ޒައިދުއަށް ސަޔަށް ގެއަށް ދެވުނީމެންދުރު ވީފަހުންނެވެ. އޭރު ހާޝިޔާ ޓިއުޝަން ކުލާހަށް ދިއުމަށް ފޮތްތަކެއްހިފައިގެން ގެއިން ނިކުންނަނީއެވެ. ހާޝިޔާ އަކީ ޒައިދުގެ ދޮންމަންމައެހެން މީހަކަށް ލިބިފައިވާ އަންހެން ކުއްޖެކެވެ. ޒައިދުގެ ދައްތަ ލީލާކުޑަދަރިފުޅު މަސަލަސް ކުރެވޭތޯ ގޭތެރޭގަ އުޅެއެވެ. ” މިއަދު ހާދަވަރަކަށް ކުޑޫ ރޮނީ….” ޒައިދު ރޮއި ރޮއި އިން ޝާޒް އުރާލަމުންއަހާލިއެވެ. ” އާން…ހުން އައީމަ މާ ވަރަކަށް ރޮވެނީ…..ރޭ ހަތަރުދަމުވެސް ނިދީއެއް ނޫން.” ލީލާ ބަދިގެ ތެރެއަށް ހިނގައިގަތެވެ. ލީލާގެފަހަތުން ޒައިދު ޝާޒް އުރައިގެން ބަދިގެއަށް ވަނެވެ. ” ހުން ނަޔަސް ނިދޭވަރެއް ނޫން މިގޭ ތެރެއަކު…” ޒައިދު ރޭގައިވީ ކަންތައްހަނދާންކޮއްލަމުން ބުނެލިއެވެ. ލީލާ ބަލާލީ ޒައިދުގެ މޫނަށެވެ. ނިތްއަރުވާލާ ކިހިނެއް ވީތޯ އަހާލެވުނެވެ. ” ރޭގަވެސް ޒުވާބު ކުރީތަ؟” ޒައިދުޖަވާބު ނުދީ އުޅެނިކޮން ލީލާ އަހާލިއެވެ. ހީވަނީ ޒައިދު މޫނަށް އަރާފައިބަމުން ދިޔަ ކުލަތަކުން ލީލާ ހުރިހާ ޖަވާބެއް ލިބިގަތީ ހެންނެވެ.ބަދީހާ އެތަނަށް އައިސް ވަނުމުން ލީލާ ހުއްޓާލިއެވެ.

” ޒައިދު ކޮއްކޮ ދޮންތަ އަތަށް ދީފަ އިށީނދެ ކާން……” ލީލާ ދައްކަމުންދިޔަ މައުޟޫ ބަދަލުކޮއްލާ ބަތްކާ ތައްޓެއް ނަގައި މޭޒުމަތީ ބަހެއްޓީބަދީހާ އެތަނަށް ވަނީމައެވެ. އަލަމާރިން އައިސްފެން ފުޅިއެއް ނަގައިގެންބަދީހާ އެތަނުން ނިކުމެގެން ދިއުމާއި އެކު ޒައިދު އާއި ލީލާ އެކަކުއަނެއްކަކުގެ މޫނަށް ބަލާލާ ހޭންފެށީ އެކުއެކީގައެވެ. ޒައިދުގެ އަތުގަގިސްލަ ގިސްލާއިން ޝާޒްވެސް ރުއިން ހުއްޓާލާ ދެމީހުންގެ މޫނަށް ބަލަންއިނެވެ.
” މީހުން ބުނާތީ އަހަން….އެމީހަކަށް އެއްޗެހި ކިޔާތަނަށްއާދެވިއްޖެއްޔާ އުމުރު ދިގުވާނެއޭ…..ކިޔަން ހުރި އެއްޗެހި އަވަހަށްހުއްޓާ……މާބޮޑަށް އުމުރު ދިގުވެދާނެ…..” ލީލާ އަތްމަތިއަވަސްކޮއްލަމުން ބުނެލިއެވެ. ޒައިދު ކާންފެށިތަނާ ޝާޒް ގޮވައިގެން ލީލާބޭރަށް ނިކުތެވެ. ކައިގެން ޒައިދު އެއްޗެހި ބަދަލުކުރަން ވަދެ ޖީބަށް ލިފޮޓޯގަނޑު ނަގައި އޭނަގެ އަލްބަމްގަ ފޮރުވާލިއެވެ.

ޒައިދު ގެއިން ނިކުންނަމުން އަރްޝީއަށް ގުޅާލިއެވެ. ” މާ ބުރަދުވަހަކީތަ؟” ޒައިދު ދޫކޮއްލި ނޭވާގެ އަޑު އިވިފައި އަރްޝީ އަހާލިއެވެ. ”ކުޑަކޮށް…..” ޒައިދު ވާހަކަ ދައްކަމުން ގޮސް ކާރަށް އެރިއެވެ.ތަޅުދަނޑި ޖަހައި ސްޓާރޓް ކޮއްލިވަގުތު އަރްޝީގެ އަޑު އައެވެ. “އަހަރެންވަޒީފާއަށް ސިޓީ ލާން މިއުޅެނީ…..އޯކޭތަ؟” އަރްޝީ އަހާލި ގޮތުންޒައިދުގެ ގާތަށް އައީ ހިންޏެވެ. ” އަހަރެން ކައިރިން ހުއްދަ ނުހޯދިއަސްއަރްޝީއަށް ކުރަން ބޭނުން ކަމެއް ކުރެވިދާނެ….އަހަރެން މިއީ އަދިއަރްޝީގެ ފިރިމީހާއެއްވެސް ނޫން….އެމީހެއްގެ ދިރިއުޅުމުގެ ކަންތައްތައްކުރިއަށް ގެންދިއުމުގެ އިޚްތިޔާރު އޮންނާނީ އެމީހެއްގެ އަތްމަތީގަ….”ޒައިދު ކުރިމައްޗަށް ބަލަން އިނދެގެން ބުނެލިއެވެ. ” އަހަރެން ފަހުންގުޅާނަން އިނގޭ……” ޒައިދު ފޯނު ކަނޑާލަމުން ކާރު ދުއްވާލިއެވެ.

ފާއިޤް އޮފީސް ތެރޭގަ މަސައްކަތެއް ކުރަން އިނެވެ. ޝެރީން ފާއިޤްގެކެބިންއަށް ވަދެ ކުރިމަތީގަ ހުރި ގޮނޑީގަ އިށީނެވެ. ” ބައްޕާ…އަހަރެންގަސްތު ކުރަން މި އޮފީހަށް ޖޮއިން ކުރަން….” ޝެރީންގެ ޖުމްލަ އާއި އެކުފާއިޤް އިސްއުފުލާލާ ޝެރީންގެ މޫނަށް ބަލާލިއެވެ. ” ދަރިފުޅު މަސައްކަތްނުކުރިއަސް ބައްޕަގެ ކޮންމެ މުދަލަކީ ހަމައެކަނި ދަރިފުޅުގެ ހައްޤެއް…”ފާއިޤް ބުނެލިއެވެ. ” އޮފީހަށް ނިކުންނަން މި ގަސްތު ކުރަނީ އަހަރެންނަށްބައްޕަގެ ފަރާތުން އެއްޗެއް މަދުވެގެންނެއް ނޫން…ގޭގަ އެކަނި ހުންނަންފޫހިވާތީ…މާ ދުވަސް ދިގުހެން ހީވާތީ…ކިޔަވައިގެން އައިސް ވަޒީފާއެއްއަދާ ނުކުރަންޏާ ކިޔެވި އެއްޗެހީގެ ބޭނުމަކީ ކޮބާތޯ…” ޝެރީން ފާއިޤްގެކެބިންއަށް ބަލާލިއެވެ. ތަރުތީބުން ފައިލްތައް ބަހައްޓާފައިވާ ބިއްލޫރިކަބަޑުގެ މަތީގައި ޝެރީންގެ ކުޑައިރުގެ ފޮޓޯއެއް އިނެވެ. އެ ފޮޓޯ ނޫނަސްޝެރީން އެކި ޢުމުރުގައި ނަގާފައިވާ އެހެން ފޮޓޯތަކެއްވެސް އެ ކެބިންގެތެރެއިން ފެންނަން ހުއްޓެވެ. ޝެރީން ދެކެ ފާއިޤް ލޯބިވާކަން އެ އޮފީހުގަމަސައްކަތް ކުރާ އެންމެންވެސް ދަނެއެވެ. ” މި އޮފީހުގަ މަސައްކަތް ކުރަންބައްޕަ ބޭނުން ނުވަންޏާ އެހެން އޮފީހަކާ ޖޮއިން ކޮއްފާނަން…..އެކަމަކުގޭގައެއް ނުހުންނާނަން..” ޝެރީން ބޮޑާ ދައްކާ ގޮތަކަށް ބުނެލިއެވެ.ޝެރީންގެ މައުޞޫމް ގޮތްގަނޑު ފެނި ފާއިޤް ހިނިތުންވެލިއެވެ.

” ތިއީ ދެން ގޮތް ދޫކުރަން ދަންނަވެސް ކުއްޖެއް ނޫން…..ބައްޕަ ހަތިޔާރުބަހައްޓައިފިން…..” ފާއިޤް ބަލާލީ ކެބިންގެ ދޮރުމަތީގައި ހުރިޒައިދުއަށެވެ. ފާއިޤް އެދިމާލަށް ބަލަން ފެށުމުން ޝެރީންވެސް ބަލާލިއެވެ.ފާއިޤްގެ ހުއްދަ އާއި އެކު ކެބިން ތެރެއަށް ވަދެގެން އައި ޒައިދުގެ ފައިންފެށިގެން ބޮލާ ހަމަޔަށް ޝެރީން ބަލާލީ ފުންބެލުމަކުންނެވެ. ސާދާ ގޮތަކަށްހެދުން އަޅައިގެން ހުއްޓަސް ޒައިދުގެ މޫނުމަތިން ހަރުދަނާ މީހެއްގެގޮތްގަނޑު ފެންނަން ހުރެއެވެ.

” މިއީ ހުރިހާ ފިހާރަތަކުން ހުސްވެފައިވާ ތަކެތީގެ ލިސްޓު….ގުދަނުގައިހުރި އެއްޗެހި ފިހާރަތަކަށް ގެންގޮސްދީފިން…” ޒައިދު ދިއްކޮއްލީނޫކުލައިގެ ފައިލެކެވެ. ފާއިޤް ފަރުވާތެރިކަމާއި އެކު އެ ލިސްޓަށް ބަލަންފެށިއެވެ. ” ވަރަށް ރަނގަޅު. މި ގެންގޮސް ސަލޫމްއަށް ދީ…..ރާއްޖެއިންބޭރުން ގެންނަން ޖެހޭ އެއްޗެހި އޭނަ ގެންނާނެ…” ޒައިދު އަތަށް އަނބުރާއެ ފައިލު ދިއްކޮއްލަމުން ފާއިޤް ބުނެލިއެވެ. ޒައިދު އެ ކެބިން އިންނިކުންނަންދެން ޝެރީން ޒައިދުއަށް ބަލަންއިނެވެ.

އޮފީސް ގަޑި ނިމިގެން ފާއިޤް އާއި ޝެރީން ނިކުތީ އެކުއެކީގައެވެ. ޒައިދުކާރުގައި އެމީހުންގެ އިންތިޒާރުގައި އިނެވެ.ކާރަށް އަރަ އަރާ ހުރިފާއިޤްއަށް ސަލޫމް ފެނުނީ އެވަގުތުއެވެ. ” ސަލޫމް. އާދޭ ކާރުގަ ދާން….”ފާއިޤް ގޮވާލުމާއި އެކު ސަލޫމް އައިސް ކާރަށް އަރައިފިއެވެ. ޝެރީންފޫހިގޮތަކަށް ސަލޫމްއަށް ބަލާލިއެވެ. ކާރުގެ ފަހަތު ސީޓްގަ ތިބީ ސަލޫމްއާއި ޝެރީންއެވެ. ކުރީގަ ތިބީ ޒައިދު އާއި ފާއިޤްއެވެ. އެމީހުން ކާރަށްއެރުމުން ޒައިދު ކާރު ދުއްވާލިއެވެ. މިޑިލް ލައިޓް އާއި ހަމަޔަށްދެވެންދެން ކާރުތެރޭގަ އޮތީ ހިމޭންކަމެވެ. އެއްވެސް މީހަކު ވާހަކައެއްނުދައްކައެވެ. ކާރުން ޖަހަމުން ދިޔަ މަޑު އިނގިރޭސި ލަވައެއްގެ މިއުޒިކުގެއަޑު ނޫނީ ނީވެއެވެ.

މިޑިލް ލައިޓްގެ ޕޯޓިކޯއަށް ކާރު މަޑުކޮއްލުމާއި އެކު ޝެރީން އަވަސްއަވަހަށް ބޭރަށް ނިކުތެވެ. ހީވަނީ ކާރުގައި އެ ހޭދަކޮއްލަން ޖެހުނުފަސްވަރަކަށް މިނެޓްވެސް ދިގުވެފަ އިންހެންނެވެ. ” ސަލޫމް އާއި ޒައިދުއާދޭ ސައިބޯން….ސަލޫމް ގެއަށް ދާނި ސައިބޮއިގެން ދޯ……” ފާއިޤްކާރުން ފައިބަމުން ބުނެލިއެވެ. ޒައިދު އިންކާރު ކުރިއެވެ. ސަލޫމްސައިބޮއިގެން އަންނަންދެން މަޑުކުރަން ޖެހޭތީ ޒައިދު ކާރު ތެރޭގަ އިނެވެ.

ކުލަ ކުލައިގެ ވިލާތަކާއެކު އޮއްސެމުން ދިޔަ އިރުގެ ރަންދޯދިތައް ކަނޑުގެލޮނުގަނޑަށް އެޅިފައިވާއިރު ހީވަނީ މޮޅު ކުރެހުންތެރިޔަކު ކުރަހާލާފައިވާތަސްވީރެއް ހެންނެވެ. ޒައިދު އާއި އަރްޝީ އޮއްސެމުން ދިޔަ އިރާ ދިމާލަށްބަލަހައްޓައިގެން ތިއްބެވެ. ހެދިގޮނޑު ދޮށުގައި ފުދޭވަރަކަށް މީހުންވެސްގިނަ ދުވަހެކެވެ. އޮފީސް ނިންމާލުމަށްފަހު ގިނަ އާއިލާތައް އެކީގައިހިނގާލަން ނިކުންނާނީ އާއްމުކޮން މިފަދަ ވަގުތެއްގައެވެ.

ޖެހުނު ވަޔާއި އެކު އަރްޝީގެ އިސްތަށިގަނޑުން ބައެއް އެ މޫނު ފޮރުވާލިއެވެ.އަރްޝީއަށް ވުރެ ކުރިންއިސްތަށިތައް އެއްކައިރި ކޮއްލަދިނީ ޒައިދުއެވެ.ކަޅު ވިލާތަކުން ފަރުދާވެގެން އިން ހަނދު އެ ވިލާތައް ދިއުމުން ފާޅުވެގެންދިޔަފަދައިން އިސްތަށިތައް އެއްފަރާތްކޮއްލުމުން އެ މޫނުމަތި އަލިވެގެންދިޔައެވެ. އޮއްސެމުން ދިޔަ އިރުގެ ރަންދޯދިތައް އެ މޫނަށް އެޅިފައިވުމުންއިތުރު ރީތިކަމެއް ދައްކައެވެ.އަރްޝީގެ މޫނާ ކައިރިވެލަމުން ޒައިދުމަޑުމަޑުން އަރްޝީގެ ކޮލުގަ ބޮސްދިނެވެ. ޒައިދުގެ ކުޑަ ކުޑަހަރަކާތަކުންވެސް އަރްޝީއަށް ލިބިގެން ދިޔައީ ބަޔާން ނުކުރެވޭ ފަދަހިތްހަމަ ޖެހުމެކެވެ. ލަދުރަކި ހިނިތުންވުމެއް ތުންފަތް މައްޗަށްވެރިވުމާއި އެކު ލަދުން އިސްޖަހާލާ އަރްޝީ މޫނު ފޮރުވާލިއެވެ.
” ހިނގާ ދާން….” އަރްޝީ މަޑުމަޑުން ބުނެލިއެވެ. ޒައިދު ޖަވާބެއް ނުދީއަރްޝީގެ އަތުގަ ހިފާލިއެވެ. އެއަތްވަނީ ފިނިވެފައެވެ. ” ހާދައަވަހަކަށް….އަދި އިރުކޮޅަކުން ދާނި…ރޭގަވެސް ޖެހުނީ އެހާ އަވަހަށްދާން…” ޒައިދު އެހާ އަވަހަށް އަރްޝީ އާ ވަކިވާކަށް ބޭނުމެއް ނޫނެވެ. ”ރޭގަނޑު އަދި ދިމާވާނެ…ލަސްވީމަ މަންމަ ހިތްހަމަ ނުޖެހިދާނެ…..”އަރްޝީ ބުނެލިއެވެ. ޒައިދު ތެދުވެ ހިނގައިގަތެވެ. އަރްޝީ ގެއަށްގެންގޮސްދިނުމަށްފަހު ޒައިދު މިސްރާބު ޖެހީ ގެއާއި ދިމާލަށެވެ.

ޒައިދު މަޑު މަޑުން ހިނގަމުން ދިޔައިރު މަގުމަތިން ދާ މީހުންނަށްސަމާލުކަމެއް ނުދެއެވެ. ލެމަން ގްރާސްގެ ކައިރިން ދަންނަ މީހެއްގެ ހުނުމުގެއަޑަށް ޒައިދު ބަލާލިއެވެ. މަގުގެ އެއްކައިރީގަ ހުރި ސައިކަލެއްގެ މަތީގައިން ފިރިހެން ކުއްޖާ އިނީ ޒައިދުއަށް ފުރަގަސް ދީގެންނެވެ. ސައިކަލުކައިރީ ކޮޅަށް އަންހެން ކުއްޖެއް ހުރިނަމަވެސް މޫނު ފެންނަވަރެއް ނުވިއެވެ.
” މައްސަލައެއް ނެތް…އަހަރެން ތައްޔާރު…” އަންހެން ކުއްޖާގެ އަޑުންއެއީ ހާޝިޔާކަން ޒައިދުއަށް ޔަޤީންވިއެވެ. ޒައިދު ދުރުގަ ހުރިކަންހާޝިޔާއަށް ޔަޤީންވުމާއި އެކު ހާޝިޔާ ދައްކަމުން ދިޔަ ވާހަކަ ހުއްޓާލިއެވެ.މެންދުރު ޓިއުޝަނަށް ދާން ނިކުތް ގޮތަށް އަދި ގެއަށް ނުދާކަން އެނގުނީހާޝިޔާ އަތުގަ ހުރި ފޮތްތަކުންނެވެ. ޒައިދު ކުރިއަށް ހިނގައިގަތެވެ. ”ހިނގާ ގެއަށް…..” ޒައިދު ބުނެލިއެވެ. ހާޝިޔާ ބަލާލީ އެ ފިރިހެންކުއްޖާއަށެވެ. ހީވަނީ އޭނަގެ ޖަވާބަކަށް އިންތިޒާރު ކުރާ ހެންނެވެ.
” އެކަކު އަނެއްކަކުގެ މޫނަށް ބަލާނެކަމެއްނެތް…….ހާޝިޔާ ހިނގާދާން……ތިއީ ދޯ ތިޖަހާ ޓިއުޝަނަކީ….” ޒައިދު ޙާޝިޔާގެ އަތުގަ ހިފާހިނގައިގަތެވެ . ގަދަހަދާލުމަށްފަހު ހާޝިޔާ ޒައިދުގެ ކިބައިންސަލާމަތްވިއެވެ. ހާޝިޔާ ގޮސް އެ ފިރިހެން ކުއްޖާގެ ސައިކަލަށް އެރުމާއިއެކު އޭނާ ސައިކަލް ދުއްވާލިއެވެ. ހާޝިޔާގެ ޖެހިލުން ކުޑަކަމުން ޒައިދުހައިރާންވިއެވެ. ސައިކަލުގަ ގޮސް ހާޝިޔާ އޮބާލަންދެން ޒައިދު އެދިމާލަށްބަލަން ހުއްޓެވެ.
ޒައިދު ގެއަށް ދިޔައިރު ސިޓިން ރޫމްގައި ބަދީހާ އާއި ހާޝިޔާ ތިއްބެވެ.ސިޓިން ރޫމްގަ މޭޒެއް ބަހައްޓާލައިގެން ޝާޒްގެ ގަމީހެއް އިސްތިރިކުރަންލީލާ އުޅެއެވެ. ” ޒައިދު…..” ޒައިދުއަށް ގޮވާލަމުން އަތުން އެތަނަށްއައުމަށް ބަދީހާ އިޝާރާތްކޮއްލިއެވެ. ” ކިހިނެއް ވެގެންތިއުޅެނީ…..ހާޝިޔާ ލަދުން ހަލާކުވެއްޖެ…..އޭނަގެ ރައްޓެހިންގެ ކުރިމަތީއޭނަގެ އަގުވައްޓާލަން މަސައްކަތް ތިކުރަނީ ޒައިދުއަށް ކަމެއް ހާސިލްވާނެތީތަ؟” ބަދީހާ ބުނަން އެ އުޅެނީ ކީކޭކަމެއް ޒައިދުއަކަށްނުވިސްނުނެވެ. އިސްތިރި ކުރަން ހުރި ލީލާ އެ މަސައްކަތް ހުއްޓާލުމަށްފަހުއެތަނަށް އައިސް ހުއްޓުނެވެ. ” އަހަރެން ހާޝިޔާ އަގު ވެއްޓޭވަރުގެކޮންކަމެއް ކުރީ؟” ޒައިދު އަހާލިއެވެ.
” ދެން ކަމެއް ކުރިކަމަކަށްވެސް ނުވާނެ…ކިހާ ރީތި….ހާޝިޔާއެކުވެރިންނާއި އެކު ވާހަކަ ދައްކަން ހުއްޓަސް ޒައިދުއަށް ކޮންކަމެއް….އެއެންމެންގެ ތެރޭގަ ބަވާނުލާ ރީތިކޮން ގެއަށް އަންނާށޭ ބުންޏަސް ހާޝިޔާގެއަށް އަންނާނެ…” ބަދީހާ ބުނެލިއެވެ. ހާޝިޔާ ކައިރީގަ އިނދެގެން ރޮމުންދިޔައެވެ. ” އަހަރެން ކިހާ ރީތިކޮން ބުނީ ދާން އަންނާށޭ….އޭގަ ހާޝިޔާލަދުގަންނަން ޖެހޭވަރުގެ އެއްޗެއް ބުނެވުނުތަ؟”’ ޒައިދު އެހީ ހާޝިޔާގެކައިރީގައެވެ. ހާޝިޔާ ބޯޖަހާލިއެވެ. ” ކޮބާ އެބުނީ….ބެހެން ނުޖެހޭހުރިހާ ކަމަކާ ވާނެ ބެހެން….މަގޭ ދަރިން އުޅޭ ނޫޅޭގޮތް ބަލަމުން އަހަރެންނުދުވާއިރު ޒައިދު ތީ ކާކު؟” ބަދީހާ ހިތަށް އައިހާ އެއްޗެއް ޒައިދުއަށްކިޔަމުން ދިޔައެވެ.
” ތިއީ މައްސަލައަކީ……ބޮޑުވެފަ ހުރި އަންހެން ކުއްޖަކު މުޅި މާލެތެރޭދުވާއިރުވެސް އެކަން ކަމަކަށް ނުވާތީ…..މާދަމާ އިވޭނެ އަޑެއް ގޮތެއްނޭނގެ….ބޭރުގަ ކިތައްމެ އިރެއް ވިއަސް އަހާނުލާނެ ކޮންއިރަކުންހޭ ގެއަށްއަންނާނީ…” ޒައިދުގެ ބަދަލުގަ ލީލާ ވާހަކަ ދެއްކިއެވެ. ބަދީހާ ކަންތައްކުރާ ގޮތުން ލީލާ ހިތްހަމަ ނުޖެހުނަސް މިނޫނީ ބާރަށް އެއްޗެއް ނުބުނެއެވެ. ” އޭނައަށް ވަކާލާތު ކޮއްދޭނެ ކަމެއް ނެތް…ހާޝިޔާ ކޮންމެ ގޮތަކަށްއުޅުނަސް ތީގެން އެކަކުވެސް ނުޖެހޭނެ އެކަމާ ވިސްނާކަށް؟” ބަދީހާ ހާޝިޔާދިފާއުކުރާތީ ލީލާ ހުއްޓާލިއެވެ. ޒައިދުވެސް ގޮސް ކޮޓަރިއަށް ވަނެވެ.

ބަދީހާ އެގޮތަށް ވާހަކަ ދެއްކުމަކީ ހާޝިޔާއަށް ހިތަށް އެރިގޮތަކަށްއުޅުމަށް ލިބޭނެ ހިތްވަރެކެވެ. ބަދީހާ ވިސްނުމުގެ ވައްޓަފާޅި ހުންނަގޮތަކުން އެގޭ ތެރޭގަ ޒުވާބުގެ އަޑު ނީވޭ ދުވަހެއް ނުދާނެއެވެ. ޒައިދު އާއިލީލާގެ ފިރިމީހާ އަދުހަމް ކުރާ މަސައްކަތުން ލިބޭ މަދުފައިސާ ކޮޅުވެސްހޭދަކޮއްލަނީ ހާޝިޔާ އަށް ބޭނުންވާ އެއްޗެހި ގަނެދިނުމުގައެވެ.
ޒައިދުގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނުގެ ޑިސްޕްލޭއަށް ބަލާލަމުން ޒައިދުއަވަހަށް ފޯނު ނެގިއެވެ. ” އާދެބަލަ މިކޮޅަށް އަހަރެން ތަނަކަށްދާންވެގެން…….” އެކޮޅުން ވާހަކަ ދެއްކީ ޝެރީންއެވެ. ޝެރީންގެ އަޑުގަވާހާސްކަމުގެ ސަބަބުން ކަމެއް ގޯސްވެއްޖެކަން ޒައިދުއަށް ނަގައި ގަނެވުނެވެ.ޒައިދުމެންގެ ގެއާ ޝެރީންގެ ގެއާ ދުރެއް ނޫނެވެ. ފައިމަގުގަ އެގެއަށްދެތިން މިނެޓެއްގެ ތެރޭގަ ދެވިދާނެއެވެ. ހަވީރު ސަލޫމް ގެއަށްގެންގޮސްދނުމަށްފަހު ކާރު ފާއިޤް އާ ހަވާލުކޮއްފަ އާދެވުނީއެވެ.
މިޑިލް ލައިޓްގެ ގޭޓުން ޒައިދު ވަތްއިރު ޝެރީން އޭނަގެ އިންތިޒާރުގަހުއްޓެވެ. ގަރާޖުން ކާރު ނެރުމުން ޝެރީން ކާރަށް އަރާ އާރޓިފިޝިއަލް ބީޗަށްދިއުމަށް ބުނެލިއެވެ. ރޭގަނޑު މިގަޑީގަ އެތަނަށް ދަނީ ކީއްކުރަން ބާއޭޒައިދު ހިތަށް އެރިއެވެ. އެކަމަކު އިސްވެ ޝެރީން ކައިރީ އެއްވެސް އެއްޗެއްއަހާކަށް ނުކެރޭނެއެވެ. ޒައިދު އާދައިގެ ވަރަކަށް ދުއްވާލުމަށްފަހުއެތަނަށް ދެވުމާއި އެކު ޝެރީން ކާރުން ފޭބިއެވެ. ” އަހަރެން އަންނަން ދެންމިތާ މަޑުކުރާތި…..” ޝެރީން ހިނގައިގަންނަމުން ބުނެލިއެވެ. ޝެރީންގެލޮލަށް ޖަމާވަމުން އައި ކަރުނަތައް ޒައިދުއަށް ފާހަގަވިއެވެ. ޝެރީން މަޑުހިނގުމެއްގަ ގޮސް ދުރުގަ މަޑުކޮއްލިއެވެ. މޫނުގަ އަތްއަޅާ ރޮއި ގަތްއަޑުޒައިދުއަށް އިވުނެވެ. ޒައިދު ކުއްލިއަކަށް ހާސްވިއެވެ. އެތައް ސުވާލަކުންއެހިތް ހާސްކޮއްލައިފިއެވެ. ޝެރީންގެ ފަރާތުން މި ފެންނަނީ ކޮންކަންތައްތަކެއް ހެއްޔެވެ؟ މިވީ ދެދުވަހު ޝެރީން އެންމެ ކުޑަމިނުންހިނިތުންވާތަންވެސް ފެނިފައެއް ނުވެއެވެ. ޝެރީންގެ ދިރިއުޅުމުގަހިތްދަތިވާނެ ފަދަ ކޮންކަމެއް ވަނީ ބާއެވެ؟ މުއްސަދިކަމުގެ ތެރޭގަފިޔަޖަހަމުން ދާއިރު ދެން ވިސްނަން އޮންނާނީ ކޮންކަމެއް ހެއްޔެވެ؟

ޒައިދު ކާރުގެ ދޮރު ހުޅުވާލުމަށްފަހު ނިކުމެ އެދިމާލަށް ހިނގައިގަތެވެ.ޝެރީން ކައިރިއަށް ގޮސް އެ ހުރިހާ ސުވާލެއްގެ ޖަވާބު ހޯދުމަށް ހިތްއެދެމުންދިޔައެވެ. ޝެރީން އާއި ދިމާލަށް އެޅި ދެވަނަ ފިޔަވަޅު ހުއްޓާލީ ޒައިދުގެޟަމީރެވެ. ޒައިދުއެވެ. އެހެން މީހެއްގެ ދިރިއުޅުމާއި މެދު އޮޅުންފިލުވުމުގެ ހައްޤު ކަލެއަށް ދިނީ ކާކު ހެއްޔެވެ؟ ޝެރީން ލޮލުގަވާހާކަރުނައެއް ހުސްވަންދެން ރޮއި ހެދިއަސް ކަލެއަށް ކޮންކަމެއް ހެއްޔެވެ؟ދިރުއުޅުމުގަ މާޔޫސްވާން ޖެހޭ ކަންތައްތަކާ ހިތްހަމަ ނުޖެހޭ ކަންތައްތަކާދިމާނުވަނީ ކާކަށް ހެއްޔެވެ؟ ޒައިދު އަމިއްލަ ނަފްސު ދައްކަމުން ދިޔަވާހަކަތައް އަޑުއެހީ ކަންނޭނގެއެވެ. އެނބުރި ކާރަށް އަރައި އިށީނެވެ.

ކާރުތެރޭގަ އިނދެގެންވެސް ޒައިދުއަށް ބެލެނީ ޝެރީން އަށެވެ.ބައިގަޑިއިރަށްފަހު ޝެރީން އެނބުރި ކާރަށް އެރިއެވެ. ޝެރީން ގެއަށްދިއުމަށް ބުނުމުން ޒައިދު ކާރު ދުއްވާލިއެވެ. ޝެރީން ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެމުން ދިޔައެވެ. ގެއަށް ދިއުމުގެ ކުރިން ހަމަޖެހިލަންބޭނުންވިއަސް ހުއްޓައެއް ނުލެވެއެވެ. މަޑުދުވެލީގަ ގޮސް މިޑިލް ލައިޓްގެގޭޓުން ކާރު ވައްދާލި އިރު ސަލޫމް ގޭދޮރުމަތީގަ ހުއްޓެވެ. ކާރުހުއްޓާލުމުން ޝެރީން މޫނުގަ ދެއަތް އުނގުޅާލާ މޫނު ސާފްކޮއްލިއެވެ.
”’ ކޮންތާކުން ތިއައީ؟ ޝެރީން އަކަށް ނޭނގޭތަ ނުބުނެ ދިޔާމަ އަހަރެންވިސްނާނެ ވަރެއް..ކަންބޮޑުވެފަ މިހުރީ….” ސަލޫމް ޝެރީން އިން ފަރާތުގެދޮރު ހުޅުވާލަމުން ބުނެލިއެވެ. ޝެރީން ވަކި އެއްޗެއް ނުބުނެ ކާރުންފޭބުމަށްފަހު ސަލޫމްގެ އަތުގަ ހިފާލިއެވެ. ސަލޫމް ޝެރީންގެ ފަހަތުންއުނަގަނޑުގަ އަތްވަށާލަމުން ގޭތެރެއަށް ހިނގައިގަތެވެ. ޒައިދު އިރުކޮޅަކުވިސްނަން އިނުމަށްފަހު ކާރު ޕާރކުކޮއްލުމަށްފަހު ގެއަށް ދިޔައެވެ.

ޖެހިގެން އައި ދުވަހުގެ ހަވީރުގެ ވަގުތެވެ. އަރްޝީ ހުރީ ބަދިގެ ތެރޭގަތަށިތަކެއް ދޮންނާށެވެ. ޔޫނާ ފޯނުގަ ބޭރުގަ ހުރިތަން ހުޅުވާލެވިފައިވާކުޑަދޮރުން ފެނެއެވެ. ފޯނުގަ ހުރެގެން ދޭތެރެއަކުން ހީލާ ހަދާތަންވެސްފެނެއެވެ. ހަސީބާ ބަދިގެ ތެރެއަށް ބޯދިއްކޮއްލުމަށްފަހު އެނބުރި ގޭތެރެއަށްހިނގައިގަތެވެ. އޭގެ ދެތިން މިނެޓް ފަހުން ހަސީބާ އާއި ރަބީޢު އެކުއެކީބަދިގެތެރެއަށް ވަނެވެ. ކާމޭޒު ދޮށުގަ ރަބީޢު އިށީނުމުން ހަސީބާއަވަސްވެގަތީ ރަބީޢު ބޭނުންވާނެ އެއްޗެހި ހަމަކޮއްދިނުމަށެވެ. އާދަވެގެންބޭނުންކުރާ ޖޫސް ހަދައިދިނުމަށް ހަސީބާ އައިސްއަލަމާރިންއައިސްފެންފުޅިއެއް ނަގާ ތައްޓަކަށް ފެންފޮދެއް އަޅައިދިނެވެ. ބަތްކާތަށިތަކެއް ދޮންނަން އަރްޝީ ހުރީ ސިންކުގެ ކައިރީ ފުރަގަސްދީގެންނެވެ.ރަބީޢު ކަޅިވެސް ޖަހާނުލާ އަރްޝީގެ ހަށިގަނޑަށް ބަލަން އިނެވެ. ގަޔަށްބާރުޓޮޕްކޮޅު ތުނިވެފަ ހަށިގަނޑު ހާމަވެއެވެ. ފުރާވަރަށް އަރާފައިވާ އަރްޝީގެހަށިގަނޑުގަ ފިރިހެނުންގެ ހިތް ދަމައިގަންނަފަދަ ޗާލުކަމެއް އެކުލެވިގެންވެއެވެ.
” ކޮން ހިޔާލެއްގަ؟” ރަބީޢު ސިހިގެން ދިޔައީ ހަސީބާ ކޮނޑުގައަތްޖައްސާލުމުންނެވެ. ” ހިޔާލެއްގައެއް ނޫން…..މި ވިސްނާލީ އަރްޝީ އާއިމެދު….” ރަބީއު އަނެއްކާވެސް އަރްޝީއަށް ބަލާލިއެވެ. ހަސީބާ ރަބީޢުގެމޫނަށް ބަލަހައްޓައިގެން ހުރެވުނީ ރަބީޢު ބުނަން އުޅޭ އެއްޗެއްގެއިންތިޒާރުގައެވެ. ” މިތާ އިށީދެ ބަލަ….” ހަސީބާގެ އަތުގަ ހިފާޖެހިގެން ހުރި ގޮނޑީގަ ބައިންދާލަމުން ރަބީއު ބުނެލިއެވެ. ” އަރްޝީ އަދިވަޒީފާއަކަށް ވަންނާކަށް ނުވޭހެން ހީވަނި،،،،،ޖީސީއިން ރަނގަޅު ނަތީޖާއެއްލިބުނީތީ އަދި ޖެހޭނެ ކިޔަވަން…….މިޒަމާނުގަހަމައެކަނި ޖީސީ ހެދިއަސްނުވާނެ..” ރަބީއު ބުނެލިއެވެ. ހަސީބާގެ ތުންފަތްމައްޗަށް ވެރިވީއުފާވެރިކަމުގެ ހިނިތުންވުމެވެ. ދެލޮލުގެ ތެރޭގަ ވިދައިގަތީ އުފާވެރިކަމުގެކަރުނަތަކެވެ. ރަބީޢުއަކީ އަރްޝީ އާއި ޔޫނާގެ ދޮންބައްޕައެވެ. އަރްޝީއަށްބަލިވެ އިންދަ ހަސީބާގެ ފިރިމީހާ ވަރިކޮއްލާފަ ފޮނުވާލި ދުވަހުން ފެށިގެންރަބީޢުގެ އެހީތެރިކަން ހަސީބާއަށް ލިބިގެން ދިޔައެވެ. އުފަންބައްޕައަކުނުދޭހާ ލޯބި އެކުދިންނަށް ރަބީއު ދިނެވެ.
” ރަބީޢު އަހަރެންގެ ދަރިންނާއި މެދު ވިސްނާވަރު އެނގުނީމަ އުފަލުންމަރުވާ ވަރުވެއްޖެ……” ހަސީބާ ލޮލުން ފޭބި ކަރުނަތައް ފޮހެލަމުންބުނެލިއެވެ. ” އަހަރެންނޭ ނުބުނޭ…..އަހަރެމެން ދެމީހުންގެ ދަރިންނޭބުނޭ…..ހަސީބާގެ ކުދިން އަހަރެން ދެކެނީ އުފަންދަރިންގެ ގޮތުގަ…”ރަބީއު ހަސީބާއަށް ބުނެލިއެވެ. ބަދިގެ ތެރޭގަ ތިންވަނަ މީހަކަށް އަރްޝީހުރިކަމެއް އެދެމަފިރިންނަށް އިހްސާސްވާހެންނެއް ހިއެއް ނުވެއެވެ.
އަރްޝީ ކަރުކެހެލި އަޑަށް ހަސީބާ ދުރަށްޖެހިލިއެވެ. ”ބައްޕާ…އަހަރެންވެސް ވަޒީފާއަކަށް ވަނިއްޔާ ތަންކޮޅެއް ލުއިވެގެން ދާނެކަންނޭނގެ……ބައްޕަ އެކަނި ކުރާ މަސައްކަތުން ގޭކުލި ދައްކަމުންތިންމީހުންގެ ހަރަދު ބަލަހައްޓަމުން ތި އަންނަނި……އަހަރެން ގަސްތެއްނުކުރަން އިތުރަށް ކިޔަވާކަށް..ލިބޭ ވަޒީފާއަކަށް ކަމޭހިތައިގެން އެއިންކުރިއެރުން ލިބުނީމަ އެއީވެސް ހާދަބޮޑުވަރެކޭ…” އަރްޝީ ދޮވުނު ތަށިތައްމޭޒުމަތީ އަތުރާލަ ދިނެވެ. ރަބީއު އަރްޝީގެ ބަހަށް ތާއިދު ކުރަމުންއަރްޝީއަށް ފެންނަ ގޮތަކަށް ކަންތައްކުރުމަށް ބުނެލިއެވެ.
ޒައިދު އަރްޝީ ބަލާ އެގޭ ދޮށަށް އައީ ހަތެއް ޖަހަނިކޮންނެވެ. ހަސީބާކައިރިން ހުއްދަ ހޯދުމަށްފަހު ޒައިދު އާއި އެކު އަރްޝީ ބޭރަށް ދިޔައެވެ.ޒައިދު ސައިކަލްގަ ދުއްވަމުން އައިސް މަޑުކޮއްލީ ހުޅުމާލެ ފެރީކައިރީގައެވެ. ” މިތަނަށް ކީއްކުރަން؟” އަރްޝީ ސައިކަލުން ފައިބަމުންއަހާލިއެވެ. ” މިރޭ ހުޅުމާލެއަށް ދާނި…..މާލޭގަ ހަމަޖެހިގެން ވާހަކަދައްކާލާނެ ތަންކޮޅެއް އެބައޮތްތަ؟” ޒައިދު އަރްޝީގެ މޫނަށް ބަލާލަމުންހީލިއެވެ.

ފެރީގަ ފަނަރަ ވަރަކަށް މިނެޓަށްފަހު ހުޅުމާލެއަށް ދެވުނެވެ. ރޭގަނޑުގެހިތްފަސޭހަ މިވަގުތުގަ މަގުމަތިން މީހަކުވެސް ފެންނަން ނެތެވެ. ހުޅުމާލޭގެއަތިރިމަތިން ޒައިދު ހިނގަމުން ދިޔައީ އަރްޝީގެ އަތުގަ ހިފާލައިގެންނެވެ.ދެމީހުންގެ އަތްތިލަ މަހާލެވިފަ ވަނީ ދުވަހަކުވެސް ވަކިނުވާނެފަދައިންނެވެ. ދޮންވެލިގަނޑަށް އޯގާތެރިކަމާއި އެކު ބީއްސާލާ ރާޅުގެ އަޑާގަސްތަކުގެ ފަތްތައް ހެލިލާ އަޑުން އެހިސާބު ގަނޑަށް ވަނީ އިތުރުހިތްފަސޭހަކަމެއް ގެނެސްދީފައެވެ. ދޮންވެލިގަނޑުގެ ވަކި ހިސާބެއްގަދުވެލާފައިވާ ތަނބުރުވެލެއް މަތީ ޒައިދު އިށީންނަމުން އަރްޝީ ގެނެސް އޭނަގެއުނގުމަ ބައިންދާލިއެވެ. ގޮނޑުދޮށުގަ ތަރުތީބުން ހައްދާފައިވާކާނިގަސްތަކުގެ ގޮފިތަކުގެ ތެރެއިން ކޮކާ ހަނދުވަރު މުޅި އެހިސާބަށްއެޅިފައިވެއެވެ.ޖެހޭ ވައިރޯޅި އާއި އެކު ޒައިދު ޖަހައިގެން ހުރި ސެންޓްގެވަސް އަރްޝީގެ ނޭފަތާ ހަމަޔަށް ފޯރުމާއި އެކު ހަށިގަނޑަށް ތާޒާކަންލިބިގެންދިޔައެވެ. މުޅި ތަނުގަ އޮތީ ހަމަހިމޭންކަމެވެ. ޒައިދު އާއި އަރްޝީއެކަކު އަނެއްކަކުގެ ލޮލަށް ބަލަހައްޓައިގެން ތިއްބެވެ.

ލޮލުގެ އިޝާރާތުން ދެމީހުން އެތަކެއް ވާހަކަތަކެއް ދައްކަމުން ދިޔައެވެ.ޒައިދު މަޑުމަޑުން އަރްޝީގެ މޫނުގަ ފިރުމާލިއެވެ. ދެއަތުން މޫނުގަހިފަހައްޓާލަމުން އަރްޝީގެ މޫނާ ކައިރިވެލާ ތުންފަތާ ތުންފަތްޖައްސާލިއެވެ. އަރްޝީގެ ހަށިގަނޑުގަ ހީވީ ރާޅުބާނީއެއް އުފައްދާލިހެންނެވެ.ސިހިފައި ދުރަށް ޖެހެން މަސައްކަތް ކުރިއެވެ. އޭގެ ކުރިން ޒައިދު ދެއަތްތެރޭ އަރްޝީ ހައްޔަރުކޮއްލާ ގަޔާ އިތުރަށް ކައިރިކޮއްލިއެވެ. ޒައިދުގެ މަޑުމަޑު ފިރުމުންތަކާ ދެކޮޅު އަރްޝީ ހެދީ ކުޑައިރުކޮޅަކަށެވެ. ކުޑައިރުކޮޅެއްގެ ތެރޭ މުޅީ ހަށިގަނޑުގެ ކޮންޓްރޯލް ޒައިދުއަށް ދޫކޮއްލެވުނެވެ.ޒައިދު އަރްޝީގެ ނިތްކުރީގަ ބޮސްދިނުމަށްފަހު މޭގަ ޖައްސާލިއެވެ.
އެރޭ ބައްދަލުވުން ނިންމާލީ އެކުއެކީ އެތައް ވައުދެއް ވަމުންނެވެ. ލޯބިންއުމުރަށް ވަކިވުމެއްނެތި ”ހިތް ފަނާވެދަންދެން” އުޅޭނެ ކަމުގެ ޔަޤީންކަންދެމުންނެވެ. ލޯބީގެ ބާބަށް އިތުރު ބޮޅެއް އިތުރުކޮއްލަމުންނެވެ. ” މިފަދަވަގުތުތަކަކީ ހިތާއި ދުލުން ބަޔާންވެސް ނުކޮއްދެވޭ ވަގުތުތަކެއް…..މިއުފާވެރިކަމުގެ އިހްސާސްތައް ދުވަހަކުވެސް ހިތަކުން ނުފިލާނެ…..” އަރްޝީޒައިދުގެ އަތުތެރޭ ކުރިއަށްވުރެ ބޮޑަށް ބޮނޑިވެލިއެވެ. ތުންފަތުންޒައިދުގެ ކަނދުރާގަ ބޮސްދިނެވެ.

އާދުވަހަކަށް އިރުއެރުމާއި އެކު މުޅި ދުނިޔެ ހަލަބޮލިވެގެން ދިޔައެވެ.ކޮންމެ މީހަކުވެސް އެމީހަކު ބޮލުގަ އެޅިފައިވާ މަސްއޫލިއްޔަތުތައްއަދާކުރުމަށް އަވަސްވެގަތެވެ. ޝެރީން އަލަށް އޮފީހަން ނިކުންނަދުވަސްކަމުން ވަރަށް ރަނގަޅަށް ތައްޔާރުވަމުން ދިޔައެވެ. އޮފީހުގެ މާހައުލާގުޅޭނެ ގަމީހަކާ ޖިންސެއް ލައިގެން ނިކުތްއިރު ޝެރީންގެ އިންތިޒާރުގަސަލޫމް ހުއްޓެވެ. އެހެން ދުވަސްތަކާ ހިލާފަށް ޝެރީންގެ މޫނުމަތިންއުފާވެރިކަން ފެންނަމުން ދިޔައެވެ. ޒައިދު ކާރުނެރެ ތައްޔާރުވެލުމާއި އެކުސަލޫމް އާއި ޝެރީން އެކުއެކީގަހެން ކާރަށް އެރިއެވެ.

އޮފީހުގެ ގޭޓާއި ކާރިކޮއްލުމުން ސަލޫމް ކާރުންފައިބަމުން ޝެރީންއަށްއަތްދިއްކޮއްލިއެވެ. ޝެރީން ސަލޫމްގެ އަތުގަ ހިފާލައިގެން ކާރުން ފޭބިމަންޒަރު ޒައިދު ބަލަން އިނީ ހައިރާންކަމާއި އެކުއެވެ. ރޭގެ އިރާކޮޅުގެވަގުތެއްގަ ފެނުނު ޝެރީން އާއި މިހާރު މިފެންނަ ޝެރީން އާއި ތަފާތުތަކެއްހުރިކަން ޒައިދުއަށް އެނގެއެވެ. ކާރު ޕާރކު ކޮއްލުމަށްފަހު ޒައިދު އޮފީހަށްވަނެވެ.
ރިސެޕްޝަނުގަ ތިބި ޖޫނާ އާއި ތާއީ އޮލަ ވާހަކައެއްގަ ތިއްބެވެ. ޒައިދު ރިސެޕްޝަނަށް ކައިރިވެލީ ގުދަނުގެ ތަޅުދަނޑި ބަލައެވެ.
” ސަލޫމް ކަހަލަ ބައިވެރިއަކަށް ކޮންމެ އަންހެންކުއްޖަކުވެސް އިންތިޒާރުކުރާނެ…..އޭނަ ކިހާ ކެއާ ކުރޭ……” ތާއީ ޒައިދުއަށް ތަޅުދަނޑިނަގާދެމުން ބުނެލިއެވެ. ކީ ހަވާލުކުރާ ފޮތްނަގާ ޒައިދުއަށް ދިއްކޮއްލިއެވެ. ” އަހަރެންވެސް ޝެރީން ދަންނަން…..އަހަރެމެން ކިޔެވީވެސްއެކުގަ…….ސްކޫލްގެ އެންމެ ފަހު އަހަރު ސަލޫމް އަބަދުވެސް އަންނާނެޝެރީން ބަލާ….އޭގެ ފަހުންވެސް ފަސްއަހަރު މި ފާއިތުވީ…އެއްގޮތެއްގަދެމިހުންނަނި އެ ޔަގީނުންވެސް ލޯބިވާތީނު…….” ޖޫނާ ތާއީގެވާހަކަތަކަށް އިތުރުކޮއްލަމުން ސްކޫލްހެ ހަނދާންތައް އާކޮއްލިއެވެ.
ޒައިދު އެދެމީހުން ދެއްކި ވާހަކަތަކާއި މެދު ވިސްނާލިއެވެ. ޝެރީންއަށްސަލޫމް ކަހަލަ ބައިވެރިއެއް ލިބިފަ ވާއިރުވެސް ހިތާމައިން ފޯވެފަހުންނަތަން ފެންނަނީ ކީއްވެހެއްޔެވެ؟ އޭނަގެ ހިތުގަ އެނބުރެމުން ދިޔަސުވާލަށް ދުވަހަކުވެސް ޖަވާބު ލިބޭނެކަމުގެ ޔަޤީންކަމެއް ނެތެވެ.

ޝެރީން ފާއިޤްގެ ކެބިންއަށް ވަތްއިރު ފާއިޤް އިނީ މަސައްކަތްތަކުގެތެރެއަށް ގެއްލިފައެވެ. އަންނަ ހަފްތާ އޮތް ޕުރޮޖެކްޓެއްގެޕްރެޒެންޓޭޝަންތައް ތައްޔާރު ކުރުމުގައެވެ. ފާއިޤްގެ ކައިރީ ސަލޫމްވެސްއިނީ ހަމަ އެ މަސައްކަތްތަކުގައެވެ.
” ބައްޕާ…..ކުޑަ ވަގުތުކޮޅެއް ދެއްވާފާނަންތޯ؟” ޝެރީން ކުރިމަތީގަ ހުރިގޮނޑީގަ އިށީންނަމުން އަހާލިއެވެ. ފާއިޤް ބޯ ޖަހާލާ އާއެނކޭ ބުނި ނަމަވެސްއޭނަގެ ނަޒަރު ހުއްޓާލެވިފައިވަނީ ކުރިމަތީ ހުރި ލެޕްޓޮޕަށެވެ. ޝެރީންއިނގިލިތަކުން ގޮނޑީގެ އަތްގަނޑުގަ ފިރުމާލިއެވެ. ” އހަރެން ގަސްތު ކުރަންމާ ވިއްކާ އިތުރު ފިހާރައެއް ހުޅުވަން….” ޝެރީން ޖުމްލަ ނިމުމާއި އެކުސަލޫމް އާއި ފާއިޤް ޝެރީންގެ މޫނަށް ބަލާލީ ސުވާލުން ފުރިގެންވާނަޒަރަކުންނެވެ.
”’ މާ ވިއްކައިގެން މާ ބޮޑު އާމްދަނީއެއް ނުލިބޭނެ….މާލޭގައި މަޝްހޫރުމާ ވިއްކާ އެތައް ފިހާރައެއް އެބަހުރި..މާލޭގައި ނެތް ވައްތަރަކުންވިޔަފާރި ފަށަން ވިސްނާ….” ޝެރީން ކުރި ސުވާލުގެ ޖަވާބު ދިނީސަލޫމްއެވެ. ” ތެދެއް…ވިޔަފާރި ފަށާތާ ދުވަސްކޮޅެއްގެ ތެރޭގައި ޖެހިދާނެހުއްޓާލަން… ފުރަތަމަ އަޅާ ބިންގާ ކައްޗަށް އެޅިއްޖެނަމަ ދެނެއްނުކުރެވޭނެ ރަނގަޅެއް….. ކުރާ ވިޔަފާރިއެއް ޖެހޭނެ ފުޅާ ކުރެވެން…”ފާއިޤް ސަލޫމްގެ ވާހަކަތަކަށް ތާއިދު ކުރިއެވެ.
” މާލޭގައި ވިޔަފާރި ކުރާ ވާހަކައެއް އަދި ނުބުނަމެއްނު..އަހަރެން ގަސްތުކުރަނީ ރާއްޖެތެރޭގައި ވިޔަފާރިއެއް ފަށަން..މާލޭގައި ތިބެގެން ވިޔަފާރިބަލަހައްޓަމުން އިތުރަށް ކުރިއެރުވިދާނެ…” ޝެރީން އޭނާ ވިސްނާފައިވާގޮތް ކިޔައިދިނެވެ. ” މަލުގެ ވިޔަފާރިއެއް އެއްވެސް ތަނަކުނުހިނގާނެ….އޮކޭޝަން ތަކުގައި ނޫނީ މާ ގަންނަ ބަޔަކު އުޅޭތަ..؟ ގެންނަމާތައް ތާޒާކަން ކެނޑުމުގެ ކުރިން ވިކި ހުސްނުވަންޏާ އެ ލިބުނީ ކިހާ ބޮޑުގެއްލުމެއް…” ޝެރީންގެ ކޮންމެ ޚިޔާލަކަށް ސަލޫމް ރައްދު ދެމުންދިޔައެވެ. ހީވަނީ ޝެރީން ކުރިއަރައިގެން ހިނގައިދާނެތީ ސަލޫމް ފަސްޖެހެނީހެންނެވެ. ސަލޫމް އަކީ ފާއިޤްގެ އެންމެ ގާތްއެކުވެރިޔާ ކަމާލްގެދަރިފުޅެވެ.
” ލެޓްސް ސީ ވަޓް އައި ޑޫ…” ޝެރީން ގޮނޑީގައި ހަމަޖެހިލަމުންބުނެލިއެވެ. ފޯނެއް އައުމުން ފާއިޤް ބޭރަށް ނިކުތެވެ. ސަލޫމް އިށީދެ އިންގޮނޑިން ތެދުވެގެން އައިސް ޝެރީންގެ ކުރިމަތީގަ ހުއްޓި ޝެރީން އިން ގޮނޑިއާއި އެކު އޭނަގެ ކައިރިއަށް ދަމާލިއެވެ. ” ބެޓް….ޝެރީންގެ ވިޔަފާރިފުލޮޕް ވެއްޖެއްޔާ ޝެރީން އެއްވެސް ޝަރުތަކާ ނުލާ އަހަންނާ މެރީ ކުރަންޖެހޭނެ…” ސަލޫމް ޝެރީން އާ ކައިރިވެލިއެވެ. ޝެރީންގެ މޫނަށް ސަލޫމްގެހޫނު ނޭވާ އެޅިގެން ދާހާ ކައިރިއަށެވެ. ” ދެން ވިޔަފާރި ކުރި އަރައިފިއްޔާއަހަރެން ބޭނުން ދުވަހަކަށް ކައިވެނި ލަސްކުރެވިދާނެ..” ޝެރީން ސަލޫމްގެމޭގައި އަތްއަޅާ ދުރަށް ކޮއްޕާލިއެވެ. ޝެރީން ކެބިން އިން ނިކުމެގެންދަންދެން ސަލޫމް އޭނަގެ މޭގަ ފިރުމާލަ ފިރުމާލާ ހުއްޓެވެ.
” ތިޔަ ވިޔަފާރި ޖެހޭނެ ކޮންމެހެންވެސް ޕުލޮޕް ވާން…ޝެރީން އައި ކާންޓްވެއިޓް ފޮރ އިއާސް…” ސަލޫމް ވިހަ ގޮތަކަށް ހިނިތުންވެލިއެވެ.

ޒައިދު ގޭތެރެއަށް ވަތްއިރު ލީލާ ޝާޒް އުރައިގެން ހުރެ ގޭތެރޭގަހިނގަނީއެވެ. ޝާޒްގެ ގިސްލުމުގެ އަޑު ދޭތެރެއަކުން އިވެއެވެ. ” ޒައިދުދީބަލަ ފޯން…ދޮންތަގެ ފޯނު ނިވިއްޖެ…ޝާޒް ހުންގަދަ ވެގެންމިއުޅެނި…ދޮންތަބެއަށް ގުޅަންވެއްޖެ…” ލީލާ ޒައިދުގެ ފޯނަށް އެދުނެވެ.ލޮކު ކޯޑް ޖަހާލަމުން ޒައިދު ލީލާއަތަށް ފޯނު ދީ ޝާޒް އުރާލިއެވެ. ޝާޒްގެހަށިގަނޑުގަ އާދަޔާ ޚިލާފް ހޫނުކަމެއް ހުރިކަން ޒައިދުއަށް ފާހަގަވިއެވެ. ” ނުނަގާތަ ފޯނެއް…” ޒައިދު ލީލާއަށް ބަލާލިއެވެ. ލީލާ ޖަވާބެއް ނުދީއަނެއްކާވެސް އަދުހަމްގެ ނަންބަރަށް ޑައިލްކޮއްލަމުން ކަންފަތުގަޖައްސާލިއެވެ. ” ދޮންތަބެ އަންނަންދެން މަޑުނުކޮށް ދާން ހިނގާހޮސްޕިޓަލަށް.މިހާ ހުންގަދަކޮން ހުއްޓާ ކަމެއްވެސް ވެދާނެ..ދޮންތަ އާއިއެކު އަހަރެން ދާނަން….” ޒައިދު ބުނެލިއެވެ. ޒައިދު ގެއަށް އައީކާރުގައި ކަމުން ފާއިޤްއަށް ގުޅާ ހޮސްޕިޓަލަށް ދިއުމަށް ހުއްދަހޯދިއެވެ.

ހޮސްޕިޓަލުގެ ތެރޭގައި މީހުން ގިނަ ދުވަހެކެވެ. ކިއު ނަންބަރެއް ނަގައިގެންޒައިދު ކައުންޓަރުގެ ކައިރީ މަޑުކޮއްލިއެވެ. ލީލާ އިށީނީ ތަންކޮޅެއްދުރުގައި ހުރި ގޮނޑި ސެޓެއްގައެވެ. ލީލާގެ އަތުތެރޭގައި ޝާޒް އޮތްއިރުވެސްދޭތެރެއަކުން ރޮއިލައެވެ. ޝާޒް މައްސަލާ ކުރުމަށް ލީލާ ޝާޒް ކޮނޑަށްލައިގެން ހޮސްޕިޓަލުގެ ތެރޭ ހިނގަމުން ދިޔައެވެ. އެކި އެކި ކޯރިޑޯ ތެރެއިންހިނގަމުން ދަނިކޮން އަންހެނުންގެ ޚާއްޞަ ޑޮކްޓަރުގެ ކޮޓަރިއަށް އަދްހަމްވަންނަ ތަން ފެނުނެވެ. ލީލާ އެދިމާލަށް އަވަސް އަވަހަށް ހިނގައިގަތެވެ.އެކަމަކު އޭގެ ކުރިން އަދުހަމް އަންހެން ކުއްޖާ އާއި އެކުގޮސް އެ ކޮޓަރިތެރެއަށް ވަނެވެ.
” ދޮންތާ…އާދޭ މިކޮޅަށް…ދެން މި ނަންބަރަށް ލަސްނުވެ ޖެހިދާނެ….”ޒައިދު މެމޯ ކޮޅު ދައްކާލަމުން އަތުގެ އިޝާރާތުން ލީލާ ކައިރީ އަވަހަށްއައުމަށް އެދުނެވެ. ލީލާ ހިނގައިގަންނަމުން އެ ކޮޓަރީގެ ދޮރާ ދިމާލަށްބަލާލިއެވެ. ” އަދްހަމް މިތަނުގެ …ނޫން އެއީ އަދުހަމްއަކަށް ނުވާނެ..”ލީލާގެ ހިތް ބުނަމުން ދިޔައެވެ. އޭނަ އަދުހަމް ދެކެ ލޯބިވާވަރަށްވުރެދެގުނައަށް އަދުހަމް އޭނަ ދެކެ ލޯބިވާނެއެވެ. ” އެއީކުށްހީއެއް….ވައްތަރު ޖަހާ މީހަކަށް އެވާނި..” ލީލާ ހިތް އޭނައަށްވިސްނައިދެމުން ދިޔައެވެ.

ހާޝިޔާ ގެއިން ނިކުންނަމުން އޭނަގެ ރައްޓެހިންނަށް ގުޅާލިއެވެ. ” އައިއެމް ރެޑީ….” ހާޝިޔާ ފޯނު ބޭއްވިތާ މާ ގިނައިރެއްނުވެ އަލްސަންސައިކަލުގައި އައިސް އެގޭދޮށުގައި މަޑުކޮއްލިއެވެ. ހާޝިޔާ ލައިގެން ހުރިލޭސްފޮތީގެ ހެދުމުގައި ހިފާ ތިރިއަށް ދަމާލަމުން ސައިކަލަށް އަރާ އިށީނެވެ.އަލްސަން ސައިކަލުގެ ލޯގަނޑުން ހާޝިޔާއަށް ބަލާލިއެވެ. ނިތްކުރިމައްޗަށްއިސްތަށިކޮޅެއް ވައްޓާލާ ދެން ހުރި ބައިތައް އެއްކޮއްލުމަށްފަހު ފަހަތަށްގެންގޮސް އައްސާލާފައި އިންގޮތް ވަރަށް ރީއްޗެވެ. ހާޝިޔާގެ ދޮން މޫނަށްއިތުރު ފުރިހަމަކަމެއް ގެނެސްދެނީ އޭނަގެ ތުނި ތުނި ތުންފަތުގަޖައްސާލެވިފައިވާ ރަތްކުލައިގެ ވިދުންގަދަ ލިޕްސްޓިކުންނެވެ.
” ސައިކަލް ނުދުންވަންވެގެންތަ ތި އިންނަނީ…..” އަލްސަންގެ ކޮނޑުގައިހާޝިޔާ އަތުން ޖަހާލިއެވެ. ” ނޫނޭ ތިހާ ރީތި ކުއްޖެއް ގޮވައިގެން ހިތަށްއަރާ އާސްމާނުގައި އުދުހިލެވޭނެ ނަމައޭ…” އަލްސަން ސަމާސާ ރާގަކަށްބުނެލިއެވެ. ހާޝިޔާ ލަދުން އިސްޖަހާލިއެވެ. ސައިކަލްގައި ގޮސް އަލްސަންމަޑުކޮއްލީ ރެސްޓޯރެންޓެއްގެ ކުރިމައްޗަށެވެ. ސައިކަލުން ފައިބަމުންއަލްސަން ހާޝިޔާގެ އަތުގަ ހިފާލައިގެން އެތެރެއަށް ވަދެގެން ދިޔައެވެ.ރެސްޓޯރެންޓް ތެރޭ ތިބި ކޮންމެ މީހެއްގެ ނަޒަރުވެސް ހުއްޓާލެވިފަވަނީއެތެރެއަށް ވަދެގެން އައި ހާޝިޔާ ފެނިފައެވެ.
” ވާއު…ޖަސްޓް ލައިކު އަ ބާބީ ޑޯލް.” ހާޝިޔާ ވަދެގެން އަންނަތަންފެނުމުން ޝާރިއު ބުނެލިއެވެ. ޝާރިއު އާއި ޖެހިގެން އިން އޭނަގެ ލޯބިވެރިއާނޫރާ ހާޝިޔާއަށް ކަޅިއަޅާލިއެވެ. ނަފްރަތުގެ އެބެލުން ހީވަނީ ހާޝިޔާކާލަފާނެހެންނެވެ. އޭނާގެ ލޯބިވެރިޔާ އެހެން މީހަކަށް ތަޢުރީފް ކުރާ އަޑުއަހަން ބޭނުން ވާނެހެއްޔެވެ؟ ހާޝިޔާ އައިސް ޝާރިއުގެ ކުރިމަތީއިންގޮނޑީގައި ޖައްސާލިއެވެ. ” ކޮބާ ކިހިނެއް އޮތީ މި ވީކެންޑް…ވައިކޮށްދާކަށް މަށެއް ބޭނުމެއް ނޫން..މިފަހަރު ވާނެ ސަޅިކަމެއް ކޮއްލަން…’ޝާރިއު ތައްޓަށް ކޯކު ކޮޅެއް އަޅާލަމުން އަހާލިއެވެ. އެ މޭޒުގައި ތިބިއެހެން ރަޙްމަތްތެރިން ޝާރިއުއަށް ތާއިދު ކުރަމުން ހަފްތާ ތެރޭ ކުރާނެކަމެއް ރާވާލިއެވެ.
” ރިސޯރޓަކަށް ދާންވީނު…” އަލްސަން ހިޔާލެއް ދިނެވެ. ” މިހާރު ވަރަށްއުދަނގޫވާނެ ރިސޯރޓްތަކުން ހޯދަން….ފަޅުރަށަކަށް އޯވަރ ނައިޓަކަށްދާންވި…އަހަރެމެންނަށް މިނިވަންކަންވެސް އޮންނާނެ…” ފަޒްލީން ޚިޔާލެއްދިނެވެ. އެ ޚިޔާލަށް ތާއީދު ކުރަމުން އެންމެން ދަތުރުގެ ކަންތައްތައްރާވާލިއެވެ.

(ނުނިމޭ)

7

2 Comments

  1. GuDuMeena

    April 22, 2014 at 4:22 pm

    Wow. . madu madun meehun ge aneh faraai haama vaan fashaifi. . Dhon bappa hadhan ulhey ethifahareh vaki kuda eh nuvaane hen heevany. . any way its all a mystory dhw. . . 😀 ohw. . Waiting. . !!! <3

  2. shai

    April 22, 2014 at 5:53 pm

    nice

Comments are closed.