ކޮޓަރިއަށް ވަދެވުމާއިއެކީ ދަބަސް އެނދުމައްޗަށް އެއްލާލުމަށްފަހު އިނާރާ ކައިރީގައި އޮތް ބާލިހުގައި މޫނުފޮރުވާލިއެވެ. އޭނާ ލައިގެންހުރި ގަމީސް ތެފިމަފައި އޮތްއިރު އިސްތަށިގަނޑުގައި ހުރި ފެނުގެ އަސަރުން ބާލިސް ތެމެމުން ދިޔައެވެ. އޭނާއަށް ވިސްނެމުންދިޔައީ ހިނގާދިޔަ ކަންތަކާއި މެދުއެވެ. އިނާރާ އެނދުގައި އިށީދެ ހަމަނޭވާއެއް ލުމަށްފަހު ދެއަތުން އިސްތަށިގަނޑު ރީތިކޮއްލިއެވެ. މާކިން އޭނާގެ ނުރުހުމުގައި އެފަދަކަމެއް ކުރިނަމަވެސް އެންމެންގެ ކުރިމަތީގައި އެގޮތަށް އަތް އިސްކުރެވުނިތީ އިނާރާ ދެރަވިއެވެ. ކޮންމެ ގޮތެއްވިޔަސް އޭނާއަށް މާކިންއާއި ވާހަކަދައްކައިގެންވެސް އެކަން ހައްލުކުރެވުނީހެވެ. އެގޮތަށް […]
އެއީ ދަންވަރުގެ ހަމަހިމޭން ވަގުތެވެ. އިފްޝާއަށް ހޭލެވުނީ ފޯނުރިންގުވާ އަޑަށެވެ. މޯޅިއަކަށް ދެމިލުމަށްފަހު ލޯނުވެސްހުޅުވާ ފޯނުނަގައި ކަންފަތުގައި ޖައްސާލިއެވެ. އޭނާއަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. އެކޮޅުން އިވެމުން ދިޔައީ އަންހެން ކުއްޖަކު ރޯއަޑެވެ. ފުންމައިގެން ތެދުވެ، އެނދުގައި އިށީނދެ ފޯނުން އިވެމުން ދިޔަ ރުއިމުގެ އަޑާމެދު ސަމާލު ވެލިއެވެ. އެއީ ވޭނީ، ހިތްދަތިއަޑެކެވެ. “ކީއްވެ ތިރޮނީ؟ކޮންކުއްޖެއްތީ؟ކިހިނެއްވީތަ؟” އިފްޝާ ހާސްވާން ފެށިއެވެ. އެނދުގެ އަނެއްފަޅިއަށް ބަލާލިއެވެ. ކޮޓަރީގައި ހުރެވުނީ އެކަނިކަން އެނގުމުން ބިރުގަންނަންފެށިއެވެ. ފޯނުން އިވެމުން […]
އަހަރެންނަށް ހޭވެރިކަން ވި އިރު އަހަރެން އޮތީ ވަރަށް އަދިރި ތަނެއްގައެވެ. ދެލޮލަށް އެއްވެސް އެއްޗެއް ފެންނަ ގޮތެއް ނުވިއެވެ. އަތުން މަޑުމަޑުން ތަންތަނުގައި ހާކާލީމެވެ. އެތަނުގެ ހުރި އަޑިގުޑަން ކަން އަހަރެންނަށް އިހްސާސްވިއެވެ. އެއީ ހިލައިގެ ތަނެއްކަން އަހަރެންނަށް އެގުނީ އެތަނުގައި އަތްޖަންސަން ފެށުމުންނެވެ. އޭރުވެސް މީހާގެ ބޮލުގައި ވަރަށް ރިއްސަމުން ދިޔައެވެ. ވާން އުޅެނީ ކީއްކަން އަހަރެންނަކަށް ނޭގެއެވެ. މަޑުމަޑުން އަދިރި ތެރެއަށް ލޯ ހޭނެމުން ދިޔަ ވަރަކަށް އެތަނުގެ ބޮޑުމިން އެގެމުން ދިޔައެވެ. […]
އިސްޖަހައިގެން ޓީޝާޓާއި ދިމާއަށް ބަލަހައްޓައިގެން ހުރި މާކިންގެ އަތް ގޮއްމުއްކެވި ދެބުމަ ގޮށްޖެހުނެވެ. އޭނާ އިސްނަގައި ކުރިމަތީގައި ހުރި މީހާއަށް ބަލައިއިރު އެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާ ރުޅިވެރިކަމެވެ. ދެއަތް މޭގައި ޖައްސާލައިގެން ހުރި އިނާރާގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ. އޭނާވެސް ލިފްޓަށް އަރަން އެނބުރުނު ގަޑީގައި ރަނގަޅަށް ބަލައި ނުލެވުމުން ޖޫސްތަށި ބަންޑުންވީއެވެ. ކުރިމަތީގައި ހުރި ޒުވާނާ ރުޅިއައިސްފައި ހުރިއިރުވެސް އެ މޫނުމަތިން ރީތިކަން ފާޅުވެއެވެ. މާޢާފަށް އެދެން އަނގަ ހުޅުވާލިތަނާ އެ […]
ހަވީރުގެ ހިތްގައިމު ވަގުތުގައި މޫދަށްއެރި މަޖާކުރަމުން ދިޔަ، އަހަރެންގެ އުމުރުފުރާގެ ކުދިންތަކަށް ބަލަން އަހަރެން އިނީމެވެ. އަހަރެން އިނީ، އެމަޖަލުގައި ބައިވެރިވާހިތުންނެވެ. އެގޮތަށް ސާމާސާކޮށް އުޅުމަށް ދާހިތުންނެވެ. ދުރުދުރުން އަތުގުޅާލައިގެން ހިނގަމުންދާ ޖޯޑު ތަކަށް އަހަރެން ބަލާލީމެވެ. ލޯތްބާއެކު އެކަކު އަނެކަކުގެ މޫނަށް ބަލަމުން ދެމީހުން ގޮސް އެއިށީންދެލަނީ މިވަގުތުގެ އުފާވެރިކަން ހިއްސާ ކުރަމުންނެވެ.އަހަރެންވެސްމީ އެއްދުވަސްވަރެއްގައި އެގޮތަށް އުޅުނު ފުރާވަރުގެ މީހަކީމެވެ. އެފަދަ އުފާވެރި ކަމެއްގައި އަހަރެން އުޅުމަށް މިއަދު ދުނިޔެ ހުރަސްއަޅަނީ ކީއްވެ ހެއްޔެވެެ؟ ދުނިޔެ […]
ޝާލިނީ މަޑުމަޑުން ގޮސް އެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެއާއެކު އޭނާގެ ދެލޯ ތަންމިނަށް ހުޅުވިގެން ދިޔައީ ފެނުނު މަންޒަރުގެ ސަބަބުންނެވެ. ޝާލިނީއަށް ފަހަތަށް ޖެހިލެވުނެވެ. ކުރިމަތިން ފެނިގެން މިދަނީ ކޮންފަދަ މަންޒަރެއް ހެއްޔެވެ؟ ނޫނީ އެއީ އޭނާގެ ލޯ އޭނާއަށް ކުރާ ޖެއްސުމެއް ހެއްޔެވެ؟ އިސާހިތަކު އޭނަގެ ދެލޯ ފުރިގެން ގޮސް، ކަރުނަތައް ކޯތާފަތް މައްޗަށް އޮހޮރިގެން ދިޔައެވެ. ޝާލިނީގެ ކޮއްކޮ ބަލްޝަމް އިނީ ފާރުގެ ކަނަކަށް ބިއްޖެހިފައެވެ. އަތުގައި އޮތް ޗޯކުބުރި ފާރުގައި ކާއްތަމުންދިޔައިރު […]
ކުރިމަތީގައި ހުރި ބޮޑު ބިއްލޫރި ގަނޑުގެ ފަހަތުން މަތިމައްޗަށް ނަގާފައިވާ އިމާރާތްތަށް ފެންނަމުން ދިޔައިރު ކަޅު ބޯވިލާތަކުން އުޑުމަތި ވަނީ ބަނަވެފައެވެ. ބާރު ވަޔާއިއެކީ ވެހެމުންދިޔަ ވާރޭގެ ތިކިތަށް ބިއްލޫރިގަނޑުން ފައިބަމުން ދިޔައިރުން ބޭރު ފެންނަމުން ދިޔައީ ފުސްކޮށެވެ. އޭސީގެ ފިނިކަން މުޅި ކެބިން ތެރޭގައި ހިފާލާފައި ވާއިރު މާކިން އިނީ އޭނާގެ އަރާމު އެނބުރޭ ގޮނޑީގައި އިށީދެގެންނެވެ. އޭރު އޭނާގެ ނަޒަރު ހުއްޓުފައިވަނީ ބިއްލޫރިގަނޑުގެ ބޭރުން ފެންނަމުން ދިޔަ މަންޒަރަށްށެވެ. މާކިންގެ އަތުގައި ހުރި ކޮފީތަށިން […]
(މިއީ، އަޅުގަނޑު ކުރިން އެސްފިޔައިގާ ޝާއިޢު ކުރި ދިގު ވާހަކަ، “ކަޅުފިނިފެންމާ” ގެ ދެވަނަ ސީޒަން އެވެ.) ކުއްލިއަކަށް ވިދާލިއެވެ. މުޅި އުޑުމަތި އެކީ އެކައްޗަކަށް އަލިވެގެން ދިޔައެވެ. ހީވީ ވިލާތަކުގެ ތެރެއިން ރެދަން ކަނޑާލިހެންނެވެ. ހަމަ އެ ސިކުންތުގައި ޖަހާލި ބާރު ގުގުރީގެ ސަބަބުން ރޭގަނޑުގެ ހަމަހިމޭންކަން ކަނޑުވާލިއެވެ. ތުފާނީ ރެއެއްގެ ބިރުވެރިކަން، ރަށުގެ އެންމެންވެސް ދިޔައީ ތަހައްމަލު ކުރަމުންނެވެ. ކަޅު ހިލަގަނޑުތަކެއްފަދަ ވިލާތަކުން މުޅި އުޑުމަތިވަނީ ބައްދާލާފައެވެ. ސަމީރު ބާރު ހިނގުމެއްގައި މިސްރާބު ޖަހާފައިވަނީ […]
ޒަޔާން ނޫރާއަށް އެހަގީގަތް ކިޔާދޭން އުޅުމުން އެކަމަށް އިންކަރުކުރީ ޔަޝްރާއެވެ. އަދި މާއަވަސްކަމުގައި ބުނެ އިހަށް މަޑުކުރުމަށް ބުންޏެވެ. މަންމަ ބޭނުންވިގޮތަށް ޒަޔާން ކަންތައްކުރިއެވެ. އަދި ސިއްރުނުކޮށް އެކަންތައްވީގޮތް މަންމައަށް ހިއްސާކުރެވުމުން ހިތްހަމަޖެހުން ލިބުނެވެ. ނަމަވެސް ހިތުގެ އެއްކަނަކުން އަދިވެސް ޒާޔާއަށް އެދެވެމުން ދިޔަ ނަމަވެސް ޒާޔާއަށް އޭނަގެ ލޯބި ނުހޯދައިދެވުމުން އެކަމާ ދެރަވިއެވެ. ހުރިހާ ކަމެއް އެނގިހުރެ އެކަން ސިއްރުކުރަން ޖެހުމުން އުނދަގޫވެސް ވިއެވެ. ޒާޔާ ދެރަވާނެވަރު އިހުސާސްވެފައި އަދި އިތުރަށް ދެރަވިއެވެ. ނަމަވެސް ޒާޔާއަށް […]