Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތަކުން ނުފިލާނެ 7

BONDAY Level 210 Stories
May 8, 2015 3 Mins Read
15 Comments

” މައިޝާއަށް އެނގޭނީ….! އަހަރެން ބޭނުން ތަނަކަށްތަ ދާންވީ…! ” ކާރުތެރޭގައި ޖަހާފައިހުރި ލަވަ ބަދަލްކޮއްލަމުން ފާޒިން ބުނެލީ މައިޝާއަށް ބަލަހައްޓައިގެން އިނދެއެވެ. މައިޝާވެސް ފާޒިން ބަލާވަރުން އިސްޖަހާލީ ލަދުންނެވެ. އެރޭ މައިޝާ ރީތިކަމުން ހީވަނީ ހޫރުޕަރީއެއް ހެނެވެ. އާދައިގެ ކުރުތާ ވައްތަރުގެ ހެދުމަކާއި ޖިންސެއް ލައިގެން އިންއިރު އެދިގު ފަންއިސްތަށިގަނޑު ވަނީ ފަހަތުން ދަތްޗެއް ޖަހާފައެވެ. މޫނުމަތީގައި އެއްވެސް ވަރެއްގެ މޭކަޕެއް ކޮއްފައި ނެތަސް އެމޫނު ފެންނަނީ ވަރަށް އޮމާންކޮށެވެ. ކާރު ދުއްވަމުން ދިޔައިރުވެސް އިރުއިރުކޮޅާ ފާޒިން އިސްޖަހާލައިގެން އިން މައިޝާގެ ދޮންމޫނަށް ބަލާލައެވެ. ކިތަންމެ ވަރަކަށް ބެލިއަސް ފޫހިނުވާނޭ ފާޒިންގެ ހިތައް އަރަމުން ދިޔައެވެ. ފާޒިން ކާރު ދުއްވަމުންގޮސް ކާރު ޕާކްކޮއްލާނެ ޖާގައެއް ލިބުނީ މަޖުލިސް ކުރާގެ ކައިރިންނެވެ.

“ކޮންތަނަކަށްތަ ތިދަނީ…! މަޖުލިސް ކުރާ ގެއަށްތަ…؟  ” ފާޒިން ކާރުން ފޭބުމުން މައިޝާވެސް ކާރުން ފައިބަމުން ކުރިމަތީހުރި މަޖިލިސް ކުރާގެއަށް ބަލައިލަމުން ބުނެލިއެވެ.

” ދެން މާ ސުވާލު ގިނަނުކޮއް އާދެބަލަ…! ” ހިނިގަނޑެއް ޖަހާލަމުން މައިޝާގެ އަތުގައި ހިފައިގެން ފާޒިން ކުރިއަށް ހިނގައިގަންނަމުން ބުނެލިއެވެ. ފާޒިން މައިޝާގެ އަތުގައި ހިފައިގެން ހުރުމުން ބުނަންނޭގޭ ކަހަލަ އިހުސާސެއް މައިޝާއަށް ކުރެވެމުން ދިޔައެވެ. ފާޒިން ގޮސްވަނީ ޓުރޭޑާސް ހޮޓަލަށެވެ. ލިފްޓަށް އަރައިގެންގޮސް ހަތްވަނަ ބުރީގައި ހުރި ރެސްޓޯރެންޓްގެ ތެރެއަށް ވަތްއިރު ފަތުރުވެރިންގެ އިތުރުން ޖޯޑު ޖޯޑަށް ދިވެހިންވެސް ގޮސްތިއްބެވެ. ފާޒިންމެންގޮސް ބޭރު މަގާވީ ފަރާތުގައި ހުރި މެޒެއްގައި އިށީނެވެ. ކައިރީގައި ޕޫލް ދިއްލާލާފައި އޮތްއިރު ވަރަށްވެސް ފުރިހަމައެވެ. އަދި ދުރުދރުން ފެންނަން އޮތް ހުޅުލޭގެ އަލިތަކާއި ހުޅުމާލޭގެ އަލިތަކުން މުޅި އެސަރަހައްދު ފެންނަނީ ވަރަށް ރީތިކޮށެވެ. އެކަހަލަ ތަނަކަށް މައިޝާ އެއައީ އަލަށްކަމުން މައިޝާގެ މޫނުމަތިން ކޮންމެވެސް ވަރަކަށް ހައިރާންކަން ފެންނަން ހުއްޓެވެ.

ކުޑައިރުކޮޅެއްގެ ތެރޭގައި ވޭޓަރ އައިސް މެނޫ ދިނެވެ. ދެމީހުންވެސް އެއްޗިއްސަށް އޯޑަރ ކޮއްފައި ތިބީ ވާހަކައިގައެވެ. އެތަނަން ވަދެގެން އައި މުހައިމިންއަށް އެވަގުތު ފާޒިން ފެނުނެވެ. އެހެންވެ އޭނަވެސް ފާޒިން ކައިރިއަށް ދިއުމަށް ހިނގައިގަތެވެ.

” އޭ ބަޑީ…! ކޮންއިރަކު އައީ…؟  ” މުހައިމިން އެހެން ބުނުމުން ފާޒިންއާއި މައިޝާއަށް އެއްފަހަރާ ބަލައިލެވުނެވެ.

” މިހާރު ތުރީ މަންތްސް ވަރުވެއްޖެ…! ފެނިވެސްނުލާ ކޮންތާކު ތިއުޅެނީ…؟ ” މުހައިމިން ދިއްކޮއްލި އަތުގައި ހިފަމުން ފާޒިންވެސް ބުނެލިއެވެ.

” އަހަރެންވެސް ލަންކާގަ އުޅެފަ މިއައީ…! މީ ބިޓުތަ ނޫނީ އަންހެނުންތަ…؟ ” ހިނިތުންވެލަމުން މައިޝާއާއި ދިމާލަށް ބަލާލަމުން މުހައިމިން އަހައިލިއެވެ.

” ހަމަ ގައިމުވެސް އަދި މެރީއެއް ނުކުރަން…! ” މައިޝާއަށް ފުންކޮއް ބަލާލަމުން ފާޒިން ބުނެލިއެވެ. އޭރު މައިޝާވެސް އިނީ ފާޒިންއަށް ބަލައިގެންކަމުން ދެމީހުންގެ ހަތަރު ކަޅި ހަމަވެގެން ދިޔައެވެ. ދެމީހުން ކުރެ އެކަކަށްވެސް އެވަގުތު އެތަނުގައި އިތުރު ބަޔަކު ތިބިކަމުގެ އިހްސާސެއް ނުކުރެވެއެވެ. އެމަންޒަރ ބަލަން ކައިރީގައި ހުރި މުހައިމިންއަށް ހެވުނެވެ.

” ތިދެން ބޮޑުވަރު…! ތިދެމީހުން ނޫނަސް މިތަނުގައި މީހުން އެބަތިއްބޭ…! ” ހިނިގަނޑެއް ޖަހާލަމުން މުހައިމިން އެހެންބުނުމުން ދެމީހުންވެސް ދިޔައީ ސިއްސައިގެނެވެ. މައިޝާގެ މޫނު ލަދުން ރަތްވެގެން ދިޔައެވެ. ފާޒިންކައިރީގައި ދަނީކަމަށް ބުނެފައި މުހައިމިން ގޮސް ތަންކޮޅެއް ދުރުގައި އެކަނި އިން އަންހެން ކުއްޖެއްގެ ކައިރީގައި އިށީނެވެ.

ކައިނިމިގެން ވަރަށް ގިނައިރުވަންދެން ވާހަކަދައްކަން ފާޒިންމެން ތިއްބެވެ. ސުކޫލުގެ ދުވަސްވަރާއި ބޭރުގައި ކިޔަވަން އުޅުނުއިރު ކުރެވިފައި ހުރި މަޖާކަންތަކުގެ ވާހަކައެވެ. ވެއިޓަރ ބިލް ގެނައުމުން ފާޒިން ވޮލެޓުން ކޭސްކާޑު ނެގާ ދިނުމަށްފަހު ވޭޓަރަށް ޕިން ނަންބަރ ކިޔައިދިނެވެ.

” ކީއްވެ ބިލްދެއްކީ…؟  ” ވެއިޓަރ ދިއުމާއެކު މައިޝާ ޝަކުވާކުރާ ރާގެއްގައި ބުނެލިއެވެ.

” ދެން އަންހެންކުދިން ބިލް ދެއްކުމަކީ ކަޑަ ކަމެއްނު…! އެހެންނޫނަސް.. ” ފާޒިން އަތުގައި އޮތް ސުޕާރި ޕަކެޓުން އެތިކޮޅެއް އަނގަޔަށް ލަމުން މައިޝާއާއި ދިމާލަށް ދިއްކޮއްލިއެވެ. މައިޝާ ދެފަރާތަކަށް ބޯހޫރާލީ އޭގައި ހިފަން ނުކެރުމުންނެވެ.

” ހެވޭ.. އެކަމަކު..! އަހަރެންނަށް މުސާރަ ލިބިގެނެންނު ކާންދޭން މިއައީ….! ” މައިޝާ އަނެއްކާވެސް ބުނެލިއެވެ. އެވަގުތު މައިޝާގެ ފޯނު ރިންގުވާން ފެށުމުން އޭނަގެ އަތް ދަބަހުން ފޯނުނަގާ ބަލާލިއިރު ގުޅަނީ މުނީރާއެވެ.

” ހަލޯ…! ކީކޭ މަންމާ…! ” މައިޝާ ފޯނުނަގާ ކަންފަތުގައި ޖައްސާލަމުން ބުނެލިއެވެ.

” ކޮންއިރަކުން ގެއަށް އަންނަނީ…! މިހާރު އެގާރަ ޖެހަން އެއުޅެނީ…! ” އެކޮޅުން މުނީރާ ބުނެލިއަޑު ފާޒިންއަށްވެސް އިވުނެވެ.

” މިދަނީއޭ…! ” މައިޝާ ފޯނުކަނޑާލާފައި ފާޒިންއަށް ބަލާލިއިރު ފާޒިން މައިޝާއަށް ބަލަހައްޓައިގެން އިނެވެ.

” ކިހިނެއްވީ…؟ ” މައިޝާއަށް ފާޒިން ބަލަހައްޓައިގެން އިންގޮތުން އަހައިލެވުނެވެ.

” ކަމެއްނުވޭ…! ލަސްވެގެންދޯ އެގުޅީ…!” ފާޒިން ގޮޑިން ތެދުވަމުން އަހައިލިއެވެ.

” ނޫން…! ވަކި ލަސްވެގެނެއްނޫން…! އެދެން ބޭރުގަ އުޅޭތީ ގުޅާލީ…! ފާޒިންއަށްވެސް އެނގެއެއްނު މަންމަމެންގެ ކަންތައް ހުންނާނެ ގޮތް… ” މައިޝާވެސް ފާޒިންގެ ފަހަތުން ހިނގައިގަތެވެ. މައިޝާ ފާޒިންއާއި އެކު ހިނގާފައި ގޮސް ކާރަށް އެރި ވަގުތު އާމިރުވެސް ސައިކަލުގައި އައިސް އެހިސާބައް އަރާހަމަވަނީއެވެ. ނަމަވެސް ފާޒިން އާމިރުއެއް ނުދެކެއެވެ. އާމިރުވެސް މަޑުކުރަން ނަހަދާ ދިޔަގޮތަށް ދިޔައީއެވެ. ފާޒިން މަޑުމަޑުން ކާރު ދުއްވާފައި ގޮސް މައިޝާމެންގޭގެ ދޮރުމަތީގައި މަޑުކޮއްލިއެވެ. މައިޝާ ކާރުން ފައިބައިގެން އައިސް ފާޒިން އިންފަރާތު ޕޭމަންޓް މަތީގައި މަޑުކޮއްލީ ފާޒިން ބިއްލޫރިގަނޑު ތިރިކޮއްލައިގެން އިނުމުންނެވެ.

” އަދިވެސް ހުރީތަ…؟ މިހާރު މައިޝާގެ މަންމަ ހުންނާނެ އިލޮށިފަތި ހިފައިގެން…! ” ހިނިގަނޑެއް ޖަހާލަމުން ފާޒިން ބުނެލިއެވެ. މައިޝާ ފާޒިންއާއި ދިމާލަށް ތުން އަނބުރާލެވުނީ ބޭއިހްތިޔާރުގައެވެ.

” ކިހިނެއް ތިހެދީ….! އަދި އެއްފަހަރު ހަދާލަބަލަ….! ” ފާޒިން އެހެން ބުނެލުމާއެކު މައިޝާ އަނެއްކާވެސް ތުން އަނބުރާލިއެވެ.

” ކިހިނެއް…؟ ” ފާޒިން އަނެއްކާވެސް އަހާލިއެވެ. އެވަގުތު މައިޝާ އައިސް ފާޒިންގެ އަތުގައި ޖަހާލިއެވެ. އެމަންޒަރ ބަލަން މުނީރާ ހުރި ކަމެއް މައިޝާއަކަށް އަދި ފާޒިންއަކަށްވެސް ނޭގެއެވެ. މުނީރާ މަޑުނުކޮއް ވަގުތުން އެތެރެއަށް ވަނީ އައި ރުޅިން ކަންނޭގެއެވެ.

މައިޝާ ގެއަށް ވަންނަން ދޮރާ ހަމައަށް ގޮސްފައިވެސް ފަސްއެނބުރި ފާޒިންއަށް ބަލައިލިއެވެ. ފާޒިން އަތުގެ އިޝާރާތުން ޓާޓާ ކިޔާލިއެވެ. މައިޝާވެސް ހިނިތުންވެލަމުން ފާޒިންއަށް ޓާޓާ ކިޔާލުމަށްފަހު އެތެރެއަށްވަނެވެ. ފާޒިން ހިތްހަމަ ޖެހުނުލެއް ބޮޑުކަމުން ކާރުގައި ޖަހާފައި ހުރި ލޯބީގެ ލަވަ ރޮކް ލަވަޔަކަށް ބަދަލްކޮއްލާފައި އަޑު ބާރުކޮއްލިއެވެ. އެލަވައިގެ އަޑު ގެއަށް ވަދެވަދެ ހުރި މައިޝާއަށްވެސް އިވުނެވެ. މައިޝާ ގެއަށް ވަތްއިރު މުނީރާ ގޭގެ ސިޓިންގް ރޫމްގައި މަޑުކޮއްލައިގެން އިނީ ސީދާ މައިޝާއަށް ބަލަހައްޓައިގެންނެވެ. އެމޫނުމަތީގައި ހުރި ކުލަވަރުން މައިޝާގެ ހިތް ތެޅިލީ ގަތް ބިރެއްގެ ސަބަބުންނެވެ.

Share Article

Follow Me Written By

BONDAY

Level 210 Stories

Other Articles

Previous

ސާޔާ (10 ވަނަ ބައި)

Next

އިމްތިޙާނު

Next
May 9, 2015

އިމްތިޙާނު

Previews
May 8, 2015

ސާޔާ (10 ވަނަ ބައި)

15 Comments!

  1. laali says:
    May 8, 2015 at 11:02 pm

    Haadha kurey.bt v nice

  2. hig says:
    May 8, 2015 at 11:05 pm

    Haadha kury story upload kuraavaru thi yah vure dhigukoh Bala. Dhen nice story

  3. same says:
    May 8, 2015 at 11:07 pm

    Wow… thnkx mihaa awahah upload khdhiny thyve….Adi v eh ga mihaa awahakah upload eh nukhdhe… v nice this stry…. nxt prt vx v awahah upload khdhey thi

  4. flower says:
    May 8, 2015 at 11:08 pm

    Reethi mi part vess..Ekam kury genesdheyleh..dhen inna part dhigu kon genesdheyne kama hykuran

  5. mary says:
    May 8, 2015 at 11:27 pm

    Piss pisss dhen enme line eh liyunu nama maa v thi reethi vis a Enme scene ehga stry thi ninmy u

  6. aish says:
    May 8, 2015 at 11:30 pm

    V v v nice, ekm haadha kureyyy, dhn anna part dhigukh genesdhehcheyy.. v v kiyaahithun myny, n v avahah up khdheythi, olxxx

  7. ihthu hux says:
    May 8, 2015 at 11:31 pm

    Hm mmm nic ea . ihthu happyth

  8. saadhy says:
    May 9, 2015 at 12:08 am

    Maa kuru v…. Thankolheh dhigu koh genesdheeba

  9. nish says:
    May 9, 2015 at 1:13 am

    V reethi mi part avahah upkohlahchay

  10. Julie says:
    May 9, 2015 at 1:21 pm

    Avaha anei bai upload kurachey.
    varah nice story eh.
    anei bai kiyahithn nuhurevey eba………
    🙂

  11. sam says:
    May 9, 2015 at 2:43 pm

    ihthu bunedhyba esfiya site ga story eh liyan hadhan jehey goi

  12. shenaa says:
    May 9, 2015 at 2:46 pm

    vvvv nice .love u ihthu

  13. angel beauty says:
    May 9, 2015 at 5:23 pm

    Avahah aneh bai upload kohba. Warah salhi story ekeve.

  14. july says:
    May 9, 2015 at 6:41 pm

    haada kurey….but nice

  15. nunnu says:
    May 21, 2015 at 9:44 pm

    …..Vvvvvv habeyxxx keep it up

Comments are closed.


All Right Reserved!