Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެހީގެއަގު 13 ވަނަބައި

mohamed neer Level 210 Stories100 Stories
August 8, 2013 3 Mins Read
1 Comment

ފިތުރުޢީދުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރަން                                                 

 

” އެއްތިރީސް ޑިސެމްބަރުގަ ނާއިލަށް ލޯބީގެ ސިޓީއެއް ފޮނުވުނުކަން ކަލޭ ހަނދާން އެބަހުރިތަ؟ ” ސާލިނީއަށް ހިނިތުން

ވެލަމުން އިނާ އަހާލިއެވެ.

” ތިޔައީ ދޮގެއް. ” ރުޅިއައިސްގެން ހަޅޭލަވައިގަންނަ ފަދައަކުން ސާލިނީ ބުންޏެވެ.

އިނާ ގޮސް އޭނާގެ މޭޒުމަތިން އިތުރު ކަރުދާސްގަނޑެއް ހިފައިގެން އައިސް ސާލިނީ ކައިރިއަށް ހުއްޓި އޭނާއަށް އެގަނޑު

ދައްކާލަމުން ވާހަކަ ދައްކާން ފެށިއެވެ.

” މިއީ ކަލޭގެ އަތުލިޔުމެއް ނޫންތަ؟ ” އިނާ އަހާލިއެވެ.

” އާން. ” މަޑުމަޑުން ސާލިނީ ބުނެލިއެވެ.

” މިސިޓީ ނާއިލަށް ފޮނުވީ ކަލޭތަ ؟ ” އަނެއްކާ ވެސް އިނާ އަހާލިއެވެ.

” އާން. ” ނުތަނަވަސްކަމާއެކު ވަށައިގެން ހޯދާލަމުން ސާލިނީ ބުންޏެވެ.

” ކިޔާލަބަލަ. ” ސާލިނީގެ އަތަށް އެސިޓީ ދެމުން އިނާ ބުންޏެވެ.

” ނާއިލް! …. ކަލެއަށް އެނގޭނެ އަހަރެން ލަންމާއާ ގުޅުން ބޭއްވީ ކަލޭގެ ބޭނުމުގައި ކަން. އޭނާގެ ވާހަކަތަކަށް އަހަރެން

ކެއްކޮށްގެން ހުރީ. ދެން އަހަރެން ކަލޭގެ ގެއަށް ގޮސް އައިސް ވާން ފެށީ. އަހަރެން ތިގެއަށް ދިއުމުން އަހަރެންނާއި ސަމާސާކޮށް މަޖާ ކުރަނީ ކީއްވެގެންކަން ބުނެދީފާނަންތަ؟ ކުރިޔަށް އޮތް ތަނުގަ އަހަރެން ބޭނުންވަނީ ކަލެއާއެކުގައި އުޅެން. ލަންމާއަކަށް އެއް ކަމެއް ވެސް ނޭނގެ. އޭނަ …. ” ސާލިނީ ކިޔަމުންދިޔަ ސިޓީ އިނާ ދަމައިގަތެވެ.

” އޭނާ އެސިޓީ ނުލިޔާ ވާހަކަ ވެސް މިތަނުގަ ސާބިތުކޮށްދޭން އެމަސައްކަތް ކުރަނީ. އިސްގާޒީ! ސާފު ވެއްޖެތަ؟ ކޮންމެ

ރީތި އަންހެންކުއްޖަކު ވެސް އެކުއްޖެއްގެ ލޯބި ނުލިބެއްޖެނަމަ އެކަމުގެ ބަދަލުހިފަން މަސައްކަތް ކުރާނެ. ނާއިލް ނުދޭ ސާލިނީގެ ގެއަކަށް. ނާއިލް މިސިޓީ ދިނީވެސް ލަންމާގެ އަތަށް. އެހިސާބުން ފެށިގެން ލަންމާ، ސާލިނީއާ ގުޅުންކަނޑާލީ. މީއީ ދޮގެއްތަ؟ ” އިސްގާޒީއަށާއި ކޯޓްތެރެއަށް ނަޒަރު ހިންގާލުމަށްފަހު ސާލިނީއަށް ބަލާލަމުން އިނާ އަހާލިއެވެ.

” އަހަރެންނަށް ކިހިނެތް އެނގެނީ. ކަލޭ ކީއްވެ ލަންމާއާ ތިސުވާލު ނުކުރީ؟ ” ސާލިނީ ރުޅިއައިސްގެން ހަޅޭލަވައިގަތެވެ.

އޭރު ހަސީލްގެ ފަރާތުން ފެންނަމުންދަނީ މާޔޫސްކަމުގެ ކުލަވަރެވެ.

އިނާ އޭނާގެ މަސައްކަތް ނިންމާލުމަށްފަހު އައިސް ނާއިލްގާތު އިށީންއިރު ނާއިލް އިނީ ވަރަށް އުފާވެ ހިތްހަމަޖެހިފައެވެ.

ލަންމާގެ މަރުގެ މައްސަލަ މިއަދަށް ކަނޑައެޅިފައިވާ ހިސާބަށް ދިއުމުން ނިންމާލިއެވެ.

ރޭގަނޑު ދިހައެއް ޖަހާކަން ހާއިރެވެ. ނާއިލްގެ ކާރުގަ އިނާ އާއި ނާއިލް އިނާމެންގެއަށް އައިއިރު އެހެން ކާރެއް އިނާމެން

ގެކައިރީ އޮތުމުން ނާއިލް ވަރަށް ހައިރާންވެ ސުވާލު އުފެދުނެވެ.

” ކާކުގެ ކާރެއް؟ ” ހައިރާންކަމާއެކު އިނާއަށް ބަލާލަމުން ނާއިލް އަހާލިއެވެ.

” އެއީ އަތީލްގެ ކާރު. ” ކާރަށް ބަލާލުމަށްފަހު ނާއިލަށް ބަލާލަމުން އިނާ ޖަވާބު ދިނެވެ.

” މިގަޑީގަ؟ ” އަނެއްކާ ވެސް ނާއިލް ސުވާލު ކުރިއެވެ. އަޑާއި ހަރަކާތުން އަދި މޫނުމަތިން ފާޅުވެގެން ދިޔައީ ހައިރާން

ކަމުގެ އަސަރުތަކެވެ.

” އެވާނީ ކޮންމެ ވެސް މުހިންމު ކަމަކު އައީ ކަމަށް. ” ނާއިލަށް ބަލާލުމަށްފަހު ހަމަޖެހޭގޮތް ދައްކާލަމުން އިނާ ބުންޏެވެ.

” އެހެންތަ؟ …. ދެން ދަނީ އިނގޭ. ” ނާއިލް ވާހަކަ ދެއްކިއިރު އޭނާގެ މޫޑު ބަދަލުވެފައިވާކަން އިނާއަށް އެނގުނެވެ.

” ބާއްޖަވެރި ރޭގަނޑަކަށް އެދެން. ” ކާރުން ފައިބާން ތައްޔާރުވެލަމުން އިނާ ބުންޏެވެ. އަދި އެކަކު އަނެކަކަށް ބަލާލަމުން

ހިނިތުންވެލި އެވެ.

އިނާ ކާރުން ފައިބާގެން ގެއަށް ވަންނާން ހިނގައިގަތުމުން ނާއިލް ވެސް އޭނާގެ ގެއަށް ދިއުމަށްޓަކައި ކާރު ދުއްވާލިއެވެ.

ގޭތެރެއަށް ވަދެގެން ދިޔަގޮތަށް އިނާ ދިޔައީ އޭނާގެ އޮފީސްބަޔަށެވެ. އޭރު އެތަނުގަ އަތީލް ހުއްޓެވެ.

އިނާ އާއި އަތީލް އެކަކު އަނެކަކަށް ގޮވާލަމުން ހާލު އޮޅުން ފިލުވާލިއެވެ.

އިނާ އައިސް އޭނާގެ މޭޒުކައިރީ އިށީނުމުން އަތީލް އޭނާގެ އަތުގަ އޮތް ފޮޓޯގަނޑެއް މޭޒުމަތީގަ ބޭއްވިއެވެ.

” މިއީ ޖަމްހަރު. ނާއިލްގާތު މަސައްކަތްކުރި މީހެއް. ” އިނާއަށް ބަލާލަމުން އެއީ ކާކުކަން އަތީލް ބުނެދިނެވެ.

ވަރަށް ސަޢުޤުވެރިކަމާއެކު އެފޮޓޯގަނޑަށް ބަލާލުމަށްފަހު އަތީލްގެ އަތަށް އިނާ އެފޮޓޯގަނޑު ދިނެވެ.

ފޮޓޯގަނޑު ހިފައިގެން ހިނގައިގަންނަމުން އަތީލް ވާހަކަދައްކަން ފެށިއެވެ.

” ވަރަށް ފަހުން އިނިސްޕެކްޓަރ ނީސާމް އޭނާއާ ބައްދަލުކުރި. ” ވާހަކަ ދައްކަމުން ދައްކަމުން އަތީލް ބުނެލިއެވެ.

” އެ ކީއްކުރަން؟ ” އަވަސް އަވަހަށް އިނާ އަހާލިއެވެ.

” އޭގެފަހުން އެތަނުގެ ވަޒީފާއަށް ޖަމްހަރު ނުދޭ. ” އިނާއަށް ބަލާލަމުން އަތީލް ބުންޏެވެ.

” އެކީއްވެ؟ ” އިނާގެ އަޑާއި ހަރަކާތުން ފާޅުވެގެން ދިޔައީ ހައިރާންކަމެވެ.

” އެދެމީހުން ގުޅިގެން ކޮންމެވެސް ރޭވުމެއް ރާވަނީ ހެން ހީވަނީ. ” އަތީލް ހާމަކުރީ އޭނައަށް ހީވާ ގޮތެވެ.

” އެދެމީހުނަށް ކޮންކަމެއް ކުރެވޭނީ؟ ” އަނެއްކާ އިނާ ކުރީ ސުވާލެކެވެ.

” އަހަރެންނަކަށް ވެސް ނޭނގެ. ” ދެއަތަކަށް ބޯ ހަލުވާލަމުން އަތީލް ޖަވާބު ދިނެވެ.

” ވަޅިއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބުނުތަ؟ ” ގޮނޑީގަ ހަމަޖެހިލަމުން އިނާ އެހިއެވެ.

” އެތަނުގެ ކޮންމެ މުއައްޒަފެއްގެ ގެއަށް އަހަރެން ގޮސް އެހިން އެކަބަޑުގަ ވަޅިއެއް ބޭއްވިންތޯ. ކޮންމެ މީހަކު ވެސް ބުނީ

އެމީހެއްގެ ކަބަޑުގަ ވަޅިއެއް ނޯއްނާނެކަމަށާއި އެހެން ކަބަޑެއްގަ ވެސް ވަޅިއެއް ނުބާއްވާކަމަށް. އެމީހުންގެ ވާހަކަތަކުން ވެސް އެނގޭ ވަޅިއޮތީ ނާއިލްގެ ކަބަޑުގަކަން. އަދި އެމީހުނާއި އެވަޅިއާ އެއްވެސް ގުޅުމެއް ނެތްކަން. ޕޮލިހުންގެ ރިޕޯރޓްތައް ދޮގުކުރެވޭ ކަށް ނެތް. ވަޅި ފެނުނީ ނާއިލްގެ ކަބަޑުން. ” އޮފީސްތެރޭގަ ހިނގާލަ ހިނގާލަ ހުރި އަތީލް ވާހަކަ ދައްކަމުން ދިޔައެވެ.

” ކުރިން އުޅުނު މުއައްޒަފުން ގާތު ވެސް އެހިންތަ؟ ” އިނާގެ ސުވާލުތަކަށް ނިމުމެއް ނާދެއެވެ.

” ކީއްކުރަން؟ ” ހައިރާންކަމާއެކު އަތީލް އަހާލިއެވެ.

” އެހާދިސާ ހިނގި ފަހުން ވަޒީފާއިން ވަކިވި މީހުން ވެސް ތިބެދާނެ. އެފަދަ މީހަކު ވަޒީފާއިން ވަކިވެގެން ދަމުން އެކަބަޑު

ތެރޭ ބާއްވާފަ ދިޔަ އެއްޗަކަށް ވެސް ވެދާނެއެއްނު. އެކަހަލަ މީހަކު ހުރިތޯ ބަލާލަބަލަ ” ކުޑަކޮށް ވިސްނާލުމަށްފަހު އިނާ ވާހަކަ ދެއްކިއެވެ.

” އިނާ އަދިވެސް ބޭނުންވަނީ އަހަރެން އެތަނަށް ފޮނުވަންތަ؟ އަހަރެން އެތަނަށް ގޮސް އެތަނުގެ ރަޖިސްޓްރީ ވެސް ބަލަން

ވީތަ؟ އަދި ރަޖިސްޓްރީ ހިފައިގެން ފަހަރަކު ގެއަކަށްގޮސް އަހަންވީތަ އެތަނުގަ ވަޅިއެއް ބޭއްވިންތޯ. ” މިފަހަރު އަތީލްގެ ފަރާތުން ފެނިގެން ދިޔައީ ހިތްހަމަ ނުޖެހުމުގެ އަސަރުތަކެވެ.

” ނާއިލަކީ ކުށްވެރިއެއް ނޫން. ” ހިތްހަމަ ނުޖެހުމާއެކު އިނާ ބުނެލިއެވެ.

” އޯކޭ. ” ހިތްހަމަނުޖެހުމާއެކު އެހެން ބުނެފަ އަތީލް ނުކުމެގެން ދިޔަގޮތަށް ދިޔައީއެވެ.

އަތީލް އެގޮތަށް ރުޅިއައިސްގެން ނުކުމެގެން ދިއުމުން އިނާ ވަރަށް ދެރަވިއެވެ. އެހެންވެ އެކަމާމެދު ވިސްނާން އެތައްއިރަކު

އިނެވެ. މިކަމުގަ އަތީލްގެ އެހީއަކީ އިނާއަށް ލިބޭ އެންމެބޮޑު ހިތްވަރާއި ކުރިއެރުމެވެ.

އޮފީހުން ނުކުންނަން އުޅެފައި ކޮންމެވެސް އެއްޗެއް ވިސްނުމުން ކަހަލަ ގޮތަކަށް އަވަސް އަވަހަށް ނާއިލަށް ގުޅާލިއެވެ.

” ނާއިލް! މައްސަލައާ ބެހޭގޮތުން ވަރަށް މުހިންމު ވާހަކައެއް ދައްކަން މިގުޅާލީ. ” ނާއިލް ފޯނަށް ޖަވާބު ދިނުމުން އިނާ

ވާހަކަ ދެއްކިއެވެ.

” އާން. ކުރިޔަށް ގެންދޭ. ” ނާއިލް ފުރުސަތު ދިނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

mohamed neer

Level 210 Stories100 Stories

Other Articles

Previous

އަނދިރިވުމުން 11 ވަނަބައި

Next

އެހީގެއަގު 14 ވަނަބައި

Next
August 11, 2013

އެހީގެއަގު 14 ވަނަބައި

Previews
August 8, 2013

އަނދިރިވުމުން 11 ވަނަބައި

One Comment

  1. aishath703 says:
    August 11, 2013 at 9:01 am

    ރީތި

Comments are closed.

Next Episodeއެހީގެއަގު 14 ވަނަބައި←


All Right Reserved!