Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކުށަކާ ނުލާ….2

DESTINY2020 Level 210 Stories
July 13, 2015 2 Mins Read
19 Comments

 ޖެހެމުން ދިޔަ ފިނިވައިން އަހަރެންގެ ހިތާއި ހަށިގަނޑަށް ތަޞައްލީ ހޯދަމުން ދިޔައީމެވެ. މަޑުމަޑުން ނިދެންފެށުނު ކަހަލައެވެ. އަނެއްކާވެސް ފޯން ރިންގްވާން ފެށިއެވެ. ފޯނަކަށް ފަހު ފޯނެއް އަންނަމުން މެސެޖެއްގެ ފުލުގައި މެސެޖެއް އަންނަމުން ދިޔައެވެ. ކަހާތަން ހިރުވާވެސް ނުލާ އަހަރެން މައްޗަށް ބަލައިގެން އޮތީމެވެ. އެއްފައިން އުނދޯލި ހެއްލަމުން ދިޔައިރު ޖެހެމުން ދިޔަ ނަލަވައިން ހުރިހާ ކަމެއް އަހަރެންގެ ހިތުން ފިލައިގެން ދިޔަކަހަލައެވެ. އަހަރެންގެ ހިތް އުފަލުން ފުރުނުކަހަލައެވެ. މީ އަހަރެން އުޅެން ބޭނުންވާ ގޮތެވެ. އެކަނި މާ އެކަންޏެވެ. ކިހާ ހިތަށް ފަސޭހަ ހެއްޔެވެ؟ އުދުނގޫ ކުރާނެ މީހަކު ނެތެވެ. ޖެއްސުން ކުރާނެ ދެވަނަ މީހަކު ނެތެވެ. އަހަރެން އެކަނި މާއެކަންޏެވެ. މި އެކަނިވެރިކަމުން އަހަރެން އުފާ ހާޞިލުކުރަން ބޭނުމެވެ. މީހުން ބުނެއެވެ. އެކަނިވެރިކަމަކީ މާޔޫސީވާކަމެކެވެ. ނޫނެކެވެ. އެެއީ ތެދެއް ނޫނެވެ. ބައެއް ޙާލަތްތަކުގައި އެކަނިވެރިކަމަކީ ބުއްދިވެރިކަމެވެ. އެކަނި މާއެކަނި އިނދެ އަމިއްލަ ޙަޔާތާއި ދޭތެރޭގައި ވިސްނާލުމަކީ ބުއްދި ވެރިންގެ ގޮތެވެ. އަހަންނަކީ އެހާ މޮޅު މީހަކަށް ނުވިނަމަވެސް އެވަރު އަހަރެން ދަންނަމެވެ

ތެދެކެވެ. ދެން ކުޑަ އިރުކޮޅަކުން އިރު އޮއްސޭނެއެވެ. މީ ބިޔަ ބޮޑު ޖަންގައްޔެވެ. މިތަނަށް ރޭނގަނޑުގެ އަނދިރިން ބިރުވެރިކަން ފެތުރޭނެއެވެ. އެކަމަކު، އެކަމާއި އަހަރެން ބިރުނުގަންނަނީ ކީއްވެގެން ހެއްޔެވެ؟ ބޯމަތީގައި އުދުހެންފެށި ކުދި ދޫނިތައް އެސޮރުމެންގެ ޙާލިތަކަށް ވަނީކަން ނޭނގެއެވެ. މަޑުމަޑުން ޖަންގަލީގެ އަޑުތައް ކެނޑި ހަމަހިމޭންވިކަހަލައެވެ. އަހަރެންގެ ފަރުވާލެއް ނެތެވެ. މޯޅިޔަކަށް ދެމިލުމަށްފަހު ފުންނޭވާއެއް ލީމެވެ. އަހަރެން ބަލާލީމެވެ. ކަޅު އަނދިރިކަން މުޅިތަން ވަށާ ބައްދަނީއެވެ. އަހަރެންގެ މޫނުމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިކޮށްލީމެވެ.

އަހަރެން މިރޭ އޮންނާނީ މިއަނދިރީގައެވެ. އެކަމާއި ކަންބޮޑުވާނެ ބަޔަކު އަހަރެންގެގޭގައި ތިބޭނެއެވެ. އެމީހުންނަށް މިރޭ ލޮލުފިޔަވެސް ޖަހައެއް ނުލެވޭނެއެވެ. އެކަމަކު އަހަރެން މިރޭ ނިދާނީ ހަމަ މިޖަންގަލީގައެވެ. އަހަންނަށް ގޭތެރެއަށްވުރެވެސް މިޖަންގަލި އަމާންހެން ހީވާކަހަލައެވެ. އެއީހަމަ ވާނެގޮތެވެ. އަހަންނަށް އެހެން ބުނެވެން އެބައޮތެވެ. މިއަދުވެސް މާދަމާވެސް އަނެއް ދުވަހުންވެސް ހަމަ އެހެން ބުނެވޭނެއެވެ.

ކަނު އަނދިރީގައި އެއް އަތް ނިތްކުރިމަތީގައި ބާއްވާލައިގެން އޮތީމެވެ. އަހަރެންގެ މޭމަތީގައި ފޯން ބާއްވާލައިގެން ޚިޔާލީ ދުނިޔެއަކަށް އަހަރެން ގެއްލިފައި އޮތީ ކިހާ އިރަކުކަން ވެސް ނޭނގެއެވެ. މީހަކަށް އެމަންޒަރު ފެންނަމަ ކޮސްވާނެއެވެ. އަހަރެން ކަހަލަ އަށާރަ އަހަރުގެ އަންހެން ކުއްޖަކު އެކަނި މާއެކި މިޖަންގަލީގައި މިއޮތް ރޭނގަޑު ކުރަނީ ކޮންކަމެއްހޭ އަނހާނެކަން ޔަޤީނެވެ.

އަނެއްކާވެސް ފޯން ރިންގްވާން ފެށިއެވެ. އަހަރެން ފޯނަށް ބަލާލީމެވެ. ގުޅަނީ އަހަރެންގެ ކޮއްކޮއެވެ. އޭނަ އަހަންނަށް ވުރެ ފަސް އަހަރު ހަގުވާނެއެވެ. އަހަރެން ގޭގައި ނެތުމުން އޭނަ ވަރަށް ފޫހިވާނެއެވެ. ކޮންމެ ރެއަކު އޭނާއަށް ޤުރުއާން ކިޔަވައިދީ ސުކޫލު ފިލާވަޅުތައް ހަދަން އެހީވަނީ އަހަންނެވެ. މަންމަ ނިޔާވިފަހުން މަންމައެއްގެ ލޯބި ދީގެން އަހަރެންގެ ކޮއްކު އިހާން މިބަލަނީ އަހަންނެވެ. އިހާން ހުއްޓާ ނުލާ ފޯނު ކުރަން ފެށުމުން އަހަރެން ފޯން ނެގީމެވެ.

” ދައްތަ ފީކޮއި ކުޅެނީތަ ގެއަށް ނައިސް. ވަރަށް ފޫހި ދައްތަ ނެތުމުން.. ދެން ސަކަރާތް ނުޖަހާ ގެއަށް އަންނަންވީނު…” އިހާން ވަރަށް ލޯބިކޮށް ބުނެލިއެވެ.

” ނުދާނަން.. ނުދާނަން.. ނުދާނަން..” އަހަރެން ތަކުރާރުކޮށް ބުނީމެވެ.

” ދައްތަ ބުނާނެ ކޮއްކޮ ގާތު ގޮތްދޫކުރަންޖެހޭނީ… އެކަމަކު ދައްތަދޭ ނަޞޭހަތާއި އެއްގޮތަށް ދައްތައެއް ނޫޅޭ… ދައްތަ ނަމޫނާއަކަށް ބަލައިގެން ދެން އުޅޭނީ ކިހިނެއް؟” އިހާން އަކީ ވިސްނުންތޫނު ކުއްޖެކެވެ. ” ދެން އަވަހަށް އާދޭ…” މާދަމާގެ ފިލާވަޅުތައް އަދިވެސް ނުނިމޭ… އުދަނގޫ ދެސުވާލު އިނީމަ މިގުޅީ.. އެހެން ނޫންނަމަ ނުގުޅާނަން…”

” ދެން ތިވީގޮތުން ދާންދޯ ޖެހޭނީ.. ކޮއްކޮ ދެރަވާ ކަމެއް ކުރާކަށް ނުވާނެދޯ…” އަހަރެން ބުނީމެވެ،

” ދެޓްސް ލައިކު މައި ސިސްޓަރ..” އިނގިރޭސިން އިހާން އެހެން ބުނުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ.

” ހާދަ މޮޅޭދޯ މިހާރު..” ފޯން ބާއްވަމުން އަހަރެން ބުނީމެވެ.

އަހަރެން އުނދޯލިން ތެދުވީމެވެ. ދެން މަޑުމަޑުން ފޯނުން އަލިކުރަމުން ޖަންގަލިން ނިކުންނަން މަސައްކަތް ކުރީމެވެ. މަޑުމަޑުން ހިތުލަފާލަށް ހިނގަމުން އަހަރެން ހިނގަމުން ދިޔައީމެވެ. އަހަންނަށް ހިނގަމުން ނިކުމެވުނީ ޖަންގަލީގެ އަނެއް ފަރާތަށެވެ. ޖަންގަލީގެ ގަސްބޯކަމުން އުނދޯލީގައި އޮތް އިރު އެއްވެސް އަލިކަމެއް ފެންނަން ނެތަސް، ސާދަ ވިލޭރޭގެ ހަނދުގެ ފުރިހަކަން އަހަންނަށް ފެނުނީ ޖަންގަލިން ނިކުން ހިސާބުންނެވެ. އެފަރާތަށް ނިކުތުމާއި ލިބުނީ ހައިރާންކަމެކެވެ. އެއާއި އެއްވަރަށް އުހައުވެސް ވިއެވެ. ފެންނަމުން ދިޔަ މަންޒަރުތަކުންނެވެ.

 

=ނުނިމޭ=

Share Article

Follow Me Written By

DESTINY2020

Level 210 Stories

Other Articles

Previous

އަލްމާޝް -3

Next

ހަތަރު އުދަރެސް (5)

Next
July 13, 2015

ހަތަރު އުދަރެސް (5)

Previews
July 13, 2015

އަލްމާޝް -3

19 Comments!

  1. Saamidh says:
    July 13, 2015 at 3:14 am

    V shauquverikoh mi dhany… ummydhu kuran migothah reethikoh hadikohnulaa mi vaahaka gengos ninmaalaane kamah… u can do it…

    1. Smile says:
      July 13, 2015 at 12:32 pm

      Mihaaru shudhoo ge part 7 neruny tha?

  2. naya says:
    July 13, 2015 at 3:48 am

    Salhi

  3. liu says:
    July 13, 2015 at 5:02 am

    Wow. Thts nice. Vaahaka kiyamun dhaa iru hithah araa gotha hilafah vaahaka kuriyah dhany. Hope reethi vaahaka akah vaane kamah. Keep trying on.

  4. Mush says:
    July 13, 2015 at 6:28 am

    Best of luck

  5. Sheee says:
    July 13, 2015 at 9:28 am

    Shudhoo ei ves mi site in Anna vaahakaehtha

    1. friend says:
      July 14, 2015 at 1:47 pm

      Nun ehen site akun

  6. arsy says:
    July 13, 2015 at 11:08 am

    Nice story…

  7. Lai says:
    July 13, 2015 at 12:34 pm

    Hmm… Abncorp ves haadha avahakah mrnin v?

  8. Nai says:
    July 13, 2015 at 12:36 pm

    Is DhiVehi vaahaka site and esfiya dhivehi vaahaka site the same??

  9. xaushan says:
    July 13, 2015 at 3:02 pm

    Kaley moyavytha????

    1. ***** says:
      July 13, 2015 at 11:26 pm

      Xaushaan Moya vee

  10. naj says:
    July 13, 2015 at 3:02 pm

    Nice

  11. Shabee says:
    July 13, 2015 at 6:09 pm

    Ey vrh reethi mibaivex…ekam bahehge maana beynunvey eba.. 🙁 thasahlee mibahuge maana akee kobaatha?? Shabee akah neynge.. 😉

    1. Maashaa says:
      July 13, 2015 at 11:21 pm

      hamajehun, araamu, hiyfaseyhakan etc

  12. swyty girl.. says:
    July 13, 2015 at 6:31 pm

    Wow wow wow vvvv habeyx mi part vx.. Adhi dhany vvv shauquverikh dhn heevany vvv rythi vaane hen…. Hope u will write more n upload soon as u can… Thanks mikahala ryhthi vaahakaeh eh genasdhey thyve….

  13. Maashaa says:
    July 13, 2015 at 11:23 pm

    bunebala mihaaru amaaz aa jahsaaleetha eyna number aamu kuran??

  14. ++++++ says:
    July 14, 2015 at 1:37 am

    jeyvytha

  15. Shabee says:
    July 14, 2015 at 5:57 pm

    Maashaa ah v v v bodah thank u… shabee ge dhivehi words thakah aa baheh aeeyoa… maashaa ah hama Adhivexx ehfaharu thank u…nd AMAAZ kobaatha meege 3 vana prt… e prt nugenes ehfaharaa thi ossaalee mazumoonaa vaahaka thakeh… 😉

Comments are closed.



All Right Reserved!