އޯގާވީ ހިތަކުން…11
”އީނޫ…” އީނާގެ ފަރާތުން ޖަވާބެއް ނުލިބުމުން އަލްޔަސް އީނާގެ އަތަށް މަޑުމަޑުން ފިތާލައިފިއެވެ. ސިހިފައި އީނާއަށް އަތް ދަމައިގަނެވުނެވެ. އޭރު އޭނަގެ ނިތްކުރީގައި ދާތިކިތައް ވިދައެވެ.
”ހާދަ ވަރަކަށް ހާސްވެފަ ތިހުރީ؟…. ޖިންނިއެއް ފެނުނީތަ؟…” އަލްޔަސް އީނާ ބަލަހައްޓައިގެން ހުރި ދިމާއަށް ނަޒަރު ހިންގާލަމުން އަހާލިއެވެ. ހައިރަންވާ ފަދަ މަންޒަރެއް ނުފެނެއެވެ. އިރުއޮއްސި އުދަރެހުގައި ވަނީ އަލިފާންކުލައިގެ ބޮޑެތި ވިލާގަނޑުތަކެވެ. އަނދިރިކަން ހިސާބަކަށް ފެތުރިފައިވާއިރު ތެދިން ތަރިތައް ދުރުން ފިޔަޖަހާލާ މަންޒަރު ފެނެއެވެ.
”އޫމްމް، ހީވީ ދެންމެ ކޮންމެވެސް ކުއްޖަކު ފެނުނުހެން….” އީނާ ފުންނޭވާއެއް ލަމުން ގަދަކަމުން ހިނިތުންވެލިއެވެ. ދެމީހުންގެ އުފާވެރި ވަގުތުކޮޅަށް ހުރަސް އަޅަން އޭނަ ބޭނުމެއް ނުވިއެވެ. މިހާރަކަށް އައިސް އަލްޔަސްއާ އެކު ހޭދަކުރެވޭ ވަގުތުތައް އޭނަގެ ޑައިރީގައި ރީތި ވާހަކައެއްގެ ސިފައިގައި ލިޔެވެމުން ދެއެވެ. އެހެންނޫނަސް އެއީ އޭނައަށް ކުރެވުނު ކުށްހީއަކަށްވެސް ވެދާނެއެވެ. ޒަލަފް ރޫޔާއަކަށް އޮޅުވާ ނުލާނެކަމަށް ހިތް ބުނަން ފެށިއެވެ.
”ކާކު؟… ހޮލީވުޑް ސެލެބްރިޓީއެއްތަ؟…” އަލްޔަސް ގޮނޑިބަރީގައި އިށީންނަމުން އީނާގެ މޫނަށް ބަލާލިއެވެ. ދުރުގައި ހުރި އޮރެޖްކުލައިގެ ބައްތީގެ އަލިވަރު ގަސްތަކުގެ ތެރޭން ފުރޭނިގެން އައިސް އީނާގެ މޫނަށް އެޅިފައި ވުމުން ހާދަ ލޯތްބެވެ. އަނދުނުން ޒީނަތްތެރިވެފައިވާ ދެލޮލާއި ދިގު އެސްފިޔަތައް ފެންނަނައިރު ދުނިޔެ މަތީގެ ކަމެއްހެން ހިޔެއް ނުވެއެވެ. ރީތިކަމުން ޖަރީވެފައިވާ ޕަރީއެކެވެ.
”ހޫމްމްމް، އެކަމަކު ސޭމްއަށް ވުރެ ރީއްޗެއް ނުވާނެ….” ރަކި ހުނުމަކާއެކު އީނާ ވާހަކަ ދެއްކިއެވެ. ހިތަށް ވިސްނައިދެމުން އީނާ ހަމަޖެހިލައިފިއެވެ. އެއީ ކުށްހީއަށް ވެދާނެއެވެ. އެހެނަސް ސުވާލުތަކެއް ސިކުނޑީގައި އެނބުރެން ފަށައިފިއެވެ.
”ސީރިޔަސްލީ؟….” އީނާ ތަޅުވާލަން އަލްޔަސް އޭނަގެ މޫނު އީނާގެ މޫނާއި ކައިރިކޮށްލިއެވެ. އީނާ ވަށައިގެންވާހާ މީހުންނަށް ބަލައިލަމުން ކުޑަކޮށް ދުރަށް ޖެހިލައިފިއެވެ. އޭރު މޭގަނޑަށް އައިސްފެން ބުރުއްސާލިހެންވެސް ހީވިއެވެ. އަލްޔަސްގެ ކޯތާފަތް އޭނަގެ ކޯތާފަތުގައި ބީހިގެން ދިޔައިރު ހަށިގަނޑުވެސް ހުއްޓުމަކަށް އައިކަހަލައެވެ. ހަށިގަނޑަށް ބިންދާލި ކަރަންޓް ބާނީތަކާއެކު ގައިން ހީބިހި ނަގައިފިއެވެ.
”ސޭމް ތިކަހަލަ ސަމާސާ ނުކޮށްބަލަ، މީހުން ބުނާނީ ކީކޭތަ؟ ފާޑުފާޑުގެ ވާހަކަ ހަދައިގެން ދައްކަން ފަށާފާނެ….” އީނާ ވަށައިގެން ހޯދާލަމުން ބުންޏެވެ. އޭރު އެތައް ބަޔެއްގެ ނަޒަރު ދެޒުވާނުންނަށް އަމާޒުވެފައި ވިއެވެ. ނަމަވެސް އިރުކޮޅެއް ފަހުން ކޮންމެ މީހަކު އެމީހެއްގެ އަމިއްލަ މަސައްކަތާއިގެން އުޅެން ފަށައިފިއެވެ.
”ސޮރީ….” އަލްޔަސް ކަންފަތުފޫޅުގައި ހިފަމުން މަޑުމަޑުން ބުނެލި ގޮތުން އީނާ ނުހޭން ތުންފަތުގައި ދަތްއަޅާލިއެވެ. ދެލޯވެސް ހަނިކޮށްލެވުނީ ނުރުހުމުގެ ކުލަވަރު ގެންނަންށެވެ. އަލްޔަސް އަޑުބަދަލުކޮށްލުމުން މާފަށް އެދެން ފެށުމުން ހިނިގަނޑު ފަޅައިގެން ދިޔައެވެ. އީނާ އަލްޔަސްގެ މުލައްދަނޑީގައި އަތުން ޖަހާލަމުން މާފްކޮށްފީމޭ ބުނެލިއެވެ.
”ދެން ތިވަރުން މާފަށް ނޭދުނަސް ހޮޔެވާނެ، ސޭމް ސާރކަސްއަކަށް ދާން ފެނޭ، ކްލައުންއެއްގެ ރޯލަށް، އޭރުން އަންހެންކުދިން ކްލައުންސްދެކެ ބިރެއް ނުގަންނާނެ، ލައިކް ވެންޕަޔާރސް އެންޑް ވެއާރވުލްފްސް….” މަސްކާށި ގެނައުމާއެކު އީނާ ހުތް އަނބުކޮޅެއް ކާލިއެވެ. އަނބު ކޮޅު އަރުތެރެއިން އެތެރެއަށް ދިޔައިރު ތުންކޮޅު އަނބުރާލެވުނެވެ. މޫނުގެ ކުލަވަރުވެސް ވަނީ ބަދަލުވެފައެވެ. އީނާގެ އެސޫރަ ފެނި އަލްޔަސް އަށް ވަކިން ރީތި ވިއެވެ. މައުސޫމް ކަމުގެ ހައްދެއް ނެތެވެ. މިނާޒުކުމާ މިލްކުކުރެވޭ ދުވަހަކުން ކޫރުމެއް ނޭޅޭނެހާ ލޯބިން އޭނަ މިމާ ގެންގުޅޭނެއެވެ. ދަހިވެތި ލޯތަކުން ހިމާޔަތްކޮށްދޭނެއެވެ. އިންތިހާއަށް ލޯބި ދޭނެއެވެ.
”އޭރުން އީނޫ އަންނާނެ އިލޮށިފައްޗެއް ހިފައިގެން އެކުދިންކޮޅު ފަހަން….” އީނާ އިސްއުފުލާލުމާއެކު އަލްޔަސް އާއި އޭނަގެ ހަތަރުކަޅި ބައްދަލު ވެގެންދިޔައެވެ. ހިތްތައް މަޑުމަޑުން ލައްބާލާ ފަދަ ތޫނު މުށިކުލައިގެ ކަޅިން އީނާ އަވަސް އަވަހަށް ދުރު ބަލާލައިފިއެވެ. އަލްޔަސް އެބުނީ ތެދެކެވެ. އޭނަ ހުއްޓާ އަންހެންކުއްޖަކު އަލްޔަސްއާ ކައިރިވާން އުޅުނަސް އެކުއްޖަކަށް އޭނަގެ އަނދިރިފަރާތް ދައްކާލާނެއެވެ. އަލްޔަސް އަކީ ހަމައެކަނި އޭނަގެ މީހެކެވެ.
”ޔަޕް މައި ޖޯކާރ….” އީނާ ކާއެއްޗެހިކޮޅެއް އަނގަޔަށް ލަމުން ބުންޏެވެ.
އެތައް އިރެއް ވަންދެން ވާހަކަ ދައްކަން ތިބެފައި އީނާއާއި އަލްޔަސް ގެއަށް ދާން މިސްރާބު ޖެހީ ހަތެއްޖަހަން ކައިރިވެފައި ވަނިކޮށެވެ. ހަލަބޮލި މަގުތަކުން ކާރު ދުއްވާފައި ދިޔައިރު އިރުއިރުކޮޅާ ކާރުގެ ދުވެލި މަޑުކޮށްލަން ޖެހެއެވެ. ގެއަށް ދެވުނީވެސް އެތައް އިރެއް ފަހުންނެވެ. ގޭގެ ދޮރުމައްޗަށް ކާރު މަޑުކޮށްލުމާއެކު ބާއީއޭ ބުނެލަމުން އީނާ ކާރުން ފޭބިއެވެ. އީނާ ލިފްޓަށް އަރަންދެން ބަލަހައްޓައިގެން އިނދެފައި އަލްޔަސް ކާރު ދުއްވާލިއެވެ.
އީނާ ގޮސް މައިދޮރު ހުޅުވާލި ވަގުތަކީ މައިމޫނާވެސް ބޭރަށް ދާން ނިކުތް ވަގުތެވެ. އިނާ ފެނި މައިމޫނާއަށް ފަހަތަށް ޖެހިލެވުނީ އިފުރީތެއް ފެނި ސިހޭ ފަދައިންނެވެ. އޭރު މައިމޫނާ ހުރީ ބިރުވެރި ނަޒަރަކުން ބަލަހައްޓައިގެންނެވެ. ލިބުނު ހައިރާންކަމާއެކު އީނާ އެތެރަށް ދެމިގެންފިއެވެ. ކޮޓަރިއާއި ދިމާއަށް ހިނގައިގަންނަމުން އޭނަ ފަސްއެނބުރި ބަލާލިއެވެ. ބޮޑުދައިތައަށް ކިހިނެއްވީ ހެއްޔެވެ؟ މިހާރަކަށް އައިސް އޭނަ ފެނުނަސް އުޅެނީ ބިރުންނެވެ. ނަފުސާނީ މައްސަލައެއް އުޅެނީކަން ޔަޤީނެވެ. މަޑުމަޑުން އެބަލި ބޮޑުވީކަމަށްވެސް ވެދާނެއެވެ.
މައިމޫނާ ބޭރަށް ނިކުންނަމުން އަތުގައި ހުރި ބާރަކާއެކު ދޮރުފަތް ލައްޕާލިއެވެ. ސުންޕާގަނޑު ފެނި މައިމޫނާގެ ދެދަތްޕިލައަށް ބާރުވެއްޖެއެވެ. ހިމޭންކަން ފޫއަޅުވާލި އަޑަށް އީނާވެސް ދިޔައީ ސިއްސައިގެންނެވެ. ފަސްއެނބުރި ބަލާލަމުން އޭނަ ދެފާރާތަށް ބޯހޫރާލިއެވެ.
”އަހަންނަށް ޔަޤީން ބޮޑުދައިތަ އެހުރީ ސައިކޮލޮޖިކަލީ މައްސަލަތަކެއް ކުރިމަތިވެފަ، ރުޅި އައިސިއްޔާ ޑެވިލް ބޮލަށް ސަވާރުވެފަ ހުންނާނީ، ޝީ ނީޑް ޓްރީޓްމެންޓް!…” އީނާ އޭނަގެ ޒަމީރާއި ވާހަކަ ދައްކާލިއެވެ. ކޮޓަރިއަށް ވަންނަން އުޅެފައި އޭނަގެ މިސްރާބު ބަދަލުވިއެވެ. ކޮރިޑޯއާ ދިމާއަށް ހިނގައިގަތް އިރު ކުޑަކޮށް މޫނުމަތިން ނުތަނަވަސްކަން ފާޅުވިއެވެ.
މައިމޫނާ ބާރަކަށް ގޮސް ލިފްޓާއި އަރާހަމަކުރަމުން ލިފްޓުގެ ބަޓަންތަކަށް ފިތާލީމަވެސް ލިފްޓެއް ނުހުޅުވުނެވެ. އޭނަގެ ރުޅިގަނޑު އިތުރަށް ހޫނުވިއެވެ. ބޯޑަށް ހޫނު އެތިފަހަރެއް ވީއްލާލިއެވެ. ”ޔަޤީނޭ އެ ކުޑަ ހަންޑިގަނޑު އެދިޔައީ ލިފްޓްވެސް ހަލާކުކޮށްލާފަކަން…” މައިމޫނާ ކުދި ކިޔާލިތަނާ ލިފްޓް ހުޅުވުނެވެ. އެވަގުތު ލިފްޓްގައި ތިބި މީހުން ފެނި އޭނަ ގަތީ އަމަށަކު ބިރެއް ނޫނެވެ. މަގުމަތިން ފެންނަ ޕާޓެންތަކެކެވެ. މައިމޫނާގެ ހިޔާލު ބަދަލުވެ އޭނަ ސިޑިއާ ދިމާއަށް ބަލާލައިފިއެވެ. ސިޑިން ދާން އުޅެފައިވެސް އޭނަ ހިނގަތީ އެޕާރޓްމެންޓާއި ދިމާއަށެވެ. މީ އިތުބާރުކުރެވޭ ފެންވަރުގެ ބައެއް ނޫނެވެ. އޭނަ ކިޑްނޭޕްކޮށްވެސް ކޮށްފާނެއެވެ. އެގްރޫޕް މައިމޫނާގެ ފަހަތުން އަޅުވާލައިފިއެވެ. އެންމެފަހުން ބަދަލުވާން ފެށީ ހޫނު ބަހުގެ ހަމަލާތަކެވެ. އެމީހުން ކިޔާ ކޮންމެ އެއްޗަކަށް މައިމޫނާ ރުންކުރުވެ ހުރެ ޖަވާބު ދެއެވެ. އެންމެފަހުން އެމީހުން މައިމޫނާގެ ގަޔަށްވެސް އަތްލާން ފެށިއެވެ. ގަތްބިރާއެކު އޭނަ ދުއްވައި ގަތެވެ. ބިރުން ގޮސް މީހާގެ ހެޔަށް ވެސް ގޮތްތަކެއް ވާހެން ހީވިއެވެ.
”އޭއި މަޑުކޮށްބަލަ، ފިލަން ތިއުޅެނީ ކީއްވެ… ހާދާ ރީއްޗޭ!” އެކަކު ބުނެލި އަޑުއިވުނެވެ. ”ބަލަ ލަދެއްވެސް ނުގަނޭތަ ކަލޭމެންގެ މަންމަގެ އުމުރުގެ މީހަކު ފަހަތުން އަޅުވާލައިގެން އުޅޭއިރު….. ބޮޑު އުނދަގުލެއް، ދޭބަލަ ކަލޭމެންގެ އުމުރުގެ މީހަކާއި ދިމާކުރަން!….” މައިމޫނާ ރުންކުރުވެ ހުރެ ދުލަށް އައިހާ އެއްޗެއް ކިޔާލިއެވެ.
”ހިޔެއް ނުވޭ އެއުމުރުގެ މީހެއް ހެނެއް…. ޒުވާން ކުއްޖެއްނު ތީ، ދެން އޮޅުވާލަން ނޫޅެބަލަ….” މައިމޫނާ ލައިގެން ހުރި ހެދުމާއި އަރައިގެން ހުރި އުސްފައިވާނުން އޭނަ ދައްކަނީ އުމުރަށް ވުރެ ހަގުކޮށެވެ. ފައުންޑޭށަނާއި ޒާތްޒާތުގެ މޭކަޕް ހާކާލާފައި ވާއިރު އޭނަގެ ”ފޭކު” ޒުވާންކަން ވިދައެވެ. މިޕާޓޭންގެ މަގްސަދު ހާމަވުމުން މައިމޫނާގެ ހިތް އަވަސްވެ މުޅި މީހާ ދަލުން ފެން ވެރިއްޖެއެވެ. ފަޔަށް ލެވުނުހާ ބާރަކާއެކު ދުވެލާފައި އައިސް އެޕާރޓްމެންޓަށް ވަދެވުނީ ހަމަ ކިރިޔާއެވެ. އޭރު އެމީހުން އައިސް ބާރަކަށް ދޮރުގައި ތަޅައިގަތް އަޑު އިވި މައިމޫނާގެ މެޔަށް ފިނިވިއެވެ. ގޭގައި ފިރިހެނަކުވެސް ނޫޅޭ ގަޑިއެކެވެ. އެމީހުން ދޮރު ވައްޓާލާފައި ގެއަށް ވަދެއްޖެނަމަ އޭނަގެ ލޯބިވާ ދަރިފުޅަށް މިނުލަފާ މިހުންގެ ލޯ އަމާޒުވާނެކަން ގައިމެވެ. މައިމޫނާ މަޑުމަޑުން މޭގައި ފިރުމާލާފައި ކުޑަދޮރުގެ ފޮތިގަނޑުތައް ކުޑަކޮށް ކަހާލަމުން ބޭރު ބަލާލިއެވެ. އޭރު އެމީހުންތައް ހުތުރު އެއްޗެހި ކިޔަމުން އެހިސާބުގައި އެނބުރޭތަން ފެނެއެވެ.
”ހީނުކުރާތި ސަލާމަތްމީ ކަމަށް!….” މައިމޫނާ ފެންނައިރަށް ބުނެލިއެވެ.
”ޕޮލިހަށް ގުޅަންވީ….” މައިމޫނާގެ ސިކުނޑިއަށް ހިޔާލެއް އައެވެ. އެންމެ މިނެޓެއްވެސް ގެއްލުވާނުލައި އޭނަ ޕޮލިހަށް ގުޅިއެވެ. އޭރު ބޭރު ތެރޭގައި އަޑުގަދަވުމުން ރޫޔާއާއި އީނާވެސް ބޮޑު ކޮޓަރިއަށް އައީ ދުވެލާފައެވެ. ނަމާދުކޮށް ނިންމާލަމުން ފަޒްލާ ވެސް އައެވެ.
”މަންމާ އެއީ ކޮން އަޑެއް؟…..” ރޫޔާ އަހާލިއެވެ. އޭރު ބާރަކަށް މައިދޮރުގައި މީހަކު ޓަކިދިންއަޑު އިވުނެވެ. ”މަންމަ ފިހާރަޔަށް ގޮސްލާފަ ގެއަށް އަންނަނިކޮށް ފަހަތުން އަޅުވާލި ޕާޓޭ ގުރޫޕެއް…..” މައިމޫނާ ހާސްކަން ކަނޑުވާލާފައި ބުންޏެވެ. އީނާ ފެނި އޭނަ ދެލޯ އަޅާލިއެވެ. މިއީ އީނާގެ ސުންޕާކަމުގެ ސަބަބުން ދިމާވި ކަމެއްކަން ޔަޤީނެވެ. މައިމޫނާ ހިތާހިތުން ކުދިކިޔާލިއެވެ.
”މީހަކު ބުނާ ކޮންމެ އެއްޗަކަށް މައިމޫނާ ވާނެ ރައްދުދޭން، ދެން އެމީހުންވެސް ރުޅި އަންނާނެއެއްނު!…” ފަޒްލާގެ ވާހަކަ ދެއްކުމުގެ ރާގު ބަދަލުވިއެވެ. ގޭގައި ފިރިހެނަކު އުޅޭނީ މަދު ވަގުތެއްގައިކަން ރަގަޅަށް އެނގޭއިރުވެސް ލޮލަށް ފެން ކޮންމެ ފިރިހެނަކާއި ޒުވާބުކުރަން މައިމޫނާ އެބަޖެހެއެވެ. އެމީހުން ކޮށްފާނެ ކަމަކާމެދު ވިސްނަނީ ފަހުންނެވެ. މިހާރު އެއައީ މަސްތުވެގެން މަގުމައްޗަށް ގިނަވެފައި ތިބޭ ޕަޓޭ ގުރޫޕެއް ގޮވައިގެންނެވެ. އީނާއާއި ރޫޔާ އެވަނީ ބިރުން ހަލާކުވެފައެވެ.
”އަޅޭ…. މަންމަ ގުޅާބަލަ ބޭބެއަށް، ނޫނީ ޕޮލިހަށް، އެމީހުން ދޮރު ވައްޓާލަފާނެހެން ހީވަނީ….” ރޫޔާގެ އަޑު ކުރެހުނެވެ. އޭނަ ނިކަން ބޮޑަށް ބިރުގަނެއްޖެއެވެ. އީނާ ރޫޔާގެ ގައިގައި ބައްދާލިއެވެ. ޓީވީންނާއި އޮންލައިން ނޫސްތަކުން ފެންނަ ޚަބަރުތަކުން ބިރުނުގަންނާނީ ކާކުހެއްޔެވެ؟ ރޯމާދުވާލު މީހުން މަރާލަނީއެވެ. އަންހެންކުދިން ރޭޕްކޮށްލަނީއެވެ. ޔަޤީނުންވެސް އެމީހުން އެތިބީ މަންމަދެކެ ރުޅި އައިސްފައެވެ. އޭރު އެބައިގައި އުޅޭ މީހުންތައްވެސް ހޭލަމޭލަވާ އަޑު އިވެއެވެ. އޭގެ އިރުކޮޅެއް ފަހުން ޕޮލިސް ވެހިކަލްގެ ސައިރެންސަރުގެ އަޑު އިވުނެވެ. ބޭރުގައި އުފެދިފައިވާ ތޫފާނުގަ ކުލަވަރުތައް މަޑުގެ އެއްކޮށް ހިނދިއްޖެއެވެ. މައިމޫނާ ލަސްލަހުން ގޮސް ކުޑަ ދޮރުގެ ފޮތިތައް ކަހާލިއެވެ. އެއްވެސް ބަޔަކު ފެންނާކަށް ނެތެވެ. ޕޮލިހުން އެމީހުން ގެންދިޔައީ ހެއްޔެވެ؟ ދެން ބޭރަށް ދާން ލާހިކެއް ނޫނެވެ.
ރޫޔާ އާއި އީނާ ކޮޓަރިއަށް ދިޔައިރު އަދިވެސް ބިރު ފިލައިގެން ނުދެއެވެ. ބިރު ކަނޑުވާލަން ދެކުދިން ފެށީ އެސައިންމެންޓްގެ ވާހަކައެވެ. އެވާހަކަ ފެށުމާއެކު އީނާގެ ހިތުގައި ފުނިޖެހިފައިވާ ސުވާލުތައްކޮށްލަން ބޭނުންވިއެވެ.
”ރޫ، މިއަދު ބޭރަށް ނުދަންތަ؟….” އީނާ ފެށީ ދުރުދުރުންނެވެ. ކިޔަވާ މޭޒު ދޮށުގައި އިން ރޫޔާ އީނާއަށް ބަލާލިއެވެ.
”ކިހިނެއްވީ؟… އަހަރެންގެ ސިފައިގަ މީހަކު ފެނުނީތަ؟…” ލުއި ހުނުމަކާއެކު ރޫޔާވެސް ކޮށްލީ ސުވާލެކެވެ. އީނާގެ ނޭވާ ކުރުވެލައިފިއެވެ. ޒަލަފް ދެވަނަ ކުއްޖަކާއި ގުޅުން ބާއްވަނީ ހެއްޔެވެ؟
”އެއްވެސް މީހަކާއެކުވެސް ނުދަންތަ؟…” އީނާ އޮޅުން ފިލުވަން ބޭނުންވިއެވެ.
”ހާދަ ގިނަ ސުވާލެކޭ…..” ރޫޔާ ހައިރާންވެފައި އިނދެ އަހާލިއެވެ. އީނާގެ މިޒާޖު ބަދަލުވެފައިވާކަން ފާހަގަ ކުރެވުނެވެ. މޫނުގެ ކުލަވަރުތައް ފަނޑުވެފައިވާހެން ހީވިއެވެ.
”ޒަލަފްއާއެކު ވެސް ނުދަންތަ؟…. ހަވީރު ސައިކަލު ދުއްވާލަން …..” އީނާ ނީދެވިގެން ބުންޏެވެ.
”އީނޫއަށް ފެނުނީތަ އަހަރުމެން؟ ހޫމްމްމްމް……… މިއަދު ސަބްމެރީންއެއް ކާލަން ޑައިނަމޯރ ގޮސްލާފަ ދިޔައީ ސުނާމީބިނާ ކައިރިއަށް…. އީނޫމެން ވެސް ފެނުނު އެކަމަކު ތިދެމީހުންގެ ޓައިމް ސްޕޮއިލް ނުކުރަންވެގެން އަހަރުމެން ދިޔައީ ސައިކަލު ދުއްވާލަން، މީގެ އިރުކޮޅެއް ކުރިން މިއައީވެސް….” ރޫޔާ އޮޅުން ފިލުވައި ދިނެވެ. އެ ޖުމްލައިން އީނާއަށް ލިބުނީ ބޮޑު އުފަލެވެ. އަނގައިވާހާ ދަތްތައް ފެންނަވަރަށް އޭނަ ހީލިއެވެ. އޭނަގެ ހުރިހާ ސުވާލަކަށް ޖަވާބު ލިބިއްޖެއެވެ.
”އެހެންތަ… އެސައިންމެންޓް ނިމެއްޖެ ދޯ…..” އީނާ އެނދުން ތެދުވެލަމުން އައިސް ރޫޔާ ކައިރިއަށް ހުއްޓުނެވެ. ”ނޫނޭ އަދި ނުނިމޭ، ދެން ވިކިޕީޑިޔާއިން އިންފޮރމޭޝަން ނަގާފަ ނިންމާލާނީ، މިނިންމަން ވެއްޖެއްޔާ މުޅި ހަފްތާ ދާނީ މިކަމުގަ…..” ރޫޔާ ފޫހި ރާގަކަށް ބުނެލާފައި ލެޕްޓޮޕާ ކުޅެލައިފިއެވެ. ވިކިޕީޑިޔާއަށްވުރެ ފޭސްބުކް ބަލާވަރު ގިނަކަން އީނާއަށް ފާހަގަ ކުރެވުނެވެ.
”އެފްބީ ކުއީން….” އީނާ ދިމާކޮށްލިއެވެ.
”ހޭއި، މިއަދު ރާހިލްއާ ދިމާވި، އޭނަ ބުނި އީނޫއަށް ސަލާމް ބުނެދެއްޗޯ…..” ކުއްލިޔަކަށް ކަމެއް ހަނދާން ވުމާއެކު ރޫޔާ ބުނެލިއެވެ.
”ކޮން ރާހިލްއެއް؟….” އީނާއަކަށް ނޭގުނެވެ.
”އައްޑޫގަ ތިބިއިރު އީނުގެ ބެސްޓްފްރެންޑް ރާހިލް، ޕިސް ޕިސް، ހަނދާނެއްވެސް ނެތް ދޯ؟ ވެލް އޭނަ މިހާރު ވަރަށް ސަޅި…..” ރޫޔާ ރާހިލްގެ ޕްރޮފައިލް ހުޅުވާލަމުން އޭގައިވާހާ ފޮޓޯތަކެއް ދައްކާލިއެވެ.
”އޯހް ރާހިލް…. މާލެއަށް ބަދަލުވިފަހުން ވާހަކަދައްކާލާނެ ފުރުސަތެއްވެސް ނުލިބޭ، އެހިސާބުން ފްރެޑްޝިޕް ވެސް ނިމުނީ….. އިޓްސް ބީން ޓުވެލް އިޔާރސް……ދެން ހަނދާންވެސް ނެތޭނެ ދޯ…..” އީނާ ފުންކޮށް ވިސްނާލަމުން ރާހިލްގެ ފޮޓޯތަކަށް ބަލާލިއެވެ. ރޫޔާ އެބުނީ ތެދެކެވެ. އެއީ ކުރީގެ ރާހިލް އެއް ނޫނެވެ. އޭނައަށް ވުރެ އިސްކޮޅުން ކުރުކޮށް ހުރި ރާހިލް އިސްކޮޅުން ގިދު ވެލާފައި ލިބިފައިވަނީ ބިޔަ ހަށިގަނޑަކެވެ. ގަވައިދުން ޖިމަށް ދާކަން އަންގައިދެނީ އެފުރިހަމަ ހަށިގަނޑުންނެވެ. އީނާ ފޮޓޯތައް ބަލަން ހުރެފައި ގޮސް އެނދުގައި އިށީނެވެ.
”އަވާރ ޗައިލްޑް ހޫޑް ކްރަޝް….” ރޫޔާ ބުންޏެވެ.
”ރޫ… އެއީ ޕާސްޓް، މިހާރު އަހަރެންގެ ހަޔާތަށް އެއަށްވުރެ މާފުރިހަމަ ބައިވެރިއެއް ވަނީ އައިސްފައި، އަލްޔަސް ދެކެ އަހަރެން ވަރަށް ބޮޑަށް ލޯބިވޭ….. ދެން ޅައިރުގެ ފީލިންގްސްތައް ބޮޑުވެގެން އަންނައިރު ބަދަލުވާނެ،…. މިހާރު އޭނަ މަތިން ހަނދާނެއްވެސް ނެތް….” އީނާ ބުންޏެވެ. އޭނަގެ ހިތުގައި ވަނީ ހަމައެކަނި އަލްޔަސް އެވެ. ފައިޒާން ދިން އަނިޔާތަކަށް ޝިފާ ލިބުނީވެސް އަލްޔަސްގެ ފަރާތުންނެވެ. އެލޯތްބަށް ދުވަހަކު ފަނޑުކަމެއް ނާންނާނެއެވެ. އޭނަގެ ފުރާނަ އެދެނީ ހަމައެކަނި އަލްޔަސް އަށެވެ. އެލޯތްބަށެވެ. އެ ރީތި ސޫރައަށެވެ. ބިންވަޅު ނެގިފައިވާ އެޖާދުވީ ލޮލަށެވެ.
”ޓްރޫ، އެހެންނޫނަސް އީނޫ އާ ސޭމް މާ ގުޅޭ، މޭޑް ފޯރ އީޗް އަދާރ…” ރޫޔާ ހުވެފެނީ ގޮތަކަށް ބުންޏެވެ. ދެއެކުވެރިން އަނގަތަޅަން އެތައްއިރެއް ވަންދެން ތިއްބެވެ. މުޅިންވެސް ދެކެވުނީ އިނގިރޭސި ސީރީޒްތަކުގެ ވާހަކައެވެ. ތިންގަޑިއިރު ފާއިތުވެގެން ދިޔަތަނާ އަލްޔަސްގެ މެސެޖެއް އައުމުން އީނާ އަވަސް އަވަހަށް ފޯނު ނެގިއެވެ.
***
ޑޮކްޓަރަށް ދައްކަން ގޮސްފައި ތިބިއިރު ރާނިޔާ އިނީ ގަނޑުވެފައިވާ ދެއަތް ޖޯޑުކޮށްލައިގެންނެވެ. ނޭވާތައް ކުރުވެ މޫނުވެސް ހުދުވާން ފެށިއެވެ. އޭނަ އިރުއިރުކޮޅާ ފުންނޭވާއެއް ލައެވެ. އޭނަ އިނީ ކެތްތެރިވެލައިގެންނެވެ. ”ރިނީ، އިރާދަކުރެއްވިއްޔާ ހުރިހާކަމެއްވެސް ދާނީ ރަގަޅަށް….” ފަނޑު ހިނިތުންވުމަކާއެކު ރާނިޔާގެ ބުރަކަށީގައި އަވްޝަން ފިރުމާލިއެވެ. ރާނިޔާ އަވްޝަންގެ މުލައްދަނޑީގައި ހިފަހައްޓާލަމުން ކޮނޑުގައި ބޯއަޅާލިއެވެ. އަވްޝަންވެސް ރާނިޔާއާއި ކައިރިއަށް ޖެހިލައިފިއެވެ.
ޑޮކްޓަރު ދީޕާ ޓެސްޓްތަކެއް ހަދާލިއިރު ދީޕާގެ މޫނުމަތިން ކަންބޮޑުވުމުގެ ކުލަވަރުތަކެއް ނުފެނެއެވެ. ރާނިޔާ އޮތީ ނޭވާ ހިފަހައްޓާލައިގެންނެވެ. މޭގަޑު ނެގިފައި ޖެހެނީއެވެ. އޭނަގެ ޒަމީރާއި ވާހަކަ ދެއްކުނު އަދަދެއް ނޭގެއެވެ. އެހެން އޮވެ އޭނަ ދެލޯވެސް މަރާލިއެވެ.
”ހާދަ ވަރަކަށް ބިރުގެންފަ؟…” ދީޕާ މަޑުމައިތިރި ކަމާއެކު އަހާލިއެވެ. ދީޕާގެ ސުވާލަށް ޖަވާބުދޭން ބޭނުންވި ކަމުގައި ވިޔަސް ރާނިޔާގެ ދުލެއް ހަރަކާތް ނުކުލިއެވެ.
އިތުރު ހަތަރު ޓެސްޓް ހަދާލަމުން ދީފާ ބުނީ ރޭގަނޑު ނާތީޖާ ލިބުމުން އޭނައަށް ދެއްކުމަށެވެ. އޭނަ އިތުރު ތަފްސީލަކަށް ނުދެއެވެ. ޓެސްޓްތަކަށް ބަލާފައި ނޫނީ ޖަވާބު ނުދެވޭނެ ކަމުގައި އޭނަ ބުންޏެވެ.
ރޭގަނޑުގެ ފޭރާން މަތީގައި ބޮޑު ބިގަރެއްގެ ސިފައިގައި ދިއްލިފައި އިން ވިހިވަނަ ރޭގެ ހަނދުފެންނަނީ ރިހިކުލައަށް ވުރެ ބޮޑަށް ގަދަ އޮރެންޖް ކުލައިގެ ސިފައިގައެވެ. ފަރުބަދަތަކުގެ ނިވަލަށްވަދެފައި ވާއިރު ހީވަނީ ރަކިވެފައި އިންހެނެވެ. ދިގު ގަސްތަކުގެ ތެރޭން ފުރޭނިގެން އައިސް ފެނިލާއިރު ބަލަން ހުރެވޭނެއެވެ. އޭގެ ކުލަވަރުތައް ދުރަށް ފެތުރިފައި ނެތްކަމުގައި ވިޔަސް ކޮންމެވެސް ވަރެއްގެ އަލިކަމެއް ދީފައި އޮތެވެ. ތަރިތަކުގެ ބެބުޅުވެސް އެހާމެ ގަދައެވެ. ސިކުންތުކޮޅަކަށްފަހު ދުނިތަރިތައް ދިގު ނަގުލެއް އުޑުގައި ކުރަހާލައިފައި ގޮސް ގެއްލެއެވެ. ފަނިފަކުސައިގެ އަޑުން ފަޒާގެ ތެރެއަށް ވެރިކުރުވާފައިވަނީ ނާމާންކަމެވެ. ދޫނިތައްވެސް އެސޮރުމެންގެ ގެތަކަށްވަދެ ފިލާފައިވާހެން ހީވެއެވެ.
ޓެސްޓްތަކުގެ ނަތީޖާއާއި ، އެޗްއެސްޖީގެ އިތުރުން ރާނިޔާގެ ކުރީގެ މެޑިކަލް ރިޕޯޓް ބަލައިލަމުން ދީޕާ ފުންނޭވާއެއް ލިއެވެ. ރާނިޔާ އިނީ އަވްޝަންގެ އަތުގައި އަތަށް ލެވުނުހާ ބާރަކާއެކު ހިފަހައްޓާލައިގެންނެވެ. ދޮންމޫނުގައި ދާތިކިތައް ހަރުލާފައި ވެއެވެ.
ދީފާ ބުނީ ރާނިޔާގެ ފިލޯޕިއަން ޓިއުބް ބެދިފައިވާ ކަމަށާއި ދަރިއަކު ލިބުމަށް އޮތް ހަމައެކަނި ފުރުސަތަކީ އައިވީއެފް އަށް ދިއުން ކަމަށެވެ. އޭގެ ކުރިން ކުޑަ ކަންތައްތަކެއް ފުރިހަމަކުރަން ޖެހޭކަމަށްވެސް ޑޮކްޓަރު ބުންޏެވެ. އައިވީއެފް ގެ ހުރިހާ މައުލޫމާތެއް ދެމުން ދީފާ ބުނީ ދެމަސް ވަންދެން ކޮލޮމްބޯގައި މަޑުކުރުމަށެވެ. އެއީ ރާނިޔާއާއި އަވްޝާންގެ އުއްމީދުގެ ހުޅުކޮޅު އަލިވެގެން ދިޔަ ވަގުތަކެވެ. މިހުރިހާ އަހަރު ދެމަފިރިންގެ ދެކުނު ހުވަފެން ސީދާ ވުމުގެ ފެހިސިގްނަލްތައް ލިބެން ފެށީއެވެ. ކުރީފަހަރުތަކާ ހިލާފަށް މިފަހަރު ތެޅިފޮޅިގެން އެއްވެސް ކަމެއް ނުނިންމަން އަވްޝަން އަޒުމުކަނޑައެޅިއެވެ. ކޮންމެފަހަރަކު ބޭހުގެ މެދުތެރެއިން ޗުއްޓީހަމަވެ މާލެދާން ޖެހެއެވެ. ބޭސް މެދުކަނޑާލުމުގެ ނޭދެވޭ ނަތީޖާއާ ކޮންމެ ފަހަރަކު ކުރިމަތިލާން ޖެހެއެވެ.
އެރޭ ރާނިޔާ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނެވެ. ޔަޒްދާންއާއި ފަލަކްވެސް ހޮސްޕިޓަލަށް އައެވެ. ޕްރައިވެޓް ރޫމެއް ހިފައިގެން އެތަނަށް ރާނިޔާ ބަދަލުކުރެވުނީ ލެޕްރޮސްކޮޕީ ސާރޖަރީ ހެދުމަށްފަހުގައެވެ. ކިތަންމެ ކުޑަ އޮޕަރޭޝަނަކަށް ވިޔަސް ރާނިޔާއަށް ހޭލެވުމާއެކު ހޮޑުލެވެން ފެށިއެވެ. ހަށިގަނޑުން ވަރު ދޫވެ މުޅި މޫނު އެއްކޮށް ހުދުވިއެވެ. އަރުތެރެއިން އެއްވެސް އެއްޗެއް އެތެރެއަށް ފޮނުވާލެވޭ ކަމަކަށް ނުވިއެވެ. ކިރިޔާވެސް އެތެރެއަށް ދަނީ އަނބުޖޫސް ފޮދެކެވެ. އުނަގަޑުން ތިރީގައި ރިއްސާތީވެސް އޭނަ އޮންނަނީ ގިނަފަހަރު ލޯމަރާލައިގެންނެވެ. ނިދާލެވުމުން ވޭން ލުއިވެއެވެ. އަވްޝަން އެންމެ މިނެޓަކަށްވެސް ދުރަށް ނުދެއެވެ. އަބަދުހެން އިންނަނީ ރާނިޔާ ގާތުގައެވެ. ރޭއްސުރެ ހޭލާހުރުމުން ވަރަބަލިކަން އިހުސާސް ކުރެވެއެވެ. ލޯހުޅުވާލެވުމާއެކު އަވްޝަން ފެނުމުން ރާނިޔާ ހިނިތުންވެލިއެވެ.
”ނުނިދަނީތަ؟…” ތަދު ކެނޑިފައި ވުމުން ރާނިޔާ ހަމަޖެހިލައިގެން އޮވެ އަހާލިއެވެ. އަވްޝަން ޖަވާބު ދިނީ ބޮލުގެ އިށާރާތުންނެވެ. އޭނަ ރާނިޔާގެ ނިތަށް ބޮސްދިނެވެ.
(ނުނިމޭ)
11 Comments!
Comments are closed.
Gud morning readers, hope u all will like this part too…. give a like to mutha’s page so i can be in touch with you all https://www.facebook.com/pages/Stories-By-Mutha/429291827161512
dhen anehbai gennaany kon irakun? Raaniyaa ah dhariyaku libumuge fehi signallibuny dho? Vaahaka varah salhi,,
varah reeeeeeeeeethi vahaka eh
hai muthaaa!!!!!!!!! hows u my dear?????????? vaahakaige 10 vana part ah commenteh nukurevunee kudakoh b xy vegen,fahun kuran huree,ekam dhn 11 vana part up kureema miadhu nukuree, e part adhi mi part gaves madhun namaves kuh hurikan faahaga vi,heevani avahah upload kuranvegen liye ninmaali gothah up kohleehen, nizoooah enme bodah faahaga vi thankolhakee fudhey varakah “MADHU” beynun kuran jehey thanthanah KUDA mi lafzu beynun kohffa hurikan,mikan hama faahaga v ma bunelee, dhen ahen nuhadhahchey ingey,rangalhah kiyaalaafa kusheh fenihjje nama rangalhu kohffa up kohladheynee ingey,
dhen mivaahakaige mi partves varah salhi,kuriah huri baithah ves varah reethi vaanehen heevani,raani n ashvaneeah kideh liben ulhey thi varah ufaavehjje,dhen emeehunge lifeves varah salhivaane dho muthaa????
hahahahahahaaaa,maimoonaa ah e oh libunu landeh dho???????? ahen vaani fazlaa bunihen hurihaakamakah behinaganyya,lahkka rangalhu vehjjeh nun,maimoonaa ah landeh libihjehyya nizoo varah ufaavey,alhey nizooge ves hiyy thelhi li goi,een ah fenunee hama a dhemeehun dho?????? naseebeh nun dho? ahen noon nama rooya fakeeru moya vees kanneyge, mi partga couple thakuge bai thah sifakoh dheefa in goi varah salhi, adhi varah rom,wow wow, huvaa hama sifakurunthah ehaame nala, dhen kon irakun 12vana part,mihuree inthizaarugai,,avahah up kohladhehchey ingey plzzzzzzzzzzz.. 🙂 🙂 🙂 dhen ba e ba e tvgc hav a lovely day 🙂
varah reethi
♥V reethi ♥
vvv nice story ei….hey muthaa thy grl ei tha nuny boy etha
thnx all, nixoo i really love reading your long and swyt cmmnts, <3 hivei kudha story eh kiyeheh ves, aslu hama liyaa gothah upkohlani ..hendhunu time eh vani dhen prof read kuranyaa lasve up nukurevidhaanethi upkolani, nxt time dhethin faharu kiyaalafa upkohlani, thnx for letting me knw about the mistakes nixoo 🙂 rini and shaan ah baby eh libeni hen mutha ah ves hivani, dhen 12 vana part in engene…. annmukoh villan menan libeni efadha landhu, hihihi, poor maimoona, dhen inane geyga bandu vefa 😛 luckily it was roo…. thnx a lot nixoo, keep commenting <3 time eh nulibethi mihen mi reply kohlani….. yaan story upvaane konme Monday, Thursday and Saturday ga inshaallah 🙂 laaaala, mutha mi boy eh
o: a boy
but i thought you were a girl
me 2
:O