ޝަލީގެ މަންމަ ނިޔާވިފަހުން ޝާލީގެ މުޅި ދިރިއުޅުގައިވެސް ވަނީ މަދު ކަންތައްތަކެކެވެ. ކެއުން އެހާ މަދުވެފައިވުމުން މިވީ ތިން ދުވަސްތެރޭގައިވެސް އޭނާގެ ހަށިގަނޑަށް ބަދަލު އަތުވެއްޖެއެވެ. ހަށިގަނޑު ނިކަމެތިވެ، ފެންދަމާލާ މޫނުމަތީގެ ދިރުން ވަނީ ގެއްލިފައެވެ. އޭނާއަށް އެއްވެސް އުފަލެއް، ދިރިހުރުމުގެ އެއްވެސް ބޭނުމެއް ނުވާކަހަލައެވެ. ރުއިމާއި ގިސްލުމާއި ހިތާމަކުރުން މިހާރު މިވަނީ ޝާލީގެ އެންމެ ގާތް ރަހުމަތްތެރިޔާއަށް ހަދާފައެވެ. ޝާލީ އޭނާގެ މަޑު ހިނގުމުގައި އައިސް ގެއަށް ވަންއިރު މުޅި ދުނިޔެވެސް ވަނީ އަދިރިވެފައެވެ. ޝާލީ […]
އަދި މަޑުމަޑުން ދޮރު ހުޅުވާލިއެވެ. މަންމަގެ ހިތަށް ހަމަ ޖެހުމެއް ލިބުނެވެ. ” އޭ! މިތާ ކީތްތިކުރަނީ؟ މީ ބަންދު ގަޑިއެއް. މިގަޑީގަ ވަނުން މަނާވާނެ.” މިހެން ބުނެލި އަޑު މަންމަގެ ކަންފަތުގައި ޖެހުމާއިއެކު މަންމައަށް މި މުސީބާތުން ސަލާމަތް ވީ ކަމުގައި ގަބޫލުކުރެވުނެވެ. ” އޯ. ސޮރީ. ހަމަ ބަލާލަން ވަދެލެވުނީ. މިނިކުންނަނީ.” ޖަވާބުގައި މިހެން ބުނެލިއެވެ. މަންމަ އަށް ކުއްލި ސިހުމެއް ލިބުނީ މަންމަގެ ގައިމަތީގައި އޮތް އެނުލަފާ މީހާ ޖަވާބެއް ނުދެނީސް އެހެން […]
(ވާހަކަ ހާއްސަކޮށްލަން ބޭނުން ވަނީ މާހާއަށް! އެއީ މި ވާހަކަ ފުރަތަމަ ކީ ކުއްޖާ، އިތުރަށް ވާހަކަ އިންތިޒާރު ކުރާތީ!) ޕްރޮލޮގް 18 އަހަރު ކުރިން ސަރަހައްދު: މާލޭގެ ކޮންމެވެސް ހިސާބެއް ރާއްޖޭގެ އާބާދީ: ގާތްގަނޑަކަށް ދޮޅު ލައްކަ “ޒާހިރު!” މަރައް ތެޅެމުންދާ އަޑަކުން އާމިރާ އޭނާގެ ފިރިމީހާއަށް ގޮވަމުން ދިޔައެވެ. އެތަށް ފަހަރަކު ގޮވުމުން ޒާހިރަށް އަޑުއިވުނެވެ. މެދުގޭގައި އިން ޒާހިރު ދުވަމުން ގޮސް ކޮޓަރިއަށް ވަނެވެ. ތަދެއްގައި އޮތް އޭނާގެ އަންހެނުން ފެނުމާއި އެކު […]
ޒިޔާންމެން އައިސް ކާރު މަޑުކޮއްލި އިރު އެގޭގައި ގިނަ އަދަދަކަށް މީހުން ތިއްބެވެ. ޒައިޝާވެސް ހައިރާން ކަމާއި އެކީ އެންމެންގެ މޫނަށް ވަކިވަކި ބަލާލިއެވެ. އެއީ ހައްތަހާވެސް އޭނާގެ ބައްޕަގެ އޮފީސް މީހުންނާއި ރަށްޓެހީންނެވެ. އަދި މަންމަގެ ދުވަސް ވީ އެކުވެރިންނާއި އަވަށްޓެރީންނެވެ. އެންމެންގެ ލޯތައް ހަމާޒުވެފައިވަނި ޒައިޝާ އާއި ޒިޔާން އަށެވެ. އެފަދަ ވަގުތެއްގައިވެސް ޒައިޝާ އާއި ޒިޔާން އެއްކޮށް ކާރުން ފޭބުމުން އެ ޖޯޑަށް ތަޢްރީފް ނުކުރާ ހަމަ އެކަކުވެސް ނެތެވެ. އެހާވެސް ގުޅޭ […]
އަދި އޭނާގެ ބާރުގަދަ ޖާދުވީ ދެއަތުން މަންމަގެ ކޮޑުގައި ފިރުމާލަމުން މަންމަގެ އަތުގައި ބީހިލިއެވެ. މަންމައަށް އެވަގުތު އިހުސާންތެރިއެއްގެ އަތުގެ ބީހިލުން ފުރަތަމަ ފަހަރަށް ލިބުނު ކަމުގައި ޔަގީން ކުރެވުނެވެ. އަދި ލިބުނު ހިންހަމަޖެހުމަކާއި އެކު ދެލޯ މަރާލަމުން ބުނެލީމެވެ. “ކީއްވެ އެހާލަސްވީ؟” މަންމަ އަށް އެއްވެސް ޖަވާބެއްނުދީ އޭނާ މަންމަގެ ތުންފަތުގައި އިނގިލިއަޅާ ވާހަކަ ދެއްކުން މަނާކުރި އެވެ. އެކަމަކު މަންމަގެ މި އަނގަ އެކަމަށް އިންކާރުކުރި އެވެ. “އަޅެޕްލީޒް، ބުނެބަލަ ކިހިނެތް ވީ ލަސްވީ، […]
“އޮޕަރޭޝަން އިޒް ސަކްސެކްފުލް. ބަޓް ސްޓިލް ޝީ އިޒް ވެރީ ކްރިޓިކަލް. ވީ ކާންޓް ސޭއި އެނީތިންގް ޓިލް މޯރނިން” ޑރ. ޕަޓޭލް ޒައިޝާ މެންގެ މޫން ފެނުމުން އިތުރު ސުވާޅެއް ނުކުރަނީސް ބުނެލިއެވެ. ޒައިޝާގެ މޫން އިތުރަށް މިލައިގެން ދިޔައެވެ. ” ޑޮކްޓަރ ކޭން ވީ މީޓް ހަރ ” ކެތްތެރިކަން ކުޑަވެފައިވާ ގޮތަކަށް ޒައިޝާ ފަރިތަކަމާއި އެކު އިގިރޭސިން އަހާލިއެވެ. “ޔަރ ޝުއަރ. ބަޓް ޕްލީސް ބީ ކެއަރފުލް. ޑޯންޓް ކްރައި އިންފްރޮންޓް އޮފް […]
ހަވީރުގެ ހިއްފަސޭހަ ވަގުތުގައި ޝާލީ އިނީ އަތިރިމަތީގައި ހުރި ގަސްގަޑެގައި އިށީންދެގެންނެވެ. ގޮނޑުދަށައް ބިސާލަމުންދާ ރާޅުތަކުގެ މިއުޒިކީ އަޑުތަކުންވެސް ޝާލީގެ ހިތައް ފިނިކަމެއް ނުލިބެއެވެ. ޝާލީގެ އަތުގައި އޮތް ފޮތް ފުށުންޖަހާލުމައް ފޮތުގައި އަތް ކާތާލިއެވެ. އަދިފުން ނޭވައެއްލަމުން “މަންމަގެ ޑައިރީ” މިހެން ކިޔާލިއެވެ. ޝާލީއަކީ އުމުރުން އެންމެ 15 އަހަރުގެ ކުއްޖެކެވެ. ނިކަމެތި މަންމައަކަށް ލިބިފައި ހުރި ހަމައެކަނި ދަރިފުޅެވެ. ފޮރުވިފައިވާ ސިއްރުތަކަކާއި ޖަވާބު ބޭނުންވާ އެތައް ސުވާލުތަކެއް އަބަދުވެސް ޝާލީ ވަށާލާފާވެއެވެ. ތަކުރާރުކޮއް އެސުވާލުތައް […]
“މަންމާ” ޒައިޝާގެ އަޑު މުޅިތަނުގައި އެއްކޮށް ގުގުމައިގެން ދިޔައެވެ. ދުވެފައިގޮސް މަންމައާއި ކައިރި ވިއިރު މަންމަގެ އެއްވެސް ހަރަކާތެއްނެތް ކަން ފާހަގަ ކުރެވުނެވެ. ޒައިޝާގެ ލޮލުގައި ކަރުނައިގެ ސާލެއް އުފެދުނު ކަހަލައެވެ. ޚާލިދާގެ ބޮލުގެ ދަށުން ލޭގެ ކޯރެއް ދެމިގެން އަންނަތަން އެވަގުތު ޒައިޝާ އަށް ފެނުނެވެ. ނޭފަތް ކައިރިންވެސް ލޭތައް ފައިބައިގަތީ ދުނި ޖަހާފައެވެ. އަތްފައި އެއްކޮށް ކަޑައިގެން ގޮސްފައި އޮތެވެ. ވަގުތުން ޒައިޝާގެ މޫނުމައްޗަށް އަދިރިވެގެން ދިޔައެވެ. އެވަގުތު ޑްރައިވަރު ވަރަށް ހާސްވެފައޮ އައްސަދު […]
ލޯތްބަކީ އެންމެ ދެ އަކުރުން ކިޔާލެވޭ ލަފްޒަކައް ވީމަތަ އެއަށް ބޭނުން ގޮތެއް ތި ހަދާލަނީ؟ ލޯތްބަކީ ކޮން ފަދަ ނާޒުކު ގުނަވަނަކުން އުތުރި އަރާ ކޮން ފަދަ ނާޒުކު ޖަޒުބާތެއް ކަން ނޭންގެނީ ތަ؟ ލޯބި ވެވިޖްޖެނަމަ އޭގެން ހިތަށާ ރޫހަށް އަދި ޖާނަށް ލިއްބައިދޭ އިހުސާސްތައް ތަސައްވަރު ކޮށްލަން ވެސް ކަލާއަށް ނޭންގެނީތަ؟ ވަފާތއެރިކޮން އުޅެފަ ލޯބި ދީފަ ބޭވަފާވެ އެލޯބި ފޭރިގަތުމުން އެލޯބި ލިބިގަން ނާޒުކު ގުނަވަނަށް ތަހައްމަލް ކުރަން ޖެހޭނެ ޖަޒްބާތުތައް […]