Skip to content
އެސްފިޔަ

ހަސަދަ

ވަށައިގެން ވަނީ އަނދިރިކަމެވެ. އެއްވެސް ތަނެއް ނުފެނެއެވެ. އެ ފުން އަނދިރިކަމުގެ ތެރެއިން މީހަކު އައިސް އަހަރެންގެ ދެލޮލަށް އިނގިލި ކޮށްޕާލިއަސް ނޭނގޭނެއެވެ. ހަމަހިމޭންވެފައި އަހަރެން އިނީ އެހެންވެއެވެ. މިހާލުގައި މިގޮތަށް އިންނަތާ މިހާރު އެތަށް އަހަރެއް ވެދާނެއެވެ. މިހާރު އަހަރެންގެ އުމުރުން 28 އަހަރެވެ. އަހަރެންނަކީ ފިރިހެނަކީމެވެ. ދެލޮލުގެ ފެނުން ގެއްލިފައިވާ ބަދުނަސީބު ފިރިހެނަކީމެވެ.

މިއީ އަހަރެން އަމިއްލައަށް ލިބިގަތް “ބޮނޑި” އެކެވެ. އަހަންނަށް ކުރިން ނުވިސްނުނީ ކީއްވެހެއްޔެވެ؟ އަހަރެން ހީކުރިގޮތުގައި، ކާމިޔާބަކީ ހަމައެކަނި އަހަރެންގެ ހައްޤެކެވެ. އެހެން މީހަކަށް ކާމިޔާބު ލިބޭތަން ބަލަން އަހަންނަށް ކެތް ނުވީ އެހެންވެއެވެ. ހަސަދައިގެ އަލިފަނުން އަހަރެންގެ ހިތް އަނދަމުންދިޔައީވެސް އެހެންވެއެވެ. މިއަދު އެ އަލިފާނުގެ ހޫނު، އަހަރެންގެ މުޅި ދިރިއުޅުމާހަމައަށް މިވަނީ ފޯރާފައެވެ.

ސުކޫލުގައި ކިޔަވަން އުޅުނުއިރު އަހަރެންނަކީ މޮޅު ދަރިވަރަކީމުއެވެ. މުއްސަނދި އާއިލާއަކުން އައިސްފައިހުރި ‘ހާނދާނީ’ ކުއްޖަކީމެވެ. އަހަރެންގެ ހިތް އެއިރު އެހާ މަތިވެފައި ވަނީ އެހެންވެ ކަންނޭނގެއެވެ. އެހެން ކުއްޖަކު އަހަންނަށްވުރެ މަތިން މާރކްސް ހޯދާތަން ބަލާކަށް އަހަންނަކަށް ކެތެއް ނުކުރެވެއެވެ. އެހެން ކުއްޖަކަށް ތައުރީފުކުރުމަކީ އަމުދުން އަހަރެން ނުކުރާ ކަމެކެވެ. ހަމައެހެންމެ، ޓީޗަރަކު އެހެން ކުއްޖަކަށް ތައުރީފުގެ ބަހެއް ބުނާއަޑުއަހާކަށްވެސް އަހަންނަކަށް ފަސޭހައެއް ނޫނެވެ.

ކުލާހުގެ އެހެން ކުއްޖަކާ އަހަންނެއް ވާހަކައެއް ނުދައްކަމެވެ. އަހަރެން ޤަބޫލު ކުރިގޮތިގައި އަހަރެން ވާހަކަދައްކާ ފެންވަރުގެ އެއްވެސް ކުއްޖަކު ކުލާހުގައެއް ނެތެވެ. ކުއްޖަކަށް އެހީތެރިއެއް އަމުދުން ނުވަމެވެ. އެހެން ކުއްޖެއްގެ އެހީތެރިކަން ހޯދުމަކީވެސް އަހަރެން ކުރާހިތްވާ ކަމެއް ނޫނެވެ. އެކަމާ މިހާރު އަހަރެން ދެރަވެއެވެ. މިއަދު އެކަނިވެރިވެފައި މިވަނީ އެހެންވެ ކަންނޭނގެއެވެ.

އެއްވެސް ޓެސްޓަކުން އެހެން ކުއްޖަކު، އަހަންނަށް ވުރެ މަތިން މާރކްސް ނެގުމަކީ ނުވާނެކަމެކެވެ. އެއީ އަހަރެން ބޭނުންވި ގޮތެވެ. ނަމަވެސް ކަންތަށްވީ ގޮތެއް ނޫނެވެ. އަހަންނާއެކު ގުރޭޑް އެކަކުން ފަށައިގެން ސުކޫލު ނިމެންދެންވެސް ކިޔަވަމުން އައި އަދުހަމަކީވެސް މޮޅު ދަރިވަރެކެވެ. އަހަންނާ ވާދަ ކުރެވޭ ހަމައެކަނި ކުއްޖަކީ އެއީއެވެ.

ޓެސްޓުތަކުން ދެމީހުންނަށްވެސް ލިބޭނީ ދާދި އެއްވަރެކެވެ. އެކަމާ އަހަރެން ރުޅިއާދެއެވެ. ކީއްވެހެއްޔެވެ؟ އަދުހަމު އަހަންނާއެއްވަރެއް ހޯދުމަކީ އަހަންނަށް ހަޖަމް ކުރެވޭ ވަރުގެ ކަމެއް ނޫނެވެ. އޭނާ އަހަންނަށް ވުރެ ދަށްވާން ޖެހޭނެއެވެ. އަމުދުން އަދުހަމަކީ ފަގީރު އާއިލާއެއްގެ ކުއްޖެއްކަމުން އަހަންނާ ވާދަކުރަން އޭނާ ލަދުގަންނަން ޖެހޭނެއެވެ.

ގުރޭޑް 10 ގެ ފުރަތަމަ ޓާމް ޓެސްޓް ޕޭޕަރުތަށް ދެއްކި ދުވަހެވެ. ފަހަރަކު މާއްދާއެއްގެ ޓީޗަރަކު އައިސް އެ މާއްދާއެއްގެ ޕޭޕަރު ދެމުން ދިޔައެވެ. މާއްދާތަކުން ކުލާހުން އެއްވަނަ ގެންނާނީ އަހަންނެވެ. އަހަރެންގެ ހިތުގެ އަޒުމަކީ އެއީއެވެ. އޭގައި އެއްވެސް މައްސަލައެއް ނެތެވެ. މައްސަލައަކީ އެހެން ކަމެކެވެ. އެހެން ކުއްޖަކަށް މަތިން ލިބިއްޖެ ނަމަ ހިތުގައި އުފެދޭ ނުރުހުމެވެ. ‘ހަސަދަ’ އަކީ އެއީކަމެއް އެއިރަކު އަހަންނަކަށް ނޭނގެއެވެ.

8 މާއްދާ ގެ ތެރެއިން 7 މާއްދާގެ ޕޭޕަރު ދެއްކިއިރު އެ ހުރިހާ ޕޭޕަރުތަކަކުންވެސް އެންމެ މަތިން ލިބުނީ އަހަންނަށެވެ. އެންމެ ފަހުން އައީ ދިވެހި ޓީޗަރެވެ. އަހަރެން އިނީ ފޮނިވެފައެވެ. 7 މާއްދާއިން މަތިން ލިބުނު އިރު ވަކި މި މާއްދާއިން ދައްވާންވީ ކީއްވެހެއްޔެވެ؟ އަހަރެންގެ ހިތުގައިވި ފުރަތަމަ އޮޅުމަކީ އެއީއެވެ.

ކަންތައްވީ ހީކުރިގޮތާ ހިލާފަށެވެ. ދިވެހިން އެންމެ މަތިން ލިބުނީ އަދުހަމަށެވެ. އޭއީވެސް އެންމެ 2 މާކުހުގެ ތަފާތުންނެވެ. ހިތުގައިވި ހުޅުގަނޑު ފަޅައިގެން ގޮސް އަމަލުން އެކަން ފާޅުވާންފެށީ އެހިސާބުންނެވެ. އަދުހަމަށް އަހަރެންގެ ޖެއްސުމާއި އަނިޔާ ލިބެންފެށީ ދެނެވެ.

ސިފައަށް ބެލިއަސް އަހަންނަކީ ރީތި ކުއްޖަކީމެވެ. އެކަން އަހަންނަށް އެނގެނީ އަންހެން ކުދިންގެ ހުށައެޅުންތައް އަންނަވަރުންނެވެ. އެއީވެސް އަހަރެން “ބޮޑާ” ވި އަނެއް ކަންތަކެވެ. ކިތަންމެ މުއްސަނދި އާއިލާއެއްގެ ކުއްޖަކު ގާތްވާން ބޭނުންވިއަސް އަހަރެން ދެކޮޅުހަދަމެވެ. ބޭނުމަކީ އަހަރެންގެ މަތިކަމާއި ރީތިކަމަށް އެކުދިން ދަހިކޮށްލުމެވެ. އަންހެން ކުދިން އަހަރެންގެ ކޮންމެ ހަރަކާތަކަށް އެނބުރެއެވެ.

އެގޮތުން އަޝްރާ އަކީވެސް އަހަރެން ދެކެ ވަރަށް ލޯބިވި ކުއްޖެކެވެ. އަޝްރާ ރީތި ނަމަވެސް އެއީ ފަގީރު ކުއްޖެކެވެ. އަހަރެން އޭނާއާ ދިމާއަށް އެއްޗެހި ކިއީ އެހެންވެއެވެ. ނަމަވެސް އެއީ އޭނާގެ ކުށެއް ހެއްޔެވެ؟ އެއްވެސް މީހަކު ފަގީރުކަމުގައި އުޅެން ބޭނުންވާނެހެއްޔެވެ؟ އަހަރެންނަށް އެކަން ވިސްނުނުއިރު މާ ލަސް ވެއްޖެއެވެ. މާބޮޑަށްވެސް ލަސްވެއްޖެއެވެ.

‘ފަޤީރު، ނިކަމެތި، ސުންޕާ، މިއީ އަހަރެން އަޝްރާއާ ދިމާއަށް ގޮވި ބަސްބަހެވެ. މީގެ އިތުރަށްވެސް އެތަށް އެއްޗެއްސެއް ކީމެވެ. ދިވެހި ރަދީފުގައި ނެތް ބަސްބަސްވެސް ހަދައިގެން ގޮވީމެވެ. ބޭނުމަކީ އޭނާ ދެރަކޮށްލުމެވެ. އެކަން ކިތަންމެ ރަނގަޅަކަށްވެސް އަހަންނަށް ކުރެވުނެވެ.

ދެން އައީ ސުކޫލުގެ ކެޕްޓަން ހޮވި ދުވަސްކޮޅެވެ. އެންމެ ފުރަތަމަ ދުވަހުވެސް އެއީ އަހަރެންގެ މަޤާމެއް ކަމަށް އަހަންނަށް ޤަބޫލު ކުރެވުނެވެ. ސުކޫލުން އެ މަޤާމް އަހަންނަށް ދޭން މަޖުބޫރެވެ. ކީއްވެހެއްޔެވެ؟

ކެޕްޓަން ހޮވަނީ ގުރޭޑް ދިހައަކުންނެވެ. އެ މަޤާމަށް ކުރިމަތި ލެވޭނީ މާރްކްސް މަތި، ކިޔަވަން މޮޅު ކުދިންނަށެވެ. ވީއިރު އެއީ އަހަރެން ނޫން އެހެން ކާކު ހެއްޔެވެ؟

ނަމަވެސް، މިފަހަރުވެސް އަހަންނާ ވާދަކުރީ ހަމަ އަދުހަމެވެ. އަހަރެންގެ ރުޅިގަނޑު ކޮންޓްރޯލުން ނެއްޓިއެވެ. އަހަންނަށް ލިބޭ ކޮންމެ ކާމިޔާބީއެއްގެ ހުރަހަކަށް އަދުހަމުވަނީ ކީއްވެހެއްޔެވެ؟ އޭނާ މަގުން އެއްފަރާތް ކޮށްލަން އަހަރެން ބޭނުންވީ އެހިސާބުންނެވެ.

ސުކޫލު ކެޕްޓަންހޮވަން ޖެހުނީ ވޯޓް ލާށެވެ. މައްސަލައަކީ އެއީއެވެ. އަހަންނަށް ވޯޓް ލައިދޭނީ ކާކުހެއްޔެވެ؟ ކުރިން އެހެން ކުދިންނާ ގުޅުން ބަދަހި ނުކުރެވުނީތީ އަހަރެން ދެރަވިއެވެ. އަހަރެންގެ އެއްވެސް އެކުވެރިއެއް ނުހުންނާނެއެވެ. ނުވިތާކަށް ސުކޫލުގެ ގިނަ ކުދިން އަހަރެންނަށް ކުރާނީ ނަފްރަތެވެ.

ވޯޓް ލެވިއްޖެއެވެ. ވޯޓުގެ ނަތީޖާ އިއްވިއިރު އަހަރެން ހައިރާނެއް ނުވިއެވެ. ވާނީ މިހެންކަން ކުރިންވެސް އެނގުނެވެ.

އަހަންނަށް ލިބުނީ އެންމެ 2 ވޯޓެވެ. އެއީ، އަހަރެން އަމިއްލައަށް ލީވޯޓާއި އަޝްރާގެ ވޯޓެވެ. ސުކޫލުގެ ބާކީ ހުރިހާ ކުދިންގެ ވޯޓު ލިބުނީ އަދުހަމަށެވެ.

އެވަރުންވެސް އަހަރެން އަޝްރާއަށް ސުކުރު އަދާކުރާކަށް ބޭނުމެއް ނުވިއެވެ. އޭނާ އަހަރެން ދެކެ ކިހާ ލޯބި ވޭހެއްޔެވެ؟ އެއްޗެހިކިޔާ ދެރަކޮށްލީމައިވެސް ފަހަތަކަށް ނުޖެހުނެވެ. އޭނާ ފެންކަޅިވެފައި އަހަންނަށް ބަލަން ހުއްޓާ ކިތަންމެ ފަހަރަކު އަހަރެން ދެކެމެވެ. އަހަރެން ދެކެ ވާ މަތިވެރި ލޯބި އެ ދެލޮލުން ފެންނަމުންދިޔައެވެ. ނަމަވެސް އެކަން ފާހަގަ ކުރެވޭވަރަށްވުރެ އެއިރު އަހަރެން ފޮންޏެވެ.

ކެޕްޓަން ކަން ނުލިބުމުން އަހަރެން ދެރަވިއެވެ. ދެލޯ ފެންކަޅިވިއެވެ. އަހަރެން ކިހާ ފިނޑި ހެއްޔެވެ؟ ބޭނުންވާ ކިތަންމެ ކަމެއް ކާމިޔާބުވެފައި ވާއިރުވެސް ހަމަ އެންމެ ކަމެއްގެ ސަބަބުން ދެރަވެ ރޮވެނީއެވެ. ޑެސްކުގައި ބޯއަޅައިގެން އަހަރެން އޮތީ ރޯށެވެ.

“ނިލާމް!” އެއީ އަޝްރާގެ އަޑެވެ. އެއަޑު ކިހާ އޯގާތެރިހެއްޔެވެ؟ ނަމަވެސް އެއިރަކު އެކަމެއް އަހަންނަކަށް އިހުސާސެއް ނުކުރެވުނެވެ.

“ނިލާމް ދެރަނުވޭ! ކޮންމެ ކަމެއްވެސް ވާނީ ރަގަޅަކަށް!” އަޝްރާ އެދުވަހު ބުނެފައި ވެއެވެ. އަހަރެން ބޯހިއްލާލަމުން އަޝްރާއަށް ބަލައިލީ ނުރުހުމުގެ ނަޒަރަކުންނެވެ. އެދުވަހުންވެސް އޭނާއާ ދިމާއަށް އަހަރެން ގޮވީ އެއްޗެއްސެވެ. އޭނާ ކުލާހުން ނުކުމެގެން ދިޔައީ ރޮމުންނެވެ.

އޯލެވެލް ގާތްވަމުން އައިއިރު އަހަރެން ބުރަކޮށް ކިޔަވަމުންދިޔައިމެވެ. ބޭނުމަކީ އަދުހަމަށްވުރެ ރަނގަޅު ނަތީޖާއެއް ގެނައުމެވެ. އޭނާ ދަށަށް ވައްޓާލުމެވެ. އެކަން ކިތަންމެ ރަނގަޅަކަށްވެސް އަހަންނަށް ކުރެވުނެވެ. ނަމަވެސް އަހަންނަށް ކާމިޔާބުވީއިރު، އަހަރެންގެ މުޅި މުސްތަޤުބަލު ވަނީ ވީރާނާވެ ހަލާކުވެފައެވެ. އަނދިރިވެ ކަޅުވެފައެވެ.

އޯލެވެލްގެ އެންމެ ފަހު އިމްތިހާން ނިންމާލުމަށްފަހު އަހަރެން އިމްތިހަން ހޯލުން ނުކުތީމެވެ. ޓެސްޓުތަށް ނިމުނުކަމުގައި ވިއަސް އަދިވެސް އަހަރެންގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. ހީވަނީ ހަމަ އަދުހަމު މަތިވެދާނެހެންނެވެ. އޭނާއަށް ކާމިޔާބު ލިބޭތަން ބަލާކަށް އަހަންނަކަށް ވާ ކުޅާދަނައެއް ނުވާނެއެވެ. ޝައިޠާނާގެ ނުބައި ވަސްވާސް ތަކުން އަހަރެންގެ ސިކުނޑި ފުރި ބާރުވަމުންދިޔައެވެ.

އިމްތިހާން ހޯލުން ނުކުތް އަދުހަމުވެސް އަހަރެންގެ ލޮލުގައި އަޅައިގަތީ އެވަގުތެވެ. ހިތުގައި ރޯވެފައިވާ ކުޑަ ހުޅުކޮޅުން އަލިފާން ކަނޑައިގެންގޮސް، ބޮޑު ‘ނަރަކަ’ އަކަށް ވީ ކަހަލައެވެ. އަހަރެން އޭނާގެ ފަހަތުން ހިނގައިގަތީމެވެ.

ހަނި މަގަކުން އަދުހަމު ހިނގަމުން ދިޔައީ އެކަނި މާ އެކަންޏެވެ. އަހަރެން ހުރީ އޭނާއާ 15 ވަރަކަށް ފޫޓު ދުރުގައެވެ. އެ މަގުގައި އަހަރެމެން ދެމީހުން ފިޔަވާ އެކަކުވެސް އެވަގުތު ނެތެވެ. ޝައިޠާނާ އަހަރެންގެ ސިކުނޑީގައި ކުރަހަމުންދިޔަ ‘ޕްލޭން’ އާ އެއްގޮތަކަށް އަހަރެން އަމަލު ކުރަމުންދިޔައިމެވެ.

އަހަރެން އަދުހަމަށް ހަމަލާ ދިނީ އޭނާ ނުވެސް ވިސްނަ ހުއްޓައެވެ. އަމިއްލައަށް ދިފާއު ވުމަށްޓަކައި އަދުހަމު ހޫރާލި އަތް ޖެހުނީ އަހަރެންގެ ކޮނޑުގައެވެ. އެފަދަ ކަމަކަށް ހުށިޔާރު ނުވެ ހުރުމުގެ ސަބަބުން އަހަރެން ވިއްސައިގެން ގޮސް ޖެހުނީ އެއްފަރާތުގައި ސިމެތްތި ނުޖަހާ ހުރި ތެޅިގަލުގެ ފާރެއްގައެވެ. އެއާއެކު މުޅި ދުނިޔެ އަނދިރިވެގެން ދިޔައީއެވެ. ދެން ވީގޮތެއް ނޭނގުނެވެ.

އަހަންނަށް ލޯހުޅުވުނެވެ. ނަމަވެސް އެއްވެސް ތަނެއް ނުފެނުނެވެ. ބަލާލި ކޮންމެ ދިމާއެއްގައި ވަނީ އަނދިރިކަމެވެ. ފަޅުކަމެވެ. ކޮންފަދަ ބިރުވެރި ކަމެއް ހެއްޔެވެ؟ އަހަރެންގެ އަނދިރި ލޮލުން އެވަގުތު ފެންނަމުން ދިޔައީ އަހަރެންގެ ކަޅު މުސްތަގުބަލެވެ. މުޅި އުމުރަށް އަހަރެން އުޅެން ޖެހޭނީ މިހާލުގައި ހެއްޔެވެ؟

އޯލެވެލްގެ ނަތީޖާ އައިއިރު އަހަރެންނަށް ހުރިހާ މާއްދާއަކުން ‘އޭ’ ގްރޭޑް ލިބިފައިވެއެވެ. މުޅި ރާއްޖެއިން އެއްވަނަ ލިބުނީއެވެ. އަހަރެންގެ ‘ގޯލް’ ކާމިޔާބުވީއެވެ. ނަމަވެސް އަހަރެން އުފާކުރަންވީ ކީއްވެހެއްޔެވެ؟ އެންމެ ކުޑަމިނުން ‘ނެޝަނަލް ޓޮޕް ޓެން’ ގެ ރަސްމިޔާތަށްވެސް އަހަންނަކަށް ނުދެވޭނެއެވެ. އަދުހަމުގެ ލޮލަށް ހަރާލަން އަހަރެން ފޭހިގަތް އިލޮށިގަނޑު މިވަނީ ހަމަ އަހަރެންގެ ލޮލަށެވެ.

***

“ބައްޕާ!” ހިޔާލުތަކުން ބޭރުވެވުނީ އިޔާންގެ އަޑަށެވެ. “ބައްޕާ މަންމަ ބުނީ ކާން އަންނަށޯ!” އިޔާން އަހަރެންގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. އަހަރެންވެސް މަޑުމަޑުން ހިނގައިގަތީމެވެ. އެއިރު އަހަރެންގެ އަތް ވަނީ އިޔާންގެ ކުޑަ އަތްތެރޭ ލާމެހިފައެވެ.

މިއީ އަހަރެންގެ ދަރިފުޅެވެ. އަހަރެން އަހަރެންގެ ދަރިފުޅު ދެކެ ވަރަށް ލޯބިވަމެވެ. މާޒީގައި އަހަރެން ހިނގާފައިވާ ރޮނގުން އަހަރެންގެ ދަރިފުޅު ހިނގިއަކަ ނުދޭނަމެވެ. މިއީ އަހަރެން ގެ އަޒުމެވެ. އަހަރެންގެ ދެލޯ އަނދިރިވި ފަދައިން ދަރިފުޅުގެ ދެލޯ އަނދިރިވާކަށް އަހަރެން ބޭނުމެއް ނޫނެވެ.

“ނިލާމް!” އެއީ އަހަރެންގެ އަންހެނުންގެ އަޑެވެ. އަޝްރާގެ އަޑެވެ. “އަދޭ ކާން އަވަހަށް! ދަރިފުޅާ އިޔާ! އަވަހަށް އާދޭ ބައްޕަ ގޮވައިގެން!”

ގޮނޑީގައި އަހަރެން ބޭނދީ އަޝްރާއެވެ. އަހަންނަށް ލެވީވެސް އޭނާއެވެ. އަޝްރާ ކިހާ ރަނގަޅުހެއްޔެވެ؟ އޭނާ އަހަރެން ދެކެ ވީ ލޯބީގެ މަތިވެރިކަން އަހަންނަށް އިހުސާސް މިކުރެވެނީ އަދިކިރަޔާއެވެ. ލޯ އަނދިރިވެފައިވާ ހާލުވެސް އޭނާ އަހަރެން ބަލައިގެންފިއެވެ. އަހަރެންގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ހިލުނެވެ. އަޝްރާ ފަދަ، ރަނގަޅު މާތް އަންބަކު ދެއްވީތީއެވެ. މުސްކުޅިވާ ދުވަހަކުން އަޅާލަނެ ދަރިއަކު ދެއްވީތީއެވެ.

ނިމުނީ

Comments (59)

  1. Hoody

    Hellow guys!!:) Huihaa readers mathin varah mis vi ingey!
    Ummeedhu kuran mi story reethi vaane kamah and iburatheh haasil vaane kamah! Hurihaa kudhinnah vex EID MUBAARAKA advancekoh! 😀

  2. Shau

    V Reethi mi vaahakaves… Eid Mubarik HOODY ah ves 🙂 ….

    1. Hoody
      Shau

      Thnkx Shau 🙂

  3. Nabhaan

    Wow vrh salhi mi vahaka vx..nd eid mubarak bro

    1. Hoody
      Nabhaan

      Thnkyou Dude!! 🙂

  4. Zaahee

    thankx.. hadha avahah hoody EID mubaarik thi kee… ehen veema aharen faraathun vex eid mubaarik… V v v v v salhi mivaahaka….

  5. Xuu

    V reethi. dhen dhigu dtory eh fashaany kon irakun? Waiting….

  6. nishy

    Vvv reeethi Vaahaka… eid mubaaarik hoodhy…

  7. anee

    Reethi eid mubaarik hoody

  8. liu

    Wow. V reethi mivaahaka ves. Hoody ge vahaka akah inthizaaru koh koh hutta mi vaahka mi aii. Thnks hoody. 🙂 hoody ah ves eid mubarak. 🙂

  9. yash

    Hoody ge hurihaa story ehves vvv nice.. v kiyaahithun kiyaaleve.. eid mubarak hoody

  10. @£#¥

    Hoody….. vara inthixaaru kuran hoody ge story aka. Mivaahaka ves v reethi. Adhi ves mikahala iburaitheri vaahaka kiyaalan libeyne kama umeedhu kuran. Hoody a ves eid mubarak advance ko. Thnks so much

  11. kaim

    V v v v nice.v iburaitheri vaahaka. Asluves hasadhaveri kamee meehage halaaku.

  12. inayaa

    Hoodhy mivaahaka varah salhi. Vynu dhiguvaahakaeh liyan alun varah salhikoh.hoodhy liyaavaahaka varah salhi

  13. naj

    Vvv salhi hoody!!! Eid mubaarik 🙂

  14. naxaa

    Nice.eid Mubarak

  15. kanbulo

    Short n sweet…..EID MUBARAK hoody

  16. suha

    V v furihama mivaahakavx asluvx hoody haadha molhey ingey suha eid mubarik kiyaane hoody ah gulhaalaafa ingey.

  17. Lam

    V v v reethi mi vaahak ves…. EUD MUBAARIK☺

  18. Jennifer

    Eid Mubarak hoody,….miss you so much..

  19. Nau

    Baeh kudin nah vaa gotha kee hoodh ibrahim vee ma story kamudany.. e heywo kithanmme hadi story akas.. but this story is really nice and u r a great writer..

  20. friend

    Varah salhi story . . Hoody ah ekani tha eid mubaric kiyany? Friend ge faraathun huriha readers aa writers ah eid mubaric. ……….

  21. jamshedha

    Hoody ge vaahakathah mathin v.misvefa huttaa milibunee vaahakaeh kiyaalan….story varah reethi
    EID MUBARAK

    1. Hoody
      jamshedha

      Hehehehe!!LOl! ekkala Naaz dhw jamsheedhaa ah vegen miulhenee!! Asluvex Naaz ge adu hama heevanee Jamsheedhaa ge aduhen!!! BTW, thnkx !! 🙂

  22. liu

    varah iburaitheri………….eid mubaarik hoody

  23. Juma

    Hoody ge vaahaka eh up vitho komme dhuvahaku balan.. finally up vejje.. so happy.. btw story vvv reethi as always.. hoody ge ehen story akah waiting..and EID MUBARAK to all and specially hoody ah.. in advance 🙂 😉 🙂

  24. Same

    Thnkx hoody… Hama hoody ge v hama salhy Ey… Gud luck brw… N eid Mubarak hoody n hoody ge family ah

  25. muru shidha

    V nice

  26. jui

    EID MUBARAK HOODY… Mi Story Vex Varah Rythi..Serious Kow.. Ehn Story Akah Inthizaaru Kuran… 🙂 😀 ND Hurihaa Readers Ah Vex Eid Mubarak.. .. Hoody Eid Dhuvahu Enjoy Kowllahchey Ingey… 😉 ND Hurihaa Kudhin Vex Enjoy Kowllahchey…

  27. Saana

    Thanks hoody vahaka varah ibrahtheri eid mubarak

  28. Hoody

    Thnkyou All!!! Esfiya site ge hurihaa readers and writers anh vex Eid mubaarak ingey!!

  29. Nish

    Woowwww!!! varahh salhi 😉

  30. leen

    masha allah!!vvvv nice story!!kyp it up hoody..

  31. shiaa

    eid mubaarak to u too hoody , m so happy to see u , again , vr vr rythi story

  32. Hoody

    Thnkx Nish ans shiaa! 😀

  33. shiaa

    EID MUBAARAK TO ALL

  34. Shabee

    Hoody ge vaahaka ah inthizaaruga hutta hama thigenrsdhinre….thank u…v salhi…v ibraehtheri vaahaka eh.mee…hama rovijje aslu… haadha maana funey… hoody thihama 1 vana… will wait 4 ur stories… nd EID MUBARAK… 😉

  35. najaa

    hoody haadhah avhakah eid mubaarik thi kyy ???? hehehe.. btw v v v v nice mi storyy .. v iburaitheri vaahaka eh .. thanks 🙂 ❤

  36. nihaa

    Vrh reethi… EID MUBARAK to all….:)

  37. sif

    maasha allah… vvvvvvvv nice….eid mubaarak 2 all.

  38. shiaa

    adhives mikahala rythi story thakeh fenigen dhaane kamah hykuran . best of luck 🙂

  39. Crazi

    Thax alot story genes dhinee mah long time qaiting for ur story

  40. nuhaa

    hoody.. could you do me a favour????? vaahaka poast kuraa goi kiyaa dheeba… dhahtha story eh liyefa porst kuran neygigen… plx plx plx plx hoody… v salhi mivaahaka.. pls pls

  41. aish

    Hey hoodyou eid mubaarak. Reethi mi vaahaka ves

  42. Nuzha

    hmm.. just a nice story… v v v salhi mi vaahaka… Hoody… mashah vex kiyaa dheeba.. kihineh poast kranee

  43. nuzha

    ey mee mashey.. Nonni ey.. i mean dhondhi.. it was meehun ahannah loabbin kiyaa nan igea kaal.. imean aaya

  44. fizaan

    adhi alah mi mi page in vaahaka eh kee.. heskiYaa ha salhi..

  45. shiaa

    Hoody , shiaa ah ves porst kuraa gio kiyaa dhyba , plxxx

  46. Saajidh

    V iburaiytheri vaahakaeh

  47. SARA MUBARIK

    V V V REEETHI…. EID MUBARAK

  48. shaaanaa

    can i hv your facebook id

  49. Eyexstarr

    Wooowwww..rovihje…this stry is awsom brw….brw..kn urakun mikolhah annany??holiday nulibeytha adhivx.

  50. shiaa

    hoody gandaa , adhives noolhen tha story eh up kuraakah , still waiting 4 ur story ,

  51. Ithalhey

    Vvv salhi. keep it up. May allah bless ur work…..

  52. Juma

    Hooody! Nei that vaahaka eh??

  53. Juma

    Hooody! Nei tha vaahaka eh??

  54. mys and mahoo

    Very nice. We like your stories

  55. Aarny

    interesting..

  56. Sweety

    Vrh nice story eh.. Hoody.. I love it. It’s awesome…. ❤️❤️❤️❤️❤️

Comments are closed.