ހިތް ވިންދާނުލައި… (21)
މެންދުރުން އަނބުރާ ބާރަޖެހިއިރު ޒެރީން އަދިވެސް އޮތީ ނިދާފައެވެ. މާކިން އޭރު ހޭލިގޮތަށް އަމިއްލައަށް ސައި ހަދައިގެން ބުއި އިރުވެސް ޒެރީންއަކަށް ހިލަމެއް ނުވެއެވެ. ތިރިއަށް ދާން އުޅެފައި ވެސް އެ ހިތްވަރު ނުލިބިގެން އަމިއްލައަށް އެއްޗެއް ހަދާލީއެވެ. މާކިން ކޮޓަރިއަށް ވަދެ ނިދާފައި އޮތް ޒެރީންގެ ގައިގައި ކޮއްޓާލުމުން އޭނާ އަތް ފޮޅުވާލިއެވެ. “ޒެރީން.. ހޭލަބަލަ ދެން.” މާކިން ގޮވަންފެށިއެވެ. ނަމަވެސް ޒެރީން އަނެއް ފަރާތަށް އެނބުރިލިއެވެ. “ހޫމް.. ދެން ނޮގޮވަބަލަ…” ބާލިހުގައި މޫނު ފޮރުވާލަމުން ޒެރީން ބުނެލިއެވެ.
މާކިން ދެފަރާތަށް ބޯ ހޫރުވާލާފައި ކާރު ތަޅުދަނޑި ހިފައިގެން ކޮޓަރިން ނިކުތެވެ. މާކިން މަޑު ހިނގުމެއްގައި ލިފްޓު ނިކުމެގެން އައިތަނާ ރާހިލް ކުރިމައްޗަށް ޖެހުނެވެ. “އަހާ.. މިގަޑީގައި ކީއްކުރަނީ މިތާ.” މާކިން ސުވާލު ކޮއްލިއެވެ. “މިއައީ މަލަކްއަށް ޝެޝަންތައް ކުރިއަށް ގެންދަން ވެގެން.. ކޮންތާކަށް ތިދަނީ؟” މާކިން ކައިރީގައި މަޑުކޮއްލަމުން ރާހިލް ބުނެލިއެވެ. “އެހެންތަ.. ރަނގަޅު ދެން ޝެޝަންތައް ފަށާތި.. މިދަނީ ބޭރަށް ކާން ޖައްސާލަން ކަމަށް” މާކިން މިހެން ބުނުމުން ރާހިލްއަށް އޮޅުނެވެ.
“އެ ކީއްކުރަން ބޭރުން ކަނީ؟ ކޮބާ ޒެރީން؟ ތިރީގައި ވެސް ކެވޭނުން ހަމަ.” ރާހިލް ސުވާލުކުރިއެވެ. މާކިންއަށް ދޭނެ ތަފްޞީލެއް ނޭނގުނެވެ. އަލަށް އިނދެގެން ގެނައި އަނބިމީހާ މެންދުރުން އެނބުރި އިރު ނުހޭލާ އިރު ދޮށީ އަނބިއާއި ހަތަރުކަޅި ހަމަކުރަން ނުކެރެއެވެ. “މިދެން ބޭރުން ކާލަން ކަމަށް..” މާކިން ފާޑަކަށް ބުނެލިއެވެ. “އެހެންވިއްޔާ އަހަރެން ނިމުނީމަ ދެމީހުން އެކީގައި ދާން މަޑުކުރަން ވީއެއްނުން..” ރާހިލް މިހެން ބުނުމުން މާކިން އޭނާގެ ފަހަތުން އަލުން ލިފްޓަށް އެރިއެވެ.
ސިޓިން ރޫމުގައި އިން މަލަކް އިނީ ރާހިލްގެ އިންތިޒާރުގައެވެ. އެހެން ދުވަސްދުވަހާއި ޚިލާފަށް މިއަދު ކުޑަކޮން މޭކަޕުކޮއްލާއި އިސްތަށިގަނޑު ވަނީ ރީތިކޮއްލެވިފައެވެ.ގޭގެ ބެލް ޖެހުނު އަޑަށް މަލަކް އަވަހަށް ތެދުވެ އިސްތަށިގަނޑު ރީތި ކޮއްލަމުން ގޮސް ދޮރުހުޅުވިއެވެ. ރާހިލް ފެނުމުން ކުޑަކޮން ހީލާފައި އެތެރެއަށް ވަންނަން ތަންދެމުން މަލަކް ދޮރު ލެއްޕިއެވެ.
ސޯފާގައި ދެމީހުން ތިބިއިރު އެދެމެދުގައި ވަނީ ހިމޭންކަމެވެ. “މަލަކް.. ކިހިނެތް؟” ރާހިލް ބެލީ އެދުވަހު ވީކަންތަކުގެ ވާހަކަ ނުދައްކާއި އައިދާގެ ގޮތަކަށް ޝެޝަން ކުރިއަށް ގެންދެވޭތޯއެވެ. “ރަނގަޅު.. ރާހިލްގެ ބޯ ކިހިނެތް މިހާރު؟ ލަކުނި ފިލީތަ؟” މަލަކްވެސް ރާހިލްގެ ވާހަކައާއި ބައިވެރިވިއެވެ. ދެމީހުން ވާހަކަދައްކަން ތިބިއިރު ކޮންމެވެސް ވަރަކަށް ޖެހިލުންވުން ހުރި ނަމަވެސް ވެގެންދިޔަ ކަންތަކުގެ ވާހަކަ އެކަކުވެސް ނުދައްކައެވެ. ރާހިލް މިގޮތަށް ކަމެއް ނުވާކަމަށް ހެދިގެން އިނުމަކީ އުނދަގޫ ކަމަކަށް ވިޔަސް މިއަދު މިޖެހެނީ ކެތްކޮއްލާށެވެ. މަލަކް އަށްޓަކެއެވެ.
އެނދުގައި ނިދިފައި އޮތް ޒެރީންއަށް ސިއްސައިގެން ހޭލެވުނީ ފޯނު ރިންގުވި އަޑައްށެވެ. ތެދުވެފައި ފޯނު ނެގިއިރު ގުޅަނީ ބައްސާމްއެވެ. “ހަލޯ..” ޒެރީން ނިދިއަޑުން ވާހަކަދެއްކިއެވެ. “އަދިވެސް ނިދަނީތަ؟ ތިވަރުން ކިހިނެތްތަ މިކަންތައް ކުރާނީ” ބައްސާމް ހިތްހަމަ ނުޖެހިފައިހުރެ ބުނެލިއެވެ. “ހޫމް.. މިތެދުވިއްޔޭ..” ޒެރީން މޯޅިއަކަށް ދެމިލަމުން ބުނެލިއެވެ. “ބުނަން ވީ ހާވެސް އަވަހަށް ތިކަންތައް ނިއްމޭތޯ ބަލާ” ބައްސާމް މިހެން ބުނެފައި ފޯނު ބޭއްވިއެވެ.
ކައިނިމިގެން ދުފަން އިން މާކިން ސިހުނީ އޭނާގެ ފޯނު ރިންގުވުމުންނެވެ. “ހަލޯ..” މާކިން ބުނެލިއެވެ. “މާކިން ކޮންތާކު؟ އަހަރެން މިހިރަ ބަނޑުހައިވެގެން ހާންތިވަނީ..” ޒެރީން ޝަކުވާކުރަން ފެށުމުން މާކިންގެ މޫޑު ސަކަރާތްވިއެވެ. “ތިހެންނުން ވާނީ މެންދުރުން އަނބުރަންދެން ނިދަންޏާ.. ތެދުވެގެން އަމިއްލައަށް ކާން އެއްޗެއް ހަދާބަލަ..” މާކިން ބުނެލިއެވެ. “ނުވާނެ.. ވަރަށް ބޯ އަނބުރާތި މިއުޅެނީ.. ބޭރުން ކާއެއްޗެއް ގެނެސްދީބަ.. އަހަރެން ނުކައި ހުރިއްޔާ މާކިންގެ ދަރިއަށް އިނގޭ އަސަރުކުރާނީ” ޒެރީން އިތުރަށް ބޮޑާހާކާލިއެވެ. ޒެރީން މިހެން ބުނުމުން މާކިން އެކަމާއި ދެކޮޅު ނަހަދާ އެއްޗެއް ގެންދާނެކަމަށް ބުނަމުން ފޯނުބޭއްވިއެވެ.
ކުރިމަތީގައި އިން ރާހިލް ދެފަރާތަށް ބޯ ހޫރުވާލިއެވެ. “ތީ އިނދެގެން ފުރަތަމަ ދުވަހުވެސް ވާވަރު. އެހެންވެ ދޯ ބޭރަށް ކާން ތިޔައީ..” ރާހިލް ބުނެލިއެވެ. “ހޫމް.. އަހަރެންނަކަށް ނުކެރޭނެ ތިރިއަށް ކާންދާކަށް.. ބައްޕަވެސް މިހާރު ވާހަކައެއް ދައްކަނީކީއެއް ނޫން. ފެނުނަސް ހުންނަނީ ރުޅިއައިސްފައި. ދެން މަންމަ.. އަބަދު މިކަމާއި ޝަކުވާ ކޮއްލަ ކޮއްލަ.. ދެން ހުރީ އިނާރާ.. އަހަރެންނަށް މިހާރު ނުކެރެ އެ މޫނަށް ބަލައިލަންވެސް.. އޭނާގެ ފަރާތުން ވެސް ފެންނަނީ ނަފްރަތު..” މާކިން މިހެން ބުނަމުން ނިތްކުރީގައި އަތްހާކަލިއެވެ. ރާހިލް އޭނާގެ ރަޚްމަތްތެރިއާއި މެދު ހަމްދަރުދީވިއެވެ. “އަދި ރަނގަޅުވާނެ..” ރާހިލް ބެލީ މާކިން ހިތްހަމަ ޖައްސައިދެވޭތޯއެވެ.
މާކިން ކާއެއްޗެހި ހިފައިގެން ލިފްޓަށް އެރިތަނާ ދޮރު ލެއްޕި ލެއްޕި ހުއްޓައި އެތަނަށް އިނާރާއަށް ވެދެވުނީ ކިރިޔާއެވެ. އެތެރެއަށް ވަދެ ހަމަޖެހިލި ފަހުން ކައިރީގައި ހުރީ މާކިން ކަން ރޭކާލީ އަދިކިރިޔާއެވެ. އޭނާގެ ބަޔަށް ދާން ލިފްޓުގެ ފިތަށް ފިއްތާލަން އުޅުނުތަނާ މާކިން އެއަށް ވުރެން ކުރިން އޭނާއަށް އެކަން ކޮއްދިނެވެ. މާކިން ކުޑަކޮން ހީލުމުން އިނާރާވެސް ބަދަލުގައި ހީލިއެވެ.
އިނާރާގެ ލޮލުގައި އަޅައިގަތީ މާކިން އަތުގައި އޮތް ކޮތަޅެވެ. އޭގައި ރެސްޓޯރަންޓެއްގެ ނަންޖަހާފައި އޮތް ކުޑަ ޕެކޭޖެއް އޮތުމުން އެއީ ކާއެއްޗެހިކަން އޭނައަށް އިނގުނެވެ. ޒެރީން ނުކައްކަނީ ބާއޭ އޭނާ ހިތަށްއެރިއެވެ. އިނާރާ ހުރިއިރު މާކިންއަށް ކޮންމެހެން ބޭރުން ކާކަށް ނުޖެހެއެވެ. ނަމަވެސް މިހާރު މާކިންގެ ހާލަތު ފެނިފައި އޭނާ ހިތްދަތިވިއެވެ. ލިފްޓު އޭނާގެ ބަޔަށް ހުއްޓުމުން އިނާރާ ނިކުމެގެން ދިޔައިރު މާކިން އުއްމީދު ކުރީ އެއްފަހަރު ނަމަވެސް ފަސްއެނބުރި ބަލާލާނެކަމަށެވެ. ނަމަވެސް އިނާރާ ދާތަން ބަލަން ހުއްޓައި ލިފްޓުގެ ދޮރު ލެއްޕުނުއިރު ވެސް އޭނާ ބަލައިނުލިއެވެ. ލިފްޓުގެ ދޮރު ލެއްޕުނު އަޑަށް އިނާރާ ފަސްއެނބުރި ބަލައިލިއިރު އެލޮލުގައި ކަރުނަ ވިދާލިއެވެ.
ސޯފާގައި ޓީވީ ބަލަން އިން ޒެރީން ފުއްމައިގެން ތެދުވީ މާކިން ވައިންތަން ފެނުމުންނެވެ. އަވަހަށް ގޮސް މާކިންގެ އަތުގައި އޮތް ކޮތަޅު ހިފައިގެން އޭނާ ކާގެއަށް ވަނެވެ. “މިއަދު ހަވީރު އިންނާނެ ސްކޭން އެޕޮއިންޓްމެންޓެއް.. ދާނަން ދޯ.” ޒެރީން މިހެން ބުނުމުން މާކިން އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ.
ހަވީރުއަތަށް އަޅާލުމުން އާޝީޔާ ބާޒާރުކޮއްލުމަށް އިނާރާ ގޮވައިގެން ބޭރަށް ދާން ނިންމިއެވެ. އިނާރާ މިކަންތަކުން ދުރުކޮއްލުމަށާއި އޭނާ ހިތްހަމަޖައްސައި ދިނުމަށް އާޝިޔާ މިކަން ރޭވިއެވެ. އިނާރާގެ ފަހަތުން ނިކުން އާޝީޔާ ދޮރު ތަޅުލިއެވެ. “ހިނގާ ރީތި ހެދުން ކޮޅެއް ގަނެލަން.. ވާނެ ނިންމާލާފައި ސައިވެސް ބޯލަން ދޯ.” އާޝީޔާ ހިނގައި ގަންނަމުން މިހެން ބުނެލިއެވެ. އިނާރާ ރައްދުކޮއްލީ ލުއި ހިނިތުން ވުމެކެވެ.
ލިފްޓު ކުރިމަތީގައި ތިބި އިނާރާ ދޮރު ހުޅުވުމުން އެތެރެއަށް ވަންނަން ނެގި ފިޔަވަޅު ހުއްޓުނެވެ. މާކިންގެ އަތުގައި އޮޅުލައިގަނެގެން ހުރި ޒެރީން ފެނުމުން އިނާރާ ފަސްޖެހުނެވެ. އާޝީޔާ މާކިންއަށް ހިނިތުން ވެލަމުން އެތެރެއަށް ވަނުމުން އިނާރާ ވެސް ވަނެވެ. “އަހާ.. ދަބަސް ނުލާ މިއާދެވުނީ.. އެބަ އަންނަން.” އާޝީޔާ މިހެން ބުނެފައި ނިކުތުމުން އެ ތިން މީހުން އެކަނިވިއެވެ. ލިފްޓުގެ ބަޓަންއަށް ފިއްތާލައިގެން ހުރި މާކިންހުރީ އާޝީޔާ އަންނަންދެންނެވެ.
އެތަނުގައި ހަމަހިމޭންކަން ވީއިރު އެކަކުވެސް ވާހަކައެއް ނުދައްކައެވެ. މާކިން ސިއްރުން އިނާރާއަށް ބަލައިކަން ފާހަގަވުމުން ޒެރީން އިތުރަށް މާކިންއާއި ކައިރިވެލިއެވެ. “ބޭބީ.. އައި އެމް ސޯ އެކްސް ސައިޓެޑް.. ވަރަށް ލޯބިވާނެ ދޯ ބޭބީ ސްކޭންއިން..” މާކިންގެ ގައިގައި ބައްދާލަމުން ޒެރީން މިހެން ބުނިއިރު ކައިރީގައި ހުރި އިނާރާގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ނަމަވެސް މޫނުމަތިން އެކަން ފާޅުނުކޮށް މަޑުން ހުރީއެވެ.
“ތޭންކްސް އެހައި ކެއާ ކުރާތީ.. އައި ލަވް ޔޫ ސޯ މަޗް..” މާކިން ކޮލުގައި ބޮސްދެމުން ޒެރީން ބުނެލިއެވެ. ޒެރީންގެ މި ޢަމަލުން މާކިންގެ ދެބުމަ ގޮއްޖެހުނެވެ. ނަމަވެސް އިނާރާ ހުރުމުން ކުޑަކޮން ހީލުމަށްފަހު ރުޅިވެރިކަން ހިންދާލިއެވެ. އެވަގުތު އާޝިޔާ އައިސް ވައިން އިރު ޒެރީން ހުރިގޮތް ފެނި އޭނާ ރުޅި އައިސްގެން ފަޅައިން ނުދިޔައީ ކިރިޔާއެވެ. ހަމަ އިނާރާ ހުރުމުން އޭނާއަށް ޖެއްސުމަށް މާކިންގެ ގައިގައި އޮޅުލައިގަނެގެން ހުރީކަން ޔަޤީނެވެ.
“ތި ވަރަށް އޮޅު ނުލިޔަސް މީހަކު ޖަހައެއް ނުގަންނާނެ.” އާޝީޔާ މިހެން ބުނުމުން ޒެރީން ހިތްހަމަނުޖެހި ކުޑަކޮން ދުރުވެލިއެވެ. ލިފްޓު ތިރިއަށް ފައިބަންދެން ވެސް އެތަނުގައި އިތުރު ވާހަކައެއް ނުދެކެވެއެވެ. އާޝިޔާ އިނާރާގެ އަތުގައި ހިފައިގެން ލިފްޓުން ނިކުތުމުން މާކިންމެން ވެސް ނިކުތެވެ. ކާރާއި ހަމައަށް ދަންދެން ޒެރީން އެގޮތަށް މާކިންގެ އަތުގައި އޮޅުލައި ގަނެގެން ހުއްޓެވެ.
ކުއްލިއަކަށް ޒެރީންގެ އަތް ނައްޓުވާލަމަށްފަހު މާކިން އެ އަތް ތިލައިގައި ހިފައި ބާރަށް ފިއްތާލިއެވެ. “ބުނަން މީގެ ފަހުން މީހުން ކުރިމަތީގައި ތި ވައްތަރަށް ނޫޅޭތި. އެހެން ނޫނީ މިއަތުގެ ކަށިތައް ބިންދާލާވަރު ކުރާނަން..” ޒެރީންގެ އަތަށް ފިއްތާލަމުން މާކިން މިހެން ބުނިއިރު އޭނާގެ މޫނުމަތިން އިންތިހާ ރުޅިވެރިކަން ފާޅުވާން ހުއްޓެވެ. ޒެރީންގެ އަތުން ދޫކޮއްލަމުން މާކިން ކާރަށް އަރަން ދިޔުމުން ޒެރީން އޭނާގެ އަތުގައި ފިރުމާލިއެވެ. ވީ ފޫއްސަކުން ތުންކޮޅު އަނބުރާލަމުން އެނާ ކާރަށް އަރައި ބާރަށް ދޮރުޖެހިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
46 Comments!
Comments are closed.


me first:) yay
waau mi partvex vvv habeyx
M first…. Vrh salhi
wonderful….next part tomorrowga dho,,,,cant wait…………..
V v v reethi alhe ti kanthan falhaa aruvaalabala pls
Te makin ge baybe ah noon kan aygene nama dho
liked this part. eagerly waiting for the next part. keep it up 🙂
mi part ves varah reethi:)
Thankyou zai
This part is so excited.☺ waiting 4 next part…
V nice mi part ves
Alhey inaara ah ehn nuhadhaa
Salhi v
Dhen, inaaravx preg vaaanama dw… Eyrun v salhi vaane… Any way keep it up… Story v salhi
l lov this story….
Wow!! Vvv reethi.. keep it up.. waiting 4 nxt part 🙂 🙂
Next part thankolheh dhigu koh genes dheyne kamah hykuran….
Really nice 🙂
Mi prt vex v habeys… 😉
Vrh reethi.. Avahah e nubai ahnnhenaage reyvungadu maakin ah falhaa aruvaalaba.. Can’t wait.. Konirakun next part…
Zai vareh nuvaane. Konme dhuvahaku vaahaka kiyaalan libey. Vvvvvvvvvvvvvvvvvv rythi
huri goybaa mee inaa ah
vr rythi , bt short , vaguthu nuvy dw , its OK , keep it up zai
V salhi thnx zai
vara reethi
V salhi.
zai. vaahaka dhuvaalaku dhefaharu up kuraagothah hadhan veenu. vaahaka v salhi. hope nxt prt miah vure dhiguvaane kamah.
Mi part vx v Salhi. .avaha up kohdhechey. .
waiting for the next part….
Vrh shalhi ehgey
Mihaareethi storyeh nukiyan adhi varah salhi
Kurin inaara ah hedhi gothah mihaaru zeryn ah hadhaaba maakin, physically aniyaa nukuriyas eyna ah angabala eyee hams ekani majuboiru vegen kuri kaivenyeh kwn, buney myhu thibbas dhimaalah, madun dhuruga hunnaadhey,
Haadha kurey BT vrh salhi
V salhi
V v v salhimi part… U r one of my best author..,:-)
Zai….. dhen inaaraa vess preg kohba eyrun varah salhivaane. Adhi zeryn baby maruvaagothah noony maakinge baby eh noonkan angaa mihaaru hurevenyky noon mivaahaka kiyaahithun.my makiyaahithun kiyey emme rythi vaahaka.
V habeys
haadhalahey this story is the best
nice 🙂
hehehe
zeryn kada vaane 😉 :p
raahil and malak ah vaany kihineh baa…why malak inaradeke ehaa rulhi anany …..????
story varah habeys ….maakin gaimun vex dera vaane miharu ….
thank you guys. 22nd part will be uploaded tonight since I wasn’t able to write for evening. sorry.
Vvvv inthixaaru kurevijje vaaahaka kiyaa hithun. Vaahaka up vefa nethyma dhera vegen kiriya nurovuny. Mirey vaahaka kiyaalan libeyne kamah unmydhukuran
Ok but miry up kuranyaa jeheyne dhigu kuran… plx..bcx mihaaru hama haveeru ehkh libeyne dhw liyan…plxx… hama keh madhuvefa ey mihiree…iru iru kolhaa beley… night ga avahah up kurahchey…
Take your time.. I hope I can see it soon… eagerly waiting… thanks zaI for this interesting story.. love thix
update soon… zai…and make it long.. love you n your story so much. .♡♡♡
zai mihaaru haadhavataka up vitho belijeyey plz pkz avaha dhiguko up kolladheyne kama unmmeedhu kuran i i love this story very much
alhey zai avas khdheebala….. plx plx… mashah mihaaru mi siteah vadhevunu adhadheh neynge.. plxx 8;45 ahvure las nuurahchey…. uhun 10 ah vure las nukohfiyya ok… zai dhoony v dhigu kh gennhchey shabee bunaahen las vaa varakh dhigu vaan jeheyne… ingeyta ma mi site ah vannanee ma tab in… dhen mihaaru zai up kurithoa balan abadhu tab nagaigen innaatee ma bappa tab vexx athulaifi… v fooohivey… ehenve vagah kotari thalhulaigen meenee lap in vadhegen…. ehenveyey mibunee zai avas khdheyshy… plxx… ehen nooney mikan bust vaakah anekka maaginaireh nunagaane thoache…. im feeling scared n angry n bored… ;P