އަދި އޭނާގެ ބާރުގަދަ ޖާދުވީ ދެއަތުން މަންމަގެ ކޮޑުގައި ފިރުމާލަމުން މަންމަގެ އަތުގައި ބީހިލިއެވެ. މަންމައަށް އެވަގުތު އިހުސާންތެރިއެއްގެ އަތުގެ ބީހިލުން ފުރަތަމަ ފަހަރަށް ލިބުނު ކަމުގައި ޔަގީން ކުރެވުނެވެ. އަދި ލިބުނު ހިންހަމަޖެހުމަކާއި އެކު ދެލޯ މަރާލަމުން ބުނެލީމެވެ. “ކީއްވެ އެހާލަސްވީ؟” މަންމަ އަށް އެއްވެސް ޖަވާބެއްނުދީ އޭނާ މަންމަގެ ތުންފަތުގައި އިނގިލިއަޅާ ވާހަކަ ދެއްކުން މަނާކުރި އެވެ. އެކަމަކު މަންމަގެ މި އަނގަ އެކަމަށް އިންކާރުކުރި އެވެ. “އަޅެޕްލީޒް، ބުނެބަލަ ކިހިނެތް ވީ ލަސްވީ، ހޭނޭރީ ދޯ؟” ސަމާސާ ރާގަކަށް މަންމަ މިހެން ބުނެލާފާ ލާނެއް ހިނިގަނޑެއް ޖަހާލީމެވެ. އަދި އަހާލީމެވެ. “ކީއްވެ ތި ކަނުބަނީ؟” އެމީހާ މަންމައަށް އެއްވެސް ޖަވާބެއް ނުދީ އަނެއްކާވެސް މަންމަގެ އަތުގައި ހިފާބާރުކޮށްލިއެވެ. އަދި ވައި އަޑުން “ޝްޝްޝް… ހިނގާބަލަ މަށާއެކީ. ސަޕްރައިޒް އެއް ދޭނަން.” މިހެންބުނެލިއެވެ. އަދި މަންމަގެ ދެއަތުގައި ހިފާ ތެދުވަން އެހީތެރިވިއެވެ. އޭނާ މަންމަގެ އަތުގައި ހިފައިލައިގެން މަގުދައްކަމުން ހިނގާފައި ދިޔައިރު މަންމައަށް ސިފަކުރެވެމުން ދިޔައީ ޝާހީން އާއި މަންމަ އާއި ދެމީހުން ކައިވެނި ކޮށްގެން ދެކެންބޭނުންވާ އުފާވެރި ދުވަހެވެ. ހިތައްއަރަމުން ދިޔައީ މިކަނު މޮހާލާ ޝާހީންގެ މޫނަށް ބަލާ ހަތަރުކަޅި ހަމަކުރެވޭނެ ނަމައެވެ. އަދި ވިސްނަމުން ދެވުނީ ދޭންއުޅޭ ސަޕްރައިޒް އާއި ދޭތެރެއެވެ. އަނެއްކާ ކޮންއެއްޗެއްބާއޭ ހިތަށްއަރާވަރުން ކެތްނުކުރެވިގެން އަނެއްކާވެސް އަހާލީމެވެ. “އަޅެދެން މިކަނު މޮހާލިޔަސް ތި ސަޕްރައިޒް ދެވިދާނެއްނު. އަނެއްކާ ކޮންއެއްޗެއްތަ ދޭން ތިއުޅެނީ. ޕްލީޒް ބުނެބަ. ޕްލީޒް” މަންމަ އެތައް ފަހަރަކު އާދޭސްކުރުމުންވެސް މަންމަގެ އެއްވެސް ސުވާލަކަށް އޭނާ ޖަވާބެއް ނުދިނެވެ. މަޑު ހިމުން ދޮންވެލިފަސްގަނޑުގައި ހިންގާފާގެނެސް މަންމަވެއްދީ އަތިރިމަތީގައި ހަދާފައިވާ ހަރުގެ އެއްގެ ތެރެއަށެވެ. ހަރުގެ ހީވަނީ ހަމަހިނމޭންކަމުން އެތަނުގައި ދިރުންހުރި ހިންޏެއްހާމިންވެސް ނޫޅޭހެނެވެ. ވާނީވެސް އެހެންތާއެވެ. މިއަދަކީ ހުކުރު ދުވަހެވެ. ސަފާރީގެ މަސައްކަތެއްވެސް ނުކުރާނެއޭ ހިތައްއެރިއެވެ. ހަރުގެ އެހާ ހަމަހިމޭންވެފާ މީހެއްގެ ހިލަމެއް ނުވީ އެހެންވެއެވެ. މަންމަގެ އަތުގައި އޭނާ ހިފާއްޓައިގެން އެހުރި ގޮތަށް އަދިވެސް ހަމަ މަންމަ ކުރިއަށް ގެންދިޔައެވެ. އޭނާގެ ފުރިހަމަ އެއްބާރުލުމާއެކީ އޭރު ގާތްގަނޑަކަށް ނިމިފައިހުރި ސަފާރީގެ ސިޑިއަކުން މަންމަ  އެރުވިއެވެ. އަދި ޑެގުމަތީގައި އޮތް ކުދިކުދި ލަކުޑިކޮޅުތަކާއި ދާލި ތަކުގެ ތެރެއިން ލާފަ މަންމަ ގޮވައިގެން ކުރިށްގޮސް ދޮރެއްހުޅުވާލާ އެތެރެއަށް ވެއްދިއެވެ. ތާހިރުކޮށްފައިވާ ތަނެއްކަން އިހުސާސްކުރެވެންފެށީ ފައިދަށުވަމުންދިޔަ ދާލިތަކާއި ލަކުޑިކޮޅުތަކަށް އިތުރަށް ނޭރެން ފެށުމުންނެވެ. އޭނާ، މަންމަ ކޮޓަރީގެ އެދުގައި ބޭންދިއެވެ. އަދި އޭނާގެ ނޭވާގެ ހޫނު އިހުސާސްވާވަރަށް ކަންފަތްދޮށަށް ތިރިވެލިއެވެ. އޭގެ ފަހުގައި ވައި އަޑުން އަނެއްކާވެސް ބުނެލިއެވެ. “ހެޕީ ބާރތް ޑޭ”. މަންމައަށް ބުނާނެ ހަމަ އެކައްޗެއްވެސް ނޭގި ގަބުވެފާ އިނދެވުނީއެވެ. ހިޔާލަށްވެސް ގެންނަންނޭގޭ ކަމެއް ވުމުން އިނދެވުނީ ބަސްހުސްވެފައެވެ. މިގަބުކަމުން ހޭވެރިކަން ވުމުން، މަންމައިން އެދުގެ ކުރިމަތީގައި މަންމަގެ ގާތުގައި ކޮޅަށް ހުއްޓިލައިގެން ހުރި އޭނާގެ ގައިގާ ބޭއިޚްތިޔާރުގައި ވަރަށް ބާރަށް ބައްދާލެވުނެވެ. އޭނާވެސް މަންމަގެ ގައިގައި ބައްދާލުމަށްފަހު މަންމަގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ.

މިގޮތުގައި އެތައްއިރެއް ހޭދަކުރުމަށްފަހު މަންމައަށް ހުރެވުނު ގައިތްކަން އިހުސާސްވެ ލަދުވެތިވެ އަވަސް އަވަހަށް އޭނާގެ ގައިން ދޫކޮށްލުމަށްފަހު ފަހަތަށް ޖެހިލީމެވެ. އަދި ލަދުރަކިކަމާއި އެކު ބުނެލީމެވެ. “ދެން ކަނުމޮހާލަދީބަލަ. މިހާރު ލޮލަށްވެސް އެބަތަދުވޭ.” މަންމަ ބުނި އެއްޗަކަށް މިފަހަރުވެސް ވައި އަޑުން ބުނެލީ ކެތްތެރިވެގެން މަޑުކުރުމަށެވެ. އެކަމަކު މަންމައަށް ކެތް ނުކުރެވިގެން އަނެއްކާވެސް މަޖާވެފާ އަހާލިމެވެ” ކީއްވެތަ މިއަދު ވައި އަޑުން ތި ވާހަކަ ދައްކަނީ؟ އަޑު ނެތީތަ؟ ކާޅު ގެންދިޔައީ ދޯ؟”. މަންމަގެ ސުވާލުތަކަށް ބީރުކަންފަތެއް ދެމުން މަންމަގެ ކޮޑުގައި ހިފާ އެދުމަތީގައި ބާއްވާލިއެވެ. އަދި އަވަސް އަވަހަށް މަންމަގެ ދެއަތް އެދުގައި އައްސާ ބާރުކޮށްލިއެވެ. ގަދަ ހަދާގޮތް ދައްކާލަމުން ” ޝާހީން. ކިހިނެތް ތިހަދަނީ؟” މަންމަ އަހާލީމެވެ. “ސަޕްރައިޒް، ޔޫނޯ ސަޕްރައިޒް، ވައި އަޑުން މަލާމާތުގެ ރާގަކަށް އަނެއްކާވެސް މިހެން ބުނެލުމާއި އެކު މަންމަގެ ދެފައިވެސް އެނދުގައި އައްސާ ބާރުކޮށް ނިކަމެތިކޮށްލިއެވެ. މަންމަގެ ހިތަށް ބިރުވެރިކަން ވަންނަން ފެށީދެނެވެ. މަންމައާއި ޝާހީންއާއި ދެމީހުން ރައްޓެހިވެގެން މިވީހާދުވަހު އެފަދަ ގޮތަކަށް އޭނާ މަންމަގެ ގައިގައި ދުވަހަކުވެސް އަތްލާފާނެތެވެ.  ލިބުނު ކުއްލި ސިހުމާއި ބިރުވެރިކަމާއި އެކު ” ޝާހީން. ޝާހިން ކިހިނެތް ހަދަން ތިއުޅެނީ؟” މަންމަ އަހާލީމެވެ. އެއްވެސް ބިރެއްނެތި މަޑުމަޑުން އޮތުމަށް ވައިއަޑުން އަނެއްކާވެސް ބުނެލިއެވެ. މިފަހަރު ބޭނުން ވީ ކަނު ބަނދެފައިވާ ފޮތިގަނޑުވެސް މޮހާލާ އޭނާ އާއި ވާހަކަ ދައްކާށެވެ. އެކަމަކު ދެން ހެދޭނެ އެއްވެސް ގޮތެއް ނެތިފައި މަންމަ އޮތީ ދެއަތާއި ދެފައި ބަނދެވި ކަސްތޮޅު އެޅިފައެވެ. އެހާލުގައި މަންމަ ވަނިކޮށް އޭނާގެ ތުންފަތް މަންމަގެ ތުންފަތުގައި ޖައްސާ އެހޫނު ނޭވާތައް އިހުސާސްކުރަން މަޖުބޫރުކުރުވިއެވެ.

ދަރިފުޅާއެވެ. މިވާހަކަތައް ދަރިފުޅަށް ކިޔައިދެން މަންމަ ލަދުގަނެއެވެ. އެކަމަކު ދަރިފުޅުގެ ހިނތުގައި އުފެދިފައިވާ ސުވާލުތަކުގެ ޖަވާބު ނުދެވޭހާދުވަހަކު ދަރިފުޅަށް ހިންހަމަ ޖެހުމެއް ނުލިބޭނެކަން އެނގޭތީ މިވާހަކަތައް މިކިޔައިދެނީ ދެރަވެ ލަދުވެތިވާ ހާލުގައެވެ.

ދަރިފުޅާއެވެ. އެ ނޭވާތައް އެޅެން ފެށުމުން މަންމައަށް ބާރުބާރަށް ތެޅެން ފެށުނެވެ. އަދި ރުޅިވެރިކަމާއި އެކު” ނޫން ޝާހީން. ތިގޮތް ބޭނުމެއް ނޫން” ކިޔާ އާދޭސް ކުރީމެވެ. “ޝާހީން. އާދޭސްކޮށްފަ ބުނަން މަށަށް ތިހެން ނަހަދާ. އަހަރެން ﷲ އަށް ބިރުވެތިވަން. ތިފަދަ އަމަލެއް އަހަރެން ކުރާކަށް ބޭނުމެއް ނޫން.” މަންމަ އާދޭހާއެކު ރޮމުން އޭނާގާތު ބުނަމުން ދިޔަ ދިޔުމަށް އެއްވެސް ފަރުވާލެއް ނުބަހެއްޓިއެވެ. “ކީކޭ؟ ކަލޭ މިފަދަ ޢަމަލެއް ކުރާކަށް ބޭނުމެއް ނުވެޔޭ. މިހާރުމާލަސްވެއްޖެ. ތަންކޮޅެއް ކުރިން ބުނެލިނަމަ. ދެން މަށަށް ކަލޭ ދުލެއް ނުކުރެވޭނެ. އޭރުން މަގޭ ޒަމީރުވެސް މަށަށް މަލާމަތް ކުރާނެ. ފިނޑި މީހެކޭ ކިޔާފަ މަލާމާތްކުރާނެ. ކަލޭވެސް މަލާމަތް ކުރާނެ މަށަށް ކަމެއް ކުރަން ނުކެރެއޭކިޔާފަ. ދެން ހަމަ ސޮރީ” މަލާމާތުން ފުރިގެންވާ ރާގަކަށް މަންމައާއި ދިމާއަށް މިހެން ބުނެލުމަށްފަހު މަންމަގެ ގަޔަށް އޭނާ އަތްލާންފެށިއެވެ. އަދި ނުލަފާ ލާނެތް ރާގަކަށް ބުނަން ފެށިއެވެ. “މިއަދު މަގޭ ކަރު ހިއްކުން ފިލުވާލުމަށްފަހު ތިހަށިން ހޯދޭނެ ހުރިހާ އަރާމެއް ހޯދާފާ ނޫނީ އަހަރެން ކަލޭ ދުލެއް ނުކުރާނަން. އެނގިއްޖެތަ؟ ދެން މަޑުން ބަސްއަހައިގެން އޮވޭ. މިކަމަށް މަ އިންތިޒާރުކުރާތާ ހާދަ ދުވަހެއްވެއްޖެއޭ.”

އެނިކަމެތި ހާލުން ސަލާމަތް ވުމަށް ކުރި އާދޭސްތައް ފެނަށްވެގެން ދިޔުމުން މަންމަ އޮތީ ހަދާނެ އެއްވެސް ގޮތެއް ނެތިފައެވެ. މިނިކަމެތި ހާލުގައި ވަނިކޮށް މަންމަގެ ހިތަށް ފިނިކަމެއް ލިބުނީ ކަންފަތުގައި އައިސް ޖެހުނު އަޑަކުންނެވެ. މާދުރުން ސަފާރީގެ ޑެގުމަތީގައި ހިނގާފާ އަންނަ ފިޔަވަޅުތަކެއްގެ އަޑު އައިސް ޖެހުމުންނެވެ. މަންމަ ބާރުބާރަށް “މީހެކޭ. މީހެކޭ. މަށަށް އެހީވެދީ. މިތާ މިތާ. މީހެ….” ގޮވަންފެށީމެވެ. އެކަމަކު މަންމަގެ އަނގަމަތީގައި އޭނާ އަތްއަޅާ އަޑުބަންދުކޮށްލިއެވެ. އަދި ރުޅިވެރިކަމާއި ހަރުކަށިކަމާއިއެކު ބުނަންފެށިއެވެ. “ކަލޭ މަޑުން އޮވޭ. އެހެންނޫނީ ދެން ކަލެއަށް މިކޮޓަރިނޫން އެހެން އެއްވެސް އެއްޗެއް ނުފެންނާނެ. މަޑުން ނޯވެއްޖެއްޔާ ހަމަ މަރާލާނީ. ސޯ ބީ ކުވައިޓް. އަންޑަސްޓޭންޑް.” މަންމައަށް ޖެހުނީ އަޅެއްފަދައިން އޭނާ ބުނި ގޮތް ހަދައިގެން ދުއާކޮށްލަ ކޮށްލާ އޮންނާށެވެ. މަޑުން އޮތް އިރުވެސް އުންމީދުތައް އާވަމުން ދިޔައީ އެ ފިޔވަޅުތައް ބާރުވަމުން އަހަރެމެން ތިބި ކޮޓަރިއާއި ދިމާލަށް އަންނަ ކަމުގެ އިހުސާސް ކުރެވެމުން ދާތީއެވެ. އެއަޑު މަޑުމަޑުން ކައިރިވަމުން އައިސް ކޮޓަރިދޮރާއި ހަމައަށް އައެވެ. “އެއްވެސް މީހަކު އެބައުޅެންތަ؟ ” އޭނާ ގޮވާލިއެވެ. އެކަމަކު ގޮތްހުސްވެފައިއޮތް މި ނިކަމެތި މަންމައަށް ހެދޭނެ ހަމަ އެއްވެސް ގޮތެއް ނެތެވެ. އެމީހަކު އެހެން ގޮވާލުމާއި އެކީ މަންމަގެ އަނގަމަތީ އަޅާފައި އޮތް އަތަށް އިތުރަށް ބާރުކޮށް ފިތާލިއެވެ. އަދި އަނެއް އަތުން ކަރުގައި ހިފާ ބާރުކޮށްލިއެވެ. ތެޅިގަނެ އެނދުގައި ފައިން ޖަހާ އަޑެއް ލައްވާލަން ހިތައް އެރިއެވެ. އެހެންކަމުން ގުޑިލަން މަސައްކަތް ކުރުމާއި އެކީ މަންމަގެ ގައިމަށްޗަށް އޭނާ އަރާ ތަގުޅިކޮށްލިއެވެ. ހިރިނުލެވޭވަރަށް ބާރުކޮށްލިއެވެ. އެއާއެކު ދެން އިވުނީ ބޭރުގައި ހުރި މީހާ މިކޮޓަރިގެ ދޮރުގެ ތަޅުގައި ހިފާލިއަޑެވެ. އުންމީދުން ފުރިގެންވާ ހާލު މަންމަގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އަދި އެމީހާ ވަނުމަށް އެދި މިހިތް އާދޭސް ކުރި އެވެ. ބޭރުގައި ހުރި މީހާ ތަޅަށް އަނބުރާލިއެވެ.

ވާހަކަ ވިދާޅުވުމަށްފަހު ކޮމެންޓްކުރުމަކީ ޒާޝްގެ ވަރަށްބޮޑު އެދުމެއް

-ނުނިމޭ-

4

9 Comments

 1. nash

  December 26, 2013 at 2:56 pm

  v v v reethi , ekam tankolhe kuree
  watin 4 next part

 2. meow

  December 26, 2013 at 2:57 pm

  v nice. avaha up kurachey!… intrestin

 3. yuin

  December 26, 2013 at 3:24 pm

  kuriah vure salhivaaan fashaifi … manzaru sifavaaleh maa faseyha….. hama obi…. thinvana baehge inthizaaarugaa ebahurin….

 4. koo

  December 26, 2013 at 3:34 pm

  V reethi adhi thankolheh dhigukollyma v shalhivaane

 5. Rai

  December 26, 2013 at 8:55 pm

  Haadha kurey … Thankolheh dhigukoh genes dhyba xaash….

 6. reen

  December 26, 2013 at 10:29 pm

  vakihisaabakah liyefa huttaalantha th liyan feshyyy

  • naxy

   December 31, 2013 at 12:08 pm

   v v v salhi

 7. xoo

  January 2, 2014 at 10:07 am

  V vvv teethi ekam thankolheh miyahvuren dhigu koh genesdhey nama……

 8. hako

  January 2, 2014 at 11:43 am

  V reethi vahakaeh.. thankolheh dhigukoh upload kurahchey..

Comments are closed.