Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ޝާޢިރާ

DESTINY2020 Level 210 Stories
July 15, 2015 9 Mins Read
19 Comments

ލޯބިވެރިޔަކު ހޯދަން އަމިއްލައަށް މަސައްކަތް ކުރާށެވެ.

” ކޮބާ ނެތްތަ ނަންބަރެއް؟” ފާރިޝް އަނހާލިއެވެ.

އޭރު އޭނާ ހުރީ ރައްޓެހިންނާއިއެކު ކޮފީއެއްގައެވެ. ލިބޭ ކޮންމެ ނަމްބަރަކަށް ގުޅައިގެން އަންހެން ކުދިންގެ ގޮތް ބެލުމަކީ ފާރިޝްގެ ހޮބީއެކެވެ. މިހާރު ސަތޭކަ ވަރަކަށް އަންހެން ކުދިންނަށް އޭނާއަށް ގުޅިދާނެއެވެ. އެހެނަސް ހިތްހަމަޖެހޭ ނަމްބަރެއް އަދިވެސް އޭނާއަކަށް ނުލިބެއެވެ. އެހެން މީހުންހެން ފާރިޝްވެސް ބޭނުންވަނީ ފަސްމީރު ކުރި ރުކެކެވެ. އަންހެން ކުއްޖާގެ ގައިގައި ޔޫޕަރްގެ ކުލަގަނޑު ހުރެއްޖެއްޔާ، އެނިމުނީއެވެ. ފުރަތަމަ ނަޒަރުން ހިތްކަތިލާހާ ކަޅިރަވަ ތޫނުވާން ޖެހޭނެއެވެ. މަސްތުކޮށްލާހާ ބެލުމެއް ހުރުން ވަރަށް މުޙިއްމެވެ. ހިސްޓްރީ އެހާ މުޙިންމެއް ނޫނެވެ. މުޙިއްމީ ކުލައެވެ. ކޮންމެވެސް ވަރެއްގެ އުޅުމެއް ހުންނަންވާނެއެވެ. އެހާ ގެވެހި ނޫނަސް ވަރިހަމައެވެ. ރޭގަނޑު މަގުމަތީގައި ހިގާލާފަދާއިރު، “ތިއީ ހަމަ ފާރިޝްގެ އަންހެނުންހޭ؟” އަނހާލެވޭވަރު ކޮންމެހެންވެސް ވާން ޖެހޭނެއެވެ.

            “އޭ. މިނަމްބަރ ވަރަށް ފައްކާވާނެ. އިންނަންވެސް އޯ.ކޭ ވާނެ. ބަލާލާފަ ކަލޭވެސް އަނހާލާނެ އެއީ ހަމަ ދިވެއްސެއްގެ ދަރިއެއްހޭ؟” ނަމްބަރު ދެމުން ސުހައިލް ބުނެލިއެވެ.

“އެބުނީ ތެދެއް. ފުރަތަމަ ނަޒަރުން ކަލޭ މޮޔަކޮށްލާނެ.” މާނުވެސް ސުހައިލްއާއި އެއްބައިވެލިއެވެ.

            ކޮފީ ނިމިގެން ފާރިޝް އެރީ ކާރަށެވެ. ޢާމްދަނީ ހޯދުމުގެ ގޮތުން މަސައްކަތް ކުރަންޖެހޭތީއެވެ. ކާރަށް އެރުމަށްފަހު ފޯނު ނަގާ ޝާއިރާއަށް ގުޅާލިއެވެ. ފާރިޝްގެ ހިތަށް އެރިއެވެ، މިފަހަރު ކިހިނެއް ވާނެ ބާވައެވެ؟

            “ހަލޯ. ތީ ފާރީޝްދޯ!” ވަރަށް އަވަހަށް ފޯން ނަގަމުން ޝާއިރާ ބުނެލިއެވެ.

” ކިހިނެއް އިނގުނީ؟” ވަރަށް އަވަހަށް ފޯނަށް ޖަވާބު ދިނުމުން ފާރިޝްއަށް ލިބުނީ ކުއްލި ޙައިރާންކަމެކެވެ.

” ކުރިން ދުވަހަކު އައިމެއްނު މިގޭ ކައިރިއަށް ސުހޭލްއާއިއެކު. އެހެންވެ އިނގުނީ.” ޝާއިރާ ހެމުން ބުނެލިއެވެ.

” ހާދަ ހަނދާން ގަދަޔޭ ދޯ.” ފާރިޝް ލާނެތް ރާގަކަށް ބުނެލިއެވެ.

” ކޮން އިރަކުން ބައްދަލުކޮށްލާނީ. ވަރަށް ބޭނުން ދެކިލަން.” އަންހެން ކުއްޖަކަށް ގުޅާފައި ޢާއްމުކޮށް ފާރިޝް ބުނާ ބަސް ތަކުރާރުކޮށްލިއެވެ.

” މިއަންނަ ވީކް އެންޑް ކިހިނެއް ވާނެ. މިދުވަސްކޮޅު ކުޑަކޮށް ބިޒީކޮށް މިއުޅެނީ.” ޝާއިރާ ބުނެލިއެވެ.

” މައްސަލައެއް ނެތް.” ފާރިޝް ހެމުން ބުނެލިއެވެ.

ފޯން ބޭއްވުމަށްފަހު، ފާރިޝް ވިސްނާލިއެވެ. ޝާއިރާ ހާދަހާވާ ރަނގަޅެވެ. ހާދަ ރީތިކޮށް ވާހަކަ ދައްކައިފިއެވެ. މިޒަމާނުގައި އެކަހަލަ އަންހެން ކުދިން މަދުވާނެކަން ނޭނގެއެވެ. ގިނަ އަންހެން ކުދިން ފިރިހެނަކު ގުޅާއިރަށް ހެއްދެވި ނެހެއްދެވިއަށް ގޮވާލާނެއެވެ. އެހާ ފޮނިވެސް ވާނެއެވެ. ބައެއް އަންހެނުންނަށް ދެން އެމީހުން ވަރެއް ނޯންނާނެއެވެ. ގުޅާލާއިރަށް ހީވާނީ އެހެންފަދަ ކަމެއް ހެންނެވެ. ކަރުގައި ހިފޭނެނަމަ، ގުޅާ މީހާގެ ކަރުގައިވެސް ހިފީހެވެ. ޝާއިރާ ވާހަކަދެއްކި ގޮތުން، ފާރިޝްގެ ހިތުން ޝާޢިރާއަށް ތަޢުރީފްކޮށްލިއެވެ. ޙަޤީޤަތް ހާމަނުވާއިރު، އެންމެންވެސް ތަޢުރީފްކުރާ އުޞޫލުންނެވެ.

” ކޮބާ ކިހިނެއްތަދަނީ؟ ” ސުހައިލް ފޯންކޮށްފައި އަނހާލިއެވެ.

“ވަރަށް ރަނގަޅަށްދަނީ. ސުހޭލްމެން ކަހަލަ ރައްޓެހިން ތިބެންޏާ ބިޓުންގެ ކަންތަކަށް އަހަރެމެން ހާސްވާކަށް ނުޖެހޭނެއެއްނު.” ކާރު ޕާރކްކޮށްލުމަށްފަހު، ގެއަށް ވަންނަމުން ފާރިޝް ބުނެލިއެވެ.

“އޭނައަށް ދެރައެއް ނުދެއްޗޭ.” ސުހައިލް ބުނެލިއެވެ.

“އަހަރެން ހިތްހަމަ ޖެހެންޏާ ކުރިއަށް އޮތް ކުޑަދުވަސްކޮޅެއްގެ ތެރޭގައި އިންނަން މިގަސްދުކުރަނީ.” ފާރީޝް ހިތުގައިވާ އުންމީދު ހާމަކޮށްލިއެވެ.

” އާނ. ރަނގަޅުވާނެ. އެކަލަހަ ފިނިފެންމަލެއްގެ ފޮނި، މިޒަމާނުގައި ކޮންމެކޮންމެ ފިރިހެނަކަށް ނުބޮވޭނެ. ފުރުޞަތުގެ ބޭނުން ހިފައްޗޭ!” ސުހައިލް ބުނެލިއެވެ.

” އެނގިދާނެތާ. އަތްފޯރާ ފަށަށް އަތުވެއްޖެއްޔާ، ވަކިވަކިން ކޮންމެ ފިޔައެއްގެވެސް ވަސްބަލާފަ ނޫނީ ދުލެއް ނުކުރާނަން.” ފާރިޝްގެ ހިތުގައިވަނީ އުންމީދެވެ.

އަވަހަށް ނިދާލުމަށްޓަކައި ފާރިޝް އެދަށް އެރިއެވެ. އެކަމަކު ނުނިދުނެވެ. ހަނދާންވީ ރައްޓެއްސަކު ބުނިބަހެވެ. ފުރަތަމަ ރައްޓެހިވާން މަސައްކަތް ކުރާއިރު އެސް.އެމް.އެސް ކުރަންޖެހޭނެކަމެކެވެ. ގުޑް ނައިޓް ގުޑްމޯނިން ފޮނުވުމަކީ ވަރަށް މުޙިންމުކަމެކޭ ބުނި ވާހަކައެވެ. އެހެންވެ އަވަސްއަވަހަށް ޝާއިރާއަށް އެސް.އެމް.އެސްކޮށްލިއެވެ. ޝާއިރާވެސް ވަގުތުން ޖަވާބުދިނެވެ. އެސް.އެމް.އެސްކޮށް ނިމުނުއިރުގައި ހުރީ ދަންވަރު ތިނެއްޖަހާފައެވެ.

ފާރިޝްއަށް ހޭލެވުނީ ތަންކޮޅެއް ލަހުންނެވެ. އެހެންވެ، އަވަސް އަވަހަށް ގޮސް ކާރަށް އެރިއެވެ. އޭރު އެންމެ މުޙިންމު ވަގުތު ވަނީ ގެއްލިފައެވެ. ޓެކްސީ ޑްރައިވަރަކަށް ހެނދުނުގެ ވަގުތަކީ އެންމެ މުޙިންމު ވަގުތެވެ. އެހެނަސް މިއަދު އެވަގުތުކޮޅެއް ފާރިޝްއަށް ނުލިބުނެވެ. އެކަމާއި ފާރިޝް އެއްގޮތަކަށްވެސް ދެރައެއްނުވެއެވެ. މިކޮޅުން ވަގުތުކޮޅެއް ގެއްލުނަސް، ޝާޢިރާގެ ކަންތައްތައް ރަނގަޅަށް ދަންޏާ އެނިމުނީއެވެ. ފާރިޝްގެ ހުވަފެނަކީ މިހާރު އެއީއެވެ. ދިރިއުޅުމުގައި ފާރިޝްވެސް ބޭނުންވަނީ ފުރިހަމަ އަންހެނެކެވެ. ރީތި އަންހެނެކެވެ. އެންމެ މުޙިންމު އެއްޗަކީ އަންހެން ކުއްޖާގެ ކުލައެވެ. އޭރުން ފާރިޝްއަށް އެ ނިމުނީއެވެ. އެތެރެފުށުގެ މުޙިންމުކަމަށްވުރެ، ބޭރުގެ ކުލައަށް ފާރިޝްއަށް މާބޮޑަށް ބެލެވެއެވެ. މިޒަމާނުގެ ގިނަ ފިރިހެނުންގެ ދިރިއުޅުމުގެ ފަލްސަފާގެ މަތިންނެވެ.

ފާރިޝް ވިސްނަމުންގެންދަނީ ޝާޢިރާއާއި ބައްދަލުވެވޭނެ ވަގުތަކަށަވެ. އެވަގުތުކޮޅު ވާނީ ފާރިޝްގެ ޙަޔާތުގައި އަންނަ ވަރަށް މުޙިންމު ވަގުތުކޮޅަކަށެވެ. އެހެންވެ، ޝާޢިރާގެ ގާތަށްގޮސް ދައްކާނެ ވާހަކައާއި ބެހޭގޮތުން، ވިސްނަމުން ގެންދިޔައެވެ. ދައްކާނީ ކޮން ވާހަކަ އެއް ބާވައޭ ފާރިޝް ހިތަށް އެރިއެވެ. މައްސަލައަކީ ފަށުވި ޢިބާރާތުން ވާހަކަދައްކަން ނޭނގުމެވެ. ހިތުގެ އިޙްޞާޞްތައް ހާމަކުރަން ނޭގުމެވެ. އެހެނަސް ކުރިމަތިލާންވެސް ފާރިޝް ބޭނުމެވެ. ލަދުވެތި ހިތަކަށް ފިނިފެންމަލެއްގެ ފިނިކަން ނުލިބޭނެކަންވެސް ފާރިޝްއަށް ވިސްނެއެވެ. އެހެންވެ، ކުރިމަތިލާން ފާރިޝް ނިންމިއެވެ. ކޮންމެ ގޮތެއް ވިޔަސް، ދިރިއުޅުމުގައި ބޭނުންވާ މަންޒިލަށް ވާޞިލްވުމުގައި ދަތިތަކާއި ކުރިމަތިވާނެކަން އެއީ ފާރިޝްވެސް ދަންނަކަމެކެވެ. ރީތި އަންހެން ކުއްޖަކު ހޯދުމަކީ އުދަނގޫކަމެކެވެ. އެކަމަކު، ވަރަށް ގިނަ މީހުން އެކަން ކާމިޔާބުކޮށްފައިވާތަން ފާރިޝްއަށްވެސް ފެނެއެވެ. ވީއިރު ނުވަންވީ އެއްވެސް ސަބަބެއް ނެތްނޫން ހެއްޔެވެ؟ ފާރިޝްގެ ހިތަށް އެރިއެވެ.

” މާނު. ޖައްސާލަބަލަ މިކޮޅަށް.” މާނުއަށް ގުޅާލުމަށްފަހު ފާރިޝްބުނެލިއެވެ.

” ކޮފީއެއް ދޭންޖެހޭނެ.” ކޮފީ ބުއިމަނީ މާނުގެ އާދައެވެ.

” ކޮފީއެއް ނޫން. ހުރިހާ އެއްޗެއްވެސް ލިބިދާނެ. އަވަހަށް އާދެބަލަ.” ފާރިޝް ބޭނުންވަނީ މާނުގެ ޚިޔާލެކެވެ.

ކުޑައިރުކޮޅެއްގެ ތެރޭގައި މާނު ހުރީ ފާރިޝްގެ ގާތުގައެވެ. ފާރިޝް ބޭނުންވާ ހުރިހާ ޚިޔާލެއް މާނު ދިނެވެ. ބައްދަލުކޮށްފައި ދައްކާނެ ހުރިހާ ވާހަކައެއް މާނު ބުނެދިނެވެ. ވާހަކަ ކުރިއަށްގެންދާނެ ގޮތާއި އަޑަށްގެންނަންވާ ބަދަލާއި ހުރިހާ އެއްޗެއް ސާފްކޮށް ކިޔައިދިނެވެ. ކަޅިވެސް ޖަހާނުލާ، ފާރިޝް އަޑުއަހަން ހުއްޓެވެ. މާނު ހުރިހާ އެއްޗެއް ކިޔައިދީ ނިމުނި އިރު، ހީވަނީ ވާހަކަދައްކާ މުބާރާތަކަށް ފާރިޝް ތައްޔާރުކުރަމުން ދިޔަހެނެވެ.

” ބޮޑިއެއް ނުބޮއްޗޭ؟” ވާހަކަ ނިންމާލަމުން މާނު ބުނެލިއެވެ.

” ދެން ވާނެ އެއްޗެއް ވާނެ މިރޭ!” ފާރިޝް ޖެހިލުމެއް ނުވެއެވެ.

” ކީއްވެތަ ތިހެން ތިބުނީ؟ މިރޭ ދިމާވާނެ.” ފާރީޝް ގުޅުމުން ޝާޢިރާ ބުންޏެވެ.

” ކިހާއިރަކަށް ހަދަންވީ؟ ސައިކް ދުއްވާލަންދެވޭނެދޯ.” ފާރިޝް ބޭނުންވާގޮތް ހާމަކުރިއެވެ.

” އަށްގަޑިބައި.” ޝާއިރާ ބުނެލިއެވެ.

އަށްގަޑިބައި ވީއިރުގައި ފާރިޝް ހުރީ ޝާޢިރާގެ ގޭ ކައިރީގައެވެ. ފާރިޝް ދިޔައިރު ޝާއިރާ ދޮރުމަތީގައި ހުއްޓެވެ.

” މީ ފާރިޝް. ތީދޯ ޝާޢިރާ؟” ވަރަށް ފުން ނަޒަކުން ބަލާލަމުން ފާރިޝް އަނހާލިއެވެ.

” އަހަންނަށް އިނގޭ ތީ ކާކުކަން.؟” ސައިކަލަށް އަރަމުން ޝާޢިރާ ބުނެލިއެވެ.

ފާރިޝް ސައިކަލް މަޑުކޮށްލުމާއިއެކު، ސުވާލެއްވެސް ނުކޮށް ޝާޢިރާ ސައިކަލްގެ ފަހަތަށް އެރިއެވެ. ފާރިޝްގެ ހިތަށް އެރިއެވެ. އަންހެން ކުދިން އަތު އަޅުވާލުމަކީ ހާދަހާ ވާ ފަސޭހަ ކަމެކެވެ. މިހުރިހާ ދުވަހު ފާރިޝްއަށް މިދެވުނީ ގޯސްބަޔަކާއި އެކުގައި ނޫންހެއްޔެވެ؟ ސުހެއިލްމެންނާއި ގުޅާލުމުން ކިހާ ފަސޭހަ ހެއްޔެވެ؟ ނުވިތާކަށް ޝާޢިރާއަކީ ހަމަ އެމީހުން ބުނިހާ ފުރިހަމަ ކުއްޖެކެވެ. އެއީ ދިވެއްސެއްގެ ދަރިއެއްހޭ ފާރިޝްގެ ހިތަށްވެސް އެރިއެވެ.

ސައިކަލް ދުއްވަމުން ދޭތެރެދޭތެރެއިން ފާރިޝް ސައިކަލް ބާރުކޮށްލައެވެ. އަދި ކުއްލިކުއްލި އަށް ބުރެކި ޖައްސާލައެވެ. ޝާއިރާވެސް އިނީ އެކަމަށް ސަމާލްކަން ދީގެންނެވެ. ފާރިޝް ގޮސް ސައިކަލް މަޑުކުރީ އާރޓިފިޝަލް ބީޗް ކައިރީގައެވެ. ސައިކަލުން ފައިބައިގެން ފާރިޝް، ޝާޢިރާ ގޮވައިގެން ހިގައިގަތީ ޑައިނަމޯ އާއި ދިމާލަށެވެ. ގޮސް އެތަނުގެ މޭޒެއްގެ ކައިރީގައި ދެމީހުން ޖައްސާލިއެވެ. ދެން އޯޑަރ ދިނެވެ.

” ކޮއްލަންތަ ސުވާލެއް؟” ވާހަކަ ފެށުމުގެ ގޮތުން ފާރިޝް ބުނެލިއެވެ.

” ކޮންބަލަ. ޖަވާބު ދެވޭތޯ ބަލާނަން.” ޝާއިރާ ބުނެލިއެވެ.

” ކީއްވެތަ ކުރީގެ ކައިވެނި ރޫޅުނީ؟” ފާރިޝްއަށް އަނހާލިއެވެ.

” މާޒީގެ ވާހަކަ ދެއްކުމުން ފައިދާއެއް ނުކުރާނެ. މިހާރު އަހަރެންވެސް ބޭނުންވަނީ އާ ޙަޔާތެއް ފަށަން.” ޝާއިރާ އެވާހަކަ ދައްކާކަށް ބޭނުމެއް ނޫނެވެ.

” ދެން ކީއްވެތަ ތި ހުންނަނީ؟” ފާރިޝް ސުވާލުކޮށްލިއެވެ.

” ބޭނުންވާ މީހާ ނުލިބިގެން މިހުންނަނީ.” ޝާއިރާ ނުސީދާކޮށް ބުނެލިއެވެ.

” ކޮބާތަ ތިބުނާ ބޭނުންވާ މީހަކީ؟” ފާރިޝް ބޭނުންވީ އޮޅުންފިލުވާށެވެ.

” ފަހަރުގައި ވެދާނެ ތީކަމަށްވެސް އެމީހަކީ.” ޝާއިރާ ބޭނުންވީ ފާރިޝްގެ ހިތުގައިވާ އެއްޗެއް ހޯދުމަށެވެ.

” އެހެން ވިއްޔާ ހީކޮށްލާ ބޭނުންވާ މީހާ ލިބިއްޖޭ.” ފާރިޝް ހިތުން ޝާޢިރާ ހާމަކުރަމުން ގެންދިޔާ ހިތުގެ އެދުމެވެ.

” ތެދެއްތަ ހަމަ؟” ޝާޢިރާ ހިނިތުންވަމުން އަނހާލިއެވެ.

” ޔަގީނެއްނު.” ފާރިޝްއަށް މިވަމުންދާ ގޮތެއް ނޭގެއެވެ.

ޑައިނަމޯއިން ކައިގެން ފާރިޝް ދިޔައީ ޝާޢިރާ ގޮވައިގެން ދުއްވާލާށެވެ. ބައިގަޑިއިރުވަންދެން ސައިކަލް ދުއްވުމަށްފަހު، ފާރިޝް، ޝާޢިރާގެ ގޭގެ ކައިރިއަށް ސައިކަލް މަޑުކޮށްލިއެވެ. މަޑުކޮށްލުމާއިއެކު، އަނގައިންވެސް ނުބުނެ ޝާޢިރާ ގެއަށް ވަނެވެ. ފާރިޝް ހީކުރީ ފުރަތަމަ ރޭގައި ދެކެވުނު ވާހަކަ ތަކުން ޝާޢިރާ ހިތްހަމަ ނުޖެހުނީކަމަށެވެ. ނުވަތަ ތަންކޮޅެއް ދަންވުމުން އަވަހަށް ގެއަށް ވަންނަންވެގެން ޝާޢިރާ އަނގައިން ނުބުނީ ކަމަށެވެ.

ފާރިޝްއަށް ގެއަށް އާދެވުނީ ދަންވަރުގައެވެ. ގެއަށް އައިސް ޝާޢިރާގެ ފޯނަށް ގުޅާލިއެވެ. ފޯން އޮތީ ނިއްވާލާފައެވެ. މުޅިރޭ ޝާޢިރާގެ ފޯން އޮތީ ނިއްވާލާފައެވެ. ދެން ފާރިޝް ގުޅީ ސުހައިލްގެ ފޯނަށެވެ. ސުހައިލްގެ ފޯންވެސް އޮތީ ނިއްވާލާފައެވެ. އެހެންވެ ފާރިޝް ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހުނެވެ. ފާރިޝް ވިސްނާލިއެވެ. ދިރިއުޅުމެއް ފަށަށް ޝާޢިރާ ރަނގަޅުވާނެ ހެއްޔެވެ؟ ފުރަތަމަ ކައިވެނި ރޫޅުނު ސަބަބު ޝާޢިރާ ހާމަ ނުކުރީ ކީއްވެގެން ހެއްޔެވެ؟ ފަހަރުގައި އެކަމުގެ ސަބަބަކީ ޝާޢިރާގެ ފިރިމީހާއަށްވެސް ވޭދާނެ ނޫންހެއްޔެވެ؟ ފާރިޝްގެ ހިތަށް އެރިއެވެ.

ހެނދުނު ތެދުވުމަށްފަހު ޝާޢިރާއަށް ފާރިޝް ގުޅާލިއެވެ. އެކަމަކު ފޯން އޮތީ ނިއްވާލާފައެވެ. ދެން ފާރިޝް ސުހައިލްއަށް ގުޅާލިއެވެ.

” ވަރަށް ސަކަރާތް. ރޭ ވަރަށް ރީތިކޮށް ޝާޢިރާ ވާހަކަ ދެއްކި. އެކަމަކު އޭގެ ފަހުން މިހާރު ފޯންވެސް އޮތީ ނިއްވާލަފަ. ކިހިނެއްތަ މިވަނީ؟” ފާރިޝް ބޭނުމީ ހައްލެވެ.

” ޝާޢިރާމެން ނިދާނީ ވަރަށް ލަހުން. އަދި ނުތެދުވަނީހެން ހީވަނީ. ހަވީރުން ގުޅާ. އޭރުން ދިމާވާނެ.” ސުހައިލް ކިޔައިދިނެވެ.

” އެހާ ދަންވަންދެން ކީއްތަ އެމީހުން ކުރަނީ؟ އަނެއްކާ ތަނެއްގައި ފޯރި މަރަނީތަ ތަނެއްގައި؟” ފާރިޝް އަނހާލިއެވެ.

” މިޒަމާނުގެ އަންހެން ކުދިން އުޅޭނީ އެހެންނޭ. ހާސްނުވެބަލަ. ފާރީޝްއަށް އެކަން ވާނޭ.” ސުހައިލް އެހެން ބުނެލިއެވެ.

” ދެން އިނގިދާނެތާ ސުހޭލްމެންގެ ހުރި މޮޅުކަމެއްވެސް. މަހުރެދާނަން މިހެން.” ފާރިޝް ވެސް ބޭނުންވަނީ އެންމެ ކަމެކެވެ.

ގަޑިން ފަހެއް ޖެހުމާއިއެކު ފާރިޝް ޝާޢިރާއަށް ގުޅިއެވެ. އެވަގުތު ޝާޢިރާގެ ފޯން އެންގޭޖެވެ. ދެން ގުޅީ ސުހައިލްގެ ފޯނަށެވެ. ސުހައިލްގެ ފޯންވެސް އެންގޭޖެވެ. އެހެންވެ ފާރިޝް ނިންމީ ޝާޢިރާގެ ގެއަށް ދިއުމަށެވެ. ބައްދަލުކޮށްގެން ނަމަވެސް، ޝާޢިރާއަށް ވެގެންއުޅޭގޮތެއް އޮޅުން ފިލުވުމަށެވެ. ނޫނީ ފާރިޝްގެ ހިތަށް ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. އެހެނަސް އެގޮތްވެސް ފާރިޝްއަށް އެހާ ކަމަކު ނުދިޔައެވެ. ފާރިޝްއަށް ޝާޢިރާއާއި ދިމާވީ ރޭގައެވެ. އަދި ޝާއިރާގެ ގެއަށް ނުވަދެވިގެން އުޅޭކަށް ނުވެއެވެ. އެހާ އަވަހަށް ޝާޢިރާގެ ގެއަށް ވަންނާކަށް ނުވެސްވާނެއެވެ. ކޮންމެވެސް ގޮތެއްވެސް ހުންނަންޖެހޭނެ ނޫންހެއްޔެވެ؟ ފާރީޝްގެ ހިތަށް އެރިއެވެ.

” ޝާޢިރާ ބުނި ގެއަށް ޖައްސާލަބަލަށޭ. ކުއްލިއަކަށް ތަނަކަށް ދާންވެގެނޭ މިއުޅެނީ؟” ސުހައިލް ފާރީޝްއަށް ގުޅާފައި ބުނެލިއެވެ.

” ބުނޭ މިދަނިއްޔޭ؟” ފާރީޝް ބުނެލިއެވެ.

ޝާޢިރާގެ ގޭ ކައިރީގައި ކާރު ޕާރކް ކުރުމަށްފަހު ފާރިޝް ހިނގައިގަތެވެ. ޝާޢިރާގެ ގެ ހުންނަގޮތުން ގެއަށް ވަންނަން ބޮޑު ދޮރެއް ނުހުންނާނެއެވެ. މަގަށް ހުންނަ ފުރަތަމަ ދޮރުހުޅުވާލުމުން ގެއަށް ވަދެވުނީއެވެ. މަޑުމަޑުން ހިނގަމުންގޮސް ޝާޢިރާގެ ގޭގެ ދޮރާއި ހަމައަށް ފާރީޝް އެރިއެވެ. އޭރު ގޭގެ ދޮރު ހުރީ ކުޑަކޮށް ހުޅުވިފައެވެ.

” އަހަރެން އެހާ ހިތް ހަމައެއް ނުޖެހޭ އޭނައެއް. އެކަމަކު ސުހޭ ބުނީމަ މިކަންތައްކޮށްދެވޭތޯ މިއުޅެނީ.” ފާރިޝްއަށް ޝާޢިރާ ވާހަކަ ދައްކާ އަޑުއިވުނެވެ.

” ނުކޮށްދީ ކޮންތާކަށް ދާނީ. ޝާޢިރާ ތިހުންނަނީ މަށާހެދި މޮޔަވެފައެއްނު. އެހެން ނޫންތަ؟” ސުހައިލު ބުނެލިއެވެ.

” ދެން މަލާމަތްނުކުރިޔަސް ހެޔޮ. ސުހޭވެސް ބޭނުންވެގެނެއްނު މިހެން މިއުޅެނީ. މަވެސް ބޭނުންވާނެއެއްނު މަށަށްވުރެ ހަތް އަހަރު ޒުވާން ފިރިހެން ކުއްޖެއް. އަނެއްކާ އެހާ ސްމާރޓް.” ސުހެއިލްގެ ކޮލުގައި ހިފާލަމުން ޝާޢިރާ ބުނެލިއެވެ.

ފާރީޝް ޝާޢިރާގެ ގެއަށް ވަނީ އެވަގުތުގައެވެ.

” ނުވެސް ގުޅަމެއްނު އަންނަމުން.” ޝާޢިރާ ބުނެލިއެވެ.

” ދެން މިހާރު މިއޮތީ ގުޅިފައެއްނު. ހިނގާދާން.” ފާރީޝްހުރީ ކުޑަކޮށް ހިތްހަމަ ނުޖެހިފައެވެ.

            ” ކޮންތާކަށް ދާންވީ.” ކާރަށް އެރުމަށްފަހު، ފާރިޝް އަނހާލިއެވެ.

            ” ދުއްވާލަން ދާންވީ.” ޝާޢިރާ ބޭނުންވާ ގޮތް ހާމަކުރިއެވެ.

            ފާރިޝް ކާރު ދުއްވަމުން ދިޔައެވެ. ޝާޢިރާ ބޭނުންވާ ގޮތަށެވެ. ޝާޢިރާއަށް އެންމެ ރީތި ލަވަވެސްޖަހަމުންނެވެ. އެކަމަކު، އިރުކޮޅެއްކުރިން އިވުނު އަޑުތަކުން ފާރިޝް ހުރީ ހިތްހަމަ ނުޖެހިފައެވެ. އެކަމަކު އިސްވެ އެވާހަކަ ދައްކާކަށް ފާރިޝްއަކަށް ނުކެރުނެވެ. އެ ވާހަކަ ދައްކަންވެސް ބޭނުންވިއެވެ. ހިތުގައި ޖެހިފައިވާ ސުވާލް މާރކެއް ފިލުވާލުމަށެވެ. ސުހައިލްއާއި ޝާޢިރާއާއި ދެމެދު އެއްވެސް ގުޅުމެއް އެބަ އޮތް ހެއްޔެވެ؟ އޮތްނަމަ، އެކަން ފާރިޝްއަށް ކޮށްދިނުމަށް ސުހެއިލް އުޅުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ފާރިޝްގެ ހިތަށް އެރިއެވެ. އެކަމަކު،ޝާޢިރާ ހިތްހަމަ ނުޖެހިދާނެތީ އެވާހަކަ ފާރިޝް ނުދައްކައެވެ. އަނެއްކޮޅުވެސް އެބައޮތެވެ. ފާރީޝްއަށް ޙަޤީޤަތުގައިވެސް ޝާޢިރާދެކެ ލޯބިވެވިއްޖެއެވެ. މިހާތަނަށް ފާރިޝްއަށް ގުޅުނު ހުރިހާ އަންހެން ކުދިންގެ ތެރެއިން ޝާޢިރާ އަކީ އެއްވަނައެވެ. ފާރިޝް ބޭނުން ހުރިހާ ޝަރުތެއް ޝާޢިރާގައިގައި ފުރިހަމައަށް އެބަހުއްޓެވެ. އަލުން އުނިކޮށްފައި އިތުރުކުރާނެ ސިފައެއް ޝާޢިޜާގެ ގަޔަކު ނެތެވެ. ފާރިޝްގެ ހުވަފެނީ އަނބިމީހާގެ މަޤާމަށް، ފާރިޝް ބޭނުން ހުރިހާ ގޮތަކަށްވެސް ޝާޢިރާ ފެތެއެވެ. އެހެންވެ، ބުނެވޭ ހިތްހަމަ ނުޖެހޭ އެއްޗަކުން ޝާޢިރާ ރުޅިއަރުވައިގެން ފާރިޝްއަށް ކުރިއަށްދެވޭކަށް ނެތެވެ. އަދި ފާރީޝްއަށް އެއުޅެނީ ޝާޢިރާއަށް ލޯބިވެސް ހުށަނޭޅިގެނެއެވެ. ވީއިރު، ހެދޭނެ އެހެން ގޮތެއް ނެތެވެ. ފެންނަ ބައެއް އެފަދަ މަންޒަރުތައް ނުފެންނަ ކަމަށްވެސް ހަދަން އެބަޖެހެއެވެ.

            ” ހާދަ ފަރިތައޭދޯ ކާރު ދުއްވަން. އެއް އިނގިލިންތަ ހުންގާނުވެސް ކޮންޓްރޯލްކުރަނީ.” ހަނިމަގަކުން ބާރަށް ކާރު ދުއްވާލުމުން ޝާޢިރާ ބުނެލިއެވެ.

” އެއް އިނގިލިން މިހުންގާނު ކޮންޓްރޯލްކުރެވުނަސް، އަހަރެންނަށް އަހަރެންގެ ދިރިއުޅުން ކޮންޓްރޯލް ނުކުރެވޭތީ ދެރައީ؟” ފާރިޝް ބުނެލީ އެއްޗެކެވެ.

            ” އެއީ މަންޒިލެއްނެތި ހުންގާނުގައި ހުންނާތީ. ނޫންނަމަ، އަހަރެންވެސް ހުންނާނީ މިހެނެއް ނޫނެއްނު.” ޝާޢިރާ ބުނެލިއެވެ.

” އަހަރެންގެ މަންޒިލަކީ މިހާރުތީ. ބޭނުންވަނީ ޝާޢިރާގެ ޖަވާބެއް.” ފާރިޝް އޭނާގެ ހިތް ޝާޢިރާއަށް ހުޅުވާލިއެވެ.

” އަހަރެންވެސް ބޭނުންވަނީ ތިގޮތް.” ޝާޢިރާގެ ޖަވާބުން ފާރިޝް ވަރަށް އުފާވިއެވެ.

” ހާދަ އަވަހަކަށް ތި އެއްބަސްވީ. އަނެއްކާ ކިހިނެއްވީ؟” ފާރިޝް ޙައިރާންވިއެވެ.

” އަހަރެންވެސް މިހާރު ބޭނުމީ އާ ޙަޔާތެއް. އެހެންވެ، މިހެން މިބުނީ.” ޝާޢިރާގެ ހިތުގެ ނިޔަތް ފާރިޝްއަކަށް ނޭގެއެވެ.

” ކޮންއިރަކުން އިންނާނީ؟” ފުރުޞަތު ގެއްލޭކަށް ފާރިޝް ބޭނުމެއް ނޫނެވެ.

” ތަންކޮޅެއް ފަހުން. އަވަހަށް ނިންމާ ކަންތައްތަކަށް އަވަހަށް ނިމުން އަންނާނެ.” ޝާޢިރާ ބޭނުމީ އެގޮތެވެ.

” ރަނގަޅަށް ތިބުނީ. ރައްޓެހިވެގެންވެސް އުޅެންޖެހޭނެ ކުޑަ ދުވަސްކޮޅަކު. އޭރުން ދެ މީހުން ރަނގަޅަށް ދަސްވާނީ.” ފާރިޝްވެސް އެއްބަސްވިއެވެ.

ކާރު ދުއްވާފައި އައިސް ނިދަން ފާރިޝް އޮށޯތެވެ. އޭރުވެސް ހިތުގައިވަނީ ޝާޢިރާ ދެއްކި ވާހަކަ ތަކެވެ. އުންމީދުގެ ހުޅުކޮޅު ދިއްލެމުންދާތީ ފާރިޝް ހުރީ ހިތްހަމަ ޖެހިފައެވެ. ޝާޢިރާގެ ވާހަކައިން ޝާޢިރާވެސް ފާރިޝް ބޭނުންކަމަށް ފާރިޝް ނިންމިއެވެ. ފަރުދާގެ ފުރަގަހުގައި ހިގާ އެއްވެސް ކަމެއް ފާރިޝްއަކަށް ނުފެނެއެވެ. ދިރިއުޅުމުގައި ގިނަ މީހުންނަށް ވަނީ ހަމަ މިހެންނެވެ. ރީތި އަންހެން ކުދިންގެ ދަޅައަށް ވަރަށް އަވަހަށް ހެއްލެވޭނެއެވެ. ނުވިތާކަށް ރައްޓެހިންނަށް އިތުބާރު ކޮށްގެން ރީތި އަންހެން ކުދިން ހޯދުމަކީ އަދިވެސް ބައެއް މީހުންގެ އުޞޫލެވެ. ޙަޤީޤަތުގައި ފާރިޝްއަށް ޝާޢިރާ މިލްކުކުރުމުގައި ސުހެއިލްގެ އެހީތެރިކަން ވަރަށް ބޭނުމެވެ. ފާރީޝްއަށް ސުހެއިލް އެކަންތައް ކޮށްދެނީ ހެޔޮހިތުން ބާވައެވެ؟ ނޫންނަމަ، އަމިއްލަ ފައިދާއަށްޓަކައި އެހެން މީހެއްގެ ލޮލުގައި އަނދުން އަޅުވަން މަސައްކަތް ކުރަނީ ބާވައޭވެސް ފާރިޝްގެ ހިތަށް ބައެއް ފަހަރު އަރައެވެ.

” ހާދަ ހަބަރެއް ނުވޭ. އަނެއްކާ ޝާޢިރާ އާނ ބަސް ބުނީތަ؟” މާނު ގުޅާލުމަށްފަހު އަނހާލިއެވެ.

” ތިކަންވެސް ދަނީ ރަނގަޅަށް. އެކަމަކު މާނުއާއި އެބަޖެހޭ ވަރަށް ބޮޑު ވާހަކަ އެއް ދައްކަން. ކޮން އިރަކުން ދިމާކޮށްލާނީ” ފާރީޝް މާނު ގާތުގައި ދައްކަން ބޭނުން ވަރަށް ގިނަ ވާހަކަ އެބަހުއްޓެވެ.

” މިހާރުވެސް ދިމާވެދާނެ.” މާނުއަކީ އެހާ ބިޒީ މީހެއް ނޫނެވެ.

ކުޑަ އިރުކޮޅެއްގެ ތެރޭގައި ފާރިޝްއާއި މާނު ތިބީ ކެފޭއެއްގައެވެ.

” ދެން ތިބުނާ ބޮޑު ވާހަކަ ފައްޓަބަލަ؟” މާނު ބޭނުވީ ފާރިޝްގެ ވާހަކަތައް އަޑުއަނހާށެވެ.

” އަހަންނަށްވުރެ ކުރިން މާނުއަށް ސުހެއިލްވެސް ޝާޢިރާވެސް އެގެއެއްނު. އެދެމީހުންގެ މެދުގައި އޮވޭތަ އެއްވެސް ގުޅުމެއް؟ ދޮގު ނަހަދައްޗޭ؟” ފާރިޝް ހުރީ ވަރަށް ސީރިއަސްވެފައެވެ.

” ދޮގުހަދައިގެން ފައިދާއެއް ނުވާނެ. އެދެމީހުން އުޅެނީ އެއްގެއެއްގައި. ސުހެއިލް ގެއަށް އައިސްފިއްޔާ ޝާޢިރާ އޮންނާނީ ސުހައިލްގެ އުނގުގައި. އެ ދެމީހުންގެ ދެމެދުގައި ނޯންނަ ގުޅުމެއް ނޯންނާނެ. ހަމަ އެކަނި ދެމަފިރިންނޫންކަން. މިއޮތް ހުރިހާ ދުވަހު ފާރިޝްއަށް ޝައްކެއްވެސް ނުވޭތަ؟ އެކަމަކު، ތިވެސް ފިރިހެނެއްދޯ.” މާނު ކިޔައިދިނެވެ.

” އަހަންނަށް ކިހިނެއްތަ އިނގޭނީ؟ ތި ދެމީހުން ވިއްޔާ އެކަން ކޮށްދޭންވެސް ތިތިބީ. އަހަރެން ހީކުރާނެތަ ފެންދީފައި ކަތިލާނެކަމަށް؟ އަހަރެން ރައްޓެހިންނަށް ވަރަށް އިތުބާރުކުރަން. އަދި މިހާގާތްކޮށް އުޅޭބަޔަކު އެހެން ހަދާނެކަމަށް ހިތަށް ކީއްކުރަން، ޚިޔާލަށްވެސް ނާންނާނެއެއްނު.” ފާރިޝް ވަރަށް ދެރަވިއެވެ.

” ތިހެން ދެން ވާނީ. ކުލައަށްވިއްޔަ ތިބަލަނީ. ދޮން ވިއްޔާ ހެޔޮ ކޮންމެ އެއްޗަކަށްވެސް. އެތެރޭގައި ހެޔޮދޯ އެކައްޗެއްވެސް ނެތަސް. މަވެސް ވަރަށް ލޯބިވި މީހެކޭ ތި ޝާޢިރާ ތިއީ. އެކަމަކު އަހަންނަށްވެސް އެކަން ނުވި. އެ ޝާޢިރާ އެހުންނަނީ ސުހެއިލްއާއި ހެދި މޮޔަވެފަވިއްޔަ. މަގޭ ހިތަށް އަރާ ޝާޢިރާއަށްވެސް ހަމަ ހުރިހާ ގޮތެއް ހެވީބާވައޭ؟ ހަމަޔަޤީން. ދުވަހަކުވެސް ސުހައިލް ޝާޢިރާއަކާއި ނީންނާނެ.” މާނު ސާފްކޮށް ކިޔައިދިނެވެ.

” ކީއްވެތަ މާނު ކުރިން ހުރިހާ ވާހަކައެއް ކިޔައި ނުދިނީ؟” ފާރިޝް ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ.

” ކިހިނެއްތަ ކިޔާދޭނީ؟ އަދި ކިރިޔާއެއްނު މިދިމާވީ. އަހަރެން ހީކުރީ މަލުގެ ފޮނިބޮވެގެން ފެށުމުން އަހަރެން ކަހަލަ ރައްޓެހިންގެ މަތިންވެސް ހަނދާންނެތުނީކަމަށް. އެހެންނު ވާނީ. ފާރިޝްއަށްވެސް ޝާޢިރާ ވަރެއް ނެތްވިއްޔަ؟ ބުނަންތަ ވާހަކައެއް. މިރޭ އަހަރެން ގުޅާލާނަން. ބުނާތާކަށް އަންނަންޗޭ؟ މަންޒަރެއް ދައްކާލާނަން.” މާނު ބޭނުމީ ހުރިހާ ކަމެއް ފާރިޝްއަށް ސާފްކޮށް ދައްކާށެވެ.

” މަލުގެ ފޮންޏެއްނޫން، އެކައްޗެއްވެސް އަހަންނަކަށް ނުލިބޭ. ހަމައެކަނި ޝާޢިރާ ގޮވައިގެން ދެތިންރޭ ދުއްވާލަން ދެވުނުކަން. ކުޑަމިނުން އަތުގައިވެސް އަހަންނަށް ހިފާނުލެވުނު.” ފާރިޝް ގެ ރާގުގައިވާ މޮޅިވެރިކަން މާނުއަށް ފާހަގަވިއެވެ.

” ދެން ދެރަނުވޭ. އަދިވެސް އަންހެނުން އެބަތިބި؟” މާނު ފާރިޝްއަށް ހިތްވަރު ދިނެވެ.

            ކެފޭއިން ނިކުމެގެން ފާރިޝް ދިޔައީ ގެއަށެވެ. ގޮސް ޝާޢިރާއަށް ގުޅާލިއެވެ. ޝާޢިރާގެ ފޯން އޮތީ ނިއްވާލާފައެވެ. ދެން ގުޅީ ސުހައިލް އަށެވެ. ޖެހުނީ އެއްތަނެއްގައެވެ. ސުހައިލްގެ ފޯންވެސް އޮތީ ނިއްވާލާފައެވެ. ދެން ފާރިޝް ދިޔައީ ޝާޢިރާގެ ގެއަށެވެ. ގޮސް ބެލިއިރު، ޝާޢިރާއެއްވެސް ސުހައިލްއެއްވެސް ގެއަކު ނޫޅެއެވެ. ދެން ގޭގައި އުޅޭ މީހެއްގެ ގާތުގައި އެހުމުން އެދެމީހުން އެކުގައި ތާކަށް ދާން ނިކުތްކަން ފާރިޝްއަށް ސާފްވިއެވެ. އެހިސާބުން މާނު ދެއްކި ވާހަކަތަކާއި ކުރީ ދުވަހުގައި އިވުނު ވާހަކަތައް ޔަޤީނަށް ބަދަލުވަމުންދާކަން ފާރިޝްއަށް އިނގުނެވެ.

            ” ވަރަށް އަވަހަށް އާދެބަލަ އަހަރެންގެ ގެ ކައިރިއަށް.” މާނު ފާރިޝްއަށް ގުޅާފައި ބުންޏެވެ.

            ކުޑައިރުކޮޅެއްގެ ތެރޭގައި ފާރިޝް ހުރީ މާނުގެ ގޭ ކައިރީގައެވެ. ފާރިޝްގެ ކާރު ކައިރިކޮށްލުމާއިއެކު މާނު ކާރަށް އެރިއެވެ. މާނު ކިޔައިދެމުންގެންދާ ގޮތަށް ފާރިޝް ކާރު ދުއްވަމުން ދިޔައެވެ. ކާރުގެ ދުވެއްޔާއި އެއްވަރަށް ފާރިޝްގެ ހިތްވެސް ތެޅެމުން ދިޔައެވެ. ފާރިޝް އަނގައިންވެސް ނުބުނެ ކާރު ދުއްވަމުން ދިޔައެވެ. ފާރިޝް ކާރު މަޑުކޮށްލީ މާނު ބުނި ހިސާބުގައެވެ. ކާރު މަޑުކޮށްލުމާއި އެމަގުގައި ހުރި ތަނަކުން ޝާޢިރާއާއި ސުހެއިލް އެއްކޮށް ނިކުތެވެ. މިދެ ކަންތައްވެސް ހިނގާ ދާދި އެކުއެކީގައެވެ. މާނުގެ އަތުގެ އިޝާރާތުން ފާރިޝްއަށް ދައްކާލިއެވެ. ހުރިހާ ކަމެއް އެހިސާބުން ފާރިޝްއަށް ސާފްވިއެވެ. ސުހެއިލްއާއި ޝާޢިރާ އެނިކުތީ އެއްވެސް ޙާލެއްގައި އެދެމީހުން ވަދެގެން ވާނެތަނަކުން ނޫންކަން ފާރިޝްއަށްވެސް އިނގުނެވެ.

            ޝާޢިރާގެ ފޯން ހުޅުވުމުން ފާރިޝްއަށް އެސް.އެމް.އެސް އައެވެ. ފާރިޝް އާއި މާނު އޭރުވެސް ތިބީ ކާރުގައެވެ. ފާރިޝް ޝާއިރާގެ ފޯނަށް ގުޅާލިއެވެ. ހަމަ ގުޅާލުމާއިއެކު، ޝާޢިރާ ފޯން ބިޒީކޮށްލިއެވެ. ދެން ގުޅީ ސުހައިލް އަށެވެ.

            ” ޕާރޓް ކޮންތާކު ތިއުޅެނީ؟” ސުހައިލު އަކީ ސީރިއަސް ވާން ދަންނަ މީހެއްނޫނެވެ.

            ” އުޅޭތަނެއް ބަލާނެކަމެއްނެތް. މިރޭ ޖެހޭނެ މިކަންތައް ނިންމަން. ހަމަ މިހާރު އާދޭ ކެފޭއަށް!” އެހެން ބުނުމަށްފަހު، ފާރިޝް ފޯން ބޭއްވިއެވެ.

            ” ކިހިނެއް ހަދަންތަ ތިއުޅެނީ؟ ޝާޢިރާގެ ކަންތައްތައް ކޮށްދޭނަމޭ ކިޔާފައި ހުރިހާ ފައިދާއެއް ތިނަގަނީ ސުހެއިލް. އެހެންނު ވާނީ. ގެއަށް ވަންނައިރު ދޮރުމަތީގައި އެލުވާލާފައި އޮންނަ ދޮންކެޔޮ ގަނޑަކުން ނުކާނީ ކާކު. ގެއަށް ވަންނަ ކޮންމެ ފަހަރު ހަމަ ކާންވީއެއްނު. ހިތް ފުރެންދެން ކާންވީއެއްނު. ތިހާ ދެފުށްދެގޮތް ވެގެން ކަމަކު ނުދާނެ. އަހަންނަށް ތިކަން ކޮށްދޭން ބޭނުންނަމަ، ސުހައިލް ނުވާނެއެއްނު ތިހެން ހަދާކަށް. މިރޭވެސް ތިދެމީހުން ތިއައީ ކޮންތަނަކުންކަށް އަހަންނަށް އިނގޭ. އަހަރެންގެ ކުރިމައްޗަށް ތި ދެމީހުން ނިކުތީވެސް. މާނުއަށްވެސް ތިކަން ނުވީ ސުހެއިލްގެ ސަބަބުން. މިހާރު މަށަށްވެސް މިނުވީ ހަމަ ސުހައިލްގެ ސަބަބުން. އިންނަން ބޭނުން ނުވާ މީހެއްގެ ދިރިއުޅުން ޙަލާކުކުރުމުގެ ބޭނުމަކީ ކޮބާ؟ އަދި ސުހެއިލްއަށްވުރެ ހަތް އަހަރު ދޮށި އަންހެނެއް އެއީ؟” ފާރިޝް ފައްޗަކަށް އަމުނާލިއެވެ.

” ޝާޢިރާ ބޭނުމެއް ނޫން އެހެން މީހަކާއިއެކު އުޅޭކަށް. އަހަރެން ވަރަށް މަސައްކަތް ކުރިން.” ސުހެއިލް މަޑުމަޑުން ބުނެލިއެވެ.

            ” ވަރަށް ރަނގަޅަށް ސުހެއިލް މަސައްކަތްކޮށްފި. އެހެންވެ އަހަރެން ފޭލްމިވީ.” ފާރިޝް އެހެން ބުނުމަށްފަހު ކެފޭއިން ނިކުމެގެން ދިޔައެވެ.

            ފާރިޝް ގޮސް ކާރު ސްޓާޓްކޮށްލިއެވެ. އެއަށްފަހު ދުއްވާލިއެވެ. ފާރިޝް ހުރީ ވަރަށް ދެރަވެފައެވެ. ޝާޢިރާގެ ލޯބި ނުލިބޭނެކަން ޔަޤީންވުމުންނެވެ. ފަރުދާކަހާލެވުމުން ސުހައިލްގެ ގޯސްކަން އިނގުމުން ފާރިޝް ވަރަށް ރުޅި އައެވެ. ދެރަވެސް ވިއެވެ. އިތުބާރުގެ ބަދަލުގައި އޮޅުވާލުމާއި ކެހިދިނުމުންނެވެ. އެހެނަސް ފާރިސްގެވެސް މައްސަލަ އެބައޮތެވެ. ފާރިޝްގެ މައްސަލައަކީ ޙަޤީޤަތްނުބަލާ ދިރިއުޅުން އެހެން މީހުންގެ އަތްމައްޗަށް ދޫކޮށްލުމެވެ. މާނުގެ މައްސަލައަކީ ހުރިހާ ކަމެއް އިނގުނި އިރުވެސް ފާރިޝްއަށް ކިޔައި ނުދިންކަމެވެ. ޝާޢިރާގެ މައްސަލައަކީ އުޅުމެއް ނެތުމެވެ. ސުހައިލްގެ މައްސަލައަކީ ހެޔޮހިތުން ކަންތައްތައް ކޮށްނުދެވުނު ކަމެވެ. ޙަޤީޤަތުގައި މިއަދުވެސް އަހަރެމެންގެ ތެރޭގައި މިގޮތަށް އުޅޭ ބައިވަރު މީހުން އުޅެއެވެ. މީހުންގެ އަނބިންގެ ގޮތުގައި ތިބެ އެހެން ފިރިހެނުންގެ ފަރާތުން އުފާ ހޯދާ މީހުންނެވެ. މީހުންގެ ފިރިންގެ ގޮތުގައި ތިބެ އެހެން އަންހެނުންގެ ހިތް އުފާކޮށްދޭ މީހުންނެވެ. ނީދެ، އިނދެގެން ލޯބީގެ އުފާ ޙާޞިލްކުރަމުން ގެންދާ މީހުންނެވެ. މިކަންތައް ފާރިޝްއަށް އިނގުނީ ދާދި ފަހުންނެވެ. މިއަދުން ފެށިގެން ފާރިޝް ލޯބިވެރިއަކު ހޯދަން މަސައްކަތްކުރާނީ އަމިއްލައަށެވެ. އެކަމުގެ ތެރެއަށް އެހެން އެއްވެސް މީހަކު ނުވައްދާނެއެވެ. ފާރިޝްއަށް ކާމިޔާބުވުމާއި ނުވުން އެއީ އަދި އެހެން ކަމެކެވެ.

=ނިމުނީ=

Share Article

Follow Me Written By

DESTINY2020

Level 210 Stories

Other Articles

Previous

ހަސަދަ

Next

ރަހީނު… 11 ވަނަ ބައި.

Next
July 15, 2015

ރަހީނު… 11 ވަނަ ބައި.

Previews
July 14, 2015

ހަސަދަ

19 Comments!

  1. reader says:
    July 15, 2015 at 1:27 am

    mi vaahaka hama mi situn maakurin kiyaifin…….

  2. reader says:
    July 15, 2015 at 1:28 am

    which myns this is a copy r smthn….

  3. hush says:
    July 15, 2015 at 1:49 am

    Kurin kiyaafa in vaahakaeh mee

  4. Jennifer says:
    July 15, 2015 at 1:54 am

    Hoodhy mi story akee than kolheh kurin mi situn kee story eh.. 🙂

  5. Jennifer says:
    July 15, 2015 at 2:26 am

    Sort amaaz

  6. naj says:
    July 15, 2015 at 2:28 am

    Hoody did not write this story Jennifer..someone else did..:-)

  7. Jennifer says:
    July 15, 2015 at 3:35 am

    Sorry..it’s was a mistake..:)

  8. swyty girl.. says:
    July 15, 2015 at 4:37 am

    Yr Jennifer it was a mistake dhw.. It’s OK vaane … Mi kury ga mi situn my vaahakaeh eh.. Bt anywayxx vv nice..

  9. liu says:
    July 15, 2015 at 11:09 am

    kyve amaax copy kuranyy…..vaahaka lian shaugu hunanya amila vaahaka liumah ilthimaas kuran..bt anywayxx eid mubaarik

  10. jui says:
    July 15, 2015 at 11:48 am

    MEE KURIN KIYAAFA IN VAAHAKA EH .. kyvvetha copy thi kurany? plx thynage amilla new story eh liyeba… ok

  11. Naju says:
    July 15, 2015 at 1:27 pm

    Kyve tha thaakun thaaku nujehey vaahaka up kurany?????? Mama ragalhu vaane “KUSHAKAA NULAA” up kuriyas…!!!!!!

    1. lahu says:
      July 15, 2015 at 4:24 pm

      KushakAA NULAA DEN EYNa nuliyane… ok

  12. Naju says:
    July 15, 2015 at 1:29 pm

    Maa***

  13. shiaa says:
    July 15, 2015 at 3:53 pm

    mi story kyn dhivehi vaahaka site in , :p

  14. Shabee says:
    July 15, 2015 at 4:55 pm

    Masheh nukiyan mi vaahaka eh esfiya site in vexx adhi dhivehi vaahaka site in vex… dhen evarah nubeleythee kamah vexx vedhaane dhw… dhen kiyaafa othas aslu v v v ibrhtheri vaahaka eh mee…aslu mashah v fahkkaa vaahaka ehmee… ma frndx abadhuvex mashah bitun hoadha dheynee… 😛 but dhen v visnaafa amilla ah nooney biteh nunagaana… mihaaru biruganejje… 😀 AMAAZ mivaahaka vex v reethi… but keehvetha kushakaa nulaa up nukuranee?? 🙁

  15. Juma says:
    July 15, 2015 at 5:40 pm

    I think I read this somewhere!

  16. lol says:
    July 16, 2015 at 6:18 pm

    Salhi ae hama asleh

  17. lol says:
    July 16, 2015 at 6:20 pm

    Allah ah biruvethivey ey uktha

  18. SARA MUBARIK says:
    July 17, 2015 at 11:16 pm

    NYC…. V SALHI

Comments are closed.


All Right Reserved!