Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ނުރޮއްވާ… (20)

Raina Level 110 Stories
April 22, 2014 5 Mins Read
5 Comments

     ރިހާ ބޭރު ސިޑިން އަރަން ބޭނުންވިނަމަވެސް ޒީޝާން އެފުރުޞަތު ނުދިނުމުން ރިހައަށް މަޖުބޫރުވީ ސިޓިން ރޫމްއިން ލައިފަ އެންމެން ކުރިމަތިން ދިއުމަށެވެ. ނަސީރު ރިހާއާއި މެދު ކަންބޮޑުވާނެ ކަން އެނގޭއިރުވެސް އަދި ރިހާ އެގޮތަށް ނަސީރު ފިކުރު ކުރުމަށް ނޭދޭއިރުވެސް، މިވަގުތު އެއްވެސް މީހަކާ ކުރިމަތި ލާކަށް ރިހާ ބޭނުމެއް ނުވެއެވެ. ކުޑަ އިރުކޮޅެއްކުރިން ވެދިޔަ ކަންތަކާއި ރިހާ ހުރި ޙާލަތުގެ ސަބަބުން ރިހާގެ އެހާ ހިތްވަރެއް ނެތެވެ. އެހެންކަމުން ސިޓިން ރޫމަށް ވަދެގެން ރިހާ ދިޔައީ ސީދާ މައްޗަށް އެރުމަށް ސިޑިއާއި ދިމާއަށެވެ. “ރިހާ” ނަސީރު ރިހާއަށް ގޮވާލީ ވަރަށް ލޯބިން ވަރަށް އޯގާތެރިކަމާ ކުލުނުން ފުރިގެންވީ އަޑަކުންނެވެ. ނަސީރު އޭނާގެ ދަރިފުޅު ހުރި ހާލު ފެނުމުން ހަމްދަރްދީވިއެވެ. ނަސީރުގެ އަޑުން ރިހާއަށް ނަސީރު އޭނަ އާއި މެދު ކަންބޮޑުވެފައި ހުރި ވަރު ފާހަގަވުމުން ކުޑަ އިރުކޮޅަކަށް ހުއްޓި ނަސީރާއި ދިމާލަށް ބަލާލަމުން ބުންޏެވެ. “ޑޭޑް، އައިމް ފައިން!” އެހެން ބުނަމުން ރިހާ ގޮސް އެތާ ތިބި އެންމެންގެ ލޯ ކުރިމަތިން ގޮސް ގެއްލިއްޖެއެވެ. އަޑަށް ކިތަންމެ ބާރުލައިވާ ރިހާ ރަނގަޅޭ ބުންޏަސް އެކަކުވެސް އެވާހަކަ ޤަބޫލް ކުރިހެނެއް ހިއެއް ނުވެއެވެ. ވާނީވެސް އެހެންތާއެވެ. ރިހާގެ އަޑު އެކަމަށް ހެކިދެއެވެ. ކިތަންމެ ހަރުކަށިކޮށް އެހެންބުނި ނަމަވެސް އެއަޑުގައި މަޑު ތުރުތުރެއް ވިއެވެ. ރިހާ ދިއުމުން ނަސީރު އެދުނީ ޒީޝާން ގާތު ކަންވީ ގޮތް ތަފްޞީލް ކޮށް ކިޔާލަ ދިނުމަށެވެ. އެހެންކަމުން ޒީޝާން އެ ވާހަކަތަށް ކިޔައިދިނެވެ.

              އަމިއްލަ ކޮޓަރިއަށް ވަދެ ދިޔަ ގޮތަށް ގޮސް އެނދުމައްޗަށް ބަންޑުން ރިހާ ވެއްޓިގަތެވެ. ބާލީހުގައި ބައްދާލައިން އޮވެ ރިހާ ވިސްނަމުން ދިޔައެވެ. މިރޭ މިވީ ކިހިނެތް ހެއްޔެވެ؟ މިއަދާ ޖެހެންދެން ދިރިއުޅުމުގެ ހުރިހާ ކަމަކަށް ކެރިގެން ކުރިމަތިލައިފާ ވާއިރު މިރޭގެ ހާދިސާއިން ހިތްވަރު އެލިގެން ހިނގައްޖެއެވެ. ނަމަވެސް ރިހާއަށް އެނގެއެވެ. އެ އިޙްސާސަކީ ރިހާ މާ ގިނަދުވަހު ނޫނީ މާ ގިނަ އިރު ވަންދެން ކުރާނެ އިޙްސާސެއް ނޫނެވެ. ވެ ނިމިފަ އޮތް ކަމެއްގެ ސަބަބުން އަމިއްލަ ދިރިއުޅުން ހުއްޓުމަކަށް ގެނެސް އަބަދާއި އަބަދު އެހިތާމައިގަ ރިހާއެއް ނުހުންނާނެއެވެ. ވެއްޓުމުން ތެދުވެ ވެލި ފޮޅާލަމުން އަލުން ކުރިއަށް ހިނގައިގަންނަ އުސޫލުން ރިހާވެސް ހިނގައިގަންނާނެއެވެ. ދިރިއުޅުމުގެ ކޮންމެ ހިސާބެއްގައިވެސް ދިމާވާ ކޮންމެ ކަމަކާވެސް ކެރިގެން ކުރިމަތިލާނެއެވެ.

              “ދޮންތާ” ކައިރިން މާހީގެ އަޑު އިވުމުން ރިހާ ފުރޮޅިލާ މާހީއާއި ދިމާއަށް ބަލާލިއެވެ. އަދި މޫނު މައްޗަށް ހިނތުންވުމެއް ވެރިކުރުވަމުން ތެދުވެ އިށީނެވެ. “ދޮރު ތަޅުނުލާ ހުރީމަ މާހީ ވަނީ. ޓަކިވެސް ޖެހިން” މާހީ އެތެރެއަށް ވަތް ގޮތް ރިހާއަށް އޮޅުންފިލުވައި ދިނެވެ. “އައިމް ސޮރީ!” މާހީ ވަރަށް ދެރަވެފަ އިސްޖަހާލައިން އިނދެ ރިހާއަށް ބުނެލިއެވެ. “މި އަހަރެންނާއި ހެދި ވީކަމެއް، އިޓްސް އޯލް މައި ފޯލްޓް. އެދުވަހު ދޮންތައަށް އެމީހުނާ ކުރިމަތި ލާން ޖެހުނީ މާހީ އާއި ހެދި… އައިމް ސޮރީ ދޮންތާ” އޭރު މާހީ ހުރީ ފެންކަޅިވެފައެވެ. އަމިއްލަ ނަފްސް ކުއްވެރި ކުރެވޭތީއެވެ. މިރޭ ރިހާ އުޅެން ޖެހުނު ގޮތް ހިތަށް އަރާފައެވެ. އެމީހުން ކުރަން އުޅުނު ދަށު ދަރަޖައިގެ އަމަލުންނެވެ. އަނެއްކޮޅުން ރިހާއަށް ލިބިފަ ހުރި އަނިޔާ ތަކެވެ. “މާހީ” ރިހާ މަޑުމަޑުން މާހީ އަށް ގޮވާލަމުން މާހީގެ ކޮނޑުމަތީ އަތް ބާއްވާލިއެވެ. “ލުކް އެޓް މީ… އިޓްސް ނޮޓް ޔުއާ ފޯލްޓް، އެހެންނޫނަސް އެކަންތައް އެނިމުނީނުން…” ރިހާ ބެލީ މާހީއަށް ވިސްނައި ދެވޭތޯއެވެ. މާހީ އިސް އުފުލާ ބަލާލުމުން ރިހާ ހިނިތުންވެލިއެވެ. މާހީ ބަލައިން އިނދެފަ ވަރަށް ބާރަށް ރިހާ ގައިގަ ބައްދާލިއެވެ. ރިހާވެސް މާހީ ގައިގަ ބައްދާލީ އުފަލުން ހުރެއެވެ. ރިހާ ގައިން ދޫކޮށްލާ ލޮލުގައިވި ކަރުނަތަށް ފޮހެލާ ރިހާގެ ކިލާ ވެފައިވާ ގަމީހާއި ކޮންމެވެސް ވަރަކަށް ހޭވިފައިވާ އިސްތަށިގަނޑަށް ނަޒަރު ހިންގާލަމުން މާހީ ސުވާލު ކޮށްލިއެވެ. “ދޮންތަ ފެންވެސް ނުވަރަންތަ ތި އިންނަނީ؟” އޭގެ ޖަވާބުގައި ރިހާ ބުނެލިއެވެ. “އައި ވޯސް އެބައުޓް ޓު” އެހެން ބުނަމުން ތެދުވެ ބޮލުގަ އިން ބެންޑޭޖް ގަނޑު ނިއުޅަން ފެށިއެވެ. މާހީއަށް އެތަން ފެނިގެން އެކަން މަނާކުރުމުން ރިހާ ބުނެލީ ބޯ ދޮވެލަން ބޭނުންކަމުގަޔާއި ފަހުން ބޭސް އަލުން އަޅާނެ ކަމުގައެވެ. “އޯކޭ، ތި ކިހާވަރެއްގެ ތެދެއްތޯ ބަލަން މާހީ އިންނާން މިތަނުގަ.” ރިހާ މައްސަލައެއް ނެތޭ ކިޔާފަ ތުވާއްޔަކާއި ނިދަން ލާނެ ނައިޓީއެއް ހިފައިންގެން ގޮސް ފާޚާނައަށް ވަނެވެ.

              ރިހާ ފާޚާނައަށް ވަނުމުން މާހީ ތެދުވެ ކޮޓަރި ތެރެ ބަލަމުން ހިނގަން ފެށިއެވެ. ކޮޓަރީގެ އެއްފާރު އެކަށް ހިފައިފަވާ ރިހާގެ ކްލޮޒެޓް ކައިރިއަށް ހުއްޓި ބަލާލަމުން މާހީ ދޮރުފަތް އެއްފަރާތަށް ކަހާލިއެވެ. މާހީގެ އަނގަ ކުޑަކޮށް ހުޅުވުނީ ކްލޮޒެޓްގެ އެތެރެއިން މާހީ ފެންނާނެ ކަމަށް ހީކުރި ބޮޑެތި ޑިޒައިނާ ހަވީރީ ހެނދުން ތަކާއި މެކްސީ ފަދަ ހެދުންތައް ނުފެނުމުންނެވެ. މުޅި ކްލޮޒެޓް ފުރާލާފައިވަނީ ބްލޭޒަރ އާއި ގަމީހާއި ޖީންސް ފަދަ އެއްޗެހިންނެވެ. އެހެންނަމަވެސް މާހީގާތަށް ހިނިއައީ މިއީ މާހީގެ ކްލޮޒެޓް ނޫންކަމާއި ރިހާގެ ކްލޮޒެޓްކަން ހަނދާންވެފައެވެ. އަދި ރިހާގެ އެ ސީރިއަސް މިޒާޖު ހަނދާންވުމުންނެވެ. ރިހާގެ ކްލޮޒެޓް ތެރެ މާހީ ފަރުވާތެރިކަމާއެކު ބަލަމުން ދިޔައެވެ. ހުރިހާ އެއްޗެއްވެސް ވަނީ ފަރުވާތެރި ކަމާއެކު އަތުރާލެވިފައެވެ. އެންމެ ތިރީގައި ރިހާގެ ބޫޓްތަކެވެ. އެންކަލް ބޫޓާއި، ކާފް ބޫޓުތަކާއި ކަކުލާ ހަމައަށް އަރާ ނީހައި ބޫޓުތަކާއި، އަދިވެސް އެ ޒާތުގެ އެކި ވަރުވަރުގެ ބޫޓްތައް ގިނަ ކަމުން ރިހާ އެންމެ ލޯބި ކުރަނީ އެކަހަލަ ބޫޓްތަކަށް ކަމަށް މާހީ ނިންމިއެވެ. އަދި ރިހާގެ އުފަން ދުވަހު އޭގެ ބޫޓެއް ގިފްޓް ކުރުމަށް ޚިޔާލުކޮށްލިއެވެ. ދެން މާހީ ވިސްނާލީ ރިހާގެ އުފަން ދުވަހާއި މެދުއެވެ. އެއީ މާހީއަށް މާ ފަސޭހަކަމަކަށް ނުވިއެވެ. ސަބަބަކީ މިއިން ޒަމާނަކު ‘ޕެރެޑައިސް’ގައި ރިހާގެ އުފަން ދުވަސް ފާހަގަ ކޮށްފައި ނުވާތީއެވެ. ނަމަވެސް މިފަހަރު އެހެނެއް ނުވާނެއެވެ. މާހީ އެހެން ވިޔަކަ ނުދޭނެއެވެ. ކުއްލިއަކަށް މާހީއަށް ހަނދާންވިއެވެ. ރިހާގެ އުފަން ދުވަސް އޮތީ މިއަންނަ ހަފްތާގައެވެ. މިއަންނަ ހަފްތާގެ ހޯމަ ދުވަހެވެ. މޫނު މައްޗަށް ހިނިތުންވުމެއް ވެރިކުރުވަމުން މާހީގެ ނަޒަރު އަނެއްކާވެސް ރިހާގެ ކްލޮޒެޓަށް ހުއްޓާލިއެވެ. އެކި އެކި ކަހަލަ ބޫޓް ތަކުގެ އިތުރުން އެ ބޮޑު ކްލޮޒެޓްގެ އެއްބައި ހަމައެކަނި ރިހާގެ ދަބަސް ތަކާއި ޕާސްތަކަށެވެ. ކޮންމެ އެއްޗެއްވެސް އެ އެއްޗެއްގެ ޙާއްސަ މަޤާމުގައެވެ.

              “ވޯންޓް ސަމްތިންގ؟” ރިހާގެ އަޑަށް މާހީ އެނބުރި ބަލާލަމުން ބުނެލިއެވެ. “ހޫމް… އައި ވޯންޓް ސަމް ގާރލީ ޑްރެސަސް ހިއަރ. އަޑު އެހިންތަ އިވްނިންގ ޑްރެސަސް ކިޔާ އަޑު؟ ކޮކްޓެއިލް ޑްރެސް؟ މެކްސީސް؟ ތި ރޯބް ކަހަލަ ރެޕް ޑްރެސަސް؟” ފުދޭވަރަކަށް ތުނި ނައިޓީގެ މަތިން ލައިގެން ހުރި ކަޅު ކުލައިގެ ދިގު ސެޓިން ރޯބަށް އިޝާރާތް ކޮށް މާހީ ސުވާލު ފައްޗެއްހެން އަހާލިއެވެ. ރިހާ މާހީގެ އެ ސުވާލަށް ޖަވާބު ނުދީ ތުވާލިން އިސްތަށިގަނޑު ހިއްކާލާފައި ތުވާލި އެތާ ހުރި ކޯޓް އަޅުވާ ހަރުގަ އަޅުވާލިއެވެ. “މާހީ ހީކުރީ މިރަށުގަ އުޅޭއިރު ދޮންތަ އެކަހަލަ ހެދުން ނޭޅިއަސް އެޓްލީސްޓް، ބޭރު ޤައުމު ތަކަށް ދާއިރު އެކަހަލަ ތަންކޮޅެއް ގާރލިޝް ހެދުން އަޅާނެ ކަމަށް. ބަޓް ލުކްސް ލައިކް، އައި ވޮޒް ރޯންގް.” ރިހާ ޖަވާބެއް ނުދިނުމުން އިތުރަށް ކްލޮޒެޓް ހާވަމުން މާހީ އިތުރުކޮށްލިއެވެ. “ނޭނގެ އެއްނު ދޮންތަގެ ތިކަހަލަ ކިތައް ކްލޮޒެޓް ދުނިޔޭގެ ކިތައްތާނގަ ހުރިކަމެއް!” ސަމާސާ ގޮތަކަށް ރިހާ ބުނެލިއެވެ. މާހީއަށް އެއީ ސަމާސާއެއްކަން އެނގޭތީ ހީލުމަކުން ފުއްދާލިއެވެ.

              ޑްރެސިންގ ޓޭބަލް ކުރިމަތީގައި އިނދެގެން ހެއަރ ޑްރަޔަރ އިން އިސްތަށިގަނޑު އިތުރަށް ހިއްކާލުމަށް ފަހު ރިހާ ވޫލް ކޮޅަކުން އިސްތަށިގަނޑު އައްސާލަމުން ފަސްޓް އެއިޑް ކިޓް ނަގައިން ނިތްކުރިން ހަލާކުވި ތަނުގައި ބޭސް އަޅަން އުޅެންފެށުމުން މާހީ އައިސް ރިހާ އަތުން އެ އެއްޗެތި އަތުލައި ބޭސް އަޅައިދޭން ފެށިއެވެ. ރިހާ އަށާއި މާހީއަށް އެއްފަހަރާ ކަހަލަ ގޮތަކަށް ބަލާލެވުނީ ޑްރެސިންގ ޓޭބަލް މަތީގައި އޮތް ރިހާގެ ފޯނު ވައިބްރޭޓް ވުމުން އެދިމާލަށެވެ. ޒީޝާންގެ މެސެޖެއްއައީއެވެ. ރިހާ މެސެޖް ހުޅުވާ ބަލާލިއިރު “އާރ ޔޫ އޯކޭ؟” އިނގިރޭސި ބަހުން ލިޔެލާފައި އޮތެވެ. ރިހާ ރަނގަޅު ކަމަށް ބުނެ މެސެޖަށް ޖަވާބު ދިނެވެ. ލޯގަނޑުން ފެންނަން ހުރި ރިހާގެ ސޫރައަށް ބަލަހައްޓައިން ހުރެ މާހީ ރިހާއަށް ގޮވާލިއެވެ. “ދޮންތާ”. “ހޫމް” ރިހާ ވެސް މާހީގެ ސޫރައަށް ބަލާލަމުން ހޫމް އަޅުވާލިއެވެ. “ދޮންތަ ޒީޝާނާ މެދު ދެކެނީ ކިހިނެތް؟” މާހީ ކުރި ސުވާލުން ރިހާ ގާތަށް އައީ ހިންޏެވެ. “ޒީޝާން” ރިހާ އެ ނަން ކިޔާލިއެވެ. “އެކުވެރިއެއް ގޮތަށް. ވަރަށް ރަގަޅު ހުރިހާ ކަމެއްގަ ވެސް ދޮންތައަށް އަޅާލާ ރަޙުމަތްތެރިއެއް އެއީ.” ރިހާގެ ޖަވާބު އައީ މާހީ އުންމީދު ކުރިގޮތަކަށް ނޫނެވެ. “އޯކޭ، ސްޓޮޕް!” މާހީއަށް ނުހުރެވިގެން ބުނެލިއެވެ. “ހަމަ އެކަނި ފްރެންޑެއް ގޮތަށް ތަ؟ ކުޑަކޮށްވެސް ލައިކެއް ނުވޭތަ؟” މާހީގެ ފަހު ޖުމްލައިން ރިހާގެ މޫނުމަތިން ސީރިއަސް ކަން ފާޅުވިއެވެ. އަދި އިށީނދެ އިން ގޮނޑިން ތެދުވެ މަހީއާއި ކުރިމަތިލަމުން ބުނެލިއެވެ. “މާހީ! ކީއްވެ ތި ސުވާލު ތިކުރަނީ؟ ބައްޕަ ބުނީތަ ދޮންތަ ކައިރީ ކައިވެނީގެ ވާހަކަ ދައްކާށޭ؟” ރިހާ ހީކުރީ މަހީ އެ ގޮތަށް ސުވާލު އެކުރަނީ ނަސީރު ބުނެގެން ކަމަށެވެ. ނަސީރު އަބަދުވެސް ރިހާގެ ކައިވެނި ކުރުވަން ބޭނުންވާކަން ހަނދާންވެފައެވެ.

              މާހީ ދެފަރާތަށް ބޯ ހޫރުވާލިއެވެ. އަދި ބުންޏެވެ. “އޯކޭ، މައްސަލަ އެއް ނެތް. އެއީ ހަމައެކަނި ދޮންތަ ގެ އެކުވެރިއެއް. އެކަމު ޒީޝާން ދޮންތަ އާއި މެދު ދެކެނީ ކިހިނެއްކަމެއް ދޮންތައަށް ކިހިނެތް އެނގެނީ؟” މާހީ ގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ރިހާ ދެންފެށީ އެހެން ވާހަކައެކެވެ. “ދޮންތަ ވެސް މީ ޒީޝާންގެ އެކުވެރިއެއްނު؟ އެހެންނޫނަސް، މާހީ ކީއްކުރަން ދޮންތަ އާއި ކުރާހާ ސުވާލުތަކެއްތަ؟ ޒީޝާން އެއީ މާހީގެ ޑްރީމް ބޯއީ އެއް ނު؟!” ރިހާ އެހެން ބުނުމުން މާހީގެ މޫނުމައްޗަށް ރަތް ކުލަ ވެރިވެގެން ދިއުމުން ރިހާ ހިނިތުންވެލިއެވެ. “ދޮންތަ އަށް އެނގޭ މާހީ އަށް ޒީޝާން ކަމުދާކަން.” ރިހާއަށް އެކަން އެނގުނު ގޮތެއް މާހީ ހޯދަންބޭނުންވިއެވެ. މާހީ އެހެން އެހުމުން ޖަވާބުގައި ރިހާ ބުނީ އެދުވަހު މާޔާ ގާތު މާހީ އެވާހަކަ ދެއްކި އިރު ރިހާއަށް އަޑުއިވުނީ ކަމުގައެވެ. ރިހާ އެހެންބުނުމުން ހިނގަނޑެއް ޖަހާލަމުން މާހީ ބުނީ އެއީ ހަމައެކަނި ކްރަޝްއެއް ކަމަށެވެ. ފިލްމުތަކާއި ސީރީޒް ތަކުން ފެންނަ މީހުން ރީތިވެގެން އެމީހުނަށްވެސް މާހީގެ ކްރަޝް އޮންނަކަމަށް ބުނަމުން މާހީ ބުނީ ޒީޝާން ކަމުދިޔައަސް އެއީ ލޯބި ނޫންކަމަށެވެ. އެހެންނޫނަސް ޒީޝާން ލޯބި ވަނީ ރިހާ ދެކެ ކަމަށެވެ.

          .ކީކޭ؟” މާހީ އެބުނި އެއްޗަކުން ރިހާގެ ދެލޯ ބޮޑުވެގެން ދިޔައީ މާހީ ބުނީ ތެދެއްކަން ޤަބޫލު ނުކުރެވިގެންނެވެ. ދެވަނަ ސިކުންތުގައި އެ މޫނުމައްޗަށް ނުތަނަވަސްކަން ވެރިވެގެންދިޔައެވެ.

===(ނުނިމޭ)===

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Tags:

ލޯބި، ހިތާމަ

Share Article

Follow Me Written By

Raina

Level 110 Stories

Other Articles

Previous

ދީވާނާ ލޯބިން ވެއްޖޭ. . [4]

Next

ދީވާނާ ލޯބިން ވެއްޖޭ. . [5]

Next
April 23, 2014

ދީވާނާ ލޯބިން ވެއްޖޭ. . [5]

Previews
April 22, 2014

ދީވާނާ ލޯބިން ވެއްޖޭ. . [4]

5 Comments!

  1. aju says:
    April 23, 2014 at 2:13 am

    Vaahaka kithanmehaaves reethi , ekamu raina kihine thihadhanee , mahaku 1 faharuves up nuvey,v dhera

  2. ramy says:
    April 23, 2014 at 8:16 am

    vaahaka v v v v v salhi ekamak keehkuraany kohmefaharak upload mikureveny kureege partthah hadhaanetheyhaa dhuvaskohfa heekurah dhen ehen nuvaanekamah plx pl plx plx plx plx upload kohdheyba avahah

  3. ma says:
    April 23, 2014 at 9:16 am

    mihaaru mivaahaka kiyan foohi vejje

  4. shai says:
    April 24, 2014 at 3:37 pm

    knirakutha up kurany

  5. Visha says:
    April 25, 2014 at 12:08 am

    …..Varah reethee.. Haadha lahunney up kuranee varah vai

Comments are closed.

Next Episodeހިތް ނުރޮއްވާ… (21)←


All Right Reserved!