުން ދިޔައެވެ. އުސްވާ އިންތިޒާރު ކުރަމުން އެދަނީ ޑޮކްޓަރަކު ނިކުމަންނާނެ އިރަކަށެވެ. އޭނާއަށް އިރު އިރުކޮޅާ ގޮޑިން ތެދުވެލެނީ ނަރުހުންނާއި ޑޮކްޓަރުން އެ ކޮޓަރިން ނިކުންނާތީއެވެ. ނަމަވެސް އެމީހުން ނިކުމެގެން ދަނީވެސް ކޮންމެފަހަރަކު މެ ކޮންމެވެސް އެއްޗެއް ބަަލައިއެވެ. އެންމެފަހުން އުސްވާގެ އިންތިޒާރަށް ނިމުމެއްއައީ ތިން ގަނޑި އިރަށްފަހު ޑޮކްޓަރު ނިކުމެލައިިފާ އައިޒަންގެ ބެލެނިވެރިޔާއަށް ގޮވާލުމުންނެވެ.  އުސްވާ ބާރަކަށް ދުވެލައިފާ ގޮސް ޑޮކުޓަރުގެ ކުރިމަށްޗަށް އެރިއެވެ. އަދި އައިޒަން ކިހިނެއްތޯ ސުވާލުކުރިއެވެ. ”އައިޒަންގެ ހާލު ރަނގަޅު މިހާރު… ބޮލަށް ހުރީ ވަރަށް ބޮޑަށް ގެއްލުންވެފައި… ނަމަވެސް މިހާރު ރަނގަޅު… މިހާރު އޮންނާނީ ހޭ ނައްތާލައިފަ… ހަތަރު ގަޑި އިރު ފަހުން ހޭ އަރައިނެ… ދެން އެންމެ ރަނގަޅު އެތެރެއަށް ވަނިޔަސް…” ޑޮކްޓަރު ބުނި ޖުމުލައިން ފުރަތަމަވެސް އުސްވާގެ އިތުރުން އެތާ ތިބި އެންމެންގެ ދުލުންވެސް ނިކުތީ އެއްބަހެކެވެ. ”އަލްހަމްދުލިއްލާހް” އެވެ. އުސްވާ ދުވެފައި ގޮސް ކޮޓަރި އަޑިއަށް ވަނެވެ. އޭނާއަށް ހުއްޓުން އެރީ އޭނާގެ ދަރިފުޅު އޮތްހާލު ފެނިފައެވެ. ބޮލުގެ ވަށައިގެން ބެންޑޭޖު އޮޅައިލާފައިވާ އިރު މޫނުމަތީގެ އެތަށް މިތަނުގައިވެސް ވަނީ ބެންޑޭޖު އަޅާފައިއެވެ. އަދި އަތުގެ އެކި ތަންތަނުގައިވެސް ވަނީ ބެންޑޭޖު އަޅައިފައެވެ. އުސްވާއަށް އަޑުން އަޑު ނަގައި ރޯން ފެށުނީ އޭނާގެ ހިތަށް ކެތްނުވުމުންނެވެ. އެ ހިތަށް ހީވީ ތޫން ހަންޖަރުތަކެއް ހަރާލިހެންނެވެ.  ހުޒާމު އާއި އިނާޝާ އުޅުނީ އުސްވާ ހިފެހެއްޓޭ ތޯއެވެ. ނަމަވެސް އެދެ މީހުންނަށް ވެސް ކެތްވަނީ ހަމަ ކިރިޔާއެވެ. އެންމެ ފަހުން ހުޒާމުގެ އަތްދަނޑި މައްޗަށް އުސްވާދެމުނީ ހަބަރު ހުސްވެގެންނެވެ.  އިނާޝާ އަވަހަށް ދިޔައީ ޑޮކްޓަރަކަށް ގޮވާލައިށެވެ. ޑޮކްޓަރު އައިސް އުސްވާ ބަލައިލާފައި ބުނެލީ އޭނާ މާ ގިނައިން ރުއިމުގެ ސަބަބުން ބޮލަށް އެނބުރުން އެރީ ކަމަށެވެ. އަދި އިރު ކޮޅަކުން ހޭ އަރައިނެ ކަމަށް ބުނެފައި ޑޮކްޓަރު ނިކުމެގެން ދިޔައީ ހުރިހާ ކަމެއްވެސް ރަނގަޅުވާނޭ ވާހަކަ ބުނެފައިއެވެ.

މިޙަަބަރު ލިބިގެން ދިޔަ ނިފްޝާ އަށް ހީވީ އޭނާގެ ހިތަށް މީހަކު ބާރަށް ފިތާލިހެންނެވެ. އޭނާއަށްވެސް ކެތް ކުރެވުނީ ވަކި ވަރަކަށެވެ. ލޮލުން ކަރުނަތަށް އޮހެން ފެށީ ބޭއިޚްތިޔާރުގައެވެ. މީޝާ އަދި ލިމްޝާގެ މޫނުމަތިން ވެސް އެވަގުތު ފެނިގެން ދިޔައީ ހިތާމައިގެ ކުލަވަރުތަކެވެ. ނިފްޝާއަށް ވީ ގޮތުން އަދި އެދެ މީހުންގެ ހިތަށް މާބޮޑަށް އަސަރު ކުރިއެވެ. ނިފްޝާއަށް އެގޮތަށް ހުރެލައިފައި ފުރަތަމަވެސް ދުޢާ ކޮށްލެވުނީ އައިޒަންއަށް އަވަސް ޝިފާއެއް ދެއްވުމަށެވެ. އަދި އޭނާ ކެތްކޮށްލައިގެން ހުރީ ހުރިހާ ކަމެއްވެސް ރަނގަޅުވާނެކަން ހަނދާންކޮށްލަމުންނެވެ. އަދި ކޮންމެކަމެއްވެސް ދިމާވަނީ ރަނގަޅަށަކަން ހަނދާން ކޮށްލަމުންނެވެ.

******

ދުވަހަކަށްފަހު ދުވަހެއް ނިމިގެންދަނީ އެތަށް ބައެއްގެ މޫނަށް ހިތާމަވެރިކަމާއި މާޔޫސްކަން ގެނުވައި އެނެއް ބައެއްގެ މޫނަށް އުފާވެރިކަމާއި މަކަރުވެރިކަން ގެނުވަމުންނެވެ. ހަފްތާއެއް ނިމިގެން ދިޔައިރުވެސް އައިޒަންގެ ހެޔަށް ގޮތެއްވެސް ނުވެއެވެ. ކޮންމެފަހަރަކުވެސް ޑޮކްޓަރު ދެމުން ދިޔައީ އެއް ޖަވާބެކެވެ. ވަރަށް އަވަހަށް ހޭއަރައިނެ ކަމަށެވެ. ކޮންމެ ދުވަހެއްވެސް ނިމިގެންދަނީ އިނާޝާގެ އާއިލާއަށާއި އުސްވާގެ އާއިލާައަށް ހިތާމަވެރިކަން ގެނުވައިފައެވެ. އެެންމެފަހުން އުސްވާގެ ހިތުގައި އުފެދިފައިވާ ހުޅުކޮޅު ދިއްލިގެން ދިޔައީ  އައިޒަން އެސްފިޔަ ތަޅުވާލުމުންނެވެ. ޑޮކްޓަރަށް ގޮވުމުން ޑޮކްޓަރު ބުނި ޖަވާބަކީ އެއީ ހޭ އަރާނެ ކަމުގެ ފުރަތަމަ އަލާމާތްކަމަށެވެ. އެހެންކަމުން އުސްވާ އާއި ހުޒާމު ކޮންމެ ދުވަހަަކު އިންތިޒާރު ކުރަމުން އެދަނީ އައިޒަން ހޭއަރައިނެ ދުވަހަކަށެވެ. އެ ކުރި ދިގު އިންތިޒާރަށް ނިމުމެއް އައީ އައިޒަން ހޭ އަރައިފައި އެމީހުންނާ ވާހަކަދައްކަން ފެށުމުންނެވެ. ލިބުނު އުފަލުން އުސްވާ އައިޒަންގެ ގައިގައި ބައްދާލީ ލޯބިންނެވެ. އަދި އެދެލޮލުން ފައިބަމުން ދިޔައީ އުފާވެރިކަމުގެ ކަރުނައެވެ. ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި އެހިނިތުންވުން ފޭދިގެން ދިޔައީ އައިޒަން ކުރި ސުވާލުންނެވެ. ” ކީއްވެ އަހަރެން މިތާ މިއޮތީ؟ ކޮން ތަނެއް މީ؟ ކޮންބައެއްތީ؟ ކީއްވެ އަހަރެންނަށް ދަރިފުޅާއޭ ކިޔައިފައި ތި ގޮވަނީ؟” އައިޒަންއެއްފަހަރާ އެތަށް ސުވާލެއް ކުރި އިރު އުސްވާގެ ލޮލުން ފައިބަމުން ދިޔަ ކަރުނައަކަށް ބަދަލެއް ނާދެއެވެ.

”ދަރިފުޅާ މީ މަންމައޭ… މިހިރީ ދަރިފުޅުގެ ބައްޕަ… ދަރިފުޅު ހަނދާނެއްނުވޭތަ… މިއީ ދަރިފުޅުގެ މަންމަ އޭ… މިއީ ހޮސްޕިޓަލޭ ދަރިފުޅާ… ދަރިފުޅު މިތަނަށް ގެނައީ އެކްސިޑެންޓެއް ވެގެން…” އުސްވާ ހީވީ މޮޔަވެފައި ހުރި މީހެއް ހެންނެވެ. އޭނާއަށް ކެތް ނުކުރެވިގެން އެންމެ ފަހުން ގޮސް ޑޮކްޓަރަށް ގޮވިއެވެ. ”ބޮލަށް ލިބުނު ގެއްލުމުގެ ސަބަބުން އައިޒަންގެ ހަނދާންތައް ވަނީ ފިލައިފަ… ނަމަވެސް އެހަނދާންތައް އާވަމުން ދާނެ… އެކަމަކު ތި ބޭފުޅުން އަމިއްލައަށް އައިޒަންއަށް އެއްޗެހި ހަނދާންކޮށްދޭން އުޅެގެން ނުވާނެ… އޭރުން އައިޒަންގެ ބޮލަށް މާ ބޮޑަށް ގެއްލުން ލިބިގެން ދާނީ.. ދުވަސްތަށް ފާއިތުވަމުން ދިޔަވަރަކަށް އައިޒަންއަށް ދާނީ އެއްޗެހި ހަނދާންވަމުން..” ޑޮކްޓަރު ބުނި ވާހަކައިން އުސްވާއަށް ހިވީ ހަތަރު އުދަރެސް ފެނު ޖެހުނުހެންނެވެ. ނަމަވެސް އޭނާ ހިތްވަރު އެލުވައެއް ނުލައެވެ. މާތްﷲއަށް ދުޢާ ދެންނެވުން މަތީ އޭނާ ދެމިހުންނާނެއެވެ.

”އެވަރުންވެސް އަދި ނޫޅުނު ދޯ މަރުވާކަށް…” އިހްސާންގެ ފަހަތުގައި ހުރި މީހަކު އެެހެން ބުނެލި އަޑަށް އިހްސާން ދިޔައީ ސިއްސައިގެންނެވެ. ”ހައިޝަމް…. ކީ… ކީއް ކުރަނީ މި… މިތާ؟” އިހްސާން އަޅާއިގަންނަ ގޮތަކަށް ވާހަކަ ދެއްކިއިރު ހައިޝަމްގެ މޫނުމަތިން ފެންނަމުން ދިޔައީ ނުލަފައިކަމެވެ. ” ހާސްނުވޭ އިހްސާން… މަވެސް މިހުރީ ކަލޭ އާއިއެކު… މަވެސް ހާދަ ފޫހި ވާ އިންސާނެކޭ އެއީ… ކިތަންމެ އެއްކޮށް އުޅުނަސް މަ އަބަދުވެސް އައިޒަންއަށް ނަފްރަތުކުރަން… މަ ބޭނުން ކަލޭ ހަދައިގެން އުޅޭ ރިސޯޓުގައި މަސައްކަތް ކުރަން… އެކަމަކު ކަލޭ އެވަރު ކޮށްގެން ވެސް އައިޒަން މަރުނުވީތީ މަ ހުރީ އަޖައިބުވެފައި…” ހައިޝަމް މަކަރުވެރިކަމާއި އެކު ބުނެލި ވާހަކައިން އިހްސާންއަށް ހީވީ ދުނިޔެ ރަންވިހެންނެވެ. އޭނާ އާ އެކި މަސައްކަތް ކުރާނެ ބައިވެރިއެއް ލިބުނީއެވެ. ”ހައްހައްހާ! ވަރަށް އުފާވެއްޖެ ހައިޝަމް މަށާއިއެކު މަސައްކަތް ކުރަން ނިންމީމަ… މާދަމާ ހިނގާ މަށާއެކު ރިސޯޓާށް ދާން… އާން މަވެސް މިހުރީ އަޖައިބުވެފައި އޭނާ މަރުނުވީމަ… އެހައި ބާރަށް އޭނާގެ ގައިގައި އެ ޖެއްސީމަވެސް މަރުވާކަށް ނޫޅުނުވިއްޔަ… މަ މިވިސްނަނީ އަދި ޕުލޭންއެއް ރާވަން…” އިހްސާން ނުލަފައި ގޮތަކަށް ބުނެލިއެވެ. އަދި ހައިޝަމް އެއީ ކޮން ޕްލޭންއެއް ހޭ ސުވާލުކުރުމުން އިހްސާން އޭނާ ރައިވާފައިވާ އޮތް ޕްލޭން ކިޔަދިނެވެ. ”މި ޕްލޭން ކާމިޔާބު ވާނެ… އަދި އޭނާ މަރުވެސް ވާނެ… ހެހެހެހެ..” ހައިޝަމް ވެސް އިހްސާންއާއި އެއްބާވެލިއެވެ. އަދި އެމީހުންނާއިއެކު ދެ މީހުން ތިބިކަން އިހްސާން ހައިޝާމް ގާތު ބުނެލީ ވަރަށް ފޯރީގައިއެވެ. ހައިޝާމްވެސް މަކަރުވެރިކަމާއިއެކު ހޭންފެށީ އިހްސާން އާއި އެއްބައިވެލުމުގެ ގޮތުންނެވެ. ހައިޝަމް އިހްސާންއާއި ވަކިވެލީ އޭނާގެ ފޮށި ރެޑީ ކުރަން ދިޔުމަށެވެ. އޭރުވެސް އޭނާގެ މޫނުމަތީން ފެންނަމުން ދަނީ ނުލަފައިކަމެވެ. އިހްސާންވެސް ހައިޝާމްއާއި ވަކިވެލީ ކުރިއަށް ވާން އޮތް ގޮތް ނޭނގޭ ހާލުއެވެ. އޭނާގެ ހަޔާތަށް އަންނަން އުޅޭ ކޮޅިގަނޑުގެ ކުޑަވެސް ހިލަމެއް ނުވާހާލުއެވެ.

(ނުނިމޭ)

 

Share Article

Follow Me Written By

Nafu

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ދެގަޑި ތިރީސް – 13

Next

ލޯތްބަށްޓަކައި (ޓްރެއިލަރ)

Next
November 29, 2018

ލޯތްބަށްޓަކައި (ޓްރެއިލަރ)

Previews
November 29, 2018

ދެގަޑި ތިރީސް – 13

8 Comments!

  1. mariyanbu says:
    November 29, 2018 at 6:07 pm

    assalaam alaikum…
    here is the 12th part of the story…hope all will like this part… nd pointout the mistakes so i can improve….. tomorrow nxt part insha allah… 🙂

    1. mariyanbu says:
      November 29, 2018 at 6:08 pm

      plx comment..:(

  2. zaa says:
    November 29, 2018 at 8:48 pm

    v reethi

  3. mariyanbu says:
    November 29, 2018 at 10:08 pm

    thanks zaa… 🙂

  4. Mal says:
    November 30, 2018 at 12:06 pm

    Hi mariyanbu…?????v rythi mi part ves…. ? ? haisham aslu koh goas henneh mal akah hee ehnuvey…????????ihsaan ge plan falhaa aruvaalan baiveri vee kanneynge….thee knrashehge kujjeh????….and whn next part????lot’s of love ❤ ? ? ?

    1. ?Nafu? says:
      June 22, 2019 at 7:16 am

      Thanks mal?

  5. Suha says:
    November 30, 2018 at 1:20 pm

    varah furihama..varah kiyaa hithun hutaa e nimuny…?

    1. ?Nafu? says:
      June 22, 2019 at 7:17 am

      Thanks suha,?

Comments are closed.


All Right Reserved!