މުޅި އުމުރަށްވެސް ލޯބި ވާނަމެވެ…… (12 ވަނަ ބައި)
(އެގާރަވަނަ ބަޔާއިގުޅޭ)…………
ތިއްތަބެޔާއި ވާހަކަދައްކަމުންގޮސް ލަގެޖްތައްލާފައި އަހަރެންގޮސް ކާރުގެ ފަހަތު ޝީޓަށް އަރާފައި ހަމަޖެހިލީމެވެ. ތިއްތަބެ ކާރުދުއްވާލިއެވެ. ކާރުތެރޭގައި އަޑުމަޑުކޮށް ފަހުގެ އިނގިރޭސި ލަވަތައް ޖަހާފައި ހުއްޓެވެ. އަހަރެން ފޯނުނަގައި ފުރަތަމަވެސް ގުޅީ މަންމަޔަށެވެ. ނަމަވެސް ފޯނުނުނެގުމުން އަހަރެން ދެންގުޅީ ކުޑާއްތައަށެވެ. ގުޅިހާއިރުން ކުޑާއްތަ ފޯނުނެގިއެވެ. އަހަރެން މެލޭޝިޔާއަށް ދެވެނުވާހަކަ ބުނީމެވެ. އަދި އެކަން މަންމަޔާއި ބައްޕަޔަށްވެސް އަންގައިދިނުމަށް ބުނީމެވެ. ކުޑާއްތަޔާއި ވާހަކަދައްކަން އަހަރެން އިރުކޮޅަކު ހުރީމެވެ. ކުޑާއްތަގެ ހިތްވަރުގެ ބަސްތަކުން އަހަންނަށް ހަމަޖެހުން ލިބުނެވެ. އަހަރެންގެ ދިރިއުޅުމަށް އަދި އުފާވެރިކަން އަންނާނެޔޭ ކުޑާއްތަ ބުނަމުންދިޔައެވެ. އެކަން އަހަންނަށް ގަބޫލުނުކުރެވެއެވެ. ތޫ އާއިނުލައި އަހަންނަށް އުފާވެރި ދިރިއުޅުމެއް ލިބިދާނެކަމަށް ހިތް ގަބޫލުނުކުރެވެނީއެވެ. ނަމަވެސް ތަޤްދީރަކީ އެކަކަށްވެސް އެނގޭނެއެއްޗެއް ނޫނެވެ. ހިތާމަޔަކަށްފަހު އުފަލެއްވެސް އަންނާނެޔޭ މީހުން ބުނެއެއް ނޫންހެއްޔެވެ. ފޯނު ބާއްވާފައި އަހަރެން ޝީޓްމަތީގައި އޮށޯވެލީމެވެ. އަދި ނިތްކުރިމަތީގައި އަތްބާއްވާލަމުން ދެލޯ މަރާލީމެވެ. މަޑުމަޑުން އަހަރެން ދަތުރުކުރީ މާޒީއަށެވެ.
ކުޑަހުވަދޫން މާލެ ދިޔަފަހުން އަހަރެންގެ ޙަޔާތަށް ބޮޑުބަދަލެއް އައެވެ. އަހަރެންގެ މޫނުމަތީގައިވި އުފާވެރިކަން އަނެއްކާވެސް ގެއްލުނެވެ. ނަމަވެސް މިފަހަރު ކުރިޔާއަޅާ ބަލާފައި ހާސްބައި ތަފާތެވެ. މިފަހަރު އަހަރެންގެ ހިތްވަނީ މުޅިން ކުދިކުދިވެފައެވެ. އެހިތަށް ޝިފާއެއް ނެތްފަދައެވެ. ލޯބީގެ ހިތްދަތިކަން އޭގެ އެންމެ ހޫނުކަންމަތީގައި އަހަރެންގެ އަރުތެރޭގައި އަށަގަންނަމުންދިޔައެވެ. އެލިބޭވޭން ބުނެދޭން އެނގޭނީ ހަމައެކަނި އެކަން ތަޙައްމަލް ކުރުމުންނެވެ. ދުނިޔޭގައި އަންހެން ކުދިން މަދީހެއްޔެވެ؟ ލޯބި ދެވަނަފަހަރަށްވެސް ވެވިދާނެވެ. އޯގާތެރި އަތެއްގެ ފިރުމުންތަކުން ހިތުގެ ޒަޚަމްތަކަށް ލުޔެއްވެސް ލިބިދާނެވެ. މިކަހަލަވާހަކަތަކުން ހިތްހަމަޖައްސަން މަސައްކަތްކުރަމުން އަހަރެން ދުވަސްތައް ގުނީމެވެ. މާލެ ދިޔަފަހުންވެސް ތޫ އަހަންނަށް ވަރަށް ގިނައިން ގުޅިއެވެ. މެސެޖްކުރިއެވެ. ނަމަވެސް އަހަރެން ޖަވާބެއް ނުދެމެވެ. ޖަވާބު ނުދިނަސް އޭނާގެ އެންމެ މެސެޖަކާއި ފޯނުކޯލަކުންވެސް އަހަރެންގެ ހިތްފުރެއެވެ. ބައެއްފަހަރަށް އެއަށް އިންތިޒާރުވެސް ކުރެވެއެވެ. އޭ ލޯބި އެކުލެވިގެންވާނަމަ އެއަށްވުރެ އަގުބޮޑު ޖަވާހިރުތަކެއް ނުވީސްކަން ޔަގީނެވެ. ހިތާއި އިދިކޮޅަށް އަހަރެން ނަންބަރު ބަދަލުކުރީމެވެ. އެނޫން އެހެން ދިރިއުޅުމެއްގެ ނިޔަތުގައެވެ. އެކަމަށް އަހަންނަށް ލަފާދިނީ ކުޑާއްތައެވެ. ގޭ އެހެންމީހަކަށް ނޭނގުނަސް އަހަރެން ކުޑަހުވަދޫން އެހާއަވަހަށް މާލެއައީ ކީއްވެގެންކަށް ކުޑާއްތަޔަށް ދެނެގަންނާކަށް މާއުދަގުލެއް ނުވިއެވެ. ކުޑާއްތަ އެހުމުންވެސް ފުރަތަމަ އަހަރެން ނޭނގޭ ކަމަށް ހެދުނީމެވެ. ނަމަވެސް ފަހުން ހުރިހާ ވާހަކައެއް ކިޔައިދިނީމެވެ. ހިތުގެ ޝަކުވާތައް ބޭރުކޮށްލެވުމުން ކުޑަ ހިންހަމަޖެހުމެއް ލިބުނެވެ. ކުޑާއްތަ އަހަންނަށް ވަރަށް ނަސޭޙަތްދިނެވެ. ދެން ދިރިއުޅުން ކުރިޔަށް ގެންދާނެ ގޮތުގެ ޚިޔާލުތައްދިނެވެ. އެހެން ލޯތްބެއްވެސް ލިބިދާނެޔޭ ބުނީ ކުޑާއްތައެވެ. އެހެންމީހެއްގެ ފިރުމުންތަކުން އަހަރެންގެ ޒަޚަމްވެފައިވާ ހިތަށް ފިނިކަން ލިބިދާނެޔޭވެސް ބުންޏެވެ. ދުވަސްތައް ވޭނުގައި ގުނަންޖެހުނަސް އެދުވަސްތައް ކަޑައްތުކުރުމުގައި ކުޑާއްތަގެ އެހީ އަހަންނަށް ވަރަށްލިބުނެވެ.
ޗުއްޓީގެ ގިނަދުވަސްތަކަށްފަހު ކިޔެވުން ފެއްޓުނެވެ. ފުރަތަމަދުވަހު އަހަރެން ސުކޫލަކަށް ނުދަމެވެ. އެހިތްވަރު ނުލިބުނީއެވެ. ކޮންމެ ގޮތެއްވިޔަސް އަހަރެން ތޫއާއި ކުރިމަތިލާން ޖެހޭނެކަން އެނގޭތީއެވެ. އެމޫނުފެނުމުން ދެންވާނެގޮތެއް ނޭނގޭތީއެވެ. އެހާމަސައްކަތުން އަހަރެން ހޭދަކުރިދުވަސްތަކުގެ ބޭނުން ރަނގަޅުގޮތުގައި ނުހިފިދާނެތީއެވެ. ނަމަވެސް އަހަރެން އޭނަޔާ ކުރިމަތިލާން ޖެހޭނެވެ. ދިރިއުޅުމަކީ އެކަހަލަ އެއްޗެކެވެ. އެމީހަކު ބޭނުންވާގޮތަކަށް ދިރުއުޅުމުގައި ކަންތައްތައް ވެވޭނަމަ އެއްވެސްމީހަކު ހިތާމަކުރާކަން ނުޖެހުނީސްކަން ކަށަވަރެވެ. ދެވަނަދުވަހު އަހަރެން ކުލާހަށް ދިޔައީމެވެ. އެއްވެސް މީހަކަށް ނުބަލާ އަހަރެން ހުރިގޮތަށްގޮސް ޖައްސާލީމެވެ. ދުވަސް ނިމިގެންދިޔައިރުވެސް މީހަކު ހުރިތޯ ނުވަތަ މީހަކު އަހަންނަށް ބަލާތޯވެސް އަހަރެން ނުބަލަމެވެ. ނިހާލުމެންކައިރީގައިވެސް އަހަރެން ބުނެފައިއޮތީ އަހަރެން ކައިރީގައި ތޫގެވާހަކަ ނުދެއްކުމަށެވެ. އެދުވަހު ގެޔަށް ދިޔުމަށްޓަކައި ދޮރާށިން ނުކުންނަން އުޅުނުތަނުން ކުއްޖަކު އަހަންނަށް ގޮވާލިއެވެ. އަޑުން އަހަންނަށް އެއީ ކާކުކަން އެނގުނެވެ. ފަސްއެނބުރި ބަލާވެސްނުލާ އަހަރެން ހިނގައިގަތީ އެހެންވެއެވެ. ހިތަށް ވަރަށް ތަދުވެސްވިއެވެ. ނަމަވެސް އަހަރެންޖެހޭނީ އެގޮތުގައި ހިފަހައްޓާލާށެވެ. ތޫއަށް ހިންހަމަޖެހޭ ދިރިއުޅުމެއް ލިބޭނީ އޭރުންނެވެ.
އަހަރެންގެ ކޮންމެ ދުވަހެއް ދިޔައީ އެގޮތަށެވެ. ތޫ އަހަންނާއި ވާހަކަދައްކަން ކޮންމެ ދުވަހަކު މަސައްކަތް ކުރެއެވެ. އޭނަޔާއި ވާހަކަ ނުދައްކަންވީ ސަބަބެއް ހަމައެކަނި ބުނެދިނުމަށް އެދުނެވެ. އަހަރެންގެ ރަޚްމަތްތެރިކަން އޭނަ ބޭނުންވާ ވާހަކަ ތަކުރާރުކޮށް ބުންޏެވެ. އަހަރެން ވަރަށް ކެތްތެރިކަން ގަދަދޯއެވެ. ފުރާނަފަދައިން ލޯބިވާ ތޫގެ އާދޭސްތަކަށް އަހަރެން ދެމުންއައީ ބީރުކަންފަތެކެވެ. ގިނަ ފަހަރަށް އަޑުއިވުނަސް އަހަރެން އަޑުނީވޭކަމަށް ހަދަނީއެވެ. ތޫއަށް ވިސްނޭނެނަމައެވެ. އަހަރެންގެ ޢަމަލުތަކުން މާނައެއްވެސް ނެގޭނެނަމައެވެ. އަހަރެން އެނަދެކެ ލޯބިވާކަން އިހުސާސުކުރެވޭނެ ނަމައެވެ. ނަމަވެސް އެފަދަގޮތަކަށް ތޫއަށް ވިސްނޭނީ ކިހިނެއް ހެއްޔެވެ؟ އޭނަގެ އިތުބާރު އަހަރެން ނާގާލީ ކަމުގައި ހީކުރެވޭނީ ކިހިނެއް ހެއްޔެވެ؟ އަހަރެން ވިސްނާ ވިސްނާ ސިކުޑި ސުމަކަށްދާ ފަހަރުވެސް އާދެއެވެ. އަހަރެން ތޫއަށް ސަބަބު ބަޔާންކޮށްދޭނީ ކޮންދުލަކުންހެއްޔެވެ؟ އެހާ އެކުވެރިކޮށްއުޅެފައި އަހަރެން އޭނަޔާ ރުޅިވާންޖެހުނީ އަހަރެންގެ މިނިކަމެތި ހިތް އޭނަޔަށް ދެވުމުންނޭ ބުނާނީ ކިހިނެއް ހެއްޔެވެ؟ އަހަންނަށް ތޫއާއި އެޑަމްގެ ގުޅުން ކަމުނުދެޔޭ ހާމަކުރާނީ ކޮން ހައިސިއްޔަތަކުންތޯއެވެ؟ ތޫއާއި ވާހަކަ ނުދައްކާ ހުރުމަށްވުރެ އޭނާގެ ސުވާލުތަކަށް ބީރުކަންފަތެއް ދިނުންވެސް އަހަންނަށް މާއުނދަގޫވިއެވެ. އޭނަ އަހަންނާއި އެވަރަށް ވާހަކަދައްކަން އުޅޭ ސަބަބެއް އަހަންނަކަށް ނުވިސްނުނެވެ. އަހަރެން ބޭނުންވަނީ އޭނާ އުފަލުގައި އުޅުމަށެވެ. ވީއިރުން ތޫ ހަމަޖެހިގެން ނޫޅެންވީ ކީއްވެހެއްޔެވެ؟ އަހަރެން އެވަރަށް ވާހަކަ ނުދައްކަން މަސައްކަތް ކުރާއިރުވެސް އަހަރެންގެ މައްސައްކަތަށް އޭނަ ހުރަސްއަޅަނީ ކީއްވެހެއްޔެވެ؟ އަހަރެން ކަހަލަ ރައްޓެއްސަކު އޭނާޔަށް އަދިވެސް ލިބިދާނެވެ.
އެގޮތުގައި ތިންމަސް ފާއިތުވެދިޔައެވެ. ފަހުންފަހުން އައިސް ތޫ އޭނާގެ ޝަކުވާތައް ހުއްޓާލިއެވެ. ވަރުބަލިވީ ކަންނޭނގެއެވެ. ނޫނީ ދެން އަހަރެން އޭނަޔާއި ވާހަކަ ނުދައްކާނެކަން ޔަގީންވީ ކަންނޭނގެއެވެ. ކުރިމަތިން ފެނުނަސް ދެމީހުން ދެފަރާތަށް އެނބުރިގެން ދާދުވަސްވެސް ޖެހުނެވެ. އަހަރުމެން ދެމީހުން ދެބީރައްޓެހިންނަށް ވެއްޖެއެވެ. އޭނަ މަދުންނަމަވެސް އަހަރެންގެ ރައްޓެހިންނާއި ވާހަކަދައްކައެވެ. އެއަޑު އަހަރެން ބައެއްފަހަރު ފިލާހުރެ އަޑުއަހަމެވެ. އެއަޑުންވެސް އަހަރެންގެ ޒަޚަމްވެފައިވާ ހިތަށް ލުއިކަން ލިބޭތީއެވެ. ހަގީގަތަށް ބުނަންޏާ ތޫއަހަންނާއި ޝަކުވާކުރުން ހުއްޓާލުމުންވެސް އަހަރެން މާބޮޑަށް ދެރަވިއެވެ. ކޮންކަހަލަ ހިތެއް ހެއްޔެވެ؟ ދިރުމެއްނެތް އެއިޙުސާސްތަކުން އެހިތަށް އެހާވޭންލިބެނީ ކީއްވެހެއްޔެވެ؟ އަހަރުމެން ދެމީހުންގެ ދޭތެރޭގައި އޮތް ގުޅުން ކެނޑުނަސް އަހަރެންގެ ހިތުން އަދިވެސް އެނަން ފިލުވާލެވޭވަރު ނުވެއެވެ. އެލޯބި ކަފުންކޮށްފައިވީނަމަވެސް އޭގެ ރާހަތު އަދިވެސް އަރުތެރެއިން ފިލައިގެން ނުދެއެވެ. އެސޫރަޔަކީ އަދިވެސް އަހަރެންގެ ހުވަފެންތަކުގެ މަލިކާއެވެ. އަހަރެންގެ އެހިތް އެހެންމީހަކަށް ނޭދެއެވެ. އެދޭނެނަމަ ކިހާ ރަނގަޅުވީސްއެވެ. އެހެންނޫންނަމަ އެބަލިން އަހަރެން ސަލާމަތްވީހެވެ. އެވަބާގެ ދަށުނުވެ އެހެން ގޯޅިއަކަށް އެޅުނީހެވެ. ނުލާހިކު ރީތި ރަނގަޅު ކުދިން އަހަންނާއި ދިމާވެއެވެ. އަހަރެންގެ އެންމެ ބެލުމަކަށް އެކުދިން ޡަނާކިޔައެވެ. ނަމަވެސް އަހަރެންގެ ހިތް އެހެންދިމާލަކަށް ނުގެންދެވުނެވެ.
ދުވަސްތައް ފާއިތުވަމުންގޮސް އަހަރެންގެ ޙަޔާތަށް އާރައްޓެއްސަކު އައެވެ. ކޮންމެހެން ތޫއަށް ދައްކަން ހޯދި ރައްޓެއްސެއް ނޫނެވެ. އަހަންނާއި އަހަރެންގެ ރައްޓެހިން ފިޔަވައި އޭނަ ދަންނަ އިތުރު ބަޔަކު ނުތިބޭތީއެވެ. އެއީ ނުހާއެވެ. އުބޭދުބޭގެ އަންހެން ދަރިފުޅެވެ. ރަށުން އޯލެވެލް ނިންމުމަށްފަހު އޭލެވެލް ކިޔަވަން އޭނާ މާލެ އައީއެވެ. އޭނާ ހުންނަނީވެސް އަހަރުމެންގެ ގޭގައެވެ. އަހަންނާއި ނުހާއާއި ދޭތެރޭގައި ފުދޭވަރެއްގެ ރަނގަޅު ގުޅުމެއް އުފެދުނެވެ. ނުހާއަކީ ވަރަށް އަޚުލާގު ރަނގަޅު މަޑުމައިތިރި ކުއްޖަކަށްވީތީއެވެ. އެނާ އަހަރެންގެ މައިންބަފައިންނަށް ވަރަށް ކަމުދިޔައެވެ. އަހަރެންގެ ޙަޔާތުގެ ބައިވެރިއެއްގެ ގޮތުންނެވެ. ނުހާ ގެއަށް އައިތާ ގިނަދުވަސްތަކެއް ނުވަނީސް އެމީހުން އެކަމާއި ވިސްނާފައި އަހަންނާއި ވާހަކަދެއްކިއެވެ. ކޮންމެހެން ސީރިޔަސް ވެގެންނޫނެވެ. ހަމައެކަނި ނުހާއަކީ ޙަޔާތުގެ ބައިވެރިޔަކަށް ހެދުމަށް ރަނގަޅު ކުއްޖެކޭ ބުނެ ޚިޔާލެއްދިނީއެވެ. އަހަރެން ވަރަށް ހިނިވެސް އައެވެ. ބުނާނެ އެއްޗެއް ނޭނގުމާއިއެކު އަހަރެން އެކަމާއި ވިސްނާނަމޭ ބުނީމެވެ. އަހަރެންގެ ހިތުގެ ހާލަތު މަންމަމެންނަށް އެނގޭނަމަ ނުހާގެ ވާހަކަ އަހަރެންގެ ގާތުގައި ނުދެއްކީސްކަންނޭގެއެވެ. އޭގެފަހުންވެސް މަންމަމެން ފާޑުފާޑުގެ އެއްޗެހި ކިޔައެވެ. ނުހާވެސް ބައިންދައިގެން ތިބެއެވެ. ނުހާ ކިބައިން އޭނަ ނުރުހޭކަމުގެ އެއްވެސް ނިޝާނެއް ނުފެނެއެވެ. މަންމަމެންގެ ވާހަކަތަކުން އޭނަޔަށް ހުރިހާކަމެއް ރަނގަޅަށް އެނގޭނެވެ. އަހަރެން އެމީހުން ދައްކާ ވާހަކަތަކަށް މާބޮޑު ސަމާލުކަމެއް ނުދެމެއެވެ. އެއީ އަހަންނަށް އެފަދަގޮތަކަށް ނުހާއާއި ދޭތެރޭ ނުވިސްނޭތީއެވެ. ނުހާވެސް އަހަރެންގެ ކައިރީގައި އެކަހަލަ ވާހަކައެއް ނުދައްކައެވެ. ނަމަވެސް އޭނާޔަށް އަހަރެން ވަރަށް ލޯބިވާ ކުއްޖަކު ހުންނަކަން އެނގޭނެއެވެ. އެއްދުވަހަކު ވާހަކަދައްކައިގެންގޮސް ބުނެވުނީއެވެ. އެކުއްޖަކީ ކާކުކަމެއް ނޭނގޭނެވެ. އޭނަ އަހަރެންގެ ކައިރިން އަހަންވެސް އެހިއެވެ. އަހަރެން ހަމައެކަނި ބުނީ ވަގުތުޖެހުމުން ބުނާނަމޭއެވެ. އަހަރެން އެހެން ބުނުމުން އޭނާ ކިބަޔަށް އައީ ހިންޏެވެ. އޭނާ ހިތަށްއެރީ ކޯޗެއްކަމެއް ނޭގެއެވެ. ހިތަކީ އެމީހަކު އަމިއްލައަށް ބަދަލު ކުރެވޭ އެއްޗެއް ނޫނެވެ. އެހެންނޫންނަމަ އަހަރެން ނުހާ އަހަރެންގެ ޙަޔާތުގެ ބައިވެރިޔަކަށް ގެނައީމުހެވެ. އެފަދަ މާތް ރަނގަޅު ކުއްޖަކު މަދުންނޫނީ ނުވާނެކަން ގައިމެވެ.
އަހަރެން ހީނހީނފައި ނުހާއާއި ވާހަކަދައްކާތަން ތޫއަށް ފެންނާނެވެ. ބައެއްފަހަރު އޭނާ ބަލާލައެވެ. އަނެއްބައި ފަހަރު ނުވެސް އެނގޭކަމަށް ހަދާފައި ދެއެވެ. އަހަރުމެން ދެމީހުންގެ ދޭތެރޭގައި އޮތް ބީރައްޓެހިކަން ނުހާއަށްވެސް ފާހަނގަ ކުރެވުނެވެ. ނުހާއަށް އެނގޭ ގޮތުގައި އެހީ އަހަރެންގެ ރައްޓެއްސެކެވެ. އަހަރުމެން ދެމީހުން ވާހަކަ ނުދައްކަނީ ކީއްވެތޯ ނުހާ އަހަރެންގެ ކައިރިން އެހިއެވެ. އަހަރެން މާބޮޑުކަމެއް ނުވެޔޭ ބުނެ، ކުޑަމައްސަލައެއް ޖެހިގެން ދެމީހުން ވާހަކަ ނުދައްކަނީކަމުގައި ބުނީމެވެ. ނުހާ އޭގެފަހަކުން ތޫއާއި ބެހޭގޮތުން ސުވާލެއް ނުކުރެއެވެ.
ދިރިއުޅުމަށް މާބޮޑު ބަދަލުތަކެއް ނައައިސް ފޫހިކަމާއި އެކަނިވެރިކަމުގައި ދުވަސްތައް ފާއިތުވަމުންދިޔައެވެ. ބޮޑުޗުއްޓީލިބުމުން މަންމަމެން ނުހާއާއިއެކު ކުޑަހުވަދުއަށް ދިޔުމަށް އަހަރެން ކައިރީގައި އެދުނެވެ. ކުޑަކޮށް ވިސްނާލާފައި އަހަރެން ދާންބޭނުންނުވާ ވާހަކަބުނުމުން އެވަގުތު އެތާގައިހުރި ނުހާގެ މޫނުގެ ކުލަވަރު ބަދަލުވިތަން އަހަރެން ދުށީމެވެ. އަހަރެން ދާނެކަން އޭނާ ހީކުރީ ކަންނޭނގެއެވެ. މަންމަމެން ދިޔުމުން އަހަންނާއި ނުހާއި އެކަނިވިއެވެ. ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ނުހާ އަހަރެންގެ ކައިރިން ތޫއާއި ބެހޭގޮތުން ސުވާލުކުރިއެވެ. އޭނަ އެފަދަ ސުވާލުތަކެއް ކޮށްފާނެކަމަށް އަހަރެން ހީވެސްނުކުރަމެވެ. އޭނާއަށް ކޮންމެވެސް ކަމެއް ޝައްކުވީ ކަންނޭގެއެވެ. އަހަންނާއި ތޫއާއި ދެމީހުންގެ ދޭތެރޭގައި އޮތް ގުޅުން ކެނޑުމުގެ ސަބަބުން ދާންބޭނުންނުވަނީހެއްޔޭ އޭނާ އެހިއެވެ. ނޫނީ އެދެމެދުގައި އެހެން ގުޅުމެއް ވާތީހެއްޔޭ އެހިއެވެ. ނުހާ އެސުވާލުކުރީ ކޮންމަޤްޞަދެއްގައިކަން އަހަންނަށް އެނގެއެވެ. ނަމަވެސް އޭނާގެ އެ ސުވާލުން އަހަރެންގެ މޫނުމަތި ބަނަވިއެވެ. އެއްވެސް ޖަވާބެއްނުދީ އަހަރެން ކުޑައިރުކޮޅަކު މަޑުކުރީމެވެ. ނުހާ އަހަންނަށް ބަލަންއިނީ އަހަރެންގެ ޖަވާބަކަށް އިންތިޒާރު ކުރާފަދަ ގޮތަކަށެވެ. އަހަރެން ގަދަކަމުން ހީނލާފައި އެފަދަ ކަމެއް ނެތޭ ބުނީމެވެ. ފަސޭހައިންނެވެ. އަދި ތޫ އުޅެނީ އެރަށު ކުއްޖަކާއި ރައްޓެހިވެގެންކަމުގައި ބުނީމެވެ. ނުހާއާއި އެކީ ނުދާން އަހަރެން ނިންމީ ދާންބޭނުން ނުވާތީކީ ނޫކަން ހާމަކުރީމެވެ. އަހަންނާއި ރައްޓެހިން އިތުރުކަމެއް ރާވާފައި އޮތުމުން ދެވެން ނެތީކަމުގައި ބުނީމެވެ. އަހަރެންގެ ވާހަކަތައް ނުހާ ގަބޫލުކުރިއެވެ. އެކަން އޭނާގެ މޫނުމަތިން އެނގެއެވެ. އޭނާގެ މޫނުން އުދާސްކަން ފިލައިދިޔައެވެ. އަހަރެން ދައްކަން ބޭނުންވި ހިތް އެނގުނީމަ ކަންނޭނގެއެވެ. އޭނާ އެނބުރި ރަށަށް ދިޔައީ އަދި ފެންނާނެކަމުގައި ބުނެފައެވެ. އަދި ދޭތެރެއަކުން ގުޅާނެކަމުގައިވެސް ބުނެފައެވެ. އަހަރެން ބޯޖަހާލީ ހިނިތުންވެހުރެއެވެ. އެކަމާއި ރުހޭ ފަދައިންނެވެ. އޭނާޔަށް އަހަރެން ބާއްޖަވެރި ދަތުރަކަށް އެދުނީމެވެ.
ޗުއްޓީއާއިއެކު ތޫވެސް އަހަރެންގެ ލޯމަތިން ގެއްލުނެވެ. ދުވަސްކޮޅެއްވަންދެން އޭނަނުފެނި އުޅެންޖެހުނީއެވެ. ނަމަވެސް އަދިފެންނާނެކަމުގެ އުންމީދުގައި އަހަރެން ދުވަސްތައް ގުނަމުންދިޔައީމެވެ. ………………….. (ނުނިމޭ)
20 Comments!
Comments are closed.


ދެން ރަގަޅު
ރީތި ، އަނެއްބައިގެ އިންތިޒާރުގަ 🙂
ވ.ރީތި. އަޕްވަނީ ހާދަ ލަހަކުންނޭ ދޯ..ހަބޭސް
ތޭންކްސް އޯލް……………….. އަނެއްބައި ތަންކޮޅެއް އަވަހަށް ގެނެސްދެވޭތޯ ބަލާނަން………………..
haadha avahey dhw
Haadha lahey
avass kamun milisikuntu ehvess nuveaey dho zoyasham
ވާހަކަ ކިތަށްމެހާވެސް ރީތި… މިވާހަކައަކީ އެސްފިޔައިން ގެނެސްދޭ ވާހަކަ ތަކުގެ ތެރެއިން އެއްމެ ލަހުން އަޕްވާ އެއް ވާހަކަ… އެކަމް މަގޭ ހިތައްއަރާ މިވަހަކަ ތަންކޮޅެއް އަވަހަށް އަދި ތަންކޮޅެއް ދިގުކޮށް ގެނެސްދޭނީ ކޮންދުވަހަކުންބާއޭ….
ވ. ރީތި. އެކަމް އަނެތްބައި ކޮބާ؟؟؟؟؟؟؟؟
Just do me a favor and keep writing such trahcnent analyses, OK?
Great common sense here. Wish I’d thought of that.
kobba tha anneh bai haaada laheeeey zoya
kbaatha anehbai
Alhe dhn mivaahaka ithurah up nukureythrr
kon irakun aneh bai genes dhey ny
Kobaa story ge aneh part??
Mivaruge myhun vaahaka nuliyuneema v nun. Mee 2017 ey mihaaru. Nunihmmey vaahaka nufashabala. Just hand me this story. I can finish it.
Pis pis pis 2018 now six year ago nunihmmey vaahaka nufashaa ???????????????????????????
Keeh kuran vaahaka liyanyy nunimenyaa thihen hadhanyyy kiyun therin Kiyaa hitheh nuvaane dhw
saaley… malolah nidhi nai mi vhk kiyaahithun…Amaathe… ekm Evarunvx ehkoh kiyaalan nulibun..mikahala author in vx ulhey dhw boehalaak????????????