ހީވެސް ނުކުރަމެވެ. (01)
އަހަންނަށް ވިސްނެއެެވެ. ކަންތައްތަކާއި ވަރަށް ފުންކޮށް ވިސްނާ މީހަކަށް އަހަރެން ވާނެއެވެ. އެއީ އަހަރެންގެ ދިރިއުޅުމުގެ ފަލްސަފާއެވެ. އަހަންނަކީ ނަވާރަ އަހަރުވެފައިވާ އަންހެން ކުއްޖެއްކެވެ. އަހަންނަށް ޤުދުރަތުން ދެއްވާފައިވާ ރީތިކަމަށް އަހަރެން ފަޚުރުވެރިއެއް ނުވަމެވެ. އެކަމަށް އިންތިހާޔަށް ޝުކުރު ކުރަމެވެ. އަހަރެންގެ ދުޢާއަކީވެސް އަހަރެންގެ ރީތިކަމަކީ އަހަންނަށް އުދަނގުލަކަށް ނުވުމެވެ.
ތެދެކެވެ. ދުނިޔޭގައި ދުވަސްތައް ވޭތުކުރާއިރު ތަފާތު މީހުންނާއި ދިމާވާނެއެވެ. ތަފާތު މިޒާޖުގެ މީހުންނެވެ. ހިތްހެޔޮ މީހުންނާއި ނިޔަތް ނުބައި މީހުންނެވެ. ސަމާސާ މިޒާޖުގެ މީހުންނާއި ސީރިއަސް މީހުންނެވެ. މިގޮތުން އަހަންނަކީ ދިރިއުޅުމުގައި ސީރިއަސް މީހެއްކަމަށް އަހަރެން ނިންމީމެވެ. ކަންކަމާއި ކުރިމަތިލާ ވާހަކަދައްކާއިރު ފުންކޮށް ވިސްނުމަކީ އަހަރެންގެ އާދައެކެވެ. އެކަން އަހަރެން އަބަދުވެސް ހަނދާން ބަހައްޓަމަވެ.
“ކޮންތާކު؟ ނެތްތަ ދިމާކޮށްލެވޭކަށް؟” ޙިޔާލު ތަކުގެ ތެރޭގައި އޮއްވާ އަޔާން އަހަންނަށް ގުޅިއެވެ.
” ވަރަށް ބިޒީ.” އެހެން ބުނުމަށް ފަހު އަހަރެން ފޯން ކަޑާލީމެވެ.
ދެން އައީ އަޔާންގެ މެސެޖެކެވެ. އެކަން އެހެން ވާނެކަން އަހަންނަށް އެނގެއެވެ. އަޔާން އަކީ އަހަންނަށް އެއް ކުލާހެއްގައި ކިޔެވި ކުއްޖެކެވެ. އާދައިގެ ޢާއިލާއަކަށް ނިސްބަތްވާ މަޑުމައިތިރި ކުއްޖެކެވެ. ކިޔަވަން ވަރަށް މޮޅުވާނެއެވެ. ގުރޭޑް އަށަކުން ފެށިގެން އަޔާން އަހަންނާއި ދޭތެރޭގައި ލޯބީގެ ނަޒަރުން ދެކޭކަން އަހަންނަށް އިނގެއެވެ. ފާއިތުވި އަހަރެންގެ ކޮންމެ އުފަންދުވަހެއްގައި އަޔާން ފޮނުވާފައިވާ މާބޮނޑިތަކާއި ލޯބީގެ ކާޑުތަކާއި އަދި ހަދިޔާތައް މިކަމަށް ހެއްކަކަށް ފުދެއެވެ. އެކަމަކު އަހަރެންގެ ހިތުން އަދި އަޔާންއަށް ލޯބީގެ ޖާގައެއް ދޭކަށް ނުވިސްނަމެވެ. ކަންތައްތަކާއި އެހާ އަވަސް އަރުވާލުމަކީ ވިސްނާ މީހުންގެ އާދައެއް ނޫނެވެ. ގިނަ ފަހަރަށް އަވަސް އަރުވާލުމުން އަވަހަށް ލިބޭ ގެއްލުންވެސް ބޮޑެވެ.
” ހިނގާ ކާންދާން؟” އަޔާންގެ މެސެޖުގައިވަނީ އެހެންނެވެ.
” ނޯ މޫޑް” އަހަރެން ރިޕްލައި ފޮނުވާލީމެވެ.
ކުޑަ އިރުކޮޅެއް ފަހުން އަޔާން އަހަންނަށް ގުޅިއެވެ.
” ކޮބާތަ މައްސަލައަކީ؟” ރުން ކުރު ރާގަކަށް އަހަރެން ބުނީމެވެ.
” މައްސަލައަކީ ނުހާ އާއި ދިމާނުވާތީ؟ މިވަރަށް ލޯބިން އުޅޭ އިރުވެސް ނުހާއަށް ހީނުވޭ ކަމެއް ވާހެންވެސް. ދެން ބޮޑާ ނުހާކާ ހިނގާބަލަ ޑައިނަމޯއަށް ކާންދާން. ޕްލީޒް. ޕޮލީޒް.” އަޔާން ކުޑަކުއްޖެއްހެން އާދޭސްކުރަން ފެށިއެވެ.
” އޯކޭ. ތައްޔާރުވެގެން މިގުޅަނީ.” އަހަރެން ފޯން ބޭއްވީމެވެ.
އަހަރެން ތައްޔާރުވެގެން ގެއިން ނިކުތް އިރު އަޔާން އިނީ ސައިކަލުމަތީގައި އިށީނދެގެން އިންތިޒާރުގައެވެ.
” އަވަހަށް އަރާ؟” އަހަރެން ފެނުމާއިއެކު އަޔާން ބުނެލިއެވެ.
” އެހާ ބާރަށް ނުދުއްވާތީ!؟” ސއިކަލު ފަހަތަށް އަރަމުން އަހަރެން ބުނީމެވެ.
އަޔާން މަޑުމަޑުން ސައިކަލު ދުއްވާލިއެވެ. އަހަރެންގެ ގެ ހުންނަ ހިސާބުން މަޑު ދުވެލީގައި ޑައިނަމޯއަށް ދެވެން ނުވަ މިނިޓް ނަގާނެއެެވެ. އެހެންވެ މާ ބާރަށް ސައިކަލު ދުއްވުމުގެ ބޭނުމެއްނޯންނާނެެއެވެ. އެކަން އަޔާނަށް ވިސްނޭނެހެން އަހަންނަށް ހީވެއެވެ.
އަޔާން މަޑުމަޑުން ސައިކަލު ބާރަށް ދުއްވަން ފެށިއެވެ. ދެން ކުއްލިކުއްލިއަށް ބުރަކި ޖައްސަންފެށިއެވެ. ބުރަކި ޖައްސާ ކޮންމެ ފަހަރަކު އަހަރެން ގޮސް އަޔާންގެ ގައިގައި ޖެހެއެވެ. އެކަމާއި އަހަރެން އިނީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. އެކަމަކު އަޔާންގެ ގައިގައި ޖެހިލާ ކޮންމެ ވަގުތަކު އަޔާން ހިނިގަނޑެއް ޖަހާލިއެވެ.
” ދެން ތިގޮތަށް ދުއްވާކަމުގައިވާނަމަ، ދުވަހަކުވެސް ތިސައިކަލުގެ ފަހަތަކަށް ނާރާނަން.” ޑައިނަމޯ ކައިރީގައި ސައިކަލު ޕާކްކުރުމުން އަހަރެން ބުނީމެވެ.
” ސޮރީ. ދެން އެހެނެއް ނުވާނެ. އެކަމަކު ހާދަ ފިރިހެނުންނެއް ދީމާއަށް ބަލައޭދޯ.” އަޔާން ބުނެލިއެވެ.
” ދެން އޯކޭ.” އަހަރެން ދިނީ ކުރު ޖަވާބެކެވެ.
18 Comments!
Comments are closed.

HADHA KUREY MI VAHAKA , NEXT PART THAHKOLHEH DHIGUKON GENES DHECHY
Meega ulhey “aharen” ge name aky nuha tha nuny dheema tha??
BTW Starting is very nice.
Hope this will be an awsome story.
Good luck abaanas. 🙂
Mi stry ga vaanuvaa eh neyge. Confuse vefa mihuri. Nuha aky kaaku. Dheema aki kaaku. Than kolheh details kon genes deebala
reethikanmeh ney :>
haadha kurey
Vaahakaige feshun kamudhey. Dhen first person ge gothun liyaairu ves kiyuntherin nah first person ge name aa ekahala ehchehi saafukoh genesdheefa othun muhimmu vaahaka kuriyah dhaa varakah. Kommehen first part ga first person ge hurihaa mauloomath eh himenun majbooreh nuvaane. Ehen veema thankolheh visnaalaafa dhevana
Faharah ves bai check kohlaafa up kurun muhimmu mistakes thah ragalhu kohfa.
delay vumeh nethi mi vaahaka up vamun dhaane kamah ummeedh kuran.
assu miee testakah liyaa vahakaeah… aamukh vahaka liyany dhivehivahakasitah.
thank you all..
bala nula upload kolevuny..
sorry all
.. bye
Aa ekam kiyuntherin mihaaru thi beyny disappoint vefa. Dhen faharakun testakah viyas thi kahala kanthah nukurahchey.
anyways, musthagbaluga abaans ge vaahaka eh fennaa ne kamah umeedh kuran.
anen hen mi vaahaka goaheh noon.
so ei mistakeh viyya u can edit n change it, so do it soon 🙂 story heevany rangalhu hen, bt thankolheh kuru v ma nenge maa bodu ehchekey bunaakah 🙂
pass word change kuran beynun. need help from the website operator. pls email me the link to change my password. de kameah vany password change kohfa. thank you…
Abaans athoo ves login nukurevigen mihaaru password change kohfa mi comment kurany..
register bayah gosfa password change kohlaa. Faharehga hama ekani password change kohgen register nuvevidhaane.
faharehga email address ves change kuran jehidhaane. Athoo try kohfa mibuny.
Den mi sitega liyany kihineah.. Password reset kuran hadane gotheah., hedeyne gotean neyge….
Abaans mihaaru thi hury logout vefa ehnu dhw. Dhen hadhan jeheyne gothaky site ge mathy bar ga ein logout dhivehi bahun liyefa innaany, eah fithaalaa.
Dhen innaany login ehen araafa. Dhen eah fithaala. Eyrun araane name aa password jahan. Dhen edhe baige thi reega innaane register aa password hadhaan nethu neetha
Ehen araafa.
dhen fithaany password hadhaan.. ehen jahaafa in thanah. Eyrun araany username or email jahan. Dhen abaans mi vaahaka up kuran register vi iru jehi email address or name jahaany.
Dhen fithaany password reset ehen jahaafa in kalhu thanah.
evarun ves password ge mahsala ah hahleh nainama
Dhen register ebayah fithaa.
abaans ge name change kuran beynun noon nama “abaans.” Or “abaans..” or “abaan” mi thin namun kure nameh jehidhaane. Athoo ves hedhy ehen.
eahfahu email eh jahaa. E valid vaan vaane. Beynun kurevey email akah vaan vaane.
dhen aa password eh jahaa.
Phone no kommehen nujehiyas register veveyne. Ethaaga – mihen jahaa.
Problem solved.
anekaa alun registry vegen kuriah gendeveythow mi balany.////////