Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތަކުން ނުފިލާނެ 29

BONDAY Level 210 Stories
July 14, 2015 4 Mins Read
44 Comments

 ގެއަށް ދިޔަމަގުމަތިން މާވިއްކާ ފިހާރައެއް ފެނުމުން ފާޒިން ފިހާރައަށް ވަނީ މައިޝާއަށް ދޭނެ ހަދިޔާއެއް ގަތުމަށެވެ. މާބޮނޑިއާއި އެކު ދޭނެ ކާޑެއްވެސް ގަނެލައިގެން ފާޒިން ގޮސް ސައިކަލު ކައިރީގައި މަޑުކޮއްލާފައި ސައިކަލުގެ މަޑިދަށައް ގަތް އެއްޗެހިތައް ލުމަށްފަހު ސައިކަލަށް އަރަން ރެޑީވެލި ގަޑީގައި ބުރިކައްޓައް އެރި ތޫނު ތަދެއްގެ ސަބަބުން ފާޒިންއަށް އެނބުރިލެވުނެވެ. އެވަގުތު ކައިރީގައި ހުރި ޒުވާނާ އޭނަގެ އަތުގައި އޮތް ބޮޑު ކަނޑިން ފާޒިންގެ މޭމައްޗައް ދެވަނަ ހަމަލާ އަރުވާލިއެވެ.

 ތިންވަނަ އެތިފަހަރު ފާޒިންގެ ކަރާ އަމާޒުކޮއް ފޮނުވާލި ނަމަވެސް އަމާޒުވީ ފާޒިންގެ ކަނާތް ފަރާތު ކޮނޑުމައްޗަށެވެ. އެއާއެކު ފާޒިން ބިންމައްޗައް ހޭނެތިގެން ވެއްޓުނެވެ. އެވަގުތު އެމަގަށް ސައިކަލެއް ވަނުމާއެކު ފާޒިންގެ ކައިރީގައި ތިބި ދެޒުވާނުން އެމީހުން އައި ސައިކަލަށް އަރާ ބާރު ސުޕީޑުގައި ދުއްވާލިއެވެ. ސައިކަލުގައި އައި މީހާއަށް މަގުމައްޗައް ވެއްޓިފައި އޮތް ފާޒިން ފެނުމުން ސައިކަލު މަޑުކޮއްލާފައި އަވަސް އަވަހަށް އެންބިއުލާންސްއަށް ގުޅަމުން ފާޒިންގެ ގައިން ފައިބަމުން ދިޔަ ލޭތަށް ހުއްޓުވޭތޯ އުޅުނެވެ. އޭރު މާވިއްކާ ފިހާރައިގެ ތެރޭގައި ހުރި އަންހެންކުއްޖާވެސް އެމަންޒަރު ފެނިގެން ޕޮލިހަށް ގުޅަނީއެވެ.

ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ސައިރިންއަޅާފައި އައި އެންބިއުލާންސްއަށް ފާޒިން އަރުވައިގެން އައި.ޖީ.އެމް.އެޗަށް ދިއުމަށް ދުއްވާލީ އައި.ޖީ.އެމް.އެޗް އެތަނާ ކައިރިވުމުންނެވެ. އޭރު އެސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ދިޔައިރު ގިނަ އަދަދެއްގެ އާންމުންވެސް ވަނީ އެތަނަށް ޖަމާވެފައެވެ. ފާޒިން ގައިން ފޭބި ލޭތަކުން  އެތަނުގައި ވަނީ ކޯރު ހެދިފައެވެ.

ސިޓިންރޫމްގައި ހުރި ފޯންރިންގުވާން ފެށުމުން އާމިރު ކައިރީގައި ޓީވީބަލަން އިން ވަދީފާ ގޮސް ފޯނުނަގާ ކަންފަތުގައި ޖައްސާލީ އަތުގައި ހުރި ހިކިމޭބިސް ކަދުރުކޮޅު އަނގައަށް ލަމުންނެވެ.

” ހަލޯ..! އައި.ޖީ.އެމް އެޗުން މިގުޅާލީ މުހައްމަދު ފާޒިންއަށް ބަޔަކު ތޫނުއެއްޗަކުން ހަމަލާދީގެން ވަރަށް ބޮޑަށް ޒަހަމްވެގެން ހޮސްޕިޓަލަށް ގެނައި ވާހަކަ ބުނެލަންވެގެން… ވީހާވެސް އަވަހަކަށް ހޮސްޕިޓަލަށް އައިސް ދިނުން އެދެން… ” އެކޮޅުން ވާޙަކަ ދެއްކި ކުއްޖާ ވަދިފާ ވާހަކަ ދައްކާނެ އެއްވެސް ފުރުސަތެއްނުދީ ބުނެލިއެވެ.

” މަގޭ ދަރިފުޅަށް ކިހިނެއްވީ…؟ ” ވަދީފާއަށް ބޭއިހްތިޔާރުގައި ރޮއިގަނެވުނެވެ. އާމިރު ދެފަހަރަކަށް ވާދީފާއަށް ގޮވާލުމުންވެސް ވަދީފާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. އަނގަމަތީގައި އަތްއަޅައިގެން ހުރިގޮތަށް ހުރީއެވެ. އާމިރު އައިސް ވަދީފާގެ އަތުގައި އޮތް ފޯނު އަތުލައިގެން ނަގާ ކަންފަތުގައި ޖައްސާލިއެވެ.

” ވަރަށް އަވަހަށް މިކޮޅަށް އައިސްދީ…! ފޯމްގައި ސޮއިކުރަންޖެހޭނެ އޮޕަރޭޝަން ކުރަންފެށުމުގެ ކުރިން…! އިޓްސް ވެރީ އާޖެންޓް…! ” ހޮސްޕިޓަލުން ވާޙަކަ ދެއްކި އަންހެންކުއްޖާ ބުނެލިއެވެ.

” ކާކަށް ކިހިނެއްވީތަ…؟ ” ވީގޮތެއް ނޭގުމުން އާމިރުވެސް ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ. އެހެންވެ އަހާލެވުނީވެސް ތަންކޮޅެއް ބާރަށެވެ.

” މުހައްމަދު ފާޒިންއަށް ބަޔަކު ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ވަރަށް ބޮޑަށް ޒަހަމްވެގެން އައި.ޖީ.އެމް. އެޗަށް ގެނެސްފައި އެބައޮތް…! ” ދެވަނަ ފަހަރަށް ތަކުރާރު ކުރަންޖެހުމުން ހޮސްޕިޓަލުން ވާޙަކަ ދެއްކި އަންހެންކުއްޖާވެސް ހުރީ ހިތްހަމަ ނުޖެހިފައިކަން އޭނަގެ އަޑުން އިނގެއެވެ. އާމިރު ފޯނު ބާއްވާފައި ކޮޓަރިއާއި ދިމާލަށް ދުއްވައިގަތީ ކާރުގެ ތަޅުދަނޑި ކޮޓަރީގައި ބޭއްވުނު ހަނދާން ވުމުންނެވެ. އެވަގުތު ސިޑިން ފައިބައިގެން އައި މިސްރާއަށް އާމިރު ދުވެފައި ދިޔަ މަންޒަރު ފެނުމުން ސިޑީން ފޭބުނީވެސް ތަންކޮޅެއް ބާރަށެވެ. ސިޓިންގްރޫމް ތެރޭގައި ރޯންހުރި ވަދީފާވެސް މިސްރާއަށް ފެނުނީ އެވަގުތުއެވެ.

” ދައްތާ ކިހިނެއްވީ…؟ ” މިސްރާގެ އަޑުގައިވެސް ވަނީ ހާސްކަމެވެ. ވަދީފާއަކަށް އެއްވެސް ޖަވާބެއް ނުދެވުނުއިރު ރުއިމުގެ އަޑު ބާރުވުން ނޫން ކަމެއް ނުވިއެވެ.

” މިސްރާ…! ދޮންތަ ކައިރީގަ ބުނޭ ބައްޕަ ބުންޏޭ ޓެކްސީއަކަށް އަރައިގެން އަވަހަށް އައި.ޖީ.އެމް އެޗަށް އަންނާށޭ… ދޮންތަބޭ ގައިގައި ވަޅިއަޅައިގެން ހޮސްޕިޓަލަށް ގެންގޮސްފިއޭ…! މުނީރާ އަވަހަށް އާދޭ… ” އާމިރު އެންބުނެފައި ގެއިން ނިކުންނާން ދުވައްވައިގަތެވެ. ވަދީފާވެސް އާމިރުގެ ފަހަތުން ދުވެފައި ކަހަލަގޮތަކަށް ނިކުމެގެން ދިޔައެވެ. ނަސީބު ރަނގަޅުކަމުން އާމިރުގެ ކާރުވެސް އޮތީ ބޭރުގައި ޕާކު ކޮއްފައިކަމުން އަވަސް އަވަހަށް ކާރަށް އަރައިގެން އާމިރު ދުއްވައިލަން ބެލިއިރު އަދި ވަދީފާއަށް ކާރަކަށް ނޭރެއެވެ. ވަދީފާއަށް ކާރަށް އެރުނެއް ލަސްކަމުންވެސް އާމިރު އިނީ ރުޅި ގަދަވެފައެވެ.

” ދޮންތާ..! ދޮންތަބޭގެ ގައިގައި ވަޅިއަޅައިގެން ހޮސްޕިޓަލަށް ގެންގޮސްފި…! އާމިރުބޭ ބުނި އަވަހަށް ޓެކްސީއެއްގައި ހޮސްޕިޓަލަށް އަންނާށޭ…! ” މުނީރާ ކައިރީ އެނދުގައި އިށީންދެލައިގެންއިން މައިޝާއަށް ބޭއިހްތިޔާރުގައި ކޮޅަށް ތެދުވުނުއިރު އެދެލޮލަށް ކަރުނަ ޖަމާވެގެން އޮހިގަންނަން ތައްޔާރުވަނީއެވެ. އޭރު މިސްރާއަށްވެސް ހުރީ ރޮވިފައެވެ. އެނދުގައި އޮތް މުނީރާގެ ލޯ އެވަގުތު ހަރަކާތް ކޮއްލި ނަމަވެސް ހާސްވެފައި ތިބި މައިޝާއާއި މިސްރާއަކަށް އެކަމެއް ނޭގެއެވެ. މައިޝާއަށް ހީވީ އޭނަގެ ހިތުގައި އުފެދިފައިވާ ފާރުގަނޑުގައި ލޮނުމިރުން އެޅުނުހެނެވެ. މައިޝާގެ ލޮލުން ފައިބައިގަތް ކަރުނަތައް ފެނުމުން މިސްރާއަށް ދުވެފައި ކަހަލަ ގޮތަކަށް އައިސް މައިޝާގެ އަތުގައި ހިފަހައްޓާލެވުނު އިރު މިސްރާއަށްވެސް ރޮވިއްޖެއެވެ. އެމަންޒަރު ބަލަން އެނދުގައި އޮތް މުނީރާ މަޑުމަޑުން ތެދުވެ އިށިންދެލިއެވެ. އެނދުގައި އިށީންދެލި މުނީރާ ފެނިފައި މައިޝާއަށް ވާންވީ އުފާކަމެއް ނުވަތަ ދެރަކަމެއް ނޭގުނެވެ.

މަންމާ…! މިސްރާއާއި މައިޝާއަށް އެއްފަހަރާ އައިސް މުނީރާގެ ގައިގައި ބައްދައި ގަންނަމުން ރޮއިގަނެވުނީ އެއްފަހަރާއެވެ. މުނީރާވެސް އޭނަގެ ލޯބިވާ ދެކުދިން ގައިގައި ބައްދައިލަމުން ކައިރީގައި ހުރި ޑަބަލް އެދެއްގައި ނިދާފައި އޮތް މިޝާއަށް ބަލާލިއިރު މުނީރާއަށްވެސް ރޮވިއްޖެއެވެ.

” ދަރިފުޅާ އަވަހަށް ހޮސްޕިޓަލަށް ދާން ތައްޔާރުވޭ…! ފާޒިން އޮތީ ކޮންހާލެއްގައިކަންވެސް ނޭގެއެއްނު..! ” ލޮލުން ފޭބި ކަރުނަތަށް އަތުގެ ނުފުށުން ފުހެލަމުން މުނީރާ ބުނެލިއެވެ. މައިޝާއާއި މިސްރާ ހޮސްޕިޓަލަށް ދާން ނިކުތުމުން މުނީރާ ގޮސް އެނދުގައި އިށީންދެ ނިދާފައި އޮތް މިޝާގެ ބޮލުގައި ފިރުމާލަމުން މިޝާގެ ނިތްކުރިއަށް ބޮސްދިނެވެ.

” އާމިރު.. މާބާރަށް ތިދަނީ ކަމެއް ގޯސްވީތަ…؟ ” ހޮސްޕިޓަލުގެ ތެރެއަށް ދުވެފައި ކަހަލަ ގޮތަކަށް ވަދެގެން ދިޔަ އާމިރު ފެނުމުން ޑރ.ޖަމީލް މާއިރުއަށް ގޮވައިލިއެވެ. އޭރު ޑރ.ޖަމީލު ޑިއުޓީ ނިންމާފައި ގެއަށް ދާން ނިކުންނަނީއެވެ.

” ފާޒިންގެ ގައިގައި ވަޅި އަޅައިގެން ދެންމެ ގެނެސްފި…! ” އާމިރުގެ އަޑުގައިވީ ހާސްކަމެވެ. އޭރުވެސް ވަދީފާގެ ލޮލުން ކަރުނަ ފައިބަމުންދެއެވެ. ޑިއުޓީ ނިންމާލާފައި ގެއަށް ދާން ނިކުތް ކަމުގައިވީ ނަމަވެސް އަނބުރާލާފައި އެމަޖެންސީ ރޫމާދިމާލަށް އާމިރުއާއެކު ޑރ. ޖަމީލްވެސް ހިނގައިގަތެވެ. އާމިރުއާއި ވަދީފާވެސް ޖަމީލުގެ ފަހަތުންގޮސް އެމަޖެންސީ ރޫމްކައިރީގައި މަޑުކޮއްލިއެވެ. ޖަމީލު ދިޔަގޮތަށްގޮސް އެމަރޖެންސީ ރޫމް ތެރެއަށް ވަދެގެން ދިޔައީއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ނަރުސް ކުއްޖަކު އައިސް އާމިރުގެ އަތަށް ފޯމު ދިނުމުން އާމިރު ވަގުތުން ފޯމުގައި ސޮއިކޮއްލި އިރު އެދެއަތްވެސް ތުރު ތުރުއަޅަމުން ދިޔައެވެ.

” އަހަރެންނަށް އެތެރެއަށް ވަދެލެވިދާނެތަ…؟ ” އާމިރު ނަރުސްކުއްޖާ ކައިރީގައި އަހައިލިއެވެ. ނަރުސްކުއްޖާ އާނއެކޭ ބުނުމުން އާމިރު އެމަޖެންސީރޫމާއި ދިމާލަށް ހިނގައިގަތެވެ.

” އަހަރެންވެސް ވަންނާނަން…! ” ވަދީފާވެސް އާމިރުގެ ފަހަތުން ހިނގައިގަންނަމުން ބުނެލިއެވެ.

” ކޮންމެވެސް އެކަކަށް ވަދެވޭނީ…! ” ނަރުސްކުއްޖާ އެހެންބުނުމުން އާމިރު ވަދިފާއާއި ދިމަލަށް ބަލައިލަމުން އެމަޖެންސީރޫމްގެ ތެރެއަށް ވަނެވެ. އޭރު ޑޮކްޓަރުން ފާޒިންގެ ބުރަކަށިން އިރައިގެންގޮސްފައިވާ ތަން ފަހަނީއެވެ. ކޮނޑުމަތިންވެސް ވަރަށް ބޮޑަށް ކަފައިގެންގޮސްފައި ހުއްޓެވެ. ފާޒިން އޮތްގޮތުން މޭމަތިން ކަފައިގެން ގޮސްފައި ހުރި ތަނެއް އާމިރުއަކަށް ނުފެނެއެވެ. ބުރަކަށިން ކަފައިގެން ގޮސްފައި ހުރިތަން ފެނުމުން އެހުރިހާ އިރުވެސް ހިތްވަރުކޮއްގެން ހުރި އާމިރުގެ ލޮލުން ކަރުނަ ފައިބައިގަތީ އެއްވެސް ހިފެހެއްޓުމެއް ނެތިއެވެ. އޮކްސިޖަން ގުޅާފައި އޮތްއިރު ފާޒިން އޮތް އެނދުވެސް ވަނީ ލެއިން ތަތް ތެޅިފައެވެ. ޑރ.ޖަމީލަށް އާމިރު ފެނުމުން ބޭރަށް ނިކުތުމަށް އިށާރަތްކޮއްލުމުން އާމިރު ބޭރަށް ނިކުތްއިރު މީހާ ހުރީ ހަރުއަރާފައެވެ.

” އާމިރޫ… ކޮބާ މަގޭ ދަރިފުޅު…؟ ރަނގަޅުތަ…؟ ކިހިނެއްވެފައޮތީ..؟  ” އެމަޖެންސީ ރޫމުން ބޭރަށް ނިކުތް އާމިރު ފެނުމުން ވަދީފާ އައިސް އާމިރުގެ އަތުގައި ހިފައި ތަޅުވައިގަންނަމުން ބުނެލިއެވެ. އެވަގުތު އާމިރުގެ ފޯން ރިންގުވާންފެށުމުން  ފޯނުނަގާ ބަލައިލިއިރު ގުޅަނީ މައިޝާކަމުން ފޯނު ކަންފަތުގައި ޖައްސާލިއެވެ.

” ބައްޕަމެން މިތިބީ އެމަޖެންސީ ރޫމްކައިރީގައި…! ” އާމިރުގެ އަޑުގައި އެކުލެވިގެންވީ އަސަރުން ފާޒިންއަށް ވަރަށް ބޮޑު ވަރު ވެއްޖެކަން މައިޝާއަށް އެނގުނެވެ. އާމިރުވެސް ފޯނުކަނޑާލާފައި ކައިރީގައި ހުރި ގޮނޑީގައި އިށީނީ ކޮޅަށް ހުންނާނެ ވަރުނެތިގެންކަންނޭގެއެވެ.

” އާމިރު…! ފާޒިންއަށް ވަރަށް ބޮޑުވަރުވެފައިތަ އޮތީ..؟  ” ވަދީފާއައިސް އާމިރުގެ އަތުގައި ހިފާ ތަޅުވައިގަންނަމުން އަނެއްކާވެސް ބުނެލިއެވެ. އާމިރު ހަމަ އެކަނި ބޯޖަހާލީއެވެ. ލޯބިވާ ދަރިފުޅަށް ވެފައޮތްވަރު އޭނަގެ ދުލުން ބަޔާންކޮއްދޭނެހާ ހިތްވަރެއް އާމިރުގެ ގަޔަކު ނެތެވެ.

Share Article

Follow Me Written By

BONDAY

Level 210 Stories

Other Articles

Previous

ހިތް ވިންދާނުލައި… (21)

Next

ހަތަރު އުދަރެސް (6)

Next
July 14, 2015

ހަތަރު އުދަރެސް (6)

Previews
July 14, 2015

ހިތް ވިންދާނުލައި… (21)

44 Comments!

  1. ihthu says:
    July 14, 2015 at 4:33 pm

    Mi part ves reethi vaane kamah hykuran…

  2. shyn says:
    July 14, 2015 at 4:38 pm

    Vrh reethi..thanks ihthu. N me first.

  3. naj says:
    July 14, 2015 at 4:42 pm

    Salhi

  4. paree says:
    July 14, 2015 at 4:42 pm

    mi part vrh reethi…..aneh part vex avahah up kohdheyne kamah umeedhu kuran

  5. flower says:
    July 14, 2015 at 4:45 pm

    Nice….ekamakuvaa kihineh mi v emmefahun?..waiting 4 next part

  6. grant gustin says:
    July 14, 2015 at 4:51 pm

    Ihthu haadha kurey vaahaka

  7. Suma says:
    July 14, 2015 at 5:19 pm

    Wow!! Vvv reethi.. gud luck 4 nxt part.. waiting 4 next part 🙂 🙂

  8. Suma says:
    July 14, 2015 at 5:20 pm

    Wow!! Vvv reethi.. gud luck 4 nxt part.. waiting 4 next part next part thankolheh dhigu kohlahchey 🙂 🙂

  9. Shabee says:
    July 14, 2015 at 5:26 pm

    Wow…vrh vrh salhi… 😀

  10. ihthu says:
    July 14, 2015 at 5:29 pm

    Thanks all…

  11. Aaliyaa says:
    July 14, 2015 at 6:00 pm

    ihthu , negetive koh nunagah chey , mee my opinion , mihaaru hadi way eba story , n this prt is short , hope kuran ragalhu kolaane kamah 🙂

  12. Aaliyaa says:
    July 14, 2015 at 6:01 pm

    good luck girly

  13. nazi says:
    July 14, 2015 at 6:12 pm

    v reethi

  14. shaisha says:
    July 14, 2015 at 6:57 pm

    Ey adhil kan yageen

  15. iraa says:
    July 14, 2015 at 7:01 pm

    V reethi… Alhe eyna maruvaanee thr. .

  16. naaz says:
    July 14, 2015 at 7:10 pm

    Varah reethi

  17. Anonymous says:
    July 14, 2015 at 10:09 pm

    V v salhi igey mi part..hiyeh nukuran mi fadha adi gandeh maisha ah ais dhaane kamakah…:( ihthu ves nuvaanennu rish rohvaakah:(

  18. mary says:
    July 15, 2015 at 12:18 pm

    V v reethi .maa kuree aykamku

  19. lol says:
    July 15, 2015 at 5:34 pm

    Kamaku nudhey.

  20. nazi says:
    July 15, 2015 at 7:15 pm

    kobaa vaahaka

  21. grant gustin says:
    July 15, 2015 at 8:25 pm

    Haadha lahey. Avas kurey

  22. Loo says:
    July 16, 2015 at 1:40 am

    When is the next part. Please upload soon

  23. rif says:
    July 16, 2015 at 4:18 pm

    wow………. v v v reethi. waiting for next part.

  24. grant gustin says:
    July 16, 2015 at 6:02 pm

    Mihaaru kiyaahith kendiji. Maalahee

  25. nazi says:
    July 16, 2015 at 8:20 pm

    plZ plz plz avaha up kolla dheebala

  26. Saf says:
    July 17, 2015 at 7:32 pm

    Alhe haadha lahe up kuraaleh… den kon irakun tha up vaany..it being slmost 3 dsys…pls make it sooon… waiting for next up…

  27. shiu says:
    July 18, 2015 at 10:55 pm

    Vaahaka huhttuneetha? Haadha lahey up kohdheyleh…. kiyan foohi vaagoiy vanee up kurun las vaathee…

  28. shiu says:
    July 19, 2015 at 6:11 pm

    Kongothakah nimunu vaahakaeh?

  29. shahu says:
    July 19, 2015 at 7:48 pm

    v reethi…

  30. zaha says:
    July 19, 2015 at 9:23 pm

    vara reethi. part tha upload vany haadha lahun ne

  31. Lali says:
    July 19, 2015 at 10:47 pm

    Dhn mivaahaka haadha lahunney up vanee dhw…foohi vey ehn vma kiyan…..

  32. Sam says:
    July 20, 2015 at 1:39 am

    Ihthu kobaa vaahaka nimuniitha..waiting for next part..thankolheh avas kohlaba..

  33. Suma says:
    July 21, 2015 at 4:26 pm

    Ihthu koba nxt oart.. haadha lahey.. thihen up kuranya kiyaa hiy nuvaane ennu.. thankolheh avas kohdheeba.. v kiyaa hithun hunna tha vara gina dhuvas vejje ennu..☺☺

  34. Azu says:
    July 22, 2015 at 2:01 am

    Ihthu when story up kohdheyny..? eagerly waiting… 😀

  35. fath says:
    July 24, 2015 at 5:14 pm

    Mivahaka my up va vahaka eh nuntha. Hadha varakah inthizarukohfymey. Nimunytha mi story. Varah foohi mihen vaathy

  36. mizu says:
    August 1, 2015 at 12:23 am

    Mihaaru kiyan ves foohi vejje inthizaaru koh koh varubali vejje meedhn kihaa dhera ves kameh next part 2017 ga tha up kurany

  37. mad says:
    August 1, 2015 at 7:50 pm

    Alhey mioh meehun moya vanee mi story ge anehbaii kiyan. Plx avahah up kohdhyyy

  38. ablho says:
    August 2, 2015 at 7:53 pm

    Bunedhevidhaanetha next part up kuraane dhuvaheh

  39. ablho says:
    August 2, 2015 at 7:54 pm

    Noony up nukuranyaa nukuraanamey bunan veenun

  40. uney says:
    August 7, 2015 at 10:16 am

    ihthu……??? kon irakun next part up kurany?? cn yuh plxx tell??/

  41. shaf says:
    August 7, 2015 at 1:36 pm

    When is next part waiting …………..? But no story are u okay 🙂

  42. pinky says:
    August 8, 2015 at 12:14 am

    Miharu mi vahaka up kurane dhuvahakah inthizaru kohkoh varubali vejje. Aharaku eh faharutha up vany. Foooooohi.

  43. shame says:
    August 9, 2015 at 1:58 pm

    :/

  44. Loo says:
    September 23, 2015 at 1:49 am

    Mi vahaka up nukuraneetha

Comments are closed.


All Right Reserved!