ހިތް ވިންދާނުލައި… (23)
މަލަކްއާއި ކައިރިވެލި ރާހިލް ދުރުކުރުމަށް މަލަކް ފަހަތައް ޖެހުނެވެ. “ރާހިލް ޕްލީސް.. އިނާރާ އެބަ އުޅެޔޭ..” މަލަކް ހިނިއައިސްފައި އިނދެ މިހެން ބުނުމުން ރާހިލް ޖެއްސުމަށް މަލަކް ގެނެސް އުނގަށް ލިއެވެ. “އޭނަ ނުކިކުންނާނެ މިގަޑީގައެއް..” ރާހިލް މިހެން ބުނި ވަގުތު އިނާރާ ކޮޓަރިން ނިކުތެވެ. ދުރުގައި ހުރި ސޯފާގައި މަލަކް ރާހިލްގެ އުނގުގައި އިންތަން ފެނި އިނާރާ ސިހުނެވެ. އޭނާއަށް މި މަންޒަރު ފެނުންއިރު ހީވީ ރާހިލް ގަދަކަމުން މަލަކް ގާތްކުރަން އުޅެނީ ކަމަށެވެ. “ރާހިލް..” އިނާރާއަށް ބޭއިޚްތިޔާރުގައި މިހެން ބުނެވުނު އިރު އޭނާއަށް އަނގަމަތީގައި އަތް އެޅުނެވެ.
އިނާރާގެ އަޑުއިވިފައި ރާހިލް އަވަހަށް މަލަކް ދުރުކޮއްލިއެވެ. ފަހަތުގައި ހުރި އިނާރާ އައިގޮތަށް އައިސް މަލަކްގެ އަތުގައި ހިފައި އޭނާ ރާހިލް ކައިރިން ދުރުކުރުވިއެވެ. “ރާހިލް ކީއްކުރާނަމޭ ހިތާތަ ތިއުޅެނީ.. ނުޖެހޭ ކޮންމެހެން މަލަކް ގަޔަށް ގަދަކަމުން އަރާކަށް! ތީއީތަ މާކިން އެވަރަށް އިތުބާރު ކުރީމަ ކަންތަން ކުރަން ޖެހޭ ގޮތަކީ..” އިނާރާ ރުޅިވެރި ކަމާއިއެކު ވާހަކަދެއްކިއެވެ. ރާހިލް ހުރީ އިނާރާއަށް އެހެން ގޮތަކަށް ވިސްނުމުން ހާސްވެފައެވެ.
“ނޫން.. އިނާރާ ތި ހީކުރާ ކަހަލަ ކަމެއް ނުވެޔޭ..” ރާހިލް އޭނާއަށް ވިސްނަދޭން މަސައްކަތް ކުރިއިވެ. “ނުވެޔޭ.. އަހަރެންނަށް ފެނުނީމަވެސް އަދި ތިހެންތަ ކިޔަންވީ.. ހުއްޓާލާ.. ނިކުމޭ! އެހެން ނޫނީ އަހަރެން މިތަނަށް މާކިން ގެންނާން..” ރާހިލް ދައްކާ އެއްވެސް ވާހަކައެއް އަޑުއެހުމެއްނެތި އިނާރާ ހަޅޭލަވަމުން ދިޔައެވެ. “އިނާރާ ހަމަޖެހިބަލަ.. އެކަހަލަ އެއްވެސް ކަމެއް ނުވެޔޭ.. މަލަކް ޕްލީސް.” ރާހިލް ވާހަކަދެއްކިއެވެ.
“މަލަކް.. އޭނާ ކީއްކުރީ.. ޓެލް މީ..” މަލަކްގެ އަތުގައި ހިފަމުން އިނާރާ ބުނެލިއެވެ. “އައި އެމް ފައިން.. އިނާ ހަމަޖެހިބަލަ.. ރާހިލް އެކަހަލަ ކަމެއް ނުކުރެޔޭ..” މަލަކް ވެސް ބެލީ އިނާރާއަށް ވިސްނައިދެވޭތޯއެވެ. “ކިހިނެތްތަ ކަމެއް ނުވަނީ!” އިނާރާ އިތުރަށް ރުޅިގަދަ ވިއެވެ.
“އިނާރާ.. އައި ލަވް ހާ.. މަލަކްވެސް.. މިކަން ސިއްރުކުރަން ޖެހުނީ މާކިން.. މާކިން ޤަބޫލުނުވާނެތީ..” ރާހިލް އިސްޖެހިފައި ހުރެ މިހެން ބުނުމުން އިނާރާ ސިހުނެވެ. އޭނާ ހުރީ ދެންމެ ރާހިލް ބުނި ވާހަކަ ޤާބޫލުކުރަން ނޭނގިފައެވެ. މަޑުމަޑުން ސޯފާގައި އިށީދެވުނު އިރު އޭނާ އިނީ ބުނާނެ އެއްޗެއް ނޭގިފައެވެ. އެ ދެމީހުންގެ ދެމެދުގައި އުމުރުގެ ތަފާތު ހުރިއިރު އޭނާ ހީކުރީ ރާހިލް މަލަކްއާއި ދޭތެރޭ ދެކެނީ އަމިއްލަ ކޮއްކޮގެ ހައިސިއްޔަތުން ކަމަށެވެ. މާކިންއަށް މިކަން އިނގިއްޖެއްޔާ އޭނާ ކުރާނެ ކަމަކާއި މެދެ ހިތަށް އަރުވާލިއަސް ބިރުގަނެއެވެ.
“އެކަމަކު.. މަލަކް އެއީ ތެދެއްތަ؟” އިނާރާ މަލަކްއާއި ސުވާލުކުރިއެވެ. މަލަކްއައިސް އިނާރާގެ އަތުގައި ހިފާލަމުން ވާހަކަދެއްކިއެވެ. “އާނ.. އަހަރެން ވަރަށް ބޭނުން ރާހިލް.. މިއީ މަޖައެއް ނޫން. ސީރިއެސްކޮން ހަމަ.. ދޮންބެ މިކަމާއި ނުރުހޭނެކަން އިނގޭތީ ސިއްރުކުރީ..” މަލަކް މިވަގުތު ބޭނުންވީ އިނާރާ އެކަންތައް ޤަބޫލުކުރުމެވެ.
“ރާހިލް މީ ސަމާސާއަކަށް ނަހަދައްޗޭ.. އަހަރެންގެ އެއްބަޑު އެއްބަފާ ކޮއްކޮއެއް ނެތަސް އަހަރެން ދެކެނީ މަލަކް އަމިއްލަ ކޮއްކޮއެއް ގޮތުގައި.. އޭނައެއް އެއްވެސް ދެރައެއް ދީގެން ނުވާނެ..” އިނާރާގެ ވާހަކަތައް އަޑުއިވިފައި މަލަކްދެކެ އޭނާ ލޯބިވާ ވަރު ހާމަވެގެން ދިޔައެވެ. މަލަކްވެސް އެކަން އިނގިފައި ހިތުގައި އިނާރާއަށްޓަކައި އޮތް ނަފްރަތު ފިލައިގެން ދިޔައެވެ. އޭނާ އެހާ ގޯސްކޮން ކަންތައް ކުރި ނަމަވެސް އިނާރާ ކިހާ ރަނގަޅު ހެއްޔެވެ.
“އިތުބާރު ކުރޭ.. އަހަރެން ބޭނުން މަލަކް އަހަރެން މީހަކަށް ހަދަން.. މިއީ ސަމާސާ އެއްނޫން.. މުޅި އުމުރަށް… ޕްލީސް މިކަމާއި ދެކޮޅުނަހަދާ.” އިނާރާއަށް ޔަޤީންކަން ދެމުން ރާހިލް ބުނެލިއެވެ. “އޯކޭ.. އަހަރެން ރާހިލްއަށް ވަރަށް އިތުބާރު ކުރަން.. މަލަކްއަށް ދެރައެއް ނުދޭތި.” މަލަކްގެ ބޮލުގައި ފިރުމާލަމުން އިނާރާ ބުނެލިއެވެ. މަލަކް ވީއުފަލުން ލޮލުން ކަރުނަ ނިރާލިއިރު އޭނަ އިނާރާގެ ގައިގައި ބައްދާލިއެވެ.
“އެކަމަކު މިކަން ޖެހޭނެ މާކިންއަށް އަންގަން.. އިނގޭ އޭނަ ޤަބޫލު ނުވާނެކަން.. އެކަމުވެސް މަލަކްގެ އުފަލަކަށް އޭނާ ހުރަހެއް ނާޅާނެ.” އިނާރާ ބުނެލިއެވެ. “ނޫން.. އަދި ދުވަސްކޮޅެއްދީ…” މަލަކް ބުނެލިއެވެ. ރާހިލްވެސް ފަހުން މިވާހަކަ އަންގާނީ ކަމަށް ބުނުމުން އިނާރާ އެކަމާއި ޤަބޫލުވެ އޭނާ ވެސް އެކަން ސިއްރު ކޮއްދިނުމަށް އެއްބަސްވިއެވެ. ރާހިލް ކަހަލަ ހަރުދަނާ ރަނގަޅު މީހަކު މަލަކްގެ ދިރިއުޅުމަށްއައި ނަމަވެސް މާކިން މިކަމާއި ނުރުހިދާނެތީ އޭނާ ހިތް ބިރުގަނެއެވެ.
“ޑަން.. އޭނަގެ ބޭންކް އެކައުންޓް ހެކް ކޮއްފިން… މިހާރު ބައްސާމްއަށް އެކައުންޓަގަ ހުރި ހުރިހާ ފައިސާއެއް ނެގޭނެ.. އޯކޭ..” ލެޕްޓޮޕަށް ނަޒަރު ހުއްޓާލައިގެން އިން ޒެރީން ފޯނުން ބައްސާމްއާއި ވާހަކަދައްކަމުން ބުނެލިއެވެ. “ޔެސް.. މިހާރު މާކިން ތި ދިޔައީ.. ދެން އޮތީ އެންމެ ކަމެއް.. ނާޒިމް..” ބައްސާމް ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. “އަދި ކިތައް ދުވަސްވާނީ..” ޒެރީން ބެލްކަންޏަށް ނިކުންނަމުން ބުނެލިއެވެ. “އަދި ކުޑަ ދުވަސް ކޮޅެއް.. އެއަށްފަހު ހެޕިނެސް..” ބައްސާމް ބުނެލިއެވެ.
ޝީލާމެން ގޭގެ ސިޓިން ރޫމުގައި އިން އިނާރާ އިނީ ޝިލާ ކައިރީގައި ވާހަކަ ދައްކާށެވެ. “ކޮބާ އަދިވެސް މާކިންއާއި ދުރުންތަ އުޅެނީ.” ޝީލާ ސުވާލުކޮއްލިއެވެ. އިނާރާގެ ހަމަހިމޭން ކަމުން ޝީލާއަށް ޖަވާބު ލިބުނެވެ. “ދެން ތިގޮތް ދޫކުރަން ވީއެއްނުން.. އޭނަ މިހާރު މަޢާފަށް ވެސް އެދެފި..” އިނާރާއަށް ވިސްނައިދެމުން ޝީލާ ބުނެލިއެވެ. “މަންމައަށް ފަސޭހަވާނެ ތިހެން ބުނަން.. އެކަމަކު..” އިނާރާ އެއްޗެކޭ ބުނަން އުޅެފައިވެސް ހުއްޓާލިއެވެ.
“ތިކަން އިނގެއޭ މަންމައަށް.. ދެން ވީކަމެއް ނުވާކަމަކަށް ނުހެދޭނެ..” ޝީލާ ބުނެލިއެވެ. “މަންމަ ޕްލީސް އަހަރެން ބޭނުމެއް ނޫން އިތުރަށް ތިވާހަކަ ދައްކާކަށް.. ދެން ދަނީ ގެއަށް.. ކޮބާތަ ބައްޕަ؟” އިނާރާ ސުވާލުކުރިއެވެ. މާކިންއާއި މައްސަލަ ޖެހުނުފަހުން އޭނާ އެގެއަށް ގެނެސް ލާދެނީ ޔާމިންއެވެ. “ބައްޕަ ގުޅި. ބުނީ ރައްޓެއްސަކާއި ދިމާވިއްޔޯ.. މިރޭ ނާދެވޭނެހެން ހީވަނީ.” ޝީލާ ބުނެލިއެވެ.
“އޯކޭ އެހެންވީމަ ޓެކްސީއެއްގައި ދާނީ.” އިނާރާ ތެދުވެ ދަބަސް އަޅުވާލަމުން ބުނެލިއެވެ. “މިރޭ މިހާ ވިއްސާރައިރު ކާރެއް ނުވެސް ލިބޭނެ ފަސޭހައިނެތް.. މާކިންއަށް ގުޅާފައި ބުނެބަލަ އަންނާށޭ.” ޝީލާ މިހެން ބުނުމުން އިނާރާ މޫނު ހަދާލިއެވެ. “މަންމައަށް ހަމަ ރަނގަޅަށް އިނގޭނެ އަހަރެން އޭނައާއި އެކި ނުދާނެކަން.” އިނާރާ ބުނެލިއެވެ.
“އެހެންވިއްޔާ ގޮސް ހުރޭ ތިރީގައި ކާރެއް ލިބެންދެން. މިގަޑީގައި ކާރު ސެންޓަރަށް ގުޅިޔަސް ބިޒީ ވާނީ..” ޝީލާ މިހެން ބުމުން އިނާރާ ސޯފާގައި އަލުން އިށީނެވެ. “ދެން އެކަމަކު..” އިނާރާގެ ވާހަކަ ޝީލާ ހުއްޓުވިއެވެ. “ގުޅާބަލަ މާކިންއަށް.. ފަސޭހަގޮތެއް ދޯ މިބުނަނީ..” ޝީލާ މިހެން ބުނުމުން އެނޫން ގޮތެއް ނެތިގެން މާކިންއަށް ގުޅައި ބަލައި އައުމަށް ބުންޏެވެ.
ރޭގަނޑުގެ އަނދިރިކަން ވަށާލާފައި ވާއިރު އުޑުމަތިން އެންމެ ތަރިއެއް ވެސް ފެންނަން ނެތެވެ. ވެހެންމުން ދިޔަ ވާރެއިންނާއި ބޯވިލާތަކުން ހަނދުގެ އަލިކަން ވަނީ ފޮރުވިފައެވެ. މާކިން ކާރުގައި އިނާރާ ގޮވައިގެން ގެއަށްދާން މިސްރާބުޖެހިއެވެ. އެދެމެދުގައި ވާހަކައެއް ނުދެކެވުނު ކަމުގައިވިއަސް އިނާރާ ރާހިލްމެންގެ ވާހަކަ ބުނަން ބޭނުންވިއެވެ.
ނަމަވެސް އެމީހުން ސިއްރު ކޮއްދޭން އެދިފައި އޮތުމުން ނުކެރުނެވެ. “ބަމްބީ.. ދެން ހަމަ ވާހަކަ ނުދައްކާނީތަ..” މާކިން ސުވާލުކުރިއެވެ. ބޯކޮން ވެހެންމުން ދިޔަ ވާރޭގެ ތިކިތައް ކާރުގެ ދޮރުގައި ޖެހެމުންދިޔަ އަޑާއިއެކު ފެން ރޮނގުތައް ފައިބަމުން ދިޔަ މަންޒަރު ފެނެއެވެ.
ކާރުގެ ބިއްލޫރިގަނޑުގައި އިނގިލި ޖައްސާލައިގެން އިނދެ ފެން ރޮނގުތަކަށް ބަލަމުން ދިޔަ އިނާރާ މާކިންގެ ސުވާލަކަށް ޖަވާބެއް ނުދިނެވެ. “އިނާރާ ޕްލީސް.. އަހަރެންނަށް ވަރަށް ބޮޑު ކުށެއް ކުރެވުނީ.. މަޢާފަށްވެސް އެދެފިން. އަހަރެން އަތްލިޔަ ނުދިނަސް އެންމެ ކުޑަމިނުން ވާހަކަދައްކާ ލެވިދާނެ ދޯ.” މާކިން ދެރަވެފައި އިނދެ ބުނެލިއެވެ.
ކާރުގެ ތެރޭގައި ފިނި ހިފާފައި ވާއިރު އިނާރާ ގައިގައި ކުޑަ ތުރުތުރު އެޅުމެއް ހުއްޓެވެ. “ގެއަށް ގޮސް ކޮފީއެއް ބޯލަން ވާނެ.. އޭރުން ހީފިލާނީ” އިނާރާ ހީކަރުވައިގެންފައި އިނުމުން މާކިން ބުނެލިއެވެ. “ހަނދާން އެބަހުރިތަ އަހަރެން މާކިންގެ ކޮލުގައި ޖެހިދުވަސް މަތިން. އެވެސް ހަމަ މިގޮތަށް ވިއްސާރަވެހުނު ގަޑިއެއް.. އަހަރެން ހަމަ މިގޮތަށް ހީކަރުވާފައި އިންދާ އޮފީހަށް ގެންދިޔައީ.. އެދުވަހު އަހަރެން އުފަލުން ދިޔައިން.. އެކަމަކު މިއަދު ހާލަތު ތަފާތު.. މާކިންއަށް ނޭގޭތަ އެދުވަހު ގޯސް ހެދުނީ ކާކަށްކަން؟” އިނާރާ ބޭރަށް ނަޒަރު ހުއްޓާލައިގެން އިނދެ ވާހަކަދެއްކިއެވެ.
އެ ސުވާލަށް ދޭނެ ޖަވާބެއް މާކިން ކިބައަކުނެތެވެ. އޭރުގެ ހަޤީޤަތް ހާމަކުރަން އޭނާ ހިތަށް އެރިއެވެ. އެހެންނޫނަސް މިހާރު އިތުރަށް އެވާހަކަ ކިޔާދިނުމަކުން ގެއްލޭނެ އެއްޗެއް ނެތެވެ. އިނާރާ މިހާރު މިވަނީ އޭނާއައި ދުރުވެފައެވެ. “އަހަރެން ތެދަށް ބުނަންތަ. އަސްލު އެދުވަހު އަހަރެން އެހެން ހެދީ އިނާރާ ހާސިލް ކުރުމުގެ ބޭނުމުގައި. އިނާރާ މާލެ އައިސް އެންމެ ފުރަތަމަ ފެނުނުރޭ އަހަރެން ހިތުލިން އިނާރާ ހާސިލް ކުރަން. ކޮންމެހެން ކައިވެނި ކުރާކަށް ނޫން.. ހަމަ ބޭނުން ކޮއްލަން.” މާކިންގެ ވާހަކަތައް އަޑުއިވިފައި އިނާރާ ސިހުނެވެ. މިއީ އޭނާއަށް ކުރިން އިނގިފައި އޮތްކަމެއް ނޫނެވެ.
“މަންމަމެން ކައިވެނީގެ ވާހަކަ ދެއްކުމުގެ މާކުރިން އަހަރެންނަށް އިނގުން ކައިވެނި ހަމަޖެހިފައިކަން އޮތީ.. އެކަން އިނގުނީ އެރޭ.. އެހެންވެ އަހަރެން އެރޭ މާބޮނޑި ހިފައިގެން ތިގެއަށް ދިޔައީ..” މާކިން ކާރު ދުއްވަމުން ވާހަކަ ކުރިއަށް ގެންދިޔައެވެ. އެއްވެސް އެއްޗެކޭ ނުބުނެ އިން އިނާރާ އިނީ މާކިންއާއި ދިމާއަށް ބަލަހައްޓައިގެންނެވެ.
“އަހަރެން ރޭވީ އިނާރާދެކެ ލޯބިވާކަމަށް ހެދިގެން އުޅުމަށް.. އިނާރާއަށް ފޮނި ހުވަފެންތައް ދައްކައި އެހުރިހާ ހުވަފެނެއް ހަލާކުކޮއްލަން.. އެރޭ މަޢާފަށް އެދުނީވެސް ހަމަ އެ ބޭނުމަށްޓަކައި… އެހެންނޫނަމަ ދުވަހަކުވެސް މަޢާފަކަށް ނޭދޭނަން.. އަހަރެން ބޭނުންވީ ބަދަލު ހިފަން.. އަހަރެން ބޭނުންވި ގޮތައް ކަންތައްވީ ވެސް.. ފަހުން ކައިވެނީގެ ވާހަކަދެއްކުމުން އަހަރެންނަށް އެކަން ނޭނގޭކަމަށް ހެދުނީ.. އޭގޭ ކުރީގައި ލޯބިވާ ކަމަށް ހެދިގެން އުޅުނީ.. އެކަން އިނގޭނެ މެރީ ކުރިފަހުން އިނާރާއަށް..” މާކިން ހުރިހާ ހަޤީޤަތެއް ކިޔާދީ ނިންމާލިއިރު އިނާރާ އިނީ ބުނާނެ އެއްޗެއް ނޭގިފައެވެ.
މާކުރިން މާކިން އޭނައަށް އޮޅުވާލިއިރު އޭނާ ބޭނުންވީ ހަމައެކަނި އެހެން އަންހެން ކުދިންނެކޭ އެއްގޮތަށް އޭނާވެސް ބޭނުން ކޮއްފައި އެއްލާލާށެވެ. އެންމެ ފުރަތަމަ މާކިންއާއި ދިމާވި ރެއިން ފެށިގެން ހިނގި ހުރިހާ ކަމެއް އެއްފަހަރާ ޚިޔާލަށް އައުމުން އެދެލޯ ކަރުނުން ފުރުނެވެ. “މާކިން ހީކުރީ އަހަރެން މިއީ ބޭނުން ކޮއްފައި އެއްލާލައި އެއްޗެއް ކަމަށްތަ! އެބޭނުމުގައި އަހަރެންނާއި ރަޚްމަތްތެރި ވީވެސް.. ޗީ.. ލަދެއް ނުގަނޭތަ ތި ހުރިހާ ވާހަކައެއް މިއަދު ކިޔާކަށް.” އިނާރާގެ ލޮލުން ބޮޑެތި ކަރުނަތަށް ވިދަމުން ދިޔައެވެ.
“ބަމްބީ.. އަހަރެން އިތުރަށް މިކަން ފޮރުވަން ބޭނުންނުވީ.. ސޮރީ އޮޅުވާ ލެވުނީތީ.” މާކިން އެއްއަތުން އިނަރާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ހަމަ އެވަގުތު އިނާރާ ކުއްލިއަކަށް އަތް ފޮޅުވާލިއެވެ. “އަތްލާނެ ކަމެއް ނެތް! ކާރު ހުއްޓަން ވީ.” އިނާރާ ހަޅޭލަވައިގަތެވެ. “އިނާރާ ޕްލީސް މިގަޑީގައި ނިކުންނާނެ ކަމެއް ނެތް. ނުލާހިކު ބޯކޮން ވަރޭ ވެހެނީއެ.” މާކިން މިހެން ބުނިތަނާ ބާރު ގުގުރިއެއް ޖަހާލިއެވެ.
“ހެވޭ މިބުނީއެއްނުން ހުއްޓާށޭ.. އަހަރެން ބޭނުމެއް ނޫން މާކިން ކައިރީގައި މަޑުކުރާކަށް..” އިނާރާ ގޮތް ދޫނުކޮށް ކާރުގެ ދޮރުހުޅުވަން އުޅުމުން މާކިން މަޖުބޫރުވެގެން ކާރު ހުއްޓިއެވެ. “އިނާރާ..” މިހެން ބުނެފައި އިނާރާ ކާރުން ފޭބުމުން މާކިންވެސް އަވަހަށް ފޭބިއެވެ. މަޖީދީމަގު ކަމުން ފަހަތުގައި ދުއްވާ އެއްޗެހި މަޑުކޮއްގެން ބަރުގަނޑު އަޅަމުން ދިޔަ ނަމަވެސް މާކިން އަޅައެއްނުލިއެވެ. އިނާރާ ބާރު ހިނގުމެއްގައި މަގު ހުރަސް ކުރަން ދިޔައިރު އޭނާ ދުއްވާ އެއްޗެއްގައި ޖެހިދާނެތީ މާކިން ހުރީ ބިރުންނެވެ.
“އިނާރާ މަޑުކޮއްބަލަ.. އިނާރާ..” މާކިން އޭނާއަށް ގޮވަމުން ފަހަތުން ދުވެފައި އާދެއެވެ. ނަމަވެސް އިނާރާ ދެކަންފަތުގައި އަތްއަޅައި ހިނގުން ބާރިކޮއްލިއެވެ. ވެހެންމުން ދިޔަ ވާރޭ ބޯކުރަމުން ދިޔައެވެ. އިނާރާ ފަސްއެނބުރި ބަލާލުމެއް ނެތި ދިޔައިރު ދުއްވާ އެއްޗެހި ރެކެވެނީ ހަމަ ކިރިޔާއެވެ. އޭރު ފަހަތުން މާކިން އޭނާއަށް ގޮވާއަޑު އިވެމުންދިޔައެވެ.
މާކިން ދުއްވާ އެއްޗެއްސަށް ބެލުމެއް ނެތި އިނާރާގެ ފަހަތުން ދިޔައެވެ. ކުއްލިއަކަށް ލޯ މައްޗަށް އަލިވެގެން ދިޔުމުން މަކިން މޫނުމައްޗަށް އަތްހުރަސް ކޮއްލިއެވެ. ހަމައެވަގުތު އޭނާ ކުރިމަތިން ބާރު ސްޕީޑެއްގައި އައި ކާރެއްގައި ޖެހި ވިއްސައިގެން ދިޔައެވެ. އޭނާ ގޮސް ވެއްޓުނީ ތަންކޮޅެއް ދުރައްށެވެ.
ގުގުރީގެ ބާރު އަޑާއިއެކީ ފުރޮޅު ކެހިގެން ދިޔައަޑަށް އިނާރާ ސިހިފައި ފަހަތައް ބަލައިލިއިރު މާކިން ދުރުގައި ވެއްޓިފައި އޮތެވެ. ވިދާލި ވިދުވަރުން ބޮލުން އޮހޮރެމުން ދިޔަ ލޭތައް ފެނުނުއިރު މާކިން އަތްނަގައި އެއްޗެކޭ ބުނި ނަމަވެސް ހަރަކާތްތައް ހުއްޓި ޚަބަރު ހުސްވެގެން އެލޯ މެރުނެވެ. ފެނުގެ ތެރެއަށް ރަތް ލޭކުލަ ފޭދިގެން ދިޔައެވެ. “މާކިން!!!” އިނާރާއަށް މި މަންޒަރުފެނި އަޑުގެ ކޮޅަށް ހަޅޭލަވައިގަނެވުނެވެ.
91 Comments!
Comments are closed.
Reethi mi part vess…waiting 4 next part…… Eid mubaarik Zaish….vaahaka kiyaa hurihaakudhin nashaa, vaahaka nukiyaa kudhin nashaa adhi varah haasakoh mi thaa comment kuraa hurihaa kudhinnah Eid Mubaarik.
salhi
really nice
I am first…… zai eid mubarak. Maadhamas eid veema adhi mirey 1 part nulibeynetha kiyaaka. Eid hadhiyss ey ge gothuga. Vaahaka vara reethi.
Wow v salhi…..
alhey haadha kurey…… thankolheh dhigu khla dhybala pls…
haadha kurukon liyefa??? alhe plx miah vuren dhigukon liyedheveynetha??? unmeedhukuran next part varah avahah kiyaalan libeyne kamah
mi vaahaka v reethi… eid Mubarak to all…..
Vvv reethi.eid mubaarak
V v nice mi part vex… waiting for the next part
Vvv reethi.. waiting 4 nxt part.. gud luck 4 nxt part., and Eid Mubarak to Zaisha and all readers!! 🙂 🙂 😉
wow.. ekakah ufaa libey iru anekaku ulheny haaluga jjehifa dw… vv v salhi
Mi part ves v salhi
eid mubarik huriha kudhinnah
zai ah vakin haahsakoh
Just vow mi part… waiting 4 tmrws episode… eid mubarak.. ZAI…. & all the readers… enjoy
V v v salhi and eid mubarak to oll……
Wow so cute n Eid Mubarak
vvvv nice….. thankw zai… 🙂 anyways eid mubarak/
Eid mubaarak to all authors and readers…specially u zai…u r one of my favourite authours now. ..☺
haaaadha kureyyy mi part……next part miahvuren dhigu kohdheyne kamah umeedhu kuran……anyways mi part vrh reethi….u r the best….keep it up….eid mubaarak to alll readers and zai 🙂
WOW V salhi mi partvx.. EID MUBARAK to all………….. waiting for the next part
Vvv salhi zai eid mubarik
Vrh vrh vrh salhi…
Nice..Eid mubaarik
Vvvv nice eid mubaarik
thank you guyz. Eid mubaarik to you all too
Wooooooow this part also awesome….. EID MUBBARIK ☺ to all…. Waiting 4 next part…..
V reethi mi story..
Eid mubaarak. .. v nice mi story … konme dhuvahaku up kuraathee v ufaavey
Varah reethi I can’t wait next part plx avahagenesdheythi
vvv nice mi prt vex hope avaha up kodheyne kamah…………n eid mubaarak to alll readers and zai
vvvvvv salhi this is my favourite story ………… waiting for the nxt prt………….eid mubaarik to zai n all readers…………<3 <3 luv u zai………….
Nxt prt vexx reygandu dhw up kuraanee… dhen haveeraku nukutaanan dhw up eh zai?? Maakin adhi ehen accident viyas yageen hama shabee ah maakin maru nuvaanekan…eyehnun bathal mi story ge 😉 … hahaha…alhe dhogehtha mee… maakin maru vejjiyya e dhen story fani v… so zai do ur bst… good luck… 😀 EID MUBARAK EVERYONE 😛
v
v v v reethi ekam haadha kurey…
vvv reethi vara kiyaahithun indhaa nimijje eid ge heyoedhun zai a sha hurihaa muslim ahun naai uhthunnahb
Eid mubarik guy’s… can I have your introduction zaisha
Very nice,
eid mubarak to zaisha n all readers n other writers and esfiya
zai anekkaa maakin maruvaanebaa?
Wow!mi part vx
varah reethi…..EID MUBARIC
Nice… BT maakin maraalihyya fani vaane ingey story …best of luck…n eid Mubarak to all..
varah nice mi story kuriah daagoy,ekamu maakin maruvehjiyaa hadivaane..liuah igey xai maakin maraanulaanekan…hurihaa kudhinah eid mubaarik,,,….xai when next part up kuraning?
Nice story.. When is the next part? Eid Mubarak to the writer and the fellow readers.. 😀
hey guyz i’ll try to upload the new part tonight. since its eid i’m really buxy so maybe it will be up late night but before 12 and if its not up tonight and it will up tmrwww for sure. eid mubaarik have fun.
miadhu kiyan nulibijjeya vara foohi vaane
miadhu kiyaalan nulibenyaaa maadhamaa 2 part up kohdheynvaane….. ok????
Waiting waiting… avahah up kohdhecheyy
Waiting zai
waiting waiting waiting avas kurahchey………… varah boarin night eh mee……… hurihaa kameh cancelled vee….. dhen inee hama ekani mikanthah
i agree with you…eid eh kamaku eves kamehnei…life ga naadheey mihhaa borin eideh…..
avas koh dheh chey aneh part
Zaiiiiiiiii… we are waiting….. you can up it……
Zai hama inthixaaru ga. Iru irukolhakaa balabalaa mi hunanee up vetho. Zai v kiyaahithu miulhenee thi vaahaka. V reethi vaakaha ey mi
Alhey zai avss khdheebalaaaaaa…
avas kuranvy… lasvany…
MadhY thinlbunee rangalhah…lasvaniyyey… mirey uo kuranayaa v dhigu vaan jeheyne zai…
Sorry ou ehnoon… up.. mistake eh… 😀
alhey avas kobaa….makinah vy kihinehbaaa?waiting waiting…………………..
inthizaaru koh koh foohi vehje…………!!!!!
lasvanyaa maakin maruvedhaane.. ehenvaakah neydhen.. ehaa gina iru magumathy othyma kamaku nudhaane… plz plz zai…….
Thedhekey…alhey…avas khdheeebaaaa… 🙁
eid mubaarik zaisha n all.. nice story..
waiting…. waiting…. waiting…
Omg there’s a fairy here… 😛 alhey zaisha plx up it soooon as u can..
Fairy zai kairy ah gos bunebala avahah up khdheyshey…fairy ehnun…soo dheveyne dhw.. 😉
Zaishaaaaa… shabeemn hen hama I’m olso waiting…..
Zaiiii…… Avahah up khdheeba keh madhuvehje …….. Waiting waiting waiting waiting 4 next part……
Kiyuntherin inthizaaruga… come on you can do it.
Zaiii plx. Plx plx avahah up kohbalal …m waiting..
Thedhekey zai…hama inthizaarugaaey… mirey up nuvejiyya mulhin maayoos vedhaane kiyuntherin….
So true shabee
Zaiiiiiii… I’m tired of checking this just for this story…. zaiii hope hope
Zaiiii kobaaatha vaahaka.. 🙁
Zai 🙁
Miadhu mihaaru neyge belun adhadheyves…..alhe plxxx upkohdhyba..
Miadhu mihaaru neyge belun adhadheyves…alhe plxxx upkohdhyba…..
Zaishaaaaaaaaaaaaa 🙁 hw could u… hw could u not up nxt prt tonight??
varah foohi vehje. dhen noolhen mivaahaka kiyaakah. enmen ehaa varun kiyan ulheythy kanneynge up nukurany. foohi foohi foohi…. huh…!!!
She said 12 ge kurin up kondhey tho balaanamey shabee
kurin haveeru.. dhen iru oh”sumun.. dhen reygandu.. dhen fathihu.. mihengos dhen up nukurevey dhuvas kanneynge annaany…
Madhy its just one day
Zai u r talking too impolitely…
that’s not zai… zai ge namuga kujjeh koffa in comment eh…zai ge comments innany green color ga
Kobaatha aneh part..haadha lass vany… mi vaahaka up veythw beley vareh ge adhadheh neynge…dhen 12 vandhen inthixaaru kohlaany…. Shabee haadha vareh kohlaafa hahaha just kidding dude 🙂
Yea let’s wait..
I guess this is not author zai.
hmmmm mi zai ge comment ey nunkan yageen…. :@
dhn thihaa zai ah vaahivvaa myhaku vaahakaige dhn in part nuliyuni kyvvetha…
alhe adhives
Anneh part dhen maadhan dho vaaany.. Okey good night..
Kobaaaaa
I agree with reader zaisha. Dhn up nukurevenua isthiufa dheyne veenun. Varah foohivey