Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ރަހީނު… 11 ވަނަ ބައި.

Fantasy Level 310 Stories500 Comments100 Comments
July 15, 2015 11 Mins Read
16 Comments

ފަހަތުން އަޑެއް އިވިގެން ހިލްމީ ފަހަތަށް އެބުރިލަން އުޅުނެވެ. ނަމަވެސް މިފަހަރު ފަހަތް ފެންނަ ވަރެއް ނުވިއެވެ. އެއްޗެއްގެ ހަމަލާއެއް އެރީ ހިލްމީގެ ބޮލަށެވެ. އެވަގުތު ހިލްމީ ވެއްޓުނެވެ. ފަހަތު ހުރި މީހާ ވަގުތުން ހިލްމީގެ އަތުގައި ހިފެހެއްޓިއެވެ. މޫނުމަތީގައި އަޅާފައިވާ ފޮތިގަނޑުގެ ސަބަބުން އެއީ ކާކުކަމެއް ނޭނގެއެވެ. އެމީހާ އަތުގައި ހިފެހެއްޓުމާއި އެކު ގަސްތަކު ތެރޭގައި ފިލާ ތިބި ދެމީހުން އައިސް ހިލްމީގެ ފައިގައި ހިފެހެއްޓިއެވެ. އަވަސް ހަރަކާތާއި އެކު ހިލްމީ ނަގާ ވޭނުގެ ފަހަތުބައި ހޮޅުވާލަމުން އެތެރެއަށް އެއްލިއެވެ. އަދި އަވަސްކަމާއި އެމީހުން ވޭނަށް އެރިއެވެ. އަދި ވޭން ނައްޓާލިއެވެ.

**********

ފައިސަލް މޭޒުމަތީގައި ބަހައްޓާފައިވާ އެކި ލިޔުންތަކަށް ބަލަމުން ދިޔައެވެ. އޭގެން އިތުރު އެއްވެސް އެއްޗެއް އެނގޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. “ނާޝިދު ކޮންމެވެސް އެއްޗެއް ބުނަން އެބަ އުޅޭ” ރޭޝަމްގެ އަޑަށް ފައިސަލް ބަލާލީ ނާޝިދުއާއި ދިމާލަށެވެ. އެހެންކަމުން އެދިމާލަށް ދިއުމަށް ނިހާންއާއި އެކު ހިގައިގަތެވެ. “ސޯ ފައިނަލީ އެއްޗެކޭ ބުނަން ވިސްނީދޯ” ފައިސަލް އެތެރެއަށް ވަންނަމުން ބުނެލިއެވެ. ނާޝިދު އެމީހުންނާއި ދިމާލަށް ބަލާލީ ފަރުވާ ކުޑަ ގޮތަކަށެވެ. “އަހަރެން މިތަނުގައި އިންނަތާ މިހާރު އެތަށް އިރެއް ވެދާނެ.. އެކަމަކު ކަލޭމެން އަހަރެންނަށް އެންމެ ކުޑަމިނުން ފެންފޮދެއްވެސް ނުދޭ” ނާޝިދު ވާހަކަ ދެއްކިއެވެ. ފައިސަލްއާއި ނިހާން އެކަކު އަނެކަކަށް ބަލާލިއެވެ. “ކަލޭމެންތީ އިންސާނުންތަ.. އަހަރެންނަށް ކާ އެއްޗެއް ނުދޭތާ ކަރު ހިންކުން ފިލުވާލާނެ އެއްޗެއް ނުދޭ” ނާޝިދު ރުންކުރު ގޮތަކަށް ވާހަކަ ދެއްކިއެވެ. “އެބުނާހެން.. ސޮރީ ސަރ.. ވަރަށް ބޮޑަށް މާފު ކުރޭ.. ކޮން އެއްޗެއްތޯ މަނިކުފާނު ފަރިއްކުޅުވާނީ.. ކުކުޅުތޯ.. ނޫނީ ގެރިމަސްތޯ.. ވިދާޅުވޭ.. ވިދާޅުވި އެއްޗެއް ގެނެސްދޭނަން” ފައިސަލް ދަތްޕިލަ ފިއްތާ ބާރު ކޮށްގެން ހުރެ ވާހަކަ ދެއްކިއެވެ. “އަހަރެންނަށް ކަލޭމެންގެ މައްޗަށް އުފުލޭނެ އެތައް ދައުވާއެއް މިހާރު އެބަ ހުރި.. އެކަން ހަނދާން ކުރާތި” ނާޝިދު ބުނެލިއެވެ.

“ދައުވާ.. ބަލަ ކަލޭ ހީކުރީ އަހަރުމެންނަށް ކަލޭގެ މައްޗަށް އެއްވެސް ދައުވާއެއް ނުއުފުއްލޭނެ ކަމަށްތަ.. މީހަކު ކިޑްނެޕް ކުރުން.. މަރާލުން.. އަހަރުމެންގެ ތަހުގީގަށް އެއްބާރުލުން ނުދިނުން.. ތަހުގީގަށް ހުރަސް އެޅުން.. އަދިވެސް ކިޔަންވީތަ.. މިއީ ކަލެއާއި މެދު އަހަރުމެން އުފުލާނެ ހާ ދައުވާ..” ފައިސަލް މޭޒުމަތީގައި ބާރަކަށް ޖަހަމުން ރުޅިވެރިކަމާއި އެކު ވާހަކަ ދެއްކިއެވެ. “ކަލޭމެންނަށް އެއްވެސް ކަމެއް ނުކުރެވޭނެ.. އެއްވެސް ކަމެއް.. ކުރެވޭނެ ނަމަ މިހާރު ކަލޭމެން ހުރިހާ ކަމެއްވެސް ކޮށްފީސް.. އެކަމަކު ކަލޭމެން އަތުގައި އެއްވެސް ކަހަލަ ހެއްކެއް ނު އޮންނާނެ… އެކަމަކު މަށަށް.. ކަލޭމެންގެ ކޮންމެ މީހެއްގެ ވަޒީފާއިންވެސް ބޭރު ކުރެވިދާނެ” “ބުނަން ރަނގަޅު ވާހަކައެއް” ނާޝިދުގެ ވާހަކަ ނުނިމެނީސް ފައިސަލް ދިޔަ ބާރު މިނުގައި ހިފެހެއްޓީ ނާޝިދުގެ ގަމީހުގެ ގިރުވާނުގައެވެ. އެވަގުތު ނިހާން އައިސް ފައިސަލް ދުރުކޮށްލިއެވެ. ނާޝިދުގެ މޫނުމަތިން ފެންނަމުން ދިޔައީ ކާމިޔާބީގެ ހިނިތުންވުމެވެ. “އަހަރެންނަށް ހެޔޮ ކަލޭމެން ދުވަހަކު އަހަރެންނަށް ކާން ނުދިނަސް.. އެކަމަކު ކަލޭމެންނަށް އަހަރެންގެ ނަމާދު ކުރުމެއް ނުހުއްޓުވޭނެ.. އަހަރެން ނަމާދު ކުރަން ބޭނުން” ނާޝިދު ބުނެލިއެވެ. ފައިސަލް ނިހާން ފޮޅާލިއެވެ. “އޭނަ މިތަނުން ނެރޭ.. އޭނަގެ ގޮޅިއަށް އޭނަ ގެންދޭ ހަމަ މިހާރު” ނިހާން އާއި ދިމާލަށް ބަލާލަމުން ފައިސަލް ބުނެލިއެވެ. ނިހާން ބޯޖަހާލަމުން އެތަނުން ބޭރަށް ނާޝިދު ގޮވައިގެން ނިކުތެވެ. ފައިސަލް ބޮލުގެ އިސްތަށިގަނޑުގައި މަޑުމަޑުން ހިފަހައްޓާލިއެވެ.

*********

“ކިހިނެއްވީތަ” ހުސައިން އައިސްވަނީ ފައިސަލް އައިސް ގޮޑީގައި އިށީދެލިތަނާއެވެ. ނިހާންއާއި ރޭޝަމްވެސް ބަލާލީ ހުސައިންގެ އަޑަށެވެ. “މިތަނުގެ ކޮންމެ ރޫމްގެ ކެމެރާ ހުންނާނެ.. އަޑުވެސް އެހޭނެ.. ކީއްވެތަ ފައިސަލް އޭނަގެ ގަޔަށް އަތްލީ” ހުސައިން އަހާލިއެވެ. ފައިސަލް ދެފަރާތަށް ބޯހޫރާލިއެވެ. އަދި އެއްވެސް އެއްޗެއް ނުބުނެ އަނެއްކާވެސް ގަނޑުތަށް ހާވަން ފެށިއެވެ. “ބުނަންތަ ފައިސަލް… މިތަނަކީ އަހަރެންގެ ބެލުމުގެ ދަށުގައިވާ ތަނެއް… ކަލޭމެން ތިކަން އިތުރަށް ތަހުގީގު ކުރަން އަހަރެން ރޫމްއެއް ދިނަސް އޭގެ މާނައެއްނޫން.. ކަލޭމެން ބޭނުންހާ ކަމެއް މިތަނުގައި ކުރެވޭނެއޭ” ހުސައިން ހިތްހަމަނުޖެހުމާއި އެކު ވާހަކަ ދެއްކިއެވެ. މިފަހަރުވެސް ފައިސަލް އެއްވެސް އެއްޗެއް ނުބުންޏެވެ. ” އެގޭތަ.. އެކަމުގެ ސަބަބުން ތި ދެމީހުންނަށްވެސް އޭގެ ރޯޅި އަންނާނެކަން.. ހަމައެކަނި ތި ދެމީހުންނަކަށް ނޫން.. އަހަރެންނަށްވެސް” “ކިހާ ދެރަކަމެއްތަ ހުސައިން.. ބަލަ އަހަރެން އޭނަގެ ގަޔަށް އަތްލީމަ ދޯ ތި ފެނުނީ.. ކަލޭ ބުނެފި އަޑުވެސް އިވެއޭ.. އޭނަ ކީ އެއްޗެއް އެހެންވިއްޔާ އަޑު އެހިންތަ” ފައިސަލް ކުއްލިއަކަށް ތެދުވިއެވެ. ރުޅިވެރިކަމާއި އެކު ހުސައިންއާއި ދިމާލަށް ހަޅޭލަވައިގަތެވެ. “އޭނަ އެ އިންނަނީ އޭނައަށް ކުރެވުނު ކަންތަކާއި މެދު ބޮޑާވެފަ. އެގޭތަ އޭނަ ކުރި ކަންތައް.. ޖަނާން ކިޑްނެޕް ކުރުން.. ޖަނާން އެނގޭދޯ” ފައިސަލްގެ މި ޖުމްލައިން ހުސައިން ހައިރާންވިއެވެ. “އާ.. އެކަމަކު އަހަރުމެން މިތިބެނީ އޭނަ އެކަން ކުރި ކަން އެނގޭއިރުވެސް ހެކި ނެތީމަ.. ކީއްވެ މިއަދު މިތަނުގައި ޖަނާން ނެތީމަ.. އަހަރެން ހަނދާނެއް ނުނެތޭ ކަލޭ އެދުވަހުވެސް އަހަރެންނާއި ދިމާލަށް ބުނި އެއްޗެއް.. ނުވެސް ނެތޭނެ..” ފައިސަލް ވާހަކަ ހުއްޓާލިއެވެ. ދައްޕިލަ ފިއްތާ ބާރު ކޮށްލީ ދަތްތެއް ބުރިވެގެން ވެރޭހާވެސް ބާރު މިނުގައެވެ.

“އޭނަ ހީކުރަނީ މިއީ ހޮޓަލެއްކަމަށް.. އޭނަ ބޭނުންހާ އެއްޗެއް ބޭނުން ހާ ގޮތަކަށް މިތަނުގައި ލިބެން ހުންނަން ޖެހޭނެ ކަމަށް.. އޭނައަކީ ނުލަފާ މީހެއް.. އަހަރެން ހަތަރުދަމު މި މަސައްކަތް ކުރަނީ އޭނަގެ ޕްލޭންއަކީ ކޮބާތޯ ބެލުމުގައި.. އެކަމަކު އަހަރެންގެ ސިކުނޑި ހީވަނީ ފަޅައިގެން ދާން އުޅޭހެން.. އޭނަ ޖަނާން ފޮރުވައިގެން އެ އުޅެނީ ޖަނާންއަށް ނޭނގެން ޖެހޭ ކޮންމެވެސް އެއްޗެއް އެނގޭތީ.. ޖަނާންގެ އަސްލު އެމީހުންނަށް އެނގުނީ ކިހިނެއްކަމެއްވެސް ނޭނގެ.. އޭނައަށް މިހާރު ޖަނާންގެ އަސްލު ނަމާއި ކުރާ މަސައްކަތްވެސް އެނގޭ.. އެކަމަކު އަހަރުމެންނަށް އަދި އެއްވެސް އެއްޗެއް” ފައިސަލް ދެއަތުން މޫނު ފުހެލިއެވެ. “ލުކް.. އަހަރެންނަށް އެނގޭ ފައިސަލް ފުރަސްޓްރޭޓް ވާނެ ވާރު.. އެކަމަކު އޭގެ މާނައެއް ނޫން އެގޮތަށް..” “ނޯ ހުސައިން.. ކަލެއަށް އަދި އެއްވެސް ވަރަކަށް ނޭނގޭނެ… ޔޫ ހޭވް ނޯ އައިޑިއަރ ހައު މަޗް.. އަހަރެން ބޭނުންވަނީ އޭނައަށް އަނިޔާ ކޮށްކޮށް އޭނަގެ ހުރިހާ ގުނަވަންތަކެއް މަޑުމަޑުން ބިންދަން…. ބިކޯޒް އެއީ އެމީހުން ޖަނާންއަށް ކުރާނެ އަނިޔާ އަކީ.. އަހަރެންނަށް މިހާރު ޝައްކު ޖަނާން ދުނިޔޭގައި ހުރުމާއި ދޭތެރޭގަވެސް” އެހާ ހިސާބަށް ބުނުމަށްފަހު ފައިސަލް ބާރު ހިގުމެއްގައި އެތަނުން ބޭރަށް ނިކުތެވެ. “އަހަރެން ހީކުރަން ކަލޭމެންނަށް ކަލޭމެންގެ ބޮސް ހަމަޖެއްސޭނެކަމަށް.. އެހެންނޫންނަމަ ތި ދިމާވެގެން އުޅޭ ކަންތަކަށް ވުރެއް ބޮޑު ކަންތައް ގަނޑެއް މިތަނުގެ ތެރޭގައި ހިގާފާނެ” ރޭޝަމް އާއި ނިހާންއަށް ބަލާލަމުން ހުސައިން އެހެން ބުނުމަށްފަހު އެތަނުން ބޭރަށް ނިކުތެވެ.

********

ފައިސަލް ތިންވަނަ ސިގިރޭޓް ރޯކޮށްލިއެވެ. އޭރުވެސް މީހާ އަރާފައިވާ ރުޅިގަނޑު ކޮންޓްރޯލް ނުވެއެވެ. ބޭރުގައި ދެފަރާތަށް ހިގާލަ ހިގާލާ ފައިސަލް ހުރި އިތުރަށް ފޮރޮޅަންވީ ކޮންގަލެއްކަން ނޭނގޭ ހާލުގައެވެ. “އައި އޭމް ސޮރީ އެބައުޓް ޖަނާން” ފައިސަލް ބަލާލީ ހުސައިންގެ އަޑަށެވެ. “އަހަރެންނަށް އެނގޭ މި މިޝަންއަކީ ފައިސަލް ވަރަށް އުއްމީދު ކުރި މިޝަންއެއްކަން” ހުސައިން ބުނެލިއެވެ. ފައިސަލް އެއްވެސް އެއްޗެއް ނުބުނެ އަނެއްފަރާތަށް އެބުރެލިއެވެ. ” އަހަރެން މިތަނަށް މިއައީ ފައިސަލްއާއި ދިމާލަށް އެއްވެސް އެއްޗެއް ކިޔާކަށް ނޫން” ހުސައިން ބުނެލިއެވެ. ފައިސަލް ބަލާލީ ހުސައިންއާއި ދިމާލަށެވެ. “މިކަންތައް މިވަނީ ފައިސަލް ބޭނުންވާ ގޮތަކަށްނުން.. ކޮބާ ދެން މައްސަލައަކީ” ފުދޭ ވަރަކަށް މަޑުން ހުސައިން ސުވާލު ކޮށްލިއެވެ. “އަހަރެންގެ ޕްލޭންގައި އޭނަ މެރުމެއް ނުއިންނާނެ” ފައިސަލް ހަނދާންކޮށްދޭ ގޮތަށް ވާހަކަ ދެއްކިއެވެ. “މެރުން ނެތީ.. އެކަމަކު މިހާ ހިސާބަށް ކަންތައް ގޮސްފިނަމަ ހަނދާނެ ގޮތެއްވެސް ވިސްނީމެއްނުން” ހުސައިންވެސް ކަމެއް ހަނދާން ކޮށްދޭ ގޮތަށް ބުނެލިއެވެ. “އޭރުވެސް ހުސައިންއަކީ އަހަރެންގެ ރޭވުމާއި ދެކޮޅު ހެދި މީހެއް” “މިއަދުވެސް ހަދަން ދެކޮޅު.. ސަބަބަކީ މިކަހަލަ ކަމެއް ވެދާނެތީ.. މިހާރު އެފަކީރުގެ ހާލެއްވެސް ނޭނގޭ” ހުސައިން ފައިސަލްގެ ޖުމްލަ މެދު ކަނޑާލިއެވެ.

“ޖަނާން މި މިޝަންއަށް ނެރުނީ އޭނަ އެއްބަސް ވީމަ.. މިކަމުގައި އަހަރެންގެ އޭނައަށް އެއްވެސް ވަރަކަށް މަޖުބޫރެއް ނުކުރަން” ފައިސަލް ހިތްހަމަ ނުޖެހިފައި ވާހަކަ ދެއްކިއެވެ. “މަޖުބޫރު ކީއްކުރަން ކުރަނީ.. އަހަރެންނަށް ކިތައްމެ ރަނގަޅަކަށްވެސް އެނގޭ މިކަމަށް ޖަނާން ނެރުނީ ކީއްވެކަން.. އޭނަ ހުރީ އެވަގުތު އިމޯޝަނަލީ ވަރަށް ދައް ސްޓޭޖްއެއްގައި.. މީހަކު ވާހަކައެއް ދައްކާލާއިރަށް ގަބޫލު ކުރާ ގޮތަށް.. އަދި އަމުދުން ލޯބިވާ އާއިލާއޭ ނޫނީ ލޯބިވާ އަންހެންކުއްޖާއޭ އެކަހަލަ ކޮންމެވެސް އުކުޅެއް ފައިސަލް ބޭނުން ކުރާނީ.. އެޖަހާ މަޅީގައި ދެން ހުންނަ މީހާ ރަނގަޅަށް ހަރުލާވަރަށް” ހުސައިން ވާހަކަ ދެއްކީ ފައިސަލްގެ ކަންތައްތައް ރަނގަޅަށް އެނގޭ މީހެއް ފަދައިންނެވެ. “މީހުން ބުނާނެ އެތަނުގައި އިން ނާޝިދުއޭ ގޯހީ.. އަހަރެންނަށް ފައިސަލް މާ ގޯސް” ހުސައިން މަޑުމަޑުން ފައިސަލްއާއި ދިމާލަށް ފިޔަވަޅެއް އެޅިއެވެ. “ޖަނާންއަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ އެކަމަކުގެ ޒިންމާ ނަގަންޖެހޭނީ ނާޝިދުއެއް ނޫން.. ފައިސަލް.. އެމީހުން ޖަނާންއަށް ކުރާ ކޮންމެ އަނިޔާއަކަށް.. އެކަމަކުގެ ޒިންމާ އުފުލަންޖެހޭނީ ހަމަ ތި ފައިސަލް” ހުސައިން ބުނެލިއެވެ. “އަހަރެންނަށް އެނގޭ..” “އެނގުނީމަ މިތަނުގައި ކުރެވޭނެ ކަމެއް ބުނެބަލަ.. އެދުވަހު އަހަރެން ބުނިތަން މިއައީ.. އޭރުވެސް ފައިސަލްއަށް އެނގޭ ޖަނާންއަށް މިކަހަލަ ރޯޅިއެއް އަތުވެދާނެކަން.. އަދި އަތުވެއްޖެނަމަ ސަލާމަތެއް ނުވާނެކަންވެސް.. ދެން މިއަދު މާ ދެރަވާކަމަށް ހެދިފަ އޭނަ މަރުނުވާކަމެއްވެސް ނޭނގެއޭ ބުނާއިރު ފައިސަލް އޭނަ އެތަނަށް ފޮނުވީ ކީއްކުރަން..” ހުސައިން ހުރިހާ އެއްޗެއް ކީ އިރުވެސް ފައިސަލް ހުރީ ހުސައިން އާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އަތުގައި އޮތް ސިނގިރޭޓް ހުލިވަމުން ދިޔަ އިރު އަނެއް އަތްވަނީ މުއްކަވާ ލެވިފައެވެ. “އަހަރެން ހީކުރަން ޖިނާން އެތައް އަނިޔާއެއް ވެގެންވެސް ސަލާމަތުން ފައިސަލްގެ ކުރި މައްޗަށް އަރާނެ ކަމަށް.. އޭރުން ތި ނަގާ ޒިންމާއެއް ލާ ތަނެއްވެސް އަހަރެން ބަލަން ބޭނުން” އެހެން ބުނުމަށްފަހު އެތަނުން ހުސައިން ހިގައިގަތެވެ. ފައިސަލް އައި ރުޅީގައި އަތުގައި އޮތް ސިނގިރޭޓް ނަގާ ހޫރާލިއެވެ. އަދި ހުސައިން ވަދެގެން ދިޔަ ދޮރާއި ދިމާލަށް ބަލާލިއެވެ.

***********

އަހަރެން ނާޝިދު މެންގެއަށް ދިޔައީ ނާޝިދު ބައްދަލު ކުރަން ބުނި ދުވަހުގެ ރޭގައެވެ. އަހަރެން އިޝާ ނަމާދު ކޮށްގެން އެގެއަށް ދިޔަ އިރު ނާޝިދު އެއްކަލަ ޖޯލީގައި މީހަކު ގޮވައިގެން އިނެވެ. އަހަރެން ފެންނަ އިރަށް އަތުން އައުމަށް އިޝާރާތް ކޮށްލިއެވެ. އަދި އަހަރެން އެތަނަށް ހުއްޓުމުން އިނގިރޭސި ބަހުން އަހަރުމެން ދެމީހުން ތައާރަފް ކޮށްދިނެވެ. އެމީހާ އިނީ ކަޅު ކުލައިގެ ބޮޑު ޖެކެޓްއެއް ލައިގެންނެވެ. ބޮޑު ތުބުޅިއަކާއި މަތިމަހެއް ހުރި އިރު ބޮލުގައި އަޅާފައިވަނީ ތޮއްޕެއް ކަހަލަ އެއްޗެކެވެ. އެމީހާ އިނީ އަދިރި ހިސާބެއްގައި ކަމުން އެއީ ކާކުކަން ވަކި ވާ ވަރެއް ނުވިއެވެ. “މިއައީ.. ބުނީމެއްނުން މިރޭ އަންނާށޭ..” އަހަރެން އިށީދެލަމުން ދިވެހިން ނާޝިދުއާއި ވާހަކަ ދެއްކީމެވެ. “އާ އަހަރެން ބުނީމެއްނުން އަހަރެން ކަމެއް ކުރަން ރާވާ ވާހަކަ.. އެކަމާއި ބެހޭ ގޮތުން ވާހަކަ ދައްކާލަށް މިގެންނައީ.. މިއީ އަހަރެންގެ ވަރަށް ގާތް އެކުވެރިއެއް.. އަދި އަހަރެން މި ކުރަން އުޅޭ ކަހަލަ ކަންތައްތަކުގެ ވަރަށް ގިނަ ތަޖުރިބާ މީނައަށް ލިބިފައިވޭ.. އަދި މީނައަކީ އަހަރެން މިކުރާ ކަމެއްގައިވެސް ވަރަށް މުހިއްމު ޙިއްސާއެއް ވާ ފަރާތެއް” ނާޝިދު ބުނެލިއެވެ. އެވަގުތު އެމީހާ އެކުއްޖަކީ މިއީހޭ އިނގިރޭސި ބަހުން އަހާލިއެވެ. ބަރު އަޑެއްގެ ވެރިއެކެވެ. ނާޝިދު އެމީހާ އާއި ދިމާލަށް ބަލާލަމުން ބޯޖަހާލިއެވެ. އަހަރެން ނާޝިދުއާއި ދިމާލަށް ބަލާލީ ކޮންކަމެއްހޭ އަހާލާ ގޮތަކަށެވެ. “އަހަރެން މި ވިސްނަނީ ސަރުކާރާ ދެކޮޅަށް ތެދުވަން” ނާޝިދު ބުނެލިއެވެ. އަހަރެންނަށް ނާޝިދު ބުނަން އުޅޭ އެއްޗެއް ނުވިސްނުނެވެ. އެހެންކަމުން އަނެއްކާވެސް ކޮންކަމެއްހޭ އަހާލީމެވެ. “މުޒާހަރާ ކުރަންތަ” އަހަރެން ސުވާލު ކުރީމެވެ. “ހެހެހެ.. މުޒާހަރާ އެއީ މާ ކުރީގެ ކަމެއް.. އަހަރެން މިއުޅެނީ މި ސަރުކާރާ ދެކޮޅަށް ނިކުންނަން” ނާޝިދު އަނެއްކާވެސް ބުނެލިއެވެ. “ދެކޮޅަށް… ނިކުންނަން.. މާނައަކީ.. ސަރުކާރު..” “ވައްޓާލަން” ނާޝިދު އަހަރެންގެ ޖުލްމަ ފުރިހަމަ ކޮށްދިނެވެ. އަހަރެން ހައިރާންކަމާއި އެކު ދެލޯ ބޮޑުވިއެވެ. “ކުރިންވެސް ބުނިހެން މިއީ އެއްވެސް ވަރަކަށް ދީނީ ކަންތައްތައް ޤާއިމް ކުރާ ސަރުކާރެއް ނޫން.. ހިތަށް އެރި ގޮތަކަށް ކަންތައް އެކުރަނީ.. ދީނުގައި ހަރާމް އެއްޗެހި ހަލާލް ކުރަނީ.. މިވަރުގެ ސަރުކާރެއްގެ ދަށުގައި ކިހިނެއް އަހަރުމެން އުޅެނީ.. އެހެންވީމަ އަހަރުމެން ބޭނުންވާ ކަހަލަ ސަރުކާރެއް އުފައްދަންވީ… އޭރުން ދީނުގެ” “އޯހް.. މަޑުކުރޭ.. ނާޝިދު ހަމަޖެހޭތަ.. މީހާ ތި ދައްކާ ވާހަކަ އެނގޭތަ” އަހަރެން އިންތަނުން ތެދުވެ ނާޝިދުއާއި ކުރިމަތިލީމެވެ.

“ސަރުކާރު ވައްޓާލާށޭ.. އެނގޭތަ ތި ކިޔޭ އެއްޗެއް.. ހިތްހަމަނުޖެހޭ ކަމެއް ވާ އިރަށް.. ތިއީތަ ހަދަން ޖެހޭނެ ގޮތަކީ..” އަހަރެން ހިތްހަމަނުޖެހިފައި ވާހަކަ ދެއްކީމެވެ. “ކޮންމެވެސް އެއްބަޔަކު އެބަޖެހޭ މި ފިޔަވަޅުވެސް އަޅަން.. އެގޭނެ މިސަރުކާރުން ދީނީގޮތުން” “ދީނީ ގޮތުންނޭ ކިޔާފަ ވާހަކަ ނުދައްކާ.. މިކަމުގައި ދީން ހަތިޔާރަކަށް ބޭނުން ކުރާކަށް ނުޖެހޭނެ.. ބަލަ ދީނުގައި އޮންނަނީ އެތަނުގައި އޮންނަ ވެރިއަކަށް ތަބާވާށޭ.. އެހެނޭ ކިޔާފަ މިއަނި ކަމެއް ނުވަނީއޭ އެއަނި ކަމެއް ނުވަނީއޭ ކިޔާފަ ސަރުކާރަށް ހަމަލަދޭން ޖެހޭތަ.. އަހަރުމެންނަކީ އިސްލާމުން.. މި ދިވެހި ރާއްޖޭގެ އެންމެންނަކީ.. ނޫނީ ނާޝިދުއަށް ހީވަނީތަ.. ނާޝިދު އެކަންޏޭ އިސްލާމަކީ” އަހަރެން ރުޅި ގަދަވި ނަމަވެސް ވާހަކަ ދެއްކީ މަޑުންނެވެ. “ނޫން ޖައިލަމްއަށް އަދި ތި ވިސްނެނީ..” “އަހަރެންނަށް މި ވިސްނެނީ އެންމެ ރަނގަޅަށް.. އަހަރެން ހީކުރީ ނާޝިދުއަކީ އެހެން މީހުންގޮތަށް ވެރިކަމައިގެން އުޅޭ މީހެއް ނޫންކަމަށް..” އަހަރެން ފޫހިކަމާއި އެކު ޗޮކެއް ކަނޑާލީމެވެ. “މިއީ ވެރިކަމައިގެން އުޅުމެއް ނޫނޭ.. އެކަމަކު މާދަމާ އުފަންވާ ކުދިންނަށް މި ދިވެހި ރާއްޖެއަކީ އަމާންތަކަށް ހަދަން އެބަޖެހޭ..” ނާޝިދު މަސައްކަތް ކުރީ އަހަރެންނަށް ވިސްނާދެވޭތޯއެވެ. “އަމާންތަކަށް.. ވަރަށް އަމާންވާނެއޭ.. ބޭރުގެ ބަޔަކާއި ގުޅިގެން ދިވެހި ރާއްޖެ ސަރުކާރު ވައްޓާލީމަ.. މީގެ ކުރީގެ ތާރީހުންވެސް އެކަން ވަރަށް ރަނގަޅަށް އެނގެން އެބައޮތޭ” އަހަރެން މަލާމާތް ކޮށްލީމެވެ. “މިހާރު ކިހިނެއްތަ މިވަނީ” އެތަނުގައި އިންމީހާ ވާނުވާ ނޭނގޭ ހާލު އަހާލިއެވެ.

“އެއްވެސް މީހަކަށް ގެއްލުމެއް ނުވާނެ… ހަމައެކަނި އަހަރުމެން ހުއްޓުވަން އުޅޭމީހުންނަށް އެކަނި ގެއްލުންވާނީ.. އެއީ ކޮންމެ ހަގުރާމައެއްގައިވެސް އޮންނަ ގޮތް.. ދުޝްމަނުންނަށް” “ބަލަ ދުޝްމަނުންނޭ ތި ކިޔަނީ އެއީވެސް ދިވެހި ދަރިންނޭ.. ހުއްޓުވަން ނިކުންނާނެ ދޯ.. ނިކުންނާނީ އަހަރުމެން ކަހަލަ އާއްމު ރައްޔިތުން ހިމާޔަތް ކުރަން ތިބޭ ޕޮލިހުންނާއި ސިފައިންގެ މީހުން.. އެމީހުންނޭ މަރުވެގެންދާނީ.. ތިއުޅެނީ އަނެއްކާ އަނެއް ނުވެންބަރ ތިނެއް ގެންނަންތަ.. ނާޝިދު މޮޔަވީތަ” އަހަރެންގެ ރުޅި ދިޔައީ ގަދަ ވަމުންނެވެ. “އަހަރެންނަށް ހީވަނީ ޖައިލަމްއަށް އަދިވެސް އަހަރެން ބުނަން އުޅޭ އެއްޗެއް ދޭހަ ނުވަނީހެން.. މިކަމުގައި ނުޖެހޭނެ އަހަރުމެން” “އަހަރެންނަށް ވަރަށް ރަނގަޅަށް ދޭހަ ވޭ.. ތިއުޅެނީ މިތަނުގައި ދީނުގައި އަންގަވާފައިވާ ކަންތައްތައް ނުވެއޭ ކިޔާފަ ބޭރުގެ ބަޔާކާއި ގުޅިގެން މިސަރުކާރަށް ހަމަލޭކަށްނުން.. އަދި ހަމަލަދޭއިރު އެތައް ދިވެހި ދަރިންނެއް މަރާލަންވެގެން.. އެކަމަކު ބުނަން.. އަހަރެން ތިކަމުގައި ބައިވެރިއެއް ނުވާނަން.. ދުވަހަކުވެސް.. ތި ވިސްނުން ބަދަލު ކުރޭ.. ނޫނީ ރަނގަޅެއް ނުވާނެ..” އެހެން ބުނުމަށްފަހު އަހަރެން އެތަނުން ނިކުމެގެން ބޭރަށް ދިޔައީމެވެ.

ނާޝިދު އަހަރެންނަށް ގޮވަ ގޮވާ އޮއްވާ އެތަނުން ބޭރަށް ނިކުތީމެވެ. ބޭރަށް ނިކުމެ ހަށިފުރާ ނޭވާއެއްލީމެވެ. ފައިސަލްމެން ބުނި ގޮތަށް ނާޝިދު އެއުޅެނީ ރާއްޖެއަށް ހަމަދޭކަން އަހަރެންނަށް ކަށަވަރު ވިއެވެ. ނަމަވެސް އެއީ ކޮންދުވަހެއްގައި ކުރަން ވިސްނާ ކަމެއްކަމެއް ނޭނގުނެވެ. އެކަމާއި އެއްބަސް ވެވުނު ނަމަ މާ ރަނގަޅުވީހޭ ހިތަށް އެެރީ ނިކުމެވުނު ފަހުންނެވެ. އެރޭ ދިޔަ ގޮތަށް އަހަރެން ދިޔައީ އަހަރެންގެ ގެއަށެވެ. ދެން އަހަރެންނާއި ނާޝިދު ބައްދަލުވީ އަނެއްދުވަހުގެ ފަތިސްނަމާދު ކޮށްގެން ނިކުން ގަޑީގައެވެ. “އަހަރެން ހީކުރީ ރޭގައި އަހަރެން ބަލާ ޕޮލިހުން އަންނާނެކަމަށް” ނާޝިދު އަހަރެންނާއި އެއްވަރު ކުރަމުން ވާހަކަ ދެއްކިއެވެ. “އެއީ ކީއްވެޔޯ” އަހަރެން ފަރުވާކުޑަ ރާގެއްގައި އަހާލީމެވެ. “އަހަރެން ހީކުރީ މީހަކު މައުލޫމާތު ދޭނެ ކަމަށް އަހަރެން މި ސަރުކާރާއި ދެކޮޅަށް ނިކުންނަން އުޅޭ ވާހަކަ” ނާޝިދު ބުނެލިއެވެ. އަހަރެން ހުއްޓެލީމެވެ. އަދި ނާޝިދުއާއި ދިމާލަށް ބަލާލީމެވެ. “އަހަރެންނަކީ އެކަހަލަ މީހެއްނޫން.. އަހަރެންނަށް އެނގޭ ނާޝިދު އަހަރެންނަށް އިތުބާރުކޮށްފަކަން އެވާހަކަ ދެއްކީ.. އަދި ނާޝިދު އެކަން ކުރަން ބޭނުންވާ ނަމަ އެތައް ސަބަބު ތަކެއް ހުންނާނެކަން.. އެކަމަކު އަހަރެން މި ބުނަނީ އަހަރެންގެ ވާހަކަ.. އަހަރެން ބޭނުމެއްނޫން ތިކަމުގެ ތެރެއަށް ވަންނާކަށް.. އަހަރެންނަކަށް ނުވިސްނޭ ތިއީ އެންމެ ރަނގަޅު ގޮތްކަމަކަށް” އަހަރެން ބުނީމެވެ. “މައްސަލައެއް ނެތް.. ޖައިލަމް ބޭނުން ނުވަންޏާމު ޖައިލަމް މިކަމުގެ ތެރެއަކަށް ނުވައްދާނަން…” ނާޝިދު ބުނެލިއެވެ. އަހަރެން ހިނިތުންވުމެއް ރައްދު ކޮށްލަމުން އެތަނުން ދުރަށް ދިޔައީމެވެ.

އޭގެ ފަހުން ދެދުވަހެއްގައި އަހަރެންނަށް އެމީހާ ނާޝިދުމެން ގެއިން ފެނިފައިވެއެވެ. އެމީހުން ދެއްކީ ކޮންވާހަކައެއްތޯ އެހުމުން އެއީ މުހިއްމު ކަމެއް ނޫންކަމުގައި ނާޝިދު ބުނެލައެވެ. އޭގެ އެއްހަފްތާފަހުން އަހަރެންނަށް ބަޔަކު ހަމަލާދީ މިތަނަށް ގެނައެވެ.

********

ސިހިގެން ދިޔައީ އެއްކަލަ ބޮޑު ދޮރު ހުޅުވުނު އަޑަށެވެ. އަހަރެން ހަމަ އޮށޯވެލައިގެން އޮތް ގޮތަށް އޮތީމެވެ. ދެމީހުން ވަދެ ތަށިތައް ބެހެއްޓުމަށްފަހު ބޭރަށް ނިކުމެގެން ދިޔައެވެ.އަހަރެން މަޑުމަޑުން ވިސްނާލީމެވެ. އެމީހުން އަހަރެންނަށް ކާން އެގެންނަނީ ވަރަށް ލަހުންނެވެ. ހީވަނީ ދުވާލަކު އެއްފަހަރު ކާން ގެނޭ ހެންނެވެ. އެހެންވެއްޖެނަމަ އަހަރެން އެމީހުން އެހެން ހަދާ ސަބަބެއްވެސް ހޯދަން ޖެހޭނެއެވެ. އެ ވިސްނުމުގައި އިދެ އަހަރެން މަޑުމަޑުން ތަށިތަކާއި ކައިރިއަށް ޖެހިލީމެވެ.

************

ގަޑިން ހެނދުނު 8 ޖެހީއެވެ. ފައިސަލްގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވަމުން ދިޔައެވެ. އޭރުވެސް ކައިރީގައި ހޫނުކަން އަރަ އަރާ ހުރި ކޮފީތައްޓެއް ހުއްޓެވެ. ބަލާލުމުން ރޭ ހަތަރު ދަމު ނުނިދާ ހުރިކަން އެގިގެން ދެއެވެ. ނިހާންވެސް އެހާލުގައި އެތަނުގައި ފައިލްގެ ތެރެއަށް މޫނު ލައިގެން އިނެވެ. “ސަރ.. ބުނީމެއްނުން.. ޖަނާންގެ ކޮއްކޮ ގެންނާށޭ.. އޭނަ އަތުވެއްޖެ” ރޭޝަމްގެ އަޑަށް ފައިސަލް ބަލާލިއެވެ. އަދި ބޮލުން އާއެކޭ ބުނެލަމުން ތެދުވިއެވެ. “ނިހާން.. މި ފައިލްތަކުން ނާޝިދުގެ އަޑި އެގޭތޯ ބަލާލަބަލަ.. ރޭޝަމް ހިނގާ އަހަރެންނާއި އެކު” އެހެން ބުނަމުން ޖަނާންގެ ކޮއްކޮ ބައިންދާފައިވާ ރޫމާއި ދިމާލަށް ހިގައިގަތެވެ.

ޖީޒާ އަކީ ޖަނާންއަށް ވިރެއް އުމުރުން 10 އަހަރު ހަގު ކުއްޖެކެވެ. އުމުރުން ހަގު ނަމަވެސް މީހާގެ ވިސްނުން ވަރަށް ތަނަވަސްވެފައި ބޮޑެވެ. ޖީޒާ މަސައްކަތް ކުރަމުން ދިޔައީ ޖާނަލިސްޓްއެއްގެ ގޮތުގައެވެ. ޖީޒާ މަޑުމަޑުން ރޫމް ތެރޭގައި ހިގާލަ ހިގާލާ ހުއްޓެވެ. “ދޮންބެ” ދޮރު ހުޅުވުނު އަޑަށް ޖީޒާ ޖަނާންއަށް ގޮވާލިއެވެ. ނަމަވެސް މޫނު މައްޗަށް މާޔޫސްކަން ފާޅުވީ އެތެރެއަށް ވަދެގެން އައި ފައިސަލްއާއި ރޭޝަމް ފެނުމުންނެވެ. “ޖީޒާ ދޯ.. އަހަރެންނަކީ ފައިސަލް.. ރޭޝަމްއާއި މީގެ ކުޑައިރުކޮޅެއް ކުރިން ދިމާވެއްޖެއެއްނުން ދޯ” ފައިސަލް އެތެރެއަށް ވަދެ ޖީޒާގެ ކުރިމަތީގައި އިން ގޮޑީގައި އިށީދެލިއެވެ. “އަހަރެން ބޭނުންވަނީ އަހަރެންގެ ދޮންބެއާއި ބައްދަލު ކުރަން” ޖީޒާ ކޮޅަށް ހުރެ ހަށަން ބަދެލަމުން ވާހަކަ ދެއްކިއެވެ. “އެކަން އެނގޭ.. އެހަން މިތަނުގައި އިށީދެލަމާ ދޯ.. ވާހަކަ ދައްކާލަން” ރޭޝަމް ލޯތްބާއި އެކު ވާހަކަ ދެއްކިއެވެ.

“އަހަރެން މީގެ ހަތަރު ދުވަސް ކުރިން ދޮންބެއަށް ގުޅަން މަސައްކަތް ކުރިން.. އެކަމަކު ގުޅޭ ގޮތެއް ނުވި.. ދެން އެމީހުން އަހަރެންގެ ކޯލް ޕާސްކުރީ މާފުށީ ޖަލުގެ ބޮޑު މީހާއަށް.. އޭގެ ފަހުން ތި ދެމީހުން އަހަރެންނާއި ބައްދަލު ތި ކުރީ… އަހަރެން ސުވާލު ކުރާނީ އެންމެ ފަހަރަކު.. އަހަރެންގެ ދޮންބެ ކޮބާ” ހާސްކަމާއި އެކު ޖީޒާ ވާހަކަ ދެއްކިއެވެ. ފައިސަލް ބަލާލީ ރޭޝަމްއާއި ދިމާލަށެވެ. “ޖަނާން މިހާރު މާފުށީ ޖަލުގައި ނެތް” ފައިސަލް ބުނެލިއެވެ. “އޭނަލީ ޖަލަކަށް ނޫންތަ.. އަހަރެން ހަމަގައިމުވެސް ދިޔައިން އޭނައަށް ހުކުމް ކުރި ދުވަހު” ޖީޒާގެ ވާހަކައިގަ އެއްވެސް ވަރަކަށް ކުޑަ ކުއްޖެއްގެ ގޮތެއް ނެތެވެ. އެހާ ހިސާބުން ފައިސަލްއަށް މަޖުބޫރުވީ ޖަނާންގެ ވާހަކަ ކިޔައިދޭށެވެ. އެހެންކަމުން އަލިފުން ފެށިގެން ޔާއަށް އެވާހަކަ ކިޔައިދިނެވެ. އަދި މިވަގުތު ޖަނާންވީ ތަނެއް ނޭނގޭ ކަމަށާއި އޭނަ ދުނިޔޭގައި ހުރި ކަމެއްވެސް އަދި ނެތްކަމެއްވެސް ނޭނގޭކަމަށް ބުންޏެވެ. ޖީޒާއަށް ބުނާނެ އެއްވެސް އެއްޗެއް ނޭނގުނެވެ. އޭނަ ރުޅިވެސް ގަދަވިއެވެ. އަދި އެހާ ދެރަވެސް ވިއެވެ. ރުޅިގަދަވީ ފައިސަލްމެން ވިސްނާނުލާ ހިތަށް އެރި މީހަކު މައިދާނަން ނެރޭތީއެވެ. ދެރަވީ އޭނަގެ ދޮންބެ އެމީހުން ދެކެ ލޯބިވާ މިންވަރު ހާމަ ކުރުމަށް އެހާ ބޮޑު ކަމެއް ކުރީމައެވެ. ޖީޒާ އިސްޖަހާލިއެވެ.

“އަހަރެންނަށް މާފު ކުރޭ.. ޖާނަން ކޮންމެ ހާލަތެއްގައި ވިޔަސް އެކަމަކުގެ ޒިންމާ ނަގަންޖެހޭނީ އަހަރެން” ފައިސަލް ބުނެލިއެވެ. ޖީޒާ އިސްއުފުލާލި އިރު ދެލޯވަނީ ކަރުނުން ފުރިފައެވެ. “ތިހެން އަޅުގަނޑުގެ މަންމަ ކައިރީގައި ބުނެ ދެއްވާ.. އޭރުން އެމަންމަގެ ހިތަށް ހަމަޖެހުމެއް ލިބޭތޯ” ޖީޒާ ބުނެލިއެވެ. “މިހާރު ހަފްތާއެއްވަނީ މަންމަ ހާސްވެގެން އުޅޭތާ.. އޭނަގެ ދަރިފުޅަށް ކޮންމެވެސް ކަމެއް ވަނީޔޯ ކިޔައިގެން.. ކޮންމެ ފަހަރަކު އަޅުގަނޑު މި ބުނަން ޖެހެނީ ދޮންބެ ރަނގަޅު ވާހަކަ.. ވާހަކަ ދެއްކެވުނު ވާހަކަ.. އެކަމަކު މި ދެތިން ދުވަހަކު ހަމަ އެހެން ކިޔާފަ އެރޮނީ.. އަޅެ ތި ދެބޭފުޅުން ދުރުވޭ ޒިންމާ ނަގާނަމޭ ބުނަން” ޖީޒާއަށް ރޮވެން ފެށުނެވެ. “އަބަދުވެސް މީހުން ބުނޭ ދަރިއަކު ވޭނުގައި އުޅެންޏާމު މަޔަކަށް އެގޭނެއޭ.. އަޅުގަނޑުގެ މަންމައަށް އެނގޭ ދޮންބެ ވޭނުގައި އުޅޭކަން.. ޕްލީޒް.. ދޮންބެ ހޯދައިދެއްވާ.. ތި ބޭއްފުޅުން ބުނެގެން ކުރަން ނިކުން މަސައްކަތެއް އެއީ.. އޭނަ އެއްބަސް ވީ އަޅުގަނޑުމެންދެކެ ލޯބިވާކަން ހާމަކޮށްދޭން.. އޭނައަކީ ގޯސްމީހެއްނޫން.. ކުރެވުނީ ކުށެއް.. އެންމެ ކުށެއް” ޖީޒާއަށް ރަނގަޅަށް ރޮވެން ފެށުނެވެ. މޫނުގައި އަތް އަޅައިގެން އިދެ ޖީޒާ ރޯން ފެށުމުން ރޭޝަމްއައިސް ޖީޒާގެ ކޮނޑުގައި ހިފާލިއެވެ. އަދި މަޑުމަޑުން އެތަނުން ބޭރަށް ގޮވައިގެން ނިކުތެވެ. “އައި އޭމް ސޮރީ” ފައިސަލްއަށް މަޑުމަޑުން ބުނެވުނެވެ

*********

ނިހާން ބާރަށް އައިސް ފައިސަލް އިން ރޫމްގެ ދޮރު ހުޅުވާލިއެވެ. “ޔާސިރު ސަރ” ފައިސަލް ބަލާލުމާއި އެކު ނިހާން ބުނެލިއެވެ. ފައިސަލް ހައިރާން ކަމާއި އެކު އެތަނުން ތެދުވިއެވެ. އަދި ބޭރަށް ނިކުތެވެ. އޭރު އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ޔާސިރު އަތަށް ގަނޑެއްލައިގެން ބޭރުގައި މަޑުކޮށްލައިގެން ހުއްޓެވެ. ރޭޝަމްވެސް ޖީޒާ ފޮނުވާލުމަށްފަހު އެތަނަށް އައިސް އެގަޑީގައި މަޑުކޮށްލިއެވެ. “ސަރ..” ހައިރާންކަމާއި އެކު ފައިސަލް ޔާސިރުއަށް ގޮވާލިއެވެ. ޔާސިރު ހިނިތުންވުމެއް ރައްދުކޮށްލަމުން އެތަނުގައި ތިބި ތިންމީހުންގެ މޫނަށް ވަކިވަކިން ބަލާލިއެވެ. “އަހަރެން ހީކުރީ ތި އެމެންވެސް އަހަރެންނަށް ހުރިހާ އެއްޗެއް އަންގާނެކަމަށް..” ފައިސަލްއާއި ދިމާލަށް ބަލާލަމުން ޔާސިރު ވާހަކަ ދެއްކިއެވެ. “އަޅުގަނޑު މާލެ އައީ އިއްޔެ.. އަދި ސަރ އަރިހަށް ނުދެވިގެން މިއުޅެނީ” ފައިސަލް ބުނެލިއެވެ. “ތިހާ އޮފިޝަލްކޮށް ވާހަކަ ނުދެއްކިޔަސް ރަނގަޅުވާނެ..” ޔާސިރު ބުނެލިއެވެ. “ފައިސަލްއަށް ނުދެވުނަސް އަހަރެން މިއައީނުން.. އަހަރެންނަށް ހަބަރުލިބިފަ އޮތީ ފައިސަލްމެން މީހަކު ހައްޔަރު ކުރި ވާހަކަ” ޔާސިރު ވާހަކަ ދެއްކިއެވެ. “ސަރ.. އެމީހަކީ ޖަނާންގެ ކިޑްނެޕްއާއި ބެހޭގޮތުން” “އެމީހާ މިހާރު ދޫކޮށްލާ..” ފައިސަލްގެ ޖުމްލަ ނުނިމެނީސް ޔާސިރު ވާހަކަ ދެއްކިއެވެ. އެތަނުގައި ތިބި ތިންމީހުންނަށްވެސް އެވަގުތު ލިބިގެން ދިޔައީ އެތައް ގުނައެއްގެ ހައިރާން ކަމެވެ.

“ސަރ.. އެމީހަކީ ޖަނާންގެ ކިޑްނެޕްއާއި ބެހޭގޮތުން ހަމައެކަނި މައުލޫމާތު އެނގޭ މީހާ” ފައިސަލް ކުޑަކޮށް ކުރިއަށް ޖެހިލާ ޔާސިރު އާއި ދިމާލަށް ބަލާލިއެވެ. “މިތަނުގައި އިނީ ނާޝިދު ކިޔާ މީހެއްތަ” ފައިސަލް ބުނި އެއްޗެއް އަޑު އިވުނު ކަމަށް ނަހަދާ ނިހާންއާއި ދިމާލަށް ބަލާލަމުން ޔާސިރު ސުވާލުކޮށްލިއެވެ. ނިހާން ބޯޖަހާލީއާއެކޭ ބުނާ ގޮތަކަށެވެ. “ސަރ.. ޕްލީޒް.. ޖަނާންގެ ހަބަރެއް އަޅުގަނޑުމެން ހޯދަންޏާމު ނާޝިދު އަދި މިތަނުގައި ބައިންދަން އެބަޖެހޭ” ފައިސަލް މަސައްކަތް ކުރީ ޔާސިރުއާއި ވާހަކަ ދެއްކޭތޯއެވެ. “މިއޮތީ އޭނަ ދޫކޮށްލާ ޗިޓް… ހުރިހާ ލިޔުންތަށް މިހުރީ ތައްޔާރަށް” ޔާސިރު އޭނަގެ އަތުގައި ހުރި ގަނޑުތަށް އެތަނުގެ މޭޒުމަތީގައި ބެހެއްޓިއެވެ. “މިއީ ސަރ ދަންނަ މީހެއްތޯ” ފައިސަލް ސުވާލުކޮށްލިއެވެ. އެވަގުތު ޔާސިރު ފައިސަލްއާއި ދިމާލަށް ބަލާލި ނަމަވެސް އެއްވެސް އެއްޗެއް ނުބުންޏެވެ. “އެހެންވީމަ މިއީ ދަންނަ މީހެއްތާ.. ދަންނަ މީހަކަށްވިޔަސް ކުށެއް ކޮށްފިއްޔާ ވާނީ ކުށަކަށް.. ސަރއަށް ރަނގަޅަށް އެނގޭނެ.. އަޅުގަނޑުމެންނަށް ލިބެމުން އައި ހުރިހާ އިންޓެލްއެއް މިއައީ ސަރ އާއި ހިއްސާ ކުރަމުން… އެހެންވީމަ އޭނަ ކުރަންވިސްނާފައިވާ ހުރި ނުބައި ކަންތައް ސަރއަށް އެނގޭނެ” ފައިސަލް ހިތްހަމަނުޖެހުމާއި އެކު ވާހަކަ ދެއްކިއެވެ. “ފައިސަލް އަހަރެންނަށް އެނގެއޭ..” “އެނގެއޭ.. އެނގެއޭ.. އަޅުގަނޑަކަށް ހިޔެއް ނުވޭ އެއްވެސް ވަރަކަށް ސަރއަށް އެނގޭހެނެއް.. އެމީހާ އެއީ މިހާރު ޖަނާން ހުރިތަން އެނގޭނެ މީހަކީ.. އެމީހާ އެއީ މިހާރު ރާއްޖެއަށް އަންނަން އުޅޭ ތްރެޓް އާއި ބެހޭގޮތުން މައުލޫމާތު އެނގޭ މީހަކީ.. އެމީހާ އެއީ ދީނީ ގޮތުން އެތައް މައުލޫމާތެއް އޮޅުވާލައިގެން ޒުވާނުންނަށް ދެމުން ގެންދާ މީހަކީ” ފައިސަލް އަޑު ބާރު ވަމުން ދިޔައެވެ.

“އަހަރެންނަށް ކުރެވޭނެ ކަމެއްނެތޭ.. ތިހުރިހާ އެއްޗެއް ތިގޮތަށް ހުރި ނަމަވެސް.. އަހަރެންނަށްވެސް ހުންނާނެ ކުރެވޭނެ ކަންތަކާއި ނުކުރެވޭނެ ކަންތައް..” ޔާސިރުގެ އަޑުވެސް ބާރުވިއެވެ. “އެހެންވީމަ މިއީ އަދި ސަރއަށް ވުރެއް މަތިން ނިމިގެން އައި ނިންމުމެއްތާ..” ފައިސަލް ބުނެލިއެވެ. “އިތުރަށް ވާހަކަ ނުދައްކާ.. މިހާރު އޭނަ ދޫކޮށްލާ އެހެންނޫނީ މާރަނގަޅެއް ނުވާނެ” ޔާސިރު ދިނީ އިންޒާރެކެވެ. ފައިސަލް ބަލާލީ ރޭޝަމްއާއި ނިހާންއާއި ދިމާލަށެވެ. “ދުވަހަކުވެސް އަޅުގަނޑު ހިޔެއް ނުކުރަން ޔާސިރު ސަރ އަޅުގަނޑުމެންނަށް ވަޒީފާގެ ބިރު ދައްކާނެ ކަމަކަށް.. އެކަމަކު ޝުކުރިއްޔާ” ފައިސަލް މޭޒުމަތީގައި ހުރި ގަނޑުތަށް ނަގަމުން ރުޅިވެރިކަމާއި އެކު އެތަނުން ބޭރަށް ނިކުތެވެ. އެވަގުތު ޔާސިރު ބަލާލީ ނިހާންއާއި ދިމާލަށެވެ. ނިހާންވެސް ރުޅިވެރިކަމާއި އެކު ދެފަރާތަށް ބޯ ހޫރާލަމުން ފައިސަލްގެ ފަހަތުން ދިޔައެވެ.

*********

“ތައްޔާރުވޭ.. ކަލޭ ތިއީ މިނިވަނެއް މިހާރު” އަތުގައި އޮތް ގަނޑުތަށް ނާޝިދުގެ ކުރިމަތީގައި ބަހައްޓަމުން ފައިސަލް ރުޅިވެރިކަމާއި އެކު ބުނެލިއެވެ. އޭނަގެ ސެލްގައި ބަހައްޓާފައިވާ އެނދުގައި އޮށޯވެގެން އޮތް ނާޝިދު އެވަގުތު ތެދުވެ މޯޅިއަކަށް ދެމިލިއެވެ. “72 ގަޑިއިރު ވުމުގެ ކުރިން ތި ފައިސަލް އަހަރެން މިތަނުން ނެރޭނެ.. މިގޮތަށް އަހަރެން ނުބުންނަތަ” ނާޝިދު ހިނިތުންވުމެއް ރައްދުކޮށްލަމުން ފައިސަލްއާއި ދިމާލަށް ބަލާލިއެވެ. “މާގިނަ އަނގަނުތަޅާ އަވަސް ކުރޭ.. އެހެންނޫނީ ކުށެއް ނަމަވެސް އަހަރެންގެ އަތުން މި ލިޔުންތަށް ވީދާލާކަށް މާގިނައިރެއް ނުވާނެ” ފައިސަލް އަޑަށް ބާރު ލަމުން ބުނެލިއެވެ. އެވަގުތު ނާޝިދު ހީގަތެވެ. އަދި އަވަސް ކަމާއި އެކު އެތަނުން ބޭރަށް ނިކުތެވެ. އެ ލިޔެ ކިޔުންތަށް ހިފައިގެން ބޭރަށް ނިކުންނަމުން ހުއްޓި ފައިސަލް އާއި ދިމާލަށް ބަލާލަށް ލިއެވެ. “އަހަރެންނަށް ކަލޭމެން ދިން ހޮސްޕިޓަލްޓީއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.. ދިއުމުގެ ކުރިން އެއްޗެއް އަހާލަން ބޭނުންވޭ.. ކަލޭމެން އެއްވެސް މީހަކަށް ހިލްމީގެ ހާލަތެއް އެނގޭތަ” ނާޝިދު ނުލަފާ ފާޑަކަށް ހީގަންނަމުން ސުވާލު ކޮށްލިއެވެ. ފައިސަލްއާއި ނިހާންއަށް އެކަކު އަނެކަކާއި ދިމާލަށް އެވަގުތު ބަލާލެވުނެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Fantasy

Level 310 Stories500 Comments100 Comments

Other Articles

Previous

ޝާޢިރާ

Next

ހިތް ވިންދާނުލައި… (22)

Next
July 15, 2015

ހިތް ވިންދާނުލައި… (22)

Previews
July 15, 2015

ޝާޢިރާ

16 Comments!

  1. Fantasy says:
    July 15, 2015 at 10:07 am

    hurihaa kudin nah vesq mibaives kamudhaane kamah heekuran.. 🙂
    dhen inna bai hurihaa kudin nah eid ge fahun up kohdheynan igey… hurihaa kudinah ves eid mubaarak 🙂
    hurihaa kudinge comment thakah ves maruhaba 🙂

  2. NAAZ says:
    July 15, 2015 at 10:45 am

    Reethi bt dheeney kiyaafa unnagothun heevane islaam dheenuga hunna kanthah kamunudhaa kuhjehhen…..

  3. liu says:
    July 15, 2015 at 10:50 am

    varah interestin,,,ekamu haadha lahun thi up kuranyy…thankolheh avas kohdheeba,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

  4. Fantasy says:
    July 15, 2015 at 11:21 am

    thnks bodu koh 🙂
    liu eid annanthee fantasy ves kudakoh family aa eku time spend kohlan beynun vaathee igey.. 🙂
    eid ninmaafa hulhuvey dhuvahu up kohdheynan iraadha kureviyya 🙂

  5. faai says:
    July 15, 2015 at 11:37 am

    haadha dhera eyy… hilmy ah ehn hadhaakah nuwaane ehnu… faisal fakyru boa gowany mihaaru… heyo nuwaane ehnu thihen hadhan fantasy… konmes rangalhu gotheh hadhaabala… dhen janaan v thaneh emyhunnah angan ulhebala,,, waiting for next part…

  6. ainy says:
    July 15, 2015 at 12:42 pm

    Mibaives v theethi .haada lahakun anehbai

  7. liu says:
    July 15, 2015 at 1:10 pm

    Fantasy naashid eyy haadha nulafaa myhaa gandekeyyy… Faisal ah vure bodah liu rulhi aasi emyhaa gandu dheke…. Ekm v v v v v rythi mi bai… Fantasy ah vs eid mubaarak ingeyyy… V v dhera vefa mi iny vs fantasy mi bai up kurun las vaathyyy…

  8. finni says:
    July 15, 2015 at 2:02 pm

    nice..

  9. dheenee says:
    July 15, 2015 at 2:55 pm

    theega thiothy dheenah furassaara kuraa gothah liyefa hen bodah heevany… thubulhilee meehunney kiyaafa… thiee dhn bodu varu ingey… verinnah kiyaman vaan ves jeheynee Allah ah uredhumeh nuvaa kanthakuga… e ilaahu haraam kurevvi ehchcheh halaal kohffiyya kiyaman vumeh neiy e heyo veriyakas…. dhenee kanthah rangalhah balaafa ehchchehi liyebala

  10. Aaliyaa says:
    July 15, 2015 at 3:46 pm

    eid mubaarak fantasy

  11. Shabee says:
    July 15, 2015 at 4:50 pm

    Mi vaahaka mihaaru v v reethi vey eba… 😀 thank u fantasy… but Adhivexx mahssala akee maa lahee up kureveyleh… dhen thibunee dhw EID gefahunney… soooo sad 🙁 🙁 🙁 … dhen ehen v ma family aa ehkh happy vaguthukolheh heydha khlumah edhen…. aslu fantasy family aa ehkh hiyyhama jehey varakah aharumennahvex advantage… 😛 u guys knw hw?? Bcx fantasy hiyy hqma jehifa hunnanyaa vaahaka liyan shauguveruvegen dhigu kh liyaane… hahaha 😉 alhe dhigeh tha mee fantasy??? Heheh.. anyways v reethi hama… good luck nd everyone ah vexx “EID MUBARAK 🙂 “

  12. only fantasy girl. says:
    July 15, 2015 at 7:01 pm

    Hooo…..anehbai kiyaahithun kehmadhu vehje haadha reechy….aslu vvv reethi igey…..dhen inthizaaru kureveyny eid nimey dhuvahah……..edhuvahun avahah up kohdhenchy….

  13. kivi says:
    July 15, 2015 at 7:36 pm

    Nihaan e ee Nashid mn na gulhun onna meeheh dhw…v heevey…fantasy vaahakaige past aa present igey gothah date/place jahaafa onna nama vaahaka kiyaalan varah faseyha vees..BTW v interesting story eh me. ..keep it up

  14. rifaa says:
    July 15, 2015 at 7:55 pm

    v v interesting mi story 🙂 n v v different story en mi 🙂

  15. Fantasy says:
    July 15, 2015 at 8:39 pm

    kudinge lobi coment thakah vvvvvvvvvvvv bodah shukuriyya 🙂
    alhe fantasyves v dheravey las kuran jeheythee… ekamaku heekuran hurihaa kudin ves wait kuraane kamah 🙂
    dhoo shabee gina dhuvas vee varakah gina in liyevenyne dhoo 😛
    alhey liu fantasy ves v rulhi gadha vey.. ekamaku keekurany 🙂
    only fantasy girl v avahah up koh dheynan igey 🙂

  16. liu says:
    July 16, 2015 at 4:26 pm

    mi vaahaka kiaa hithun hurevenykunoon,,,,,,,,,,waiting ,,,,,,,,waiting

Comments are closed.

Next Episodeރަހީނު… 12 ވަނަ ބައި←


All Right Reserved!