“މާހީ، ދަރިފުޅު ހޯދާތާ ކިހާއިރެއް މިހާރު، ނުބުނެ ކޮންތާކަށް ދިއައީ ތި.. ބައްޕަ މިއައީ ގެއަށް ވެސް ގޮސް، ކިހިނެއްވީ؟ ލިމްޔާ ބުނި ލަމްހާ އާއި ދެކުދިން ވާހަކަދައްކަން ތިބެފަ މާހީ ދިއަތަނެއް ނޭނގޭ، އަނެއްކާ ލަމްހާ ދައްތަ ދަރިފުޅު ހިތްހަމަ ނުޖެހޭ އެއްޗެއް ބުނީތަ؟”މަރުކަޒުގެ ދޮރުން އަހަރެންވަންތައ ްފެނި ބައްޕަގެ ސުވާލުއަމާޒުވިއެވެ. އެހެނަސް އަހަރެންނަށް ޖަވާބެއް ނުދެވި އުޅެނިކޮށް އިވުނި އަޑަކުންސިހިފައި ހިތް ތެޅިގަތީ ދުވަހަކު ނުތެޅޭހާ ވަރަށެވެ. މަރުކަޒުގެ ދޮރުމަތިން އަހަރެމެންނާއި އަރާހަމަކުރަމުން ޔޫނުސް […]
ހަމަހޭވެރިވުމާއެކު އިންތަނުން ތެދުވެ، އަހަރެން މިސްރާބުޖެހީ، ޒައިދު އޮތް ހިސާބަކަށް ދާށެވެ. އަހަރެންގެ ހަރާކާތްތައް ހުއްޓިފައިވިއަސް ސިކުނޑީގައި އުފެދިފައިވާ ހައިޖާންގަނޑޫ ބޮޑުވެ ފަޅައިގެންދާން ވަރުވެއްޖެއެވެ. ލޮލުން ކަރުނަހިކިއްޖެއެވެ. ޒައިދުއަށް އެފަދަ ހާލެއް އެ ދިމާވީ އަހަރެންފަދަ ސުންޕާ ކުއްޖެއްގެ ހިޔަނި ޒައިދުގެ ދިރިއުޅުމަށް އެޅުމުން ބާއެވެ. ތަގްދީރު އަހަރެންނާއި ޒައިދާއި ދިމާކޮށްދިނީ މިދުވަސް ދެކެންބާ އޭ ހިތަށް އަރައެވެ. ޒައިދު ފަދަ މާތް އިންސާނަކު އެފަދަ ހާލެއްގަ އޮންނައެޖެހުނީ އަހަރެންގެ ސަބަބުންނެވެ. އަހަރެން ކިހާ ބަދު ނަސީބުހެއްޔެވެ. […]
އަހަރެން ހަމަ އެހުރި ތަނުގައި ހުރީ އެވެ. ފަރީޤް އަހަރެންނާއި ދިމާލަށް ބަލާލަމުން ހިނިތުންވެލީ މަލާމާތް ކުރާ ގޮތަށެވެ. (ކުރިން ނުބުނެ ވި ދިޔަ ވާހަކައެއް ބުނެލާނަމެވެ. ފަރީޤް އެތަނަށް ވަތް އިރު މޫނުމަތީގައި ކުރިން އަޅާފައިވާ ފޮތިގަނޑު ވަނީ ނަގާފައެވެ. ފަރީޤް އަކީ ފުޅާ ނިއްކުރިއަކާއި ބޮޑު މަތިމަހެއް ލާފައިވާ މީހެކެވެ. އަދި ތުބުޅިއެއް ލާފައިވާ ޒުވާނެވެ). އަހަރެންނަށް އެ މޫނަށް ބަލަހައްޓައިގެން ހުރެވުނެވެ. ފަރީޤް އޭނަގެ އަތުގައިވާ ރިމޯޓެއް ކަހަލަ އެއްޗަކަށް އޮއްބާލިއެވެ. އެވަގުތު […]
ޕޭމެންޓް މަތިން ހިނގާފައި ދިޔަ މައިޝާގެ ހިނގުން މަޑު ޖެހިލީ ކުރިމަތިން ފެނުނު މަންޒަރަކުންނެވެ. މިސްރާމެންނަށްވެސް ޕޭމެންޓް މަތީގައި ހުއްޓިލައިގެން ހުރި އާދިލް ފެނުނީ އެވަގުތުއެވެ. އާދިލްގެ ނަޒަރު ހުއްޓިފައި ހުރީ ސީދާ މައިޝާގެ މޫނަށެވެ. އާދިލްގެ މޫނުފެނިފައި މިސްރާއަށްވެސް ބާރުކޮއްލެވުނީ މައިޝާގެ އަތަށެވެ. މިއިން ދުވަހަކުވެސް ފެންވަރާފައި ހުރިހެނެއް ހިޔެއް ނުވެއެވެ. ދެލޯވެސް ރަތްކަމުން ހީވަނީ އެހެންފަދަ ކަމެއް ހެނެވެ. ” އޭ.. ކިހިނެއްވެފަތަ ތިހިރީ..؟ ” ސައިކަލުމަތީގައި އިށިންދެލައިގެން އިން ފިރިހެނަކު އާދިލްއަށް ގޮވާލިއެވެ. […]
ދެލޮލުން ފައިބަމުން ދިއައީ އުފާވެރި ކަރުނައެވެ. އެއީ އެތަށް ދުވަހެއް ފަހު އަހަރެންނަށް ހިމާޔަތްދޭނެ އަތެއްގެ ހިޔާލިބުނުކަން ޔަގީންވުމުންނެވެ. މިއަދު އަހަރެންނަށް އަހަރެން ދެކެ ލޯބިވާ ބަޔަކު ލިބިއްޖެއެވެ. އަހަރެންގެ ހިތް ބިރުގަންނަނީ އަނެއްކަވެސް ތަގްދިރު އަހަރެންގެ މި އުފާތަކާއި ހަސަދަވެރި ވެދާނެތީއެވެ، ލަމްހާ އަކީވެސް އަހަރެންގެ ހަތުރެކޭ ހިތްބުނަމުން ދިއައިރު އެކަން އެގޮތަށް ނުވުމަށް އެދި ދުއާކުރެވުނެވެ. އަހަރެންގެ ކަޅު މާޒީއާ ދެކޮޅަށް ތެދުވަމުން އަހަރެން ނިންމީ ރަށާ ދުރަށް ވީހާވެސް އަވަހަކަށް ދާށެވެ. ޒައިދު […]
އަހަރެންނަށް ވާނުވާ އެގެން ފެށިއިރު އަހަރެން ވަނީ ކޮށްޓަކަށް ލާފައެވެ. ދެއަތް ފުރަގަހަށް ވާގޮތަށް އަައްސާފައިވާއިރު ދެފައިވެސް ވަނީ އައްސާފައެވެ. އަނގައިގައި ފޮތިގަނޑެއް އައްސާފައި ހުރުމުން ވާހަކައެއް ނުދެއްކުނެވެ. ބޮލަށް ވަމުންދިޔަ ތަދު ބުނާކަށްވެސް ނޭނގެއެވެ. އަހަރެންނަށް މަޑުމަޑުން ތަންދޮރު އެގެން ފެށިއިރު ކައިރީގައި މީހަކު ހުރިކަން އެނގުނެވެ. އަހަރެން އިސްއުފުލާފައި ބަލާލިއިރު މޫނުގައި އެއްޗެއް އަޅައިގެން ހުރި މީހާ ހުރީ އަހަރެންނާއި ދިމާލަށް ބަޑިއެއް ދިއްކޮށްގެންނެވެ. ތެޅެގަނެވުނު ވަގުތު އެމީހާ ބަޑި ގޮައްވާލިއެވެ. ދެން ވީގޮތެއް […]
ލޯބިވާ މީހުންނާ ކައިވެނި ކުރެވެނީ ކިތަށް މީހުންނަށް ބާއެވެ؟ ފުރަތަމަ ލޯބި ކާމިޔާބު ކުރެވޭނީ ކިތަށް މީހުންނަށް ބާއެވެ؟ މީހަކާ ނުއިނދެ މުޅި އުމުރު ހުސްކޮށްލާ ކިތަށް މީހުން އުޅޭނެ ބާއެވެ؟ އެފަދަ މީހުން ‘ހުހަށް’ ހުންނަނީ އިންނާނެ މީހަކު ނުވެގެންބާއެވެ؟ ނޫނީ އިންނަން ބޭނުންވާ މީހާ ނުލިބިގެންބާއެވެ؟ އަހަރެން ވިސްނަމުންދިޔައިމެވެ. އަހަންނަށް މީހަކާ އިނދެވިއްޖެއެވެ. އަހަރެންގެ ފިރިމީހާއަކީ އަހަރެން އެންމެ ލޯބިވީ މީހާއެވެ. ވީއިރު އަހަރެން ވިސްނަންވީ ކޮންކަމަކާބާއެވެ؟ ރައްޓެހިން ބުނެއެވެ. އަހަރެން ހާ ނަސީބު […]
” ކަލޭ ގެ ލަދު ކުޑަކަން ބަލާބަލަ ، އުޅޭނެ ގޮތެއް ނޭގިގެން ތި އުޅެނީ މިހާރު އަހަރެންގެ ހުރިހާ އެއްޗެއް ފޭރިގަންނަށް އައިސްގެން ދޯ؟ ކަލޭ ކަހަލަ ސުންޕާ އަންހެނުންގެ ގޮތް މަށައް ވެސް ނިކަން ރަގަޅަށް އެނގޭ، މަންމައާއި ދޮންބަފާ ޖަލަށް ލާފަ މިހާރު މަ ބައްޕަ ފަހަތުގަ އަޅައި ގަތީ ދޯ، އެވަރު ނުވެގެން މަ އެކުވެރިޔާ ޒައިދު އަތްދަށު ލައިގެން މޮޑެނީ، އޭނަގެއ ސިކުނޑި ކައި ހުސްކޮށްގެން މަށާ ދުރުކުރަން ކަލޭ […]