Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ފަނާވެދަންދެން…( 1ވަނަ ބައި )

xaaahy Level 110 Stories
April 20, 2014 6 Mins Read
16 Comments

އުޑުމަތިން ބަބުޅަމުން ދިޔަތަރިތަކާ މެދު އުޑުގަ ފުރިހަމަކޮން އިން ހަނދުގެ އަލިކަން ކަނޑުގެލޮނުގަނޑަށް އެޅިފައިވެއެވެ. ރާޅުބާނީތަކަށް ނަށަމުން ދިޔަ ކަނޑުގެލޮނުގަނޑާއި ދިމާލަށް ބަލަހައްޓައިގެން ހުރި އަރްޝީގެ އަތުގަ ފިޔާތޮށިފިނިފެންމަލެއް އޮތެވެ. އެމަލުގެ ކަރުގަނޑުގަ އިނގިލިން ފިރުމާލުމަށްފަހުނޭފަތާ ކައިރިކޮއްލައި މަލުގެ ވަސް އެތެރެއަށް ދަމާލިއެވެ. މަޑުމަޑުމީރުވަހުގެ ސަބަބުން އެ ތެތްކަން ގަދަ ރަތްކުލައިގެ ތުންފަތަށް ވެރިވީ ލުއިހިނިތުންވުމެކެވެ. ފަޒާގެ ތެރެއިން ޖެހެމުން ދިޔަ ފިނިވައިރޯޅިތައް އައިސްހުރަހެއް ނެތި އަރްޝީގެ ތަރުތީބެއް ނެތް އިސްތަށިގަނޑުގަ ފިރުމަމުންދިޔައެވެ.

ފަހަތުން ޒައިދު ސިއްރު ސިއްރުން އައިސް އަރްޝީގެ ލޮލުގަ އަތްއަޅާލިއެވެ.ޒައިދުގެ ގައިން ދުވާ ސެންޓްގެ މީރުވަހުގެ ސަބަބުން އަރްޝީގެ ހިނިތުންވުންކުރިއަށްވުރެ ގަދަވިއެވެ. ” ޒައިދު.” އަރްޝީގެ ދުލުން ޒައިދުގެ ނަންކިޔާލިއެވެ. ” ހެޕީ އެނިވާރސަރީ..” ޒައިދު އަރުޝީގެ ލޮލުން އަތްނަގަމުންބުނެލިއެވެ. އަރްޝީ ޒައިދު އާއި ދިމާލަށް އެނބުރި ދެއަތުން ޒައިދުގެ ކަރުގަބައްދާލިއެވެ. ޒައިދުގެ ދެއަތް މަޑުމަޑުން އަރްޝީގެ އުނަގަނޑުގަ ވަށާލައިކައިރިކޮއްލިއެވެ.
” މިއީ އަހަރެމެން ފުރަތަމަ ބައްދަލު ކުރިތަން….” އަރްޝީ ބޭނުންވަނީކުރީ ހަނދާންތައް އާކޮއްލުމަށެވެ. އެ ހިތްހަމަ ޖެހޭ ފޮނި ފޮނިވަގުތުތަކެވެ. ” ކޮންމެ މަންތުލީ އެނިވާރސަރީއެއްގަވެސް އަރްޝީ ފަށާނެތިވާހަކަ..” ޒައިދު ދެއަތުން އަރްޝީގެ ކޮލުގަ ހިފާލިއެވެ. ” ކުރީގެހަނދާންތަކުން އަހަރެންގެ ހިތަށް ހަމަޖެހުން ލިބޭ….” އަރްޝީ ބުނެލިއެވެ.ޒައިދު ފުންބެލުމަކުން އަރްޝީގެ ލޮލަށް ބަލާލިއެވެ. ލަދުރަކި ކަމާއި އެކުއެސްފިޔަޖަހާލަމުން އަރްޝީ އިސްއޮބާލިއެވެ. ” ފުރަތަމަ ރޭ އަރްޝީ އުޅުނުކިޑީ ގޮތް އަހަރެންވެސް ހަނދާނެއް ނުނެތޭ…” ޒައިދު ހިނިތުންވެލިއެވެ.

ދެމީހުންނަށް ދުރަށް ޖެހިލެވުނީ ޒައިދުގެ ފޯނު ރިންގުވީ އަޑަށެވެ. ފޯނުގެސްކްރީނަށް އަރަމުން ދިޔަ ފާއިޤްގެ ނަން ފެނުމުން ޒައިދު ކަންބޮޑުވިއެވެ.ބޮސްކަމުގަ ވިއަސް މިކަހަލަ އުފާވެރި ވަގުތެއްގަ ގުޅީތީ ހިތާ ހިތުން ޝަކުވާކުރަމުން ފޯނު ނަގައި ކަންފަތުގަ ޖައްސާލިއެވެ.
” މިކޮޅަށް ޖައްސާލަ ދީބަލަ….” އެކޮޅުން ބުނިހާވެސް ޖުމްލައަކީއެއީއެވެ. ޒައިދު ފޯނު ޖީބަށް ލަމުން އަރްޝީގެ މޫނަށް ބަލާލިއެވެ. އަރްޝީކައިރީ ހުރެފަ ދާން ބޭނުން ނުވާތީއެވެ. ”ދާން ޖެހުނީތަ؟” ޒައިދުގެ މޫނަށްއަރަމުން ދިޔަ ކުލަވަރު އަރްޝީ ނަގައިގެންފި ކަހަލައެވެ. ޒައިދުގެހަމަހިމޭންކަމުން އަރްޝީއަށް އެކަން ޔަޤީންވެސް ވިއެވެ. ” މިގަޑިގަ ވަރަށްބޮޑު ކަމަކު ކަންނޭނގެ…..އެހެން ނޫންނަމަ ދަންވަރަކު ނުގުޅާނެ……”އަރްޝީ ބުނެލިއެވެ. އަރްޝީ ގެއަށް ގެންގޮސްދިނުމަށްފަހު ޒައިދު މިސްރާބުޖެހީ ފާއިޤްގެ ގެއަށެވެ.

” މިޑިލް ލައިޓް..” ގެ ގޭޓް ދޮރު ހުޅުވާލުމަށްފަހު ޒައިދު އެތެރެއަށްވަދެގެން ދިޔައެވެ. ގޯތިތެރެއަށް އެޅިފައިވާ ފަނޑުއަލިކަމުގެ ސަބަބުން އެގޭގެ ފަޅުކަން ޒައިދުއަށް އިހްސާސްވިއެވެ. ގޭގެ ދޮރުހުޅުވިފަ ހުރި ނަމަވެސްއެގޭގަ ދިރުމެއް ނެތްފަދައެވެ. ހަވޭލިއެއް ފަދަ އެގޭގެ ކޮޓަރިތައްހުންނަނީ ހުސްކޮށެވެ. ޒައިދު އެތަނުގަ މަސައްކަތް ކުރާތާ ހަތަރު މަސްވެފައިވީއިރުވެސް ފާއިޤް ނޫން މީހަކު ފެނިފައެއް ނުވެއެވެ.

ސިޓިން ރޫމްގެ ތެރޭގަ ފާއިޤް އިނީ ނޫސްކިޔާށެވެ. ކުރިމަތީ ހުރި ބިއްލޫރި މޭޒުމަތީ ވަރަށް ބައިވަރު ފޮތްތަކެއް ހުއްޓެވެ.
” ކަމަކުތޯ.؟” ޒައިދު އަހާލިއެވެ. ފާއިޤް ކުރިމަތީ އޮތް ކާރުގެ ތަޅުދަނޑިނަގައި ޒައިދުއަށް ދިއްކޮއްލިއެވެ. ” ޒައިދު މިރޭ ދަމުން ކާރުގެންދޭ…….މާދަމާ ފަތިހު ޝެރީން ލަންޑަނުން އެނބުރި ރާއްޖެއަންނާނެ…..ޒައިދުގެ ޒިންމާއެއް އެއީ ޝެރީން ސަލާމަތުން މިގެއާ ހަމަޔަށްގެނެސްދިނުން..” ފާއިޤް އެގެއަށް ގެނައި ބޭނުން ބުނެދިނެވެ. ޒައިދު އަކީފާއިޤްގެ ކާރު ޑްރައިވަރެވެ. ދުވާލުގަޑީގަ ކާރު ގެންގުޅުމަށްފަހު ކޮންމެރެއަކުވެސް ޒައިދު ގެއަށް ދަނީ ފާއިޤް އާ ކާރު ހަވާލުކޮއްފައެވެ.

ޝެރީން ކިޔަވަން ލަންޑަނަށް ދިޔަ ދުވަހުން ފެށިގެން ފާއިޤް އެގޭގަ އުޅުނީއެކަނިވެރިކަމާއި އެކުއެވެ. ޝެރީންގެ އުމުރުން ތިން އަހަރުގަ ރޫޅިގެން ދިޔަފާއިޤްގެ ކައިވެނީގެ ސަބަބުން އެގޭތެރެއަށް އިތުރު ފަޅުކަމެއްއައިސްފައިވެއެވެ. ޒައިދު އާއެނކޭ ބުނުމަށްފަހު އެގޭތެރެއިން ނިކުތެވެ.ކާރަށް އަރައި މަޑުދުވެލީގަ މާލެތެރޭގަ ދުއްވަމުން ދިޔައެވެ. ގެއާއިހަމަޔަށް ދެވުމާއި އެކު މަގުގެ އެއްފަރާތުގަ ކާރު ޕާރކުކޮއްލިއެވެ.ގޭތެރެއަށް ވަދެގެން ދިޔައީ ކާރުގެ ތަޅުދަނޑިފަތި އަނބުރަމުންނެވެ.
” ޒައިދު ކާން ހަދަންވީތަ؟” ޒައިދު ކޮޓަރިއަށް ވަންނަން އެޅި ފިޔަވަޅުހުއްޓާލަން ޖެހުނީ ފަހަތުން ދޮންމަންމަ ބަދީހާ އަހާލުމުންނެވެ. ”އާން…” ޒައިދު ގަސްތުކުރީ ގަމީސް ބަދަލުކޮއްލައިގެން ކާން އައުމަށެވެ.ގަޑިން ބާރަގަޑި ބައިވެގެން ބޮޑުވެގެން ދިޔަ ނަމަވެސް ބަދީހާ ޒައިދުއަންނަންދެން އިންތިޒާރުގަ އިނެވެ. ޒައިދު ގަމީސް ބަދަލުކޮއްލައިގެންކޮޓަރިން ނިކުތެވެ.
” މިއޮއް މުޑުދާރު މީހާގަނޑު…..އޮތްތަނަށް ނޫނިއްޔާ އެންމެ ފަހަރަކުވެސްފާހާނާއެއް ނުކުރާނެ.” އެ އަޑުއައީ ބައްޕަގެ ކޮޓަރިންނެވެ. ” އަހަރެންބަދީހާއަށް ގޮވިން…” ޒައިދުގެ ބައްޕަ ވަޖީހް ބުނެލިއެވެ. ޒައިދުގެބައްޕަ އަކީ ނުކުޅެދޭމީޙަކެވެ. ކުއްލި އެކްސިޑެންޓަކަށްފަހު ފައިގެބޭނުންވަނީ ކެނޑިފައެވެ. ” ގޮވި ނަމަ މަށަށް އަޑުއިވުނީސް…” ބަދީހާރުންކުރު ރާގަކަށް ބުނެލިއެވެ. ޒައިދު މޫޑް އެއްކޮން ބަދަލުވިއެވެ. އެއީ އެގޭތެރޭގަ އާދައިގެ މަތިން އިވޭ މިއުޒިކެކޭ އެއްފަދައެވެ. ގޭތެރެއިންބަދީހާގެ ހަޅޭކުގެ އަޑު އަބަދުހެން އިވެމުން ދާނެއެވެ.

ދޮރު ހުޅުވާލުމާއި އެކު ޒައިދު ސިހުނެވެ. ” އަހަރެންނުކާނަން…ބަނޑުހައެއް ނުވޭ..” ޒައިދު ބަދީހާގެ މޫނަށް ބަލާލުމެއްނެތިއޭނަގެ އަމިއްލަ ކޮޓަރި އާއި ދިމާލަށް ހިނގައިގަތެވެ. ” މަށަށް ފަސޭހަވެދާނެތީ މިގޭގަ އެކަކުވެސް ނޫޅޭނެ……ކުރިންވެސް ނުކާނަމޭ ބުނިނަމަ ކިހާފަސޭހަ…..ކަލެއާ ކަލޭގެ ބައްޕަ ކިޔެވީ އެއްފޮތަކުންކަންނޭނގެ…..ޖެއްސުން ކުރުން ނޫން ކަމެއް ނުވިސްނޭނެ….” ބަދީހާކިޔަމުން ދިޔަ އެއްވެސް އެއްޗަކަށް ރައްދު ދޭކަށް ޒައިދު ގަސްތެއްނުކުރެއެވެ. ކޮޓަރިއަށް ވަދެ އެނދުމައްޗަށް ވެއްޓިގަތުމަށްފަހު ބާލީސްއަޅާލިއެވެ. ސިކުނޑިއަށް ލިބިފައވާ ހާސްކަން އޭނަގެ ނިދިންމަހުރޫމްކޮއްލައިފިއެވެ.

އަރްޝީގެ ފޯނަށް ގުޑްނައިޓް މެސެޖު ކޮއްލައި ނިދޭތޯ ދެލޯމަރާލިއެވެ.އޭނައަށް ބައްޕަގެ ހާލާއި މެދު ވިސްނޭތީ އުދަނގޫތަކެއް ވަނީއެވެ. ޒައިދުގެއުމުރުން ފަސްއަހަރުގަ ޒައިދުގެ މަންމަ ޒާހިޔާ ކުއްލިއަކަށް މަރުވުމަށްފަހުވަޖީހް ދެވަނަ ކައިވެންޏެއް ކުރީ ވަޖީހުގެ ދެކުދިންނަށް މަންމައެއްގެ ލޯބިހޯދާދިނުމަށެވެ ޒައިދު ބައްޕަ މަސައްކަތް ކުރި ދުވަސްތަކުގަ އެގޭގައުފާވެރިކަމުގެ މާތަށް ފަރިވެ ފޮޅުން ފަދައެވެ. ގޭތެރެއިން ހުނުމުގެ އަޑުނޫން އެހެން އަޑެއް ނީވޭނެއެވެ. އެކަމަކު ތަޤްދީރުން އެ ހުރިހާ ކަމެއްބަދަލުކޮއްލީ ހީވެސް ނުކޮށް ހުއްޓައެވެ. ހަރީފު މޫސުން އައިސް އެގޭތެރެވަށާލައި އުފާވެރިކަމުން ފޮޅުނު ހުރިހާ މާތަކެއް މިލާ މޯޅިވެއްޖެއެވެ.ދޮންމަންމަގެ ފަރާތުން ލިބުނު ލޯބީގެ ހުޅުކޮޅު ނިވި ނަފްރަތުގެ އަލިފާންއަނދަންފެށީ ކުރިން ލިބޭހާ ފައިސާ ނުލިބި ގޭތެރެ ދަތިވާ ހިސާބަށްދިއުމުންނެވެ. ވަޖީހް އެކްސިޑެންޓްވީ ފާއިޤްގެ ޑްރައިވަރެއްގެ މަސައްކަތްކުރަމުން ދަނިކޮންނެވެ. ވަޖީހްއަށް އެ ވަޒީފާއަށް ނިކުތުމަށް ނުކުޅެދުންހިސާބުން ފާއިޤް އެ ވަޒީފާ ޒައިދުއަށް ހަމަޖައްސައިދިނެވެ.

ފަތިހުގެ ފިނި ފިނި ވަގުތެވެ. ޒައިދު އަރާމު ނިދީގަ އޮވެފައި ހޭލަންޖެހުނީބޮލުގަ އެޅިފައިވާ ޒިންމާގެ ސަބަބުންނެވެ. ތާޒާވެލުމަށްފަހު ބޭރަށްނިކުތްއިރު ދުނިޔެ މައްޗަށް އަލިކަމެއް ފެންނަން ފަށައިފިއެވެ. ރޭގަފިޔަޖަހަމުން ނަށަމުންދިޔަ ޖަވާހިރުތަކެއްފަދަ ތަރިތަކުގެ ވިދުވަރުކެނޑިއްޖެއެވެ. ޒައިދު ގޭދޮރުމަތީގަ އޮތް ކާރަށް އަރައި ސްޓާރޓްކޮއްލިއެވެ. މާލޭގެ ް ގޮސް ކުޑަގޮތެއް ހަދާލުމުގެ ނިޔަތުގަ ހިތްވަރުލާކާރުދުއްވަމުން ދިޔައެވެ.
ފެރީ ޓާރމިނަލަށް ދިޔައިރު ފާއިޤްގެ ހާއްސަ ލޯންޗު ތައްޔާރުގަ އޮތެވެ.ޒައިދު ލޯންޗަށް އެރުމާއި އެކު ބާރުދުވެލީގަ ކަނޑުގެ ލޮނުގަނޑު ކަފަމުންގޮސް ހުޅުލެއަށް ކައިރިކޮއްފިއެވެ. ފްލެއިޓް ޖައްސާގަޑި ކައިރިވެފަ ވިއަސްޒައިދު ފުރަތަމަ ކަމަކަށް ބެލީ ސައިބޯލެވޭތޯއެވެ.

އޭގެ ބައިގަޑިއިރު ފަހުންނެވެ. ލަފައިގެން އައި މީހުން ނިކުންނަ ދޮރުންމީހުން ނިކުންނަން ފަށައިފިއެވެ. ޒައިދު ޝެރީންގެ ސިފަ ހަނދާންކޮއްލިއެވެ.ފާއިޤްގެ މޭޒުގަ ޝެރީންގެ ފޮޓޯއެއް ބަހައްޓާފަ ހުރެއެވެ. ޝެރީން އަކީ ރީތިއަންހެން ކުއްޖެކެވެ.މޮޑެލްއެއް ފަދައިން އިން އެ ފޮޓޯގެ މަތިން ޒައިދުހަނދާންވިއެވެ. ދޮރުން އަންނަމުން ދިޔަ މީހުންގެ ތެރެއިން ޝެރީންފާހަގަވިއެވެ. ޒައިދު އަވަސްވެގަތީ ޝެރީންއަށް ފޮށިތައް ގެންގޮސްދިނުމުގައެހީވެދިނުމަށެވެ.
” ހޭއި ބޭބީ….ވެލްކަމް ބެކު ޓު ހޯމް…” ޒައިދު ފަހަތް ބަލާލީ ފަހަތުންއިވުނު ޖުމްލައިންނެވެ. ފާއިޤްގެ އޮފީހުގަ މަސައްކަތް ކުރާ ސަލޫމް ވަރަށްހެވިފައި ހުރެ އެދިމާލަށް އާދެއެވެ.ސަލޫމް އައިގޮތަށް އައިސް އެންމެންގެތެރޭ ޝެރީންގެ ހަށގަނޑުގަ އޮޅުލައިގަތެވެ. ” އައި މިސްޔޫ ސޯ މަޗް..”ސަލޫމް ޝެރީންގެ ނިއްކުރީގަ ބޮސްދިނެވެ. އެ އެންމެންގެ ތެރޭގައެވެ.އެއާޕޯރޓް ތެރޭގަ ހަރަކާތްތެރިވަމުން ދިޔަ ގިނަ އަދަދެއްގެ ބަޔަކުއެދިމާލަށް ބަލަން ހައިރާންވެފަ ތިއްބެވެ. ކައިވެނި ކޮއްގެން އުޅޭދެމަފިރިންވެސް އެންމެންގެ ކުރިމަތީގަ އެހާ ގައިގޯޅިކޮން ނޫޅޭނެތީއެވެ.
” ހިނގާ ދާން…..” ޝެރީންގެ އަތުގަ ހިފާލަމުން ސަލޫމް ކުރިއަށްހިނގައިގަތެވެ. ޓްރޮލީގަ ފޮށިތައް ހިފައިގެން ޒައިދު އެމީހުންގެ ފަހަތުންދިޔައެވެ. ލޯންޗުގެ އެއް ސީޓްގަ ޝެރީން އާއި ސަލޫމް ޖެހިފިތިގެން އިނެވެ.ޒައިދު ގޮސް އިށީނީ އެމީހުންގެ ކުރިމަތީގަ އިން ސީޓްގައެވެ. ޒައިދުޝެރީންއަށް ބަލާލާ ވިސްނާލިއެވެ.

ފާއިޤްގެ މޭޒުގަ ބަހައްޓާފަ އިންނަ ފޮޓޯގަނޑުގަ މޮޑެލްއެއް ފަދައިން އިންޝެރީން އާއި ހަމަލޮލަށް ފެންނަ ޝެރީން އާއި ތަފާތުތަކެއް އެބަހުއްޓެވެ.ޝެރީންގެ ދެލޮލުގަ ކުރީގެ ވިދުވަރެއް ނެތެވެ. ދެލޮލުގެ ތެތްކަން ކެނޑި ދެލޯކައިރިވަނީ ކަޅުވެފައެވެ. ކޮލުގަ މަސްކޮޅެއް ނެތްތާގަ ތުންފަތުގަވެސްތާޒާކަމެއް ނެތެވެ. ހިކިވެ ފެޅިފައިވާ ތުންފަތުގަ ޝެރީން އިރުކޮޅު ކޮޅާދޫހާކާލައެވެ.
މާލެއަށް އާދެވުމާއި އެކު ކާރަށް އަރައި މީޑިލް ލައިޓަށް ދިއުމަށް މިސްރާބުޖެހިއެވެ. ކާރުގެ ތެރޭގަ އިން ސަލޫމްގެ ވާހަކަ ދެއްކުމުގެ އަޑު ނޫނީނެތެވެ. ” ޝެރީން އަންނަ ވާހަކަ ބައްޕަ ބުނި ވަގުތުން ފެށިގެން އަހަރެންހިތްޝެރީން ދެކޭ ހިތުން ތެޅެންފެށި…ރޭ ހަތަރު ދަމު ނިދުނު ކަމަކަށްވެސްނުވި..” ސަލޫމް ބުނި ޖުމްލަ އާއި އެކު ޒައިދު ބަލާލީ ޝެރީންގެ މޫނަށެވެ.ކާރުގެ ބޭރަށް ބަލަހައްޓައިގެން އިން ޝެރީން އެ ވާހަކަތައް އަޑު އަހާހެންހިއެއް ނުވެއެވެ. ލޯބިވެރިޔާ އެހާ ލޯބިން ހަނދާންވާ ވާހަކަ ބުނުމުންވެސްއޭނަގެ މޫނުމަތިން އުފާވެރި ކަމެއް ނުފެނުނެވެ.

ކާރު ދުއްވަމުން އައިސް މިޑިލް ލައިޓްގެ ގޯތިތެރެއަށް ވަދެގެން ދިޔައެވެ.ޝެރީންގެ އިންތިޒާރުގަ ފާއިޤް ޕޯޓިކޯގަ މަޑުކޮއްލައިގެން ހުއްޓެވެ. ކާރުޕޯޓިކޯގަ މަޑުކޮއްލުމަށްފަހު ޒައިދު އަވަސް އަވަހަށް ކާރުން ފައިބާ ޝެރީންއިން ފަރާތުގެ ދޮރުފަތް ހުޅުވާލަ ދިނެވެ. ޝެރީން ކާރުން ފައިބައިގެން ގޮސްފާއިޤްގެ ކައިރީގަ މަޑުކޮއްލާ ސަލާމް ކޮއްލިއެވެ. ” ބައްޕަ ރަނގަޅުތަ؟”ޝެރީން އަހާލިއެވެ. ” ޒައިދު ކާރު ޕާރކް ކުރުމުގެ ކުރިން މި ދަބަހާ ފޮށިގެންގޮސް ޝެރީންގެ ކޮޓަރީގަ ބަހައްޓާލަ ދީބަލަ..” ޒައިދު ކާރާ ދިމާލަށްހިނގައިގަތުމުން ފާއޤް ބުނެލިއެވެ. ކާރުގެ ޑިކީން ޝެރީންގެ ފޮށިތައްހިފައިގެން ގޭތެރެއަށް ހިނގައިގަތެވެ.
” މިއަދު ހާއްސަކޮން ޝެރީންއަށް މީރު އެއްޗެހި ތައްޔާރުކޮއްފަހުންނާނި….މަލީހާ ދޭ ކާން ތައްޔާރުކުރަން…” ގޭތެރޭގަ ހުރި އެގޭގެނޯކަރު މަލީހާއަށް ފާއިޤް ބުނެލިއެވެ. ” ފެންވަރާލައިގެން އައިސް ކާންއަންނާނަން…..” ޝެރީން ކޮޓަރި އާއި ދިމާލަށް ހިނގައިގަތެވެ.ޝެރީންގެފަހަތުން ސަލޫމްވެސް އެކޮޓަރި އާ ދިމާލަށް ހިނގައިގަތެވެ. ޒައިދު ޝެރީންގެކޮޓަރީގަ ފޮށިތައް ބަހައްޓާލަމުން ކޮޓަރިން ނިކުތް ވަގުތަކީ ސަލޫމް އާއިޝެރީން އެކޮޓަރީގެ ތެރެއަށް ވަތްވަގުތެވެ. ސަލޫމް ޝެރީން ހަށިގަނޑުގައޮޅުލައި ގަތުމުން ޝެރީން ވަގުތުން ސަލޫމް ދުރަށް ކޮއްޕާލިއެވެ. ” ވަރަށްޓަޔާރޑް…ފެންވަރާލައިގެން އަންނާނަން.،…” ޝެރީން ބޭނުންވީ އަވަހަށްދުރަށް ދާށެވެ. ” އަދި ފެންވަރަން ނުދެވިފައެއް ނެތެއްނު…އިރުކޮޅަކުވާހަކަ ދައްކާލާފަ…” ސަލޫމް އެހެން ބުނި ނަމަވެސް ޝެރީން އިވޭކަމަށްވެސްނުހަދާ ގޮސް ފާހާނާގެ ތެރެއަށް ވަނެވެ.

ފެންމާގަނޑުން އޮހެމުން ދިޔަ ފެންތަކުން ޝެރީންގެ ހަށިގަނޑު ތެންމަމުންދިޔައެވެ. ލޯމަރާލައިގެން ޝެރީން ހުރި ފިޔަވަޅުމަތީ އެތައް އިރަކުހުއްޓެވެ. އޭނައަށް މާލެ އާދުވުނަސް އެއްވެސް އުފަލެއް އިޙްސާސެއްނުވެއެވެ. އެކަނި މާއެކަނި ލަންޑަނުގަ ހޭދަކުރެވުނު ދުވަސްތައްވެސްމިއަށްވުރެ މާ ރަނގަޅެވެ. މުއްސަދިކަމާ ހަވޭލިއެއް ފަދަ މިގެއިން އޭނައަށްލިބުނު ހިތްހަމަ ޖެހުމެއް ނެތެވެ. ޝެރީން ފިނިވެގެން ގޮސް ތުރުތުރު އަޅަންފެށުމުން އިސްކުރު ބަންދުކޮއްލިއެވެ.
” ޝެރީން ނުނިމޭތަ؟” ސަލޫމް ކޮޓަރި ތެރޭގަ ހުރެ ގޮވާލި އަޑު އިވުނެވެ.ޝެރީން އެއްވެސް ޖަވާބެއް ނުދެއެވެ. ސަލޫމް އެ ކޮޓަރި ތެރޭގަ ހުރިހާހިނދަކު އޭނަ އެތަނަށް ނިކުންނާކަށް ބޭނުމެއް ނޫނެވެ. ފެންމާގަނޑުދޫކޮއްލުމަށްފަހު އަނެއްކާވެސް ޝެރީން ލޯމަރާލިއެވެ.

އަރްޝީ ނިދައިގެން ހޭލިއިރު ޒައިދުގެ ދެ މެސެޖެއް އެ ފޯނުގަ އޮތެވެ.އެނދުމަތީ އިށީދެ އިދެ ޒައިދުގެ މެސެޖުތައް ކިޔަމުން ދިޔައިރު އަރްޝީގެމޫނުމަތިން އުފާވެރިކަން ފެންނަމުން ދިޔައެވެ. ” ހާދަ ވަރެއް….ޖޯކެއްލިޔެފަ އޮތީތަ؟” އަރްޝީގެ ދައްތަ ޔޫނާ ފާހާނާއިން ނިކުތް ގޮތަށްއަހާލިއެވެ. ” ޖޯކު ކިޔާފަ އެކަނިތަ ހޭނި؟” އަރްޝީ ފޯނަށް ބަލާލަމުންޖަވާބު ދިނެވެ. ” އަހަރެން ހީކުރި ޖޯކެއް ކީމަކަމަށް ތިހާ ވަރަކަށްކޮލްގެޓް އިޝްތިހާރު ތިކުރަނި….ތި މެސެޖެއް ދީބަލަ ކިޔާލަން…” ޔޫނާއެދިމާލަށް ހިނގައިގަތުމުންއަރްޝީ އެނދުގެ އަނެއް ފަރާތުން ފައިބާ ފޯނުފުރަގަހަށް ލައި ފޮރުވާލިއެވެ. ” ދޮންތަ ފޯނަށް އަންނަ މެސެޖު އަހަރެންކިޔަންތަ؟ ދެން އަހަރެން ފޯނަށް އަންނަ މެސެޖު ޖެހޭތަ ކިޔަން…” އަރްޝީޔޫނާގެ އަތުގަ ނުޖެހެން ވެގެން ދުރަށް ދުއްވައިގަތެވެ.
ޔޫނާ އަރްޝީގެ ފަހަތުން މުޅި ކޮޓަރި ތެރޭގަ ދުވެ ހެދިއެވެ. ޔޫނާއާ ދިމާލަށްބާލީސްތައް އުކާ ހެދިއެވެ. އެންމެ ފަހުން ދެމީހުން އެކަކު އަނެއްކަކުގެގައިގަ ބާލީހުން ތަޅަން ފަށައިފިއެވެ. ކޮޓަރި ތެރޭގަ ބަހައްޓާފަ ހުރި މާވަށިތައް ހުރީ މުށިތައް މަތީގައެވެ. އެނދުގެ ބެޑްޝީޓްވެސްބޮނޑިކޮއްލުމަށްފަހު ތަޅުން މަތީގަ އޮތެވެ. ” ސާބަސް މިތިބީ ކުޑަ ދެއަންހެން ކުދިން…..މިއޮއް ތަނެއް އޮތް ގޮތް….” ހަސީބާ ކޮޓަރި ތެރެއަށްވަންނަމުން ކުދި ކިޔަން ފެށިއެވެ. އަރްޝީ އާއި ޔޫނާ ޖަހަމުން ދިޔަސަކަރާތް ހުއްޓާލުމަށްފަހު ހަސީބާގެ ހަރަކާތްތަކަށް ބަލަން އިނެވެ. މާތައްނަގައި ވަށިގަނޑުގަ ޖަހާ މުޅި ތަން ތަރުތީބުކޮއްލިއެވެ.
” ސަކަރާތް ހުއްޓާލާ އާދެބަލަ ބަދިގެއަށް….” ހަސީބާ އެކޮޓަރިންނިކުންނަމުން ދެމީހުންނަށް ބުނެލިއެވެ. ހަސީބާ ލޯމަތިން ގެއްލުމާއި އެކުއަތުގަވާ ބާލީސް އެއްލާލަމުން އެނދުގަ ހުރަހަށް އަރްޝީ އޮށޯވެލިއެވެ. ”ދެން ތެދުވޭ…މަންމަ ރަތަށް އަރާފާނެ…” ޔޫނާ އެނދުން ތެދުވަމުންއަރްޝީއަށް ބުނެލިއެވެ. ޔޫނާ ފުނާއަޅައި ކޮޓަރިން ނިކުތްއިރުވެސް އެއޮތްގޮތަށް އަރްޝީ އޮތެވެ.

ޒައިދުއަށް މިއަދަކީ ބުރަ ދުވަހެކެވެ. ފާއިޤް ގެނައި މުދާތަކެއް ފާއިޤްގެއެކި ފިހާރަތަކަށް ބަހާލަން އޮތީ ޒައިދު އާއި ހަވާލުކޮއްފައެވެ. އެފިހާރަތަކަށް މަދު އެއްޗެހީގެ ލިސްޓުތަކެއް ދިނުމަށްފަހު އެ މުދާތައްފިހާރައަށް ގެންގޮސްދޭންވެސް ޖެހެއެވެ. ޒައިދު މަސައްކަތަށް ހުންނަތެދުވެރިކަމާއި ފަރުވާތެރިކަމުގެ ސަބަބުން ފާއިޤް ގިނަ މަސައްކަތް ހަވާލުކުރަނީ ޒައިދު އާއި އެވެ. ހަމައެކަނި ކާރު ޑްރައިވަރެއްގެ ހައިސިއްޔަތުންވަޒީފާއަށް ނިކުތް ނަމަވެސް އެނޫންވެސް ގިނަ މަސައްކަތްތަކެއް ޒައިދުއަށްކުރަން ޖެހެއެވެ. ފާއިޤް މުދާ ބަހައްޓާފަ ހުރި ގުދަނުގަ ޒައިދު މުދާތައްބަލަން ހުއްޓެވެ. ” ދެން މަދީ ކޮން އެއްޗެއް؟” ޒައިދު ފޮށިތައް ބަލަންހުރެފަ އަހާލިއެވެ. ” ބޮޑީ ސްޕްރޭ…” ޒައިދު އާއި އެކު މަސައްކަތްކުރަން ހުރި ނަބީހް ބުނެލިއެވެ. ބޮޑީ ސްޕްރޭ ބަހައްޓާފަ ހުރި ހަރުގަނޑާއިދިމާލަށް ޒައިދު ހިނގައިގަތެވެ. ސްޕްރޭ ބަހައްޓާފަ ހުރި ހަރުގަނޑު ހުރީހިރަފުހުން ފުރިފައެވެ. ފަހަރަކު ސްޕްރޭ ފުޅިއެއް ނަގައި ފޮށިގަނޑަކަށްއަޅަމުން ދަނިކޮން ހަރުގަނޑާއި ފާރާއި ދެމެދު ސިޓީއުރައެއް އޮތްތަންޒައިދުއަށް ފެނުނެވެ. އެ ސިޓީއުރަ ނަގައި ޒައިދު އެ ބަލާލިއެވެ.

އޭގެ ތެރޭގަވަނީ ކުރީގެ ފޮޓޯއެކެވެ. ކުޑަ ތިން އަންހެން ކުދިންނާއިއަންހެނެކާއި އެކު ހުރި ފާއިޤްގެ ކުރީގެ ފޮޓޯއެކެވެ. އެއީ ފާއިޤްގެ ޒުވާންދުވަސްވަރެއްގެ ފޮޓޯއެއްކަން ޔަޤީނެވެ. ދެން އެތިބީ ފާއިޤްގެއަންހެނުންނާއި ތިން ކުދިން ކަންނޭނގެއެވެ. އެކަމަކު އެމީހުން މިހާރު ކޮބާބާވެއެވެ. މިޑިލް ލައިޓްގެ ތެރެއިން ފާއިޤް އާއި ޝެރީން ނޫން މީހަކު މިހާދުވަސް ވީއިރުވެސް ޒައިދު ނުދެކެއެވެ. ” ޒައިދުއަވަސްކޮއްލަބަލަ….ފިހާރައިން އެބަ ގުޅާ،،،” ނަބީހް ގޮވާލި އަޑާއި އެކުޒައިދު އެ ފޮޓޯގަނޑު ފަތްޖަހާލުމަށްފަހު ޖީބަށް ޖަހާލިއެވެ.
” މި ނިމުނީ..” ޒައިދު ކޮނޑުމަތީގަ ހުރި ފޮށިގަނޑު ނަބީހްގެ ކުރިމަތީގަ ބަހައްޓާލަމުން ބުނެލިއެވެ.

 

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

xaaahy

Level 110 Stories

Other Articles

Previous

ބަރުބާދު (ފުރަތަމަބައި)

Next

ދީވާނާ ލޯބިން ވެއްޖޭ. . [2]

Next
April 20, 2014

ދީވާނާ ލޯބިން ވެއްޖޭ. . [2]

Previews
April 20, 2014

ބަރުބާދު (ފުރަތަމަބައި)

16 Comments!

  1. xaaahy says:
    April 20, 2014 at 7:50 pm

    my blog in mi story baeh kudhin kiyaafa huredhaane
    ekam mihaaru xaahy ge blog ah nuvadheveyne vaahaka bunan
    next part tuesday ga genes dheynan
    hope u will wait
    huri haa kudhinah vexx mi story reethi vaane kamah unmeedhu kuran
    enjoy reading 🙂

  2. xaaahy says:
    April 20, 2014 at 7:53 pm

    n cover pic change kuraanan ehn pic akah
    kiyun therin nah mi pic reethiya ok badhalu nukuraa gothah
    dhn badhalu kuraashey buneh jeh yaa badhalu kuraanan
    its your choice readers 🙂

  3. GuDuMeena says:
    April 20, 2014 at 8:30 pm

    v.reethi Vaahakaeh hen heevey. . Its all a mistry dhw. . 🙂 aneh bayah inthizaaru kuran. .

  4. meesham says:
    April 21, 2014 at 12:01 am

    xaahy tha “nimidhaane jaanaa hithaa ” liyuny muraasil ga. this is a nice story. new stry eh up kohdheyny kon irakun tha

  5. reen says:
    April 21, 2014 at 10:54 am

    nice

  6. shif says:
    April 21, 2014 at 12:26 pm

    v v salhi, avahah up kondeyti

    1. Anonymous says:
      April 22, 2014 at 5:10 pm

      Vv reethi mivaahaka varah beynun anehbai kiyaalan

    2. Neem says:
      April 22, 2014 at 5:12 pm

      Vv reethi mivaahaka varah beynun anehbai kiyaalan

  7. aju says:
    April 22, 2014 at 2:54 am

    Story is v nice , haasako sifa kuruntha thafaathuvefa v reethi , story nimendhen avaha up vamun dhane kama ummeedhu kuran

  8. saaidh says:
    April 22, 2014 at 1:06 pm

    …..nice story…..

    1. Neem says:
      April 22, 2014 at 5:19 pm

      Varah reethi mivaahaka adhi ves kiyaa hihvey kobaa aneh bai

  9. Neem says:
    April 22, 2014 at 5:17 pm

    Varah reethi mivaahaka adhi ves kiyaa hihvey kobaa aneh bai

  10. aanaa says:
    April 24, 2014 at 3:32 pm

    V.nice

  11. aisha says:
    April 24, 2014 at 11:20 pm

    fathihu heylaafa namah ge vaahaka nudhakany kyhvetha..

  12. ammu rasheedh says:
    May 18, 2014 at 11:13 am

    v v nice 😀

  13. faahira says:
    March 18, 2015 at 9:06 am

    v v v v v v v v v v v v v v v v nice storyeh

Comments are closed.

Next Episodeހިތް ފަނާވެދަންދެން… ( 2ވަނަ ބައި )←


All Right Reserved!