![](https://live.staticflickr.com/4367/37065657206_c3a8a1bc56_b.jpg)
ފެނު ޕަރީ (7)
“އޮޕަރޭޝަން އިޒް ސަކްސެކްފުލް. ބަޓް ސްޓިލް ޝީ އިޒް ވެރީ ކްރިޓިކަލް. ވީ ކާންޓް ސޭއި އެނީތިންގް ޓިލް މޯރނިން” ޑރ. ޕަޓޭލް ޒައިޝާ މެންގެ މޫން ފެނުމުން އިތުރު ސުވާޅެއް ނުކުރަނީސް ބުނެލިއެވެ. ޒައިޝާގެ މޫން އިތުރަށް މިލައިގެން ދިޔައެވެ. ” ޑޮކްޓަރ ކޭން ވީ މީޓް ހަރ ” ކެތްތެރިކަން ކުޑަވެފައިވާ ގޮތަކަށް ޒައިޝާ ފަރިތަކަމާއި އެކު އިގިރޭސިން އަހާލިއެވެ. “ޔަރ ޝުއަރ. ބަޓް ޕްލީސް ބީ ކެއަރފުލް. ޑޯންޓް ކްރައި އިންފްރޮންޓް އޮފް ހަރ” ޑޮކްޓަރ އެހެން ބުނުމާއި އެކު ކުޑަ ކުއްޖަކު ފަދައިން ބޯ ޖަހާލުމަށްފަހު އެތެރެއަށް ދެމިގަތެވެ.
މެޝިންތަކުގެ ބާޜުގައި ނޭވާލުމަށް މާސްކް އަޅާފައިއޮތް ޚާލިދާ ފެނުމުން ޒައިޝާ އަށް ރޮވެން ފެށި އިޙްތިޔާރަކާއި ނުލައެވެ. އައްސަދުގެ ލޮލުންވެސް ކަރުނަ ފާދާލިއެވެ. ނަމަވެސް ދެ ބަފައިންވެސް ހިތްމަރު ކުރަމުން ދިޔައީ ޑޮކްޓަރު ދެއްވި ނަސޭހަތަށް ބަލާފައެވެ. އިތުރު ވޭނެއް ޚަލިދާ އަށް ދިނުމަށް ނޭދޭތީއެވެ. މާބޮޑަށް ރޮވެން ފެށުމުން ޒައިޝާ ބޭރަށް ނިކުތެވެ. އައްސަދު އިށީދެލީ ޚާލިދާ ގެ ކައިރީގައެވެ. ޒައިޝާ ބޭރަށް ނިކުތް އިރު ޒިޔާން އެތެރެއަށް ވަންނަން އަންނަނީއެވެ. ޒައިޝާގެ ރޮއެ ރޮއެ ރަތްވެ ދުޅަވެފައިވާ ދެލޯފެނުމުން ޒިޔާންގެ ހިތުގެ އެންމެ ހިމަ ނާރަށް ވެސް ތަދުވިއެވެ. ޒައިޝާވެސް ޒިޔާޏް ފެނުމުންގަދަކަމުން ކަހަލ ގޮތަކަށް ހިނިތުންވެލިއެވެ. އެ ދެލޮލުގައި ވި އާދޭސް ކިތަންމެ ރީއްޗަށް ވެސް ޒިޔާންއަށް ފެނުނެވެ.
ވަގުތުތައް ފާއިތުވަމުން ދިޔައެވެ. އަދިވެސް ޚާލިދާ ހޭނާރައެވެ. އައްސަދުގެ ހިތުގެ ތެޅުން ފަހަރަކުން ފަހަރަކށް ދިޔައީ އަވަސްވަމުންނެވެ. އެކި އެކި ހޮޅިތަކުގައި ކާޅިދާ ގުޅާފައިއޮތެވެ. މުޅިތަނަށްވެރިވެފައިވާ ހަމަހިމޭންކަމުގެ ތެރެއިން އިވެނީ ހަމައެކަނި ޚާލިދާގެ ހިތާއި ގުޅާފައިހުރި މެޝިން ހިގާ އަޑެވެ. އައްސަދު ޚާލިދާގެ އަތުގައި ހިފައިގެން މަޑުމަޑުން އެ މޫނަށް ބަލަމުން ގެންދިޔައެވެ. އޭނާ ގެ ހިތުގައި އެތައް ޝަކުވާ އާއި އާދޭހެއްވިއެވެ. އޭނާ އެކަނި މި ދުނިޔެއަށް ދޫކުރުމަށްފަހު ޚާލިދާ ނުދިޔުމަށް ހިތާއި ހިތުން ދުޢަކުރަމުން ދިއެވެ. ޒައިޝާއަށް މަންމައެއްގެ ލޯބި އަދި ބޭނުން ކަމަށާއި އެ ދަރިފުޅު ޚާލިދާ ދެކެ ވާ ލޯބި އައްސަދު ކާލިދާ ކައިރީ ބުނެލިއެވެ.
ފަތިހު 05 ޖަހައިފިއެވެ. ޒައިޝާ ހުރީ ބޭރުގައި ހުރި ގޮޑިބަރީގައި ނިދިޖެހިފައެވެ. އައްސަދު ބޭރަށް ނިކުމެފައި ޒައިޝާ އިން ގޮތް ފެނުމުން ދެރަވިއެވެ. އެ މަޢްސޫމް މޫނުގައިވި ހިތާމަ ދެ ލޯމަރައިގެން އިން އިރުވެސް ފެންނަމުން ދިޔައެވެ.އައްސަދު މަޑުން ޒައިޝާގެ ބޮލުގައި ފިރުމާލިއެވެ. އެވަގުތު ޒައިޝާ ދެލޯ ހުޅުވާލިއެވެ. އަދި މަންމަގެ ހާލު ކިހިނެތޯ ބަލާލިއެވެ. އަދި މަންމަ ހޭ އެރިތޯވެސް އަހާލިއެވެ. އައްސަދުގެ މާޔޫސްވެފައިވާ މޫނަށް ބަލާލުމުން ޒައިޝާއަށް ޖަވާބު ލިބުނުކަހަލައެވެ. އޭނާ އިސްދަށަށް ޖަހާލުމަށްފަހު ކޮއްޅަށް ތެދުވަން މަސައްކަތް ކޮށްލިއެވެ. އެވަގުތު އޭނާ މޫނު މައްޗަށް އަދިރި ވާގޮތް ވުމުން އަނެއްކާވެސް އިށީދެލިއެވެ.އިއްޔެ މެންދުރުއްސުރެ އެއްވެސް އެއޗެއް ނުކައި ހުރުމުގެ ސަބަބުން މާބޮޑަށް ވަރު ދެރަވީއެވެ. އައްސަދު އަށް ޒައިޝަގެ ހާލު އެގުނުކަހަލައެވެ. “ދަރިފުޅާ އިއްޔެ މެންދުރުއްސުރެ އެއްޗެއް ނުކައެއްނުން ތިހިރީ. ބައްޕަ އެއްޗެއް ގެނެސްދެންތަ؟” ޒައިޝާ އިސްއުފުލާޅުމަށްފަހު ބައްޕަ އާއި ދިމާއަށް ބަލާޅިއެވެ. އަދި ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯހޫރާލިއެވެ.
ޒައިޝާ މަންމަ ކައިރިއަށް އެތެރެއަށް ވަނެވެ. މަޑުމަޑުން މަންމަ އާއި ކައިރިވެލުމަށްފަހު މަންމަގެ ނިއްކުރީގައި ބޮސްދިނެވެ. އެނާ ހިތުން ދުޢާކުރަމުން ދިޔައީ އޭނާގެ ލޯބިވާ މަންމައަށް އަވަސް ޝިފާއެއް ދެއްވުމަށެވެ. ކުއްލިއަކަށް ކައިރީގައި ހުރި މެޝިނަށް ވަރަށް ބާރަށް އަޑު ގޮވަން ފެށިއެވެ. ޒައިޝަގެ ހިތް ބިރުން ތުރުތުރު އަޅައިގަތެވެ. ވަގުތުން މޫނު މަތީގައި ދާތިކިތަކެއް މުތީ ތަކެއް ފަދައިން ވިދަން ފެށިއެވެ. ޒައިޝާ ދުވެލާފައި ބޭރަށް ނުކުއް ވަގުތު ޒިޔާން ހުރަސް ކުރިތަން ފެނުނެވެ. “އެކްސްކިއުޒްމީ ޑރ.ޒިޔާން” ޒައިޝާ ގޮވާލިއެވެ. ޒިޔާޏްގެ ފައިގައި ކަސްތޮޅު އެޅުނު ކަހަލައެވެ. ފަހަތަށް އެބުރި ބަލަލީ ޔަޤީން ނުވާފަދަގޮތަކަށެވެ. އެއީ ހަމަ ޒައިޝަގެ އަޑެވެ. ޒައިޝާ ދުވެފައި އައިސް ޒިޔާޏްގެ އަތިގައި ހިފާލިއެވެ. ” އަޅުގަނޑުގެ މަންމަ. ކޮންމެވެސް ގޮތެއް އެބަވޭ ޑޮކްޓަރ. ޕްލީސް ހެލްޕް”. ޒިޔާން އަވަސް އަވަހަށް ނަފްސް ކޮންޓްރޯލް ކުރުމަށްފަހު އެ ދިމާލަށް ހިގައިގަތެވެ.
ޚަލިދާ ދެ ލޯމަރާލައިގެން އޮތް އިރުވެސް ފުން ނޭވާތަކެއް ބޭރުކުރަމުން ދިޔއެވެ. ޒިޔާން އައިސް މެޝިނަށް ބަލާލިއެވެ. “އޯމައި ގޯޑް. ޝީ އިޒް ސިންކިންގ”ޒިޔާންއަށް ބުނެލެވުނެވެ. ޒިޔާން ވަގުތުން އޭނާއަށް ކުރެވެން ހުރި މަސައްކަތް ތައް ކުރެވޭތޯ ބެލިއެވެ. ޒައިޝާ އިތުރު ޑޯކްޓަރުންނާއި ނަރުހުން ގޮވައިގެން އައެވެ. ހުރިހާ ޑޮކްޓަރުން ވެސް މަސައްކަތް ކުރަމުން ދިއެވެ. ޒިޔާން ކާޅިދާއަށް ސީ.ޕީ.އާރު ދެމުން ދިޔައެވެ. ނަމަވެސް ހިތް ހިގާގޮތް ބެލުމަށް ގުޅާފައިވާ މެޝިނުގެ ރޮގު އެއްކޮށް ސީދާވެގެން ދިޔައެވެ. ޒައިޝާ އާއި އައްސަދު ބޭރުގައި ނޭވާ އެތެރެއަށް ހިފަހައްޓަލައިގެން ތިއްބެވެ.
ޑޮކްޓަރު ޒިޔާން ބޭރަށް ނިކުތެވެ. ޒައިޝާ ކެތްތެރިކަން ކުޑަވެފައިވާ ގޮތަކަށް ޒިޔާންގެ މޫނަށް ބަލާލިއެވެ. ނަމަވެސް ޒިޔާން ދެފަރާތަކށް ބޯހޫރާލުމަށްފަހު އިސްދަށާށް ޖަހާލިއެވެ. ޒައިޝާ އަށް ޒިޔާންގެ އެ ބަހުރުވަ ދެނަގަންނާކަށް އުދަގުލެއް ނުވިއެވެ. ވަގުތުން ނނޫނެކޭ ބުނެ ރޮއެގަތެވެ. އައްސަދުއަށްވެސް ވީ އެފަދަ ގޮތަކެވެ. ނަމަވެސް ޒައިޝާއަށްޓަކައި އޭނާ ހިތްވަރު ގަދަ ކުރިއެވެ. ޒައިޝާ އަރިއަޅާކަހަލަގޮތެއް ވެގެން ދިޔައެވެ. ޒިޔާން ހުށިޔާރު ކަމާއި އެކު ޒައިޝާގެ ގައިގައި ހިފަހައްޓާލިއެވެ. ޒައިޝާ ގޮޑީގައި ބޭންދުމަށްފަހު ޒިޔާން އައްސަދުގެ ކޮޑުގައި އަތްބާވާލުމަށްފހު ބުންޏެވެ. ” އައިއެމް ސޮރީ. އައި ހޭވް ޓްރައިޑް އަ ލޮޓް”. އައްސަދު ބޯޖަހާޅިއެވެ. އެއަށްފަހު އޭނާ އަވަސް ވެގަތީ ޚާލިދާ ގެއަށް ގެންދިޔުމުގެ ކަންތައްތއް ނިންމޭތޯއެވެ.
ޒައިޝާ ހީވަނީ ގަޑުވެފައި އިންހެންނެވެ. އެއްވެސް ހަރަކާތެއް ނެތެވެ. މިހާޜު އެ ލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ނުވެއްޓެއެވެ. އޭނާ ތެދުވެ މަންމަ ބާއްވާފައި އޮތް ތަނާއި ދިމާއަށް ހިގައިގަތެވެ. ޒިޔާން ފަހަތުން ވަނެވެ. ޚާޅިދާގެ މޫނުވެސް ވަނީ ހުދު ފޮތިގަޑަކުން ނިވާކޮށްލާފައެވެ. ޒައިޝާ މަންމަ އާއި ކައިރިވެލުމަށްފަހު ފޮތިގަނޑު ތިރިއަށް ދަމާލިއެވެ. އެތާ އިން ނަރުސް ކުއްޖާ އާއި ދިމާލަށް ޒައިޝާ ބަލާލީ ނުރުހުމާއި އެކުއެވެ. ” ކީއްކުރަން މަންމަގެ މޫނުގަ ފޮތިގަނޑު އެޅީ. ނޭވާ ނުލެވޭނެކަން ނޭގޭތަ؟ ނިދަން އޮތްވާ ހޭލެވިދާނެ” ޒައިޝާ ބުނެލިއެވެ. އޭނާ ރުޅިއައިސްފަ ހުއްޓެއްކަމަކު ވާހަކަ ދެއްކީ މަޑުމަޑުންނެވެ. ޒިޔާން އަށް ޒައިޝާއަށް ކުރާނެ އަސަރު އިޚްސާސްވާކަހަލައެވެ. މަޑުމަޑުން ޒައިޝާގެ ފުރަގަހުން އޭނާގެ ކޮޑުގައި ޒިޔާން ހިފަހައްޓަލިއެވެ. އަދި ބޭރަށް ދާން ވީ ކަމުގައި ބުނެލިއެވެ. ޒައިޝާ ޒިޔާން އާއި ދިމާލަށް އެބުރުމަށްފަހު ތުންފަތުގައި އިގިލިޖައްސާލިއެވެ. “ޝްޝްޝްޝް ޑޮކްޓަރ ޒިޔާން. މަންމަ އެހާ ބަލިއިރު ނިދާފަ އޮތްވާ އުދަގޫ ކުރާކަށް ނުވާނެ. އެހާ ބާރަށް ވާހަކަ ނުދައްކާ”ޒިޔާންގެ ލޯ ކަރުނުން ފުރުނެވެ. ޒައިޝާ އަށް ނުއުފުލެވޭ ވަރުގެ ހިތާމަށް އެއް ލިބުމުން ޝޮކެއް ލިބުނީކަން އޭނާ ދެނެގަތެވެ.
ގަދަކަމުން ކަހަލަ ގޮތަކަށް ޒިޔާން ޒައިޝަ އެތަނުން ބޭރުކޮށްލިއެވެ. ޒައިޝާ ހުރީ އެކަމާ ޒިޔާން ދެކެ އިންތިހާއަށް ރުޅިއައިސްފައެވެ. އައްސަދުވެސް އެވަގުތު އެތަނަށް އައިސްފިއެވެ. ހުރި ހަމައެކަނި ދަރިފުޅުގެ ހާލު ފެނުވުން އޭނާގެ ހިތްހިތް ކުދިކުދި ވަމުން ދިޔައެވެ. ޒިޔާންގެ އެއްބާރުލުން ލިބޭތީ އޭނާ އެކަމާ ވަރަށް އުފާކުރިއެވެ. ޒިޔާން އެކި އެކި ވާހަކަ ދައްކައިގެން ޒައިޝާ ގޮވައިގެން އައްސަދުގެ އެދުމުގެ މަތީން ގެއަށް ދިޔައެވެ. ޒިޔާން އަށް އައްސަދު އަކީ ކާކުކަން ނޭގުނަށް މުއްސަދި މީހެއްކަން އެގެއެވެ. އެހެން ކަމުން އޭނާ އައްސަދު ގެ ބަހަށް އިޙްތިރާމް ކުރުމުގެ ގޮތުން އެއްބަސްވެލިއެވެ.
ޒިޔާން އާއި ޒައިޝާ ގޮވައިގެން ޑްރައިވެޓް ކާރުގައި އައިސް ހަވޭލި ގޭޓު ތެރެއިން ވަދެގެން އައެވެ. ޒިޔާން އިނީ ބުނާނެ އެއްޗެއް ވެސް ނޭގިފައެވެ. ޒައިޝާ އަކީ މިހާ މުއްސަދި މީހެއްގެ ކުއްޖެއްކަމަށް އެއްގޮތަކަށްވެސް ޒިޔާންއަކަށް އެގިފައެއް ނެތެވެ. (ނުނިމޭ)
5 Comments!
Comments are closed.
Reethi mibaives 🙂 Critical akee kobaatha?
reem critical maana akee. varah naazukey.. n thanks 😀
Kaalhidhaa eii kaakutha? lol :p
It’s a plsauere to find someone who can think so clearly
That’s a subtle way of thinking about it.