ޒިޔާންމެން އައިސް ކާރު މަޑުކޮއްލި އިރު އެގޭގައި ގިނަ އަދަދަކަށް މީހުން ތިއްބެވެ. ޒައިޝާވެސް ހައިރާން ކަމާއި އެކީ އެންމެންގެ މޫނަށް ވަކިވަކި ބަލާލިއެވެ. އެއީ ހައްތަހާވެސް އޭނާގެ ބައްޕަގެ އޮފީސް މީހުންނާއި ރަށްޓެހީންނެވެ. އަދި މަންމަގެ ދުވަސް ވީ އެކުވެރިންނާއި އަވަށްޓެރީންނެވެ. އެންމެންގެ ލޯތައް ހަމާޒުވެފައިވަނި ޒައިޝާ އާއި ޒިޔާން އަށެވެ. އެފަދަ ވަގުތެއްގައިވެސް ޒައިޝާ އާއި ޒިޔާން އެއްކޮށް ކާރުން ފޭބުމުން އެ ޖޯޑަށް ތަޢްރީފް ނުކުރާ ހަމަ އެކަކުވެސް ނެތެވެ. އެހާވެސް ގުޅޭ ޖޯޑެއް މެއެވެ.
ޒިޔާން ޒައިޝާ އާއި އެއްހަމައެއްގައި ހިގަމުން އެތެރެއަށް ވަދެގެން ދިޔައެވެ. ޒައިޝާ އަދިވެސް ހުރީ ހަމަ އެހުރި ގޮތުގައެވެ. އޭނާ އަށް ގޭގައި ހިގާ ކަންތައްވެސް މާ ބޮޑަކަށް އިހްސާސް ވާހެނެއް ހީއެއް ނުވެއެވެ. ގޭގައި ގެންޅުގުޅޭ ބޭރުމީހާ ރޯޒީ ޒައިޝާ ފެނުމުން ދުވެފައި އައެވެ.އޭނާ ޒައިޝާ އަށް ގޮވާލުމަށްފަހު ބުނެލިއެވެ. ” ބޭބީ . ނާހިދާ އާންޓި ފެމިލީ ހުންނަނީ ގެސްޓް ރޫމްގަ. އެންމެން ރޮނީ” ޒައިޝާ އަށް އިވުނުކަމެއް ނުވަތަ ނީވޭކަމެއްވެސް ނޭގެއެވެ. އޭނާ ގޮސް އިށީނީ ސިޓިންގރޫމް ސޯފާގައެވެ. މަޑުމަޑު ސޯފާއަށް ދެފައި އަރުވައިބޯ ދަށުގައި ކުޝަނެއް ލަވައިގެން އޮށޯތެވެ. ޒިޔާން ވެސް މަޑުމަޑުން ސޯފާގެ އަރިމަތިގައި އިށީދެލިއެވެ.އޭނާ މަޑުމަޑުން ޒައިޝާގެ ފައިގައި އަތް ޖެއސުމަށްފަހު ބުނެލިއެވެ. ” ޒައިޝާ. ކުޑަކޮށް ފްރެޝްވެލަން ދާންވިނުން ބައްޕަ އަންނަން ވާއިރަށް” ޒައިޝާ އިތުރު އެއްވެސް ވާހަކައެއް ނުދައްކާ ތެދުވެގެން އޭނާގެ ކޮޓަރިއާއި ދިމާލަށް ހިގައިގަތެވެ.
ޒިޔާން އިންތިޒާރުކުރަމުން ދިޔައި އައްސަދު ގެއައް އަންނާނެ އިރަކަށެވެ. މާގިނަ އިރު ތަކެއް ނުވަނީ އެމްބިއުލާންސް އައިސް ހަވެލި ގޭޓުން ވަނެވެ. ހާލިދާގެ ދައްތަ ނާހިދާވެސް އޭނާގެ ކުދީންނާއި ފިރިމީހާއާއި އެކު އެގެއަށް އައިސް ހުއްޓެވެ. ކޮންމެ މީހެއްގެ މުނު މަތީންވެސް ފެންނަމުން ދިޔައީ ހިތާމައާއި ހިތްދަތިކަމެވެ.އެމްބިއުލާންސް މަޑުކުރުމާއި އެކު މީހުންތައް ތަންދެއްކިއެވެ. އައްސަދު އެމްބިއުލާންސް އިން ފޭބުމަށްފަހު ވަށައިގެން ހޯދާލިއެވެ. ޚާލިދާގެ ފުރާނަނެތް މަސްގަނޑު ނަގައިގެންގޮސް އޭނާގެ ކޮޓަރީގައި ބޭއްވުނެވެ.
އައްސަދު ބޭނުންވީ އޭނާގެ އަންހެނުން އެންމެ ފަހު ވަގުތުވެސް ގޭގައި އޮތުމަށްފަހު އެމީހުންނާއި އަލްވަދާޢު ކިޔާށެވެ. އާ ސަހަރާއަށް ގެންދިޔުމުގެ ބަދަލުގައި ގެއަށް ހިނަވާ މީހުން ގެނެސްގެން އެންމެ ފަހުގެ ނިންމުންތައްވެސް ގޭގައި ކުރެވޭނެ އިންތިޒާމް ހަމަޖެއްސިއެވެ. އައްސަދު ޒައިޝާގެ ޙަބަރެއްނުވެ ގިނަ އިރުވާން ފެށުމުން ޒިޔާން ކައިރިން ޒައިޝާގެ ޙަބަރު އޮޅުން ފިލުވިއެވެ. ޒިޔާން ޒައިޝާ ތާޒާވެލަންގޮސް ވީ ކަމުގައި ބުނެލިއެވެ. ޒިޔާންވެސް ގެއަށް ދިޔުމަށް އައްސަދު ކައިރިން ހުއްދަ ހޯދިއެވެ. އަދި ފެންވަރާލުމަށްފަހު އަންނާނެކަމަށް ބުނެ ހިގައިގަތެވެ.
ޚާލިދާ ވަޅުލުމަށް ހަމަޖެހިފައިވަނީ މަޢްރިބް ނަމާދަށް ފަހުގައެވެ. ހިނެވުމުގެ ކަންތައްތައް ނިމުމުން މޫނު ދެއްކުމަށްޓަކައި ބޮޑު ސިޓިންގް ރޫމްގެ މެދުގައި އެދެއްގެ މަތީގައި ޚާލިދާ ބޭއްވިއެވެ. ކަނައަތް ފަރާތު ކަންފަތް ކައިރީގައި ނާހިދާ ޤުރުއާން ކިޔަވަން އިނެވެ. މޫނު ދެއްކުން ފެށިގެން ކުރިއަށް ދިޔައެވެ. ޒައިޝާވެސް ނާހިދާގެ އަންހެން ދަރި މާޝީގެ އެހީތެރިކަމާއި އެކު މަންމަގެ މޫނު އެންމެ ފަހު ފަހަރަށް ބަލާލުމަށް ދިޔައެވެ. ޒައިޝާ ލައިގެން ހުރީ ކަލުކުލައިގެ ޕާކިސްތާނު ހެދުމެކެވެ. ހެދުމުގެ ދޯޕައްޓާ ބޮލުގައި އޮޅާފައި އޮތެވެ. އެއްވެސް މޭކަޕެއް ނެތި ހުރި އިރު އެ މުނުގެ މައްސޫމްކަމުން ފެންނަ ކޮންމެ ހިތަކަށް އަސަރު ކުރާނެއެވެ. ކަޅުކުލައިގެ ދޮޕައްޓާ ތެރެއިން ސާދަވިލެރޭގެ ހަނދު ފެންނަ ފަދައެވެ. އެ ވަގުތަކީ ޒިޔާން އާއި ހޮސްޕިޓަލުގެ އިތުރު 04 މުވައްޒަފުންވެސް ޒައިޝާގެ ގެއަށް ޒައިޝާއަށް ތަޢްޒިޔާ ދެންނެވުމަށާއި ޒައިޝާގެ މަންމަ ގެ މޫނު ދެކިލުމަށް އެގެއަށް ދިޔަ ވަގުތެވެ.ޒިޔާން އަށް ޒައިޝާ ފެނުނުވަގުތު ފައިން ބާރު ދުވާހެން ހީވިއެވެ. އަމިއްލަ ނަފްސް ކޮންޓްރޯލް ނުވެދާނެތި އަވަސްއަވަހަށް މީހުންގެ ތެރެއަށް ވަދެ ނިވާވެއްޖެއެވެ. ޒައިޝާ މަންމަގެ މޫނުގައި މަޑުމަޑުން ބޮސް ދިނެވެ.ނަމަވެސް އޭނާގެ ލޮލުން އަދިވެސް އެންމެ ކަރުނަ ތިއްކެއްވެސް ނުވެއްޓެއެވެ. އަގައިން ނުބުނެ ބައްޕަގެ ކޮޑުމަތީގައި ބޯޖަހާލައިގެން ޒައިޝާ މަޑުމަޑުން އޮށޯތެވެ. ” ބައްޕާ އަދިވެސް މަންމަ ހޭނުލައްވާ ތޯ؟ މި އެންމެންވެސް މަޑުކޮށްގެން އެތިބީ މަންމަ ހޭލާނެ އިރަކަތް ނޫންތޯ؟” ޒައިޝާ ބުނެލިއެވެ. ޒައިޝާ ގެ ހާލު ފެނުމުން އެތާ ތިބި މީހުންގެ ހިތްތައް ބަންޑުންވާން ފެށިއެވެ. އެންމެންގެ ލޯތައް ކަރުނުން ފޯވަމުން ދިޔައެވެ. ކޮންމެ މީހަކުވެސް ދިޔައީ ނުރޯން ހިތްވަރު ކުރަމުންނެވެ. ޒިޔާން މަޑުމަޑުން އައްސަދު އަށް އިޝާރާތް ކޮށްލުމުން ޒައިޝާ މާޝީއާއި ހަވާލު ކޮއްލުމަށްފަހު ޒިޔާން އާއި ދިމާލަށް ހިގައިގަތެވެ.
“ޒައިޝާގެ އާއި ބެހޭ ވާހަކަ އެއް ދައްކާލަން” ޒިޔާން މަޑުމަޑުން ބުނެލިއެވެ.” އާދެ ވިދާޅުވޭ” އައްސަދު މަޑުމޮޅިކަމާއި އެކު ބުނެލިއެވެ. “ޒައިޝާ އެ އިންނެވީ ޝޮކެއްގައި. އޭނާ ކޮންމެ ގޮތެއް ހަދާފައިވެސް ހޭލައްވާލުން ރަގަޅީ. އެހެން ނޫނީ ފަހުން ހިތާމަ ކުރަން ޖެހިދާނެ” ޒިޔާން ހިތްވަރުކޮއްލާފައި ބުނެލިއެވެ. އައްސަދުގެ ހިތް ތެޅިގެން ދިޔައީ ބާރު ވައިރޯޅި އެއް ޖެހި ގަސްތަކުގެ ފަތް އުދުހިގަންނަ ފަދައިންނެވެ. ހުރި ހަމައެކަނި ދަރިފުޅު އަދި ލޯބިވާ އަބިމީހާގެ ހަނދާން އޭނާއާއި ވަކި ވެއްޖެނަމަ އޭނާ ދިރިހުންނާނި ކިހިނެއް ހެއްޔެވެ؟”ޑޮކްޓަރ ކިހިނެއްތޮ ހައްދަވަން ވީ؟ ޑޮކްޓަރގެ އެހީ އަޅުގަނޑު ވަރށް ބޭނުން”އައްސަދު ބުނެލިއެވެ. މަޑުމަޑުން ބޯ ޖަހާލުމަށްފަހު ޒިޔާން ޒައިޝާގެ ކައިރިއަށް ހިގައްޖެއެވެ.
“ޒައިޝާ” ޒިޔާން ގޮވާލިއެވެ. ހަމައެކަނި އިސް އުފުލާ ބަލާލުން ނޫންކަމެއް ޒައިޝަ ނުކުރިއެވެ. ” ކޮންމެ މިހަކިވެސް މި ފަނާވެނިވި ދުނިޔެ ދޫކޮށް އާޚިރަތައް ހިޖުރަކުރާނެ މީހެއް. މަންމަ ވެސް މި އަނިޔާވެރި ދުނިޔެ ދޫކޮށް އެ ދިޔައީ” ޒިޔާން ހިތްވަރުލާފައި ބުނެލިއެވެ. ޒައިޝާ ހަމަ އަގައިން ނުބުނެ ޒިޔާން އާއި ދިމާލށް ބަލާލިއެވެ. އެވަގުތު އޭނާގެ ދެލޮލުން ކަރުނައިގެ ސާލެއް އައެވެ. (ނުނިމޭ)
1211 Comments
Comments are closed.
ROO
December 27, 2013 at 11:50 pmMIBAI VS VVV REETHI… EKAMU HAADHA KUREY… ADHI THANKOLHEH DHIGUKOLLABALA :d
fathun
December 28, 2013 at 7:47 amavahah up kurahchey story v reeethi
naj
December 30, 2013 at 11:03 pmKb next part?? Avshah up kh dheeba… Waiting
Duda
February 8, 2014 at 4:13 amYou’ve really captured all the estsleians in this subject area, haven’t you?
cialis online
September 25, 2014 at 4:50 amHey, that’s a clever way of thinking about it.
reema
December 31, 2013 at 3:10 pmKoba tha aneh bai ….maa las upvaale ….miharu inthizaru koh kih varuvabalivejje. Komme duvahaku ethah faharaky esfoya ah vannan vahka upveytho…..plz avaa kohsdeebala…thankolhe dhigu koh liyahchey… vahah vvvvvvvvvvv reethi kamun miha vrh inthizaru kurevenee plzzzZzzz
ainy
January 2, 2014 at 9:44 pmKOBAAAAAAAAAAA THA ANEH BAI Sea hostess
PLXXXXXXXXXXXXXXXXXXXXXXXXXXXX PLX PLX PLX PLXXXXXXXXX UPLOAD THE NEXT PART SOON
MIHAARU MAALAS VANY MIVAAHAKA VES UP VAALEH
🙁
nash
January 3, 2014 at 5:39 pmalhe vaahaka liyan nufashabah baraabarah up nukurevenyaa dhuvaalaku fas hafaharah balan up vi thw ekam konmme faharakuvess beykaaru mihaaru foohi vejje 🙁
neenaa number- 2
June 21, 2014 at 12:45 pmeh neenaa avahah thi vai thanakun nkume mi nimman ulhen veenun…noonee mashaa havaalu kuran veenun aneh bay liyan ….hahahahaha
someone
August 27, 2014 at 11:32 amvaahaka eh kon nunimmey dhw my myhunahkah liyan fashafa eh!!!:/
Anonymous
May 12, 2016 at 12:35 amVaahaka GA vara kuh gina…