Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޅަކުއްޖާ (ފަހުބައި)

yoona Level 110 Stories
April 23, 2014 2 Mins Read
11 Comments

ފަތިހުގެ އަލިވާންފެށުމާއެކުގައި އަހަރެން ހޭލައިގެން ދުވަހުގެ މަސައްކަތަށް ފެށީމެވެ. މިއަދު އަހަރެން މިހުންނަނީ ވަރަށް ހިތްހަމަޖެހިފައެވެ. އެއީ ރޭގައި ކަންތައް ހިނަގައިދިޔަ ގޮތުންނެވެ. މިހާރު ހަމަ ޔަޤީނުންވެސް އެހެންމީހުންނަށްވެސް އަހަންނަށް އިވޭ އަޑުތައް އިވޭކަން އަހަންނަށް ޔަޤީނެވެ. ދެން އަހަރެން ނިންމީ ގެއިން ކޮންމެސް މީހަކާއި ހިއްސާކުރާށެވެ. ހެނދުނުގެ ސައިގެ ކަންތައް ނިންމާލާފައި ގޯތިތެރޭގައި އިން ޖޯލޮފަތީގައި އަހަންނާއި ދައްތަގެ ފިރިހެން ދަރިފުޅު އިނދެގެންއުޅޭ ކުއްޖާއާއި ދެމީހުން ވާހަކަ ދައްކަން ތިބެފައި އަހަރެން އެއްކަލަ ވާހަކަ ދައްކަން ފެށީމެވެ. ފުރަތަމަ ރޭގައި ކަންތައް ހިނގައިދިޔަ ގޮތުން ފެށިގެން ރޭގެ ކަންތައް ވީ ގޮތާއި އެއްކޮށް ކިޔާދިނީމެވެ. އަދި ރޭގައި ފިރިމީހާއަށްވެސް ކޮންމެސް ވަރަކަށް އެއަޑުތައް އިވުނު ވާހަކަވެސް ބުނީމެެވެ. އަހަރެން މިވާހަކަތައް ކިޔާދީ ނިމުމުން އޭނަ ބުންޏެވެ.

“މިގެއިން ކުޑަ ކުއްޖަކު ފެންނަވާހަކަ އަހަރެން އަޑު އެހީން” އޭނައަށް އެވާހަކަ ކިޔާދިން އިރު އަހަރެން ހީކުރީ އޭނަ އެވާހަކަ ޤަބޫލުނުކުރާނެކަމަށެވެ. އޭނާއަކީ ދުންގުޑުގުޑާ ބޯ މީހެކެވެ. އޭނަ ދުންގުޑުގުޑާ ބޯން އަވަށްޓެރި ގެއަކަށްގޮސް އުޅެއެވެ. މިހެން ގޮސް އުޅުމުގެ ތެރޭގައި އޭނާއަށްވަނީ މިގެއިން ކުޑަ ކުއްޖަކު ފެންނަކަމުގެ އަޑު އިވިފައެވެ. އަހަރެން ފަރަށް ހައިރާންވެފައި އެހީމެވެ.

“އެހެންތަ؟ އެކަމަކު އެކަކުވެސް އަހަރެން ކައިރީގައި ނުބުނީ ކީއްވެ؟” އަހަރެން ކުޑަކޮށް ހިތްހަމަ ނުޖެހިފައި އަހާލީމެވެ.

“އާދެބަލަ” އޭނަ މިހެން ބުނެފައި މަގޭ އަތުގައި ހިފައިގެން ގެއިން ބޭރަށް ނުކުތެވެ. އޭރު މަގުމަތީގައި ބާރަ ތޭރަ ވަރަކަށް އަހަރަށްދާ ދެ ފިރިހެންކުދިން ކޮންމެވެސް ވާހަކައެއް ދައްކަން ތިއްބެވެ. މީނަ މިތަނުން ކުއްޖަކަށް ގޮވާލިއެވެ.

“ކޮއްކޯ ކިޔާއަޑު އަހަންތަ މިގެއިން އެއްޗެެއް ފެންނަވާހަކަ؟” އެކުއްޖާ ކައިރިއަށް އައުމުން އޭނާ އަހާލިއެވެ. އެތަނުން އެއްކުއްޖަކު ވަރަށް ހަމަޖެހިލާފައި ބުންޏެވެ.

“އާން…ފެނެޔޭ ކިޔާ ކުޑަ ފިރިހެން ކުއްޖެއް…”

“ކިހިނެއް ތިކުދިންނަށް އިނގުނީ ” އަހަންނަށް ނުހުރެވިގެން ސުވާލުކުރީމެވެ.

“އެއީ ވަރަށް ގިނައިން ކިޔާ އަޑުއަހަން ތިގޭގައި އުޅޭ މީހުންނަށް ކުއްޖެއް ފެނެޔޭ”

“އާން ދެން އެންމެ ރަނގަޅު ތިކުދިން ދިޔަޔަސް…………..ކޮބާ އަހަރެން ބުނީމެއްނުން” އޭނަ އަހަންނަށް ބަލާލަމުން ބުންޏެވެ. ދެން އަހަރެމެން ދެމީހުން އެނބުރި ޖޯއްޔަށް ދިޔައިރު ދައްތައާއި ގޭގައި އުޅޭ އެހެން ކުދިންވެސް ޖޯލީގައި ތިއްބެވެ. އެންމެ ކުޑަ ދެކުދިން ގޭތެރެއަށް ފޮނުވާލާފައި ދައްތައަށް އަަހަރެންނަށް ދިމާވެގެން އުޅޭ ކަންތަައް ކިޔާދިނީމެވެ. ދައްތަ ވަރަށް ބިރުގަތެވެ. އަދި ހިތްހަމަވެސް ނުޖެހުނެވެ. އެއީ މިހުރިހާ ދުވަސްވީއިރު އަހަރެން އެވާހަކަ ނުބުނެ ހުރީމައެެވެ.

އަހަރެންގެ ފިރިމީހާގެ ބައްޕަ، އަހަރެންގެ ބަފާބެއަކީ ފަންޑިތަ ހަދާ މީހެކެވެ. އަހަރެން ގަޞްދުކުރީ އޭނަގެ އެހީ ހޯދައިގެން މިކަމަށް އަލިމަގެއް ހޯދޭތޯ ބަލާށެވެ. އޭނާ އަކީ ޖިންނި އަވަލާފައިތިބޭމީހުން ރަނގަޅުވެސް ކުރާ މީހެކެވެ. އެހެންވެ މާބޮަޑަށް ގޯސްނުވަނީސް އަހަރެން އޭނަގެ ގާތަށް ދިޔައީމެވެ. އަހަރެން އެގެއަށް ދިޔައީ އިޝާނަމާދުން ދަންވި ފަހުންނެވެ. އޭނަ ހުންނަ ގެއަށްގޮސް އަހަންނާ ދިމާވެގެން އުޅޭ ކަންތައް އޮޅުންފިލުވައި ދިނީމެވެ. އޭނަ ވަރަށް ވިސްނަން ހުރެފައި ބުނީ މާދަމާ އަންނާށޭއެވެ. އަހަރެން އަނެއް ދުވަހު ހެނދުނުު ހެނދުނާ ދިޔައީމެވެ. އަހަރެން ދިޔުމުން މާބޮޑަށް ކަންބޮޑު ނުވުމަށް ބުންޏެވެ. އަދި އެއީ ޖިންނި ފަރާތު ކަމެއް ނޫންކަމަށްވެސް ބުންޏެވެ.

“ތީ ތަފާތު މުޅިން އެހެންކަމެއް……އަދި ތިކަމަށް އޮތް ހައްލަކީ ތިގެއިން ނުކުތުން..” ބައްޕަ ބުންޏެވެ.

އަހަރެން ސުވާލުކުރީމެވެ. “ގޭގައި އެންމެން އުޅެނިކޮށް ހަމައެކަނި އަހަންނަށް ފެންނަންވީ ކީއްވެގެން”

ބައްޕަ ބުނީ އެއީ އަހަރެމެން ނިދާ ކޮޓަރިތެރޭގައި ހިނގާފައިވާކަމެއް ކަމަށެވެ.  އަދި އެއީ މީގެ އެތަށް އަހަރެއްގެ ކުރިން ދެމީހަކު ކޮށްފައިވާ މުޑުދާރު ޢަމަލެއްގެ ސަބަބުން ދުނިޔެއަށް އަންނަން އޮތް ފުރާނައެއް ނުހައްޤުން މަރާލާފައިވާތީ ވާކަމެއްކަމަށާއި އެކަން ހިނގާފައިވަނީ އަހަރެމެން ނިދާ ކޮޓަރީގައި ކަމަށެވެ. ދެން އޮތް ހަމައެކަނި ގޮތަކީ ގެއިން ނުކުތުން ކަމަށާއި، އެހެން އެެހެން އެއްވެސް ހައްލެެއް ނޯންނާނެކަމަށެެވެ. އަދި އެކަމާއި ފިކުރު ކުރާނެކަމެއް ނެތްކަމަށާއި އެކަމުންއެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭނެކަމަށެވެ. އަނެއްކާވެސް އަހަރެން ސުވާލުކުރީމެވެ.

“ކުއްޖާ ފެންނަ ސަބަބަކީ ކޮބާ؟..”

ބައްޕަ ބުނީ އެއީ އޭނަ ބޭނުންވަނީ އޭނައަށް ވެގެންދިޔަގޮތް އެހެންމީހުންނަށް އަންގަދޭންކަމަށެވެ. އަދި އެހާދިސާވަނީ އަދި އަދަށްވެސް ސިއްރުވެފައެވެ. އެހެންވެ އެކަން ހާމަކޮށްދޭން ބޭނުންވަނީކަމަށެވެ. މިދުވަހު އަހަރެން ގެއަށް އައިސް ވަރަށް ވިސްނީމެވެ. ބައްޕަ އެބުނީ ތެދެއް ހެއްޔެވެ. އެކަމަކު މިކޮޓަރީގައި އުޅެނީ އަހަރެން އެކަންޏެއްވެސް ނޫނޭވެ. އެހެންމީހުންނަށްވެސް އިވެންޖެހޭނެނޫން ހެއްޔެވެ. ފެންނަންވެސް ޖެހޭނެ ނޫންހެއްޔެވެ. ކުރިންރޭ ނޫނީ އަދި އެހެންމީހަކަށް އެއަޑުތައް އިވިފައެއް ނުވެއެވެ. އެހެންވިއްޔާ މިހާރެކޭ އެއްގޮތަށް ކުރިންވެސް ރަށްމެދަށް ވިހާކުދިން މަރާ އުޅޭތާއެވެ. އެއްފާފަކޮށް އެވަރުން ނުވެގެން އެއަށްވުރެ ބޮޑުފާފަ ބޮލުގައި އަޅާމީހުންވެސް މަދެއް ނޫނެވެ. މިމީހުން ހިތުން ދުނިޔޭގެ ލަދުން ސަލާމަަތްވެވުނީމައި އެނިމުނީއެވެ. އެކަމަކު އެހެންނެއްްވެސް ނުވާނެއެވެ. ދުނިޔޭގެ ލަދުން ސަލާމަތްވެވިދާނެއެވެ. އެކަމަކު އާޚިރަތުގެ ޢަޛާބުން ސަލާމަތްވެވޭނެހެއްޔެވެ. އޭގެ ދެތިން ދުވަސްފަހުން އެހެންގެއަކުން ކޮޓަރިއެއް ކުއްޔަށް ހޯދައިގެން އަހަރެމެން  އެގެއިން ނުކުތީމެވެ. ބައްޕަ ބުނީ ތެދެކެވެ. ގެބަދަކުވުމުން އެކަންތައްގަނޑުން ސަލާމަތްވެސް ވެވިއްޖެއެވެ. އެހެނަސް އަބަދުހެން އެތުއްތު ކުއްޖާގެ ހިތާމަވެރި ސޫރަ އަހަރެންގެ ހަނދާނުގައި ހުރެއެވެ.

Share Article

Follow Me Written By

yoona

Level 110 Stories

Other Articles

Previous

ދީވާނާ ލޯބިން ވެއްޖޭ. . [5]

Next

އޯގާވީ ހިތަކުން…19

Next
April 24, 2014

އޯގާވީ ހިތަކުން…19

Previews
April 23, 2014

ދީވާނާ ލޯބިން ވެއްޖޭ. . [5]

11 Comments!

  1. GuDuMeena says:
    April 23, 2014 at 10:25 pm

    kuru. . ekamaku mi part v. reethi. . v.bodah liyunmuge kuh thah islaahu koffa hurikan faahaga kurevey. . 😀 thanks alot. .

    1. yoona says:
      April 24, 2014 at 9:42 am

      thankx meena

  2. Satan says:
    April 24, 2014 at 9:20 am

    dhn ok dhw

  3. bubbles says:
    April 24, 2014 at 7:30 pm

    Nice story 🙂

  4. Semyy says:
    April 25, 2014 at 10:33 am

    Varah salhi. Ekamaku maa avahy nimunuleh.

  5. nihaa says:
    April 30, 2014 at 3:09 pm

    varah reethi

  6. yaameen says:
    August 6, 2014 at 9:23 pm

    oooooooooooooooooooooooooooooooooooooooooooooooh baraabaru:)

  7. shahiya says:
    August 26, 2014 at 2:14 pm

    reethi ekm vs thankolhe kury 🙂

  8. Sabaa says:
    June 8, 2018 at 7:31 pm

    Vrh reethi… I luved the story. But too short❤️❤️❤️

  9. zodaaaaaa says:
    September 16, 2018 at 7:28 pm

    maashaa allah …… v reeti

  10. Axooru says:
    June 23, 2019 at 10:39 am

    Reethi vaahaka eh

Comments are closed.



All Right Reserved!