Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތަކުން ނުފިލާނެ 8

BONDAY Level 210 Stories
May 9, 2015 4 Mins Read
17 Comments

މައިޝާ ގެއަށް ވަތްއިރު މުނީރާ ގޭގެ ސިޓިންގް ރޫމްގައި މަޑުކޮއްލައިގެން އިނީ ސީދާ މައިޝާއަށް ބަލަހައްޓައިގެންނެވެ. އެމޫނުމަތީގައި ހުރި ކުލަވަރުން މައިޝާގެ ހިތް ތެޅިލީ ގަތް ބިރެއްގެ ސަބަބުންނެވެ.

“މަންމާ…! ކިހިނެއްވެފަ ތީނީ…؟  ” މުނީރާ ބަލަހައްޓައިގެން އިންގޮތުން މައިޝާއަށް އިތުރަށް އެންމެ ފިޔަވަޅެއްވެސް އަޅާކަށް ނުކެރުނެވެ.

” އެއީ ކާކު…؟ ” މުނީރާ ފުރަތަމަވެސް ކޮއްލީ ސުވާލެކެވެ.

” ކޮބާ…؟ ” މުނީރާ ބުނިއެއްޗެއް މައިޝާއަކަށް ނުވިސްނުނެވެ.

” ދެންމެ ކާރެއްގައި މައިޝާ ގޮވައިގެން އައެއްނު…؟ ތިކަން ބައްޕައަށް އެނގިއްޖިޔާ ވަރަށް ހިތްހަމަ ނުޖެހޭނެ.. ” މުނީރާ ހިތްހަމަ ނުހިގެން އުޅޭ ސަބަބު މައިޝާއަށް ވިސްނުނެވެ. މުނީރާ ހިތްހަމަ ނުޖެހިގެން ގޮސް ހާދީއަށް އެވާހަކަ ކިޔައިދީފިއްޔާ މައިޝާގެ ދުވަސް ދިޔައީއެވެ.

” މަންމާ އެއީ ފާޒިން… އަހަރެމެންގެ އޮފީހުގެ ބޮސް…! ” މައިޝާ އައިސް މުނީރާ ކައިރީގައި އިށީނެވެ.

” އެކަމަކު މަންމަޔަކަށް ހިޔެއްނުވޭ އެއީ އެހާ ރަނގަޅު މީހެއް ހެނެއް… އޭނަގެ ބޯވެސް އެހުރީ ދިގުކޮއްފައި…! ” މުނީރާ އެހާ ބޮޑަށް ހިންހަމަ ނުޖެހިގެން އުޅޭ ސަބަބު މައިޝާއަށް އެނގިއްޖެއެވެ.

” ދެން ބޯދިގު ކޮއްފަ ހުންނަ ކޮންމެ މީހަކީ ގޯސްމީހެކޭތަ މަންމަ ތިބުނީ…! މަންމަ ތިބުނާ ގޮތުން ބޯކޮށާފަ ދޯ ރަނގަޅު މީހުން ތިބެނީ…! އެކަމަކު އާދިލް ކުރިން ހުންނަނީ ނުލާހިކު ރީތިކޮއް ބޯކޮށާފައި…! ” މައިޝާ ވާހަކަދެއްކީ މުނީރާއަށް ވިސްނައިދޭ ކަހަލަ ގޮތަކަށެވެ.

” ދޮންތާ މުސާރަ ލިބިއްޖެއެއްނު…! ކޮންއިރަކު ކާންދޭނީ…! ” މިސްރާ ކޮޓަރިން ނިކުމެގެން އަންނަމުން ބުނެލިއެވެ.

” ތެދެއް ދަރިފުޅާ…! ކިހައިވަރެއް މުސާރައަށް ލިބުނުތަ…؟ ” މުނީރާ އަހައިލިއެވެ.

” ނުވަހާސް ރުފިޔާ…! ” މައިޝާ ބުނެލިއެވެ.

” އެކަމަކު ދަރިފުޅު ބުނީމެއްނު ފަސްހާސް ރުފިޔާއޭ…! ” މުނީރާ ކުރީގެ ހަދާނެއް އާކޮއްލަމުން ބުނެލިއެވެ.

” ދޮންތަގެ މުސާރަ ބޮޑުކޮއްދިނީއޭ ދޮންތަގެ ބޮސް…! ” މިސްރާ ވަގުތުން ބުނެލިއެވެ.

” އެންމެންގެ މުސާރަވެސް…! ” މައިޝާ އަވަސް އަވަހަށް ބުނެލީ މުނީރާ ނުބައި މާނައެއް ނަގާފާނެތީއެވެ. މުނީރާއަށްވެސް ފާޒިންގެ ހުރި ރަނގަޅުކަން ވިސްނުނު ނަމަވެސް މުނީރާގެ ހިތައް އެވަގުތުވެސް ވެރިވެގެން ދިޔައީ މުސްކުޅިންގެ ހަރުބަހެކެވެ. އެދުމެއް ނެތި ވެދުމެއް ނުކުރާނޭ ބުނެއުޅެއެވެ. ކޮންމެ ގޮތެއް ވިޔަސް މާލޭ މީހުންނަކީ ވަރަށް ފާޑެއްގެ ބައެކެވެ. ދުވަހެއްގެ ކޮޅުންވެސް މާލޭ މީހަކަށް އިތުބާރު ކުރާކަށް ނުވާނެއެވެ.

ކާރު ގަރާޖައް ވެއްދުމަށްފަހު މަޑު ހިނގުމެއްގައި ފާޒިން ގޮސް ގެއަށް ވަންއިރު އާމިރުއާއި ވަދީފާ ސިޓިންރޫމްގައި މަޑުކޮއްލައިގެން ތިއްބެވެ. ފަޒީލްއާއި ސިފާވެސް ތިއްބެވެ. ފާޒިން ގެއަށް ވަތްތަން ފެނިފައި ފަޒީލް ތެދުވެގެން ކޮޓަރިއާއި ދިމާލަށް ހިނގައިގަތުމުން ސިފާވެސް ފަޒީލްގެ ފަހަތުން ހިނގައިގަތެވެ. ފާޒިންއަށް ބަލަހައްޓައިގެން ހުރެވުނީ ސިޑިން އަރައިގެން ދިޔަ ފަޒީލާއި ދިމާލަށެވެ.

” ކޮންތާކަށް ގޮސްފައި ތިއައީ…؟  ” ފަޒީލްމެން ދިއުމާއެކު އާމިރު އަހައިލިއެވެ. އެއަޑުގައި ހުރި ހަރުކަށިކަން އެވަގުތުވެސް ފާޒިންއަށް ފާހަގަ ކުރެވުނެވެ.

” މީ ރައްޓެހި ކުއްޖަކާ އެކީ ޑިނާރ އަކަށް ގޮސްފައި…! ކިހިނެއްވީ…؟  ” ފާޒިން އެހުރި ފިޔަވަޅު މަތީގައި މަޑުކޮއްލައިގެން ހުރީ އާމިރު އޭނަކައިރީގައި އެހެން އަހަންޖެހުނު ސަބަބެއް ނޭގިފައެވެ. އަދި ފަޒީލްވެސް އޭނަ ވަނުމުން ހީވެސް ނުލާ ކޮތަރިއަށް ދާންޖެހުނު ސަބަބެއް ނޭގިފައެވެ.

” ތިހެން އަންހެން ކުދިން ގޮވައިގެން އުޅޭކަން ޒާހިރުބެއަށް އެނގިއްޖިއްޔާ ވަރަށް ހިންހަމަ ނުޖެހޭނެ…! ބައްޕަ މިރޭ ދެކުނިން ފާޒިން ކޮންމެވެސް އަންހެން ކުއްޖެއް ގޮވައިގެން ގޮސް ކާރަށް އަރަނިކޮއް… ” އާމިރުބުނެލިއެވެ. އޭރު ވަދީފާ އެއްބަހެއްވެސް ނުބުނެ ފާޒިންއަށް ބަލަހައްޓައިގެން އިނެވެ. ހީވަނީ ވަދީފާވެސް އިނީ ފާޒިން ދެކެ ހިތްހަމަ ނުޖެހިފައި ހެންނެވެ.

” ދެން އަހަރެން ރައްޓެހި ކުއްޖަކު ގޮވައިގެން ކާންދިޔަކަސް އެއީ މައްސަލައެއްނޫނެންނު…! އެހެން ނޫނަސް އަހަރެން ބޭނުމެއްނޫން އެހާ އަވަހަށް މެރީކުރާކަށް…! ” ފާޒިން އިތުރަށް އެއްވެސް އެއްޗެއް ނުބުނެ ހިނގައިގަތީ އޭނަގެ ކޮޓަރިއާއި ދިމާލަށެވެ. ފާޒިން ދުވަހަކުވެސް އާމިރުގެ ކުރިމަތީގައި އެގޮތަކަށް ވާހަކައެއް ނުދައްކައެވެ. އާމިރުއަށް ސިޑިން އަރައިގެން ދިޔަ ފާޒިންއާއި ދިމާލަށް ބަލަހައްޓައިގެން އިނދެވުނީއެވެ. ފާޒިންގެ ފަހަތުން ކަހަލަ ގޮތަކަށް ވަދީފާވެސް ތެދުވެގެން ހިނގައިގަތް ނަމަވެސް އެކަމެއް ފާޒިންއަކަށް ނޭގެއެވެ. ފާޒިން ގޮސް ކޮޓަރިއަށް ވަދެ ދޮރުލައްޕާލުމަށްފަހު އެނދުގައި ހަމަޖެހިލައިގެން ޖައްސާލިއެވެ. އެވަގުތު ދޮރު ހުޅޫވާލާފައި ވަދީފާ އެތެރެއަށްވަނެވެ. ދޮރު ތަޅުނުލެވި ހުރިކަން ފާޒިންއަށްވެސް އެނގުނީ ވަދީފާ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނުމުންނެވެ.

” ދަރިފުޅާ…! މަންމަ ވަރަށް ބޮޑު ވާހަކައެއް ދައްކާލަންބޭނުން…! ” ވަދީފާއައިސް ފާޒިންގެ ކައިރީގައި އިށީނެވެ. ފާޒިން އެއޮތްގޮތަށް ނިތްކުރިމަތީގައި އަތްބާއްވާލައިގެން އޮތީ ވަދީފާވެސް ދައްކަން އެއައީ އާމިރު ދެންމެ ދެއްކި ވާހަކަ ކަމަށްހިތައެވެ.

” ސާލީ ދަރިފުޅާ އިންނަން އެއުޅެނީ ލޯބިންނެއް ނޫން…! ފައިސާގެ ދަހިވެތިކަމުގައި…! ” ވަދީފާ ބުނި ޖުމުލައިން ފާޒިންއަށް އެނދުން ތެދުވެވުނީ ކުއްލިއަކަށެވެ.

” ކިހިނެއް މަންމަޔަށް އެނގުނީ…! ” ފާޒިން ހައިރާންވެފަ އިނދެ އަހައިލިއެވެ.

” އެމީހުން ފުރައިގެން ދިޔަދުވަހު މަންމަ ކާންހަދާފައި އެކޮޓަރިއަށް ދިޔައީ ކާންބުނަން ވެގެން….! މަންމަޔަށް ދެވުނު އިރު އެމީހުން އެވާހަކަ ދެއްކީ…! ސާލީ ލޯބިވަނީ އެހެންމީހަކުދެކެ… އެކަން ކުރުވަނީ ފަރީޝާ…! ދަރިފުޅާ އިނދެގެން ބޭނުންވާރަށް ފައިސާ ލިބުނީމަ ދަރިފުޅު އަނިޔާކުރާކަމަށް ބައްޕަ ކައިރީގައި ބުނާ ވާހަކަ ބުނީ…! ” ވަދީފާ އަޑުއެހި ހުރިހާ ވާހަކައެއް ފާޒިންއަށް ކިޔައިދެނެވެ. ފާޒިން ކައިރިއަށް އައި ރުޅީގައި އަތްމުއްކަވާލެވުނެވެ. އެހެންވެ ހަމަ އެވަގުތު ފާޒިން އާމިރު ކައިރީގައި އެވާހަކަތައް ދެއްކުމުގެ ނިޔަތުގައި ތެދުވިނަމަވެސް އާމިރު އެވާހަކަ ގަބޫލް ނުކުރާނެކަމަށް ވަދީފާ ބުނުމުން ފާޒިން ހުއްޓުނެވެ. ވަދީފާއާއި ފާޒިން ހަދާނެ މޮޅުގޮތެއް ވިސްނިއެވެ. ކޮންމެގޮތެއްވިޔަސް ދަރިއެއްގެ ދިރިއުޅުން ހަލާކުގެ ތެރެއަށް ދޫކޮއްލާކަށް މަޔަކަށް ކެތެއް ނުކުރެވޭނެއެވެ.

 ދުވަސްތައް ފާއިތުވަމުންދެއެވެ. އާ ރިސޯޓު ހުޅުވައިގެން ފާޒިން ވަރަށް ބުރަކޮއް މަސައްކަތްކުރަން ޖެހުނެވެ. ދުވަސްތައް ފާއިތުވަމުންގޮސް އަހަރު ނިމެން ވަރަށް ކައިރިވެއްޖެއެވެ. އެހެންވެ ނިއު އިޔާރ ޕާޓީއަށް އޮފީހުގައި އުޅޭ ހުރިހާ ސުޓާފުންނަށް ވަނީ ރިޒޯޓަށް ދިއުމަށް ދައުވަތު ލިބިފައެވެ. އަލަށް ރިސޯޓަކަށް ދެވޭތީ މައިޝާ ހުރީ ވަރަށް އުފަލުންނެވެ. މިސްރާމެންވެސް ދާހިތް ވެގެން އުޅުނުއިރު ހީވަނީ އެހެން ކަމެއް ހެނެވެ.

ގަޑިން އިރު އޮއްސި ހަތެއްޖަހާއިރު ފުރުމަށް ހަމަޖެހިފައި އޮތުމުން ހައެއް ޖެހިއިރުވެސް މައިޝާ ހުރީ ތައްޔާރުވެލައިގެންނެވެ. ހަގަޑި ބައި ވެލިހާއިރު ކާރަކަށް އަރައިގެން މައިޝާ ޖެޓީއަށް ދިޔައިރު އޮފީހުގެ ގިނައަދަދެއްގެ ސުޓާފުން އެތަނުގައި ތިއްބެވެ. މައިޝާވެސް ދިޔަތާ މާގިނައިރުތަކެއް ނުވަނީސް ފާޒިން އާއި ސިރާޖުވެސް ސައިކަލުގައި އައިސް މަޑުކޮއްލިއެވެ. އޭރު ފާޒިންމެންގެ ދަތުރަށް އެކުންފުނީގެ ތިން ލޯންޗް މަޑުކޮއްލައިގެން އޮތެވެ.

މައިޝާމެންނަށް ރިސޯޓަށް ދެވުނީ ތިރީސް ފަސްމިނެޓުގެ ދިގު ދަތުރަކަށް ފަހުގައެވެ. އޭރުވެސް މައިޝާ އިނީ ބޯއަނބުރާ ގޮތް ވެފައެވެ. އޭރު ފާޒިންމެންގެ އިސްތިގުބާލަށް ރިސޯޓުގެ މަތީ މަޤާމްތަކުގެ މީހުން އައިސްތިއްބެވެ. ފާޒިންމެންގެ އޮފީހުގައިވެސް ގިނައީ އެރިސޯޓަށް އަލައް ދިޔަ މީހުނެވެ. އެކި ކުލަކުލައިގެ ބޮކިތަކުން މުޅި ރިސޯޓްއޮތީ ދިއްލާލާފައެވެ. ހުރިހާ އެންމެންވެސް ފޮޓޯތަށް ނަގަމުން ދިޔައިރު މައިޝާ ހުރީ އޭނަގެ އަތުގައި ކެމެރާއެއް ނެތުމުން ކުޑަކޮއް މޫޑު ސަކަރާތްވާގޮތް ވެފައެވެ.

ގަޑިން އަށެއް ޖެހުމުން ބީޗު ޕާޓީއަށް ތައްޔާރު ކުރެވިފައިވާ ތަނަށް މައިޝާވެސް ދިޔައީ އޮފީހުގެ ދެތިން ކުދިންނާއެކުގައެވެ. އެރޭ ރިސޯޓަށް ދިޔަފަހުން މައިޝާއަކަށް ފާޒިންއެއް ނުފެނެއެވެ. އޭރު މާލެއިން އެރެއަށްގޮސް ތިބި އެހެނިހެން މެހުމާނުންގެ އިތުރުން ގިނަ އަދަދަކަށް ގެސްޓުންވެސް އެތަނުގައި ތިއްބެވެ. މައިޝާވެސް އެތަނުން ފާޒިން ފެނޭތޯ ކުޑަކޮއް ހޯދާލަމުން ގޮސް ތަންކޮޅެއް ދުރުގައި ހުރި ގޮނޑިއެއްގައި އިށީނީ ފާޒިން ފެންނަން ނެތުމުން މާޔޫސްވެފައި އިނދެއެވެ.

” ރީމާ އެހެރަ އަންނަނީ ފާޒިން…! ހިނގާބަލަ…! ” ފަހަތުން ދެއަންހެން ކުއްޖެއްގެ އަޑަށް މައިޝާ އެދިމާލަށް ބަލައިލިއެވެ. އަޅިކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ޖިންސެއްލައިގެން ފާޒިން ހިނގާފައި އައިރު ހީވަނީ މޮޑެލްއެއް ހެނެވެ. އެހާވެސް ފިރިހެން ވަންތައެވެ. އޭރު އެތާގައި ތިބި ގިނަ އަންހެންކުދިންގެ ލޯއަމާޒުވެފައިވަނީ ފާޒިންއަށެވެ.

އެތަނުގައި ތިބި ގިނަ އަންހެންކުދިންގެ ލޯ ފާޒިންއަށް އަމާޒުވެފައި ހުރިނަމަވެސް ފާޒިންގެ ލޯ އެދެމުންދިޔައީ އޭނަގެ ހިތުގައި ރަސްކަންކުރަމުންދާ ޕަރީ ދެކިލުމަށެވެ. ރިޒޯޓަށް އައި ފަހުން ނުފެންނާތީ އެމޫނު ދެކިލުމަށް އެދެލޯ ބޭގަރާރު ވަނީއެވެ.

” އިންހާ…! މައިޝާ ދެކުނިންތަ…؟ ” އިންހާއާއި ދިމާވުމުން ފާޒިން އަހައިލީ މައިޝާ އެހިސާބުގައި ފެންނަން ނެތުމުންނެވެ.

” ނުދެކެން…! ކިހިނެއްވީ…؟  ” ފާޒިން މައިޝާގެ ވާހަކަ އެހުމުން އިންހާއަށް އަހާލެވުނީވެސް ފާޑަކަށެވެ.

” ފެންނަން ނެތީމަ…! އުޅެފާނެ މިތަނަށް އަންނަން ނޭގިގެންވެސް…! ގޮސް އެކޮޅު ބަލާލައްޗޭ…! ” ފާޒިން އެހެން ބުނެލިއިރު މޫނުމަތިން ކޮންމެވެސް ވަރެއްގެ ހާސްކަމެއް އިންހާއަށް ފާހަގަ ކުރެވުނެވެ. ފޯނު ރޫމުގައި ބާއްވާފައި އާދެވުމުން ގުޅޭނެގޮތެއްވެސް ނެތެވެ. އިންހާ ކައިރީގައި ފާޒިން މައިޝާގެ ވާހަކަ ދެއްކުމުން އިންހާގެ ހިތުގައި މައިޝާއާއި ދޭތެރޭގައި އަދަމުން ދިޔަ އަލިފާންގަނޑު ބޮޑުވުން ނޫންކަމެއް ނުވިއެވެ.

ފާޒިން އާއި އިންހާ ވާހަކަ ދައްކަންތިބިއިރު ގޮނޑީގައި މައިޝާ އިށީންދެލައިގެން އިނީ ފާޒިންއަށް ބަލާށެވެ. ފާޒިން އެހެން އަންހެން ކުދިންނާއި ވާހަކަދައްކާތަން ފެނުމުން މައިޝާގެ ހިތަށް ވަރަށް އުނދަގޫވެއެވެ. ހިތަށް ބުނަން ނޭގޭކަހަލަ ތަދެއް ދިޔައީ ވަމުންނެވެ.

” ކީއްވެ މާދުރުގައި ތިއިނީ…؟  ” ފާޒިންއާއި ދިމާލަށް ބަލަހައްޓައިގެން އަމިއްލަ ހިޔާލެއްގައި އިން މައިޝާ ސިއްސައިގެންގޮސް ފަހަތް ބަލައިލިއިރު ފަހަތުގައި ސިރާޖު ހުއްޓެވެ.

” ކަމެއްނުވޭ…! ހަމައިނީ… ” މައިޝާ ބުނެލިއެވެ.

” ދާންވީނު ޒީނާމެން ކައިރިއަށް…! އެންމެންވެސް އެބަތިބި އެތަނުގައި…! ” މައިޝާއަށް ބަލާލަމުން ސިރާޖު ބުނެލިއެވެ. އެފަނޑު އަލިކަމުގެ ތެރެއިން ސިރާޖަށް މައިޝާގެ މޫނު ފެންނަނީ ވަރަށް އަލިކޮށެވެ. އެދޮލޮލުގައިވާ ފުން ނަޒަރުން ކޮންމެ މީހަކުވެސް ދީވާނާ ކޮއްލާނެއެވެ.

ސިރާޖު ބަލަހައްޓައިގެން ހުރިގޮތުން މައިޝާއަށް އިސްޖަހާލެވުނީ ހިތްހަމަނުޖެހިފައެވެ. މައިޝާ ދެވަނަ ފަހަރަށް އިސްއުފުލާލައި ބަލައިލީ ސިރާޖު މައިޝާ ކައިރީގައި އަންނަން ބުނެފައި ކުރިއަށް ހިނގައިގަތުމުންނެވެ. ތަންކޮޅެއްދުރުން ސިރާޖާއެކު ހިނގާފައި އައި މައިޝާ ފެނުމުން ފާޒިންއަށް އެދިމާލަށް ބަލަހައްޓައިގެން ހުރިއިރު އެމޫނުމަތިން ފެންނަމުން ދިޔައީ ސީރިއަސް ކަމެވެ.

Share Article

Follow Me Written By

BONDAY

Level 210 Stories

Other Articles

Previous

އިމްތިޙާނު

Next

ފަނާ 11

Next
May 11, 2015

ފަނާ 11

Previews
May 9, 2015

އިމްތިޙާނު

17 Comments!

  1. flower says:
    May 9, 2015 at 11:10 pm

    Alheyyy mi part heeve adi maa kuru hen…plz plz dhigukon genesdhyba mi ah vure..Btw story hama v reethi.

  2. ina says:
    May 9, 2015 at 11:37 pm

    Keeevve kirukoh geneadheny…..thihen nahadhaba…kiyun therin ehaa aadheys ekurani mikhala kuru koh genesdhinumah noon…

  3. aish says:
    May 9, 2015 at 11:41 pm

    Wowww.. vv nice, thnxx thihen avahah up khdheythyyy, n dhn anna part dhigu kohllacjey

  4. Oooah says:
    May 10, 2015 at 7:54 am

    Mi vaahaka dhn ehfahara ehkoh genes dheyn v nu eyrun kiun therein hihhama jeheyne..

    Kuraane kameh nethigen magumathy thwlhi beyley ,muzahara thakah dha reedhoi kulaige myhunnah kuruvaane…..

  5. kula yelw says:
    May 10, 2015 at 8:12 am

    nooney story nuliya eyrun maareethi vaane ooooooooooooooaaaaaaaaaaahhhh men kahala idiots nenooney mi aharemena kee nugenesdhinas

  6. butterfly says:
    May 10, 2015 at 9:03 am

    Next part dhigukohdhehchey v nice mi part ves avahah up kohdheychey

  7. july says:
    May 10, 2015 at 12:38 pm

    v nice mi part ves….next part avahah up koh dehcchey

  8. naj says:
    May 10, 2015 at 3:54 pm

    Plx vara avaha up kodhechey…..it is v nice

  9. rasha says:
    May 10, 2015 at 3:55 pm

    Thankolheh dhigukohla dheybala.. Plx..

  10. mary says:
    May 10, 2015 at 4:25 pm

    haaadha kurey……..ekam v v reethi mi part vess….

  11. xahir says:
    May 10, 2015 at 8:42 pm

    mi part v reethi… avahah up kohla dhehchey….

  12. kamana says:
    May 10, 2015 at 8:48 pm

    v reethi story… avahah upkohla dhyba

  13. Aaan's says:
    May 11, 2015 at 12:48 am

    Story varah reethi..Ehaame hiyy gaimu.. Thankolheh dhigu koh upload kohdhun edhen.. Keep it up

  14. Oooah says:
    May 11, 2015 at 8:55 am

    Ehmyhunah ehfahara genesdhy eyru OK

  15. lol says:
    May 11, 2015 at 12:22 pm

    Hama hini annani…knme thankahvves politics..dhn mee kihaa varugadha kameh..maa molhu kamah hedhigrn adhi kihineih igneyni thi echchehi kiyani kuda kujjaka dhimaalah kamakah kameh . Mithaaga ehn mrehunves ulhey kaleah ekani nun comment kurumuge haggu othy ..ppm kan ingeyey nubunyakas…bala mee vaaha ka kiyaa site ekey ehn meehunge comment thakah. Maa comment kuraa hithun this ulheny…

  16. butterfly says:
    May 11, 2015 at 1:37 pm

    Next part up kurany

  17. aroooo says:
    May 11, 2015 at 8:05 pm

    avahah up kohla dhyba plx plx

Comments are closed.


All Right Reserved!