Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މިޙަޔާތާ ދުރުނުވޭ (11ވަނަބައި)

Eemyaa Level 810 Stories100 Comments100 Login500 Comments100 Stories500 Login
January 22, 2015 6 Mins Read
16 Comments

“އޭ ހެލޯ… ކާކުތަ ބުނީ ޒަޔާން ގާތު އަހަރެން ބަލާ އަންނާށޭ…؟؟ ގައިމު އަހަންނެއް ނުބުނަން…” ނަޝްވާ ދަތްކުނޑިވިކާލަމުން އަހާލިއެވެ.

“ކަމަނާގެ ބޭބެއަށް ބަލާއާދެވެން ނެތިގެން އަހަރެންގާތު ގޮސްދޭށޭ ބުނީމަ އަހަރެން މިއައީ… ދެންވެސް އަރަންވީނު ދޯ…” ޒަޔާން މިހެން ބުނުމުން ނަޝްވާ ޒަޔާންއާއި ދިމާއަށް ވައްތަރު ޖައްސާލަމުން ޒަޔާންގެ ސައިކަލްގެ ފަހަތަށް އެރިއެވެ.

“ކޮންތާކަށްތަ ދާންވީ..؟؟” ސައިކަލް ދުއްވާލަމުން ޒަޔާން އަހާލިއެވެ.

“އޭޑީކޭ ހޮސްޕިޓަލްއަށް… އުހުން… އޭގެ ކުރިން އަހަރެންބޭނުން މާ ވިއްކާ ފިހާރައަކަށް ދާން…” ވިސްނާލަމުން ނަޝްވާ ބުނެލިއެވެ. ޒަޔާން މިސްރާބުޖެހީ ލޯލާ ފިހާރައާއި ދިމާއަށެވެ. ފިހާރައަށް ވަދެވުމާއިއެކީ އެކިކަހަލަ މާތަކުން ދުވި މީރުވަހުން ނަޝްވާއަށް ނޭވާ އެތެރެއަށް ދަމާލެވުނެވެ.

“ޕިސް ޕިސް މިތާ ނޭފަތް އެތެރެއަށް ދަމަން ހުރީމަ މާ ގަނެވޭތަ..؟؟” ހުއްޓުންއަރާފައި ހުރި ނަޝްވާގެ ބޮލުގައި އަތުން ޖަހާލަމުން ޒަޔާން ބުނެލިއެވެ. ނަޝްވާ ޒަޔާނަށް ލޯއަޅާލަމުން އެއްޗެއް ބުނަން އަނގަހުޅުވާލިވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ތަންކޮޅެއް ދުރުގައި ހުރި ރަތްކުލައިގެ ކާނޭޝަން މާތަކެވެ. ވާހަކަ ދެއްކުމުގެ ބަދަލުގައި އޭނާ ދިޔައީ އެމާތަކާ ދިމާއަށެވެ. ޒަޔާންވެސް ދެފަރާތަށް ބޯހޫރާލަމުން އެދިމާއަށް ދިޔައެވެ.

“ކާކަށްތަ މާ ދޭންވެގެން ތިއުޅެނީ…؟؟؟” ކާނޭޝަން މާތަކުގައި ފިރުމަމުން ދިޔަ ނަޝްވާއަށް ބަލަން ހުރެ ޒަޔާން އަހާލިއެވެ.

“އަހަރެންގެ ބީއެފް އަށް… ކިހިނެއްވީ…؟؟” ފަރުވާކުޑަ ގޮތަކަށް ނަޝްވާ އަހާލިއެވެ.

“ނަޝް ގެ ބީއެފް އެއްވެސް ހުރޭތަ..؟؟” ޒަޔާން އަހާލިއެވެ. ނަޝްވާ އެހެން ބުނުމުން ޒަޔާންގެ ހިތަށް އުނދަގޫވިއެވެ. ބަލަބަލާ ހުއްޓާ ތެޔޮނާށި ކާޅު ޖަހައިގަނެގެން ދިޔަ ކަހަލަ އިހުސާސެއް އޭނާއަށް ކުރެވުނެވެ.

“ޒަޔާންއަކަށް ނޭނގޭތަ…؟؟ އަހަރެން ހީކުރީ އެނގޭކަމަށް….” ލާނެއް ގޮތަކަށް ހީލަމުން ނަޝްވާ ބުނެލިއެވެ. ޒަޔާން ވަކިއެއްޗެއް ނުބުނެ ހުރީއެވެ. ދެން ނަޝްވާ މިސްރާބު ޖެހީ އެތާހުރި ރެޑްރޯޒްތަކާ ދިމާއަށެވެ. އަދި އޭގެން މާބޮނޑިއެއް ހެދުމަށް އެތާހުރި ކުއްޖާ ގާތު ބުނެފައި އަނެއްކާވެސް އައިސް ކާނޭޝަން މާތަކުގައި ފިރުމަން ފެށިއެވެ.

“ތީތަ ނަޝްއަށް އެންމެ ރީތި މަލަކީ..؟؟” ޒަޔާން މިހެން އެހުމުން ނަޝްވާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އޭގެ އިރުކޮޅެއް ފަހުން މާބޮނޑި ތައްޔާރުވުމުން އެ ހިފައިގެން އަނެއްކާވެސް ނަޝްވާމެން މިސްރާބުޖެހީ އޭޑީކޭއަށް ދިއުމަށެވެ.

“ތޭންކްސް… އަހަރެން ދާންވީމަ ގުޅާނަން…” އޭޑީކޭ އަށް އާދެވުމުން ސައިކަލުން ފައިބަމުން ޒަޔާންއަށް ނަޝްވާ ބުނެލިއެވެ. އަދި އެތެރެއަށް ދިއުމަށް ހިނގައިގަތެވެ.

“ނަޝް….” ނަޝްވާއަށް ދެފިޔަވަޅުވެސް ނޭޅެނިސް ޒަޔާން ގޮވާލިއެވެ. ނަޝްވާ ޒަޔާންއަށް ބަލާލިއެވެ.

“ހިނގާ… އަހަރެންވެސް ދާނަން… ނަޝާމް އަހަރެންގާތު ބުނީ ނަޝް އެކަނި ދޫކޮށްލާފަ ނާންނާށޭ… އެހެންވީމަ ނަޝްއެކަނި މިތާ ބަހައްޓާފަ ދިޔައީމަ ނަޝާމް ރުޅިއަންނާނެ…” ސައިކަލް ޕާކުކޮށްލާފައި އައިސް ނަޝްވާގެ ގާތުގައި މަޑުކޮށްލަމުން ޒަޔާން ބުނެލިއެވެ.

“ޕިސްޕިސް.. މިބޭބެމެންނާއި ހެދި އަހަންނަކަށް އެއްވެސް ތަނަކަށް ދެވޭކަށް ނޯންނާނެ… ހީވަނީ އަހަރެން މީ ކުޑަކުއްޖެއްހެން… ދެން މިޖެހުނީ ބޮޑީގާޑެއް ފަހަތަށް ލައިގެން އުޅެން…” ދެފަރާތަށް ބޯހޫރާލަމުން މިހެން ބުނެފައި ނަޝްވާ ހިނގައިގަތެވެ. ޒަޔާންވެސް އޭނާގެ ފަހަތުން ދިޔައެވެ. ޒަޔާން ބޭނުންވީ ނަޝްވާ ރައްޓެހިވެގެން އުޅޭ ކުއްޖާ ބަލާލާށެވެ.

ނަޝްވާ މިސްރާބު ޖަހާފައިވަނީ ޕްރައިވެޓް ރޫމްތަކާ ދިމާއަށެވެ. އެތަނުން ރޫމެއްގެ ކުރިމައްޗަށް ހުއްޓި ދޮރުހުޅުވާލި ވަގުތު ޒަޔާންވެސް އެތެރެއަށް ވަންނަން އުޅުމުން ނަޝްވާ ދޮރު ލައްޕާލުމަށްފަހު ޒަޔާންއާއި ކުރިމަތިލިއެވެ.

“ޒަޔާން އެތެރެއަށްވެސް ވަންނާނަންތަ…؟؟؟” ދެލޯ ބޮޑުކޮށްލަމުން ނަޝްވާ އަހާލިއެވެ.

“ހޫމް… އެތެރެއަށްވެސް ވަންނާކަށްނު ޖެހޭނީ… ނަޝާމް ބުންޏޭ އެންމެ ވަގުތުކޮޅަކަށްވެސް ނަޝްގާތުން ދުރަށް ނުދައްޗޭ…” ދެޖީބަށް އަތްޖަހާލަމުން ޒަޔާން ބުނެލިއެވެ. ނަޝްވާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު އެތެރެއަށް ވަނެވެ. އޭނާގެ ފަހަތުން ޒަޔާންވެސް އެތެރެއަށް ވަނެވެ.

އެތެރެއަށް ވަންގޮތަށް ޒަޔާނަށް ބަލާލެވުނީ އެނދާއި ދިމާއަށެވެ. އެނދުމަތީގައި އޮތް ލުޔޫނާ ފެނުމުން ޒަޔާންގެ ނިއްކުރިއަށް ކުދި ރޫތަކެއް އަރައިގެން ދިޔައެވެ.

“ގެޓް ވެލް ސޫން….” ހީލަމުން އަތުގައި އޮތް މާބޮނޑި ލުޔޫނާއަށް ދިއްކޮށްލަމުން ނަޝްވާ ބުނެލިއެވެ.

“ތީ ނަޝްގެ ބީއެފްއަށް ދޭން ގެނައި މާބޮނޑިއެއްނު… ދެން ކީއްވެ ލުޔޫއަށް ތިދިނީ…؟؟” ނަޝްވާގެ ކަންފަތް ދޮށުގައި ޒަޔާން މިހެން ބުނުމުން ނަޝްވާ ހޭންފެށިއެވެ.

“ހޫމް… އެހެންވެ އެންނު ލުޔޫއަށް މިދިނީ… ލުޔޫ އޭ އަހަރެންގެ ބީއެފް އަކީ… ބެސްޓްފުރެންޑް….” ހެމުން ހެމުން ނަޝްވާ ބުނެލިއެވެ.

“އޯހް… ބެސްޓްފުރެންޑް ދޯ… އަހަރެން ހީކުރީ….” ބޯކަހާލަމުން ޒަޔާން ބުނެލިއެވެ.

“ޒަޔާން ހީކުރީ ކާކު ކަމަށް….” ބޯއަރިކޮށްލަމުން ނަޝްވާ އަހާލިއެވެ.

“އެއްޗެއް ނޫން… އަހަރެން މަޑުކޮށްލާނަން ބޭރުގައި… ނިމުނީމަ ގުޅާލާ….” މިހެން ބުނފައި ޒަޔާން އުޅުނީ ބޭރަށް ދާންށެވެ. ނަމަވެސް ނަޝްވާ ޒަޔާން ހިފެހެއްޓިއެވެ.

“އޭރުން ތުއްތު ރުޅިއެއް ނާންނާނެތަ…؟؟ ތުއްތުބުންޏެއްނު އަހަރެންގެ ގާތުގައި ހުންނާށޭ…” ނުހޭން މަސައްކަތް ކުރަމުން ނަޝްވާ ބުނެލިއެވެ.

“އޭނާއަކަށް ނޭންގޭނެއެއްނު އަހަރެމެން ނުބުނީމަ… މިތާ ބޭރުގައޭ މިހުރީ… އަހަރެން މިތާ ހުރީމަ ތިދެމީހުން ދައްކަންވާ ވާހަކައެއްވެސް ނުދެއްކޭނެއެއްނު….” މިހެން ބުނެފައި އެންމެ ހިނދުކޮޅަކުވެސް އެތާ މަޑުނުކޮށް ޒަޔާން އެތަނުން ނުކުތެވެ. ނުކުތް ގޮތަށް އޭނާއަށް ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނެވެ. މިޔަދު އޭނާގެ ހިތްހަލާކުނުވީ ކިރިޔާއެވެ. ޒަޔާން ހީކުރީ ނަޝްވާ ދެއްކީ އޭނާގެ ބޯއިފުރެންޑްގެ ވާހަކަ ކަމަށެވެ. ދެން ކޮންމެ ގޮތެއްވިޔަސް ވީހާވެސް އަވަހަށް ނަޝްވާއަށް ލޯބި ހުށައަޅަން ޒަޔާން ނިންމިއެވެ.

 

ޑިއުޓީ ނިމުމުން ނަޝާމް ލިމްޝާ ގެއަށްލައިދެން ދިޔައެވެ. ނަޝާމްގެ ސައިކަލް ލިމްޝާމެންގޭ ދޮރުމަތީ މަޑުކޮށްލި ވަގުތަކީ ގޭގެ ދޮރު ހުޅުވާލާފައި ނޫރާ ނިކުތްވަގުތެވެ. ނޫރާއަށް ކުރިމަތިން ފެނުނު މަންޒަރުން ދެލޯ ބޮޑުކޮށްގެން ހުރެ އެއްފަހަރު ނަޝާމަށް އަދި އަނެއްފަހަރު ލިމްޝާއަށް ބަލާލިއެވެ. ނޫރާ ފެނުމުން ނަޝާމްގެ ތުންފަތަށް މަލާމާތުގެ ހިނިތުންވުމެއް ވެރިވިއިރު ލިމްޝާ އަވަސްއަވަހަށް ސައިކަލުން ފޭބިއެވެ.

“ލިމް އަހަރެން ދަނީ… މިރޭ ޕާޓީއަށް ދާން ބަލާ އަންނާނަން… ލަވް ޔޫ….” މިހެން ބުނެފައި ލިމްޝާއަށް ބަލާލަމުން ހީލާފައި ނޫރާއަށް ބަލާވެސް ނުލާ ނަޝާމް ސައިކަލް ދުއްވާލިއެވެ.

“ނޫރާ… ހާދަ އަވަހަކަށް ތިދަނީ… އަހަރެން ނާންނަނީސް ދާންތަ ތިއުޅެނީ..؟؟” ނަޝާމް ދިޔުމުން ނޫރާއަށް ބަލާލަމުން ލިމްޝާ ބުނެލިއެވެ. ނޫރާ ލިމްޝާއަށް ލޯއަޅާލިއެވެ.

“ލިމް ގަސްތުގަ އަހަރެން އޭނަދެކެ ލޯބިވާކަން އެނގޭތީ ދޯ އޭނަޔާ ތި ރައްޓެހި ވީ…” ރުޅިއައިސްފައި ހުރެ ނޫރާ ބުނެލިއެވެ. ލިމްޝާ ދެފަރާތަށް ބޯހޫރާލަމުން އެއްޗެކޭ ބުނަން އަނގަ ހުޅުވާލިވަގުތު ނޫރާ އަތުގެ އިޝާރާތުން ވާހަކަ ނުދެއްކުމަށް ބުންޏެވެ. އަދި އެތަނުން ދިޔުމަށްޓަކައި ހިނގައިގަތެވެ. ލިމްޝާ ގޭތެރެއަށް ވަނެވެ. ތަންކޮޅަކަށް ގޮސްފައި ނޫރާ ފަސްއެނބުރި ބަލާލިއެވެ.

“ލިމްއަކަށް އެގޮތަކަށް ނަޝާމްއެއް ނުލިބޭނެ…. ކޮންމެވެސް ގޮތަކުން އަހަރެން އެދެމީހުން ދުރުކުރުވާނަން…” ނޫރާ ހިތާހިތުން ކިޔާލިއެވެ.

 

އެރޭގެ ރޭގަނޑުގެ ވަގުތެވެ. ލިމްޝާއާއި ނަޝާމް އަތުގައި ހިފައިލައިގެން ހުރެ ނަސަންދުރާއަށް ވަނެވެ. މިރެއަކީ ސުހާއާއި އިޖާޒުގެ ކައިވެނި ޕާޓީއޮތް ރެއެވެ. ލިމްޝާމެން ސުހާމެންނާއި ސަލާމްކޮށް ކައިވެނީގެ ތަހުނިޔާ ކިއެވެ.

“ލިމް… ދެން އޮންނާނީ އަހަރެމެންގެ ކައިވެނި ޕާޓީ ދޯ… ވަރަށް ކުލަގަދަކޮށް ފާހަގަ ކޮށްލަންވާނެ…” ތަށްޓަށް ކާއެއްޗެހި އަޅައިގެން އައިސް ގޮނޑީގައި އިށީންނަމުން ނަޝާމް ބުނެލިއެވެ. ނަޝާމްގެ މިހެން ބުނުމުން ލިމްޝާ ލަދުން އިސްޖަހާލިއެވެ. އިސާހިތަކު އޭނާގެ މޫނަށް ޖަންބުކުލަ ވެރިވިއެވެ.

“އައްދޭ… ކައިވެނީގެ ވާހަކަ ބުނާއިރަށް ތިހާވަރު ވަންޏާ ކައިވެނީގެ ރޭގައި ކިހާވަރެއްވާނެބާ…؟؟” ލާނެއް ގޮތަކަށް ނަޝާމް މިހެން ބުނުމުން ލިމްޝާ އަތުން ނަޝާމްގެ ކޮނޑުގައި ޖަހާލަމުން ނަޝާމްގެ ނަން ކިޔާލިއެވެ.

“ކިހިނެއްވީ ދޮގެއްތަ އަހަރެން މިބުނީ..؟؟” ހެމުންހެމުން ނަޝާމް ބުނެލިއެވެ.

“އަހަރެން ވަރަށް އަވަހަށް ބައްޕަ ގާތުގައި ކައިވެނީގެ ވާހަކަ ދައްކާނަން…” ޖޫސްފޮދެއް ބޯލަމުން ނަޝާމް ބުނެލިއެވެ.

 

ހުކުރު ދުވަހު ހުކުރު ނަމާދުން ފައިބައިގެން އައިސް ނަޝާމްއާއި އޭނާގެ އާއިލާ ކެއުމަށް އިންސާފު ކުރަމުން ދިޔައެވެ.

“ދަރިފުޅާ ނާއިޝް… ދަރިފުޅަށް އެނގޭތަ ޑރ މަތީންގެ އަންހެން ދަރިފުޅު…” ނާއިޝްގެ ބައްޕަ ނާޝިދު މިހެން އަހާލުމުން ނާއިޝް އާނ އެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

“މަތީން ބޭނުންވަނީ އޭނާގެ ދަރިފުޅާއި ނާއިޝްގެ ކައިވެނި ކުރުވަން… ދަރިފުޅުމެން ދެކުދިން އެކަކު އަނެކަކު ދަނެ ވާހަކަދައްކާ ހަދާ ވާހަކަވެސް މަތީން ބުނި…. ބައްޕަ ބުނިން ދަރިފުޅުމެން ގަބޫލިއްޔާ ބައްޕަވެސް ގަބޫލޭ… ދަރިފުޅު މިކަމާ ބުނަނީ ކީކޭ..؟؟”

“އަޅުގަނޑު ކައިވެންޏަށް ގަބޫލު…” ނާއިޝް އަވަސްއަވަހަށް ބުންޏެވެ.

“ހާދަ އަވަސްއަރުވާލައިގެން…” ނާއިޝްގެ ކަންފަތް ދޮށުގައި މަޑުމަޑުން ނަޝާމް އަހާލިއެވެ.

“ތިވާހަކަ ދައްކާނީ ފަހުން…” މިހެން ބުނެފައި ނާއިޝް ބައްޕަގެ ވާހަކައާއި ސަމާލުވެލިއެވެ.

 

ކައިނިމެގެން ނަޝާމް އިންތިޒާރުކުރަމުން ދިޔައީ ނާއިޝް ކޮޓަރިއަށް އަންނާނެ ވަގުތަކަށެވެ. ނަޝާމްގެ އިންތިޒާރަށް ނިމުމެއް އައީ ކޮޓަރިއަށް ވަދެގެން އައި ނާއިޝް ފެނުމުންނެވެ.

“ދޮންބެ ހާދަ އަވަހަކަށް ކައިވެންޏަށް އެއްބަސްވީ…؟؟ ދޮންބެ ބުނީމެއްނު ދޮންބެ ލޯބިވާ ކުއްޖެއް ފެނުން ވާހަކަ… ދެން..؟؟” ނަޝާމްގެ ހިތުގައި އުފެދިފައިވާ ސުވާލުތަށް ނާއިޝްއާއި ކޮށްލިއެވެ. “އެކުއްޖާގެ ވާހަކައޭ ބައްޕަ އެބުނީ… ފަހުން އޭނައާއި ދިމާވި… އޭގެ ފަހުން އެނގުނީ އެއީ ޑރ މަތީންގެ ދަރިއެއްކަން…” އެނދުމަތީގައި އޮށޯންނަމުން ނާއިޝް ބުނެލިއެވެ.

“އެހެންތަ..؟؟ ތިވީ މާ ރަނގަޅަކަށްނު… އެންމެފަހުން ދޮންބެ ލޯބިވާ ކުއްޖާވެސް ލިބެނީނު…. ކޮން ނަމެއްތަ އޭނައަށް ކިޔަނީ..؟؟ ބައްޕަ ރައްޓެހި މަތީން ކިޔާ މީހެއް ހުންނަކަން އަހަންނަށްވެސް އިނގޭ…. އެކަމަކު އޭނާގެ ދަރިފުޅެއް ނުދަންނަން…”

“އެހެންތަ…؟؟؟ އޭނައަށް ކިޔާނަމެއް ނުބުނާނަން… މެރީކުރާ ދުވަހުން އެނގޭނެއެއްނު…” ހިނިގަނޑެއް ޖަހާލަމުން ނާއިޝް ބުނެލިއެވެ.

“ކޮބާތަ ނަޝާމްގެ ގާރލް…؟؟ އޭނާ ކާމިޔާބު ވެއްޖެތަ..؟؟؟” ނާއިޝް މިހެން އަހާލުމުން ނަޝާމް އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

“އަހަރެމެންވެސް ވަރަށް އަވަހަށް މެރީކުރާނަން… އެކަމް ދޮންބެމެންގެ ވެޑިންގް ނިމުނީމަ….” ނަޝާމް ޖަވާބުދިނެވެ.

“ދެން ކޮން އިރަކުން ދޮންބެއަށް އެކުއްޖާ ދައްކާލާނީ…” އެނދުގެ ހެޑްބޯޑުގައި ލެނގިލަމުން ނާއިޝް އަހާލިއެވެ.

“ދޮންބެގެ ވެޑިންގް ރޭގައި…” މިހެން ބުނެފައި ފޯނެއް އައުމުން އެބައަންނަމޭ ބުނެފައި ނަޝާމް ދިޔައީ ބޭރަށެވެ.

 

ދެތިންދުވަސް ފަހެވެ. ޑިއުޓީ ނިންމާފައި ލިމްޝާ ގެއަށް އައިއިރު އޭނާގެ މަންމައާއި ބައްޕަގެ އިތުރުން ނޫރާވެސް ސިޓިންގްރޫމްގައި އިނެވެ.

“އަހަނ ދަރިފުޅާ… ތިއައީ ދޯ… އާދެބަލަ މިކޮޅަށް…” ލިމްޝާ ފެނުމުން ލީނާ ގޮވާލިއެވެ. ލިމްޝާ އެދިމާއަށް ދަމުން ނޫރާއަށް ބަލާލިއެވެ. ނޫރާގެ ތުންފަތުގައިވަނީ މަލާމާތުގެ ހިނިތުންވުމެކެވެ. ކޮންމެވެސް ކަމެއް ގޯސްވާންއުޅޭހެން ނޫރާގެ މޫނަށް ބަލާލުމުން ލިމްޝާއަށް ހީވިއެވެ.

ލިމްޝާގޮސް އިށީނީ އޭނާގެ މަންމަގެ ގާތުގައެވެ.

“ދަރިފުޅާ މަންމަމެން ދަރިފުޅުގެ ކައިވެނި ނާއިޝްއާއި ކުރުވަން ނިންމައިފިން…” މިހެން ބުނުމުން ލިމްޝާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

“ނާއިޝް އޭ…” ބޭއިޚްތިޔާރުގައި ލިމްޝާއަށް އަހާލެވުނެވެ.

“ހޫމް…. ދަރިފުޅު ދަންނަމެންނު ޑރ ނާއިޝް… މަންމަމެން މިހާރު އެމީހުންނާވެސް ވާހަކަ ދައްކައިފިން… އެމީހުންވެސް ގަބޫލު… ދަރިފުޅު ގަބޫލުތަ…؟؟” ލިމްޝާގެ މޫނަށް ބަލަން އިނދެ ލީނާ ބުނެލިއެވެ.

“ނޫރާ ބުނި ދަރިފުޅު ވަރަށް ގަޔާވާ ކުއްޖެކޯ އެއީ…” ލީނާ މިހެން ބުނުމުން ލިމްޝާއަށް ބަލާލެވުނީ ނޫރާއަށެވެ. އޭރު ނޫރާގެ ތުންފަތުގައިވަނީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ލިމްޝާ ވަރަށް ދެރަވިއެވެ. އޭނާގެ ހިތުގައި ނޫރާއާއިމެދު ނަފުރަތުގެ ހުޅުރޯވިއެވެ. އޭނާގެ ދިރިއުޅުމުގެ އެހާ ބޮޑުކަމެއް އޭނާގެ ގާތުގައި އަހާނުލާ މަންމަމެން ނިންމީތީވެސް އޭނާ ހުރީ ވަރަށް ދެރަވެފައެވެ. ނަމަވެސް ދެން އިންކާރު ކުރާނީވެސް ކިހިނެއް ހެއްޔެވެ.؟ އަޅާލާނެ މީހަކުނެތި ހާލުގައި ޖެހުނު ދުވަހު އެދެމަފިރިން އަމިއްލަ ދަރިއެއް ފަދައިން ބަލާބޮޑުކުރީމާ ބަދަލުގައި ބައެއްގެ ކުރިމަތީގައި އެދެމީހުންގެ އަގު ވައްޓާލުން އެއީ އޭނާއަށް ކުރެވޭނެ ކަމެއް ނޫނެވެ.

“ދަރިފުޅާ ގަބޫލުތަ…” ލިމްޝާ ސިހިގެން ދިޔައީ މަތީން މިހެން އަހާލުމުންނެވެ. ލިމްޝާ ގޮތްހުސްވެފައި އިނދެ ބޮލުގެ އިޝާރާތުން އާނ އެކޭ ބުނެލިއެވެ. މަންމައާއި ބައްޕަ އޭނައަށް ކޮށްދިން ހެޔޮކަމުގެ ބަދަލު އޭނާގެ ލޯބި ގުރުބާން ކޮށްގެން ނަމަވެސް ދޭން އޭނާ ބޭނުމެވެ.

“ކޮބާ އަހަރެން ބުނީމެއްނު… އަހަންނަށް އިނގޭ ލިމް އަހަރެންގެ އެއްވެސް ނިންމުމަކަށް ނޫނެކޭ ނުބުނާނެކަން… އެހެންވެ ލިމް ގާތު ނާހަ ކައިވެނި ހަމަޖެއްސީވެސް…” ލިމްޝާގެ ބޮލުގައި ފިރުމާލަމުން މަތީން ބުނެލިއެވެ.

“އަހަރެން މިދަނީ ފެންވަރައިގެން ނަމާދުކޮށްލަން…” ލޮލަށް ގިނަވަމުންދިޔަ ކަރުނަތައް މަންމަމެންނަށް ފެނުމުގެ ކުރިން ލިމްޝާ ބޭނުންވީ އެތަނުންދާށެވެ. ކޮޓަރިއަށް ވަދެ ދަބަސް ޑުރެސިންގް ޓޭބަލް މަތީގައި ބާއްވާފައި ލިމްޝާ އެނދުމައްޗަށް ބަންޑުން ވެއްޓިގަނެގެން އޮވެ ރޯންފެށިއެވެ. އޭނާ ބޭނުންވަނީ ހިތްފުރެންދެން ރޯލާށެވެ. ނަޝާމްގާތު އެވާހަކަ ބުނާނެ ގޮތެއްވެސް ލިމްޝާއަކަށް ނޭނގުނެވެ. އޭނާ މިޔަދު މިވަނީ ކޮންފަދަ މަޖުބޫރީ ހާލަތެއްގައި ބާވައޭ އޭނާގެ ހިތަށް އެރިއެވެ.

އެވަގުތު ނޫރާ އެކޮޓަރިއަށް އައެވެ. މީހަކު ވަންހެން ހީވެގެން ލިމްޝާ ބޯހިއްލާލާ ބަލާލިއެވެ. ނޫރާފެނުމުން ލިމްޝާ އޭނާގެ ކަރުނުން ފުރިފައިވާ ދެލޮލުން ނޫރާއަށް ބަލާލީ ނަފުރަތުން ފުރިގެންވީ ބެލުމަކުންނެވެ.

“ކީއްކުރަން މިތަނަށް ތިއައީ…؟؟ ހަމަ މިހާރު މިތަނުން ނިކުމޭ..!!” އެނދުން ތެދުވަމުން ލިމްޝާ ބުނެލިއެވެ.

“ވަރަށް ސަޕްރައިޒްވެއްޖެ ދޯ ލިބުނު ޚަބަރަކުން… އަސްލު އަހަރެންވެސް އުޅުނިން ތިދެމީހުން ދުރުކުރުވަން.. އެކަމަކު އަހަންނަކަށް ނުޖެހުން އެއްވެސް މަސައްކަތެއް ކުރާކަށް… އަހަރެންގެ މަގު އަލިކޮށްދިނީ ލިމްގެ މަންމަމެން…” މަލާމާތުގެ ރާގެއްގައި ނޫރާ ބުނެލިއެވެ.

“ނޫރާ ޖެހޭތަ މަންމަމެން ގާތު އެހެން ބުނަން… ނޫރާއަކަށް ނޭނގޭނެ އެއީ ކާކުކަންވެސް… ދެން ކީއްވެ ނޫރާ އެހެން ބުނީ…؟؟” ނޫރާގެ އަތުގެ މުލައްދަނޑީގައި ހިފާލަމުން ލިމްޝާ ބުނެލިއެވެ.

“ގައިގައި އަތްނުލާ… ކަލެއަށް ހީވޭތަ އަހަންނަށް ދެރައެއް ދީފައި އަހަރެން ކަލޭ އުފަލުގައި އުޅުނަ ދޭނެހެން… ކަލޭގެ މަންމަމެން އެގޮތަށް ކަންތައް ނުކުރިނަމަ އެހެން ގޮތަކުން ނަމަވެސް އަހަރެން ކަލޭމެން ދެމީހުން ދުރުކުރުވީސް…. އުފާވެރި ކަންވެންޏަކަށް މަރުހަބާ….” ވިހަ ހިނިތުންވުމަކާއިއެކު މިހެން ބުނފައި އޭނާގެ އަތް ފޮޅުވާލަމުން ނޫރާ ނުކުމެގެން ދިޔައެވެ. ލިމްޝާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

 

އެދުވަހުގެ ރެއެވެ. ނަޝްވާއާއި ޒަޔާން އިނީ ސީ ހައުސް ރެސްޓޯރެންޓްގައެވެ.

“ކީއްކުރަންތަ އަހަރެން މިތަނަށް ތިގެނައީ…؟؟؟” ނަޝްވާ އަހާލިއެވެ. ޒަޔާން ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލިއެވެ.

“ނަޝް.. އަހަރެން މިއުޅެނީ ކުއްޖަކު ދެކެ ލޯބިވެގެން… އެކަމަކު އަހަންނަކަށް ނޭނގުން ލޯބި ހުށައަޅާނެ ގޮތެއް… ނިކަން އައިޑިއާއެއް ދީބަލަ…” ޒަޔާން މިހެން ބުނުމުން ފެންތަށީގައި އަނގަ ޖަހައިގެން އިން ނަޝްވާ ކޮށި ނޭރީ ކިރިޔާއެވެ. ޒަޔާންގެ މިޖުމްލައިން އޭނާގެ ހިތުގެ އެންމެ ފުންމިނަށް އަސަރުކުރިއެވެ. ނަމަވެސް އޭނާ ބެލީ ބޭރުފުށަށް އެކަން ނުދައްކާވޭތޯއެވެ. ނަޝްވާ ހަމަޖެހިލިއެވެ. އަދި ހިނތުންވެލިއެވެ.

“ވަރަށް ސިމްޕަލް.. އެކުއްޖާގެ ކުރިމައްޗަށް ގޮސް ހަމަބުނެލާ… މާބޮޑުކަމެއް ކަމެއް ކުރާނެކަމެއް ނެތް…” ނަޝްވާ އޭނާގެ އާދައިގެ ރާގުގައި ބުނެލިއެވެ.

“ހަމަ ބުނަންވީތަ..؟؟” ޒަޔާން އަހާލިއެވެ.

“ހޫމް ހަމަ ބުނަންވީ…” ހީލަމުން ނަޝްވާ ބުނެލިއެވެ.

“އައި ލަވް ޔޫ” ނަޝްވާގެ ދެލޮލަށް ބަލަން އިނދެ ޒަޔާން ބުނެލިއެވެ. ނަޝްވާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

ނުނިމ

Share Article

Follow Me Written By

Eemyaa

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ހީވެސް ނުކުރަމެވެ. (01)

Next

ހީވެސް ނުކުރަމެވެ.

Next
January 24, 2015

ހީވެސް ނުކުރަމެވެ.

Previews
January 21, 2015

ހީވެސް ނުކުރަމެވެ. (01)

16 Comments!

  1. jiji.... says:
    January 22, 2015 at 11:50 pm

    OMG……keehthikury….

  2. me says:
    January 23, 2015 at 12:17 am

    v fake, ehves asareh neyy mi vaahakaiga

  3. Nau says:
    January 23, 2015 at 2:46 am

    Hama hurihastory ehga vaani mihen … dheloabi verin dhurukuraani nd dhen beybe eh nuni kohkko aka marry kiruvaani.. nd fahuvaguthu anehka dheloabiverin guluvaani.. hama enmen ah loabi haasil kuran eha undhagutha… mihaar foohivehje mi story mathin… abadhu eh kanthah thakeh

  4. athoo. says:
    January 23, 2015 at 6:21 am

    Eemy kureege story thakuge goigadu dhookuran athoo ah ves feney. Abadhu hus loaby ge vaahakathah liyumuge badhaluga noony loaby ge vaahakathakuga ves thafaathu kohlan biruvery or jinni haadhisaa eh ves himeni dhaane. Sihuruge ves.
    eyrun hama gaimuves vaahaka thafaathu kohlevu neenu.

  5. athoo. says:
    January 23, 2015 at 6:25 am

    Mi vaahaka gosfa mi oi hisaabun ves athoo ge mi idea eem ah beynun kurevidhaane.
    hama eem beynun character akah ekahala haadhisaa eh kurimathi kohlabala.
    Mihaa varah idea genes dhi neema eem ah ves thafaathu gothakah vaahaka kuriah gendhaa ne goi egeyne kamah ummeedh kuran.

  6. athoo. says:
    January 23, 2015 at 6:26 am

    Eem ge nimmi first story eleesha e story kudakoh thafaathu.
    ehenve e story ehaa magboolvee mi site ga.

  7. eemiyaa says:
    January 23, 2015 at 10:28 am

    Thanks jiji, me, nau and athoo..
    Eem hurihaa kudhinge Khiyaalves ufalaa eku gabulu kuran. 🙂
    Ekamaku mi story mee thafaathu story eh.. Story othy adhi kuriah.. Heenukuraa kahala kanthahthakeh fenigen dhiyumakyves ekashygen vaa kameh.
    Mihaaru story gossa oiy hisaabun hurihaaa kudhin foohi vaagoi viyas kuriah oiy thaaga story dhaagothun hurihaa kudhinnahves mi story kamudhaane kamah eem ummmeedhkuran..

  8. black widow says:
    January 23, 2015 at 10:41 am

    Foohi v. Dhen nukiyanan mi vahaka eh 🙁

  9. Shai says:
    January 23, 2015 at 6:03 pm

    Nice. Not perfect..story Dhigu kohlaafa emotions Gina kobba..I’m sure you can do much better than this…

  10. aii says:
    January 24, 2015 at 10:25 am

    Rythi mi story…

  11. nilaa says:
    January 24, 2015 at 1:53 pm

    alhey maa avas aruvaalaafa midhanee.. eh bain aneh bayah chng vaa iru enme kuida kudhinge vaahaka thaku hunna hen hunnany.. maa avas aruvaalaafa huryma feelings vex nei.. so hope yu’ll corrct it and will make this story evn mr interestng..

  12. sal says:
    January 24, 2015 at 4:33 pm

    v habeys aneh baie avahah up kohla chey………………………….

  13. eemiyaa says:
    January 24, 2015 at 7:15 pm

    Thanks shai, aii and sal

  14. eemiyaa says:
    January 24, 2015 at 7:17 pm

    Shai, i’ll try my best to correct all mistakes

  15. nilaa says:
    January 26, 2015 at 1:58 pm

    magey commentah ekahchekeyvex nubunaanan dhw eem?

  16. eemiyaa says:
    January 26, 2015 at 7:33 pm

    Oh.. Sorry nilaa forgot to mention u.. I accept ur opinion too.. And next part is published based on u guys opinion.. hope u all will like it..

Comments are closed.


All Right Reserved!