Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފެނު ޕަރީ (6)

nyna Level 1
December 25, 2013 2 Mins Read
5 Comments

“މަންމާ” ޒައިޝާގެ އަޑު މުޅިތަނުގައި އެއްކޮށް ގުގުމައިގެން ދިޔައެވެ. ދުވެފައިގޮސް މަންމައާއި ކައިރި ވިއިރު މަންމަގެ އެއްވެސް ހަރަކާތެއްނެތް ކަން ފާހަގަ ކުރެވުނެވެ. ޒައިޝާގެ ލޮލުގައި ކަރުނައިގެ ސާލެއް އުފެދުނު ކަހަލައެވެ. ޚާލިދާގެ ބޮލުގެ ދަށުން ލޭގެ ކޯރެއް ދެމިގެން އަންނަތަން އެވަގުތު ޒައިޝާ އަށް ފެނުނެވެ. ނޭފަތް ކައިރިންވެސް ލޭތައް ފައިބައިގަތީ ދުނި ޖަހާފައެވެ. އަތްފައި އެއްކޮށް ކަޑައިގެން ގޮސްފައި އޮތެވެ. ވަގުތުން ޒައިޝާގެ މޫނުމައްޗަށް އަދިރިވެގެން ދިޔައެވެ. އެވަގުތު ޑްރައިވަރު ވަރަށް ހާސްވެފައޮ އައްސަދު އަށް ގުޅަލުމަށްފަހު އައި.ޖީ.އެމް އެޗްއަށް ދެމައިން ގޮވައިގެން ކައިރި ކުރަނީ ކަމުގައި ބުނެލިއެވެ.

ކާރު ހޮސްޕިޓަލާއި ކައިރި ކުރި އިރު އައްސަދުވެސް އައިސް ހުއްޓެވެ. ކާރުން ޚާލިދާ އެދަކަށް ލުމަށްފަހު އޮޕަރޭޝަން ތިއޭޓަރާއި ދިމާލަށް އަވަސް ހިގުމެއްގައި ވާރޑް ބޯސްތައް ގެންދަންފެށިއެވެ. ޒައިޝާ ވެސް އެހެން އެދަކަށް ލުމަށްފަހު އެމަރޖެންސީ ރޫމަށް ވެއްދިއެވެ.ކަނދިމާކުރި ގޮތުން އެވަގުތު އެމާރޖެންސީގައި ހުންނަ ޑޮކްޓަރ ބްރޭކަށް ގޮސްފައިވުމުން އެމާރޖެނސީ ޕޭޝެންޓް ބެލުމަށް އެތަނަށް އާދެވުނީ ޑރ.ޒިޔާން އަށެވެ. އެމަރޖެންސީގައި އޮތީ ކާކުކަން ނޭގި ޒިޔާން އެތެރއަށް ވަނެވެ. އެވަގުތު އޭނާގެ ނޭވާ އެތެރެހަށީގައި ތާށިވިކަހަލައެވެ. އެއްވެސް ހަރަކާތެއްނެތި ދެލޯ މަރާލައިގެން އެއޮތީ އޭނާގެ ފުރާނައެވެ. އޭނާގެ ލޮލުން ކަރުނަ ފާދާލީ ބޭއިޙްތިޔާރުގައެވެ.ކައިރީގައި ނަރުސް ކުދިން ތިބުމާއި އެކު އަމިއްލަ ނަފްސް ކޮންޓްރޯލް ކުރުމަށްފަހު ވީގޮތް އޮޅުން ފިލުވާލިއެވެ.އެއައްފަހު ޒައިޝާގެ ގަޔަށް އިންޖެކްޝަނެއް ޖަހާލިއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ޒައިޝާއަށް ހޭވެރިކަން ވިއެވެ. ހޭލެވުމާއި އެކު އެ ރީތި ދެލޮލުން ކަރުނައަންނަފެށިއެވެ.

ޚަލިދާ އެގްޒަމައިން ކުރުމަށްފަހު ޑޮކްޓަރުން ބުނުއްވީ ޖެހުނުގޮތް ބާރުކަމުން ސިކުޑިން ނާރެއް ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އެޅެމުންދާކަމުގައެވެ. އަވަސް އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމުން ޑޮކްޓަރުން އޮޕަރޭޝަނަށް ތައްޔާރުވަމުން ދިއެވެ. އައްސަދުވެސް އޮޕަރޭޝަނަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް އޮފީހަށް ގުޅާފައި ބުނުމަށްފަހު ދަރިފުޅު ޒައިޝާ ކައިރީގައި އިށީދެލިއެވެ. ޒައިޝާއަށް ބަލާލި ކޮންމެ މީހެއްގެ ހިތް މެ ހިތާމައިން ފުރާލާނެކަން ކަށަވަރެވެ. ހީވަނީ ހިތާމައިގެ ތަސްވީރެއް ހެންނެވެ. އެ ދެލޮލުން ހިފަހެއްޓުމެއް ނެތި ކަރުނަ އޮހެމުން ދިޔައެވެ. އައްސަދު ދަރިފުޅަށް ހިތްވަރު ދެމުން ދިޔައެވެ. ނަމަވެސް ހުދު އައްސަދުގެ ހިތްވެސް ވަނީ ފަޅިފަޅި ވެފައެވެ. ޒައިޝާ ބައްޕަގެ މޭގައި ލައްވެގަނެގެން ރޮމުން ދިޔައެވެ. އެ ދޮން މޫނު އެއްކޮށް ރަތްވެފައިވެއެވެ. ރޮއެ ރޮއެ އެ ސާފު ބިއްލޫރި ކޮޅެއްފަދަ ދެ ލޯވަނީ ރަތްވެ ދުޅަވެފައެވެ. އެ ކުޑަކުޑަ ނޭފަތް ވަކިން ބޮޑަށް ރަތް ވެފައި ހުއްޓެވެ.

ޑޮކްޓަރުންގެ ޓިމެއް އޮޕަރޭޝަން ތިއޭޓަރަށް ވަނުމަށްފަހު މަސައްކަތް ކުރިއަށް ގެންދަން ފެށުނެވެ. ޒައިޝާ އާއި އައްސަދު ނޭވާ ހިފަހައްޓަލއިގެން އިންތިޒާރުގައި ތިއްބެވެ. ހޮސްޕިޓަލުގެ ގިނަ ސްޓާފުންނާއި ޒައިޝާރަޙްމަތްތެރި ވެފައިވާތީ އެ އެންމެންވެސް ޒައިޝާއަށް ހިތްވަރު ދިނުމަށްޓަކައި އައިސް ތިއްބެވެ. ޒިޔާން އޮޕަރޭޝަން ތިއޭޓަރަށް ވަން ޑިކްޓަރުންގެ ތެރޭގައި ހިމެނެއެވެ. ޒައިޝާގެ ހާލު ފެނުމުން އޭނާ ހިއްސުތައް މަޑުޖެހިފައިވާކަހަލައެވެ. ނަމަވެސް ނެތް ހިތްވަރެއްލާފައި އޭނާ މަސައްކަތް ކުރަމުން ދިޔައީ ޒައިޝާއަށްޓަކައެވެ.

ކުއްލިއަކަށް ތިއޭޓަރުގެ ދޮރުހުޅުވާޅުމަށްފަހު ޑޮކްޓަރުން ނިކުތެވެ. ޒައިޝާ އަށާއި އައްސަދު އަށް އެއްފަހަރާ އެދިމާލަށް ހިގަގަނެވުނެވެ. (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

nyna

Level 1

Other Articles

Previous

ލޯތްބައް ހުތުރު އެރުވި ބޭވަފާތެރިޔާއަށް

Next

މަންމަގެ ޑައިރީ 1ވަނަ ބައި

Next
December 25, 2013

މަންމަގެ ޑައިރީ 1ވަނަ ބައި

Previews
December 25, 2013

ލޯތްބައް ހުތުރު އެރުވި ބޭވަފާތެރިޔާއަށް

5 Comments!

  1. މިންމި says:
    December 26, 2013 at 8:51 am

    ވާހަކަ ކުރުވީމާ ކިޔާހިތެއ ނުވޭ ވަރަށް ފޫހި…….

  2. muna says:
    December 26, 2013 at 9:40 am

    Dhen mihaa kuru koh kaaku kiyaa hiy vaanee? Foohi.

    1. neem says:
      December 26, 2013 at 11:19 am

      sluves dw munaa …..

  3. neem says:
    December 26, 2013 at 11:16 am

    pisss….dhen alha haardha kuru khon thi up khon dhany….. v fooohi…..

  4. aloo says:
    June 27, 2016 at 11:24 pm

    Dhen kury kuru kamakahthr…

Comments are closed.

Next Episodeފެނު ޕަރީ (7)←


All Right Reserved!