Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތަކުން ނުފިލާނެ 28

BONDAY Level 210 Stories
July 13, 2015 4 Mins Read
24 Comments

” އާދެބަލަ ކޮޓަރިއަށް…! ” މައިޝާ ފާޒިންގެ އަތުގައި ހިފައިގެން ހިނގައިގަންނަމުން ބުނެލިއެވެ. ފާޒިންވެސް މައިޝާއާއި އެކު ގޮސް ކޮޓަރިއަށް ވަނީ ކުރިމަތިވާންއުޅޭ ތޫފާނުގެ އެއްވެސް އަލާމާތެއް ނޭގިއެވެ. ކޮޓަރިއަށް ވަދެފައި މައިޝާ ދޮރުތަޅުލާފައި ގޮސް ޑުރެސިންޓޭބަލްގެ މަތީގައި އޮތް އޭނަގެ ފޯނުނަގާފައި ފާޒިންއާއި ދިމާލަށް ބަލައިލިގޮތުންވެސް ކަމެއްގޯސްވެއްޖެކަން އެނގުނެވެ.

” މައި..! ކިހިނެއްވީ…؟ ” ފާޒިންއަށް ބޭއިހްތުޔާރުގައި މައިޝާއާއި ދިމާލަށް ހިނގައިގަނެވުނެވެ. ނަމަވެސް ކުރިއަށް އެޅި ފިޔަވަޅު ހުއްޓުންއެރީ މައިޝާ އޭނަގެ ފޯނުގައި އިން ފޮޓޯގަނޑު ދައްކާލުމުންނެވެ.

” ފާޒިންތަ މީ…؟ ” މައިޝާގެ އަޑުގައިވީ އަސަރުގެ ސަބަބުން ފާޒިންގެ ހިތަށް ވަރަށް ތަދުވިއެވެ. އަދި އެރޭ އިންހާއާއި އެއްކޮއް އެގެއަށް ދެވުމުން ފާޒިންއަށް އޭނަގެ އަމިއްލަނަފްސު ކުއްވެރިކުރެވުނެވެ. މައިޝާގެ ސުވާލު ތަކުރާރުވުމުން ފާޒިންއަށް ބޯޖަހާލެވުނީ އިތުރު ގޮތެއް ނެތުމުންނެވެ. ދޮގުހަދައި އޮޅުވާލާކަށް ފާޒިން ބޭނުމެއް ނުވިއެވެ.

” ތީއެއްވެސް ހަގީގަތެއް އޮތްކަމެއްނޫން…! އަހަރެން މިދައްކާ ވާހަކަ ގަބޫލްކޮއްބަލަ…! ” ފާޒިން އައިސް މައިޝާގެ ލޮލުން ވެއްޓުނު ކަރުނަ ތިކި ފޮހެލައިދިންއިރު ފާޒިންއަށް ހުރެވުނީ މައިޝާއާއި ވަރަށް ކައިރީގައެވެ. މައިޝާ ފާޒިންގެ މޭގައި އަތްއަޅާފައި ދުރަށް ޖެހިލިއިރު މައިޝާއާއި އިތުރަށް ކައިރިވެލާނެ ހިތްވަރެއް ފާޒިންއަކަށް ނުލިބުނެވެ. މައިޝާގެ ހިތް ކިތަންވެ ވަރަކަށް ފާޒިން އެކަހަލަ ކަމެއް ނުކުރާނެ ކަމަށް އެއްބަސްވި ނަމަވެސް އޭނަގެ ޒަމީރު އެކަމާއި އެއްބަހެއް ނުވިއެވެ. އެންމެ ފަހަރަކު ނަމަވެސް ފާޒިންގެ ދުލުން އެއީ ފާޒިންއެއް ނޫނޭ ބުނިނަމަވެސް އިތުރު އެއްވެސް ސުވާލަކާއިނުލާ މައިޝާ ގަބޫލްކުރީހެވެ. ނަމަވެސް ފާޒިންގެ އަނގައިން އެއީ ފާޒިންކަމުގައި ބުނުމުން މައިޝާގެ ހިތް ކުދި ކުދިވެގެން ހިނގައްޖެއެވެ. ފާޒިންއަށްޓަކައި އެހިތުގައިވާ ހުރިހާ އިތުބާރެއް ގެއްލިގެން ހިނގައްޖެއެވެ. ޓައިލްސްތަކުގެ މަތީގައި މައިޝާއަށް އިށީންދެވުނީ ކޮޅަށް ހުންނާނެހާ ބާރު ނެތުމުންނެވެ. އޭރުވެސް ފާޒިން ކައިރީގައި ބުދެއްހެން ހުއްޓުން އަރާފައި ހުއްޓެވެ.

” ދަރިފުޅާ ފާޒިން…! ދަރިފުޅާ…! ” ވަދީފާއައިސް ދޮރުގައި ޓަކިޖަހާލަމުން ގޮވާލިއެވެ. ވަދީފާ ގޮވާލި އަޑަށް މައިޝާ ތެދުވެގެންގޮސް ފާހާނައަށް ވަނީ އެވަގުތު ވަދީފާއާއި ކުރިމަތިލާނެހާ ހިތްވަރު މައިޝާގެ ގައިގައި ނެތުމުންނެވެ. ފާހާނައަށް ވަދެގެންދިޔަ މައިޝާއާއި ދިމާލަށް ބަލަހައްޓައިގެން ހުރެފައި ފާޒިން އަތުން މޫނު ފޮހެލަމުންގޮސް ކޮޓަރީގެ ދޮރުހުޅުވާލިއެވެ.

” ދަރިފުޅާ ކޮބާތަ މައިޝާ…؟  ” ކޮޓަރީގެ ތެރެއަށް ނަޒަރު ހިންގައިލަމުން ވަދީފާ ބުނެލިއެވެ.

” ފާހާނަޔަށް ވަދެވީ…؟ ” ވަދީފާ ވަންނާނެ ތަންދައްކަމުން ފާޒިންވެސް އެތެރެއަށް ޖެހިލިއެވެ.

” ނިކުތީމަ ބުނޭ މަންމަ ބުންޏޭ މަންމަމެންގެ ކޮޓަރިއަށް އައިސްބަލާށޭ…! ” ކޮޓަރިން ނިކުންނަމުން ވަދީފާ ބުނެލިއެވެ. ފާޒިން ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލުމަށްފަހު ކޮޓަރީގެ ދޮރުލައްޕާލާފައި ގޮސް ފާހާނައިގެ ދޮރުގައި ޓަކިޖަހާލަމުން މައިޝާއަށް ގޮވާލިއެވެ. ނަމަވެސް މައިޝާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން ފާޒިން ގޮސް އެނދުގައި ޖައްސާލީ މައިޝާ ނިކުންނާނެ އިރަކަށެވެ.

” ފޯނު ނުނަގާ ކީއްތަ ތިކުރަނީ..؟ އަހަރެން ހާދަވަރަކަށް ގުޅައިފީމޭ…؟ ” އިންހާ ފޯނު ނަގާކަންފަތުގައި ޖައްސާލުމާއެކު އެކޮޅުން ބުނެލިއަޑުއިވުނެވެ.

” ފޯނު ސައިލެންޓުގަ އޮތީމަ ނޭގުނީ…؟ ” ކޮޓަރީގެ ދޮރުހުޅުވާލާފައި އެތެރެއަށް ވަދެ ދޮރުލައްޕާލަމުން އިންހާ ބުނެލިއެވެ.

” އެއްކަލަ ފޮޓޯ ފުނުވައިފިން…! ހީވަނީ ފާޒިން ވަރަށް އަވަހަށް އިންހާއަށް ގުޅާނެހެން..! ” އަނެއްކާވެސް އެކޮޅުން ބުނެލިއަޑުއިވުނެވެ.

” ހާސްނުވޭ..! އަހަރެން އަބަދުވެސް ހުންނާނީ ރެޑީވެގެން…! ” އިންހާ ފޮނިގޮތަކަށް ބުނެލިއެވެ. އެވަގުތު އިންހާގެ މަންމަ ކޮޓަރިއަށް ވަނުމުން އަވަސް އަވަހަށް ފޯނުބާއްވާފައި ހަމަޖެހިލިއެވެ. ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް ފާޒިން ހާސިލް ކުރަން އިންހާ ބޭނުމެވެ.

” މަންމަ ބުނި މަންމަމެންގެ ކޮޓަރިއަށް އައިސް ބަލާށޯ…؟  ” ފާހާނައިން ނިކުތް މައިޝާ ފެނުމުން ފާޒިން އެނދުން ތެދުވަމުން ބުނެލިއެވެ. އޭރު މައިޝާގެ ދެލޯވަނީ ވަރަށް ބޮޑަށް ރަތްވެ ދުޅަވެފައެވެ. މޫނު ދޮވެފައި ހުރި ނަމަވެސް އެމޫނުމަތިން ހިތާމައާއި ހިތްދަތިކަންނޫން އެހެންއެއްޗެއް ފާޒިންއަކަށް ނުފެނުނެވެ.

” މަޑުކޮއްބަލަ…! ” ކޮޓަރިން ނިކުމެ ނިކުމެ ހުރި މައިޝާގެ އަތުގައި ހިފައި އެތެރެއަށް ވައްދަމުން ފާޒިން ބުނެލިއެވެ. ފާޒިންގެ މޫނަށް ބަލާލާނެހާ ހިތްވަރެއް މައިޝާގެ ކިބައިގައި ނެތުމުން ފާޒިން ކިޔާނެހާ އެއްޗެއް ކިޔަންދެން އިސްޖަހާލައިގެން ހުރީއެވެ.

” އަހަރެން ބޭނުންހުރިހާ ވާހަކައެއް މައިއަށް ކިޔައިދޭން… އެކަމު އެނގޭ މައި އަށް ގަބޫލްކުރަން އުނދަގޫވާނެ ކަންވެސް… ” ފާޒިން ވާހަކަ ދައްކަމުން ދިޔައިރު އެއަޑުގައި އެއްވެސް ކަހަލަ ދިރުމެއް ނެތެވެ.

” ދަރިފުޅާ ފާޒިން…! ” ކޮޓަރީގެ ދޮރުގައި ދެފަހަރަކަށް ޖަހާލަމުން އަނެއްކާވެސް ވަދީފާ ގޮވާލި އަޑު އިވުނެވެ. ފާޒިންއަށް މަޖުބޫރުވީ އެވަގުތު މައިޝާގެ އަތުން ދޫކޮއްލާށެވެ. ހުރިހާ ވާހަކައެއް ކިޔާދީފައި ނޫނީ މައިޝާގެ އަތުން ދޫކޮއްނުލަން ހުރިނަމަވެސް ވަދީފާގެ އަޑުއިވުމުން ފާޒިން މައިޝާގެ އަތުން ދޫކޮއްލާފައި ގޮސް ދޮރުހުޅުވާލިއިރުވެސް މައިޝާ ހުރިގޮތަށް ހުއްޓިލައިގެން ހުއްޓެވެ.

” ހިނގާބަލަ މަންމަމެންގެ ކޮޓަރިއަށް ގޮސްލަން..! އޮންނާނެ ދަރިފުޅަށް ހަދިޔާއެއް ގެނެސްފަ..! ” މައިޝާގެ އަތުގައި ހިފަމުން ވަދީފާ ބުނެލިއެވެ. އެއްވެސް އެއްޗެއް ނުބުނެ ވަދީފާގެ ފަހަތުން މައިޝާ ހިނގައިގަތުމުން ފާޒިން ގޮސް އެނދުމައްޗައްވެއްޓިގަތެވެ. އޭރު ފާޒިންގެ ބޮލުގައި ރިހުމެއް އެކުލެވިފައިވިއެވެ. ފޯންރިންގުވާން ފެށުމުން ފަރުވާ ކުޑަގޮތަކަށް ފާޒިން ފޯނުނަގާ ބަލައިލިއިރު ގުޅަނީ އިންހާކަމުން ފާޒިން ފޯނުނަގާ ކަންފަތުގައި ޖައްސާލިއެވެ.

” އިންހާ ކީކޭ ހިތަށް އަރައިގެންތަ ތިއުޅެނީ…؟ އަހަރެން އިންހާއަށް ކޮންކަމެއް ކޮއްގެންތަ ތިހެން ތިއުޅެނީ…؟ ” ފާޒިންގެ އަޑުގައިވީ ހަރުކަށިކަމެވެ.

” ފާޒިން ކީކޭތަ ތިކިޔަނީ…؟ ފާޒިން ބޭނުންވި ކަންތައް ފުދުނީމަ އަހަރެންކައިރިން ސަލާމަތްވާން ދޯ ތިއުޅެނީ…؟ ރިތިކޮއް ބުނެލިނަމަވެސް އަހަރެން ދެން… ” އިންހާގެ އަޑުގައިވެސް ވަނީ ހިތާމައިގެ އަސަރު އެކުލެވިފައެވެ.

” އިންހާ ކޯޗެއް ބޭނުންވެގެންތަ އަހަރެންގެ ދިރިއުޅުމަށް ވަދެގެން ތިއުޅެނީ…! ލާރިތަ..؟ ކޯޗެއް…؟ ބުނޭ… ” ފާޒިންގެ އަޑުގައި މިފަހަރު ކުރިއަށްވުރެ ބާރުވެގެން ދިޔައެވެ.

” އަހަރެން ބޭނުން އެއްޗެއް ފާޒިންއަށް ދެވިދާނެތަ…؟ ” އިންހާގެ އަޑުގައި މިފަހަރު ކުރިންހުރި ހިތާމައިގެ އަސަރެއްނެތެވެ. ހަގީގަތުގައިވެސް އިންހާއަށް އޭރު ކުރެވެމުން ދިޔައީ ވަރަށް އުފާވެރި އިހްސާސް ތަކެކެވެ.

” ބުނެބަލަ…! ” ފާޒިން ވާހަކަ ދައްކަމުން ދިޔައީ ކުރިންވެސް ވާހަކަ ދެއްކި މޭރުމުންނެވެ.

 ” އަހަރެން ބޭނުމީ ފާޒިން..! ހަމައެކަނި ފާޒިން..! ލިބޭނެތަ…؟ ” އިންހާ ފަސްޖެހުމެއްނެތި ބުނެލިއެވެ.

” އިންހާ މޮޔަވީތަ..؟ އިންހާއަކަށް ނޭގޭތަ އަހަރެންމީ މީހަކާ އިނދެގެން އުޅޭމީހެއްކަމެއް..؟ ” ފާޒިން ކައިރިއަށް އައިކީ އަމަށަކު ރުޅިއެއްނޫނެވެ. ފޯނުކަނޑާލާފައި ފޯނުނަގާ އެނދުމައްޗައް ޖަހާފައި ފާހާނައަށް ވަދެ މޫނު ދޮވެލައިގެން ބޭރަށް ނިކުތީ ކޮޓަރީގައި އޮވެގެން ބޯ ހާސްވުން ނޫންކަމެއް ނުވާނެތީއެވެ. ސިރާޖަށް ގުޅައިގެން ކޮފީއަކަށް ދިޔައިރުވެސް އެދެމީހުންގެ ދެމެދުގައި ޖެހިގެން އުޅޭ މައްސަލައިގެ ވާހަކައެއް ފާޒިން ކިޔައެއް ނުދެއެވެ.

ކޮންމެ ދުވަހަކުވެސް މައިޝާ ކައިރީގައި ފާޒިންއަށް ވަރަށް އާދޭސް ކުރެވެއެވެ. ނަމަވެސް މައިޝާއަކަށް ފާޒިން ދައްކާއެއްވެސް ވާހަކައެއް ގަބޫލެއްނުކެރުވުނެވެ. މައިޝާގެ ހިތްވެސް ބުނަމުން ދިޔައީ ފާޒިން މައިޝާއަށް ބޭވަފާތެރި ނުވާނެކަމަށެވެ. ނަމަވެސް މައިޝާގެ ހިތާއި ޒަމީރު މިކަމުގައި އެއްގަލަކަށްނާރައެވެ.

މައިޝާއާއި މައްސަލަ ޖެހުނުތާ ތިންހަފްތާ ފާއިތުވެގެން ދިޔައިރުވެސް ދެމީހުންގެ ދޭތެރޭގައި ޖެހިފައިވާ މައްސަލައަށް ކުޑަވެސް ބަދަލެއްނާދެއެވެ. ނަމަވެސް ބޭރުތެރޭގައި އުޅޭގޮތުން އެދެމީހުންގެ ދޭތެރޭގައި މައްސަލައެއް ޖެހިގެން އުޅޭކަން އިތުރު އެއްވެސް މީހަކަށް ނޭގެއެވެ. ނަމަވެސް ފަހަކަށް އައިސް މައިޝާއަށް އަންނަމުން ދިޔަ ބަދަލް ވަދީފާއަށް ވަނީ ފާހަގަ ކުރެވިފައެވެ. ނަމަވެސް މުނީރާ ބަލިވެގެން އުޅޭތީ ކަމަށް ހިތާ މައިޝާ ކައިރީގައި އަހާނުލާ ހުރީއެވެ.

” ކޮބާ މިރޭ ކިހިނެއް ހަދަން ތިވިސްނަނީ…؟ ސަޕްރައިޒެއް ނުދެނީތަ…؟ ” ފާޒިންގެ ކެބިންގެ ދޮރުހުޅުވާލާފައި ސިރާޖު އެތެރެއަށް ވަންނަމުން ބުނެލިއެވެ.

” ކޮން ސަޕްރައިޒެއް…؟ އޯ…. އަހަރެން ހަދާންވެސް ނެތް… މިހެން އުޅޭއިރު ކިހިނެއް ކަމެއް ހަދާން ހުންނާނީ…! ” ފާޒިން ނިތްކުރިމައްޗައް ވެއްޓިފައި އޮތް އޭނަގެ ފަން އިސްތަށިގަނޑު އަތުން ރީތިކޮއްލަމުން ބުނެލިއެވެ.

” މައްސަލައެއް ޖެހިގެންތަ ތިއުޅެނީ އަނެއްކާ..؟ މިހާރު ނުލާހިކު ނެގިމަޑުވެފަ ތިހުންނަނީވެސް…! ކަމެއް ގޯސްވީތަ…؟ ” ސިރާޖު ނިތްކުރިމައްޗައް ރޫގިނަކޮއްލަމުންބުނެލިއެވެ.

” ފާޑަކަށް ދެން…؟ ” ފާޒިން ބޯކަހާލަމުންބުނެލިއެވެ.

” ހެލްޕެއް ބޭނުންވެއްޖިއްޔާ އަންގާލައްޗޭ…! ” ފާޒިންގެ ކެބިނުން ނިކުންނަމުން ސިރާޖު ބުނެލިއެވެ. ފާޒިންވެސް ހިނިތުންވެލީ އާނއެކޭ ބުނާކަހަލަ ގޮތަކަށެވެ. ކޮންމެ ދުވަހަކުވެސް ފާޒިން ގެއަށް ކާންއަންނަ ގަޑިއަށް މައިޝާ ގޮސް ކާންހަދާލާފައި ސިޓިންގްރޫމްގައި ޓީވީބަލަން ޖައްސާލީ ފާޒިންއަންނަން ދެނެވެ. ޓީވީ ބަލަން އިންކަމުގައިވިޔަސް އިރުއިރުކޮޅާ މައިޝާ ގަޑިއަށް ބަލާލައެވެ. އެދުވަހު ހަވީރު ހަތަރުގަޑި ބައިވިއިރުވެސް ފާޒިންއެއް ގެއަކަށް ނާދެއެވެ. ގުޅަންކިތަންމެ ބޭނުން ވިޔަސް މައިޝާއަކަށް ގުޅާކަށް ނުކެރުނެވެ. ޓީވީ ބަލަން އިންދާ މައިޝާގެ ލޮލުން ކަރުނައައީ ހިތަށް އެރި އެއްޗެއްގެ ސަބަބުންނެވެ. އެވަގުތު މައިޝާގެ ހިޔާލަށް ވެރިވެގެން ދިޔައީ އިންހާއެވެ.

” ދަރިފުޅާ..! އަދިވެސް ފާޒިން ކާން ނާންނަނީތަ…؟ ” ބަދިގެއަށް ވަންނަން ދިޔަ ވަދީފާއަށް ކާންހަދާފައި ހުރިތަން ފެނުމުން މައިޝާ ކައިރީގައި އަހާލިއެވެ. މައިޝާ ހިނިތުންވެލަމުން ބޯޖަހާލިއެވެ. އެދެމީހުންގެ ދެމެދުގައި މައްސަލައެއް ޖެހިގެން އުޅޭކަން ވަދީފާމެންނަށް އެނގޭކަށް މައިޝާ އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ.

” ދަރިފުޅު މިހާރު ފާޒިންއަށް  ގުޅައިފިންތަ…؟ ” ވަދީފާ އައިސް މައިޝާގެ ކައިރީގައި އިށީންނަމުން ބުނެލިއެވެ.

” ބިޒީ ކަމުން ނާދެވިގެންހެން ހީވަނީ…! އެހެންވެ އަދި ނުގުޅަން… ގުޅީމަ އުނދަގޫ ވެދާނެކަމަށް ނުގުޅާ މަޑުކޮއްލައިގެން މިއިންނަނީ…! ” ގަދަކަމުން ކަހަލަ ގޮތަކަށް ފަނޑު ހިނިތުންވުމެއް މޫނުމައްޗައްވެރިކުރަމުން މައިޝާ ބުނެލިއެވެ. ވަދީފާވެސް މައިޝާގެ ބޮލުގައި ފިރުމާލަމުން ގޮސް ވަނީ ކޮޓަރިއަށެވެ.

ރިސޯޓުގައި މޫދަށްއެރި އުޅުނު ދެގެސްޓަކު ގެބި މަރުވުމާގުޅިގެން އެމީހުން އެމީހުންގެ ގައުމަށް ފޮނުވާލުމުގެ ކަންތައްނިމުނު އިރު ގަޑިން ރޭގަނޑު ދިހަގަޑި ބައިވަނީއެވެ. އެހުރިހާ އިރުވިއިރުވެސް ފާޒިން ވީތަނެއް ބަލާލަންވެސް މައިޝާ ގުޅާނުލައެވެ. ނަމަވެސް ގެއަށް ދިޔަމަގުމަތިން މާވިއްކާ ފިހާރައެއް ފެނުމުން ފާޒިން ފިހާރައަށް ވަނީ މައިޝާއަށް ދޭނެ ހަދިޔާއެއް ގަތުމަށެވެ. މާބޮނޑިއާއި އެކު ދޭނެ ކާޑެއްވެސް ގަނެލައިގެން ފާޒިން ގޮސް ސައިކަލު ކައިރީގައި މަޑުކޮއްލާފައި ސައިކަލުގެ މަޑިދަށައް ގަތް އެއްޗެހިތައް ލުމަށްފަހު ސައިކަލަށް އަރަން ރެޑީވެލި ގަޑީގައި ބުރިކައްޓައް އެރި ތޫނު ތަދެއްގެ ސަބަބުން ފާޒިންއަށް އެނބުރިލެވުނެވެ. އެވަގުތު ކައިރީގައި ހުރި ޒުވާނާ އޭނަގެ އަތުގައި އޮތް ބޮޑު ކަނޑިން ފާޒިންގެ މޭމައްޗައް ދެވަނަ ހަމަލާ އަރުވާލިއެވެ.

Share Article

Follow Me Written By

BONDAY

Level 210 Stories

Other Articles

Previous

ހިތް ވިންދާނުލައި… (20)

Next

ނޯޓް ކަރުދާސްކޮޅު

Next
July 13, 2015

ނޯޓް ކަރުދާސްކޮޅު

Previews
July 13, 2015

ހިތް ވިންދާނުލައި… (20)

24 Comments!

  1. ihthu says:
    July 13, 2015 at 5:42 pm

    Mi part ves reethi vaane kamah hykuran…

  2. yaan says:
    July 13, 2015 at 5:45 pm

    Nice.

  3. Shabee says:
    July 13, 2015 at 5:54 pm

    Reehchey mi prt vex… vrh reethi… alhey dhen vaanee kihineh baa?? 😮

  4. lovely says:
    July 13, 2015 at 6:01 pm

    Ihthuuu faxin ah kihineh tha evii… faxin maraa nulahchey…

  5. flower says:
    July 13, 2015 at 6:02 pm

    Nice mi part vess…but kihineh thihedhy?…alhey dhera gotheh nuhadhahcheyy

  6. Suma says:
    July 13, 2015 at 6:09 pm

    OMG.. Faazin ah ehen hadhaakah nuvaane ennu.. and inhaa dheke v foohi vey.. bt ihthu story is awsm..a nd very interesting.. keep it up.. and gud luck 4 next part.. kon iraku next part?? 🙂 🙂

  7. Mira says:
    July 13, 2015 at 6:19 pm

    Faaxin maraa leema dhen rythi vaanee…

  8. Eyna says:
    July 13, 2015 at 6:40 pm

    Faxin maraanulaathi

  9. Nai says:
    July 13, 2015 at 7:06 pm

    Maldives ha hingaa kamel tha??.Raajjey ga kandi gengulhey tha?? So unrealistic!!!u can do better…. BTW story v.nice…..

    1. Juma says:
      July 14, 2015 at 7:02 pm

      Hmm.. I even thought that it was a big sword!!!!

  10. Mira says:
    July 13, 2015 at 7:13 pm

    Rajjey ga kandi gengulhey vaahaka eh adeh naahantha Nai…

  11. liu says:
    July 13, 2015 at 7:16 pm

    edhogeh ithu..faxin maraanulaathi….maraalyma vaakaha mulhin hadhivaane

  12. Ruhu says:
    July 13, 2015 at 7:28 pm

    V nice

  13. ihthu says:
    July 13, 2015 at 7:29 pm

    Thanks comment kohli hurihaa kiyuntherin nah ves… Ihthu kandi maana kohfa e’iny aanmukoh hunna valhi thakah vure thila dhigu valhi akah…

  14. Shaxu says:
    July 13, 2015 at 7:59 pm

    Mi part ves varah reethi

  15. naxaa says:
    July 13, 2015 at 8:01 pm

    Vaahaka vara reethi….next part kon irakun

  16. naj says:
    July 13, 2015 at 8:18 pm

    Ihtu love ur daily uptading..mi part vv salhi..faazin ah kihine eh vaney?? 🙂 🙁

  17. nausha says:
    July 13, 2015 at 8:26 pm

    Faaxin maraaleema thi vaahaka hama fenah vegen dhaanee ….. Eyrun vrh hadivaane…anyways mi part hama vrh salhi…keep it up 🙂

  18. fairy says:
    July 13, 2015 at 8:28 pm

    v v reethi mi part vx.. love it!

  19. liu says:
    July 13, 2015 at 10:35 pm

    ithu pls up kohdheeba …………..

  20. jui says:
    July 13, 2015 at 11:01 pm

    awley kihineh thi hedhy 😮 .. faaxin maraa nulahchey ingey…. pleeeeesssseeee…………. pweeesseww… plxxxxxxxx i beg you.. 🙁

  21. nishy says:
    July 14, 2015 at 12:34 am

    Alhey….faaxin maraaaanulahchey plx….vaaahaka Vvvv reeethi

  22. grant gustin says:
    July 14, 2015 at 4:37 pm

    Not bad

  23. grant gustin says:
    July 14, 2015 at 4:40 pm

    Faaxin maraalihyaa rangalhee. Faaxinge anbimeehaa ah vagah ekahala kameh kureema gohee 🙂

Comments are closed.


All Right Reserved!