Skip to content
އެސްފިޔަ

މަންމަގެ ޑައިރީ 1ވަނަ ބައި

ހަވީރުގެ ހިއްފަސޭހަ ވަގުތުގައި ޝާލީ އިނީ އަތިރިމަތީގައި ހުރި ގަސްގަޑެގައި އިށީންދެގެންނެވެ. ގޮނޑުދަށައް ބިސާލަމުންދާ ރާޅުތަކުގެ މިއުޒިކީ އަޑުތަކުންވެސް ޝާލީގެ ހިތައް ފިނިކަމެއް ނުލިބެއެވެ. ޝާލީގެ  އަތުގައި އޮތް ފޮތް ފުށުންޖަހާލުމައް ފޮތުގައި އަތް ކާތާލިއެވެ. އަދިފުން ނޭވައެއްލަމުން “މަންމަގެ ޑައިރީ” މިހެން ކިޔާލިއެވެ.

ޝާލީއަކީ އުމުރުން އެންމެ 15 އަހަރުގެ ކުއްޖެކެވެ. ނިކަމެތި މަންމައަކަށް ލިބިފައި ހުރި ހަމައެކަނި ދަރިފުޅެވެ. ފޮރުވިފައިވާ ސިއްރުތަކަކާއި  ޖަވާބު ބޭނުންވާ އެތައް ސުވާލުތަކެއް އަބަދުވެސް ޝާލީ ވަށާލާފާވެއެވެ. ތަކުރާރުކޮއް އެސުވާލުތައް މަންމަގެ ކުރިމައްޗައް ބަނޑުން ޖަހަމުން ދިޔައިރުވެސް އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.

      މީގެ ތިން ދުވަސް ކުރިން ޝާލީގެ މަންމަ މިދުނިޔެއާއި އަލްވަދާއުކީ ޝާލީގެ ޝަކުވާތަކަކާއި ސުވާލުތަކަކައް އެއްވެސް ޖަވާބެއް އެދުލުން ނުދީއެވެ. އެހެންނަމަވެސް އެހުރިހާ ސުވާލުތަކަކައްވެސް ޖަވާބު ލިބޭނެގޮތް ހަދާދީފައެވެ. މަންމަ ނިޔާވުމުން ޝާލީއަށް ދިން “މަންމަގެ ޑައިރީ” ގައި މަންމަ ބުނިގޮތުންވިއްޔާ ޝާލީ ބޭނުންވާ ހުރިހާ ސުވާލެއްގެ ޖަވާބެއް ހުންނާނެއެވެ. ޝާލީ މަންމައައް ހިތް ބަރުކުރަންވީ އެއްވެސް ސަބަބެއް ނޯންނާނެއެވެ.

      މަންމަގެ ޑައިރީގެ ފުރަތަމަ ސަފްހާ ހުޅުވާލުމައްފަހު ޝާލީކިޔަން ފެށިއެވެ. ” ދަރިފުޅާއެވެ! މަންމަ ދަރިފުޅައް މިޑައިރީގައި ލިޔެ މިވާހަކަތައް މިކިޔާދެނީ ދަރިފުޅުގާތު މިވާހަކަތައް ކިޔާދިނުމުގެ ހިތްވަރު މަންމައަށް ނުލިބުނީމައެވެ. އެހެންނަމަވެސް މިޑައިރީގެ އަލީގައި ދަރިފުޅަށް ހުރިހާއެތްޗެއްވެސް  އޮޅުން ފިލާނެއެވެ. ދަރިފުޅުގެ ބައްޕައަކީ ކާކުކަމާއި އާއިލާއަކީ ކޮބާކަން ދަރިފުޅައް އެނގޭނެއެވެ. މިދުނިޔޭގައި ނިކަމެތހިކަންމަތީ މަންމަ ނިމިދާންޖެހުނީ ކީއްވެކަންވެސް ދަރިފުޅައް އެނގޭނެއެވެ. ދަރިފުޅާއެވެ. މަންމައަށްމާފް ކުރާށެވެ.

      ޝާލީގެ މުޅި މޫނުމައްޗައް ހާސްކަން ވެރިވެގެން ދިޔައެވެ. އެސުވާލުތަކުގެ ޖަވާބުތައް އޭނާއައް ކިޔަން ކެރޭނެބާވައޭ ހިތައް އެރިއެވެ. އެންމެ ހާސަކޮއް އޭނާގެ ބައްޕައަކީ ކާކުކަން އެންގޭއިރު އޭނާ ދަންނަ މީހަކަށް ވެއްޖެޔާ ދެން ކިހިނެއްބާއޭ ވާނީ އޭނާހިތައް އަރަމުން ދިޔައެވެ. ނަމަވެސް ހިތްވަރުކޮށްލާފަ ޑައިރީއިން ތަންކޮޅެއް ކިޔާލެވޭތޯ މަސަތްކަތްކުރިއެވެ.

      ދަރިފުޅާއެވެ. އަޑުއަހާށެވެ. މަންމަގެ އުމުރުން 15 އަހަރުގައި މަންމައަކީ ސްކޫލްގެ ގުރޭޑު 9 ގައި ކިޔަވަމުން އަންނަ އެންމެމޮޅު އެއްދރިވަރެކެވެ. ގުރޭޑު 10ށް ފާސްވީ އެންމެ މޮޅުދަރިވަރުގެ ގޮތުގައެވެ. ރީތިހުރިހާކުލަތަކަކުން ޖަރީވެގެންނެވެ. މަންމަ އޭރުއުޅުނީ ހަޔާތުގެ ބައިވެރިއެއްވެސް ޙިޔާލްކޮއްގެންނެވެ. މާލެއިން ރަށަށް އައިސްހުރި ޒުވާންކުއްޖަކާ ލޯބީގެ ގޮތުން މަންމަ ގުޅުނީމެވެ. ދަރިފުޅާއެވެ. މަންމަ އޭނާދެކެ ވަރަށް ލޯބިވީމެވެ. ލޯބީގެ ގުލްޒާރުގައި މާތައް ފޮޅުވުމުގައި މަންމަ ކޮންމެ ހަފްތާއަކުވެސް ކޮންމެއްވެސް އެއްދުވަހެއް ހޭދަކުރަމެވެ. “ޝާހީން” މަންމަގެ ލޯބިވެރިޔާވެސް މަންމަ ދެކެ އިންތިހާއަށް ލޯބިވެއެވެ. އާންމު ގޮތެއްގައި ކޮންމެ ހުކުރު ދުވަހެއްގައި އިރުއަރާމަންޒަރު ބަލާލަން ދެމީހުން އެއްކޮށްދިޔުމަކީ އޭރު އަހަރެމެންގެ އާދައެކެވެ.

      ތިއީ މަންމަގެ ހިތުގެ ވިންދެއެވެ. މަންމަ ދަރިފުޅުދެކެ އިންތިހާއަށް ލޯބިވެއެވެ. މިވާހަކަތައް ދަރިޅައް މިކިޔާދެނީ ދުނިޔޭގެ އެއްވެސް މީހަކައް މިހަގީގައް ނޭންގޭތީއެވެ. މަންމައާއި ދަރިފުޅު އުޅެން ޖެހުނު ނިކަމެތިކަމަކީ ދެމައިންނަށް އެއްގޮތަކަށްވެސް ޙައްގު ދިރިއުޅުމެއްނޫން ކަން  ދަރިފުޅައް ބުނެދިނުމަށެވެ.

ދަރިފުޅާއޭ އަޑުއަހާށެވެ.އާދައިގެމަތިން ހުކުރުދުވަހެއްގައި ފަތިސްނަމާދުން ފައިބާގެން މަންމަ ދިޔައީ ޝާހިންއާއި ބައްދަލުކުރުމަށް އިރުއަރާމަންޒަރު ބަލަން އިންނަ ބުޑުގަނޑުމަޗަށެވެ. ނަމަވެސް މިދުވަހު މަންމަ ދިޔައިރު ޝާހީންއެއް އެތަނަކައް ނާދެއެވެ. މަންމަ އެތަނުގައި އިޝީންދެގެން ޝާހިންގެ އިންތިޒާރުގަ އިނީމެވެ. އާންމުކޮއް ޝާހީން ލަސްވެފާނުވާއިރު މިދުވަހު ޝާހީން އެތަނަށް އައުން ވަރަށް ލަސްވިއެވެ. މަންމަ ކުޑަކޮށް ހިންހަމަ ނުޖެހޭގޮއްވިއެވެ. އެކަމަކު އިންތިޒާރުކޮއްލީމެވެ.

      ޝާލީ މަންމަ ނިޝާރާއަކީ އޭރުއެއުމުރުގެ ކުދިންނާ ގޮންޖަހާލާފަދަ ރީތި ކަމެއް ލިބިފާއިވާ ކުޖެކެވެ. ކަޅު ދިގު އިސް ތަށގަނޑަކާއި ދިގުއިސްކޮޅެއް ލިބިފައިވާ ކުއްޖެކެވެ. ހަނދެއްހާ ބުރުސޫރަ ރީތި ދޮން ކުޖެކެވެ. ކަޅުދިގު އެސްފިޔަތަކަކާއި  ހިމަ ބުމައެއް ލިބިފައިވާއިރު އެރީތިކަން ފުރިހަމކޮއްދީފައި ވަނީ އޭނާގެ ކުރަނގި ދެލޮލެވެ. ޒަމާނީ ޓޮޕްކޮޅާއި ޖިންސުލާފާހުންނައިރު “ނިޝްރާ މަށައް” “ނިޝްރާ މަށަށް މަށަށް” ނުކިޔާނެ ޒުވާން ފިރިހެންކުއްޖަކު ނުހުންނާނެއޭ ބުނުމަކީ ދޮގަކަށް ނުވާނޭ. ނިޝްރާއަކީ އެހާވެސް ރީތި ކުޖެކެވެ. އެދުވަހު ޝަހިންގެ އިންތިޒާރުގައިވެސް އިނީ އެހާވެސް ރީތިވެގެންނޭއެވެ.

      ޝާލީ މަންމަގެ ޑައިރީ ކިޔަމުން ދިޔައެވެ. މާގިނައިރުތަކެއް ނުވަނީސް ފަހަތުން މީހަކު އަންނަ ކަމުގެ އިހުސާސްތައް މަންމައައް ކުރެވެން ފެށިއެވެ. އެކަމަކު ހިންހަމަނުޖެހޭގޮތް ދައްކަންވެގެން ފަސްއެނބުރި ބަލާވެސް ނުލާއިނީއެވެ. އެމީހާ ފަހަތުން އައިސް މަންމަގެ ކޮޑުގައި އަތްޖައްސާލުމަށްފަހު މޫނުގައި ކަނުބަނދެލިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (9)

  1. afsa

    Varah kuru koh vaahaka thi genes dheny thankolheh dhigu koh genes dheynama…….thafaathu vaahaka akah vaane hen heevey

  2. mary

    nice story.. but maa kuru kh genes dheythee kamaku nudhey..

  3. Aimee

    Vaahaka varah reethi ekamu maakurukoh genes dhimeema dhera ee..

    1. Zineb
      Aimee

      I was looking evehrwreye and this popped up like nothing!

  4. !.Thuthubeybe

    Dhen Inna Bayakah Inthizaaruga..Varah Salhi

    1. Pricila
      !.Thuthubeybe

      Hey, that’s poeufrwl. Thanks for the news.

  5. ahu

    VARAH REETHI VAAHAKAEH ADHIVES LIEBA MIKAHALA REETHI VAAHAKA THAKEH….. :p

  6. Ravindra

    Your answer was just what I neddee. It’s made my day!

  7. amazing oils

    AFAIC that’s the best answer so far!

Comments are closed.