Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ކުށަކާނުލައި ހިތް ރޮއްވާލަމުން…

Hannah Level 110 Stories
November 28, 2015 7 Mins Read
20 Comments

a6330d5cc2440436837fc70bbc2a03d7

ކުޑަދޮރުގައި އަތް ވިއްދާލައިގެން އިން ރީމާގެ ނަޒަރު ހުއްޓިފައިވަނީ ބޭރުން ވެހުމުންދާ ބޯ ވާރޭއަށެވެ. ރޭ ފަތިހު ވެހެނު ވާރޭ އަދިވެސް ހުއްޓާ ނުލައެވެ. ފިނިފިނި ވައިރޯޅިތަކާއެކު ވެހުމުން ދިޔަ ވާރޭއެކު މުޅި ޖައްވުގައި ވަނީ ފިނި ހިފާލާފައެވެ. ޖެހޭ ފިނި ވައިރޯޅިތަކުން ރީމާގެ ހިތްތަށް އެއްވެސް ހަމަޖެހުމެއް ނުލިބޭ ކަހަލައެވެ. އެއަށްވުރެ ބޮޑަށް އޭނާގެ ހިތްވަނީ ކުދި ކުދިވެފައެވެ. އެމައުސޫމް މޫނުމަތިން ފެންނަނީ ހިތްދަތިކަމެވެ. ރޮއެ ރޮއެ އެބޮޑު ދެލޯ ވަނީ ރަތްވެފައެވެ. މަޑު ފިޔާތޮށި ކުލައިގެ ތުންފަތްވެސް ވަނީ ރާޅުވެ ހިކިފައެވެ. އިސްތަށިގަނޑުވަނީ ހޭވިފައެވެ.  މިހާރު އުމުރުން ވިހި އަހަރު ގުނަމުންދާ ރީމާ ހީވަނީ އަދިވެސް 17 އަހަރުގެ ކުއްޖެއްހެންނެވެ. އޭނަގެ ހުރިހާ ހިޔާލާއި ވިސްނުމެއް ހުރީ މާޒީއާ ގުޅިފައެވެ. މަޑުމަޑުން އޭނަގެ މާޒީގެ ސަފްހާތައް އުކެންފެށިއެވެ.

 

އެއީ މީގެ 4 އަހަރު ކުރިންނެވެ. އޭރު ރީމާގެ އުމުރުން 16 އަހަރެވެ. ރަށުން އޯވެލް ހަދާފައި މާލެ އައީ ފޮނި ފޮނި އުއްމީދުތަކަކާއެކުގައެވެ. މެޑިސިންގ ގެ ދާއިރާއިން އިތުރަށް ކިޔެވުމުގެ ބޭނުމުގައެވެ. މާލެ އައިސް ރީމާ ހުރީ ބައްޕަ ފަރާތު ބޮޑުދައިތަގެ ފިރިމީހާގެ ގޭގައެވެ. ބޮޑުދައިތަގެ ފިރިމީހާއަކީ މާލޭ މީހެއްކަމުން ބޮޑުދައިތަގެ 2 ދަރިންނާއެކު މާލެއަށް ދިރިއުޅުން ބަދަކުރީއެވެ. ރީމާގެ މަންމަ އާއި ބައްޕަގެ ތިބެނީ ދެކުދިންނެވެ. އެއީ ރީމާ އާއި ރައިހާން އެވެ. ރައިހާން އަކީ ރީމާއަށް ވުރެން 5 އަހަރު ހަގު ކުއްޖެކެވެ. މަންމަމެން ރީމާ މާލެ ފޮނުވީ އިތުރަށް ރީމާއަށް ކިޔަވައި ދިނުމުގެ ބޭނުމުގައެވެ. ފޮނި ހުވަފެންތަކެއް ދެކުމުގެ ބޭނުމުގައެވެ. ބޮޑުދައިތަމެންގޭގައި އުޅެނީ ބޮޑުދައިތަގެ އާއިލާގެ އިތުރުން ބޮޑުދައިތަގެ ފިރިމީހާގެ ކޮއްކޮ ހިޝާމެވެ.

 

މަންމާމެންނާ ވަކިން އުޅެން ރީމައަށް ވަރަށް އުނދަގޫވިއެވެ. ފުރަތަމަ ދުވަސްކޮޅު އަބަދު ކަމަކީ މަންމަމެން މަތިން ހަނދާންކޮށް ރުއިމެވެ. ނަމަވެސް ބޮޑުދައިތަ ޒުލޭހާގެ ނަސޭހަތުން ހަމައަކަށް އެޅެއެވެ. އެގޭ އެންމެންވެސް ރީމާއަށް ވަރަށް ރަނގަޅެވެ. ފޫހިވެގެން އުޅޭކަށް ނުޖެހެއެވެ. ޒުލޭހާގެ ދޮށީ ދަރިފުޅު ޒޭނާ އަކީ ރީމާއަށް ވުރެން އެއް އަހަރު ކުއްޖެއްކަމުން ރީމާއާ ވަރަށް ގުޅެއެވެ. އަބަދުވެސް ދެކުދިން އުޅެނީ އެކު އެކީގައެވެ. މިކަމާ ޒުލޭހާ ހުންނަނީ ވަރަށް ހިތްހަމަ ޖެހިފައެވެ. ރީމާ މާލެ އައިސް ދެހަފްތާ ފަހުން ކޮލެޖްއަށް ދާން ފެށިއެވެ. ހިޝާމް އާއި ރީމާ ކިޔަވަމުންދަނީ އެއް ކޮލެޖެއްގައިކަމުން ދެކުދިންވެސް ކިޔަވަން ދަނީ އެކުގައެވެ. މާގިނަ ދުވަސްތަކެއް ނުވެ، ދެކުދިންގެ މެދުގައި ވަރަށް ގާތް ގުޅުމެއް އުފެދުނެވެ.

 

އެއްދުވަހެއްގެ ހަވީރެވެ. ރީމާ އިނީ ސޯފާގައި ޓީވާ އިން ދައްކާ ޑްރާމާއެއް ބަލާށެވެ. އެވަގުތު ގެއަށް އައިސްވަނީ ހިޝާމެވެ. އޭރު ޒުލޭހާމެންވީ ޒާން ގޮވައިގެން ކުޑަކުދިންގެ ބަގީޗާއަށް ގޮސްފައެވެ. ޒާންއަކީ ޒުލޭހާގެ ހަގު ދަރިފުޅެވެ. ޒޭނާ ގާތު ދާން ހިނގާށޭ ބުނުމުން މަންމަގެ އެދުމާ ދެކޮޅު ނުހަދަން ޒޭނާވެސްވީ އެމީހުންނާ އެކުގައި ގޮހެވެ. ހިޝާމް އެތެރެއަށް ވަދެގެން އައި ގޮތަށް ސޯފާއަށް ވެއްޓިގަތެވެ. ރީމާގެ ނަޒަރު ހުއްޓިފައިވަނީ ހިޝާމްގެ ވަރުބަލިވެފައިވާ މޫނަށެވެ.

 

“ރީމް..މަ..މަށަށް ފެންތަށްޓެއް ގެނެ..ގެނެސްދީބަލަ…” މާނޭވާލަމުން ހިޝާމް ބުނެލީ ވަރަށް އުނދަގުލުންނެވެ. ރީމާ އަވަހަށް ފެން ތަށްޓެއް ގެނެސްދިއްކޮށްލިއެވެ. ހިޝާމް ތަށީގައި ހިފަން އުޅުމުގެ ތެރޭގައި ރީމާގެ މަޑު މަޑު އަތްތިލައިގައި އޭނަގެ އަތްޖެހުނެވެ. އެވަގުތު ދެމީހުންގެ ހަތަރު ކަޅި ހަމަވެގެން ދިޔައެވެ. ރީމާ ލަދުން އިސްޖަހާލަމުން ތިރީ ތުންފަތުގައި ދަތް އަޅާލިއެވެ. “ހޫމް..ކިހިނެއްވީތަ މާ ބޮޑަށް ވަރުބަލިވެފަ ތިހުރީ..ބިރެއް ފެނިގެން އުޅޭހެން ހީވަނީ..” ސޯފާގައި އިށީންނަމުން ރީމާ އަހާލިއެވެ. “އަސްލުވީގޮތަކީ ލިފްޓް ލަސްވީމާ ސިޑިން ދުވެލާފަ އެރީ..” ފެން ކޯވަރެއް ބޯލަމުން ހިޝާމް ޖަވާބު ދިނެވެ. ގޭތެރައަށް ނަޒަރު ހިންގާލަމުން އެއްވެސް މީހަކު ފެންނަން ނެތުމުން ބުމަ މައްޗަށް އަރުވާލަމުން ގޭ މީހުން ކޮބައިތޯ ހިޝާމް އަހާލިއެވެ. “ޒާން ރޯތީވެ އެންމެންވީ ބޭރަށް ގޮސްފަ.. ޒޭނާވެސް.. ނާޝިދްބެ އަދި ޑިޔުޓީ ނިންމާފަ ނާދޭ..” ޓީވީ އިން ދައްކާ މަންޒަރުތަކަށް ބަލަން އިނދެ ރީމާ ބުންޏެވެ. ހިޝާމް ތުންފަތްމަތީ ކުޅެލީ މާނަވީ ހިނިތުންވުމެކެވެ. ރީމާގެ ގާތަށް ޖެހިލަމުން ރީމާގެ އަތުގައި ހިފާލިއެވެ. ރީމާ ސިހިފައި ހިޝާމްގެ މޫނަށް ބަލާލލިއެވެ. އަދި މިއީ ކޮންކަމެއްހޭ އަހާލީއެވެ.

 

“ރީމް.. އައި ވޯނާ ސޭ ސަމްތިންގ.. އަދި މާ އަވަސްހެން ހީވަނީ މިހެން ބުނަން..ބަޓް އައި ކާންޓް ވެއިޓް އެނީ މޯރ ވިތައުޓް ސޭއިން އިޓް… ރީމް..އައި ލައިކް ޔޫ.. މީ ސީރިއަސްކޮށް ބުނާ އެއްޗެއް..” ރީމާގެ ދެދޮލަށް ބަލަހައްޓައިގެން ހުރެ ހިޝާްމް ބުނެލި އެއްޗަކުން ރީމާއަށް ހީވީ ދުނިޔެވީ ހުރިހާ އުފަލެއް ލިބުނުހެންނެވެ. އޭނަވެސް ހިޝާމް އާ ގަޔާވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ރީމާ އެއްޗެކޭ ނުބުނުމުން ހިޝާމް ހީކުރީ ރީމާ ހިތްހަމަ ނުޖެހުނީކަމަށެވެ. އެހެންކަމުން މީ ނުދައްދާ ވާހަކައެކޭ ބުނެ ސޮރީއޭ ބުނެލިއެވެ. ރީމާ އަނގަމަތީ އަތް އަޅައިގެން ހުރެ ހޭންފެށިއެވެ. “އަހަރެންވެސް ލައިކްވެޔޭ ބުނެފިއްޔާ..” ރީމާ ބޭނުންވީ ހިޝާމް ތަޅުވާލާށެވެ. “ވަރަށް އުފާވާނެ..އެކަމު އަސްލު ނުވޭދޯ..” މާޔޫސްކަމާއެކުގައި ހިޝާމް ބުންޏެވެ. ހިޝާމްގެ ފައިމަތީގައި އަތް ބާއްވަމުން އަހަރެންވެސް ލައިކް ވޭ ރީމާ ބުނެލީ ލަދުން ހުރެއެވެ. ވީ އުފަލުން ހިޝާމް ރީމާ އަތްދަނޑި މައްޗަށް އުފުއްލާލިއެވެ. ލޯބިން ފުރިގެންވާ ގޮތަކަށް ރީމާގެ މޫނަށް ބަލައިލަމުން ތޭންކްސް އޭ ބުނެލިއެވެ. ދެމީހުން ސޯފާގައި ވާހަކަ ދައްކަން ތިބެފައި ކޮޓަރިއަށް ވަނީ މަޢްރިބު ނަމާދު ވަގުތުވުމުންނެވެ.

 

ރޭގަނޑުގެ ވަގުތެވެ. ރޭގަނޑުގެ ކެއުން ނިންމާލައިގެން ރީމާ ވަނީ ކޮޓަރިއަށެވެ. އެކޮޓަރީގައި ނިދަނީ ރީމާގެ އިތުރުން ޒޭނާއެވެ. ރީމާ ކޮޓަރިއަށް އައިރު ޒޭނާ އިނީ ފިލާވަޅު ދަސްކުރާށެވެ. ހާދަ ވަރަކަށް ދަސްކުރަނިއޭ ބުނެފައި ރީމާ އެނދުގައި ޖައްސާލިއެވެ. “ހޫމް..މިއެއްނު ކަމަކީ ދެން.. އިޓް އިޒް މައި ފައިނަލް އިޔާރ.. ސޯ ހޭވް ޓު ވޯކް ހާޑް ދޯ.. ވަރަށް ބޭނުން މަންމަ އެދޭފަދަ ރަނގަޅު ނަތީޖާއެއް ހޯދަން..” ޒޭނާ ފޮތުގެ ގަނޑުތައް އުކަމުން ވާހަކަ ދެއްކިއެވެ. އޭރު ރީމާ އޮތީ ފޯނު ހިފައިގެން ހިޝާމްއަށް މެސްޖް ކުރާށެވެ. ހެވިފައި އޮތް ރީމާ ފެނިފައި ޒޭނާގެ ހިތުގައި ސުވާލު އުފެދުނެވެ. ދުވަހަކުވެސް އެގޮތަށް ހެވިފައި މީހަކަށް މެސްޖް ކުރާ ތަނެއް ނުފެނެއެވެ. “އެހެމް އެހެމް..މާ ހެވިފަ ކާކަށް ތި މެސްޖް ކުރަނީ.. ބޯއީފްރެންޑް ތަ..؟” ޒޭނާ އަހާލިއެވެ. ރީމާ ފަހުން ބުނާނަމޭ ބުނުމުން ޒޭނާ އިތުރު ސުވާލެއް ނުކުރެއެވެ.

 

ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުން ދެއެވެ. ރީމާ އާއި ހިޝާމްވެސް ވަނީ އެހެން ލޯބިވެރިންނެކޭ އެއްފަދައިން ލޯބިވެރިންގެ ލިސްޓުން ޖާގަ ހޯދާފައެވެ. ދެމީހުންގެ ގުޅުމުގެ ވާހަކަވަނީ ޒޭނާ ނޫން އެހެން މީހުންނަށް ވަންހަނާ ކުރެވިފައެވެ. ރީމާއަށް ހިޝާމްވެގެން ދިޔައީ ދުނިޔެމަތީ އޭނާއަށް ލެއްވި ނަސީބެއްގެ ގޮތުގައެވެ. އެހާވެސް ހިޝާމް އޭނާއަށް ރަނގަޅު ވެފައި އަޅާލައެވެ. ނަމަވެސް އެހާ އަވަހަށް ކަންތައް ބަދަލުވެގެން ދާނެ ކަމަށް ހީކުރާނި ކާކު ހެއްޔެވެ؟ ގިނަ ފަހަރަށް އެންމެ ކައިރީގައި އުޅޭ މީހާގެ ގޮތް ވެސް އޮންނަނީ ނޭނގިފައެވެ. ހިޝާމް ކޯސް ނިންމާލުމަށްފަހު ރަށަށް ދިޔައީ ރީމާއަށް އެތައް ވައުދުތަކެއް ވެފައެވެ. ރީމާއާ ކައިވެނި ކުރާނެ ކަމަށާއި އަދި ރީމާ ބަލާ އަންނާނެ ކަމަށް ވައުދުވިއެވެ.

 

މިހާރު ދެމީހުން ރައްޓެހިވެގެން އުޅޭތާ ހައެއްކަ މަސްވަނީއެވެ. ރައްޓެހިވެގެން އުޅުނު ފުރަތަމަ ތިން މަހު ހިޝާމް ވަރަށް ރަނގަޅެވެ. ނަމަވެސް ރަށަށް ދިޔަފަހުން އޭނާއަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އަންނަކަށް ރީމާގެ ހިތް ބުނަމުން ދިޔައެވެ. ރީމާ ކުރާ މެސްޖްތަކަށް ޖަވާބު ނުފޮނުވުމާއި އަވަހަށް ފޯނު ބޭއްވުން މިއީ ކުރިން ހިޝާމްގެ ފަރާތުން ނުފެންނަ ކަންތައްތަކެވެ. އެކަމު މިހާރު މިފަދަ ކަންތައްތައް ދަނީ މަދު މަދުން ނަމަވެސް ފެންނަމުންނެވެ. މިކަމާ ރީމާ ޝަކުވާ ނުކޮށް ހުންނަނީ ހިޝާމް ދެކެ އޭނަވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. މާގިނައިން ކަންތައްތަކާ ޝަކުވާ ކުރާ ނަމަ ފިރިހެން ކުދިން ފޫހިވާނެކަން ރީމާއަށް އެނގެއެވެ.

 

ރޭގަނޑުގެ މެންދަމު އަނބުރާ ދޭއް ޖަހަނީއެވެ. ރީމާ އޮތީ ނުނިދިފައެވެ. ހިޝާމް ގުޅާނެ ކަމުގައި އުއްމީދުގައި އެފަކީރު އެދަނީ ވަގުތުތައް ގުނަމުންނެވެ. އެތަކެއް އިރެއް ވީއިރުވެސް ހިޝާމް ނުގުޅުމުން ފޯނު ނަގައި ހިޝާމްގެ ނަމްބަރަށް ޑައިލްކޮށްލިއެވެ. ރީމާގެ ދެލޯ ބޮޑުވީ ހިޝާމް ކޯލް ވެއިޓްންގ އެރުމުންނެވެ. ހިތަށް ސުވާލު ފުނިތަކެއް ޖެހުނެވެ. ދެތިން ފަހަރުން ގުޅާލުމުން ހިޝާމް ގުޅިއެވެ.

 

“ލޯބީ..މިގަޑީ ކާކު ގުޅީ…އަހަރެން ގުޅިއިރި ކޯލް ވެއިޓިންގ އެރީ.. ޕްލީސް މަށަށް އެއްވެސް ކަމެއް ސިއްރު ނުކުރައްޗޭ…” ރީމާގެ އަޑުވަނީ ކުރެކިފައެވެ. “ސާބަސް ރީމާއަށް.. ތިހާ ވަރަށް ޝައްކު ކުރާކަށް ނުވާނެ.. އޮފީހުގަ އުޅޭ މީހުންނަށް ކޮންމެ ވަގުތެއްގަ ވެސް މުހިންމު ކޯލެއް އަތުވެދާނެ.. މަ ހީނުކުރަން ރީމާއަކީ ތިހާ މިސްއަންޑަސްޓޭންޑިންގ އަންހެނެއް ކަމަށް..” މިހެން ބުނެފައި ހިޝާމް ފޯނު ކަނޑާލިއެވެ. ވީދެރައިން ރީމާއަށް ބާލީހުގައި މޫނު ފޮރުވާލެވުނެވެ. ހިޝާމް ރުޅި އަންނަ ވަރުގެ އެއްޗެއް އޭނާ ނުބުނެއެވެ. ވީއިރު އެވަރުގެ ކުޑަ އެއްޗެއް ބުނެގެން ހިޝާމް ރުޅި އަންނަންވީ ކީއްވެ ހެއްޔެވެ. ސޮރީ ޖަހާލާފައި މެސްޖް ކުރުމުންވެސް ހިޝާމްގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. ރީމާއަށް އެތައް އިރެއް ވަންދެން ރޮވުނެވެ.

 

އެހެން ދުވަސްތަކުގައި ފަތިހު ފަތިހާ ހޭލާ ރީމާ މިއަދު ދިހައެއް ޖެހިއިރުވެސް ނުހޭލުމުން ޒުލޭހާ ކަންތައް ބޮޑުވިއެވެ. ޒޭނާ ގާތު ރީމާއަށް ގޮވުމަށް ބުންޏެވެ. “މަންމާ… ރީމް ދައްތި ވަރަށް ބޮޑަށް ހުން އައިސް އޮތީ… ގައިގަ އެއްވެސް ވަރެއް ނެތް.. މަންމަ އާދެބަލަ އަވަހަށް..” ބަދިގެ ތެރޭގައި ރޮށި ފިހަން ހުރި ޒުލޭހާގެ ހަރަކާތަށް ހުއްޓުމެއް އައީ ކޮޓަރި ތެރެއިން ޒޭނާގެ ވާހަކަތައް އަޑު އިވިފައެވެ. އަތް ދޮވެލައިގެން އަވަހަށް ރީމާމެންގެ ކޮޓަރިއަށް ދިޔައެވެ.

 

“ރީމާ… ހިނގާ އަވަހަށް ހިނގާ ޑޮކްޓަރަށް ދައްކަން ދާން… ތިއޮތީ ހުން އައިސް ފިހިފަ..” ރީމާގެ ނިތްކުރީގައި އަތް ބާއްވަމުން ޒުލޭހާ ބުންޏެވެ. ރީމާ އޮތް ހާލު ފެނިފައި ޒޭނާއާ ޒުލޭހާގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. އެބޮޑު ދެލޯ ވަނީ ރޮއެ ރޮއެ ގޮސް ދުޅަވެފައެވެ. ރުމާލެއް ތެއްމާލައިގެން ގެނެސް ރީމާގެ ނިތްކުރިއާ މޫނުގައި ހާކަން ފެށިއެވެ. ވަރަށް ހާލުން ޖޫސް ފޮދެއް ބޯލިއެވެ. “ދައްތާ..ޑޮކްޓަރަށް ނުދެއްކިޔަސް ރަނގަޅުވާނެ” ރީމާގެ ފަރާތުން އެމީހުންނަށް އެއްވެސް އުނދަގުލެއް ޖައްސުވާކަށް ބޭނުމެއް ނުވިއެވެ. “އެހެން ވިއްޔާ މި ޖޫސް ތަށި ހުސްކޮށްލާ.. އޭރުން ގައިގަ ވަރު ޖެހޭނި..ޒޭނާ..މަންމަ ކޮޓަރި މޭޒުމަތީ އޮންނާނެ ޕެނެޑޯލް ކާޑެއް..އެހިފައިގެން އާދެބަލަ..ބޭސް ކާލައިގެން އަރާމު ކޮށްލާ.” ބޯ މޮޑެދެމުން ޒުލޭހާ ބުންޏެވެ. ކުޑަ ކުއްޖެހެން ޒުލޭހާގެ ބަސް ގަބޫލު ކޮށްގެން ޖޫސްތަށި ހުސްކޮށްލިއެވެ.

 

ދެތިން ދުވަސްތެރޭގައި ރީމާ ހަމައަކަށް އެޅުނެވެ. ހުން ރަނގަޅު ވުމުން ކޮލެޖްއަށް ދާން ފެށިއެވެ. އެއްދުވަހެކެވެ. ރީމާ ކޮލެޖް ނިންމާލާފައި ގެއަށް އައި މަގުމަތީގައި ހިޝާމް ގުޅިއެވެ. އެވަގުތު ރީމާގެ މޫނުމައްޗަށް އުފާވެރިކަން ވެރިގެންދިޔައެވެ. އަމިއްލަ ހިތަށް ފެނިގެން ހިޝާމް ގުޅާލުމުންނެވެ. “ރީމާ.. ވާހަކައެއް ބުނަން މިގުޅީ.. އަހަރެން ބޭނުމީ ދެން މިގުޅުން ނިންމާލަން… ރީމާގެ ޝަކުވާތައް އަޑު އަހާ އަހާ ގޮސް ފޫހިވެއްޖެ.. އަބަދު ކަމަކީ ޝައްކު ކުރުން.. ދެން މީގެ ފަހުން މަށަށް ނުގުޅައްޗޭ..މަ ބޭނުމީ ރީމާ މަތިން ހަނދާން ނައްތާލަން..ރީމާވެސް އަހަރެން މަތިން ދެން ހަނދާން ނައްތާލާ.. ” ރީމާއަށް ހީވީ އޭނަގެ މެޔަށް ހޫނު ފެން އެއްޗެއް އޮއްސާލިހެންނެވެ. ހުރެވުނު ތަންވެސް ނޭނގުނެވެ. “އަޅެ ނޫން.. ތިހެން ނުހަދާ..އަހަރެން ހިޝާމްދެކެ ވަރަށް ލޯބިވޭ.. އަހަރެން އުޅޭނަން ހިޝާމް ބޭނުންވާ ގޮތަށް..ދުވަހަކުވެސް ޝަކުވާއެއް ނުކުރާނަން.. އަހަރެން ދޫކޮށްނުލާ..އާދޭސްކޮށްފަ މިބުނީ.. އަހަންނަށް ޝަކުވާ ކުރެވެނީ ލޯބިވާތީއޭ… ހިޝާމަށް ކަންތައް ކުރެވޭ ގޮތުންނޭ..އެކަމު މީގެ ފަހުން ނުކުރާނަމެ..” ރީމާ ވާހަކަ ދެއްކީ ރޮވިފައެވެ. “އަބަދުވެސް ތިހެން ކިޔާނެ.. ދެން މަށަކަށް ނޫޅެވޭނެ..ރީމާ ހިތްހަމަ ޖެހޭ ބޯއީ އެއް ހޯދަންދޭ.. އޯކޭ ބޭއްވީ ދެން..” ރީމާއަށް އިތުރަށް ވާހަކަ ދައްކާނެ ފުރުސަތެއް ނުދީ ހިޝާމް ފޯނު ކަނޑާލިއެވެ. ރީމާއަށް ހީވީ އޭނާއެކު މުޅި ދުނިޔެ އެނބުރިގަތީހެންނެވެ. އޭނަގެ އެއްވެސް ކުށަކާ ނުލާ ހިޝާމް އޭނައާ ވަކިވީއެވެ. ދުވަހަކުވެސް މާފެއް ނުކުރެވޭނެއެވެ. ރީމާއަށް ޝަކުވާ ކުރެވެނީ ހިޝާމްގެ އަމަލްތައް ހުންނަ ގޮތުންނެވެ. ލޯބިން މެސެޖެއް ކޮށްލިޔަސް ޖަވާބު ދެވޭ ކަމަކަށް ނުވެއެވެ. އެންމެ ފަހުން ގޯސް މިވީ ރީމާއެވެ. ރަނގަޅަށް ވީއިރު ހިޝާމް އެހެން އަންހެން ކުއްޖަކާ ގުޅުން އޮތީއެވެ. ދައްކާނެ ބަހަނާއެއް ނެތުމުން ރީމާ ގޯސްކުރީއެވެ. ލޮލަށް ޖަމާވެފައި ހުރި ކަރުނަތައް އަތުގެ ނުފުށުން ފުހެލީ އެފަދަ ބޭވަފާތެރިޔާއަކަށްޓަކައި ނުރޯން ވައުދުވެގެންނެވެ.

 

ގެއަށް ގޮސް ޒޭނާއަށް ކަންތައްވީ ގޮތް ކިޔައިދިނެވެ. ޒޭނާވެސް ބުނީ ހިޝާމް މަތިން ހަނދާން ނައްތާލާށެވެ. ބޭބެއެއް ކަމަކު ރީމާއާ ދޭތެރޭ އެގޮތަށް ކުރުމުން ހިޝާމްދެކެ ރުޅި އާދެވުނެވެ. ރީމާ ދެރަވެފައި ހުރުމުން ޒޭނާވެސް ދެރަވިއެވެ. ރީމާ ހިޝާމް ދެކެ ވަރަށް ލޯބިވާކަން ޒޭނާއަށް އެނގެއެވެ. ދެކުދިން ވާހަކަ ދައްކަން ތިބުމަށްފަހު ކޮޓަރިން ނިކުތީ ބޭރަށް ދިޔުމަށްޓަކައެވެ. ރީމާގެ ހިތަށް ފިނިކަމެއް ހޯދާލުމަށްޓަކައެވެ.

 

“ޒުލޭހާ…ހިޝާމް ކައިވެނި ކުރަން ވިއްޔޯ….” ނާޝިދް ބުނުލި ޖުމްލައިން ރީމާއަށް ޝޮކެއް ލިބުނެވެ. ޒޭނާވެސް ސިހިފައި ރީމާއަށް ބަލައިލިއެެވެ. އޭރު ރީމާއަށް ހުރީ ރަނގަޅަށްވެސް ރޮވިފައެވެ. “ކޮން ކުޖަކާތަ ކައިވެނި ކުރަނީ..” މޭޒުމަތީ ހުރީ ތަށިތައް ނަގަމުން ޒުލޭހާ ސުވާލު ކޮށްލިއެވެ. “މާލޭ ކުއްޖަކާއޯ… މިއަންނަ ހަފްތާތެރޭ ކުރަމޯ..” ނާޝިދު ބުނެލިއެވެ. އެތާ އިތުރަށް މަޑުކުރާނެ ހިތްވަރެއް ނެތުމުން ރީމާ ޒޭނާގެ އަތުގައި ހިފައިގެން ގޮސް ކޮޓަރިއަށް ވަނެވެ. ދޮރުގައި ލެނގިލުމަށްފަހު މޫނުގައި އަތް އަޅާ ރޯން ފެށިއެވެ. ހިތްވަރު ކުރިޔަސް ރޮވެނީއެވެ. އެހިތުގައި ވޭން އަޅަނީއެވެ. ޒޭނާއަށް ރީމާގެ ހާލު ފެނިފައި ހަމްދަރުދީވެވުނެވެ.

 

“ނުރޮއެ ދެން ހުއްޓާލާ..އެއީ ފިރިހެނުންގެ ވައްތަރު… ރޮއެގެން ވާނި ކަމެއް ނޯންނާނެ.. ރީމް ދައްތިއަށް މާ ރަނގަޅު ކުދިން ލިބޭނެ..އެކްޗުއަލީ ހިޝާމްބެ ޑަޒަންޓް ޑިޒާވްސް ޔޫ…” ރީމާގެ ބޮލުގައި ފިރުމާލަމުން ޒޭނާ ވާހަކަ ދެއްކިއެވެ. “އަޅެ ޒޭނާ..ވަޓް ވޯޒް މައި ފޯލްޓް.. އެހާ ލޯބި ދިނީމަވެސް ލަނޑުދިނީ.. އިޓް ވޯޒް ޖަސްޓް އަ ޕާސް ޓައިމް ވިތް މީ.. ދުވަހަކުވެސް ފޮގިވްއެއް ނުކުރާނަން..” ރީމާގެ ހިތް ހަމަ ރަނގަޅަށްވެސް ކުދި ކުދި ވެއްޖެއެވެ. ރީމާ ބޭނުންވަނީ ވީހާ އަވަހަކަށްވެސް ރަށަށް ދާށެވެ. އެތާ ހުރެގެން ހިޝާމް މަތިން ހަނދާންވުން ނޫން އިތުރު ކަމެއް ނުވާނެއެވެ. ނަމަވެސް މަންމަމެން މަތިން ހިތަށް އަރުވާލާފައި ބޭނުންވީ ކޯހުން ރަނގަޅު ނަތީޖާއެއް ހޯދައިގެން ދާށެވެ. ފޯނު ނަގައި ހިޝާމްއަށް މެސްޖެއް ކޮށްލިއެވެ.

 

“އަހަރެން ހިޝާމްއާ ކޮށްލަން ބޭނުމީ އެންމެ ސުވާލެއް..އަހަންނަށް މިވަރުގެ ބޮޑު ލަނޑެއް ދިނީ އަހަރެންގެ ކޮން ކުށެއް އޮވެގެން..އަހަރެންވެސް ގަބޫލު ކުރަން އަަހަންނަށް ޝަކުވާ ކުރެވޭކަށް..އެކަމު ކީއްވެ ހިޝާމްއަށް ކަންތައް ކުރެވޭ ގޮތް އަމިއްލައަށް އިހުސާސްނުވަނީ..ހިޝާމްއަށް ނޭނގުނަސް އެތައް ރެޔަކު ހިޝާމް ގުޅާނެ ވަގުތަކަށް އިންތިޒާރު ކުރަން..މި ދެލޮލުން ތިލޯތްބަށްޓަކާ އެތައް ރުޔުމެއް ރުއިން..އެކަމު މީގެން އެއްވެސް ކަމެއް ހިޝާމައަށް އިހުސާސްވިތަ.. ލޯބިން މެސްޖެއް ކޮށްލިޔަސް ބަދަލުގައި އަހަންނަށް ރިޕްލައި ކުރި ހަނދާނެއްވޭތަ.. ޝަކުވާ ކުރީމަ ގޯސްވީ އަހަރެން..އެންމެ ރަނގަޅު.. އަދިވެސް އަހަރެންގެ ހިތުގަ ތިނޫން ނަމެއް ނުވޭ.. އަހަރެން ހިޝާމްދެކެ ވީ ލޯބި ނޭނގުނަސް އެކަމާ ޝަކުވާ ކުރާކަށް ނެތީން.. އަހަރެން ގާތު ރީތިކޮށް ހުރިހާއެއް ވާހަކައެއް ކިޔާދިންނަމަވެސް މިހާ ދެރައެއް ނުވީސް..އެހެން ކުއްޖެއް ފެނުމުން އަހަރެންވީ ލޯތްބަށް ފުރަގަސްދީފައި ތިދަނީ މިހިތް ރޮއްވަމުން.. ބޭކާރު ކޮށްލާފަ.. މައި ބެސްޓް ޕްރެޔާސް އާރ ވިތް ޔޫ.. މެރީ ކުރަން އުޅޭ ވާހަކަވެސް އަޑުއަހައިފިން..ކޮންގްރޭޓްސް..އަހަންނަށް ބޭވަފާތެރި ވީހެން އެކުއްޖާއަށް ބޭވަފާތެރި ނުވައްޗޭ.. މީ އަހަރެން ކުރާނެ އެންމެ ފަހު މެސްޖް..ހިޝާމްއަށް އަހަރެން މަތިން ހަނދާން ނައްތާލަން ފަސޭހަ ވިޔަސް އަހަންނަށް އެއީ ފަސޭހަ ކަމެއް ނޫނުް..ހިތް ނުރޮއްވާ ކުށަކާ ނުލާ ހިތް ނުރޮއްވާ..މޭގާ ޖަހާ ވިންދާ އެކީ އަދިވެސް އިވޭތީ ތިނަން..ކުރިހާއެ ވައުދާ ހުވާ ހިތަކުން ނުދާނޭ…” މެސްޖް ލިޔެ ނިމުނު އިރު ރީމާ ހުރީ އަތްވާޅު ވެފައެވެ. ހިޝާމް ޖަވާބު ނުފޮނުވާނެކަން އެނގޭއިރުވެސް މެސްޖް ކޮށްލީ އެހިތަށް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުންނެވެ.

 

 

ވަރަށް ހިތްވަރާއެކު މަސައްކަތްކޮށްގެން ރީމާ ކޯހުން ދެވަނަ ހޯދިއެވެ. މިކަމާ އެންމެންވެސް ތިބީ ވަރަށް އުފަލުންނެވެ. ތިން އަހަރު ފާއިތުވެގެން ދިޔައިރުވެސް ރީމާއަށް ހިޝާމް މަތިން ހަނދާން ނެތޭ ގޮތެއް ނުވިއެވެ. އަބަދުވެސް ހިތުގައިވަނީ އެނަމެވެ. ދުވަހަކުވެސް އެހެން ފިރިހެނަކަށް އެހިތުން ހިޝާމަށް ދެވިފައިވާ ޖާގައެއް ނުދެވޭނެއެވެ. އެއީ ރީމާގެ ފުރަތަމަ ލޯތްބެވެ.

 

މާޒީއަށް ގެއްލިފައި އިން ރީމާ ސިހުނީ ގުގުރީގެ އަޑަށެވެ. ކަރުނަތައް އަތުގެ ނުފުށުން ފުހެލަމުން ނޭފަތް ދަމާލިއެވެ. އެހިތުގައި އަދިވެސް ވެރިކަން ކުރަނީ ހިޝާމެވެ. ހިޝާމް އެކުގައި މިފަދަ އެތައް ވިއްސާރަ ދުވަހެއްވަނީ ހޭދަކޮށްފައެވެ. ވާރޭ ވެހޭ ކޮންމެ ދުވަހަކު ހިޝާމް މަތިން ހަނދާންވެއެވެ. ނަމަވެސް ދުވަހަކުވެސް ހިޝާމަށް މާފެއް ނުކުރާނެއެވެ. އެއީ ކުށަކާ ނުލައި ރީމާގެ ހިތް ރޮއްވާލީމައެވެ.

 

=ނިމުނީ=

Share Article

Follow Me Written By

Hannah

Level 110 Stories

Other Articles

Previous

ހަޔާތަށް ދިރުން ގެނެސްދިނީ ކަލާ (4)

Next

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 31

Next
November 28, 2015

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 31

Previews
November 28, 2015

ހަޔާތަށް ދިރުން ގެނެސްދިނީ ކަލާ (4)

20 Comments!

  1. Shara says:
    November 28, 2015 at 11:00 am

    wow

    1. Hannah says:
      November 28, 2015 at 12:24 pm

      Thank you shara 🙂

  2. Kudoo says:
    November 28, 2015 at 11:03 am

    Reethi..Koba zeesha vaahaka..

    1. Hannah says:
      November 28, 2015 at 12:25 pm

      Thank you.. kudoo zeesha vaahaka kiyan tha? mirey ehen noony maadhama gensedheynan. 🙂

  3. Ammu says:
    November 28, 2015 at 11:08 am

    Nice. Keep it up.

    1. Hannah says:
      November 28, 2015 at 12:25 pm

      Thank you Ammu 🙂

  4. Lynaaaaaaa says:
    November 28, 2015 at 11:14 am

    Wow

    1. Hannah says:
      November 28, 2015 at 12:26 pm

      thank you Lyna 🙂

  5. Queen says:
    November 28, 2015 at 12:18 pm

    Wow. Varah reethi. And queen liyefa inn story aa ves varah similar hehe. But not same. Hope to see another story if yours hannah.. ??❤❤

    1. Hannah says:
      November 28, 2015 at 12:32 pm

      Really.. ekam mee my own story eh ingey.. hanna ge long story eh ves liyamun mi dhany..zeesha vaahaka.. e vaahaka kiyaalaafa comment eh kohlahchey ingey.. anyway, thankyou :* 🙂 😀

  6. Naani says:
    November 28, 2015 at 12:23 pm

    Wowww… Superb…..!!!!!

    1. Hannah says:
      November 28, 2015 at 12:32 pm

      hehe. thank you Naani.. 🙂 keep reading ingey.. 😀

  7. misty says:
    November 28, 2015 at 1:04 pm

    Amazing ? varah reethi ?

    1. Hannah says:
      November 28, 2015 at 6:54 pm

      thank you misty.. 🙂

  8. Kudoo says:
    November 28, 2015 at 4:41 pm

    Sorry Hannah Kudoo zeesha vaahaka ah comment eh nukuran..

    1. Hannah says:
      November 28, 2015 at 6:55 pm

      It is okey dear.. 🙂 but keep reading. 😀

  9. A.M says:
    November 28, 2015 at 5:54 pm

    Varah reethi vaahaka eh

    1. Hannah says:
      November 28, 2015 at 6:57 pm

      thank you A.M 🙂

  10. aish says:
    November 28, 2015 at 8:59 pm

    V nice story eh <3

  11. modu says:
    December 10, 2015 at 1:47 pm

    Varah varah nice igey. Keep it up???

Comments are closed.


All Right Reserved!