Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބަށްޓަކައި (ފަހުބައި)

xaaahy
April 12, 2014
7 Mins Read
37 Comments

ލަޔާލް ރޮއި ގަންނަމުން އެ ރިޕޯރޓް ބޮނޑިކޮއްލިއެވެ. މިވީ ކިހިނެއް ހެއްޔެވެ؟ އުފާވެރިކަމުގެ ހިނިތުންވުން ތުންފަތްމަތީ ދުވެނުލަނީސް ކަރުނައިގެ ސާލެއް ލެވުނީއެވެ. އިންތިޒާރަށް ފޮނި ނިމުމެއް ގެނެވިއްޖެ ކަމަށް ހީކުރެވުނު ވަގުތު ކަޅު ވީލާތަކުން ދިރިއުޅުން ދެވަނަ ފަހަރު ބަނަކޮއްލައިފިއެވެ. ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް އޮހެންފަށައިފިއެވެ. ލަޔާލް ދެރަވެފައި ރޯން އިން މަންޒަރަކީ ޝައުފްއަށް އެންމެ ބަލަން އުދަނގޫވި މަންޒަރެވެ. ލަޔާލް ގެނެސް ޝައުފްގެ މޭގައި ޖައްސާލަން ހިތް އެދެމުން ދިޔައެވެ. ޝައުފް އިށީދެ އިން ގޮނޑިން ތެދުވެ ލަޔާލްގެ ކުރިމައްޗަށް ހުއްޓި ލަޔާލް ގެނެސް ޝައުފްގެ ގަޔާ ބޮނޑިކޮއްލިއެވެ. ލަޔާލް ޝައުފްގެ ހަށިގަނޑުގައި އޮޅުލައިގަންނަމުން ކުރިއަށްވުރެ ބާރަށް ރޯންފެށިއެވެ.
”ލަޔާ…………ވިސްނަންވީ ލަޔާލް…..ކޮންގޮތެއްތޯ ބޭނުމީ…..ލަޔާ ބޭނުންވަންޏާ އަހަރެން ލަޔާ ދޫކޮއްލަފާނަން……އަހަރެން ހިތުގައި ބުރަކަމެއް ނެތި…..” ޝައުފް ލަޔާލްއަށް ހިތްވަރު ދޭން ފެށިއެވެ.

ލަޔާލް އެކަނި ބާއްވާލުމަށްފަހު ޝައުފް އެތަނުން ނުކުމީ ލަޔާލްއަށް ވިސްނާލުމަށް ފުރުސަތެއް ދީފައެވެ. އަމިއްލަ ދިރިއުޅުމަށް ގޮތެއް ނިންމުމުގެ ހައްގު އޮތީ އަމިއްލައަށެވެ. ލަޔާލް ނިއްކުރިމަތީގައި އަތްބާއްވާލުމަށްފަހު ވިސްނާލިއެވެ.

”އަހަރެން އާކިފް ބޭނުން…..އާކިފްއަށްޓަކައި ކުރި އިންތިޒާރު ބޭކާރުވާކަށް ބޭނުމެއް ނޫން….އެކަމަކު އާކިފް އަހަރެން ބޭނުންވާނެތަ….އަހަރެން ދެކެ ކުރިން ވީ ލޯބިވާނެކަމެއްވެސް ނޭނގެ…….އެހިތުގައި އަހަންނަށް ލޯބީގެ މިންވަރެއް ވާކަމެއްވެސް ނޭނގެ…..” ލަޔާލް އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ދިޔައެވެ.

” އާކިފް ބޭނުން ކުރިއަސް އަހަރެންގެ ބަނޑުގައި މިވަނީ ޝައުފްގެ ދަރިއެއް..” ލަޔާލް މޫނުގައި އަތްއަޅާލިއެވެ. ދެން އިތުރަށް މިކަމާ އޭނާ ވިސްނާނީ އާކިފްގެ ބަހެއް ލިބުނީމައެވެ.

ޑޮކްޓަރުން ބަލަން އައިސް ލަޔާލް ރަނގަޅުވެފައި ވުމުން ގެއަށް ދިއުމަށް ހުއްދަ ދިނެވެ. ލަޔާލް ގެއަށް ދިޔައީ ޝައުފްއާއި އެކުއެވެ. އާކިފް އެގަޑީގައި ނުކުމެގެން ދިޔަ ގޮތަށް ފެނިވެސް ނުލައެވެ. ލަޔާލް ގޭތެރެއަށް ވަދެވުނު އިރު ޝާން ފޯނުގައި ސޯފާގައި އިނެވެ. އިރުއޮއްސި އަނދިރިވެފައި ވީނަމަވެސް ޝާންއަށް ގޭތެރެ ދިއްލަން ހަނދާންހުރިހެންނެއް ހިއެއް ނުވެއެވެ. ޝައުފް ގޭތެރެއަށް ހިނގައިގަންނަމުން ހޮޅިބުރިތައް ޖައްސާލިއެވެ.ލަޔާލް ހިނގައިގަތީ އާކިފްގެ ކޮޓަރިއަށެވެ.

ލަޔާލް އާކިފްގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލިއެވެ.
”ވަދޭ..” އާކިފްގެ އަޑު އައެވެ. ލަޔާލް ކޮޓަރި ތެރެއަށް ވަނެވެ. ނޫކުލައިގެ ފަރުދާ ފޮތިގަނޑުގެ ކައިރީ ހުއްޓިލައިގެން ލަޔާލްއަށް ބަލަހައްޓައިގެން އާކިފް ހުއްޓެވެ.

” ކަމަކުތަ؟” އާކިފް އަހާލިއެވެ. ” އާން……..ކަމެއް އޮޅުންފިލުވާލުމަށް……” ލަޔާލް ގޮސް ހުއްޓުނީ އާކިފްގެ ކުރިމަތީގައެވެ.
” ކޮންކަމެއް؟” ފަރުވާ ކުޑަގޮތަކަށް އާކިފް އަހާލިއެވެ. ” އާކިފް އަހަރެން ދެކެ އަދިވެސް ލޯބިވޭތަ؟” ލަޔާލް ލޯމަރާލަމުން އަހާލިއެވެ. ” އާން….” އާކިފްގެ ދުލުން އެހެން ބުނުމުން ލަޔާލް ދެލޯ ހުޅުވާލިއެވެ. ލަޔާލް ހިނގައިގަތީ އާކިފްއާ ދިމާލަށެވެ.

” ލަޔާލް…….އަހަރެން ބޭނުންވަނީ ލަޔާލްގެ މަތން ހަނދާން ނައްތާލަން……ޝައުފްގެ އަންހެނުން ތީ…އަދި ބަލިވެ ތިއިނީ އޭނަގެ ދަރިއަކަށް..އެނބުރި އަހަރެންގެ ދިރިއުޅުމަށް އަންނާނީ ކޮން ހައިސިއްޔަތަކުން؟” އާކިފް ބުނެލިއެވެ. ލަޔާލްއަށް ޖެހުނީ އެހުރި ހިސާބަށް ހުއްޓުން އަރާފަ ހުންނާށެވެ. ލަޔާލްއަށް ހިތްވަރު ލިބޭ ފަދަ އެންމެ ލަފްޒެއްވެސް ބުނެނުލައެވެ.

”’ އަހަރެންވީ ލޯތްބަށްޓަކައި……އަހަރެން ކުރި އިންތިޒާރަށްޓަކައި…….އާކިފްއަށް ވީ ގުރުބާނީއަށް ޓަކައި……އެވަރު ކުޑަތަ…އަދިވެސް އިތުރު ކަންތައްތަކެއް ބޭނުންވަނީތަ؟ ” ލަޔާލް ބުނެލިއެވެ.

” ލަޔާލް ހީކުރީތަ އަހަރެން ބޭނުންވާނެއޭ……އަހަރެންނަށް އިންތިޒާރުކުރާށޭ ބުނީމަ ތި އިންތިޒާރުކުރީ މީހެއްގެ އަތްބެއްގެ ގޮތުގަ ހުރެގެން……އަހަރެންނަށްޓަކައި ލަޔާލްއަށް ފޮރުވުނީ ކޯއްޗެއް…….އަހަންނަށް ލިބޭނެތަ އުފަލެއް………ފިރިމީހާ އުފާވާނީ ބިކުރުވެރި އަތްބެއް ލިބުނީމަ……” އާކިފް އެއްފަހަރުވެސް އެފަދަ ގޮތަކަށް ވާހަކަ ދައްކާނެކަމަކަށް ލަޔާލް ހިތަކަށް ނާރައެވެ. ލަޔާލްއަށް ރޮވެން ފެށީ ވީދެރައިންނެވެ. ހުރިފިޔަވަޅުމަތީގައި ހުރެ މަރުވި ނަމަވެސް އެއަށްވުރެ ރަނގަޅެވެ. ލަޔާލް ކަރުނައިން ފުރިގެންވާ ލޮލުން އާކިފްއަށް ބަލާލިއެވެ. އެ ފުސްކަމުގެ ތެރެއިން ޢަކިފްގެ ސޫރަ ފެންނަނީ ވަރަށް ފުސްކޮށެވެ. ލަޔާލް ހިނގައިގަތެވެ.

ކޮޓަރީގެ ދޮރުން ނުނިކުމެވެނީސް ލަޔާލްގެ އަތުގައި އާކިފް ހިފާލިއެވެ. ލަޔާލްއަށް ބަލާލެވުނީ ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ.

” ލަޔާ ހިތަށް އެރީ ދޯ އަހަރެން އެހެންނޭ ބުނާނި……އަހަރެން ކީއްވެ އެހެން ބުނަންވީ….ލަޔާލް ލޯބިވި ފަދައިން އަހަރެންވެސް ލޯބިވިން……ލަޔާލްއަށް ވުރެ ބޮޑަށް……..އަހަރެން ލަޔާލް ބަލާ ދާން އުޅުނު ދުވަހު އަހަރެންގެ މަންމަ މަރުވީ………އެދުވަހަކީ އަހަރެންގެ ދިރުއުޅުން އަނެއްފުށަށް ޖެހުނު ދުވަސް……” އާކިފް ބޭނުންވީ އޭނަގެ މާޒީ ލަޔާލްއަށް ކިޔައިދޭށެވެ.

” މާޒީ އަހަރެން ބޭނުމެއް ނޫން…….އަހަންނަށް ހުރިހައި އެއްޗެއްވެސް އެނގޭ….އަހަރެން ބޭނުންވަނީ މުސްތަގުބަލާއި ބެހޭގޮތުން ވާހަކަ ދައްކަން…އާކިފް އަދި އެއްފަހަރު ބުނެބަލަ އަހަރެން ބޭނުންދޯ……ބުނޭ އަހަރެންދެކެ ލޯބިވެއޭ……..އަހަންނާ ކައިވެނި ކުރަން ބޭނުމޭ…….ބުނެބަލަ…….” ލަޔާލް އާދޭސްކުރަން ފެށިއެވެ.

” ލަޔާ….އަހަރެން ލަޔާދެކެ ލޯބިވޭ……….އަބަދުވެސް ……އަހަރެން ލަޔާއާ ކީއްވެ ކައިވެނި ނުކުރަންވީ،،،،،،،،،ލަޔާ ކޮންމެ ހާލެއްގައި އިނަސް އަހަރެން ބޭނުން……އަހަރެންގެ އަތްބެއްގެ ގޮތުގަ އަހަރެން އަބަދުވެސް ބަހައްޓާނަން……ލަޔާލްގެ ބަނޑުގައި ތިވަނީ ޝައުފްގެ ދަރިއެއްކަމަކު އަހަރެންގެ ފަރުވާލެއް ނެތް……ތި ކުއްޖާއަށް އަހަރެންގެ ފަރާތުން ބައްޕައެއްގެ ލޯބިދޭނަން……އުފަން ބައްޕަ ނޫންކަމުގެ އިހްސާސެއް ކުރެވުނަކަ ނުދޭނަން…….” އާކިފް ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން ބޭރުގައި ޝައުފް ހުއްޓެވެ. ޝައުފްގެ ލޮލުން ފައިބަމުން ދިޔައީ އުފާވެރިކަމުގެ ކަރުނަ ކަމެއް ހިތާމަވެރި ކަމުގެ ކަރުނަ ކަމެއް ޝައުފްއަކަށް ނުވިސްނެއެވެ. އެއްކޮޅުން ލަޔާލްއާއި އާކިފް އުފާވާނެ ހިތަށް އަރާފައި އުފާވެވެއެވެ. ބައެއް ފަހަރު ހިތް ރޮމުން ދަނީ ލަޔާލް އޭނައަށް ގެއްލުނީމައެވެ.

ޝާން އިންތިޒާރުކުރަމުން ދިޔައީ އިމްލީގެ ފޯންކޯލްއަކަށެވެ. ދުވާލަކު އެތައް ފަހަރަކު ގުޅައިގެން ވާހަކަ ދެއްކިއަސް އޭނަގެ ހިތެއް ނުފުރެއެވެ. އިމްލީގެ އަޑު އަހަން ބޭނުންވެއެވެ. އިމްލީގެ ނަންބަރު ޑައިލް ކޮއްލިއެވެ.

”ކާކަށް ތި ގުޅަނީ……” އިމްލީ ކައިރީ އިށީންނަމުން އަތީފާ އަހާލިއެވެ. އަތީފާއަކީ އިމްލީގެ ވަރަށް ގާތް ރަހްމަތްތެރިއެކެވެ.
” މީހަކަށް ނޫން…….ފޯނާ ކުޅެލަ ކުޅެލާ އިނީމަ އަތީއަށް ތި ހީވަނި……..ދެން މަ ގުޅާނެ މީހަކު ހުންނާނެތަ……އަދި މަށަށް ގުޅާނެ މީހަކު ހުންނާނެތަ؟” އިމްލީ ބުނެލިއެވެ. ދެން އުޑުގައި ފިޔަޖަހަމުން ދިޔަ ނަލަ ނަލަ ތަރިތަކަށް ބަލާލިއެވެ. އެ ތަރިތަކުގައި ރީތި ވިދުމެއް އެބަހުއްޓެވެ.

” ވާހަކަ އޮޅުވާލަނީ ދޯ………….އިމްލީ ދުވާލުދާ ހަތަރު ދަމު ފޯނު ކަންފަތުގައި ޖައްސައިގެން ހުންނަނީ މީހަކު ގުޅާތީ ދޯ….މިއަދު ހެނދުނުވެސް އަހަރެން މިމަގުން ދަނިކޮން ދުށިން ހީހީފަ ވާހަކަ ދައްކަމުން ދަނިކޮން…” އަތީފާ ބުނެލިއެވެ.

އިމްލީ އިނީ ހިމޭންކަމާއި އެކުއެވެ. ” އިމްލީ ފިރިހެނަކު ގިނަ ދުވަހަކު އަހަންނަކަށް ހިއެއް ނުވޭ ރަހްމަތްތެރިކަމަކު ވާހަކަ ދައްކާފާނެހެންނެއް…….ފްރެންޑްޝިޕް ނަމުގަ އޮންނާނީ ކޮންމެ އެކަކު ހިތުގައި ލޯތްބަށް ވިންދު ޖަހާނެ…….ޔަގީން……އެކަމަކު ބުނަން ތި ފްރެންޑްޝިޕް ލޯތްބަށް ބަލަދުވިއަސް އިމްލީ ޖެހޭނެ ވިސްނަން……..މިހާރު ލިބިފައި ތިއިން ހިތްދަތިކަން ދެވަނަ ފަހަރަށް ނުހޯދަން…….ފިރިހެނުންގެ ގޮތެއް ނޭނގެ…….އިމްލީގެ ފަރާތުން ޖިންސީ ފައިދާއަކަށްވެސް އުޅެފާނެ…….” އަތީފާ ދައްކަމުން ދިޔައީ ރަނގަޅު ވާހަކަތަކެއް ނަމަވެސް އިމްލީއަށް އެކަމުން އުދަނގޫތަކެއް ވަމުން ދިޔައެވެ. ފާއިޝްގެ ފަހަތުން އިމްލީ އުޅުނު އިރު ލަޔާލް ވެސް އެފަދަ ކިތައްމެ ނަސޭހަތެއް ދިނެވެ. އެކަމަކު އޭނައަށް ދެވުނީ ބީރުކަންފަތެކެވެ.
”އިމްލީ……” އިމްލީ މަޑުން އިންނަން ފެށުމުން އަތީފާ ގޮވާލިއެވެ.

” އަހަރެން ގުޅަނީ ޝާންއަށް އޭނަގެ ހިތުގައި އޮތް މަގާމެއް ނޭނގެ…….އެކަމަކު އަހަންނަށް އިހްސާސްވަނީ އަހަރެންގެ ހަޔާތަށް މިއެޅިފައިވާ ފަޅުކަން ފިލުވައިދެވޭނި ޝާންއަށް ކަން…….އެކަމަކު އޭނަ އަހަރެން ބޭނުމެއް ނުވާނެދޯ…….” އިމްލީ އަހާލިއެވެ. އަތީފާ ދެކޮނޑު އަރުވާލީ ނޭނގެއޭ ބުނާފަދަ ގޮތަކަށެވެ.

” އޭނަ ކައިރީ އިމްލީ ބުނަންވީނު ލޯބިވާ ވާހަކަ……އޭރުންދޯ އެނގޭނި އޭނަ ދޭނެ ޖަވާބެއް……” އަތީފާ ބުނެލިއެވެ.
” ނުކެރޭނެ އެވަރު ހިތްވަރެއް ނެތް…….އަހަރެން ދެކެ ރުޅިވެސް އަތުވެދާނެ…..މި ރަހްމަތްތެރިކަން ނިންމާވެސްލާފާނެ…..” އިމްލީ ޖެހިލުންވާ ސަބަބު ބުނެދިނެވެ.

” ޝާންގެ ގޮތް އިމްލީއަށް އެނގޭތަ؟” އަތީފާ އަހާލިއެވެ. ” އާން…..” އިމްލީ އަތީފާއަށް ޝާން އާއި ބެހޭގޮތުން ހުރިހައި އެއްޗެއް ކިޔައިދިނެވެ. އަތީފާ އިނީ ވިސްނާށެވެ. ” އޭނައަކީވެސް އިމްލީ ފަދައިން އެކަނިވެރިއެއ………..އަހަންނަށް ހީވަނި އޭނަގެ ހަޔާތުގެ ފަޅުކަން ފިލުވައިދޭން އިމްލީއަށްވުރެ ރަނގަޅު މީހަކު ނުހުންނާނެހެން……އެކަކު އަނެއްކަކުގެ އިހްސާސްތައް ދަންނާނެ……” އަތީފާ ބުނެލިއެވެ. އިމްލީއަށް ހިތްވަރުދިނީ ޝާން ކައިރީ އިމްލީ ލޯބިވާ ވާހަކަ ބުނުމަށެވެ. އިމްލީ ޝާންއަށް ގުޅިއެވެ. އެކަމަކު އެވާހަކަ ބުނާނެ ހިތްވަރެއް ނުލިބުނެވެ. ބޭކާރު އެތައް ވާހަކައެއް ދެއްކި އިރުވެސް ދެމީހުން ކުރެ އެކަކަށްވެސް ހިތުގެ ހާލަތު ބަޔާން ނުކޮށްލެވުނެވެ.

ޝައުފް ލަޔާލް ވަރިކޮއްދިނެވެ. ލަޔާލް އާއި އާކިފް އިންނަން ބޭނުންވަނީ ލަޔާލް ވިހައި ގަދަވުމުންނެވެ. އެހެންކަމުން ލަޔާލް ދިޔައީ އޭނަގެ ބައްޕަ ހާޝިމްގެ ކައިރިއަށެވެ. ލަޔާލް އެގެއަށް އައި ވަގުތު ހާޝިމް ވެގެން އުޅޭގޮތް އަހަން ބޭނުންވިއެވެ. އެކަމަކު ފަހުން އޭނަގެ ވިސްނުން ބަދަލުވިއެވެ. ލަޔާލް އަމިއްލައަށް ކިޔައިދެންދެން ކެއްތެރިވުމަސް ނިންމިއެވެ. އެރޭ ލަޔާލް ހާޝިމްއަށް ހުރިހައި އެއްޗެއް ކިޔައދިނެވެ. ލަޔާލްގެ ކޮންމެ ނިންމުމަކަށް ހާޝިމް ދެކޮޅު ނުހަދާނެކަން ލަޔާލްއަށް ޔަގީންވެއެވެ.

ނުވަމަސް ފާއިތުވެގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ލަޔާލްއަށް ބޭނުންވާ އެއްޗެހި ހޯދައިދީ ހެދީ އާކިފްއެވެ. އެކަމަކު ޝައުފްގެ އެހީތެރިކަމެއްވެސް ކުޑައެއް ނޫނެވެ. ލަޔާލްއަށް ކަމެއް ބޭނުންތޯ ބަލަބަލާ ޝައުފް ހުރެއެވެ. ލަޔާލް ވިހެއީ ފިރިހެން ކުއްޖެކެވެ.

މާހިރު އިނީ ސްޓަޑީ ރޫމްގައި ނޫހެއް ކިޔާށެވެ. ޝާން ގޮސް ހުއްޓުނީ މާހިރުގެ ކުރމަތީގައެވެ. ” ކިހިނެއްވީ؟” މާހިރު ޝާން ހުއްޓި ހުރުމުން އަހާލިއެވެ. ” ފުރުމުގެ ކުރިން ބައްޕައާއި ބައްދަލުކޮއްލަން….” ޝާން އެހެން ބުނުމުން މާހިރު ކިޔަން އިން ނޫސް ފަތްޖަހާލިއެވެ. ޝާންގެ މޫނަށް ބަލަހައްޓައިގެން ކުޑައިރުކޮޅަކު އިނުމަށްފަހު އަހާލިއެވެ.
” ކޮންތާކަށް؟”
” އިމްލީގެ ރަށަށް………އިމްލީ ބަލައި…..އަހަރެން ……….” ޝާން ހުއްޓާލިއެވެ. މާހިރުގެ މޫނަށް ބަލާލީ މާހިރުއަށް މާނަ ނެގޭނެކަމުގެ އުއްމީދުގައެވެ. ” ރަނގަޅު ނިންމުމެއް…..ދަރިފުޅަށް ރަނގަޅު މުސްތަގުބަލެއް މިންވަރު ކުރައްވާށި……” މާހިރު ޝާންގެ ބޮލުގައި ފިރުމާލަމުން ގަޔާ ބޮނޑިކޮއްލިއެވެ.

ޝާން އިމްލީގެ ރަށަށް ދިޔައެވެ. އިމްލީގެ ގޭދޮރުމަތީގައި ހުރެ ސަލާމް ގޮވާލުމާއި އެކު ސަލާމް ބަލައިގަންނަމުން ނުކުމީ އިމްލީއެވެ. އަތުގައި ކުޑަ ދަރިފުޅެއް އޮތެވެ. ” ޝާން……” އިމްލީ ހައިރާންވީ ވަރުން އަހާލިއެވެ. ކުރިމަތީ ޝާން ހުރީމަ ގަބޫލު ނުކުރެވިގެންނެވެ. ” އަހަރެންނާއެކު އިމްލީ ދާނަންތަ؟” ޝާން އަހާލިއެވެ.
” ކޮންތާކަށް؟” އިމްލީ އަހާލިއެވެ
” އަހަރެންގެ ގެއަށް………އަހަރެން މިއައީ އިމްލީ ބަލާ……..އެތަކެއް ދުވަހަކު އަހަރެންގެ ހިތުގައި ފޮރުވައިގެން ހުރި ކަމެއް ހާމަކުރަން މިއައީ އަހަރެން ލޯބިވާކަން…….”’ ޝާން ބުނެލިއެވެ.
” އަހަރެން ކިތައްމެ ދުވަހެއް ޝާންގެ ފަރާތުން ތިހެން ބުނޭތޯ އިންތިޒާރުކުރާތާ………އަހަންނަށް ބުނާނެ ހިތްވަރެއް ނުލިބުން ފަދައިން ޝާންއަށްވެސް ނުލިބުންތަ؟” އިމްލީ އަހާލިއެވެ. ” އާން……..އަހަރެން ފިޑިވީ……..އަމިއްލަ ހިތުގެ ހާލަތު ދުލާ ހަމަޔަށް ގެންނަން ފަސޭހައެއް ނުވީ……..އިމްލީ އިންކާރުކޮއްފާނެތީ……އިމްލީ ކަހަލަ ބައިވެރިއެއް އަހަރެން ބޭނުން……” ޝާން ކުރިއަށް ޖެހިލަމުން ބުނެލިއެވެ. އިމްލީގެ މޫނަށް ބަލާލީ ޖަވާބަކަށް އިންތިޒާރުކުރާތީއެވެ. ” އަހަރެންވެސް ބޭނުން ޝާން ކަހަލަ ބައިވެރިއެއް…” އިމްލީ ޝާންއަށް ބަލާލިއެވެ.

އިމްލީ އާއި ޝާން ކައިވެނި ކުރަން އައީ މާލެއަށެވެ. އިމްލީއަށް ކުރެވިފައިވާ ފާފައަށް ތައުބާވެ އަދަބު ލބިގަތުމަށްފަހުއެވެ. އިމްލީ އަތުގައި ހިފައިގެން ދަރިފުޅު އުރާލައިގެން ޝާން ގޭތެރެއަށް ވަންނަން ހިނގައިގަތް ވަގުތަކީ ފަހަތުން މީހަކު ގޮވާލި ވަގުތެވެ. އިމްލީގެ އަތުން ދޫކޮއްލަމުން ފަހަތް ބަލާލެވުނެވެ. ދޮރާށިން ވަދެގެން އަންނަނީ ފަރީޝާއެވެ.

” ފަރީޝާތަ؟” ޝާންއަށް އަހާލެވުނެވެ. ” އާން……….ޝާން އަހަންނަށް މަޢާފްކުރޭ……އަހަރެންނަށް ވިސްނިއްޖެ……..ޝާންގެ ދިރުއުޅުމުން އަހަރެން ދުރަށް ދިޔައީ އަހަރެންގެ މޮޔަކަމުން…..ފާއިޝްގެ ފަރާތުން އަހަރެން އުއްމީދުކުރި އެއްވެސް ކަމެއް ނުލިބުން…..ފާއިޝްގެ މަކަރުވެރިކަން އަހަންނަށް އެގިއްޖެ…….އަހަންނަށް މަޢާފްކޮށް ޝާންގެ ދިރުއުޅުމަށް އަހަންނަށް ފުރުސަތެއް ދީ……. ” ފަރީޝާގެ ވާހަކަތަކުން އިމްލީ ޝާންއާ ދުރަށް ޖެހިލިއެވެ. ޝާން އިމްލީގެ އަތުގައި ހިފާލިއެވެ.

” ފަރީޝާ މިހާރު މާލަސްވެއްޖެ …….އަހަރެންގެ ހަޔާތުގައު ފަރީޝާއަށް އެއްވެސް މަގާމެއް ނެތް….އެއްވެސް ޖާގައެއް ނެތް……..ހިތުގެ އަޑިން މަޢާފްކޮއްދީފާނަން…….އެކަމަކު އަހަރެންގެ ހަޔާތަށް ގެންނާނެ ބައިވެރިއަކާމެދު ވިސްނައިފިން……” ޝާން އިމްލީގެ އަތުގައި ހިފައިގެން ގޭތެރެއަށް ވަދެ ދޮރުލައްޕާލިއެވެ. ފަރީޝާއާ އިތުރަށް ދައްކާނެ ވާހަކައެއް ނެތެވ.ފަރީޝާ އިރުކޮޅަކު އެތަނުގައި ހުރުމަށްފަހު އެތަނުން ދިޔައީ މާޔޫސްކަމާއި އެކުއެވެ. .

މުޅި ގޭތެރެއަށް ވެރިވެފައިވަނީ އުފާވެރިކަމެވެ. އިމްލީގެ ދަރިފުޅާއި އެކު ޝާން ގިނަވގުތު ހޭދަކުރެއެވެ. މާހިރުވެސް ދަރިފުޅަށް ލޯބިކޮށް ހަދައެވެ. ދުވަސްތަކަކަށްފަހު އެންމެންގެ މޫނުމަތިން އުފާވެރިކަމުގެ ކުލަވަރު ފެނިގެން އެބަދެއެވެ. ކައިވެނީގެ ކަންތައްތައް އަވަސްކުރަން ބޭނުންވާތީ ގޭތެރޭގައި މީހުން ގިނައެވެ. އެ މަސައްކަތުގައި އަވަދިނެތި އުޅޭ މީހުންނެވެ. ކުލަގަދަ ޕާރޓީއެއް ނުބޭއްވިއަސް ގާތްތިމާގެ މީހުންނަށް ކެއުމއް ދޭން ބޭނުންވާތީ ކުޑަ ހަފްލާއެއް ބާއްވަނީއެވެ.

ލަޔާލްގެ ދެވަނަ ކައިވެނި ކުރެވޭން އުޅުނަސް އޭނައަށް މިއަދު އިހްސާސްވަނީ އަލަތު ކައިވެނި ކުރެވޭ ކަމުގެ އިހްސާސްތަކެވެ. އެ މޫނުމަތިން މައުސޫމް ހިނިތުންވުމެއް ފެންނަން ހުއްޓެވެ. ކައިވެނި ކުރުން އޮތީ ރާސްތާންގެ ވެއިޓިން ރޫމްގައެވެ. މިއަދަކީ މިގޭގައި ދެ ކައިވެނި އެއްފަހަރާ ކުރެވޭ ދުވަހެކެވެ. މާހިރު އިމްލީގެ ދަރިފުޅު މާލް ގޮވައިގެން މާހިރު ހުރިއެވެ. ޝައުފް ލަޔާކް އުރާލައިގެން ކައިވެނި ކުރާ މަންޒަރު ބަލަން ހުއްޓެވެ. ކައިވެނި ކޮށް ނިމުމުން ދެ އާއިލާއަށް ތަހުނިޔާ ކިޔައިހެދިއެވެ. އިމްލީގެ މަންމަ އާރިފާ ހުރީ ކޮޅު ނެތްވަރަށް އުފާވެފައެވެ.

ރޭގަނޑު އޮތް ކެއުމުގެ ހަފްލާގައި އާއިލާގެ މެންބަރުން ފިޔަވާ ދެން ބައިވެރިވީ ހަމައެކަނި ޑރ،އާފާލްއެވެ. ޑރ.އާފާލް އައީ ލަޔާލްގެ އެދުމަށެވެ.

ރޭގަނޑު އެގާރަ ޖހަންވީއިރަށް ގޭތެރޭގައި އުޅޭ މީހުންތައް މަދުވެއްޖެއެވެ. ހިމޭންކަން ވެރިވެއްޖެއެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ކޮޓަރިއަށް ވަދެ ނިދައިފިކަހަލައެވެ. މާޔޫސްކަމާއި އެކު ހަމަޖެހުމެއް ނުލިބި އިނީ ހަމައެކަނި ޝައުފްއެވެ. އޭނައާއި މެދު ވިސްނާލާނެ މީހަކު ނެތެވެ.

އެކި ހިޔާލުތަކުން އޭނަގެ ބޯހާސްކުރަމުން ދިޔައެވެ. ޝައުފް ގެއިން ނުކުމެ ކާރުގައި ދުއްވަމުން ދިޔައީ ވަކި މިސްރާބެއް ނެތިއެވެ. ބޮލުގެ ރިހުން ފަހަރެއް ފަހަރަކަށް ގަދަވަމުން ދާތީ ދުއްވުމުގެ ސްޕީޑަށްވެސް ބަދަލު އަންނަމުން ދިޔައެވެ. ބާރު ދުވެލީގައި މާލޭގެ ހެދިގޮނޑު ދޮށުން ދުއްވަމުން ގޮސް މަޑުޖައްސާލަން ޖެހުނީ މަގުގެ މެދުގައި ކާރެއް މަޑުކޮއްފައި އޮތީމައެވެ. ކާރުގައި ލެނގިލައިގެން އަންހެން ކުއްޖަކު ހުއްޓެވެ.

މިއޮއް ދަންވަރު އެކަނި މާއެކަނި އަންހެން ކުއްޖަކު ހުރުމުން ޝައުފް ހައިރާންވިއެވެ. ކާރުގެ ބުރެކި ޖައްސާލަމުން ހުއްޓުވާލިއެވެ. ކާރުން ފައިބައިގެން އެދިމާލަށް ހިނގައިގަތީ އެއީ ކާކުތޯ ޔަގީންކޮއްލާށެވެ. އެ އަންހެން ކުއްޖާގެ އިސްތަށިގަނޑު ވިހުރިގެން ދިޔައެވެ. އިސްތަށިގަނޑަށް މިނިވަންކަމެއް ނުދޭންވެގެން އިސްތަށިގަނޑު ހިފަހައްޓާލައި އަތުގައި ވާ ވޫލްކޮޅުން އައްސާލިއެވެ. ޝައުފްއަށް އެ ކުއްޖާގެ މޫނު ފެނުނީ އެވަގުތުއެވެ.
” އާފާލް……” ޝައުފްއަށް ގޮވާލެވުނެވެ.

” ޝައުފް މިތާ ކީއްކުރަނި؟” އާފާލް އަހާލިއެވެ.
” އަހަރެން ތި ސުވާލް އާފާލްއާ ކޮއްފިއްޔާ ކީކޭ ބުނާނި؟” ޝައުފް އެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ކޮއްލީ ސުވާލެކެވެ.
” އަހަރެން ދޯ…މިއީ އަހަރެން އަބަދުވެސް އަންނަތަނެއް……އޭރުގެ ހަނދާންތައް އާކޮއްލުމަށް ..ކޮންމެ ރެއަކުވެސް އިރު އަރާނި އަހަރެން މިތާ އިންދަ……” އާފާލް ހީލަމުން ބުނެލިއެވެ. ޝައުފް އާފާލްގެ ކައިރީ ހުއްޓެމުން އުޑުމައްޗަށް ބަލާލިއެވެ.
އާފާލްގެ ލޮލުގެ ތެރެއިން ކަރުނަތައް ނިރާލި މަންޒަރު ޝައުފްއަށް ފެނުނެވެ. ” ކުރީގެ ހަނދާންތަކަކީ ހިތަށް އަނިޔާތަކެއް ލިބޭ ހަނދާންތަކެއް ނަމަވެސް އެ ހަނދާން ނުކޮއްލެވެންޏާ ހިތެއް ހަމައެއް ނުޖެހޭ……..މިއީ އަހަރެންނާ އަހަރެންގެ ފިރިމީހާ އިނުމުގެ ކުރިން ބައްދަލުކުރާތަން……” އާފާލް ކިޔައިދޭން ފެށިއެވެ.
” ދެން ފިރިމީހާ ކޮބާ؟” ޝައުފް އަހާލިއެވެ.
” އަހަރެން ކައިވެނި ކުރިތާ ދެވަނައަށް ވީ ދުވަހު ދަތުރު ދިޔައީ…….އެ ދުވަހު ފިރިމީހާ މަރުވީ ގެނބިގެން…..” އާފާލް ކުރުގޮތަކަށް ބުނެލި ނަމަވެސް އޭނައަށް ކުރަމުން ދިޔަ އަސަރުތައް ޝައުފް އަށް ފެނުނެވެ.

” މިއަދު ލަޔާގެ ކައިވެންޏަށް ނާންނަން ވަރަށް އުޅުނިން……ފިރިމީހާގެ ހަނދާންތައް އާވާނެތީ…..އެކަމަކު ލަޔާ ކިޔާވަރުން އައީ……..ލަޔާ ކައިވެނި ކުރިތަން ފެނުނީމަ ވަކިން ދެރަވި…އަހަރެންވެސް ލޯބިވާނެ މީހަކު ބޭނުން …..” އާފާލް ކިޔައިދެމުން ދިޔައެވެ. އާފާލްގެ މޫނަށް ބަލަހައްޓައިގެން ހުރެ އާފާލްގެ މޫނުގައި އަތްޖައްސާލެވުނެވެ.

” އަހަރެން…..ދާންވެއްޖެ..” ޝައުފް ދުރަށް ޖައްސާލަމުން އާފާލް ބުނެލިއެވެ. ” އަހަރެންނަށް އިހްސާސްކުރެވޭ އާފާލް މިއަދު ދެރަވާނެވަރު…..އަހަންނަށްވުރެ ބޮޑަށް އިހްސާސްވާނީ ކާކަށް……އެކަނިވެރިކަމަކީ ކިހާ ހިތްދަތިކަމެއް……..” ޝައުފް އެހެން ބުނުމުން އާފާލް ހުއްޓި ޝައުފްގެ މޫނަށް ބަލާލިއެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު ޝައުފްގެ ކައިރިއަށް އާފާލް ހިނގައިގަތެވެ. އާފާލް ކައިރިވެލައި ޝައުފްގެ އަތުގައި ހިފާލިއެވެ.

ހަމަހިމޭންކަމާއި އެކު އެކަކު އަނެއްކަކުގެ މޫނަށް ބަލަހައްޓައިގެން ހުރެވުނީ ކިހާ އިރަކު ކަމެއްވެސް އެދެމީހުންނަކަށް ނޭނގުނެވެ. ހަމަހިމޭންކަމުގެ ތެރޭގައި ލޮލުގެ އިޝާރާތުން ދެމީހުން އެތަކެއް ވާހަކައެއް ދެއްކިއެވެ. އާފާލްގެ މޫނުގައި ހިފަހައްޓާލައިގެން ހުރެ ޝައުފް އާފާލްއާ ކައިރިވެލިއެވެ. ނިއްކުރީގައި ބޮސްދިނެވެ. އަދި ޝައުފްގެ އަތްމައްޗަށް އާފާލް އުފުލާލުމަށްފަހު ކާރާ ދިމާލަށް ހިނގައިގަތެވެ.

” އަހަރެން އާފާލްގެ ހަޔާތުގެ ފަޅުކަން ފިލުވައިދޭނަން……ލޯބިވެސް ދޭނަން……” ކާރުގެ ސީޓްގައި އާފާލް ބާއްވާލަމުން ޝައުފް ބުނެލިއެވެ. ދެން ގޮސް ކާރުގެ ދޮރުފަތް ހުޅުވާލައި ކާރުގައި އިށީނެވެ. ކާރުގައ އޭރުގައި ޖަހަމުން ދިޔަ ”ލޯންލީ ފޮރ އެވަރ.” އެ ލަވަ ނިއްވާލިއެވެ. ކާރު ދުއްވާލީ އެކަކު އަނެއްކަކުގެ މޫނަށް ބަލަން ތިބެއެވެ.
**************************(ނިމުނީ)****

60
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

xaaahy

Other Articles

Previous

އޯގާވީ ހިތަކުން…14

Next

ހިތުގެ ތެޅުން (6ވަނަ ބައި)

Next
April 13, 2014

ހިތުގެ ތެޅުން (6ވަނަ ބައި)

Previews
April 12, 2014

އޯގާވީ ހިތަކުން…14

37 Comments

  1. Ya an says:
    April 12, 2014 at 7:52 pm

    Xaahy haadha avahah thi ninmaaly,, hamajassaalaigen vaahaka genesdhin Nama varah nice vys,, vaahaka varah varah varah varah varah varah varah nice,, layaal ah aakif libunyma varah happy vy,, ok bye xaaahy umma

    1. xaaahy says:
      April 13, 2014 at 2:41 pm

      thax for ur comment ya an

  2. liuu says:
    April 12, 2014 at 8:10 pm

    xaaahyyyy…………dhn shauf ah layaal dhin nama eyra rythi vys mi v gothun hitha v thaduvejje….vaahaka nice….will wait for ur nxt story

    1. xaaahy says:
      April 13, 2014 at 2:42 pm

      thx liuu

  3. aish says:
    April 12, 2014 at 8:49 pm

    Nice… Waiting for next story..:-)

    1. xaaahy says:
      April 13, 2014 at 2:42 pm

      than you aish 🙂

  4. ރީ says:
    April 12, 2014 at 10:14 pm

    ޒާހީ މަ ހީހީ ހަލާކުވެއްޖެ. ބުނަންތަ، މަ މިއޮއް ހުރިހާ ދުވަހު ޑރ. އާފާލްމިއުޅެނީ ބޯއީ އަކަށް ހަދައިގެން. ކުރީ ޕާޓްގަ ކުއްޖަކު އާކިފް އާއި އާފާލްއާ ގުޅުވާށޭ ބުނީމަ މަހިތައްއެރީ ބޯއީއަކާ ބޯއީއަކާގުޅުވާށޭ ކީއްވެބާއޭއެބުނީ. ކޮމެންޓް ކުރިކުއްޖާއަށް އޮޅުނީ ކަންނޭންގެއޭ. މިބައިކިޔާފަ ހައިރާންވ ވަރުން އަނގަވެސްހުޅުވުން. ނަމުންވެސް ހީވަނީ ބޯއީއެކޭވިއްޔަ… ޒާހީ ކުރާކަންތައް! ހައްހައްހައްހައް!!

    1. Shanna says:
      April 13, 2014 at 3:24 am

      alfalfa is a girl? Hhahahahhahahahahahahahahahahahahmiothyvaa me too though that Aafaal was a boy hhahahahhahahahahahahahahahahahah mi othee vaa kameh hahahahhahahhh

    2. xaaahy says:
      April 13, 2014 at 2:44 pm

      heheh
      ehen dhw
      ANW thx ree and shanna 🙂
      hope u will wait for my next story

    3. irish says:
      May 21, 2014 at 9:26 pm

      I thought aafaal was a boy kamah… hehe

  5. ރީ says:
    April 12, 2014 at 10:17 pm

    Anyway hama habeys vaahaka :p 🙂

  6. GuDuMeena says:
    April 12, 2014 at 10:56 pm

    varah reethi mi vaahaka. . xaahy ge next story miah vuren vx reethi vaane kamah unmeedhu kuran. . 🙂

    1. xaaahy says:
      April 13, 2014 at 2:46 pm

      ohh
      thnk you gudu
      gudu dhen kon irakun tha story eh genes dheynee
      v ufaa vehje gudu ge comment eh libuneema 🙂

  7. rixx says:
    April 12, 2014 at 11:06 pm

    lލަޔާލް އާ އަކީފް ގެ ބަޔަކުންކަމަށް ހީކުރީ ނިންމާލާނީ… އޭރުން ވ ރީތި ވީސް އަސްލު… ވާހަކަ ވަރަށް ރީތި… އާވާހަކައެއް ވަރަށް އަވަހަށް ގެނެސްދޭނެ ކަމަށް އުންމީދުކުރަން….

    1. xaaahy says:
      April 13, 2014 at 2:48 pm

      thx rixx

  8. sham says:
    April 13, 2014 at 1:56 pm

    ma ves mi heekuree aafaal aky boy eh kamah 😛

    1. xaaahy says:
      April 13, 2014 at 2:49 pm

      heheheheeh
      ehentha 🙂

  9. ]mary says:
    April 13, 2014 at 4:32 pm

    heheeeee..maves heekury aafaal aky boy eh kamah..vvvvvvvvvvvvvvvvv. nice mi story..xaaahy ge next story akah inthixaaru kuran..keep it up..and gud luck xaahy

    1. xaaahy says:
      April 15, 2014 at 4:50 pm

      heheh
      thax mary
      next week ga next story 🙂

  10. shai says:
    April 13, 2014 at 6:05 pm

    obviously this story is great

    1. xaaahy says:
      April 15, 2014 at 4:52 pm

      ohh
      thx alot shai
      🙂

  11. MaiNa says:
    April 13, 2014 at 10:44 pm

    vahaka avahah ninmalan ulhefa dw! ending eha hiy hamaeh nujehey…. ekam story v.salhi..

  12. roze says:
    April 14, 2014 at 8:09 am

    avahah nimmaalan vegen kuru galhuvaalaafa dhw mi othy..ekamaku haadhisaa varah reethi…massala aky mi part avasa aruvaalaigen nimaalaafa otheema…

    1. xaaahy says:
      April 15, 2014 at 4:49 pm

      yaah i know that roze
      igey vas avs koh laafa kan ninmifa einy
      anw thax rose
      🙂

  13. amee says:
    April 15, 2014 at 3:17 pm

    v nice vaahaka eh miey. adhi vaahaka genesdhin lehves v avas vyma v happy vegen mivaahaka kiiyunyves.xaahyge next story eh kiyan libeyny konirakutha? v v salhingey mi story

  14. xaaahy says:
    April 15, 2014 at 4:47 pm

    thanx alot amee 🙂
    xaahy ge next story iraadha kureh viyya next week ga gennan fashaanan

  15. ammu rasheedh says:
    April 15, 2014 at 10:38 pm

    alheyy shauf ah layaal dheyn jehenyyy….afaal eiii girl eh tha….i thought it was a boy..axlu aakif ah dheynjeheynyy aafaal….hw unlucky 4 shauf…he has done alll things 4 layaal….anywayyy ur storyyyyy is suprrrrrrrrrrrrrrrb….V v v v nice…keep going on…waitng 4 nxt storyy……xoxo <3

  16. someone says:
    April 16, 2014 at 6:12 pm

    Yeah..thts true..aakif n aafaal goes better together..shes his doctor… Kihaa salhi vaane..plus layaal ge baby eh ves eba oi…baby ah ves ragalhu vaany his father..aafal and aakif nan ves maa gulhey 😛

    1. Chawder says:
      January 8, 2018 at 2:38 am

      Dhw

  17. jum says:
    April 17, 2014 at 12:08 pm

    nice

  18. sannu says:
    April 24, 2014 at 9:12 pm

    vaahaka vvvvvvvvvvvvv reethii… bt thankolheh dhigukoh genes dhin nama adhi maa salhi veeesss….

  19. someone says:
    September 9, 2014 at 10:57 am

    maa awas aruwaalaafa thiothy vaahaka!ehen vaahaka eh liyan vegen ninmaa ly ekam adhi wes eythi cnt eh nuwe ehnun!

  20. Anonymous says:
    December 23, 2015 at 9:12 pm

    Owh loaibatakaa v nice vaahakaeh..
    Dat was my 1st story readed is this site..
    Thnx xaahy..

  21. aimsithu says:
    January 2, 2018 at 7:19 pm

    maves mivaahaka kiyaa nimmaaly mi. shauf and layaal aslu gulhuvi nama salhi vees.. asluves aafaal eyee boy akah hadhaigen story mi kiyuny.. salhi ingye

  22. Angel says:
    January 5, 2018 at 7:20 pm

    Adivax digu kurinamah v reeti vaahneh. Loabi loabi story eh meeh. V reeti mi story

  23. Chawder says:
    January 8, 2018 at 2:33 am

    I hate yalaal she is so selfish
    I hate selfish ppl
    Yayaal deke emme loabivaa meehaky shauf
    And ending v hadi
    Emme reakun loabiveytha
    Shauf afaal ah sympathy v its not love
    Shauf ?

  24. RYMA says:
    April 20, 2019 at 8:38 pm

    nimun ehaa salhi eh nun ekm vaahaka varah salji ….. gud luck

Comments are closed.

All Right Reserved!