އަސުރުން އިރު ތިރިވެއްޖެއެވެ. މެންދުރަށް ދީފައި އޮތް ގަދަ އަވި ނިއްވާލާ ގަސްގަހާގެހީގެ ހިޔަނިތައް ހުޅަނގުކޮޅަށް ދެމެމުންދެއެވެ. ޖެހޭ ފިނިވައިރޯޅީގައި ހުޅަނގު ފަރާތު އަތިރިއާއި ދިމާއަށް އަހަރެންގެ ދަރިފުޅާއެކު ހިނގަމުންދިޔައީމެވެ. އަހަރެންގެ ހިތެކޭ ގިނަދުވަހު އަވީގައި އޮވެ އަނަރޫފަވެފައިވާ ފަތެކޭ އެއްފަދައެވެ. މިއަދު އަހަރެން އެހަނދާންތަކާއި ދުރުވާން ވަރަށް މަސައްކަތް ކުރަމެވެ. ނަމަވެސް އެދުވަހު އަހަރެންނަށް އޭނާ ހެދިގޮތް ހަނދާން އެބަހުއްޓެވެ. މީގެކުރީގެ ހަނދާންތައް އަހަރެންގެ ހިތުގައި އާވާން ފެށިއެވެ ރެއަކީ އުޑުމަތި ސާފް ރެއެކެވެ. ރީތި […]