Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ދީވާނާ ލޯބިން ވެއްޖޭ. . [3]

GuDuMeena Level 310 Stories500 Comments100 Comments
April 21, 2014 7 Mins Read
28 Comments

ޖީބުން އެ ގަނޑުކޮޅު ނަގާ އެއަންހެން ކުއްޖާއަށް ފެންނާނެހެން ދައްކާލާފައި އަހަރެން ބޮނޑިކޮށްލީމެވެ. އަދި އެ އަންހެން ކުއްޖާއަށް ބަލަމުން ފާރުމަތިން އެ ގޭ ގޯތިތެރެއަށް ވައްޓާލީމެވެ. އެކުއްޖާއަށް ލިބޭނެކަމުގެ އުންމީދުގައެވެ.

އަހަރެންގެ އެއްވެސް ހަރަކާތެއް ދެންތިބި ތިންމީހުންނަކަށް ނަގައެއް ނުގަނެވުނެވެ.

“މިހާރު އެގޭ ތެރެއަށް ކުނިވެސް އަޅަން ދޯ ތި ދިމާކުރީ. . އެމަންޖެ ކުނިކަހަން ނިކުންނަ ތޯ ތަ؟” އަޔާން އަށް ހެދި އެއްޗެއް ނޭނގިގެން އަހައިލިއެވެ.

“ސާބަހޭ އާން. . ނިކަން ބޮލުގެ ބޭނުން ކުރަން ދަސްކޮށްބަލަ. . އަހަރެން މި އައީ އެމަންޖެއަށް ނޯޓެއް ދީފަ. . ތިކަހަލަ ޅަ ސިކުނޑިތަކަކަށް ނުވިސްނޭނެ. .” އަހަރެންނަށްވުރެ ބޯ ހަމަޖެހޭ މީހަކު ނެތޭ ބުނާހެން ދިމާކޮށްލީމެވެ.

“އެއްވެސް ވަރަކަށް މަސްބާނާ އުޅެންތަ އެކޮއެމެން. .” އަހަންމަދުބެ ބުނިއެއްޗަކުން އަހަރުމެންނަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ.

“ނޫނޭ. . އަލަށް މި އުޅެނީ. .” އަހަރެން ލަދުން ހުރެ ބުނެލީމެވެ.

“އެއްގަމުން ކޮންމެވެސް ވަރަކަށް ބޭނޭ. . ” ހިނިގަނޑަކާއެކު އަޔާން ބުނެލިއެވެ. އެއާއިއެކު އެންމެންގެ ގާތަށްވެސް ހިނިއައެވެ.

ޑިންގީ އޮތް ހިސާބަށް ދެވުނުއިރު، އިރު ފެނުގައި ޖެހެން ކައިރި ވެފައި ހުއްޓެވެ. އޭރު ޑިންގީ ތެރޭގައިވެސް އިތުރު ކުއްޖަކު ހުއްޓެވެ. އެކުއްޖާ އިންޖީނަށް ތެޔޮއެޅުމާއިގެން އުޅެއެވެ. މާގިނައިރެއްނުވެ މަސްދަތުރަށް ނައްޓާލެވުނެވެ. ރަށް ވަށައިގެން ދުއްވުމަށްފަހު ރަށް ކައިރީ އޮތް ކުޑަރަށުގެ ކައިރީ ގިރިއެއްގައި ޖެއްސިއެވެ.

“ދެން ހަމަ އެމީހަކަށް ބޭނުނުވަރަކަށް ބާނަންވީ. . މިހިރީ އެމަށް އަޅާނެ އެއްޗިހި. . މިހިރީ ރޯލު. . މިހިސާބުން ވަރަށް ބޮޑެތި އެއްޗިހި ގަންނާނެ. . އަތުގަ ރޯލު އޮޅުވާނުލާތި. . ” އަހަންމަދުބެ އިރުޝާދު ދެމުން ދިޔައެވެ.

“ހަހް. . މަސްކިޔަން ނޭނގޭ ބަޔަކަށް ކޮން މަހެއް ބޭނޭނީ. . މިފަހަރު މަސް ބާނާގޮތް ދައްކާލާނަން. . ” ޒާނިޝް ބުޅީގައި ބަނޑައިދޫ ކޮޅެއް އަޅާފައި ހޫރާލިއެވެ. ހުރި ދިމާ މައްޗަށް އަރާފައި ވެއްޓުނީ ޑިންގީ ތެރެއަށެވެ.

“ހެހެހެ. . ތިދެން ކުޑަކުދިން އުޅޭ ގޮތެއްނު. . ރަނގަޅައް އެއްލަންވެސް ނޭނގިގެން ތިއުޅެނީ. . ޕިސް ޕިސް. . ބޭބެ ކައިރިން ދަސް ކުރޭ. . ” އަޔާން ދިމާކޮށް ކޮށްފައި ރޯލު ޑިންގީ ތެރެއަށް ނިއުޅާލާފައި އެންކޮޅެއް ޖަހާ ގައިގާ ހުރި ބާރެއްލާފައި ހޫރާލިއެވެ. ކަންވާރަށް ފައިންއެރިފައި ވިއްސައިގެން އައިސް ޖެހުނީ ޑީންގީ ބުޑުގައެވެ.

“ޕިސް ޕިސް ޕިސް. . އަދިވެސް ބޮޑެއްނުވޭދޯ. . ތަންކޮޅެއް ހަމަޖެހިލައިގެން އުޅެބަލަ. . މިހެންއެއްލާނީ. . ” އަހަރެން ވަރަށް ހަމަޖެހިލާފައި ޑިންގިއާ މާދުރުނޫން ހިސާބަކަށް އެއްލާފީމެވެ. އަހަންމަދުބެ އެއްލިތަން ބަލައިގެނެވެ. ރަނގަޅަށް އަޑިއަށް ނުދެވެނިސް އެއްޗެއް ގަތީހެން ހީވެއްޖެއެވެ. އަތުގެ ބުރު ނޭނގޭ ވަރަށް ހަލުވި ކަމާއެކު ނަގަން ފެށީމެވެ. އަޔާން އާއި ޒާނިޝް ހައިރާންވެފައި ބަލަންތިބިއިރު އަހަންމަދުބެ ހެވިފައި އިނެވެ. ދަމާ ނެގިއިރު އަހަރެންގެ ބުޅީގައި އަޅުވައިގެން ނެގުނީ އަހަންމަދުބެގެ ރޯލެވެ.

މާގިނައިރެއްނުވެ އަހަންމަދުބެއާއި ދެންހުރި ކުއްޖާ މަސް ބާނަން ފަށައިފިއެވެ. ބޮޑެތި ރަތް މަހެވެ. އަހަރުމެންވެސް އެމީހުން ހަދާގޮތަށް ހަދައިގެން މަސްބޭނޭތޯ އުޅުނީމެވެ. އެންމެފަހުން އަހަރެންގެ ޙަޔާތުގައި އަލަށް ބޭނުނު މަސްވެސް ބޭނިއްޖެއެވެ. ކަސްފާނައެކެވެ. އެކަމާ އަޔާން އާއި ޒާނިޝް ކިތަންމެ ދިމާކުރިޔަކަސް ތިންމީހުންގެ ތެރެއިން އެންމެ ފުރަތަމަ މަހެއް ބޭނީ އަހަރެންނެވެ. އެހެންވީރު އަހަރެން ހެޕީ އެވެ. އަށްގަޑި ބައިވަންދެން މަސްބޭނުމުގައި އުޅުމަށްފަހު އަހަރެމެން ރަށަށް އައިއިރު ވަރަށް ރަތް މަހާއި ގިނިމަސް އަދި ފިލޮޅު ބޭނުނެވެ. އެނޫނަސް ދެތިން ވައްތަރެއްގެ މަހެއް އޮތެވެ. އެއެއްޗިހި ކަނޑައިހެދީ އަހަންމަދުބެއެވެ. އަހަރެން އެއްމަހުގެ ހުޅުނބު ޖަހައިދިނީމެވެ.

ގެއަށް އާދެވުނުއިރު އައިޝާދައްތަ ފެންކައްކަނީއެވެ. ރަނާ އާއި ރިޔާ ނާށި އަންދަން އުޅެއެވެ. މިރުސްގަނޑު ހުރީ ތައްޔާރުގައެވެ. އަޔާން އަވަހަށް ޅިޔަ އަޅާފައިވާ މަސްތަކުގައި މިރުސް ޖަހަން އުޅުނެވެ. އަހަރެން އައިޝާ ދައްތައަށް މަސްތައް ބުރި ބުރި ކޮށްދިނީމެވެ. އައިޝާ ދައްތަ ރާނބާފަތާއި ފިޔައާއި ގިތެޔޮމިރުސް އަޅައިގެން ގަރުދިޔަ ކައްކަން އުދިއެވެ. އޭރު ޒާނިޝް ފެންވަރާލައިގެން އާދެއެވެ. ޒާނިޝް އައުމުން އަހަރެން ފެންވަރަން ދިޔައީމެވެ.

އޭގެ އިރުކޮޅެއް ފަހެވެ އަހަރެން ފެންވަރައިގެން ނިކުމެ ރީތިވެލައިގެން އައިއިރު ބަދިގެފަރާތުގައި އަޑުގަދަކޮށްލައިގެން އުޅެއެވެ. ކަމަކުދާކަށް ނެތެވެ އޭރު އަޔާން އަށް ހުރީ ރޮވޭވަރު ވެފައެވެ.

“އައުޗް އައުޗް. . އާ. . ހް. . ” އަޔާން އަށް ތަދު ތަކެއް ވެގެން އުޅޭހެން ހީވެއެވެ.

“ކިހިނެއްވީ. . ” އަހަރެން އަހައިލީމެވެ. އަޔާން އަށް ވާހަކަދެއްކޭ ވަރެއްވެސް ނުވިއެވެ.

“މަސްތަކުގަ މިރުސް އަޅާލީއެއްނު. . ގައިމު މިގޭގަ އަންގިވެސް ހުންނާނެ ވިއްޔަ. . ދައްތަ އައިއިރު މިރުސް ގަނޑަށް އަތް ލައިގެން ހުރީ ބަލަބަލާ ހުއްޓަ ދިލަ ނަގައިގެން ކެތް ނުވާވަރުވެގެން އެ އެނބުރެންފެށީ . .” އައިޝާ ދައްތަ ކަންތައް ވީ ގޮތް ކިޔައިދިނެވެ. އޭރު ރަނާ ތައްޓަކަށް ފިނިފެން އަޅައިގެން އައިސް އަޔާންގެ އަތް ލައިގެން އިނެވެ.

“ކިހިނެއް އެނގޭނީ މީ އެހާ ވޭންހުރިކަމެއް ކަމެއް. . އާ. . ހް. . ” އަޔާންގެ ދެލޯވެސް ހުރީ ރަތް ވެފައެވެ. ރަނާއަށްވެސް އަޔާންއަށް ވެފައި ހުރިވަރު ފެނުމުން އަސަރުތަކެއް ކޮށްފައި ވާކަން އެނގެއެވެ. އޭރު ޒާނިޝް ހީނ ހީނފައި އަޔާންގެ ފޮޓޯ ނަގައި ފޭސްބުކަށް އަޕްލޯޑް ކުރަނީއެވެ.

“އަދިވެސް ދިލައެއް މަޑެއް ނުވޭ. . ހައްތަހާ ގަދަވާހެން ހީވަނީ. . ” އަޔާން ޝަކުވާކުރަން ފެށިއެވެ.

“ރަނާ. . ދޭބަލަ ގޮދަންފުއްކޮޅެއް އޮލަކޮށް ގިރުވައިގެން އަންނަން. . އެއަށް އަތްލަނިކޮށް ދިލަ ކެނޑިދާނެ. . ” އައިޝާ ދައްތަ ވިސްނާލާފައި ބުންޏެވެ.

އިރުކޮޅެއް ފަހެވެ. އަހަރެންނާއި ޒާނިޝް އަދި ރިޔާ މަސްފިހެން އުޅުނީމެވެ. ގޯތިތެރޭ އޮމާން ޓިނުގަނޑެއްގެ މަތީގައި ނާށި ރޯކަށްފައި އޭގެ މަތީ ދާގަނޑެއް ބާއްވާފައި، މަސް އަތުރައިގެން އަހަރެމެން މަސް ފުށުން ޖަހަމުން ދިޔައީމެވެ. އޭރުވެސް ޒާނިޝް އާއި ރިޔާ ކޮންމެވެސް ޖެއްސުމެއް ކޮށްލަ ކޮށްލާ އުޅެއެވެ. އަޔާންގެ ހާލަކަށް ބަދަލެއް ނާދެއެވެ. ބައެއްފަހަރު ރަނާ ކައިރިން ދުރަށް ނުދާން ކުރާކަމެކޭވެސް ހީވެއެވެ. އެހެން ތިއްބާ އަހަންމަދުބެ ގެޔަށް އައެވެ.

“އައްދެ މި ކީއްކުރާ ބައެއް. . ” އަޔާން ތައްޓަކަށް އަތް ލައިގެން އިންތަން ފެނުމުން އަހައިލިއެވެ. ހީވަނީ ފެންފޮޅިފިހަން ފުއްގިރައިގެން އުޅޭހެނެވެ. އަހަރެމެން ވީގޮތް ކިޔައިދިނީމެވެ. އަހަންމަދުބެ ވަގުތުން މޮޅު ޚިޔާލެއް ދިނެވެ.

“އަތަށް ހީސްލާންވީ. . އޭރުން ތި ދިލަ ކެނޑިދާނެ. . ” އަހަންމަދުބެ ސީރިޔަސް ވެލާފައި ބުނިއެއްޗަކުން އެންމެންގެ ބަޑި ފަޅައިގެން ދިޔަ އެވެ. މިލާ މޯޅި ވެފައި އިން ރަނާއަށްވެސް ހިފަހައްޓައި ނުލެވުނެވެ. އައިޝާ ދައްތަވެސް އަޔާންގެ މޫނުމައްޗަށް އެރި ކުލަވަރުން ހެވުނެވެ.

“ނީޑް ސަމް. . އައި ހޭވް އެކްސްޓްރާ. . ” ޒާނިޝް ހެމުން އައިސް ކައިރި ވެލިއެވެ. އަހަރެންވެސް ފަހަތުން އައީމެވެ.

“ކިއު ހަދާލާ. . ފަހަރަކު މީހެއް. . ” ޒާނިޝްގެ ފަހަތުގައި އަހަރެން ޖެއްސީމެވެ.

“މިހާރު. . ދިލަ. . ވަރަށް ކުޑަ ވެއްޖެ. . ނޯ ތެންކްސް. . ” އަޔާން މޫނުމައްޗަށް ލުނބޮއެއް ފިތާލާފައި އިންހެން އިނދެ މަޑުމަޑުން އެހެން ބުނެފައި އެތަށިން އަތް ނަގައިގެން ގޮސް ދޮންނަން ފެށިއެވެ.

ފިހުނުމަހާ، ތާޒާ ގަރުދިޔަ ސޫޕް އާއި، ބަތާއި ތާޒާ ފަރުމަސް ރޭގަނޑުގެ ކެއުމަކަށް ތައްޔާރުކުރެވުނެވެ. ފޯރީގައި ގޭ އެންމެން އެއް ސުފުރާމަތިން ކެއުމަށް އިންސާފުކުރަމުން ދިޔައީމެވެ. އެކިކަހަލަ މަޖާ އަނގަތެޅުމުގައެވެ. އެކުވެރި މާޙައުލެއްގައެވެ. މޭޒުގެދަށުން ކުރިޔަށްދިޔަ ސިލްސިލާ އަދި މާ ފޯރިގަދައެވެ.

ޒާނިޝް އާއި އަޔާން، ރަނާ އާއި ރިޔާގެ ފައިގާ ކޮށްޓުން ނޫން ކަމެއް ނުކުރެއެވެ. އެ ހަތަރު މީހުންގެ ޗެނަލް ދިމާވެފައި ހުރިއިރު އެހެން ބަޔަކު އުޅޭކަންވެސް އިޙްސާސްވޭ ބާއޭ ހިތަށް އަރާފައި އަހަރެން އިނީމެވެ. އިރުކޮޅަކުން އައިޝާ ދައްތަގެ މޫނުމައްޗަށް ގޮތެއްވާހެން ހީވިއެވެ. ކުޑަކޮށް ކޮށިވެސް އެރިމެއެވެ. ކުރިމަތީ އިން ގޮނޑީގައި އިން ޒާނިޝް އަށް ބަލަމުން ކަރު ކެހެލިއެވެ. އޭރު ޒާނިޝް އިޝްޤީ ގޮތަކަށް އައިޝާދައްތަ ޖެހިގެން އިންގޮނޑީގައި އިން ރިޔާއަށް ބަލަމުން ދިޔައެވެ. އަހަރެން ހަދާނެ ގޮތެއް ނޭނގިފައި އިނދެ ޒާނިޝް ގައިގާ ކޮށްޓާލީމެވެ. އައިޝާދައްތަ މަޑުމަޑުން މޭޒާއި ކައިރިވެލީ ސިއްރެއް ބުނަން އުޅޭހެނެވެ. ޒާނިޝްވެސް ބުނަން އުޅޭ އެއްޗެއް އަޑުއަހަން ކައިރިވެލިއެވެ.

“މިއީ. . ދައްތަގެ ފައި. . ” ގަދަކަމުން ހިނިތުންވެލަމުން އައިޝާދައްތަ އެހެންބުނިއަޑު އިވިފައި އަހަރެންގެ ދިރުވާލި ބަތްސުވާ ވެސް ކަރު ތެރޭގައި ތާށިވިކަހަލައެވެ. ޒާނިޝް ގެ މޫނު ހުދުވެގެން ދިޔަތަން ދުށީމެވެ. އޭރު ރިޔާ އިސްޖަހައިގެން ބުނާނެ އެއްޗެއް ނޭނގިފައި އިނެވެ.

އެރޭގެ ކެއުން ނިމިގެންދިޔައީ އެކިހިތްތަކަށް އެކިއެކި އިޙަސާސްތައް ކުރުވަމުންނެވެ. އަޔާންއާއި ރަނާގެ ދެމެދުގައިވެސް ޚާއްސަކަމެއް އުފެދިފައިވާކަހަލައެވެ. ރިޔާއާއި ޒާނިޝްގެ ކޯޅުމަށްވެސް އިތުރު ނަމެއް ދެވެން ފަށާފައި ވާކަހަލައެވެ. އައިޝާދައްތައަށް މޫސުން ބަދަލުވަމުން އަންނަ ހުރިހާގޮތްތަކެއް ފަހުމް ވަމުން އާދެއެވެ. އަހަރެންގެ ހިތުގައިވެސް އަލަށް ޖަހަންފަށާފައިވާ ވިންދަށް އިތުރު ނަމެއްދޭން ބޭނުންވެއެވެ. ނަމަވެސް އެޔަށް ކިޔަންވީ ކޮންނަމެއްކަމެއް އަހަރެންނަކަށް ޔަޤީނެއްނޫނެވެ.

“އައި ލަވް ދިސް ޕަލޭސް. . ” ޒާނިޝް ބާލިހެއްގައި ބައްދާލަމުން ބުނެލިއެވެ. އަހަރުމެން ތިބީ ނިދަން އަރައެވެ. އޭރު ގަޑިން 12 ވެސް ޖަހައިފިއެވެ.

“މީ ޓޫ. . ” ޚިޔާލީ ދުނިޔެއެއްގައި އޮވެ އަޔާންވެސް ޒާނިޝް އާއި އެއްބައި ވެލިއެވެ. ނަމަވެސް ދެންކަންތައް ވެގެންދާނެ ގޮތެއް ނޭނގޭތީ އަހަރެންގެ ހިތަށް ބުނެދޭންނޭނގޭ އުނދަގޫތަކެއް ވަމުން ދިޔައެވެ. އަހަރެން ބާލިސް ނަގައި ދެމީހުން ގައިގާ އެތިފަހަރެއް ވީއްލާލީމެވެ.

“އައިޝާ ދައްތަގެ ދެ އަންހެން ކުދިންނާ ތިދެމީހުން ރޮމޭންސް ކުރާއިރު އައިޝާ ދައްތައަށް ނޭނގޭ ގޮތަށް އުޅެފާނަންތަ. . ؟ އައިޑޯންޓް ނޯ ވަޓް ޝީލް ބީ ތިންކިންގް. . ޑޭމް. . އައިމް ސޯ ވޮރީޑް. . ”

“ޗިލް ޑޫޑް. . ކޮބާތަ މައްސަލައަކީ އެނގިގެން. . ހަމަގައިމުވެސް ސިއްރަކުން ކައިވެންޏެއް ނުކުރެވޭނެ. . ” ޒާނިޝް ޚިޔާލީ ފޮލާކައްކަމުން އެބުނި އެއްޗަކުން އަހަރެންގެ ދަތްދޮޅި އަނގަ ދޫކޮށްފައި ނުވެއްޓުނީ ކިރިޔާއެވެ.

“ޔޫ ޓޫ އަރ ހެލްޕް ލެސް. . މިހާއަވަހަށް ކައިވެންޏާ ހަމައަށް ތި ދުއްވާލީ. . އަދި ނޭނގެ އެކުދިންގެ ހިތުގަ އޮތް އެއްޗެއް ވެސް. . ” އަހަރެންގެ ވާހަކަތައް އެދެމީހުންނަށް އިވުނުހެނެއް ހިޔެއްނުވެއެވެ. ޚިޔާލީ ދުނިޔެއަކަށް ގެއްލިފައި ހެވިދިލިފައި އޮތީއެވެ.

“އޮހް. . ފޮގެޓް އިޓް. . ” އަހަރެން ތެދުވެގެން ގޮސް ކޮޓަރީ ދޮރު ހުޅުވާފައި ސިޓިންގް ރޫމަށް ނިކުތީމެވެ. އެގަޑީގައިވެސް ނިދިވަނީ އަހަރެންގެ ލޮލާ އެތަކެއް ހިސާބެއް ދުރުގައެވެ. އަހަރެން ފެންޑާއަށް ނިކުމެލާ ޖޯލިފަތީގައި ޖައްސާލީމެވެ. އަހަރެންގެ ހިތުގައި ރަނިކަން ކުރަމުން އަންނަ ޝެހެޒާދާގެ ޚިޔާލުތަކުން އަހަރެންގެ ހިތް ބޭޤަރާރުވެފައި ވެއެވެ. އެމޫނު ފެނިލުމަށް ހިތް އެދެވެއެވެ. ނިދާލުމުން ހުވަފެނުންވެސް ފެނިލާނެނަމަ ކިހާ ރަނގަޅުހެއްޔެވެ؟ އެ ނިޔަނެތި ތުންފަތާ ކުޅެވިގެންދިޔަ ހިނިތުންވުން އަހަރެންގެ ހިތުގެ ލޮލަށް މިހާރުވެސް ސިފަވަމުން ދެއެވެ. އެމައުސޫމުކަމަކީ އަޖައިބެއްފަދަ ކަމަކެވެ. އެކުއްޖާއާއި ވާހަކަދައްކާލަން ހިތް އެދި ރޮނީއެވެ. ހަމަގައިމުވެސް އެރީތިކަމާ އެއްވަރަށް އެއަޑުވެސް ރީތިވާނެއެވެ. އަހަރެން ނިންމީމެވެ. ހެނދުނު ހޭލެވުމާއިއެކު އެގޭދޮށުން ބުރެއްޖަހައިލާށެވެ. އަހަރެންނަށް އެކުއްޖާއާއި ބެހޭގޮތުން އެނގެނީ، އެއީ އަހަރެންނަށް އެކުއްޖަކަށް އިންތިޒާރު ކުރަމުންދާ މިހިތުގެ ޝެހެޒާދާކަމެވެ. އިތުރަށް އެކުއްޖާއާއި ބެހޭގޮތުން އޮޅުންފިލުވަން ބޭނުމެވެ. މިފަދަ ޚިޔާލުތަކެއްގައި އަހަރެން އޮއްވާ ލޮލަށް ބަރުވާން ފަށައިފިއެވެ. އަހަރެން ތެދުވެގެން ގޮސް ކޮޓަރިއަށް ވަނީމެވެ. އޭރު އަޔާން އާއި ޒާނިޝް އެނދުވެރިކޮށްލައިފިއެވެ. އަހަރެން ބާލިހެއް ނަގައިގެން މުށިގަނޑުމަތީ އޮށޯވެލީމެވެ. މާގިނައިރެއް ނުވެ ނިދީގެ ފޮނިމީރުކަމުގެ ތެރެއަށް އަހަރެންނަށް މަރުޙަބާ ކިޔުނެވެ.

އަހަރެންނަށް ހޭލެވުނީ ފަތިސްނަމާދު ބަންގީގެ އަޑަށެވެ. މިސްކިތް ހުންނަނީ ގެއާއި މާދުރުނޫން ހިސާބެއްގައި ކަމުން ބަންގީގެއަޑު ފުދޭވަރަކަށް ބާރަށް އެކޮޓަރިޔަށް އިވެއެވެ. އަހަރެން އަވަސް އަވަހަށް ތެދުވެލީ ހިތުގައި އުފެދިފައިވާ ފޮނި އުންމީދެއްގެ ބޮޑުކަމުންނެވެ. ތެދުވެ އަޔާން އާއި ޒާނިޝްއަށް ދެތިންފަހަރަކު ގޮވައިލީމެވެ. ފޮރޮޅިލާފައި އަނެއްކާވެސް ނިދަނީއެވެ. އެހެންކަމުން ދެން އިތުރަށް އުނދަގޫ ނުކޮށް އަހަރެން ފްރެޝް ވެލައިގެން ވުޟޫ ކޮށްލައިގެން ނިކުތީ ނަމާދަށެވެ. ފަތިސް ނަމާދުކަމުން ޖަމާޢަތުގައިވެސް ބައިވެރިވީ އެންމެ ސަފެއް ނުފުރޭހާ މީހުންނެވެ. އަމުދުން ޒުވާންފުރައިގެ ކުއްޖަކު ފެންނަނީ މަދުންނެވެ. އެހެންކަމުން ނަމާދުނިމުމުން ދުވަސްވީ މީހުންގެ ގިނަބަޔަކު އަހަރެންނާއި ސަލާންކޮށް ޚަބަރު އަހާ އުޅުނެވެ. އަހަރެންވެސް އެބޭބެމެންނާއި ހިތްހެޔޮކޮށް ވާހަކަދައްކާލާ ހަދާލީމެވެ.

ނަމާދަށްފަހު އަހަރެންނަކަށް ނިންޖެއްނައެވެ. އިންތިޒާރު ކުރެވެމުން ދަނީ އިރުއަރަން ދުނިޔެމަތި ދޮންކޮށްލާނެ އިރަކަށެވެ. އެކިޚިޔާލުގައި ހުރެ އަހަރެން ހިނގަމުން ދިޔައީމެވެ. ވަކި ޚާއްސަ މިސްރާބެއްވެސް ނެތިއެވެ. ވަކިހިސާބަކަށް ދެވުމުން އަހަރެންނަށް ހޭވެރިކަމެއް ވެގެން ބަލައިލެވުނުއިރު ހުރެވުނީ ޒަބަރުޖުދުގެ ހުންނަ ގޯޅީގައެވެ. އަހަރެންނަށް އެހައި ހިސާބަށް އާދެވުނުގޮތާއިމެދު ހައިރާންވިއެވެ. ނޭނގިގެންވެސް އަހަރެންނަށް އެގެކައިރޔަށް ދެވެން ފެށީއެވެ. އޭރު އަހަރެންނާއި ސަލާންކޮށް ވާހަކަދައްކާ ހެދި އަބޫބަކުރުބެ އެގެޔަށް ވަންނަތަން އަހަރެންނަށް ފެނުނެވެ. އަބޫބަކުރުބެ ވަރަށް ހިތްހެޔޮކޮށް ވާހަކަދެއްކިއެވެ. އަހަރެން ބޮޑަށް އުފާވީ އަބޫބަކުރުބެއަކީ އެގޭ ބޭބެއަކަށް ވީމައެވެ. އެކުއްޖާއާއި ކޮންމެވެސް ގުޅުމެއް އޮންނާނެކަން ގައިމެވެ.

އިރުކޮޅަކު އެތާނގައި ހުރުމަށްފަހު އަބޫބަކުރުބެ ގެޔަށް ވަދެ އޮބާލުމުން އަހަރެން އެގޭކުރިމަތިން ހުރަސްކޮށްލަން ދިޔައީމެވެ. އެކުއްޖާގެ ހިލަމެއްވޭތޯއެވެ. އަހަރެންގެ ނަސީބުވެސް ރަނގަޅެވެ. އެގޭގެ ކުޑަދޮރުގައި ދަމާފައި ހުރި ދޮރުފޮތިގަނޑަށް އެނތެރޭގައި ހުރި ކުއްޖާގެ ހިޔަނި އެޅިފައި ހުއްޓެވެ. ދޮރުކައިރީގައި ހުރިކަން އެނގުނެވެ. އުޅެނީ ހޭލައެވެ. ނަމަވެސް އެގެޔަކަށް ވަންނާކަށް ނުކެރުނެވެ. ހަދާނެ ގޮތެއް ނޭނގިފައި އަހަރެން ދެކޮޅަށް ހިނގާލަ ހިނގާލާ ހުރީމެވެ. މަޑުމަޑުން ދުނިޔެމަތި އަލިވަމުން އާދެއެވެ. އިރުކޮޅަކުން އެކުޑަދޮރު ހުޅުވުނުތަން އަހަރެންނަށް ފެނުނެވެ. މަޑުމަޑުން ކައިރިވެލާ އަހަރެން ފާރުމަތީއަތް ބާއްވާލައިގެން އެކުއްޖާ ފެންނައިރެއްގެ އިންތިޒާރުގައި ހުރީމެވެ. ދޮރުފޮތިގަނޑު ކަހާލުމާއިއެކު ދުނިޔެމައްޗަށް އެޅިފައިވާ ފަނޑު އަލިކަމާއިއެކުވެސް އެކުއްޖާގެ މޫނު ވަރަށް ސާފުކޮށް ފެންނަން ހުއްޓެވެ.

ދޮރުހުޅު ހުޅުވާލުމާއިއެކު ޖެހެމުން ދިޔަ ފިނި ލުއުލުއި ވައިރޯޅިތައް، ލޯމަރާލައިގެން އެ ފަތިހުގެ ތާޒާކަމަށް މަރުޙަބާކިޔަމުންދިޔަ އެ ލޮބުވެތި މޫނުގައި ބޮސްދެމުން އެފަން އިސްތަށިގަނޑު އޭގެ މަސްތުން ވިހުރުވަމުންދިޔަމަންޒަރު އަހަރެންނަށް ފެނުމާއިއެކު ހަށިގަނޑުގެ ހުރިހާ ލޯލިތަކެއް ކޮޅައްޖެހުނުކަހަލައެވެ. އެ ފުރިހަމަ މަންޒަރު ހިނދުކޮޅަކަށް ނަމަވެސް އަހަރެންގެ ލޯމަތިން ގެއްލޭކަށް ނޭދެވުނެވެ. ދުލަކުން ގަލަމަކުން ބަޔާންކޮށްދެވޭ ވަރަށްވުރެ ފުރިހަމަކަމެކެވެ.

“ހޭ ހޭ އޭހޭ ހޭ އޭހޭ . .

ހޭ ހޭ އޭހޭ ހޭ އޭހޭ އެ އެހޭ. . ”

އެވަގުތު އަހަރެންގެ ހިތުގައި ފޮނި ރާގެއް ކުޅެވިގެން ދިޔައެވެ.

“ތެދޭ މިވާ ލޯބީގާ

އެދޭ މިހިތް ފިދާވުން

ކުރީމެ ޤުރުބާން ޖާނާ

މަގޭ މިހިތް މިފުރާނައިން

އުފާ ލިބުން އެދިހިތްވޭ

ޝިފާލިބުން އެދިހިތްވޭ

ދޭށޭނާ. . ދޭށޭނާ. . .”

އިރުކޮޅަކުން އެކުއްޖާ ލޯ ހުޅުވައިލިއެވެ. އެއާއިއެކު އަހަރެންގެ ޚިޔާލީދުނިޔޭގެ ދޮރު ލެއްޕުނެވެ. އަދި އަހަރެން ބަލަންހުރިތަން ފެނުމުން އެމޫނުމަތި ރަތްވެގެންދިޔައެވެ. ވަގުތުން ދޮރުފޮތިގަނޑާއި ނިވާވެލިއެވެ. އެއަށްފަހު މަޑުމަޑުން، ސިއްރު ސިއްރުން ބަލައިލިއެވެ. އެމަންޒަރުފެނިފައި މަޑު ހިނިތުންވުމެއް އަހަރެންގެ ތުންފަތާ ކުޅެލިއެވެ. އެއާއިއެކު ކަމެއް ހަނދާންވެގެން އެނތެރެއަށްދާފަދައިން އެކުއްޖާ ކޮޓަރީ ތެރެއަށް ދެމިގަނެއްޖެއެވެ. އެކުއްޖާދިއުމުން އަހަރެންވެސް މަޑުމަޑުން ކުރިއަށްދާން ފެށީމެވެ. އެމޫނު ފެނިލުމުންވެސް ހިތަށްވަނީ ނޭނގޭ ފިނިކަމެއް ލިބިފައެވެ. އެގެ ފަސްދީ ދެވުމަށްފަހު އަހަރެންނަށް މަޑުކޮށްލެވުނީ އަދިއެއްފަހަރު އެސޫރަ ދެކިލުމަށް ހިތް މަޖުބޫރު ކުރުމުންނެވެ. އަހަރެން މަޑުމަޑުން ފަސްއެނބުރި ބަލައިލީމެވެ. އެވަގުތު ދޮރުކައިރީ ފާރުމަތީ އަތްއަޅުވާލައިގެން އަހަރެންނަށް ބަލަންހުރި އެ ރީތިސޫރަ ފެނުނެވެ. ފިޔާތޮށި ކުލައެއްގެ އަތްކުރު ޓޮޕް ކޮޅަކާއި ހުދު ކުލައިގެ ޖިންސް އެއްގައި އެކުއްޖާގެ ރީތިކަމާއެވެ. މާޝާ ﷲ. . އަހަރެންގެ ހިތް ބުނެލިއެވެ. އަހަރެން ބަލާލުމާއިއެކު ރަކި ހިނިތުންވުމަކާއިއެކު ދުވެފައި އެކުއްޖާ ގޭތެރެއަށް ދިޔައެވެ. އެއާއިއެކު ފާރުމަތީގައި އޮތް ގަނޑުކޮޅެއް ބިންމައްޗަށް ވެއްޓުނުތަން އަހަރެންނަށް ފެނުނެވެ. ދުވެފައި އަހަރެންނަށް ދެވުނީ އޭގައި ވާ ޢިބާރާތެއް ކިޔާލާށެވެ. ހިތުގެ ތެޅުން އަވަސްވެގަތީ ކުރެވުނު އުފާވެރި އިޙްސާސަކުންނެވެ.

“ޝާޔާ. . ” ހަމައެކަނި އެންމެ ލަފްޒެކެވެ. އެއީ އަހަރެންގެ ހިތުގެ ޝެހެޒާދާގެ ނަމެވެ.

“ޝާޔާ. . ” އަހަރެންނަށް އެނަން ތަކުރާރުކޮށް ކިޔުނެވެ. އެރީތިކަމާއި އެއްވަރަށް ނަންވެސް ރީތިމެއެވެ. އެވަގުތު އެމަގުން އިތުރު ބަޔަކު އަންނަތަން ފެނުމުން އަހަރެން ގެޔަށްދިއުމަށް ހިނގައިގަތީމެވެ. އޭރު އެކުއްޖާ ކޮޓަރީގެ ކުޑަދޮރުން ފިލާހުރެ ބަލަމުން ދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Tags:

ރޮމޭންޓިކްމަޖާލޯބި

Share Article

Follow Me Written By

GuDuMeena

Level 310 Stories500 Comments100 Comments

Other Articles

Previous

ހަތިޔާރު (ސީޒަން 2: ޓައިޓަލް ރިވީލް)

Next

ހިތާމައިގެ ކަނޑު

Next
April 22, 2014

ހިތާމައިގެ ކަނޑު

Previews
April 21, 2014

ހަތިޔާރު (ސީޒަން 2: ޓައިޓަލް ރިވީލް)

28 Comments!

  1. GuDuMeena says:
    April 21, 2014 at 8:04 pm

    އުންމީދު ކުރަން މި ބައިވެސް ތިޔަ ހުރިހާ ކިއުންތެރިންނަށް ކަމުދާނެކަމަށް. . އެންޖޯއި. . !!

  2. MAL says:
    April 21, 2014 at 8:17 pm

    mi bai vx v v reethi… i love the song 🙂 waiting for next part ingey

    1. GuDuMeena says:
      April 21, 2014 at 8:23 pm

      ehehe Okie. . Thankew. . <3

  3. liuu says:
    April 21, 2014 at 8:36 pm

    hama habeysss….sifakurun obi novey…….vvvvv nice….waiting 4 d nxt prt….. 😀

    1. GuDuMeena says:
      April 21, 2014 at 8:43 pm

      Ohw.. ReALlY!!!. . 😀 Thankew Liuu. . <3

  4. bookworm says:
    April 21, 2014 at 8:50 pm

    oh my god :D!! enme kiyaa hiy v vaguthu nimumakah ai thoacheh 😛 waiting for the next part. hahaha ayaan ah v varu dhw. enme majaa thankolhakah ai zaanish aisha dhatha faiga hifi vaguthu hahaha 😛

    1. GuDuMeena says:
      April 21, 2014 at 9:40 pm

      ehehe. . Aan dhw. . GuDu liyamun dhiya iru vx zaanish ge moonumahchah araafa in kulavaru fenifa hama heveny. . Aslu Anime thakun ekahala Scene thah varah detailed koh genesdheefa indhey. . so GuDu ah sifa v hama Anime eh ge scene eh hen. . 😀
      And Ayaan. . His lemon face is still infront of me. . Hahaha. . 😛

  5. Naza says:
    April 21, 2014 at 9:33 pm

    mibaiwes warah reethi….stories with gud humour r always interesting nd entertaining aftr all 🙂

    1. GuDuMeena says:
      April 21, 2014 at 9:43 pm

      u r right Naza. . I like them too. . bt mihaarakah ais v.nufene Good humour eh hunna stories thakeh. . So i wanted to change the taste. . 😀 So happy that u liked it. . 😉

    2. Naza says:
      April 22, 2014 at 8:15 pm

      ur thinking is awesome i must say 😀

  6. Nax says:
    April 21, 2014 at 11:40 pm

    V v nice ….kiyaa hithun indaa e nimunee ……..hama habeyyyysssssss

    1. GuDuMeena says:
      April 22, 2014 at 9:42 am

      Thankew Nax. .

  7. shiu says:
    April 22, 2014 at 10:27 am

    mi part ves v salhi :D…. masbaanaa vaahaka othyma school holidays ga rasha goss masbaana hadhaan v 😛

    1. GuDuMeena says:
      April 22, 2014 at 1:24 pm

      haha. . Dhw. . haadha majaley. .Shiu menna ekkah dhathuru dhaa handhaan ves vey. . 😀

    2. shiu says:
      April 23, 2014 at 11:07 am

      yaa dhw…mifaharuves jeheyne dhw ekahala majaa dhathuraku dhaan 😀

  8. hadhee says:
    April 22, 2014 at 11:01 am

    V v v nice .. Ummeedhu kuran dhen kuriah huri part thah ves hama miha reethi vaanekamah.

    1. GuDuMeena says:
      April 22, 2014 at 1:26 pm

      ThankX Hadhee. . balaanan salhikoh geneveytho . .:D

  9. shai says:
    April 22, 2014 at 3:04 pm

    v v v v majaa hyhy badah dhadhuvehje….. v majaakoh gehnaathi v v v salhi avahah up kohdheythi

    1. GuDuMeena says:
      April 22, 2014 at 3:28 pm

      Wow. . hama aslu vx thw. . 😀 eheehe Yeah mirey vx kohdheynan ingey. . 😀

  10. shai says:
    April 22, 2014 at 3:19 pm

    🙂

  11. uma says:
    April 22, 2014 at 4:35 pm

    haha gud one gudu….hee hee halaaku wejje mi bai kiyafa…lobi story eh…keep it up 🙂

    1. GuDuMeena says:
      April 22, 2014 at 7:01 pm

      Ohw. . uma. . Thanks. . will try. . <3

  12. princess says:
    April 22, 2014 at 4:46 pm

    v .v.v.v.v…. majaaa…. N v.v.v.v….interesting….. u r rocking!!!…. superb!!!!…. keep up the trend….. god bless u…..

    1. GuDuMeena says:
      April 22, 2014 at 7:03 pm

      Ohw Princess Yam. . Thankew so much for the wishes. . . . 😀 will keep u entertained

  13. GuDuMeena says:
    April 22, 2014 at 7:05 pm

    And Hey!!?? has any one seen Naj???. . I did’nt see her the whole day. . may be she is lost. . OOhhff. . page eh ge thereyah vadhe nunikumevugen kanneynge mihaaru ulheyny. . NAJ. . . NAJ!! Are u there. . 😛

  14. princess says:
    April 22, 2014 at 7:29 pm

    NAJ!!!!! GUDU ix searching 4 u…..where r u!!!! r u alive!!! plx be informed ASAP…. HE IX V V WORRIED….. EHEHE

  15. shihko says:
    April 22, 2014 at 8:31 pm

    Koba story

  16. shenee says:
    September 17, 2015 at 10:03 pm

    Hi gudu .gV.haa.haadha molhey dho vaahaka liyann.

Comments are closed.

Next Episodeދީވާނާ ލޯބިން ވެއްޖޭ. . [4]←


All Right Reserved!