Skip to content
އެސްފިޔަ

ލޯތްބައް ހުތުރު އެރުވި ބޭވަފާތެރިޔާއަށް

ލޯތްބަކީ އެންމެ ދެ އަކުރުން ކިޔާލެވޭ ލަފްޒަކައް ވީމަތަ އެއަށް ބޭނުން ގޮތެއް ތި ހަދާލަނީ؟ ލޯތްބަކީ ކޮން ފަދަ ނާޒުކު ގުނަވަނަކުން އުތުރި އަރާ ކޮން ފަދަ ނާޒުކު ޖަޒުބާތެއް ކަން ނޭންގެނީ ތަ؟ ލޯބި ވެވިޖްޖެނަމަ އޭގެން ހިތަށާ ރޫހަށް އަދި ޖާނަށް ލިއްބައިދޭ އިހުސާސްތައް ތަސައްވަރު ކޮށްލަން ވެސް ކަލާއަށް ނޭންގެނީތަ؟ ވަފާތއެރިކޮން އުޅެފަ ލޯބި ދީފަ ބޭވަފާވެ އެލޯބި ފޭރިގަތުމުން އެލޯބި ލިބިގަން ނާޒުކު ގުނަވަނަށް ތަހައްމަލް ކުރަން ޖެހޭނެ ޖަޒްބާތުތައް ހިޔާލައްވެސް ގެންނަން ނޭންގެނީ ތަ؟ އެއީ ފެން ދީފަ ކަތިލުން ފަދަ ހިތި ހިތާމަ ވެރި ކެއްނުކުރެވޭވަރުގެ ވޭނީ އުދާހެއްކަން ހަމަ ނޭންގެނީތަ؟ އެ ކުޑަކުޑަ ދެ އަކުރުގެ ލަފުޒުން މީހެއްގެ ފުރާނައަށްވެސް ނުރައްކާ ކޮއްފާނެ ކަމާއިމެދު ދުވަހަކު ވެސް ވިސްނާލެވިފާ ނެތީތަ؟ އެހެންވެޖްޖެނަމަ އޭގެ މާނައަކީ ލޯބި އެލަފުޒު ކުޑަ ވީމަ ކަލާއަށް ހަމައެކަނި އެނގެނީ އެލަފުޒު ކިޔާލަންކަން، އޭގެ އަސްލު މާނަޔާ ފުން އިހުސާސްތައް ކަލާ އަށް ކުޑަކޮށް ވެސް ނޭންގޭކަން.
ލޯބި މިލަފުޒުން އުފެދިފައިވާ ލޯބިން މިއީ ވެސް ކިހާ ވަރެއްގެ ބަހެއްކަން ކަލާއަށް އެންގޭތަ؟ އިހުސާންތެރިކަމާއިއެކު ކޮށްދޭ ކޮންމެ ކަމެއްވެސް ކޮއްދޭނީ މިލަފުޒުގެ އެހީގާ ލޯބިން. ލޯބިން މިލަފުޒުގެ ވަކި ބަސްތަކުގެ މާނައަށް ބަލާލާއިރުވެސް އެއީ ހައިރާން ކުރުވާ ވަރުގެ އަގުބޮޑު ފުން މާނައެއް އެކުލެވިފައިވާ ބަހެއް. ދިރި ހުރުމާއި އިންސާނާގެ އިހުސާސް ތަކާ އަދި ހިތުގެ އެންމެ ހިމަ ނާރާވެސް ކުޅެލާ ވަރުގެ ޝުއޫރެއް. އިންސާނާ ދިރި އުޅުމަށްޓަކާއި ބޭނުންވާ އަސާސީ ހިދުމަތްތަކުގެ ކުރިއަށް ނެރެން ބޭނުންވާ އޯގާތެރި ކަމެއް. “ލޯ” މިއީ އިންސާނާގެ ފެނުމުގެ އަސްލު ކަމައްވެފާ ދިރިއުޅުމަޓަކާ ލޮލަށް ފެނުމުގެ ނިއުމަތް ކޮންމެ އިންސާނަކު ވެސް ބޭނުން ވޭ. “ބިން”، ދިރި އުޅުމައްޓަކާ ބިމުގެ ބޭނުން ކޮންމެ މީހަކައް ވެސް ޖެހޭ. މާތް ﷲ އިންސާނާ ދުނިޔެއަށް ފޮނުއްވީވެސް ބިން އާރާސްތު ކުރުމަށް، އެހެން ކަމުން ބިން އާރާސްތު ނުކުރެވޭ ނަމަ އަހަރެމެން ދުނިޔެއަށް ފޮނުވި ބޭނުން ވެސް ނެތުނީ. އެބިން އާރާސްތު ކުރެވޭނީ ވެސް ބިން ލިބިގެން. އެހެން ކަމުން ލޯބިން މިލަފުޒަކީ ވެސް ކިތަންމެ ކުޑަ ނަމަވެސް އޭގާ ބަލާގާތްތެރިކަމާއި މައުނަވީ އިހުސާސް ތަކެއް އަދި އޯގާތެރި ކަމާއެކު އިހުސާންތެރި ފިރުމުންތަކެއް ފިރުމަން ބޭނުންވާ ނިކަމެއްޗެއް. ލޯބިން ކަންތައްތައް ކޮށްދިނުމަކީ ކިހާ މުހިންމު ކިހާ ބޭނުން ތެރި ކަމެއް ކަން މިހާރު ކަލާ އަށް އެނގިއްޖެތަ؟ ދިރިއުޅުމުގާ ލޯބިން ކަންތައްތައް ކޮށްދިނުމަކީ ކިހާ މުހިންމު ކަމެއްކަން މިހާރު އެނގިއްޖެތަ؟

“ލޯބި” އަދި “ލޯބިން” ކިތަންމެ ކުޑަކުޑަ ދެ ލަފުޒު ނަމަވެސް އެއީ ކިހާ ވަރެއްގެ އެއްޗެއްކަން ކަލާއަށް މިހާރު އިހުސާސް ކޮއްލެވޭނެ. ލޯބި ދެނީ ލޯބިން ކަމުގާވާނަމަ އެ ދޭގުނަވަނަކުން އެ ލިބޭ ނާޒުކު ގުނަވަނަކައް ކުރުވާނެ އުފާވެރި އިހުސާސްތައް ކަލާއަށް މިހާރު ހިތައް ގެނެވޭނެ. އަދި ލޯބިން ލޯބި ދީފަ އެ ފޭރި ގަނެފިނަމަ ލިބޭނެ ވެނާ އުދާސް އަދި އުތުރި އަރާނެ ނުތަނަވަސްކަން މިހާރު ކަލާއަށް އެނގޭނެ. ކިޔަވައިދީގެން ލޯބި ދަސްވާނެނަމަ މިވަރުން ކަލާއަށް ދަސްވާނެ. ކަލާތީ ލޯބި ދިނުމުން ވެސް ލޯބިއެއީ ކޮން އެއްޗެއްކަން ނޭނގުނު މީހެއް. އެކަމަކު ކުރިންވެސް ލޯބި ދަންނަމޭ ކިޔާ ދައުވާ ކުރަން ބޭނުން ވާނެކަން އެނގޭ. އެހެން ނަމަވެސް މިއަދު ކަލާއަށްޓަކާ އެދޮރު އަދި މުޅި މަގު ވެސް ވަނީ ރަތްބޮކި ދިއްލި ޓްރެފިކުގާ ޖެހި ފެހިކުލައަށް ބަދަލު ނުވުމައް އަޒުމް ކަނޑައަޅައިފަ. އެއީ ކީއްވެގެން ކަން ކަލާއަށް އެނގޭތަ؟ އެއީ ލޯބި ވެޔޭ ކިޔާފަ ލޯތްބައް ހުތުރު އެރުވީމަ.

ކަލާ މިހާރު ހަންދާން ނެތުނީތަ؟ އަހަރެންނާ އެކުވީދުވަސްތަކުގާ ކަލާ އަހަރެންނާއެކު ވުމައް އެތަކެއް އަހުދުތަކާ ވައުދު ތަކެއްވި. ހަނދުވަރުގެ ރިހި އަލީގާ ހަނދާ އޭގެ ބައިވެރިން ކަމުގާއިވާ ތަރިތައް ވެސް ހެކިކޮއް ދުވަހަކު ވެސް ބޭވަފާތެރި ނުވާނަމޭ ބުނެލޯބީގެ ބަސްތައް، އަހުދުގެ ބަސްތައް ލޯބިން އަހަރެންގެ ކަންފަތުގާ ބީއްސި. ހެވާއި ނުބައި އޮޅިފާހުރި އަހަރެންނަށް ހީވީ އެއީ މާމުއި ހަންދު ކަމުގާ. ކަލާ ދެއްކި ވާހަކަތަކަކީ އަސްލު ކަމުގާ. ލޯބިވެޔޭ ބުނެ އަޅުވަމުން ދިޔަ އަނދުން އެއީ ވަގުތީ އެއްޗެއް ކަމުގާއި އަހަރެންނަށް ދުވަހެއްގަވެސް ހީވެފައެއް ނެތް. ތިފަދަ އޮޅުވާލުން ތަކެއް އޮޅުވާލަން ކުރިން ރާވާފާ އޮތްކަން އަހަރެންނަށް އެނގުނުނަމަ ތިމަޅިއެއްގާ އަހަރެންނެއް ނުޖެއްސުނީސް. އެކަން ކުރިން އެނގުނުނަމަ ކަލާއަށް ލޯބި ދަސްކޮށް ދެވުނީސް. އޭގެ ސަބަބުން އުތުރިއަރާނެ ޖަޒުބާތުތައް ވެސް ކިޔާ ދެވުނީސް. އެއަށް ގަދަރު ކުރަން ވީގޮތްވެސް އުންގަންނައި ދެވުނީސް. ނަމަވެސް ތީ ވަފާގެ ކުރި އަށް “ބޭ” ލައިފަ، ވަފާތެރި ކަން ބޭވަފާތެރި ކަމައް ބަދަލު ކޮއްލާނެ މީހެއް ކަމަކައް އަހަރެންނަށް ހީކުރެވިފަ އެއްނެތް. ލޯބި އެލަފުޒު ކަލާ ގެ ކުރި މަތީގާ އެއްވެސް އަގެއް ނެތް އެއްޗަކައް ހަދާނެ ކަން އެންގުނު ނަމަ ކަލާ އަށްޓަކައި އަހަރެން ވީ ގުރުބާނީތަކުގެ ބައިކުޅަބައިވެސް ނުވީސްކަންހަމަ ޔަގީން.

އަހަރެންގެ އަގުހުރި ވަގުތުތައް، ކިޔެވުމަށް ހޭދަ ކުރަންވާ ބޭނުންތެރި ވަގުތުތައް، އެންމެންގެ ނުގަބޫލުގާ ވެސް ކަލާއަށްޓަކައި ގުރުބާން ކުރީ ކަލާގެ ފަރާތުން ހަގީގީ ލޯބި ލިބޭނެ ކަމަށް އުއްމީދުކޮއްގެން. އެއީ ކަލާ އަހަރެން ދެކެ ވަނީ ހަގީގީ ލޯބި ކަމުގާ ބުނެ ދައްކަމުން ދިޔަ ދަޅަތައް ގަބޫލް ކުރެވުނީމަ . އެހެން އެވެސް މީހަކައް އިތުބާރު ނުކޮށް، ރަހުމަތްތެރިންނާއި އާއިލާ މީހުން ދިން އަގުހުރި ޖަވާހިރުތަކެއްފަދަ ނަސޭހަތްތަކުގާއި ކޮޅުފައިންޖަހާ އެމީހުންގެ އުމްމީދުތަކުގާ މިދެ އަތުން ހުޅު ރޯކުރީ ކަލާއަށް ކުރެވުނު އިތުބާރެއްގެ ބޮޑު ކަމުން. އެހެން ނަމަވެސް މިއަދު އަހަރެންނަށް އެނގިއްޖެ. ތިޔަކަހަލަ މީހުން ލޯބި އެލަފުޒައް ހުތުރު އެރުވުން ނޫން ކަމެއް ނުކުރާނެކަން. ވަފާތެރި ވެއްޖެނަމަ ބޭވަފާތެރި ވާނެކަން. ލޯބި ވެވިޖްޖެނަމަ އެލޯބިވީ ހިތެއް ރޮއްވައި ކުދިކުދިކޮއް ހިތާމައިން ނިމިދާވަރު ކުރާނެކަން. ދަޅަ ދައްކައިގެން ތިގޮތައް މީހުން ހެއްދުން އެއީ ހޮބީ ކަމުގާ ދެކޭނެކަން.

ތިއަފަދަ ބޭވަފާތެރި ކެހިވެރިއެއްގެ އަތްދަށުން ސަލާމަތްވި ކަމައްޓަކައި އަހަރެން ﷲ އަށް ޝުކުރު ކުރަން. ކަށިބޯ ޖަންގައްޔަކައް ވަދެ މަގު އޮޅޭ ހިސާބަށް ނުދެވެނީސް، ތިޔަ އަނިޔާވެރިޔާގެ އަތްދަށުން ސަލާމަތްވިކަމައްޓަކައި ހިތުގެ އެންމެ އަޑިން މިއަދު އުފާ ކުރަން. އަދި ބުނަންތަ؟ ފެތުނު އޮޑިއެއްގެ ރިޔާ ދަށުވިޔަސް ކަލާގެ އަތްދަށު ނުވުމަށް އަހަރެން ހިތުގެ އެންމެ އަޑިން އަޒުމް ކަނޑައަޅައިފިން. އިރާދަ ކުރެވިއްޔާ މިކަމުގާ އަހަރެންނަށް ކާމިޔާބު ލިބޭނެ. ކަލާއަށް ވެސް އުފާވެރި ކަމައް އަހަރެން އެދެން. އެހެން ނަމަ ވެސް އަހަރެންގެ ހަޔާތާ މުޅިން ވަކިން. ކަލާއަށްޓަކައި އަހަރެންގެ މުޅި ހިތްވަނީ ބަންދުވެފާ. ތި ހަޔާތައް ދުވަހެއްގާ ވެސް ކައިރިވާކައް ދެން ބޭނުމެއްނޫން. އަދި އަހަރެންގެ ހަޔާތަށް ކަލާގެ ތިޔަ އަނދިރި ހިޔަނި ދުވަހެއްގާ ވެސް އެޅޭކަށް އަހަރެން ބޭނުމެއްނޫން. ކަލާ އަހަރެންނަށް ހޭޔޮ އެދޭނަމަ އަހަރެންގެ ހަޔަތާ ދުރުގާ އެހެން ދިރިއުޅުމެއް ފަށާ. ކަލާއަށް ބާއްޖަވެރި އުފާވެރި ދިރިއުޅުމަކައް އެދެން …

-ޒާޝް-

Comments (10)

  1. koo

    V v v v v shalhi

    1. A
      koo

      v v salhi… hama obi novey…

    2. Anonymous
      A

      vvvv salhi

  2. jhygyftf

    hus haasaru, neyy kiyaahiyy ves, mee bandhi up kura sitehtha

    1. Anonymous
      jhygyftf

      nooneyy ingeythw thiee hama olhumeh…. vaahaka up load kurany…. vaahakaige dhekolhu bahlavaaba…. its my humble to jhygyftf

    2. Ruhoo
      jhygyftf

      Eh ves reehcheh nun kiyaahiy ves kendihje

  3. maa

    v.salhi…

  4. Akki

    awwwwn. zaash! Is this a true story. This is horrible. You ah thihenn hedhi mee hakah halaaku huri. Dhuniyey gai koafaa nudheh keviyas aakhi rathu gai thi kamu ge azaabu emee haa ah libeyne. iraadha kureh viyyaa zaash thi hiree salaa mai vefa. in sha allah, you ah dhedhuni yay gai ves baajje verikan dheh vaane.

    1. gg
      Akki

      aameen

  5. Mysha

    Seriously….
    Mee hama xaash ge tha…
    Awww..???
    So sad….

Comments are closed.