އަރާމުކޮއް ނިދާލާފައި އޮތް ފައިހާއަށް ހޭލެވުނީ އޭނަގެ މަންމަ ސުކޫލަށް ދާން ގޮވުމުންނެވެ. އެއީ އޭނަގެ އާދައެވެ. ކޮންމެ ދުވަހަކުވެސް ސުކޫލަށް ދާން ނުގޮވަނީސް ފައިހާއަށް ހޭލެވުން އެއީ ނެތް ގޮތެކެވެ. ސުކޫލަށް ދާން ތައްޔާރުވެގެން ނިކުތްއިރު އާމިރު ކާމޭޒުކައިރީގައި ސައިބޯންއިނެވެ. ނ .ދ” ގުޑް މޯރނިން ޑޭޑް.. ” ފައިހާ ގޮސް އާމިރު ކައިރީގައި ހުއްޓެމުން ގޮވާލިއެވެ. ގު“ގުޑް މޯރނިން ދަރިފުޅާ.. އަވަހަށް އާދެ ސައިބޯން… ދަރިފުޅު ލަސްވީމަ ބައްޕަ ސައިބޯންމިފެށީ….! ” ހިނިތުންވެލަމުން ކައިރީގައި […]
ރާއިން ދެޖީބަށް އަތްޖަހާލައިގެން ހުރީ ބުނާނެ އެއްޗެއް ނޭގިގެނެވެ. އޭނަ އެތަނަށް ދައްކަން އައި ވާހަކަ ދައްކަންވީބާއޭ ހިތަށް އަރަމުންދިޔައެވެ. ޒާޔާ ލިޔާމޭޒުމަތީގައި ފޮތްބާއްވާލުމަށްފަހުވެސް ހުރީ ރާއިންއަށް ފުރަގަސްދީގެނެވެ. އޭނައަށް ސިހުމެއް ލިބުނީ އޭނަގެ އުނަގަނޑުގައި ދެއަތް ވަށާލަމުން ރާއިން އޭނަގެ ފަހަތުން ބައްދާލުމުންނެވެ. ނޭވާވެސް ހީވީ ކުޑަހިނދުކޮޅަކަށް ތާށިވިހެނެވެ. ރުޅިއައިސްފައި ބުނަން އުޅުނު ޖުމަލަތައްވެސް ހަނދާން ނެތިއްޖެއެވެ. ރާއިން ޒާޔާގެނަން ދެފަހަރަކު ލަސްލަހުން ކިޔާލިއިރު އެއަޑުވެސް އިވުނީ ހުވަފެނެއްގައި އޮއްވައި މީހަކު ގޮވާލިހެނެވެ. ކުޑައިރުކޮޅެއްފަހުން ޒާޔާ […]
ރަތް ބޮކީގެ ފަނޑު އަލިކަމުގެތެރޭގައި ފެންނަމުންދިޔައީ ޝައިންގެ ހިތައްވެސް ނުގެނެވޭފަދަ އަޖައިބުކުރުވަނިވި މަންޒަރެކެވެ. ކޮޓަރީގެ އެކި ހިސާބުގައި އުއްބައްތި ޖަހާ ދިއްލާލައިފައިވާއިރު ކޮޓަރީގައިވާ އެއްޗެހީގެ ހިޔަނިތައް ނަށަމުން ދެއެވެ. އޭރު މޭޒު ދޮށުގައި ޝިބާން ހުއްޓިލައިގެން ހުއްޓެވެ. ހީވާގޮތުން ކާއެއްޗެހި ތާރުތީބުކުރަނީއެވެ. “އަޖައިބެއް… ނުވެސް ދަންނަ ނޭނގޭ މީހަކު މި ކުރަނީ ކީއް…. މީނައިގެ މަގުސަދަކީ ކޮބައިބާ؟ އަޅަކަށް ހަދަންބޭނުންވަނީ ކަން ނޭނގެ… ނޫނީ ގޮތް ބަލާލަން ބޭނުންވަނީ ކަމަށްވެސްވެދާނެ……” ޝައިންގެ ހަޔާތުގައި ފުރަތަމަ ފަހަރު އޭނާއަށް […]
ދެން ކުރިމަތިން ސިފަވި ސޫރައިން އަނބުރާނުގަތީ ކިރިޔާއެވެ. އަފްޒަލް ހުރީ އަހަރެންގައިގަ ޖެހަެ ނުޖެހޭ ހިސާބުގައެވެ. އޭނަގެ އަތް އަހަރެންނާ ދިމާލަށް އުފުލާލިއެވެ. އަހަރެނަށް ހަޅޭލަވައިގަނެވުމުގެ ކުރިން އަފްޒަލް އޭނަގެ އަތުން އަހަރެންގެ އަގަމަތީ އަތްއަޅާ ލުމަށް ފަހު އަނެއް އަތުން އިސާރާތް ކުރީ ތަޅުން މައްޗާއި ދިމާލަށެވެ. އެދިމާއަށް އަހަރެން ބަލާލިއިރު އަޒާލްބެ ވެއްޓިފައި އޮތެވެ. ކައިރީގައި ކުޑަކޮށް ލޭގެ އަސަރުވެސް ފެންނަށް ހުއްޓެވެ. އަހަރެން ހައިރާންވެ ހުރެ އަފްޒަލްއާ ދިމާއަށް އެނބުރެމުން ކިހިނެތްވީހޭ އަހާލަމުން […]
ދުވަސްތައް މާޒި އާއި އެކުވަމުން ިއައީ އެކުވަމުންދިއައީ މަންމައާއި އަޒާލްބެގެ ފަރާތުން އަހަންނަށް ލިބެމުންދާ އަނިޔާއާއި ގޯނާ ދުވަހެއް ދުވަހަށް އިތުރުވަމުންނެވެ. އަޒާލްބެ ސިއްރުން އަހަންނަށް ކުރާ ގޯނާތައް މަންމަ އަށް ފަހުމެއް ނުވެއެވެ. މަންމަ ހީކުރީ އަޒާލްބެ އަހަންނާ ދުރުވާނެކަމަށެވެ. އަޒާލްބެ މަންމަދެކެ އިންތިހާއަށް ލޯބިވާކަށް ހީކޮސް އެތައް ހުވަފެނެއް ދެކެމުންދެއެވެ. އުމުރުއގައި އެތަށް ތަނެއް ތަފާތު ހުއްޓަސް މަންމަގެ ފަރުވާލެއްނެތެވެ. އަޒާލްބެގެ ކެހިވެރިކަންވެސް މަންމައަށް ފެނިވެސް އެކަންވަނީ ފަރުދާ ކޮށްފައެވެ.އަޒާލްބެގެ ގޯނާއާއި މަންމަގެ އަނިޔާވެރިކަން […]
ގޮށްއަޅުވާ ވާއްތަރުގެ ކުރު ގަމީސް ޓޮޕަކާ ކުރު ސްކާޓެއްލައިގެން އެހުރީ މީގެ މަހެއްހާ ދުވަސް ކުރިން ޝިބާން އަށްސުނާމީ ބިނާއިން ފެނުނު ކުއްޖާއެވެ. އެރެއަށްވުރެ މިރޭ އެކުއްޖާ ފެންނަލޭ މާ ރީތިވެފައި ފުރިހަމައެވެ. ފޫކޮޅަށްވުރެ ތިރިއަށް ފައިބައި އެ ރާޅު ބާނި އިސްތަށިގަނޑު ވަޔާ ހެލިލަ ހެލިލާ ހުއްޓެވެ. ދޮންނޫނަސްވެސް އެ މޫނުގެ އޮފްކަން ގަދައެވެ. ވައްބޮޑު ދެލޮލުގައިވާ ކަޅުކަނޑެއްފަދަ ކަޅިއާއެކު ދެލޯ ކައިރީ އަޅާފައިވާ އަދުނުން ލޮލުގެ ފުރިހަމަކަން އިތުރުކޮށްދެއެވެ. ތުނި ތުންފަތް ކައިރީގައި ދެތިން […]
“ދަރިފުޅު ކޮންމެވެސް އެއްޗެއް ބުނެބަލަ” ޒާޔާ އެއްވެސް އެއްޗެއް ނުބުނެ އިންނަންފެށުމުން ޔާސިރު ބުނެލިއެވެ. ޒާޔާއަށް ބަލާލެވުނީ ހިނިތުންވެލައިގެން އިން ރާއިންއާއި ދިމާއަށެވެ. ކަރުނުން ފުރިގެންވާ ލޮލަކުންނެވެ. ރާއިންގެ ތުންފަތުގައިވި ހިނިތުންވުމަކީ އޭނައަށް ކުރާ މަލާމާތެއް ހެއްޔެވެ. “ރާއިން ހަމަ ތިހާ ރަހުމްކުޑަ މީހަކަށްވީތަ، ދުވަހަކުވެސް މިހިތަށް ހަމަޖެހުމެއް ނެތީތަ، ކޮންކުށެއްގެ ބަދަލުތަ ރާއިން އަހަރެންގެ ފަރާތުން ތިހިފަނީ” ޒާޔާ ހިތާހިތާ ޝަކުވާ ކޮށްލިއެވެ. “ޒާ ވިސްނަން ވަގުތު ބޭނުންވަންޏާ އިޓްސް އޯކޭ، ޒާ ބޭނުން ޖަވާބެއް […]
އަވަސް އަވަހަށް އައިސް މަޑުމަޑުން ދޮރުހުޅުވާ ބަލާލި އިރު ކުރިމަތީ ހުރި އަޒާލް ފެނި ރިހޭފައި މައްޗަށް ފޮއިވެއްޓުނުކަމުގެ އިހްސާސް ވެގެންްދިއައެވެ. އެވަގުތުބިންފަޅާ އަޑިއަށް ދާނެނަމައޭ ވެސް ހިތަށް އެރިއެވެ. ރޫރޫ އަޅައިގެންދިއަ ދެފައިތިލަ ހަމައަށްއަޅުވަމުން ދޮރުގެ ތަޅަށް ފިއްތާލަން ކުރިމަސައްކަތް ބޭކަރުވީ އަޒާލްގެ ބާރުގަދަ ދެއަތުން ދޮރުފަތް ހިފަހެއްޓުމުންނެވެ. އަހަރެންނަށް ލެވުނުބާރެއްލައި ދޮރުޖެހޭތޯ ކުރިމަސައްކަތް ނަކާމިޔާބުވީ ފާހަނަތެރެއަށް ދެމިގަތް އަޒާލް ފެނިއެވެ. ބޯމަތީ ސިދަލަށް ހަރުގައި ހުރި ތުވާލި ނެގުމަށް ފަހު ހަށިގަނޑު ފޮރުވަން މަސައްކަތް […]