Skip to content
އެސްފިޔަ

އިންތިހާއަށް ލޯބިދީފާ. . [2]

“އޯކޭ. . ކޯއްޗެއް އާޔާ މަގޭ ފަރާތުން ބޭނުންވެގެން ތިއުޅެނީ. . ؟ ރީތިކޮށް ބުނޭ. . . އަހަރެން އާޔާ ބުނިކަމެއް ކޮށްދޭނަން. . ބޭނުންވަނީ ކެނަބިސް ކޮޅެއްތަ؟ ހެރޮއިން ކޮޅެއްތަ؟ ހޭޝް އޮއިލް ކޮޅެއްތަ؟ ވީޑް ތަ؟. . ” އެއްވެސް އެދުމެއް ނެތި އާޔާކަހަލަ މުއްސަނދި ކުއްޖެއް އަހަރެންކަހަލަ މީހަކާ އެހާ ހެޔޮކޮށް އުޅޭނެކަމަކަށް ހިތް ގަބޫލެއް ނުކުރިއެވެ. އެހެންކަމުން އަހަރެން އާޔާއަށް ބަލާލައިފައި އަހާލީމެވެ.

      އަހަރެންގެ ކަންފަތް މަތިން ދިލަނަގައިގެން ދިޔައީ އާޔާގެ އަތުގެ ހޫނު އެތިފަހަރަކުންނެވެ.

އާޔާ ބޯހޫރާލީ ފޫހިކަމާއެކުގައެވެ. އާޔާއަށް ހުރީ ވަރަށް އަސަރުކޮށްފައިކަން އާޔާގެ މޫނުމަތިން ހާމަވެއެވެ.

        “ކީއްވެތަ އެންމެ ފަހަރަކުވެސް ހެޔޮހިތުން މީހަކު ކޮށްދޭ ކަމެއް ބަލައި ނުގަންނަނީ. . އަހަރެން ބަލާފަ ހީވަނީތަ އަހަރެން މިއުޅެނީ ތިއެއްޗިހި ނުލިބިގެންނޭ. . ވައި ޑޫޔޫ ހޭޓް ޔޯސެލްފް ސޯމަޗް؟. . އެންޑް ވައި ކާންޓް ޔޫ ސީ ތިންގްސް ކްލެއަރލީ. . އައި އެމް ބީން ނައިސް ޓުޔޫ ކޮޒް އައި ލައިކް ޔޫ. . އަހަރެންގެ ހިތެއް ނުބުނޭ އަކްޔަން އަކީ އެހާ ގޯސް މީހެކޭ. . ސޯ އައިމް ހިޔާރ ޓު ހެލްޕް ޔޫ. . ބަޓް އައި ކާންޓް ޑޫދިސް އިފް ޔޫ ޑޯންޓް ޓްރަސްޓް މީ. . ” އާޔާ ހިތުގައިވީ ހުރިހާ އުދާހެއް އެއްފަހަރާ ބޭރުކޮށްލަމުން ތެދުވިއެވެ. އާޔާ ހުރީ ވަރަށް ދެރަވެފައެވެ. އާޔާ ދާން ހިނގައިގަތެވެ.

        އެކަނި ވެރި ކަމާ ހިތް ދަތިކަމުގައި އެއްވެސް މީހެއްގެ ފަރާތުން އަޅާލުމެއް ނުލި ބި މަގު ގެއްލިފައި މުޅިދުނިޔެއަށް ގިނަވެ ގޮތް ހުސްވެފައި ވަނިކޮށް އާޔާގެ އޯގާ ތެރިކަން އަހަރެންނަށް ލިބުނީއެވެ. އާއިލާގެ މީހެއް ތިމާގެ މީހެއް، އަހަރެންގެ މީހެކޭ ބުނެ އަތް ދިއްކޮށްލާނެ މީހަކު ނެތް މިދުނިޔެއިން އަހަރެންނަށް އާޔާއާއި ދިމާވުމުން އާޔާ އަހަރެންނަށް ގެއްލޭކަށް އަހަރެންނެއް ބޭނުމެއް ނޫނެވެ. އަހަރެންވެސް އެ އެ ކަނިވެރިކަމުގެ ތެރެއަށް އެނބުރި ދާކަށް ބޭނުމެއް ނޫނެވެ. އަހަރެންވެސް އަޅާލުމާއި ލޯބި ބޭނުމެވެ. އަހެރެންވެސް މީހެއްގެ އޯގާތެރިކަމެއް ބޭނުމެވެ.

        “ޕްލީޒް އާޔާ. . މިޔަދު އާޔާ ނޫނީ ނެތް މަށަށް ހިތް ހެޔޮކޮށް ވާހަކަދައްކާލާނެ މީހެއް. . މަށަށް މާފުކުރޭ. .” އަހަރެން އާޔާގެ އަތުގައި ހިފެހެއްޓީމެވެ. އަހަރެންނަށް ކުރަމުންދިޔަ އަސަރުން އަޑު ބެދޭ ގޮތް ވިއެވެ. އެހެންކަމުން އަހަރެން އިތުރަށް ވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ. އާޔާގެ ކުރިމަތީގައި އިތުރަށް ނިކަމެތި ވާކަށް އަހަރެންނެއް ބޭނުމެއް ނުވިއެވެ. އަހަރެން އާޔާގެ އަތުން ދޫކޮށްލީ އާޔާ ބޭނުން ގޮތަކަށް ކަންތައް ކުރުމަށެވެ. އާޔާއަށް މަޖުބޫރު ކުރުމެއް ނެތެވެ. ފަސްދީ އެނބުރި ދިޔަޔަސް އަހަރެން ކުރާނެ ކަމެއްނެތެވެ. އާޔާގެ ފަރާތުން ލިބުނު ހިތްހެޔޮކަމަކީ ދުވަހަކުވެސް އަހަރެން ހަނދާން ނެތޭނެ ކަމެއް ނޫނެވެ.

        އާޔާ އެނބުރި އަހަރެންނާއި ދިމާލަށް ބަލައިލީ ފުސްމޫނު ހަދައިގެންނެވެ.

       “އެންމެ ރަނގަޅު. . އަހަރެން އަކްޔަން އަށް މާފް ކުރާނީ ޝަރުޠެއްގެ މަތިން. . ” އާޔާ އަހަރެންނަށް އިނގިލިދިއްކޮށްލަމުން ބުނެލިއެވެ. އާޔާގެ އެ ޙަރަކާތުގެ ސަބަބުން އަހަރެންގެ ހިތައް އުފާވެރިކަމެއް ވެރިކުރުވިއެވެ.

      “އާޔާގެ ކޮންމެ ޝަރުޠެއްވެސް އަހަރެން ޤަބޫލު. . ” އަހަރެން ހިނިތުންވެލާފައި އާޔާގެ އަތުގައި ހިފާލީމެވެ.

      “އަކްޔަން. . އަކްޔަންގެ ލައިފް މިހާހިސާބަށް އައީ ކިހިނެއް؟ އަހަރެންގެ ހިތެއް ނުބުނޭ އަކްޔަން އަކީ ގޯސް ކުއްޖެކޭ. .  ސޯ ހައު ޑިޑް ޔޫ އެންޑް އަޕް ލައިކް ދިސް. . އަހަރެންނަށް ކިޔައިދީފާނަންތަ. . “އާޔާގެ ޖުމަލައާއިއެކު އަހަރެންނަށް އިސްޖަހާލެވުނެވެ. އަހަރެންގެ ބަރުބާދުވެފައިވާ އެޙަޔާތަކީ އަހަރެންނަށް މީހަކަށް ކިޔައިދޭން އެހާ ފަސޭހަ ވާހަކަތަކެއް ނޫނެވެ. އެދުވަސްތަކުގެ މަތިން ހަނދާންކުރުމަކީ އަހަރެންވެސް ކުރަންބޭނުންވާ ކަމެއް ނޫނެވެ. އެހެންކަމުން މިޔަދާ ހަމައަށްވެސް އެދުވަސްތަކާއިމެދު އަހަރެންނެއް ނުވިސްނަމެވެ. އެ ސޮފްޙާތައް އަހަރެންގެ ހިތުގެ އެންމެ އަޑީގައި ވަނީ ރައްކާކުރެވިފައެވެ. އެއީ އަހަރެންގެ އަމިއްލަ އަތުން ހަލާކުކޮށްލެވުނު އަހަރެންގެ ޙަޔާތުގެ ސޮފްޙާ ތަކެވެ. ނަމަވެސް އަހަރެންނަށް އާޔާގެ އެދުމަށް ފުރަގަސް ދެވޭކަށް ނެތެވެ. އަހަރެންގެ ހިތުގައި އާޔާއަށް ދެވިފައިވީ މަޤާމަކީ މިއަދާ ހަމައަށް އެހެން އެއްވެސް އިންސާނަކަށް ދެވިފައިނުވާފަދަ މަތިވެރި މަޤާމެކެވެ. އެ ލޯބީގެ ޙައްޤުގައި އަހަރެން އާޔާއަށް އެވާހަކަތައް ކިޔައިދޭން ނިންމީމެވެ.

     “އެންމެ ރަނގަޅު. . އެކަމަކު އަހަރެންގެ ވެސް ޝަރުޠެއް އެބައޮތް. . އަހަރެންގެ ވާހަކަތައް އަޑުއެހުމަށްފަހު އާޔާއަހަރެންނާއި ދޭތެރޭ ތިބާއްވާ ހިތްހެޔޮކަން ބަދަލު ނުކުރާނެކަމަށް ވަޢުދުވޭ. . “

    “އައި ޕްރޮމިސް. . ” އާޔާ އާއި އަހަރެން ހިނގަމުން ދިޔައީ އާޓިފިޝަލް ބީޗާއި ދިމާލަށެވެ. އެތަނުން އެކަހެރި ބެންޗެއްގައި އަހަރުމެން ދެމީހުން އިށީނީމެވެ. އެއާއިއެކު އަހަރެންގެ ޙަޔާތުގެ އަނދިރި ސޮފްޙާތައް އުކެން ފެށިއެވެ.

     އަހަރެންގެ ޢާއިލާ އަކީ ރާއްޖެތެރޭގެ ވަރަށް ކުޑަ ރަށަކަށް ނިސްބަތްވާ ޢާއިލާއެކެވެ. އަހަރެންނަކީ އަހަރެންގެ މަންމަ އާއި ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅެވެ. ރަށުގެ އާބާދީ ކުޑަވުމާއި ދަތުރުފަތުރު ކުރުމަގެ ދަތިތައް ހުރިގޮތުން މުޅިރާއްޖެއަށް އަންނަމުން އައި ހަލުއި ތަރައްޤާއާއި ތަހުޒީބުގެ އަސަރު ރަށަކަށް ނުކުރެއެވެ. ނަތީޖާއަކަށް ވީ ރަށުގެ މަދު މީސްކޮޅަކީ އެކުވެރި، އެއްބައި ވަންތަ، އަޚްލާޤު ރަނގަޅު މުޖްތަމަޢަކަށް ވުމެވެ. ކުއްކުރުން މަދުވެފައި ސިނގިރޭޓް ބުއިމަކީވެސް ރަށުގެ މުޖުތަމަޢު ބަލައިނުގަންނަ ވަރުގެ މުޑުދާރު ޢަމަލަކަށް ވަނީ ވެފައެވެ. އެހެންކަމުން ދުންފަތުގެ އިސްތިޢުމާލު ނުކުރާ ރަށްތަކަށް ލިބުނު ފެހިފަތް އެންމެ ފުރަތަމަވެސް ހޯދި އެއްރަށް ކަމުގައި އަހަރެން އުފަން ރަށް އދ.މަންދޫ ވެގެންދިޔައެވެ. ރީތި ދޮންވެލި އަތިރިމައްޗާއި ވިލުނޫ ފަޅަކީ މަންދޫގެ ޤުދުރަތީ ރީތިކަމުގެ އެއްބައެވެ.

         ރަށު މަދަރުސާގެ ކިޔެވުން އޮންނަނީ ގްރޭޑް ހަތަކާއި ހަމައަށެވެ. އަހަރެންގެ ބައްޕައަކީ ބޮޑު ދަނޑު ބިމެއްގެ ވެރިޔެކެވެ. އާއިލާ ކުޑަވަމާއިއެކު ކުރަންޖެހޭ ޚަރަދު ވަރަށް މަދެވެ. އެހެންކަމުން އަހަރެންގެ ޢާއިލާ އަކީ ފޯރާޢާއިލާ އަކަށް ވިއެވެ. އަހަރެންނަކީ މަންމަ އާއި ބައްޕަގެ ހުރި ހަމައެކަނި ދަރިއަށް ވުމާއިއެކު އަހަރެންގެ މައިންބަފައިންގެ ހުވަފެނަކަށްވީ އަހަރެންނަކީ ރަށުގައި ނެތް ފެންވަރުގެ މޮޅު ކުއްޖަކަށް ހަދާށެވެ. މުޅިރަށް އެމީހަކަށްޓަކާ ފަޚުރުވެރިވާ ފަދަ ރަން ދަރިއަކަށް ހަދާށެވެ. އެހެންކަމުން ރަށު މަދަރުސާއިން ނިމުމާއިއެކީ އަހަރެން މާލެ ބަދަލުކުރީ އިތުރަށް ކިޔަވަދޭށެވެ. އެއީ އަހަރެންގެ މުސްތަޤުބަލަށްޓަކާ އެޅޭ ކިހާބޮޑު ފިޔަވަޅެއްކަމެއް އޭރު މައިންބަފައިންނަށް އިޙްސާސްކުރެވުނުހެނެއް ހިޔެއް ނުވެއެވެ. އަހަރެންކަހަލަ ގޯސްކަންތައްތައް ފެނިފައިނުވާ، ގޯސްބަޔަކާއެއްކޮށް އުޅެފައިނުވާ، ދުވަހަކުވެސް ނަސޭޙަތެއް ދޭންޖެހިފައިނުވާ ކުއްޖަކު އެފަދަ މުޖްތަމަޢަކަށް ގެންދެވުމުން އެމާޙައުލުން އަހަރެންގެ ދިރިއުޅުމަށް ކޮށްފާނެ އަސަރާއިމެދު އޭރު އަހަރެންގެ މައިންބަފައިން ވިސްނާފައި އޮތްހެނެއް ހިޔެއްނުވެއެވެ.

         ކައިރީ ރަށަކަށް ރަށު ދޯންޏެއްގައި ގޮސް އެރަށުން މާލެދާ ދޯންޏަކުން އަހަރެން ގޮވައިގެން މާލެ ގެންދިޔައީ ބައްޕައެވެ. އަހަރެން ބެހެއްޓީ ބައްޕައާއި ތިމާގެ ދައްތައެއް މާލޭގައި ހިފާފައި ހުންނަ ގެއެއްގައެވެ. އަހަރެންކަހަލަ ބޮޑުވަމުންއަންނަ ފުރާވަރުގެ ފިރިހެން ކުއްޖެއް މާލެފަދަ ހަލަބޮލިމާޙައުލެއްގައި ގެންގުޅުމަކީ ބެލެނިވެރިޔެއްގެ ކިހާބޮޑު ޒިންމާއެއްކަމެއް އޭރު ފަހީމާއްތައަށްވެސް ވިސްނުނުހެނެއް ހިޔެއްވުވެއެވެ.

          ރަށުގެ ކިޔެވުމުގެ ފެންވަރު ދައްވުމާއިއެކު މަޖީދިއްޔާ ޓެސްޓުގައި ބައިވެރިވެ އިނގިރޭސި މާއްދާއިން ފާސްނުވުމުގެ ސަބަބުން އަހަރެންނަކަށް ސަރުކާރު ސްކޫލަކުން ޖާގައެއް ނުލިބުނެވެ. އަހަރެން ހުންނަގެ ހުންނަނީ ގަލޮޅުގައި ކަމުން ދެން އަހަރެން ވެއްދީ ގަލޮޅު މަދަރުސާއަށެވެ. އަހަރެންގެ ކަންތައްތައް ފަހީމާއްތަ އާއި ޙަވާލު ކުރުމަށްފަހު ބައްޕަ ފުރައިގެން ރަށަށް ދިޔައީ ރަނގަޅަށް ކިޔަވައިގެން މޮޅުކުއްޖަކަށް ވުމަށް ނަސޭޙަތްތެރި ވެފައެވެ.

           ފުރަތަމަ ސްކޫލަށް ދިޔަ ދުވަހަކީ އަހަރެންގެ ޙަޔާތުގައިވެސް އެންމެ ލަދުގަތް އަދި އެންމެ ހާސްވި ދުވަހެވެ. ފަހީމާއްތަ އަހަރެން ގޮވައިގެން ސްކޫލް ދޮށަށް ދިޔަނަމަވެސް ސްކޫލަށް ވައްދާފައި ދިޔައީ ގެއަށެވެ. ކޮނޑުގައި ދަބަސް އަޅުވައިގެން އަހަރެން އެނތެރެއަށް ވަދެގެން ދިޔައިރު އަހަރެންގެ މޭ އަނގައަށް އަންނަވަރު ވެފައި ވެއެވެ. ދުވަހަކުވެސް އަހަރެން ލޮލުން ނުދެކޭހާ ގިނަ ކުދިންނެއް އެއްފަހަރާ ފެނުމުން އަހަރެންނަށް ހުރެވުނީ ހައިރާންވެ އަންތަރީސް ވެފައެވެ. ފަހަރަކު ކުއްޖެއްގެ މޫނަށް ބަލަމުން އެކި ކުދިން ގާގައި އަޅައި ގަންނަމުން އަހަރެން ގަލޮޅު މަދަރުސާގެ ގޭޓުން އެނތެރެއަށް ވަދެގެން ދިޔައީމެވެ. ދާނޭ ވަކި ދިމާލެއް ހުންނަންވީ ވަކި ތަނެއް ނޭނގިފައި އަހަރެންނަށް ހުރެވުނީ ފެންނަމުން ދިޔަ އުސް އިމާރާތައް ބަލާށެވެ. އެކިކުދިން ސިޑިން މައްޗަށް އަރާތަން ބަލާށެވެ. ލަދުގަނެ، ބިރުން ހާސްވެފައެވެ. އެވަގުތު އަހަރެންގެ ހިތައްއެރިއެވެ. މިއީ އަހަރެންނަށް ވާވަރުގެ ކަމެއް ނޫނެވެ. އެހެން ހިތަށް އެރުމާއިއެކު އަހަރެން އެނބުރި ގެޔަށްދާން ހިނގައިގަތީމެވެ. ނަމަވެސް އެސްކޫލްގެ ޓީޗަރަކަށް ފެނި އަހަރެން ކުލާހަށް ގެންގޮސްދިނެވެ.

        އަހަރެންނަކީ ރާއްޖެތެރޭގެ ދަނޑުގޮވާން ކައިގެން ބޮޑުވެފައިވާ ކުއްޖެއްކެވެ. އެހެންކަމުން އަހަރެންނަށް ޤުދުރަތުން ދެއްވާފައިވާ ބިޔަ ފިރިހެންވަންތަ ހަށިގަނޑާއި ދިގު އިސްކޮޅަކީ ގިނަކުދިންތަކެއް އަހަރެންނާއި އެކުވެރިކަން ބާއްވަން ބޭނުންވި އެއް ސަބަބަށްވިއެވެ. މާލޭގެ ސްކޫލަކަށް އާދެވުމާއިއެކު އަހަރެންގެ ލޯހުޅުވިގެންދިޔައީ ދުވަހަކުވެސް ދެކެފައިނުވާކަހަލަގެ ހަލަބޮލި މާޙައުލަކަށެވެ. ކްލާސްރޫމްގައި ކިޔަވައި ދެއްވަން ހުނަނަވާ މުދައްރިސަކީ ބައެއްކުދިން ހިތުހުރިހާ ގޮތެއް ހަދަން ބަހައްޓާފައިވާ މީހެއްބާއޭ ހިތައްއެރި ކިތަންމެ ފަހަރެއް ދިޔައެވެ. ކުލާހުގައި އުޅުނު ބައެއް އަންހެން ކުދިންހީވަނީ ފިރިހެން ކުދިންނަށްވުރެވެސް ކުރީގައި އުޅޭ ކުދިންހެނެވެ. ދުވަހަކުވެސް ދެކެފައި ނުވާކަހަލަ ގައިގޯޅި މަންޒަރުތައް ކުލާހުގައި ވެސް ފެންނަމުން ދިޔައެވެ. ނަމަވެސް ރަނގަޅު ކަންތަކާއި ނުރަނގަޅު ކަންތައްތައް އޮޅުންފިލުވައިދީ އަހަރެންނަށް ނަސޭޙަތެއް ދޭނެ މީހަކު އެދުވަހަކު އަހަރެންނަކަށް ނުލިބުނެވެ. އެހެންކަމުން މަޑުމަޑުން އަހަރެންނަށްވެސް ކުލާހުގެ އެހެންކުދިންނާއި ބައިވެރިވެ އުޅުމަށް ބަދަލު އަންނަން ފެށިއެވެ. ހުރިހާ ކުދިންވެސް ކުރަންޏާ އެވާނީ ރަނގަޅު ކަންތަކަށްތާއޭ ހިތައްއެރިއެވެ. ޖެހިލުން ކުޑަވެ އެހެން ކުދިންނެކޭ އެއްގޮތަށް އެމާޙައުލަށް ރަނގަޅަށް ހޭނިއްޖެއެވެ.

        އަހަރެންނަށް ލިބިފައިވީ ފުރިހަމަ ހަށިގަނޑާއި ރީތިކަމުގެ ސަބަބަން އަހަރެންނަށް ފިރިހެން ގިނަ އެކުވެރިންނެއް ލިބުނީކީ އެކަންޏެއް ނޫނެވެ. ސްކޫލްގެ ގިނަ އަންހެންކުދިންނެއްގެ ތެރޭގައިވެސް އަހަރެންގެ ނަން ވަނީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި މަޝްޙޫރު ވެފައެވެ. ގިނަކުދިންނެއްގެ އަމާޒުފަތްގަނޑަކަށް ވެ އަހަރެން އިމްޕްރެސް ކުރުމަށް ވާދަކިޔާފައި އުޅުނެވެ. އެއީ މީގެ ކުރިން އަހަރެން ދުވަހަކުވެސް ދެކުނު މަންޒަރެއް ނޫނެވެ. ނަމަވެސް އެހާރީތި ފުރާވަރުގެ އަންހެންކުދިންތަކެއް އެހާ ފޯރި ހުންނާތީ އަހަރެންނަށްވެސް ބަޔާންކުރަންދަތި ހިތްހަމަޖެހުމެއް ލިބެއެވެ. އެހެންކަމުން އަންހެންކުދިން ގިނައިން ބަލާނަމަ އެނބުރިލާ ލޮލެއް މަރާލާ ހަދާލަމެވެ. އަހަރެންގެ މިކަހަލަ ގޯނާތަކުން އެކުދިންތައް މަރުދޭން ފެށިކަހަލައެވެ. އެކިކަހަލަ ނޯޓްތައް އަހަރެންނަށް ލިބެމުންދިޔައީ އޮބިނޯންނަ ވަރަށެވެ. އަހަރެންގެ ޢަމަލުތަކުގެ ސަބަބުން ނޭގިނަމަވެސް އަހަރެން ދިޔައީ މަތީ ގުރޭޑްތަކުގައާއި އެހެން ކުލާސް ކުލާހުގައި ކިޔަވަން އުޅޭ ނުލަފާ އެތައް ފިރިހެން ކުދިންނެއްގެ ލޯވެސް އަހަރެންނަށް ހުއްޓެމުންނެވެ. އެއީވެސް އެކަހަލަ ދުވަހެކެވެ.

         ބަޔޯގަޑި ނިމިގެން ޓީޗަރު ކުލާހުން ނިކުތެވެ. އެވަގުތުވެސް ކުލާހުގަ ތިބި އެކުވެރި ދެތިން ކުދިންނާއިއެކު އަހަރެން ކޮރިޑޯއަށް ނިކުމެލީމެވެ. އެވަގުތު އަހަރެންނާއި އެއްފުރާގެ ދެތިން އަންހެން ކުއްޖަކު ފާހާނައަށް ދިޔުމަށް އަންނަނީއެވެ. އެތަނުން މެދަށް ހުރި ބުރުގާ ނާޅާ އަންހެންކުއްޖާ އަހަރެންނަށް ވަރަށް ކަމުދިޔައެވެ. އެހެންކަމުން ކުލާހުދޮރުމައްޗާ ހަމައަށް އަރާއިރަށް އަހަރެން ބިރުކަނޑާލާ އެކުދިންގެ ކުރިމައްޗަށް އަރާ މަގުބަންދު ކުރީމެވެ. އަހަރެންގެ ޖެހިލުން ކުޑަކަމުން ތިންކުދިންވެސް ތިބީ ރަކިވެ ބުނާނެ އެއްޗެއް ނޭނގިފައެވެ. ނަމަވެސް މޫނުމަތިން ފެންނަމުން ދިޔަ ލަދުރަކި ހިނިތުންވުމާއި އެކުދިން އެކުދިންނާއި ބަދަލުކުރާ ލޮލުގެ އިޝާރާތުން އަހަރެންގެ ގޯނާ ވަރަށް ކަމުދިޔަކަން އަންގައިދިނެވެ.

   “ނަންބުނެފަ ދެވޭ ނީ ކޮންނަމެއް ކިޔަނީ. . ” މެދައް ހުރިކުއްޖާޔާ ގާތްވެލާފައި އަހަރެން ގަދަކޮށްލީމެވެ. ހީވަނީ އެކުދިން ތިބީ އަހަރެން ނަން ނާހައިގެން ހެނެވެ.

       “ޔާޝާ..”

        “ފަރީ “

        “މަރީ”

        “ތީ އަކްޔަން ދޯ. . ” ޔާޝާ ލަދުރަކި ގޮތަކަށް ބަލާލާފައި އަހާލިއެވެ. ޔާޝާ އަހަރެންނަށް ފަރިދައްކަން އޭރުވެސް އޮޅެމުން ދިޔައެވެ. އަހަރެންގެ ނަން އެކުއްޖާއަށް އެނގުމުން ވަރަށް ހައިރާންވިއެވެ.

       “އައްދެ ނަންވެސް ހޯދައިފިންދޯ. . ” އަހަރެން އެކުދިންދާން ތަން ދައްކަމުން އެއްފަރާތަށް ޖެހިލީމެވެ. ލަދުރަކި ހިނިތުންވުމެއްގައި އެކުދިން ފަސްދީ ދާން ފެށިއެވެ. “ޔާޝާ. . ވަރަށް ރީތި ނަމެއް. . ” އަހަރެން އަނެއްކާވެސް ޔާޝާއާއި ސަމާސަ ކޮށްލީމެވެ. އެކުދިން ހެމުން ހެމުން ދިޔައެވެ. ކްލާސް ކުދިންވެސް ތިބީ އަހަރެން ގެ ކެރޭ ކަން އެނގި ވަރަށް އިމްޕްރެސް ވެފައެވެ. ކުލާހަށް ވަންނަން އެނބުރިލިއިރު ގްރޭޑް ނުވައެއްގެ ދެތިން ކުއްޖަކު ކުލާހުން ނިކުމެ އަހަރެންނާއި ލޯއަޅައިގެން ހުއްޓެވެ. އަހަރެން މާބޮޑު ކަމަކަށް ނަހަދާ އެނތެރެއަށް ވަނީމެވެ.

     “އޭ ބްރޯ އެނގޭތަ އެއީ އެހެރަ ހަންޓޭގެ ބިޓު. . އެއީ ވަރަށް ނުލަފާ ގޮލައެއް. . ވިސްނައިގެން އުޅެއްޗޭ. . ” ރިހުޝާން އަހަރެންނަށް ނިކުމެ ތިބި ކުދިންގެ ތެރެއިން ކުއްޖެއް ދައްކާފައި ބުންޏެވެ.

      “މަށަށް ހެޔޮ. . މަ އޭނަޔާ ހަމައެކަނީ ވާހަކައެއްނު ދައްކާލީ. . އެއީ އޭނަގެ އަންހެނުންނެއްވެސް ނޫނެއްނު. . ” އަހަރެން އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ ވަދެ ގޮނޑީގައި އިށީނީމެވެ. އެދުވަހު ސްކޫލް ނިމުނު ރަނގަބީލާއިއެކު ފޮތްދަބަސް ހިފައިގެން ނިކުންނަން އުޅެނިކޮށް އެއްކަލަ ހަންޓޭ އާއި އޭނާގެ ދެތިން އެކުވެރިންނެއް އައިސް ކުލާހަށް ވަދެ ގަނެއްޖެއެވެ. ކުލާހުގައި ދެންތިބި ކުދިން ބިރުން ފަހަތައް ޖެހުނެވެ. އެއާއިއެކު އެ މީހުން އައިސް އަހަރެން އިން މޭޒު ވަށާލައިފިއެވެ. ބޮޑުކުލާހެއްގެ ބަޔަކު އެގޮތަށް އައިސް ބައްދައިލީމައި އަހަރެން ހުރީ ޖެހިލުންވެ ފިނިވެފައެވެ. ނަމަވެސް އެމީހުންނަށް މާބޮޑު ސަމާލު ކަމެއްނުދީ ފޮތްތައް ދަބަހަށް އަޅަމުން ދިޔައީމެވެ.

     ކުއްލިޔަކަށް ހަންޓޭ އަހަރެން ނަގަނަގާ އޮތް ފޮތްމަތީގައި އަތުންޖަހާވައްޓާލިއެވެ. އެއާއިއެކު އަހަރެންނަށް ހަންޓޭއަށް ބަލައިލެވުނެވެ. އޭނާހުރީ ރުޅިއައިސް ރަތް ވެފައެވެ. އެމަންޒަރު ބަލަން ދެންތިބި ކުލާސް ކުދިން ތިބީ ފިނިވެ އަނގައިން ބުނަންވެސް ނުކެރިފައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (27)

  1. mink

    v v nyc

    1. naby
      mink

      Varah salhi… … good going keep it up

  2. GuDuMeena

    🙂 thanks. .

  3. ishaa

    Fantastic…..go on in the field…you will succed ….insha allah 🙂

    1. GuDuMeena
      ishaa

      Thankew Ishaa. . 🙂 If u all ar with me In Sha Allah i will go on the feild. . i appreciate the gud wishes. .

  4. Rooya

    haadha kurey… but nice.. 🙂

  5. GuDuMeena

    thankolheh kuree dhow. . adhi fahun rangalhuvaane. . daily one part v ma vaavaru mi. . 🙂 Thankx Roo

  6. naj

    hey
    ??? are u a girl or a boy
    varah parteys ulhey vaahaka genesdheythy
    any way this story is v nice
    keep it up 🙂

    1. GuDuMeena
      naj

      I have answerd the same Q in the last story’s comments. . Plx take a min to read the comments in Molhi Nuvanis Emaa part 3 or 4 and thanks BTW. .

    2. naj
      GuDuMeena

      ohh i forgot
      i have red that comment
      sory
      hama hadhaan nethuny ey
      gudu ei friends kiyaa nan dhw
      so whats your real name
      and sry once again gudu ijust forgot that comment of yours

    3. GuDuMeena
      naj

      So my real name huh. . u wont believe it. . Ok here it goes. . Ali Gudhurathulla Ahmed. . Thats full name 🙂 weird huh. . hope u’ll all like my stories and i appreciate ur lovely comments. . <3

    4. naj
      GuDuMeena

      its not weird
      i hve heard that name somewhere ….
      i dont no
      so your so young
      i mean you have married in 22 year old
      ANW i wish u and your wife a happy life 🙂
      and u wont believe how much i love your stories 🙂
      keep up the good work gudu
      n where are u working
      i mean school office …..

  7. lady

    vrh vrh reathi mibaives ekm thankolhe kurukoh genesdheefa hurima mahsala aki <3

    1. GuDuMeena
      lady

      Thanks Lady. . Mirey genesdheynan new episode eh. . adhi fahun dhigukollaanan. . 😀

  8. princess

    v nice…plx up kohdeythi ASAP….N gudu aky addu kuhjehtha??????

    1. GuDuMeena
      princess

      Up kohdheynan mirey ingey. . and GuDu eh Addu eh noon BTW. . bt raajjeyge 2 hisaabaku 2 myhun Mom and Dad. . 🙂

  9. lady

    offic ga bx koh ulhefa gudu ge stories kiyaali ma i fey so refreshing 🙂

    1. GuDuMeena
      lady

      Ohw.. Glade to know that Lady. . 🙂

  10. GuDuMeena

    ehehehe. . @ Naj: Its like im being investigated. . :p to get more info abt me visit http://www.facebook.com/llGuDuMeenall i’ll be morethan happy to give my fans Info abt myself. . 🙂 thanks Naj

  11. sum 1

    mirey adhi 8 nujahany thrrrr???????

  12. thiii

    omg the way u describe the scnes and ppl in the story is just amazing..i love reading it..hama vv salhi ey buneveynnny

    1. GuDuMeena
      thiii

      Thankx Thiii. . hope u’ll read all the parts. . glade to knw u liked it 🙂

  13. STUNNIN TOUGH ROCKSTER

    BRW SALHI EY MI MA ESSS KIYAALEE MI…HAMER HESSKIYAAHER 6BEYS ENGE…..THANKOLHEH BIRUVERI N U KNW THAFAATHU GOTHAKAH LIYELABIA JUX AN IDEA NGE….MISS YA GUYS

    1. GuDuMeena
      STUNNIN TOUGH ROCKSTER

      Hey BURO. . 😀 Bro vx kiyaalee dhw. . Hiyeh nukuran mikahalage STAR PLUS Type ge Love story kiyaa ulheyne kamakah. . . :p BT so happy to c yuw ingey. . MISS YA TOO

  14. jammu

    mi wahak firathama bai kiyan beynun ekam nuehfenun

  15. jammu

    i need to read this story btw i coul’dnt find first part of this
    help me to find it

    1. sana
      jammu

      Pls go she ge name gahaafain tanah go then you see ok jammu

Comments are closed.