އެއްދުވަހެއްގެ މެންދުރުފަހުގެ ވަގުތެކެވެ. އަހަރެން އިނީ ބުރުޒުމަގު ފްލެޓް ފާރު މަތީ ސިނގިރޭޓެއް ރޯކޮށްލައިގެންނެވެ. ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. އަހަރެންގެ އެކަނިވެރިކަމާއި ދޭތެރޭގައެވެ. އަހަރެން ފަހީމާއްތަގެ ގެއިން ނެރެލީ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ފަހުންނެވެ. އަހަރެންގެ މަންމަ މިދުނިޔެ ދޫކުރީ އަހަރެންގެ ސަބަބުންނެވެ. އަހަރެންގެ ބައްޕަ ވަނީ އަހަރެންނާއި ގުޅުން ކަނޑާލައިފައެވެ. ގިނައެކުވެރިންތަކެއް ޖަލުގެ ތޭރިތަކުގެ ބިއްދަށުގައި ދުވަސްތައް ގުނަމުން ދަނީއެވެ. އަހަރެންގެ ޢާއިލާއެއް ނެތެވެ. އެއްބަނޑު ތިމާގެ މީހެއް ނެތެވެ. އަޅާލާނެ ޔާރެއް އިޔާރެއް ނެތެވެ. ދިރިހުރީތީ ހުންނަމީހެކެވެ. ދިރިއުޅުމަކަށް މަޤްސްދެއްނެތެވެ. އަހަރެންނަށް ހުރެވުނީ ދެރަވާންވެސް ނޭނގިފައެވެ. އެހެން އަހަރެންނަށް އިނދެވުނީ ކިހާއިރެއްވަންދެން ކަމެއް ނޭނގެއެވެ.
އަހަރެންގެ އެކަނިވެރި ޚިޔާލުތަކުން ބަރުވަމުން ދިޔަ އަހަރެންގެ ސިކުނޑިއަށް ފިނިކަމެއް ލިބިގެން ދިޔައެވެ. ފެނުނު މަންޒަރަކުންނެވެ. އެއީ އަހަރެން މީގެކުރިން ދުވަހަކުވެސް ދެކެފައި ނުވާފަދަ ފުރިހަމަސޫރައެކެވެ. ބޯކިރުކޮޅެއްފަދަ ރީތި ދޮން ހަންގަނޑެއް ލިބިފައިވާ ޖާދުލެއްފަދަ ރީތިކަމެކެވެ. ކަޅު ރަންކުލައަކަށްދާ ފަން އިސްތަށިގަނޑެކެވެ. މަޑު ފިޔާތޮށި ކުލައިގެ އެތުނި ތުންފަތުގެ ނާޒުކުކަމާއެވެ. އެފަދަ ފުރިހަމަކަމެއް ދުވަހަކު އަހަރެންގެ ލޮލަކަށް ފެނިފައެއް ނުވެއެވެ. ހެދިހުރި އިސްކޮޅެކެވެ. ފުރިހަމަ ވަނާ ތަކެކެވެ. ލޫޅާފަތި ހަށިގަނޑެކެވެ. ހިމަލޯލި އިނގިލިތަކެކެވެ. ބިއްލޫރިކޮޅެއްފަދަ ސާފު ބޮޑު ދެލޮލެވެ. ޤުދުރަތުގެ މިސާލެއް ނެތްފަދަ ފުރިހަމަކަމެކެވެ. އަހަރެންނަށް އިނދެވުނީ އާޝޯޚުވީވަރުން ގުޑިލަންވެސް ނޭނގިފައެވެ.
އަހަރެންނާއި ދިމާލަށް ހިނގަމުން އައި ކުއްޖާ ކައިރިވަމުން އައި ވަރަކަށް އަހަރެންގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ. އަހަރެންނަށް އެކުއްޖާނޫން އެހެން އެއްވެސް ތަނެއް ނުފެންނަކަހަލައެވެ. އަހަރެންގެ ހިތުގެ ތެރޭގައި އެސޫރަ ކުރެހިގެންދިޔައީ ނުފޮހެވޭނޭފަދަ ދެއްޔަކުންނެވެ. އެންމެ ފެނިލުމަކާއިއެކު އަހަރެންގެ ދޫބަންދުކޮށްލީ އެއީ ފަހެ ކޮންފަދަ ޝެހެޒާދާއެއްހެއްޔެވެ؟ އެކުއްޖާ އަހަރެންނާއި އަރާ ހަމަވިވަގުތު ޕޭމެންޓުން ހިއްލިފައި އިން ގަލެއްގައި އަޅައިގަނެފައި އެކުއްޖާ އޮފްބެލެންސް ވިއެވެ. ވެއްޓެން ދިޔަ އެކުއްޖާ ސަލާމަތް ކުރުމަށް ދުނިޔޭގައި ވި ހުރިހާވަގުތެއް އަހަރެންނަށް އޮތްކަހަލައެވެ.
އަހަރެންގެ އަތުގެ ތެރޭގައި އެކުއްޖާ ހިފަހައްޓައިލެވުނު އިރުގައި އެކުއްޖާ އޮތީ ލޯމަރައިގެނެވެ. އެމައުސޫމު ރީތިމޫނަށް އަހަރެންނަށް ބަލައިލެވުނީ ފުންނަޒަރަކުންނެވެ. އަހަރެންގެ އަތުގެ ތެރޭގައި އެކުއްޖާގެ އެފަދަގޮތަކަށް ވުމުން އަހަރެންގެ ހުރިހާ ޙިއްސެއް އެކީ މަސައްކަތް ކުރަންފެށިކަހަލައެވެ. ހިތުގެ ތެޅުން އަވަސްވެ، މޫނުމަތި ރަތްވެގެން ދިޔައީ ބޭއިޚްތިޔާރުގައެވެ. އެވަގުތު އެކުއްޖާ ލޯ ހުޅުވައިލިއެވެ.
” ތެންކިޔޫ. . ” އެ ނާޒުކުތުންފަތުން ހިނިތުންވެލީ އަހަރެންގެ ހިތް ފޮތިފޮތި ކުރަމުންނެވެ. ކޮންފަދަ އަސަރުގަދަ ހިނިތުން ވުމެއްހެއްޔެވެ؟ ފޮނި މިއުޒިކެއްފަދަ ނިޔަނެތި އަޑެކެވެ.
“އަހަރެންގެ ގައިން ދޫކޮށް ނުލާނަންތަ. . ؟ އެ ހުރިހާ އެންމެން އެތިބީ ބަލަން. . ” ތެދެކެވެ. އެހުރިހާއިރަކު އަހަރެންނަށް އޮވެވުނީ އެކުއްޖާއަހަރެންގެ އަތުމަތީ ބާއްވައިގެންނެވެ. ވަގުތުން އަހަރެން އެކުއްޖާ ބެހެއްޓީމެވެ.
“ސޮރީ. . ” އަހަރެން އަވަސް އަވަހަށް މަގުމައްޗަށް ވެރިފައިވާ އެކުއްޖާގެ ފޮތްތައް ހޮވައިދޭން ތިރިވީމެވެ. އެކުއްޖާއަށް ވެސް ތިރިވެވުނީ ހަމައެވަގުތުއެވެ.
“އައުޗް. . ” އަހަރެންގެ ބޮލުން އެކުއްޖާގެ ބޮލުގައި ޖެހިފައި ދެމީހުން ދެދިމާލަށް ވެއްޓުނެވެ. އެވަގުތު އެކުއްޖާގެ ލޮބުވެތި ހުނުމުގެ އަޑު އިވިގެންދިޔައެވެ. އަހަރެންގެ ހިތް އުފަލުން ނަޝާލިއެވެ. އަހަރެންނަށްވެސް ހެވުނެވެ. އެވީ ގޮތުންނެވެ. ކޮންކަހަލަ އިއްތިފާޤެއް ހެއްޔެވެ؟
“ސޮރީ އެގެއިން. .”އަހަރެން އަނެއްކާވެސް މާފަށް އެދުނީމެވެ.
” އަޅާނުލާ. . އަވަހަށް ތާކަށް ދާންވެގެން ދަންޏާ މިނޫން ވަރެއް ނުވާނެ. . ” އަހަރެން ދިއްކޮށްލި ފޮތްތަކުގައި ހިފަމުން އެކުއްޖާ އަނގަކޮޅަށް ގޮތެއް ހަދައިލިއެވެ. އެކުއްޖާގެ ކޮންމެ އަދާއެއް ދިޔައީ އަހަރެންގެ ހިތުގެ އެންމެ ފުނަށް އޭގެ އަސަރު ކުރުވަމުންނެވެ.
“އެކަމަކު ދެން އެހެން ނަހަދައްޗޭ. . ” އަހަރެން އެކުއްޖާއަށް ބަލައިލަމުން ބުނެލީމެވެ.
“ކިހިނެއް؟. .” ކޮޅަށް ތެދުވެ ހަމަޖެހިލަމުން ސުވާލުން ފުރިގެންވާ ނަޒަރަކުން އަހަރެންނަށް ބަލައިލިއެވެ.
” ވެއްޓެން ދިޔައިރު ތިއޮތީ ލޯމަރައިގެން. . ދެންމެވެސް މަ ނުހިފެހެއްޓިނަމަ ބޯފަޅައިގެންގޮސް ހޮސްޕިޓަލަކަށް ނޫން ކަމެއްނޭނގެ ގެންދަންޖެހޭނީކީ. . ؟” އަހަރެން އެމަންޖެގެ ފަހަތުން ކުރިއަށް ދަމުން ވާހަކަ ދެއްކީމެވެ.
“ހެހެހެ.. ކަމެއް ނުވިޔެއްނު. . ” އެއްވެސް ހާސްކަމެއް އެމޫނުމަތިން ފެންނާކަށް ނެތެވެ.
“ކޮންނަމެއް ކިޔަނީ ބިރުކުޑަ އަލީ. . ” އަހަރެން ވަރަށް ހިތަވަރުކޮށްލާފައި އަހަރެންގެ ހިތުގައި އުތުރި އަރަމުންދާ ޝުޢޫރުތަށް ވަންހަނާކޮށްލަމުން ހަމަޖެހިލެވޭ ތޯ ބަލަމުން ދިޔައީމެވެ.
“އާޔާ. . ” އެއްވެސް ޖެހިލުމެއް ނެތި ނަންވެސް ބުނެލައިފިއެވެ. އާޔާގެ ކޮންމެ ހަރަކާތެއް، ކޮންމެ ޖުމްލައެއް ދިޔައީ އަހަރެންނަށް ހައިރާން ކަން ގެނުވަމުންނެވެ.
“އާޔާ ތީ ކޮންކަހަލަ ކުއްޖެއް؟ ޖެހިލުމެއް ނުވޭތަ ތިހާރީތި ކުއްޖެއް މަށާ ތިހާ ކޫލް ކޮށް ވާހަކަ ދައްކާކަށް؟ ދެންމެ އަލަށް ތި ފެނުނީވެސް. . އަނެއްކާ މަމިހިރީ ހުރިގޮތް. . ބޯދިގުކޮށްލާފަ، ކަރުގަވެސް ފަށް އަޅާފަ، މަ ފެނިފަ އަންހެންކުއްޖަކަށް ބިރުން ނުކެރޭނެ އަނަގައިން ބުނާކަށްވެސް ކަމެއް ކޮށްފާނެތީ. . ؟”
“އަހަރެން ބިރެއްނުގަނޭ. . ތަނަކަށް ވަދެފިލާ އޮތަކަށް އެމީހެއްގެ އަޖަލު އައިސް ޖެހުނީމަ މަރުވާނެ. . އެއީ މީހަކަށް ހިފެހެއްޓޭނެ ކަމެއްނޫން. .” އާޔާގެ އެޖުމްލައިގެ ފަހަތުގައި ފޮރުވިފައިވާ މާނައަކީ ކޮބައިކަމެއް އަހަރެންނަކަށް ނޭގުނެވެ. އޭރު އަޙްމަދިއްޔާ އާއި އަރާ ހަމަވަނީއެވެ. އާޔާ އައީ އަޙްމަދިއްޔާއަށް ކަން އެނގުމުން އަހަރެން މަޑުކޮށްލީމެވެ.
“އަކްޔަން. . މަށަށް ކިޔަނީ. . އަދި ދިމާވާނެތަ. . ؟” އަހަރެން ތެޅިތެޅި އޮތްހިތަކާއި އެކު އެހީމެވެ. އެވަގުތު އާޔާ ހުއްޓިލާ ފަހަތް ބަލައިލިއެވެ. އަހަރެންނާއި ހަތަރުކަޅި ހަމަކޮށްލަމުން ހިނިތުންވެލިއެވެ.
“ތަޤްދީރުގަ އަހަރެމެން ދިމާވާން ހުރެއްޖިއްޔާ ދިމާވާނެ. . ” އާޔާ ގޮސް އަހްމަދިއްޔާއަށް ވަންނަންދެން އަހަރެންނަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. އާޔާގެ މާނަފުން ބަސްތައް ދިޔައީ އަހަރެންގެ ސިކުނޑީތެރޭ ގުގުމަމުންނެވެ. އެއީ ހަމަގައިމުވެސް އާދަޔާ ޚިލާފު ކުއްޖެކެވެ.
އަހަރެން އެނބުރިގޮސް ފްލެޓް ކައިރީގައި މަޑުކޮށްލީމެވެ. އާޔާ ގެއަށް ދާން އެނބުރިއަންނަ އިރެއްގެ އިންތިޒާރުގައެވެ. އެހެން އަހަރެން އިންދާ ގޮސް ރޭގަނޑު ނުވައެއް ޖަހަން ކައިރި ވެއްޖެއެވެ. އަހަރެން ބަނޑުހައިވެގެން ހަލާކުވާ ވަރު ވެއްޖެއެވެ. މެންދުރުވެސް އަހަރެން ހުރީ ކޮފީއެއް ބޮއިލި ގޮތަށެވެ. ނަމަވެސް އަހަރެން ކާންދާނެ ވަކިތަނެއްވެސް ނެތެވެ. ރައްޓިއްސަކަށް ގުޅާފައި ކޮފީއަކަށް ދާންވެސް ހިތަށް އެރިއެވެ. ނަމަވެސް އާޔާއާއި ދިމާނުވަނިސް ދާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އަހަރެންގެ އިންތިޒާރުގެ ފޮނިނިމުން އައުމަކަށް މާކަ ގިނައިރުތަކެއް ނުނެގިއެވެ. އާޔާ އަންނަތަން ފެނިފައި އަހަރެންގެ ހިތަށް ފިނިކަމެއް ލިބިއްޖެއެވެ.
އާޔާ އަހަރެންނާ އަރާ ހަމަވުމުން އަހަރެން ފާރުބުރިމަތިން ފޭބީ އާޔާ ކުރިމައްޗަށެވެ.
” އެކަނިތަ ގެޔަށްދަނީ. . ބަލާ ޕޭރެންޓެއް ނާދޭތަ؟. . ” އަހަރެން ހައިރާންވެފައި އަހާލީމެވެ.
“އާނ. . އަހަރެން ބޭނުންވަނީ އެކަނި ދާން. . އަމިއްލަ މިނިވަން ކަމުގައުޅެން. . އަހަރެން ބޭނުން މީހަކާ ވާހަކަދައްކާލާ. . އަހަރެން ބޭނުން ތަނަކަށް ގޮސްލާ އުޅެން. . ” އާޔާ އަތުގައި އޮތް ބަދަން ޕެކެޓުން އެތިކޮޅެއް އަނަގަޔަށް ލަމުން އަހަރެންނާ ވާހަކަދެއްކިއެވެ.
“އަން. . ” އާޔާ އަހަރެންނަށް ބަދަންޕެކެޓް ދިއްކޮށްލިއެވެ. އެއީ އަހަރެންނަށް މީރު އެއްޗެއްކަން އާޔާއަށް އެނގުނީ ހެއްޔެވެ؟ ނޫނީ އަހަރެން ހުރީ ބަނޑުހައި ވެފައިކަން އާޔާއަށް އެނގުނީހެއްޔެވެ؟ އަހަރެންގެ ބަނޑުން އަޑެއް ލައްވައިލިއެވެ. ހައިވެފައި ހުރިވަރުންނެވެ. ނަމަވެސް އަހަރެންނަކަށް އެ ބަދަން ޕެކެޓަކު ހިފާކަށް ނުކެރުނެވެ.
“ނޫނޭ. . މަ ފުލް. . ” އަހަރެންގެ ގަސްތުގައި ދޮގެއް ހަދާލާ އަހަރެންގެ ޙާލަތު ސިއްރުކުރީމެވެ.
“އިޓްސް އޯކޭ. . ކީޕްއިޓް. . ބަނޑުހައި ވީމަ ކާނީ. . އަހަރެން ވަރަށް ފޮނި އެއްޗިއްސެއް ނުކަން. . ކުއްޖަކު ދިން ހަދިޔާއެއް މި. . އެހެންވީމަ ރަހަބަލާލީވެސް. . ” އާޔާ އަހަރެންނާއި ވާހަކަދައްކަމުން ދިޔައީ މީގެ ކުރިން އެއްވެސް މީހަކު އަހަރެންނާއި ވާހަކަ ނުދައްކާހާ ހިތްހެޔޮ ކޮށެވެ. އަހަރެންނަކަށް އާޔާގެ އެދުމަށް ފުރަގަސް ދޭކަށް ނުކެރުނެވެ. އެހެންކަމުން އަހަރެން ބަދަންޕެކެޓްގައި ހިފީމެވެ. އަދި އޭގެން އެތިކޮޅެއް ރަހަބަލައިލީމެވެ. އަހަރެންގެ ލޮލުން ކަރުނަ އައީ ބޭ އިޚްތިޔާރުގައެވެ. އެއީ ފެންނަމުންދާ ހުވަފެނެއް ކަހަލައެވެ. އެކަހަލަ އެއްޗެއްވެސް އަހަރެންގެ ބަނޑަށް އެތެރެ ކޮށްނުލާތާ ދެދުވަސް ވީއެވެ. ކާއެއްޗެއް ނުފެންނަތާ ގިނަދުވަސް ވެފައިވާ މީހެއްފަދައިން އަހަރެން ކަމުން ދިޔައީމެވެ. ވެފައިވާ ހައިހޫނުކަން ފިލުވުމަށެވެ. އަހަރެންނަށް ބަލައިލެވުނު އިރު އާޔާ ހުރީ އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އަހަރެންގެ މޫނުމަތީގައި ވިއެއްޗެއް ދެނެގަންނަން އުޅޭ ފަދައިންނެވެ. އަހަރެން އަނގައިގައި ހުރިއެއްޗިހި ދިރުވާލާފައި ވާހަކަދެއްކީމެވެ.
“ތެންކްސް. . “
“އަކްޔަން ބޭނުމިއްޔާ ވާހަކަދައްކާލަން މަޑުކޮށްލެވިދާނެ. . ” އާޔާގެ އެޖުމްލައާއިއެކު އަހަރެންގެ ހައިރާންކަން އިތުރުވިއެވެ. އާޔާއަކީ ކޮންކަހަލަ ކުއްޖެއް ހެއްޔެވެ؟ އެހެން ކުއްޖެއްނަމަ އުޅޭނީ އަވަހަށް އަހަރެންގެ ކިބައިން ސަލާމަތް ވެވޭތޯ ނޫންހެއްޔެވެ؟
“ނޫނޭ. . ނުދަންނަ މީހުންނާއި އެއްކޮށް ރޭގަނޑު ވާހަކަ ދައްކަން ތިބުމަކީ ސޭފް ކަމެއް ނޫން. . މަ އާޔާ ގެޔަށް ލައިދޭނަން. . ” އާޔާ އަށް ނުވިސްނޭތީ ހަމަ ހައިރާން ވެއްޖެއެވެ. އަހަރެން ނޫން އެހެންމީހަކާ ދިމާނުވިކަން ނަސީބެކޭ އަހަރެންނަށް ހިތަށް އެރިއެވެ. އެއްވެސް ޖެހިލުމެއް ނެތި އަހަރެންނާއި ވާހަކަދައްކަން މަޑުކުރަން އާޔާގެ ހިތަށް އެރީ ކީއްވެގެންބާއެވެ؟ އަހަރެންގެ ހިތުން އާޔާ ވަނީ ޚާއްސަ މަޤާމެއް ހޯދައިފައެވެ. އެހެންކަމުން އާޔާއަށް ދެރަގޮތެއް ވުމަކަށް އަހަރެންނަށް ނޭދެވެއެވެ. އަހަރެންގެ ކިބައިންވެސް އާޔާ ސަލާމަތް ކުރަން އަހަރެން ބޭނުންވިއެވެ. އަހަރެންނަކީ އާޔާކަހަލަ މާތް އަޚްލާގެއްގެ ވެރި ރީތި ކުއްޖަކާ އެކަށީގެން ވާވަރު މީހެއް ނޫންކަން އަހަރެންނަށް އިޙްސާސް ކުރެވުނެވެ.
“އެހެން ކުއްޖެއް ނަމަ ވަގުތުން އެއްބަސް ވީސް. . ކީއްވެ އަކްޔަން. . ” އާޔާ އަހަރެންނާއި ދިމާލަށް ބަލަން ހުރެ އަހާލިއެވެ. އަހަރެންނަށް ބުނާނެ އެއްޗެއް ނޭނގިފައި ލަދުން އިސް ޖަހާލީމެވެ. އަހަރެންގެ ހިތް އާޔާ ކުރިމަތީގައި މިހާ އަވަހަށް ބޭޒާރު ވެދާނެތީއެވެ. އާޔާ އަހަރެން އިމްތިޙާން ކޮށްލީތާއެވެ.
“މަ މީ އެހެންކުދިން ކަހަލަ ކުއްޖެއް ނޫނޭ. . ބަލާފަކާ ނޭނގޭތަ މަމީ ބޯ މީހެއްކަން. . “
“އެނގޭ. . “
“އެހެންވީރު ބޯ މީހުން މާ ކަމުދަނީތަ އާޔާއަށް. . “
“އެއްގޮތަކަށް ވެސް ކަމަކުނުދޭ. . އެހެންވީމަ އަކްޔަން އާއި ވާހަކަ ނުދައްކަންވީދޯ. . ” އާޔާގެ އެ ޖުމަލައިން އަހަރެންގެ މެޔަށް ހީވީ ފިނި ފެން އެއްޗެއް ޖަހައިލި ހެންނެވެ.
“ނޫން ނޫން. . މަށާ ވާހަކަ ނުދައްކާށެކޭ ނޫން. . އެކަމަކު އާޔާ މަށާ ވާހަކަ ދައްކަންޖެހޭ ސަބަބެއް ވެސް އޮންނަން ވާނެއެއްނުން. . “
“އަކްޔަން އަހަރެން މިޔަދު ކްލާހަށް ދިޔައިރު ވެއްޓެން އުޅެނިކޮށް ސަލާމަތް ކޮށްދިނީ. . އަކްޔަން އަހަރެން ގެޔަށް ލާން ތި އަންނަނީ. . އެއީ ސަބަބަކަށް ނުފުދޭތަ. . “
“މަގޭ މަޤާމުގަ އެހެންމީހަކު ހުރިނަމަވެސް ވާހަކަ ދެއްކީމުސް ތަ؟. . “
“އަކްޔަންގެ މަޤާމުގަ އެހެން މީހަކު ހުރިނަމަ އަކްޔަން ކަންތައް ތި ކޮށްދިންގޮތަށް ކަންތައް ނުކޮށްދިނީސް. . ” އާޔާ އަހަރެންނަށް ބަލާލަމުން އެބުނި ޖުމްލަ އަހަރެންގެ ހިތުގެ އެންމެ ފުނަށް ފޯރިއެވެ. ޒަމާންތަކަކަށް ފަހު އަލަށް މީހެއްގެ ދުލުން އަހަރެންނަށް ތަޢުރީފުގެ ބަހެއް އިވިގެން ދިއުމުން އަހަރެންގެ ހިތަށް ބަޔާން ކުރަން ނޭނގޭ ފަދަ ހިންހަމަޖެހުމެއް ލިބިގެން ދިޔައެވެ.
“އެފެންނަނީ އަހަރެންގެ ގެ. . އަހަރެންނެއް ބޭނުމެއްނުން ގޭ މީހުންނަށް އަހަރެމެން ދެމީހުން އެއްކޮށް ފެންނާކަށް. . ” ކުރިމަތިން ފެންނަން ހުރި ގަނޑުވަރެއް ކަހަލަ ރީތި ގެ އަށް އިނގިލި ދިއްކޮށްލާފައި އާޔާ ބުނެލިއެވެ. އަހަރެން ހައިރާންވެފައި އެގެއާއި ދިމާލަށް ބަލަން ހުއްޓައި އާޔާ އެގެއަށް ވަދެގެން ދިޔައެވެ. ހ.ބްލޫ ޕާލް އަކީ މާލޭގައި މަދުން ނޫނީ ނުފެންނަވަރުގެ ރީތި ގެއެކެވެ. މުއްސަނދި އާއިލާއެކެވެ. އެގޭގައި ޕްރައިވެޓް ކާރާއި ކާރު ދުއްވާ ޑްރައިވަރުން ތިބެއެވެ. ދޮރު ފާރަވެރިން ތިބެއެވެ. އެހެންވީރު އާޔާ އެކަނިމާއެކަނި ހިނގާފައި އެ އުޅެނީ ކީއްވެ ބާއެވެ؟ އެންމެ ފެނިލުމަކާއިއެކު އަހަރެންގެ ހިތް އަތުލައިގަތް އާޔާ އަކީ ފަހެ ކާކުބާއެވެ؟
އަހަރެން އެނބުރި ދިޔައީ ފްލެޓަށެވެ. އަހަރެން ނިދާ ހަދަނީ ފްލެޓަގައު އުޅޭ އަހަރެންގެ ރައްޓިއްސެއްގެ ގޭ ސިޓިންރޫމްގައި ކަމުން އަހަރެން ގޮސް ޖައްސާލީ އަރާމު ކޮށްލާށެވެ. އޭރު ގަޑީން އެގާރަގަޑި ބައިވަނީއެވެ. އަހަރެންގެ ސިކުނޑިގެތެރޭގައި އާޔާގެ ޚިޔާލުތައް އުނދަގޫ ކުރަމުން ދިޔައެވެ. އާޔާއަށް އަހަރެންގެ ހިތްދެވުނުއިރު އާޔާވެސް އަހަރެންނާއި ދޭތެރޭ އެފަދަ ގޮތަކަށް ވިސްނަފާނެހެއްޔެވެ؟ ނޫނެކެވެ. އަހަރެންނަކީ އާޔާއާއި އެކަށީގެންވާ މީހެއްނޫނެވެ. އަހަރެންނާއި އެކީގައި އާޔާއަކަށް އެއްވެސް މުސްތަޤްބަލެއް ނެތެވެ. އެހެންވީރު އާޔާގެ މަޤްސަދަކީ ކޮބައިހެއްޔެވެ؟ އަހަރެންކަހަލަ ވިޔާނުދާ، އެއްވެސް އުޅުމެއް ނެތް މީހަކާ އާޔާ އެހާ ގާތްކޮށް ވާހަކަދައްކާ ހެދުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ ޔަގީނެވެ. އަހަރެން ފެނި އަހަރެންގެ ކިބައިން ސަލާމަތް ވުމަށް އާޔާ ކުޅެލި ޑްރާމާއެކެވެ. އަހަރެންގެ ހިތާ ކުޅެލާ އެފަދަ ގޮތަކަށް އަހަރެންނަށް ދެކެން މަޖުބޫރު ކުރުވީ އަހަރެންގެ ކިބައިން ނުރައްކަލެއް ކުރިމަތި ވެދާނެތީ ސަލާމަތް ވާށެވެ. ދެން އާޔާއެއް އެމަގުން ހިނގާފައިވެސް ނާންނާނެއެވެ. ނަމަވެސް އަހަރެންނަށް އާޔާއަށް އިންތިޒާރު ކުރެވޭނެއެވެ. އުންމީދެއް ނެތް އިންތިޒާރަކަސް ވެހެވެ. އެފަދަ ޚިޔާލުތަކެއްގައި އަހަރެންނަށް އޮވެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގެއެވެ. އަހަރެންގެ ލޮލަށް ބަރުވެ ފުން ނިންޖެއްގެ ތެރެއަށް ގެނބުނީ އެހެން އޮއްވައެވެ.
އަހަރެންނަށް ސިއްސައިގެން ގޮސްފައި ހޭލެވުނީ ސުނިލް ގޮވާ އަޑަށެވެ.
“އޭ އަކޭ. . ހިނގާބިއަ ދުމެއް އަރުވާލަންދާން. . މަހުންނާނެ ވަރަށް ފައްކާ ޅާއެއް ހޯދާފަ. . “
“ހުވާ. . މަވެސް ނުލިބިފައޭ މިއޮތީ މިޔަދު ހަތަރުދަމު. . ހިނގާ. . ” އަހަރެން ވެސް އަވަހަށް ތެދުވެގެން ނޭފަތް ދަމަމުން ސުނިލް އާއި އެއްކޮށް ނިކުމެލީމެވެ. އަހަރެމެން ގޮސް ފްލެޓް ކޮމްޕައުންޑް ގެ ކަނެއްގައި ހުރި ސީޓެއްގައި ޖެއްސީމެވެ. ޕޮޓެއް ރޯކޮށްގެން ދުން އަރުވަމުން ދިޔައީމެވެ. ދަމާލާ ކޮންމެ ނޭވާއަކާއެކު ހިތްހަމަ ޖެހުން ލިބެމުން ދިޔައެވެ. ވެފައިވާ ފޫހިކަމާއި ވަރުބަލި ފިލައިގެން ދިޔަކަހަލައެވެ. އަހަރެންގެ މަސްތީ ލޮލުގެ ކުރިމަތިން އެވަގުތު ސޫރަވެގެންދިޔައީ އާޔާއެވެ. އަހަރެންގެ ސިކުނޑީ ތެރޭގައި އާޔާގެ ޚިޔާލު ވީވަރުން ކަންނޭނގެއެވެ. ފަރި ހިނިތުން ވުމެއްގައި އަހަރެންނާއި ދިމާލަށް ބަލަމުން ދިޔައީ އާޝޯޙު ކުރުވާހާ ރީތިކޮށެވެ. އަހަރެން ގެ ހިތް އުފަލުން ފުރުނެވެ.
ރަނގަޅަށް ނައިސް ވެލައިގެން އަހަރެން އަނެއްކާވެސް ގޮސް އޮށޯތީ ނިދާށެވެ. އަހަރެންނަށް ހޭލެވުނީ މެންދުރު ފަސް ވީ ފަހުންނެވެ. އެއީ ހުކުރު ދުވަސް ކަން އަހަރެންނަށް އެނގުނީ އެގޭ ކުދިން ހުކުރުން އައިސް އުޅޭތަން ފެނުމުންނެވެ. އޭރު އަހަރެން ވަރަށް ބަނޑުހައިވެއްޖެއެވެ. ފެންވަރާލައިގެން ނިކުމެ ރީތިވެލައިގެން އަހަރެން ސިޓިންރޫމްގައި އިށީނީމެވެ. ކާން ގޮވާތޯއެވެ. ނަމަވެސް އެގޭ ދައްތަމެން ތިބެނީ އަހަރެން އެގޭގައި ނިދާ ހަދާތީވެސް ހިތްހަމަ ނުޖެހިފައެވެ. އެހެންނަމަވެސް ސުނިލް ވެއްދީތީ އަހަރެންގެ ކައިރީ ދާށޭ ބުނަންނުކެރެނީއެވެ. އެންމެން ކައިގެން ބަދިގެއިން ނިކުމެގެން ދިޔައިރުވެސް އަހަރެން ސިޓިން ރޫމް ގައި އިނީމެވެ. އަހަރެން ފެންނަކަމަށްވެސް ހަދައި ނުލައެވެ. ކާން ނުގޮވަނިސް ވަދެ ކާކަށް އަހަރެންނަކަށް ނުކެރުނެވެ. އެހެންކަމުން އެހެންދުވަސް ތަކެކޭވެސް އެއްގޮތަށް އަހަރެން ހުރީ ހައިހޫނު ކަންމަތީގައެވެ. ރައްޓެއްސަކާ ދިމާވެގެން ކޮފީއަކަށް ގޮވާލާތޯ އަހަރެން ނިކުތީމެވެ.
ހޮޓަލަކަށް ގޮސްލާކަށް ވެސް އަހަރެންގެ އަތަކު ލާރިއެއް ނެތެވެ. މީހެއް އަތުން ބިރުދައްކައިގެން ހޯދަންވެސް ހިތައްއެރިއެވެ. ނަމަވެސް އަހަރެންނަށް ކުރެވޭ ނުބައި ކަންތައްތައް ވެސް ވަކިމަދެއް ނޫނެވެ. އެހެންކަމުން އަހަރެންބެލީ އެކަހަލަ ކަމެއް ނުކޮށްވޭތޯ އެވެ. ރައްޓެއްސަކުވެސް ދިމަލެއް ނުވެއެވެ. އަތުގައި ލާރި ހުރެއްޖިއްޔާ ވަރަށް ރައްޓެހިން ވާނެއެވެ. މިޔަދު އަހަރެން މިވަނީ ނިކަމެތި ވެފައެވެ. މީހަކަށް ދޭނެ އެއްޗެއްވެސް އަހަރެން އަތަކު ނެތެވެ. އެހެންކަމުން އަހަރެންގެ ރައްޓެހިންނަކަށް ވެސް މިހާރަކު އަހަރެންނެއް ނުފެނެއެވެ. އަހަރެން މުޅި ދުނިޔެއަށް ގިނަވެ އެކަނިވެރި ވެއްޖެއެވެ. އެޚިޔާލުތައް އައުމާއިއެކީ އަހަރެންނަށް މަންމަ މަތިން ހަނދާންވެފައި ހިތައް ވަރަށް އަސަރު ކުރިއެވެ. ހިތައްއެރިއެވެ. ކަމަކާ ކަންބޮޑުވެ ގޮތްހުސްވާފަހަރަކު މަންމަ މަތިން ހަނދާންވަނީ ކީއްވެ ހެއްޔެވެ. އެމައިމީހާ ކިތަންމެ ނުރުހުނަސް ދަރިއަކަށް ދެރަގޮތެއް ވާކަށް ނޭދޭނެއެވެ. މިޔަދުވެސް އަހަރެންގެ މަންމަ ދުނިޔޭގައި ހުރިނަމަ އަހަރެން ހުރީހީ ބަނޑުފުރާ ކައިގެންނެވެ. އަހަރެންނާއި ދޭތެރޭ ކިތަންމެ ހިތްހަމައެއް ނުޖެހުނަސް ވެހެވެ.
މެންދުރުން އަނބުރާ ދެގަޑި ބައިހާއިރެވެ. އަހަރެންގެ ރައްޓިހިންވެސް ފެނެއެވެ ނަމަވެސް އެއިންމީހަކު އަހަރެން ދަންނަކަމަކަށް ހަދައެއް ނުލައެވެ. އެއީ އަހަރެން ކޮންމެވެސް އެއްޗެއް ބޭނުންވެގެން އަބަދުވެސް އެމީހުން ކައިރީ ކިޔަންޖެހޭތީއެވެ. އަހަރެންގެ ގަޔަކުވެސް ހެލިލާހާ ވަރެއް ނެތެވެ. ބަނޑުހައިވެގެން މީހާ ތުރުތުރު އަޅަނީއެވެ. އެންމެފަހުން އަހަރެން ނިންމީ ފަހީމާއްތަ މެންގެޔަށް ދާށެވެ. ކާއެތިކޮޅެއް ދޭތޯއެވެ. އެވަގުތު އެމަގުން އާޔާ އަންނަތަން އަހަރެންނަށް ފެނިއްޖެއެވެ. އެމޫނުމަތީގައި ވަނީ އަސަރުގަދަ ހިނިތުންވުމެކެވެ. އެސޫރަ ފެނުމާއިއެކު އަހަރެންގެ ހިތަށް ހިސާބަކަށް ހަމަޖެހުން ގެނުވިއެވެ. ހުކުރު ދުވަހުގެ މިގަޑީގައި އެގޮތަށް އާޔާ އެކަނި އެދަނީ ކޮންތާކަށް ބާއެވެ؟ އާޔާ އަހަރެންނާއި ދިމާލަށް ބަލަމުން ހުރެ ފަރިހިނގުމެއްގައި އައިސް އަހަރެންނާއި އަރާ ހަމަކޮށްފިއެވެ. އަހަރެންނަށް ލޮލަށް ފެނުނު މަންޒަރު ޤަބޫލުކުރަން ދަތިވެފައި ހުއްޓާ އާޔާ އަހަރެންނަށް ގޮވާލިއެވެ.
“ހާއި. . “
“އާޔާ. . މިގަޑިގަ ކޮންތާކަށް ތިދަނީ. . ” އަހަރެން ގަދަކަމުން ހިނިތުންވެލަމުން އަހައިލީމެވެ.
“އަކްޔަން ފެނޭތޯ. . އާދެބަލަ އަހަރެންނާއިއެކީ. . ” އާޔާ ހިނިތުން ވެލާފައި އަހަރެންގެ އަތުގައި ހިފާލިއެވެ. އަހަރެންނަށް ފެންނަމުންދާ މަންޒަރު ގަބޫލުކުރަން ދަތިގޮތަކަށް އާޔާއަށް ބަލައިލެވުނެވެ. އެއާއި އެކު އާޔާއާއި އެކީގައި ދާންފެށީމެވެ.
އާޔާ އަހަރެނަނާއިއެކީ ފްލެޓްގެ ބިއްދަށަށް ދިޔައެވެ އެތާ އެންމެ މީހުން މަދު ހިސާބަށް އަހަރެން ގެންދިއުމަށްފަހު ދެމީހުން އިށީނީމެވެ. މިޔަދު ހަތަރުދަމުވެސް އަހަރެންނާއި ހިތްހެޔޮކޮށް އަނގައިންވެސް ބުނެލި މީހަކީ އާޔާއެވެ. އެހެންކަމުން އަހަރެން ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ.
“އަން މީ އަކްޔަން އަށް އަހަރެންގެނައި ހަދިޔާއެއް. . ” އާޔާގެ ހޭންޑް ބޭގުން އަހަރެންނަށް ނަގައި ދިއްކޮށްލީ ބަތްޕާރިސަލެކެވެ. އަހަރެން އެނަގައި ހުޅުވާލުމާއިއެކު އޭގެން އަރައިގަތް މީރުވަހުން ކުޅުދިޔާވެގެން ދިޔައެވެ. އަހަރެންގެ ކުރިމަތިން ފެންނަމުން ދިޔަޔަސް އަހަރެންނަށް އެއީ ޤަބޫލުކުރަން ފަސޭހަ މަންޒަރަކަށް ނުވިއެވެ. އަހަރެންގެ ހާލަތު އާޔާއަކަށް ނޭނގޭނެއެވެ. އާޔާ އެހާ ހިތްހެޔޮކޮށް އަހަރެންނަށް ކަންތައް ކޮށްދޭންވީ ފަހެ ކީއްވެހެއްޔެވެ؟
“ކޭ ހީކުރީ މަމިއުޅެނީ ބަނޑަށް ޖެހިގެން ކަމަށްތަ؟. . އޭނ. . މަމީ ސަލާން ޖަހާ މީހެއްތަ. . ކޮންމެހެން މަށަށް ކާއެއްޗިހި ގެންނާކަށް ނުޖެހޭ. . ! މަށެއް ބަނޑުހައެއް ނުވޭ. . ! ތީމަގޭ ކާކުތަ މަށަށް ތިހާ ހެޔޮކޮށް ހިތަން. . ” އަހަރެންނަށް އެހިސާބަށް ބުނެވުނުއިރު ކޯދުލާފައި އަހަރެންގެ ކޯތާފަތް މައްޗަށް އޮހިގަތީ ހިފަހައްޓަމުން ދިޔަ ކަރުނަތަކެވެ. އަހަރެންނަށް ގިސްލެވެން ފެށުނެވެ. އަހަރެންގެ ލޮލުން އޮހެމުން ދިޔައީ އަހަރެންނަށް ކޮށްފައި ވާ އަސަރުތަކެވެ. މިއޮށް ބޮޑު ދުނިޔެއިން އަހަރެން އެކަނިވެ ގޮތްހުސްވި ދުވަހު އަހަރެންފަދަ ނުބައި ނުލަފާ މީހަކަށް އެފަދައިން އޯގާތެރިކަމުގެ އަތެއް ދިއްކޮށްލާނޭ މީހަކު ވީތީ އަހަރެންނަށް ކުރެވެމުން ދިޔައީ ބަޔާންކުރަން ދަތި އިޙްސާސް ތަކެކެވެ.
އަހަރެން އެ ބަތް ޕާރިސަލް ނަގައި ކާންފެށީމެވެ. ރޮމުން ގިސްލަމުންނެވެ. އަނަގަޔަށް ލީ ފުރަތަމަ އެތިކޮޅާއެކުވެސް އަހަރެންނަށް ލޯ މަރާލެވުނީ މީރުކަމުންނެވެ. އަހަރެންގެ ޙަޔާތުގައިވެސް އެހާ މީރު ކާއެއްޗެއް ނުކަމެވެ. އަހަރެންނަކަށް ހުރެވުނު ތަނެއް ވެސް ނޭނގުނެވެ. ދެއަތުންކަހަލަ ގޮތަކަށް އަހަރެންކަމުން ގެންދިޔައީމެވެ. ކަރުގައަޅައިގަތީ ކަރު ހިކިފައި ވީ ވަރުންނެވެ. އާޔާ އަހަރެންނަށް ދަބަހުން ނަގާ ދިއްކޮށްލީ ފެންފުޅިއެކެވެ. އަހަރެންނަށް އާޔާއަށް ބަލައިލެވުނެވެ. އާޔާގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްހެޔޮކަމާއި އޯގާތެރިކަމެވެ. އަހަރެން ފެންފުޅި ނަގައި އަނގަޔަށް އޮއްސައިލީމެވެ.
“އައިމް ސޮރީ. . ” އަހަރެންނަށް އާޔާއާއި ދިމާލަށް ކިޔުނު އެއްޗިހިން ވަރަށް ލަދުގަތެވެ.
“ނޯ ވޮރީސް. . އަހަރެންގެ ގޭގައި ކޮންމެ ހުކުރުދުވަހަކު ވަރަށް ގަދަޔަށް ކައްކާނެ އެހެންވެ ހިތައްއެރީ އަކްޔަންއަށް ގެނެސްދޭނަމޭ. . ” އާޔާ ހިނިތުންވެލާފައި ވާހަކަދައްކަމުން ދިޔައެވެ. އަހަރެން އެ ބަތް ޕާރިސަލް އެއްކޮށް ކައި ހުސްކޮށްލީމެވެ. އެއަށްފަހު ފެންފޮދެއް ބޮއިލާފައި އާޔާއަށް އެނބުރިލީމެވެ.
“އޯކޭ. . ކޯއްޗެއް އާޔާ މަގޭ ފަރާތުން ބޭނުންވެގެން ތިއުޅެނީ. . ؟ ރީތިކޮށް ބުނޭ. . . އަހަރެން އާޔާ ބުނިކަމެއް ކޮށްދޭނަން. . ބޭނުންވަނީ ކެނަބިސް ކޮޅެއްތަ؟ ހެރޮއިން ކޮޅެއްތަ؟ ހޭޝް އޮއިލް ކޮޅެއްތަ؟ ވީޑް ތަ؟. . ” އެއްވެސް އެދުމެއް ނެތި އާޔާކަހަލަ މުއްސަނދި ކުއްޖެއް އަހަރެންކަހަލަ މީހަކާ އެހާ ހެޔޮކޮށް އުޅޭނެކަމަކަށް ހިތް ގަބޫލެއް ނުކުރިއެވެ. އެހެންކަމުން އަހަރެން އާޔާއަށް ބަލާލައިފައި އަހާލީމެވެ.
އަހަރެންގެ ކަންފަތް މަތިން ދިލަނަގައިގެން ދިޔައީ އާޔާގެ އަތުގެ ހޫނު އެތިފަހަރަކުންނެވެ.
2419 Comments
Comments are closed.
GuDuMeena
April 5, 2014 at 12:44 amގުޑޫގެ ވާހަކަތަކަށް ޝަޢުޤުވެރިވާ ކުދިންނަށް އަނެއްކާވެސް މުޅިން ތަފާތު ލޯބީގެ އަސަރުގަދަ ވާހަކައެއް ގެނެސް ދޭން މި ފެށީ. . ކުރީގެ ވާހަކައާއި ޚިލާފަށް ގުޑޫ ވަރަށް ބޮޑަށް މަސައްކަތްކުރިން ލެންގްއޭޖް ބަލައިގަނެވޭނެ ފަދަ މިންގަނޑެއްގައި ހިފަހައްޓަން. . އެހެންވެ ބައެއް ސީން ތަކުގަ އަސްލު ހުންނަންޖެހޭ އިންޓެންސް ކަމެއް ގެނެވިފައެއް ނެތް. . ބަޓް އޯވަރ އޯލް ކޮށް މިއީ ކިޔުންތެރިން ކިޔާލާހިތްވާ ފަދަ ވާހަކައަކަށް ވެގެންދާނެ. .
Mimmi
April 21, 2014 at 12:04 pmGudu thankx for the story. i really appreciate ur work nd im happy for u. comment nukuriyas gudu ge vaahaka khiyeythoa varah balan. bt time nulibey thee konmme faharaku vaahaka mi khiyeynee hurihaa parteh nimey fahun ehkoh. nice ingey kureege vaahaka ves. BTW kon thajuribaa eh tha kureyvunee. angaaves nulaa… LOL. Miss U nd ur bodu Aga 🙂 Amin
GuDuMeena
April 21, 2014 at 1:34 pmehehe. . Thanks Aminey for ur comment. . hurihaa story vx vaguthu vaa varakun kiyaane kamah heekuran. . Miss u too BODUKOH!. . 😀
Ibbe
April 5, 2014 at 1:21 amKn irakuntha aneh bai up vaanee
Knduvas thakakutha mi vaahaka up vaanee
V reethi aneh bai kiyaa hithun mi inee
Avahah up khdehchey
happytoo
April 5, 2014 at 1:34 amkonme dhuhaku up koddhehche ! varah reethi vaane hen heeve . . feshun v salhi !! 🙂
GuDuMeena
April 5, 2014 at 9:37 amThanks Ibbe and Happytoo. . In Sha Allah Mi vaahakaige aa part eh konme reyaku vx 8pm ga upkoh dheynan. .
mink
April 5, 2014 at 11:24 amGUDU aevex zamaanehga partey grp akaa join vyn thrr??? btw stry v v v nice. v nyc name thakeh……
GuDuMeena
April 5, 2014 at 11:45 amMink. . GuDu vx kiye vi Male’ga and v.thafaathu thajuribaa thakeh kurevifa hury. . 🙂 mi stry liyefa mi othy e hurihaa thajuribaa thakehge aleega. . But i was never a partey BTW. . Thanks. .
lady
April 5, 2014 at 12:33 pmvrh vrh reathi story eh mi
i cnt wait to read the next part
gudu vrh avaha up kohdhejhey ige
GuDuMeena
April 5, 2014 at 12:41 pmOki Lady. . konme reyaku vx 8pm ga upkohdheynan. . .:) Thanks. .
mink
April 5, 2014 at 3:23 pmgudu angry v thrr? it was jzt nthng ingey
GuDuMeena
April 5, 2014 at 3:42 pmehehe. . Mink, i know u r just curious. . and GuDu ge mi 2 vaahakaiga vx partey style ge kanthah thakeh himanaafa vaathy ehen ahaa levidhaanethaa dhw. . its owk. . and im cool with it. . 🙂
umey
April 5, 2014 at 5:56 pmvarah salhi
GuDuMeena
April 5, 2014 at 10:31 pmThankx Umey..
princess
April 6, 2014 at 2:10 pmv.obi….thnkx gudu…
sam
April 8, 2014 at 7:30 amheskiyaafa nice hama obi noaveyyy
arsm
May 4, 2014 at 9:49 pmhabeys
Anonymous
June 6, 2014 at 5:11 pmSo lovly ,
jammu
April 17, 2016 at 2:47 pmthis story u have read bofer
a very nice stoey
aprill ga tha wahaka upload kuri
n i salute the one who hv wrote this story
good luck ❤