ޒިޔާން އަށް ސައިކަލްގެ ބުރަކި ހިފާލެވުނީ އޭނާގެ އިޙްތިޔާރަކާއިނުލައެވެ. ލަދު ވެސް ގައްމެއެވެ. ނަމަވެސް ހިތްވަރު ދެރަނުކުރަންވެގެން މަޑުމަޑުން ޒައިޝާ ކައިރިއަށް ގެހިލުމަށްފަހު ވެގެން އުޅޭ ގޮތް އޮޅުން ފިލުވިއެވެ. ޒައިޝާ އިސްޖަހާލުމަށްފަހު ޒިޔާންއަށް ޖަވާބު ދާރީވިއެވެ. ނަމަވެސް ޑްރައިވަރު މަސައްކަތް ކުރަމުން ދާތި އިތުރު އެހީއެއް ބޭނުން ނުންކަމަށް ޒައިޝާ ބުނެލީވެސް އިސްދަށަށް ޖަހައިގެން ހުރެއެވެ.ޒިޔާން އަށްވެސް އިތުރަށް ދައްކާނެ ވާހަކައެއް ނޭގުމުން މަޑުމަޑުން ދަނީ ކަމުގައި ބުނެ ކުރިއަށް ހިގައިގަތެވެ. ސައިކަލަށް އަރަމުން އަދިވެސް […]
“ހަލޯ” އެއީ ހަމަ ޔަޤީނުންވެސް ޒައިޝާގެ އަޑެވެ. ޒިޔާންގެ ކަންފަތުގައި މިއުޒިކެއް ކުޅެލިކަހަލައެވެ. ނަމަވެސް އަގައިން ބުނާނެ ހިއްވަރެއް ނުލިބުނެވެ. ދެ ތިންފަހަރު ހަލޯ އެއް ބުނުމަށްފަހު ޖަވާބެއް ނުލިބުމުން ޒައިޝާ ފޯނު ކަޑާލިއެވެ. ޒިޔާންއަށް ހަމަ އެހުރި ގޮތަށް ހުރެވުނީއެވެ. އަމިއްލަ ފިޑި ކަމާޙުރެ އަމިއްލަ ނަފްސު ދެކެ ރުޅިވެސް އާދެވުނެވެ. އެންމެ ފަހުން ޒިޔާން ނިންމީ ޒައިޝާއަށް އޭނާ އެއީ ކާކުކަން ނޭގޭ ގޮތަށް ހަދިޔާ ފޮނުވާ މެސެޖް ކުރުމަށްވެ. ޒައިޝާ އޭނާއަށް ގުޅި […]
ކުރިމަތީގައި އެހެރި ރޭގަ އޭނަޔަށް ފެނުނ ފެނު ޕަރިކަން ޔަޤީނެވެ. ޒިޔާން އެސްފިޔަ ޖަހާލަން ވެސް ނުކެރިފައި ހުރީ އެ ފަތްމިނި ގެއްލިދާނެތިއެވެ. ޒައިޝާ ސަލާމް ގޮވައިލުމުން ޒިޔާން ސިއްސައިގެން ގޮސް ސަލާމް ބަލައިގަތެވެ. ޒައިޝާ އޭނާއަށް ހާއްސަ ކުރެވިފައިވާ ގޮޑިގައި އިށީނެވެ. އަދި މަސައްކަތާއި ދޭތެރޭގައި ވިސްނާލިއެވެ. ޒިހާން ސިއްރުސިއްރުން ޒައިޝާގެ ފަރި ހަރަކާތް ތަކަށް ބަލަމުން ދިޔައެވެ.މިއަދު ޒައިޝާ ލައިގެން ހުރީ މަޑު ފިޔާތޮށި ކުލައިގެ ޕާކިސްތާނު ހެދުމެކެވެ. އިސްތަށިގަޑުގައި ހުޅިއެއް ޖަހާފައި ހުރުމުން […]
ޒައިޝާ ގެއަށް އައުމަށްފަހު ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ. އެވަގުތު އޭނާ ތުރުތުރު އަޅައިގަތެވެ. އޭސީ ގެ ފިނިކަމުން އެންމެ ހިމަ ނާރަށްވެސް އަސަރު ކުރިއެވެ. ތަނަވަސް ބޮޑު ކޮޓަރީގެ ހުދު ބޮކި ދިއްލާލުމާއި އެކު މުޅިތަން އެއްކޮށް އަލިވެގެން ދިޔައެވެ. އެ ކޮޓަރިއަށް ބަލާލުމުންވެސް ޒައިޝާ އަކީ މުއްސަދި މީހެއްގެ ދަރިއެއްކަން އޭގެނެއެވެ. ބޮޑު ކޮޓަރީގެ މެދުގައި ކިންގް ސައިޒް ބޮޑު އެދާއި އެދުން ފައިބާއިރު ފައިޖެހުމަށް ބާއްވާފައި އޮތް މަޑު ފިޔާތޮށި ކުލައިގެ ދޫލައާއި […]
ވަށް ބުރަށް އުޑުމެދުގައި ހުރި ޝާއްބަ ހައްދު އޭގެ ވާޖިބު އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް ކަޅު ވިލާ ތަކުން އުޑު މަތި ބަނަވެ ދުނިޔެ ކަޅު ބޯ ސާލެއްގެ ތެރެއަށް ލަމުން ދިޔައެވެ. މަގުމަތީގައި ހުރި ގަސްތަކަށް ބާރު ވައިރޯޅީގެ ހަމަލާތައް އަމާޒުވަމުންދިޔައެވެ. ކަޑުގެ ލޮނުގަނޑު ކެކެމުންދިޔއީ ބަލާމީހުން ސިއްސުވާލާފަދަގޮތަކަށެވެ. ޒައިޝާ އޭނާގެ ހިގުން ކުރިއަށް ވުރެވެސް ބާރުކޮށްލީ ތޫފާނުގައި ނުޖެހި ގެއާއި ހަމައަށް ދެވޭތޯއެވެ.އޭނާގެ އުނަގަޑާއި ހަމައަށް […]
ލިޔުންތެރިޔާގެ އެދިލެއްވުމަކަށް މިވާހަކަ ވަނީ އެސްފިޔައިން އުނިކުރެވިފައެވެ.
ޖާހަތު ބެލްކަންޏަށް ނިކުމެ ބޭރު ބަލައިލިއެވެ. ދެލޯ ބޮޑުވެ ތަންމިނަށް އަނގަ ހުޅުވުނެވެ. “ޒާން!” ޖާހަތު ބާރަށް ހަޅޭއްލަވައިގަތެވެ. ޒާން އެތުއްތު ދަރިފުޅު އުރާލައިގެން ގޮސް ކާރަށް އަރަނީއެވެ. ޖާހަތުއަށް ކުރެވުނީ ރަނގަޅު ހީތަކެއްކަން އިހުސާސްކުރެވުނެވެ. ޒާންގެ އަމަލުތައް ހުރި ގޮތުން އޭނާ ކޮންމެވެސް ކަމެއް ކުރަން އުޅޭކަން އެނގުނެވެ. އެހިނދު ހަނދާންވީ ހަފްތާއެއްކުރިން ޒާން ކުރި ފޯންކޯލެވެ. ނަރުހެއް ހަމަޖައްސައިދިނުމަށާ އަދި ފުރަން ތައްޔާރުވެގެން ހުރުމަށް ބުނެލިއެވެ. އެހެންވެއްޖެނަމަ ޒާން އެދަނީ އެދަރިފުޅުގޮވައިގެން ރާއްޖެ ދޫކޮށް […]
“ހާދަ ހައިރާންވެފަ؟” އީމަން ހިނިތުންވެލަމުން ސުވާލުކޮށްލިއެވެ. ޒާން އިސްޖަހާލިއެވެ. އެއަށްފަހު އީމަންއަށް ބަލައިލިއެވެ. ވާހަކައެއް ބުނަން ބޭނުންވެގެން އުޅޭ ކަހަލަ ނަޒަރަކުންނެވެ. “އަހަރެން ހީކުރަން ޒާން ތިގޮތަށް ކަންތައް ކުރުމުގައި މަޤްބޫލު އުޒުރެއް ވާނެކަމުގައި.” ޒާން ހިފާފައި ހުރި ކޮޓަރީގެ ކުރިމަތީގައި ހުރި ކުޑަ ސިޓިން އޭރިއާގައި ދެމީހުން އިށީންނަމުން އީމަން ބުނެލިއެވެ. “ޑީޑީ. އައި އެމް ރިއަލީ ސޮރީ. އަހަރެންނަށް އެއީ ޑީޑީގެ އަންހެނުންކަން އެނގުނު ނަމަ…..” ޒާން ދެރަވެފައި ބުންޏެވެ. “ޒާން! މާނައަކީ އެއީ […]
“ޖާހަތު ތެދުވެބަލަ. ރުއިން ހުއްޓާލަބަލަ.” ޔާނާ އޯގާތެރިކަމާއެކު ބުނެލިއެވެ. އަދި އެއަށްފަހު ޖާހަތު ތެދުކުރަން އަތް ދިއްކޮށްލިއެވެ. ޖާހަތު މޫނު ފުހެލުމަށްފަހު އަމިއްލައަށް ތެދުވުނެވެ. “އަހަރެންނަކަށް ނޭނގެ، ޔާނު ތިހެން ކަންތައް ތިކުރަނީ ކީއްވެކަމެއް. އެކަމަކު ޔާނުގެ ހަނދާނަށް ކޮންމެވެސް އެއްޗެއް އަންނަން ވާނެއެއްނު. އީމަން މަތިންވެސް ހަނދާން ނައްތާލީތަ؟ އެކަމަކު އެއީ ޔާނު ދެލޯ ނޭދި އެދުނު މީހާއެއްނު. އެއީ ޔާނުގެ އީމް އެއްނު.” ޖާހަތު ކުރީ ޝަކުވާއެވެ. ނަމަވެސް ޔާނާއަށް ޖާހަތުގެ ދުލުން އީމްގެ […]