Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތުގެ ތެޅުން (6ވަނަ ބައި)

neema
April 13, 2014
5 Mins Read
8 Comments

ތޫމާގެ ހަޔާތް

 އަހަރެން ހަދާން ހުންނަން ފެށީއްސުރެ އަބަދުވެސް މަންމައާއި ބައްޕަ ޒުވާބުކުރެއެވެ. ކުދިކުދި ކަންތަކާ ބައްޕަ ރުޅިއިސްކުރަނީއެވެ. މަންމަވެސް ހަމަ އެފަދައެވެ. އަހަރުމެން 2ކުދިންނަށް އެކަމުން ކުރާނެ އަސަރު އެއްވެސް މީހަކު ވިސްނައެއް ނިލައެވެ. އަބަދު ޒުވާބުކުރުމެވެ.

އަހަރެންނަށް 19 އަހަރުވިތާ ތިން މަސްފަހުން އަހަރެންނަށް އެގުނީ މަންމަމެން ވަރިވިކަން، އެދުވަހުއަހަރެން ވަރަށް ރުއިމެވެ. ހެދުނު ހޭލައިގެން ބޭރަށް ނުކުންނައިރު ކޮންމެ ދުވަހަކު ފެންނަ މަންމަގެ މޮޅިވެރި މޫނު ނުފެނުމުން ދެރަވިއެވެ. ނަމަވެސް ރޭގައި މަންމަގެ ރަށަށް މަންމަ ދިޔައީކަން އަހަންނަށް އެގިފައިވުމުން ބައްޕައާއި ސުވާލެއް ނުކުރަމެވެ. ސައިހަދައިގެން ކާގޭގައި އިންދާ ޒިހާން އައިސް ކާގެއަށް ވެނެވެ. އެހެން ކޮންމެ ދުވަހަކުވެސް ޒިހާންގެ އިންތިޒާރުގަ މަންމަ އިންނާތީ، އަހަރެން ފެނުމުން ޒިހާން ހައިރާން ވިއެވެ. އޭނާގެ މޫނުމަތިން އެކަން ފާޅުވުމުން އަހަރެން ކޮޅަށް ތެދުވީމެވެ.

“މަންމަ ގޮއްސި” އަހަރެންނަށް ބުނެވުނީ އެވަރަށެވެ. އެއީ ވާނެކަމެއްކަން ޒިހާންއަށްވެސް އެގިފައިވާތީ އިތުރު ސުވާލެއް ނުކުރެއެވެ.

“އަހަރެން ބަނޑުހައެއްނޫން…” ޒިހާން ކާގެއިން ނުކުންނަމުން އަހަރެންގެ ބުނެލިއެވެ.

ޒިހާން ގިނަވަގުތު ބޭރުގައި އުޅެން ފެށުމުން އަހަރެން އަބަދުވެސް ހުންނަން ޖެހެނީ ބިރުގަނެފައެވެ. ވާ ނުވާއެއްނޭގިފަ ތިއްބާ ފެންނާނީ ކޮންމެވެސް މީހެއްގެ ގަޔައް ވަޅިހަރާފައިވާތަމެވެ. ރަށުގެ މީހުންގެ މަލާމާތަށް ކެއްނުވެގެން ޒިހާން ނުބައި މަގަކަށް ގޮސްދާނެތީ ކަންބޮޑުވެއެވެ. އެންމެފަހުން ގައިގަ ހުރި ހިއްވަރެއްލާފައި ބައްޕައާއި ވާހަކަ ދައްކަން އަހަރެން ނިންމީމެވެ. އަހަރެން ބޭނުންވީ ރަށުގެ މާހައުލާ ދުރަށް ދާށެވެ. މާލެގޮސް ޒިހާން ކޯހަކަށް ފޮނުވާށެވެ. ވަޒީފާއަކަށް ދާށެވެ. ނަމަވެސް ބައްޕަ އެކަމަށް ފާޅުގައި އިންކާރު ކުރިއެވެ. ދެން އަހަރެން ވިސްނީ ޒިހާންއާއި ވާހަކަ ދައްކާށެވެ. ޒިހާން އަކީ އަބަދުވެސް ހުރިހާ ސިއްރެއް އަހަރެންނާ ހިއްސާ ކުރަމުން އައި އަހަރެންގެ ފުރާނަފަދަ ލޯބިވާ ކޮއްކޮއެވެ. ނަމަވެސް ޒިހާން އަހަންނާ ދުރުވެފައި ވާކަން އަހަންނަށް ފާހަގަ ކުރެވެއެވެ.

“ޒިހާން ދޮންތަ މި ވިސްނަނީ އަހަރުމެން 2 މީހުން މާލެ ބަދަލުވާން….” އަހަރެންނަށް ފާހަގަ ކުރެވުނީ ޒިހާން މޫނަށް އަރާ ފައިބަމުން ދިޔަ އާދަޔާ ހިލާފުކުލަތަކެވެ.

“ބައްޕަ ހުއްދައެއް ނުދޭނެ….” ޒިހާން އިސްޖަހާލައިގެންއިދެ ޖަވާބުދިނެވެ. ބައްޕަގެ ހުއްދަނުލިބުނުކަން ޒިހާންއަކަށް ނޭގޭނެއެވެ. އެކަމަކު އެއަޑުގައިވާ ޔަގީންކަން އަހަރެން ސިއްސުވާލިއެވެ.

“ދޮންތަ ބޭނުންތަ ހަގީގަތް އެގެން، އަޑުއަހަން ކެއްވަންޔާ އަހަރެން ކިޔާދީފާނަން…” ސުވާލުތަކުން އަހަރެންގެ ސިކުޑި ހާސްކޮށްލިވަގުތު ޒިހާން ބުނެލިއެވެ. އަހަރެން އަވަސްއަވަހަށް އާއެކޭ ބުނީމެވެ.

“އެހެންވިއްޔާ އަޑުއަހާ….. މަންމަ އާ ބައްޕަ މައްސަލަޖެހެން ދިމާވި ސަބަބަކީވެސް މިއީ… ބައްޕަ ބޭނުންވަނީ ދޮންތަ ބައްޕަގެ ރަންބިސްއަޅާ ކުކުޅަށް ވާން….. މަސައްކަތެއްނުކޮށް ގޭގަހުރެ ދޮންތަގެ ބޭނުން ކޮށްގެން ރުފިޔާ ހޯދަން…. ދޮންތައަށް ބޭސް ދީގެން ދޮންތަގެ ހަށިވިއްކަން….. އަހަރެންނަށް އެކަން އެގުމުން ހުއްޓުވަން މަސައްކަތް ކުރިން…. އެކަމަކު…” ޒިހާން ވާހަކަ ދެއްކުން މެދުކަޑާލާފަ އަހަރެންނާ ދިމާއަށް ބަލާލިއެވެ. އަހަރެންނަށް މިވަނީ ކީއްކަމެއް އަދިވެސް ނޭގެއެވެ. ހައިރާންވެފައި ބަލަން އިދެވުނީ ޒިހާން ދައްކަމުން ދިޔަ ވާހަކަތައް ގަބޫލު ނުކުރެވިގެންނެވެ.

އަހަރެންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން ޒިހާން އޭނަގެ ވާހަކައާއިގެން ކުރިއަށް ދިޔައެވެ.

“ބައްޕަ އެދުވަހުގަ އަހަރެންނަށް ވަރަށް އަނިޔާ ކުރި…. އެދުވަހު އަހަންނަށް ބައްޕަގެ ފަރާތުން ދޮންތަގެ ހަގީގަތް އެގުނީ…. ބައްޕަ ރިސޯޓަށް ދާ ރޭރޭގަ މަންމަގެ ތަންމަތި ފަޅުފިލުވަދޭ ބައިވެރިއަކު ހުންނަކަން އެގުނީ…. 4މަސް ކޮށްފަ ބައްޕަ ރަށައްއައި އިރުގަ މަންމަ ބަލިވެއިނީ… މަންމަގެ 3މަހަށްދާ ބަނޑުން ބައްޕައަށް ޔަގީންވީ ދޮންތަ ތީ ބައްޕަގެ ދަރިއެއްނޫން ކަމަށް…. އަބަދުވެސް ބައްޕަ ބުނެއެއްނު ތީ ބައްޕަގެ ދަރިއެއްނޫނޭ… ތިއީ އަހަރެންގެ ދޮންތަ ނޫންކަން ގަބޫލުކުރާކަށް އަހަރެން ބޭނުމެއްނޫން…. ކޮއްކޮއެއްގެ ހައިސިއްޔަތުން މިއަދާ ހަމައަށް އަހަރެން ކޮންމެ ރެއަކު ދޮންތަގެ އިއްފަތް ރައްކާކުރަމުން މިއައީ، އަހަރެންވެސް ބޭނުމެއްނޫން މިތާގަ އުޅޭކަށް….އެކަމަކު ބައްޕަގެ ރުހުމުގަ ދުވަހަކުވެސް މިކަމެއް ނުވާނެ….” ޒިހާން އިސް އުފުލާލިއިރު އެދެލޮލަށް ޖަމާވެފައިވާ ކަރުނަތަކުގެ ސަބަބުން އަހަރެންގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ދުވަހަކުވެސް ޒިހާން އެހާވަރަށް ހިތުގައި ޖެހިފާވާތަނެއް ނުދެކެމެވެ.

“ދޮންތަ ބުނެބަލަ ދެން ދޮންތަ ކަންތައްކުރަން ބޭނުން ވާގޮތެއް، ” އަހަރެން އެއްވެސް އެއްޗެއް ނުބުނުމުން ޒިހާން ވާހަކަދެއްކިއެވެ. އެއްވެސް ހިފެހެއްޓުމެއްނެތި އަހަރެންގެ ލޮލުން ކަރުނަ އޮހިގަތީ ޒިހާން އަހަންނަށްޓަކާ ވާ ގުރުބާނީ އެގުމުންނެވެ.

“ހިގާ މާލެދާން… ” ހިތްވަރުކޮށްލާފައި އަހަރެންނަށް ބުނެވުނީ އެހާވަރަށެވެ. އަރުބެދުނީއެވެ. ހިތްދަތިވީ ވަރުން ލަގޮޑި ހީވަނީ ފަޅައިގެން ގޮސްދާނެ ހެނެވެ. ބައްޕަކަމުގައި އަހަރެން ދެކެމުން އައި މީހާއަކީ ބައްޕަނޫންކަން އެގުމުން ހިތަށް ތަދުވިއެވެ. ޝަކުވާ ކުރެވުނެވެ. މިހުރިހާ ދުވަސް ވީއިރު މަންމަ އަހަންނަށް އެކަން ނޭންގުމުންނެވެ. ހުރިހާ ހަގީގަތެއް އެގިހުރެ އަނިޔާވެރިއެއްގެ އަތަށް އަހަރެން ދޫކޮށްލާފައި ދިޔުމުންނެވެ.

ބައްޕައަށް ސިއްރުން ފަތިހުފުރި ދޯނިން އަހަންނާ ޒިހާން މާލެ އައީއެވެ. މާލޭގައި މަންމަ އެކުވެރިއެއް ކަމަށްވާ ޝިބާނާ ނޫން އެއްވެސް މީހެއް އަހަރެން ނުދަންނަމެވެ. އަހަރެން އެގެއަށް ދިއުމުން އެގޭގައި ހުރެވޭ ގޮތަށް ހަމަޖެހުނެވެ. ޝިބާނާއަށް ޝުކުރުވެރިވީމެވެ. ނަމަވެސް ޝިބާނާގެ ފިރި ހުސެންފުޅު އަހަންނާ ދިމާއަށް ބަލަމުން ދިޔަ ގޮތުން އަހަރެން ނަށް އުދަގޫވިއެވެ. އެއްޗެއްނުބުނެ ކެއްތެރިވީ އިތުރުގޮތެއް ނެތުމުންނެވެ.

ދުވަސްތަށް މާޒީއާ އެކުވަމުން ދިޔައީ ހީވެސްނުކުރާހާ ހަލުވިކަމާއެކުއެވެ. ހުސެންފުޅު އަހަރެންނަށް ހޯދާދިން ވަޒީފާގައި އަހަރެން އުޅެމުން ދިޔައީ އެއްވެސް ހިޔާލެއް ފިކުރެއްނެތިއެވެ. ޝިބާނާއަށް ވުރެވެސް ބޮޑަށް ހުސެންފުޅުގެ އެހީތެރިކަން އަހަރުމުން ދެމީހުންނަށްވެސް ލިބެމުންދިޔައެވެ. ނަމަވެސް އެދުމެއް ނެތި ވެދުމެއް ނުކުރާނެކަން އަހަރެންނަށް ވިސްނުނީ އަހަރެން ނިދާ ކޮޓަރިއަށް ހުސެންފުޅު ދަންވަރު ވަންނަން ފެށުމުންނެވެ. އޭނާގެ އެދުން ފުރިހަމަ ނުކޮށްދީފިނަމަ އަހަރެން ނާއި ޒިހާން ގެއިންނެރެލާނެކަމުގައި ބުނަމުން ދިޔައެވެ. ނަމަވެސް އަހަރެން ކޮންމެވެސް ގޮތަކުން އެކަމުން ސަލާމަތް ވަމުން ދިޔައީމެވެ. ބަހަނާތަށް ދައްކައިގެންނެވެ. ހުސެންފުޅުގެ ރުޅިގަނޑު ކޮޓުރޯލުން ނެއްޓީ އަހަންނާ އަދީލް ވާހަކަ ދައްކަން ތިއްބާ ފެނުމުންނެވެ.

އެރޭއަހަންނަށް ހޭލެވުނީ ހުސެންފުޅު އަހަރެންގެ ގައިގާ ފިރުމަން ފެށުމުންނެވެ.

“މީ…. އަހަރެން….” ފުންމައިގެން ތެދުވެ އަހަރެން ދުރަށް ޖެހިލީމެވެ.

“ހަމަޖެހިލާ އަހރެން މިއައީ ތޫމާއާ ވާހަކަ އެއްދައްކާލަން…. މިތާގަ އިށީދެބަލަ…” ހުސެންފުޅު އަހަރެންގެ އަތައް ފެންތައްޓެއް ދިއްކޮށްލަމުން ބުނެލިއެވެ.

“ކޮނަވާހަކައެއް؟؟” ހާސްވެފައިވާވަރުން އެއްނޭވާއިން އަހަންނަށް ފެންތަށި ހުސްކޮށްލެވުނެވެ. ހަމަޖެހިގެން ނޫނީ ހުސެންފުޅުކަހަލަ މީހަކާ ކުރިމަތި ނުލެވޭނެކަން އަހަރެންނަށް އެގޭތީއެވެ.

“އެ އަދީލުއާއި ރައްޓަހިވެގެންތަ އުޅެނީ؟؟” އަހަންނާ ދިމާއަށް ބަލާލަމުން ހަރުކަށި ކަމާއެކު އޭނާ ސުވާލު ކޮށްލިއެވެ.

“ނޫން… އަހަރެން އޭނަޔާ ވާހަކަދައްކަންފެށިތާ އަދި ތިން ދުވަސްވެސް ނުވާނެ،… އެކަމަކު އެއީ އަހަރެންގެ ވަރަށް ގާތް އެކުވެރިއެއްގެ އެކުވެރިއެއް…. އެއީ ވަރަށް ރަނގަޅު ކުއްޖެއް… އަހަރެން މި ވިސްނަނީ އޭނަޔާ ގުޅެން……” އަހަރެން އެއްވެސް ޖެހިލުމެއްނެތި ވާހަކަ ދެއްކީމެވެ.  އަހަރެންގެ ބޮލަށް އެބުރުން އަރާގޮތްވިއެވެ. ނަމަވެސް ހިތްވަރު ކޮށްގެން ހުރީ އެދުގައި ނީށީނަނަން ވެގެންނެވެ.

“ހޫމް…. ރަނގަޅު…. އެކަމަކު އޭނައަށް ތި ލޫޅާފަތި ހަށިގަނޑުގެ އުފާ ލިބޭނީ އަހަންނަށް ފަހު….. ” ނުލަފާ ގޮތަކަށް ހިނިތުންވެލަމުން ހުސެންފުޅު ބުނެލިއެވެ. ދަހިވެފައި ވާ ބުޅަލެއް ރޯމަސްގަޑަކަށް ފުންމައިގަންނަ ފަދައިން ހުސެނަފުޅު އަހަންނާ ދިމާއަށް ފުންމައިގަތެވެ.

ހުސެންފުޅު ދުރުކުރުވަން އަހަރެންނަށް މަސައްކަތް ކުރެވުނީ ކުޑައިރުކޮޅަކަށެވެ. ބޮލަށް ވެފައިވާ ބަރުގެ ސަބަބުން އަހަންނަށް ބޯހިއްލާލަން އުދަގޫވިއެވެ. ގަޑިއަށް ބަލާލެވުނު އިރު 10ޖަހާ ބޮޑުވެއްޖެއެވެ. ހިތްވަރުކޮށްފައި ފާހާނައަށް ވަންނަން އަހަރެންތެދުވީމެވެ. ހަށިގަޑުގައި އެއްވެސް ފޭރާމެއް ނެތްކަން އަހަންނަށް އިހުސާސް ވީ އެވަގުތުއެވެ. ރޭގެ ހާދިސާ ހަދާންވުމުން އަހަރެންގެ ދެލޯ ކަރުނުން ފުރުނެވެ. ހުރިހާދުވަހު ޒިހާން އަހަންނަށްޓަކައި ވަމުން އައި ގުރުބާނީ ފެނަށްވެގެން ދިޔައީއެވެ. އެހަރެންގެ އިތްފަތް ތެރިކަން ވެއްޔާލާ މޮޑެވުނީއެވެ.

އަހަރެން ޒިހާންއަށް އެކަންތަށް ސިއްރުކުރީމެވެ. އަދީލައާއި ރަށްޓަހިވެފައި 3ހަފުތާ ވީތަނުން އަހަރެން ބަނޑުބޮޑުކަން އަހަންނަށް އެގުނެވެ. އަދީލް އަހަރެން ގޮވައިގެން ޑޮކްޓަރަށް ދެއްކުމަށްފަހު، ކައިވެެނިކުރަން ނިންމީ އަހަރެން ދުނިޔެއަށް ވާންއޮތް ބޭޒާރު ސަލާމަތް ކުރަންނެވެ. ޒިހާންއަށް އަހަރެން ބަނޑުބޮޑުކަން އެގުނީ  އަހަރެންގެ ބަނޑަށް 4މަސް ވީފަހުންނެވެ.

ތޫމާ ވާހަކަދައްކާ ނިންމާލުށްފަހު ފުންނޭވާއެއްލުމަށްފަހު އަހަންނާ ދިމާއަށް އެބުރުނެވެ. އޭރު އަހަރެންގެ ލޮލަށްވެސް ކަރުނައިގެ ތެތްކަން ވެރިވެފައެވެ.

“ދެން ބޭބީ ކޮބާ؟؟؟؟” އަހަރެންކައިރީގައި ދޮންބެ އެވާހަކަ އެއްވެސް ވަރަކަށް ދައްކާފައި ނުވުމުން އަހަންނަށް ސުވާލު ކޮށްލެވުނެވެ.

” 5މަސް ވެފަހުއްޓާ އަދީލް ފުރައިގެން ދިޔައީ… ބަލައިގެން އުޅެން ބުނެފައި ދިޔައީ…. އެކަމަކު އަހަރެން ސިޑިން ވެއްޓި……” ތޫމާއަށް ރޮވުނެވެ. ނިހާއަށް ހައިރާން ކަމާއެކު ބަލަން އެދެވުނީ އަބަދުވެސް ކެއްތެރިކަން ފެންނަ މޫނު މިލާފައިވާ ވަރުންނެވެ. މިހަކު އެހާ ހިތާމައިގައި ވަނިކޮށެއް ނިހާ ދުވަހަކު ވެސް ނުދެކެއެވެ.

“ދޮންތާ……” ދޮރުމައްޗައް އަރަމުން ޒިހާން ގޮވާލިއެވެ.

“ކިހިނެއްވީ؟؟؟” ކަރުނަތަށް ފޮހެލަމުން ތޫމާ ޒިހާން އާއި ދިމާއަށް އެބުރުނެވެ.

“ބަނޑަށްލާނެ އެއްޗެއްދީބަލަ…. ވަރަށް ހައިވެފަ މިހުރީ….” ބަނޑުގަ އަތްހާކާލަމުން ޒިހާން ބުނެލެއެވެ.

“ނިހާ ދޭބަލަ ޒިހާންއަށް ކާން ހަދަން…. އަހަރެން އެބަދަން…” ނިހާއަށް ސިއްރުވެރި ހިނިތުން ވުމެއް ހަދިޔާކުރަމުން ތޫމާ ބުނެލިއެވެ.

ޒިހާން ނިހާގެ ފަހަތުން ހިގަމުން އައިސް ކާކޮޓަރިއަށް ވަނެވެ.

” ހިތުގެ ތެޅުން މިތުރު މި އަހާބަލާ…. ވާލޯބި އެގޭނަމަ ކަލާ…..” ޒިހާން ގޮޑީގައި އިށީންނަމުން ނިހާއަށް އިވޭވަރަށް ލަވަކިޔާލިއެވެ.

ނިހާ ހިނިތުންވެލިއެވެ. “ޒިހާންވެސް އަހަރެންގެ ހިތުގެ ތެޅުން އަހާބަލާށެވެ. މިހިތުގިއި ވިންދުޖަހަނީ ހަމައެކަނި ޒިހާންއަށްޓަކައެވެ. މިހިތް އެދިގޮވަނީ ހަމައެކަނި ޒިހާން ގެ ލޯތްބަށެވެ.”  ނިހާ ޒިހާން އަށް ކާން ހަދާދިނުމަށްފަހު ބޭރަށް ނުކުންނަން ހިގައިގަތެވެ.

“އަހަރެން ކައި ނިމެންދެން މިތާގަ މަޑުކޮށްލަ ދީފާނަންތަ؟؟” ޒިހާން ނިހާގެ އަތުގައި ހިފާލިއެވެ.

“ކީއްކުރަން؟؟” ނިހާވެސް ކޮށްލީ ސުވާލެކެވެ.

“ނިހާ ކުރިމަތީގަ އިނިއްޔާ ކާންވެސް ތަންކޮޅެއްފަސޭހަވާނެ…” ހީލަމުން ޒިހާން ޖަވާބު ދިނެވެ.

ޒިހާން ގެ ކުރިމަތީގައި އިން ގޮޑީގައި އިށީދެ ނިހާ ހަމަޖެހިލިއެވެ.

“ދެން ކާންފަށާބަލަ….. ” ނިހާ އިށީނުމުންވެސް ޒިހާން ކާން ނުފަށާ އިންނަން ފެށުމުން ނިހާ ބުނެލިއެވެ. އިސްތަށިކޮޅާ ކުޅެލަ ކުޅެލާ އިން ނިހާއަށް ނަޒަރު ހުއްޓާލައިގެން ޒިހާން އިނީ ހައިރާން ވެފައެވެ.

“ޒިހާން ނޫޅެމެއްނު ކާކަށް އަހަރެން މިދަނީ…. އަހަރެން މިތާގަ އިނިއްޔާ ކާން ފަސޭހަވާނެޔޭ ކިޔާފަ އެއްމެފަހަރަކުވެސް ނުކާ….” ނިހާ ތެދުވަމުން ބުނެލިއެވެ.

“އަހަރެން ކާ ނިމުނީމަ ގޮވާނަން…” ނިހާ ނުކުންނަން ފެށުމުން ޒިހާ ބުނެލިއެވެ. ނިހާ ފަސް އެބުރިލުމުން އެއްލޯ މަރާލާފަ ހިނިތުން ވެލިގޮތުން ނިހާގެ ފިޔަވަޅު ހުއްޓުނެވެ. އެ ހިނިތުންވުމަކީ ނިހާގެ ހިތުގެ ވިންދާ ގުޅިފައިވާ ހިނިތުންވުމެއް ފަދައެވެ.

އާދައިގެ ގޮތެއްގާ ދުވަސްތަށް ވޭތުވަމުން ދެއެވެ. ކޮލެޖުގެ ކިޔެވުން ފެށި ނިހާ ކިޔެވުމާގެން މަސް އޫލުވިއެވެ. ކޮންމެދުވަހަކު ނިހާ ކޮލެޖައް ގެންގޮސް ގެންނަނީ ޒިހާން އެވެ. އެހެންކަމުން އެދެމެދުގައިވާ ގުޅުން ގާތްވަމުން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ދެމީހުންގެ ހަޔާތުގައި ލޯބީގެ މާތަށް ފޮޅެމުން ދިޔައީ ނުލާހިކު އަވަހަށެވެ. ޒިހާންގެ ހިނިތުންވުން ފަޑުނުވާ މޫނު ފެންނަ ކޮންމެފަހަރަކު ތޫމާއަށް ހިތާހިތުން ކުރެވެނީ އެއްމެ ދުއާއެކެވެ. އަބަދުވެސް ޒިހާން އުފަލުގައި ހުރުމެވެ.

“އައްސަލާމް އަލައިކުމް…..” ދޮރުމަތިން މީހަކު ސަލާމް ގޮވާލިއަޑު އިވުމުން ތޫމާ އެދިމާއަށް ދިޔައެވެ.

“ވައަލައިކުމް ސަލާމް… ކީއްކުރާ ކުއްޖެއް؟” ތޫމާއަށް އަހާލެވުނީ އެއީ ނުދަންނަ މީހެއް ވީމައެވެ.

        “ޝިރުހާން…” ހިނިތުން ވެލަމުން ޝިރުހާން ސަލާމް ކޮށްލިއެވެ.

(ނުނިމޭ)

11
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

neema

Other Articles

Previous

ލޯތްބަށްޓަކައި (ފަހުބައި)

Next

ދީވާނާ ލޯބިން ވެއްޖޭ. .

Next
April 13, 2014

ދީވާނާ ލޯބިން ވެއްޖޭ. .

Previews
April 12, 2014

ލޯތްބަށްޓަކައި (ފަހުބައި)

8 Comments

  1. liuu says:
    April 13, 2014 at 10:04 pm

    nice….thankolhei avahah up kohdhyba…month aku effaharu genanya v foohi vaane dho kiyn….hope u will up da nxt prt sooon 🙂

  2. shihko says:
    April 14, 2014 at 4:34 pm

    Kury part ga v goi handhaan hury kuda kon.. Neema thy jobeh ga ulhey kuhjehtha..??

  3. mary says:
    April 17, 2014 at 10:49 am

    up kurecijje dhw mihaaru foohi foohi vejje mivaahaka kiyan….

  4. shai says:
    April 19, 2014 at 4:13 pm

    ma v foohivey up kuran mi meehun ah neyngeythy

  5. shai says:
    April 22, 2014 at 8:18 pm

    whn u will up the next part

  6. someone says:
    September 4, 2014 at 11:31 am

    koba tha anehbai..miwarun dhen vaahaka liyun huhtaala

  7. saabas says:
    March 1, 2015 at 10:06 am

    kobahey anehbai!

  8. Petite says:
    September 18, 2016 at 3:26 am

    Alheyy mi story v v salhi.. next part up kohdhdheebaaaa plxxx

Comments are closed.

All Right Reserved!