Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތަކުން ނުފިލާނެ 9

BONDAY Level 210 Stories
May 11, 2015 4 Mins Read
16 Comments

ތަންކޮޅެއްދުރުން ސިރާޖާއެކު ހިނގާފައި އައި މައިޝާ ފެނުމުން ފާޒިންއަށް އެދިމާލަށް ބަލަހައްޓައިގެން ހުރިއިރު އެމޫނުމަތިން ފެންނަމުން ދިޔައީ ސީރިއަސް ކަމެވެ.

” މައިޝާ ސިރާޖާއާއި އެކު ކޮންތާކަށް ގޮސްފައި…! ” ފާޒިންއަށް ހިތާހިތުން ބުނެލެވުނެވެ. ފާޒިން ބަލަހައްޓައިގެން ހުރި ދިމާލަށް އިންހާވެސް ބަލާލީ ފާޒިން ވާހަކަ ދައްކަ ދައްކާފައި ކުއްލިއަކަށް ހުއްޓާލުމުންނެވެ.

” މައިޝާ…! ކޮންތާކަށް ގޮސްފައި ތިއައީ…؟ ” ސިރާޖުމެން އައިސް މަޑުކޮއްލުމުން ފާޒިންއަށް އަހައި ނުލައެއް ނުހުރެވުނެވެ.

” މައިޝާ އެކަނި މާއެކަނި އިންދާ ފެނިގެން ގޮވައިގެން މިއައީ…! ބިރެއްވެސް ނުގަނޭ އެކަނި އަނދިރީގައި އިންނާކަށް… ” ސިރާޖު ދިން ޖަވާބުން ފާޒިންގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިގެން ދިޔައެވެ. އެހެންނަމަވެސް ނުބުނެ އެއްވެސް ތަނަކަށް ނުދިއުމަށް ފާޒިން ބުނެލިއެވެ. މައިޝާ ހިނިތުންވެލީ އާނއެކޭ ބުނާކަހަލަ ގޮތަކަށެވެ.

” މިހާރު ކައިފިންތަ…؟ ” ފާޒިން އަތުގައި އޮތް ރެޑްބުލް ދަޅުނަގާ ތުނބުގައި ޖަހާލަމުން ބުނެލިއެވެ. މައިޝާ ނޫނެކޭ ބުނުމުން ފާޒިން މައިޝާ ގޮވައިގެން ބުފޭތަކުގެ ކައިރިއަށް ދިޔައެވެ. އޭރު ޒީނާމެންވެސް މޫދުގައި ހާދާފައިހުރި ތަނެއްގައި ކާންތިބިތަން މައިޝާއަށް ފެނުނެވެ. މައިޝާ ބުފޭތަކުގެ ކައިރިއަށްގޮސްފައި ކާނެ އެއްޗެއްނޭނގިފައި ހުރީ އެތަނުގައި ހުރި އެއްޗެހީގެ ވައްތަރުންނެވެ. އެއްވެސް އެއްޗެއްގައި ހުންނަން ޖެހޭ ކުލައެއް ނުހުރެއެވެ. މުޅިންވެސް ހުރީ ބޭރު މީހުން ކާކަހަލަ އެއްޗިއްސެވެ.

” ފާޒިން…! ކޯޗެއްތަ އަހަރެން ކާނީ…؟  ” ފާޒިން ބަލަހައްޓައިގެން ހުރުމުން މައިޝާ ފާޒިންގެ ކައިރީގައި އަހައިލިއެވެ. ނަމަވެސް ފާޒިން މަލާމަތްކުރަން ފަށާފާނެތީވެ އަވަސް އަވަހަށް އެތާގައި ހުރި ސުޕެގެޓީގަނޑެއް އަޅައިގެން ފާޒިންއާއި އެކު ގޮސް ގޮނޑީގައި އިށީނެވެ. މައިޝާ ފުރަތަމަ އަނގަޔައް ސުޕެގެޓީ ކޮޅެއްލުމާއެކު އޯކަށް ދަމައިނުގަތީ ކިރިޔާއެވެ. މައިޝާއަށް ވީގޮތް ފެނިފައި ފާޒިން ކައިރިއަށް ހިނި އައި ނަމަވެސް ނުހީ އިނީ މައިޝާ ދެރަވެދާނެތީއެވެ. މައިޝާ ކާން ނުކެރިފައި އިނުމުން ބުފޭތަކުގެ ކައިރީގައި އުޅުނު ސުޕަވައިޒަރަކަށް ގޮވައިގެން ގެނެސް މައިޝާ ބޭނުންވާ އެއްޗެއް ތައްޔާރު ކޮއްގެން ގެނެސްދިނުމަށް އެދުނެވެ.

” މައިޝާ ސުޕެގެޓީ މީރުތަ…؟ ” އިރުކޮޅެއް ވަންދެން މައިޝާގެ މޫނަށް ބަލަހައްޓައިގެން އިނދެފައި ފާޒިން މައިޝާއާ ދިމާކުރުމުގެ ގޮތުން ބުނެލިއެވެ.

” ދެން ހަމަ މަލާމަތްކުރާނީ…! ” މައިޝާ ތުއިވެލަމުން އެހެން ބުނެލީ އިންތިހާއަށް ފޮނިވެފައި އިނދެއެވެ. ބައިގަޑިއެއް ހާއިރު ފަހުން ފާޒިން އޯޑަރ ކުރިއެއްޗިހި ގެނެސް މޭޒުމަތީގައި އަތުރާލިއެވެ. ވޭޓަރ ކުއްޖާ ގެނައީ ފާޒިންއަށްވެސް ނޫޑްލްސްއެއް ތައްޔާރުކޮއްގެން ގެނެވެ. އެހެންވެ ފާޒިންވެސް މައިޝާއާއިއެކު ކާންފަށާފައިވެސް ކުޑަ އެތިކޮޅެއް ކާލުމަށްފަހު ފާޒިން ތަށި ބެހެއްޓީ އިތުރަށް ބަނޑުގައި ޖާގަ ނެތުމުންނެވެ. މައިޝާ މަޑުމަޑުން އިނދެ ކަމުން ގެންދިޔައެވެ. ފާޒިން އޭނަގެ ކެމެރާ ނެގުމަށްފަހު މައިޝާގެ ފޮޓޯގަނޑެއްނެގިއެވެ. ނަމަވެސް މައިޝާ އެކަމާ އަޅާނުލުމުން އަނެއްކާވެސް ފާޒިން ފޮޓޯގަނޑެއްނެގިއެވެ.

” އަދިއެއްފަހަރު ހަދާލަބަލަ….! ” މައިޝާ ފާޒިންއާއި ދިމާލަށް ތުން އަނބުރާލުމުން ފާޒިންބުނެލިއެވެ. މައިޝާއަށް ފާޒިން ކުރަން އުޅުކަމެއް ކުޑަކޮއްވެސް ރޭކާނުލައެވެ. އެހެންވެ ދެވަނަފަހަރަށްވެސް މައިޝާ ފާޒިންއާއި ދިމާލަށް ތުންއަނބުރާލި ވަގުތަށް ރެޑީވެގެންއިން ފާޒިން ފުލެސް ކަނޑާލިއެވެ. އަދި ފޮޓޯގަނޑަށް ބަލާލާފައި މައިޝާއަށް ދައްކާލީ ހެމުން ހެމުންނެވެ. އެވަގުތު މައިޝާ ފާޒިންގެ އަތުން ކެމެރާ އަތުލަންވެގެން އުޅުނެވެ. ނަމަވެސް ފާޒިން ހުސިޔާރު ކަމާއެކު ކެމެރާ ދަމައިގަތެވެ. ދެންވެސް ފާޒިން އެވަރަށް ފޮޓޯނެގިއިރުވެސް އެއްވެސް އެއްޗެއް ނުބުނެ މައިޝާ އިނީއެވެ. އެމަންޒަރު ބަލަން ތިބި ގިނަ އަންހެން ކުދިންގެ ހިތުގައި މައިޝާއާއި ދޭތެރޭ ހަސަދައިގެ ހުޅުކޮޅު ރޯވެގެން ދިޔައެވެ. ކައިނިންމާލާފައި އިރުކޮޅަކު ވާހަކަ ދައްކަން ތިބެފައި ފާޒިންއާއި މައިޝާ ގޮސްމަޑުކުރީ ޑާންސް ކުރާ ސަރަހައްދުގައެވެ. އެވަގުތު އިންހާއަށް ފާޒިން ފެނިގެން އައިސް ފާޒިންގެ އަތުގައި ހިފައިގެން ޑާންސް ކުރަން ތިބި މީހުންގެ ތެރެއަށްވަނެވެ. ޖަހާފައި ހުރި ރޮމެންޓިކް ލަވަޔަށް ކަޕުލް ޑާންސް ކުރަމުން ދިޔައީ ވަރަށް ގައިގޯޅިކޮއް ތިބެގެންނެވެ. އެމަންޒަރ ބަލަންހުރި މައިޝާގެ ހިތަށް ވަރަށް އަސަރުކުރިއެވެ. އިންހާ ހުރީ ގޮތަކަށް ފާޒިންގެ ގައިގައި ބައްދާލައިގެންނެވެ.

ގަޑިން ދިހައެއް ޖެހުމުން ޑީޖޭ ފެށުނެވެ. ޑީޖޭ ފެށުމުން ވަރަށް ގިނަމީހުން ނެށުމަށް އެރިއެވެ. ބައެއް މީހުން ވަރަށް މަޖާވައްތަރު ޖައްސައެވެ. އެއްބަޔަކު ބޮޑުބެރަށް ނަށާހެންވެސް ހީވެއެވެ. ފާޒިންވެސް ޖެހިގެން އިން މޭޒުކައިރީގައި އިށީންދެގެންއިން މައިޝާ އަތުގައި ހިފައިގެންގޮސް މީހުންގަޑު ތެރެއަށްވަނެވެ. ގެސްޓެއްގެ ރިކުއިސްޓަކަށް ޑީޖޭ ލަވަ ބަދަލްކޮއްލިއެވެ. އެހެންވެ އެތާގައި މަޑުކުރީ ޖޯޑު ޖޯޑަށެވެ. ފާޒިންވެސް މައިޝާ ކައިރީގައި މަޑުކޮއްލައިގެން ހުއްޓެވެ. ލަވަ ފެށުމާއެކު ފާޒިންއާއި މައިޝާވެސް ޑާންސް ކުރަންފެށިއެވެ. އެތާގައި ތިބި ގިނަ މީހުންނަށް ބެލުނީ ފާޒިންއާއި މައިޝާއާއި ދިމާލަށެވެ. ކަޕުލް ޑާންސެއް ކުރަމުން ދިޔައިރު އެދެމީހުން ވަރަށް ގުޅެއެވެ. ޑާންސް ކުރަމުން ދިޔައިރު ދެމީހުންގެ ހިތްވެސް ދިޔައީ އޮބިނޯންނަ ވަރަށް ތެޅެމުންނެވެ. ދެމީހުން އެކަކު އަނެކަކުގެ ލޮލަށް ބަލަހައްޓައިގެން ތިބިއިރު އެތަނުގައި އެހެން ބަޔަކު ތިބިހެނެއް ހިއެއްނުވެއެވެ. ލަވަ ނިމުމުން އެންމެންގެ އަތްތިލަބަޑީގެ އަޑަށް ދެމީހުންވެސް ދިޔައީ ސިއްސައިގެންނެވެ. މައިޝާއަށް އިސްޖަހާލެވުނީ ލަދުންނެވެ. ނަމަވެސް ފާޒިންއާއި އެކު ކަޕުލް ޑާންސެއްކޮއްލެވުމުން މައިޝާގެ ހިތަށް ބަޔާން ނުކުރެވޭ ވަރުގެ އުފަލެއް ލިބިގެން ހިނގައްޖެއެވެ. މައިޝާ އެތަނުގައި މަޑުނުކޮއް ގޮސް ކުރިން އިށިންދެގެން އިން ގޮނޑީގައި އިށީނެވެ. އޭރު ފާޒިން ކޮންމެވެސް އަންހެންކުއްޖެ އަތުގައި ހިފައިގެން ހުރެ ނަށަމުންދިޔައެވެ. އަބަދުވެސް ކޮންމެވެސް އަންހެންކުއްޖެއް ފާޒިންއާއި އެކު ނަށަމުންދިޔައެވެ. ބާރަޖަހަން ކުޑަ ވަގުތުކޮޅަކަށް ވުމުން ޑީޖޭ ކައުންޓް ކުރަން ފެށިއިރު އެތަނުގައި ތިބި އެންމެންވެސް ޑީޖޭއާއި އެއްވަރަށް ކައުންޓް ކުރަމުން ދިޔައެވެ. ފާޒިންވެސް މައިޝާ ފެނޭތޯ ބަލާލީ އެންމެ ފުރަތަމަ ވިޝް ކުރަން ބޭނުންވަނީ މައިޝާއަށް ކަމަށް ވާތީއެވެ. ނަމަވެސް އިންހާ ވިއްދާލާފައި ހުރިވަރުން ފާޒިންއަށް މައިޝާ ފެނޭވަރެއް ނުވިއެވެ.

 ބާރަޖެހުމާއެކު މުޅިތަންއެއްކޮއް އަނދިރި ކޮއްލިއިރު ހެޕީ ނިއުއިޔާގެ އަޑުން މުޅި ފަޒާ އޮތީ ގުގުމާފައެވެ. އިރުކޮޅެއް ފަހުން އެތަން ދިއްލާލިއިރު އެންމެންވެސް ހެޕީ ނިއު އިޔާރ ވިޝް ކުރަމުންދިޔައެވެ. މައިޝާއަށްވެސް ނުދަންނަ ކިތަން މީހަކު ހެޕީ ނިއު އިޔާރ ކިއެވެ. މައިޝާއަށް ފާޒިން ފެނުނު އިރު ކޮންމެވެސް އަންހެންކުއްޖަކު ފާޒިންގެ ގައިގައި ބައްދާލުމަށްފަހު ހެޕީ ނިއު އިޔާރ ކިޔާލަނީއެވެ. މައިޝާ މޫނު އަނެއް ފަރާތަށް އަނބުރާލީ އެމަންޒަރު ނުބަލަން ވެގެންނެވެ.

” ހެޕީ ނިއު އިޔާރ…! ” ގޮނޑީގައި އިށިންދެލައިގެންއިން ފޯނާ ކުޅެން އިން މައިޝާއާއި ސަލާމްކުރަން އަތްދިއްކޮއްލަމުން ފާޒިން ބުނެލިއެވެ. އެވަގުތު މައިޝާއަށް ފާޒިންގެ ކޮލުން އަންހެންކުއްޖެއްގެ ތުންފަތް ހުރި ގޮތަށް ފާހަގަވާން ހުއްޓައި ފެނުނެވެ.

” ތީ ކޮންކަމެއް…؟ ” ހިތްހަމަނުޖެހިފައި ފާޒިންއާއި ދިމާލަށް މައިޝާ ބުނެލިއެވެ.

” ކޮބާ…؟  މީ ހެޕީ ނިއު އިޔާރ ވިޝްކުރާކަށްނު…! ” ފާޒިން މައިޝާއާއި ދިމާއަށް ދިއްކޮއްލި އަތަށް ރަނގަޅަށް ބަލާލަމުން އެހެން ބުނެލީ މައިޝާ ބުނިއެއްޗެއް ނުވިސްނުނެވެ.

” ކޮލުގަ ކޮންހާ ލިޕްސްޓިކެއް ހާކައިގެން ތިއުޅެނީ…! ” މައިޝާ ފާޒިންގެ އަތުގައި ހިފާލަމުންބުނެލިއެވެ.

” ނޭގެ ކާކު ކަމެއްވެސް…! ވަރަށް ހަޔާތްކުޑަ އަންހެންކުއްޖެއް އެއީ…! ” ފާޒިންވެސް އެކަމާ ހުރީ ހިންހަމަ ނުޖެހިފަކަން އެނގެއެވެ. ނޫނީ ހިތްހަމަ ނުޖެހިފައި ހުރި ކަމަށް ހެދިގެން ހުރީއެވެ. މައިޝާ އޭނަގެ އަތުގައި އޮތް ޓިޝޫ ކޮޅު ފާޒިންގެ އަތަށް ދިނުމުން ފާޒިން އެޓިޝޫކޮޅުން އޭނަގެ މޫނު ފޮހެލިއެވެ.

” ކޮންއިރަކުން ފުރަނީ…! ” މައިޝާ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން ބުނެލިއެވެ.

” އެކެއް ޖަހާއިރު…! ” ފާޒިންވެސް ހުރީ ވަރަށް ވަރުބަލި ވެފައިކަމުން މައިޝާ ކައިރީ ގޮޑިއެއްގައި އިށީނެވެ. އެކެއް ޖެހުމުން އެންމެންވެސް މާލެއައުމަށްޓަކައި ފުރިއެވެ. މައިޝާ ގޮވައިގެން ފާޒިން ސައިކަލުގައި އައީ އެގަޑީގައި ކާރެއް ހޯދަން އުނދަގުވާނެތީއެވެ. އެހެން ނޫނަސް އެގަޑީގައި މައިޝާ އެކަނި ގެއަށް ފޮނުވާލަން ހިންހަމަ ނުޖެހޭތީއެވެ. މައިޝާ ގެއަށްލުމަށްފަހު ފާޒިންއަށް ގެއަށްދެވުނު އިރު ދެއެއް ޖަހަނީއެވެ. ފެންވަރައިލައިގެން ނިދުނު އިރު ތިނެއް ޖަހަން އުޅެއެވެ.

ޖެހިގެން އައި ދުވަހު ފާޒިންއަށް ހޭލެވުނީ އެގާރަ ޖަހަން އުޅެނިކޮށެވެ. ފުރަތަމަވެސް ތެދުވެގެން ގޮސް ކެމެރާ ނަގައިގެން އޭގައި ހުރި ފޮޓޯތަށް ލެޕްޓޮޕަށް އަޅާލިއެވެ. އޭގައި ގިނައިން ހުރީ ދެމީހުން ކާންތިބިއިރު ނަގާފައި ހުރި މައިޝާގެ ފޮޓޯތަކެވެ. ފޮޓޯތަށް ބަލަން އިންދާ މީހަކު ދޮރުގައި ޓަކި ޖަހާލުމުން ފާޒިން ގޮސް ދޮރު ހުޅުވާލިއެވެ.

” ހާދަ ވަރަކަށް ގޮވައިފީމޭ….! ރޭގަ ކިހާއިރަކު ގެއަށް އައީ….؟ ” ކޮޓަރީ ތެރެއަށް ވަންނަމުން ވަދީފާ ބުނެލިއެވެ. އެވަގުތު ލެޕްޓޮޕުން ހުޅުވާފައި އިން މައިޝާގެ ފޮޓޯގަނޑު ވަދީފާއަށް ފެނިފައި ހިނގުން މަޑުޖެހިލިއެވެ.

Share Article

Follow Me Written By

BONDAY

Level 210 Stories

Other Articles

Previous

ފަނާ 11

Next

ހިތަކުންހަމަނުފިލާނޭ…. (ހަތަރުވަނަ ބައި)

Next
May 12, 2015

ހިތަކުންހަމަނުފިލާނޭ…. (ހަތަރުވަނަ ބައި)

Previews
May 11, 2015

ފަނާ 11

16 Comments!

  1. jenny says:
    May 11, 2015 at 10:57 pm

    Wow ihthu!! V nice mi part vz..unmeedh kuran v avaha aneh baa vz genes dheyne kamah..:-)

  2. aish8 says:
    May 11, 2015 at 11:18 pm

    Wowww!!!, v v v v nice stryy

  3. ihthu says:
    May 11, 2015 at 11:55 pm

    Jenny thi baa atoll kuhjeh dhw…. thanks all

  4. jenny says:
    May 12, 2015 at 12:38 am

    Yeah ihthu..

  5. xy says:
    May 12, 2015 at 7:23 am

    Wow amazing realy like. .. plxx next part plxx

  6. yash says:
    May 12, 2015 at 7:46 am

    Wow v v v v salhi mibaives anebayaa inthixaru kuraan

  7. rasha says:
    May 12, 2015 at 10:39 am

    V.v.reethi mi part ves..

  8. xam says:
    May 12, 2015 at 12:00 pm

    maisha dhen haadha ok vefa ey dhw hunnany..thankokheh tough kohlabala maishage character..eyrun salhi vaane thankolheh..eha ok v ma rycheh noon…

  9. Maajy says:
    May 12, 2015 at 12:02 pm

    Vv. reethi mi bai ves

  10. alex says:
    May 12, 2015 at 1:52 pm

    thankolheh dhigu kobbala

  11. july says:
    May 12, 2015 at 5:52 pm

    wow….mibaives v reethi…next part avas…..plxxxxxxxxxxxxx

  12. Ellie says:
    May 12, 2015 at 7:49 pm

    vaahaka v reethi ihthu

  13. kuda says:
    May 13, 2015 at 4:22 pm

    Next part avassss…

  14. nazoo says:
    May 13, 2015 at 6:50 pm

    Maisha hadha easy koh set vani. And fazin ge hithuga oiy ehche neygey iruves thuive thuivefa

  15. ihthu says:
    May 14, 2015 at 8:10 am

    Vedhaane fahun maisha ah ulhenjeheny v haalugai kamah ves… thanks all and today i will update next part

  16. habeys says:
    May 17, 2015 at 9:08 pm

    mi dhn muslim ba eh thr. fazin hurihaa anhenunnaa eku nashaafa ais emyhun hayaai kuda ey bunyma dhn haadha wa ey. faazin ge hayaai kudakan knthaakah thr leee. nd maisha aa faazin aa rattehi wegn thr ulheny….

Comments are closed.


All Right Reserved!