Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

..ހާދައޭ ބޭނުމީ ކަލާ.. ( އަށްވަނަ ބައި )

suha
November 29, 2015
5 Mins Read
25 Comments

‘ ހާދައޭ ބޭނުމީ ކަލާ.. ގެ އެހީދެން ލޯބިން.. ތީމަގޭ މޭގަވާ އުފާ.. ވެރި މޫނޭ ލޯބިން.. ބީހިލާ ހިތްވެޔޭ ތިޔަ މޫނުގާ.. ‘ އެފްބީ ސްޓޭޓަސް އަޕް ކޮއްލުމާއިއެކު އެންމެ ފުރަތަމަވެސް ލިބުނީ ޒައިންގެ ލައިކެވެ.

*** *** ***

” ޒޯރާ ޕްލީސް.. މަށާ މީޓް ކޮށްލަން އެއްބަސްވެބަ މިރޭ.. މިހާރު ކޮން ދުވަހެއްތަ މިހެން ކިޔާތާ.. އަބަދުވެސް ކިޔަނީ އަދި ފެންނާނޭ.. ރައްޓެހިވެގެން މިހެން ނުފެނި އުޅެވޭތަ.. އަހަރެން ހާދަ ވެޔޭ ތި ލޯބި މޫނު ދެކޭހިތް.. ” ފިރާޒް އާދޭސް ކުރަމުން ދިޔައީ ޒޯރާއަށް ގުޅައިގެން ހުރެއެވެ.

 

 

” ކިހިނެއްތަ ވަކި މަ ތާކަށް ދާނީ..؟ ޒައިން ކޮންމެ ރެޔަކުވެސް ގޭގަ އުޅޭނެ.. ދުވާލު ގަޑީގަ މަށަކަށްވާ ނުކެރޭނެ ފިރާ އާ މީޓްކުރަން ތާކަށް ދާކަށް.. ” ހަދާނެ ގޮތް ހުސްވެފައިހުރި ޒޯރާ ވާހަކަ ދައްކަމުން ދިޔައީ ދެރަވެފައި ހުރެއެވެ.

 

” ސާބަސް.. މީހަކާ އިނަސް އަދިވެސް ބޮޑެއް ނުވޭ ދޯ.. ތިވަރަށް ވިސްނައިގެން ކިހިނެއްތަ ދުނިޔޭގަ އުޅެނީ.. ރައްޓެއްސަކާ އެކީ ޝޮޕިން އަކަށޭ ކިޔާފަ އާދެބަ މިރޭ.. ޕްލީސް.. ސޭ ޔެސް.. ” އިބިލީހެއް ވަސްވާސްދޭ ފަދައިން ފިރާޒް ޒޯރާއާއި ވާހަކަ ދައްކަމުން ދިޔައެވެ.

*** *** ***

” ޒައިން.. އެބަ އަންނަން ވަރަށް ގާތް ރައްޓެއްސަކާ އެކީ ބޭރަށް ގޮސްލާފަ.. އޭނަ ބޭރުގަ ކިޔަވަން ހުރެފަ ލާސްޓް ވީކް ގަ މިކޮޅަށް އައީ.. މަގުމަތިން ފެނިގެން ދިމާވާންވާނޭ ބުނި.. ނަންބަރ ވެސް ދީފަ ދިޔައީ.. މިއަދު ގުޅާފަ ބުނި މިރޭ ބޭރަށް ދެވިދާނެހޯ.. އަހަރެން ބުނިން ޔެސް އޭ.. ” ތުންފަތުގައި މަޑު ރަތް ކުލައެއް ޖައްސައިލުމަށްފަހު ދަބަސް ކޮނޑުގައި އަޅުވަމުން ބުނެލިއެވެ. ރުންކުރު ގޮތަކަށް ‘ ހޫމް.. ‘ އޭ ހަދާލި އިރުވެސް ޒައިން އޮތީ ފިލްމެއްގެ ތެރެއަށް ވަދެ ހުސްވެފައެވެ. ލަސްވެދާނޭ ކިޔާ ކޮޓަރިން ނިކުމެ ދޮރު ލައްޕައިލަމުން ޒޯރާ ހިންދެމިލީ ‘ ޔޭ ‘ އޭ ބުނަމުންނެވެ.

 

” ދަރިފުޅާ ކޮނަތާކަށް..؟ ” މި ނޫން ރެޔަކު އެކަނި ބޭރަށް ދާތަން ނުފެންނާތީ ސާރާ އަހާލީ ގަޑިއާއި ދިމާލައް ބަލަމުންނެވެ.

 

” ރައްޓެއްސަކާ އެކީ ބޭރަށް.. ” ފޯނުން މެސެޖް ކުރަމުން ޒޯރާ މައިދައިތަ އަށްވެސް ދޮގެއް ހަދައިލިއެވެ. ” ލަސްނުވެ އަންނަށްޗޭ.. ” ‘ ހޫމް ‘ އޭ ހަދައިލައި އަދި ހުރިހައި ކަމަކާ ބެހެން ޖެހޭހޭ ހިތާއި ހިތުން ކިޔާލިއެވެ.

*** *** ***

ފިރާޒް ބުނި ފަޅުގެ ދޮރުމަތީގައި ހުރި ޒޯރާގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. މަގުމަތީގައި އެއްވެސް މީހަކު ފެންނަން ނެތްއިރު އެއްވެސް އަލިކަމެއްވެސް ނެތެވެ. ކުއްލިއަކަށް ޒޯރާގެ އަނގަމަތީގައި މީހަކު އަތް އަޅައިލުމުން ޒޯރާ ބިރުން ފިތްކަނޑައިގެން ދިޔައެވެ. ހަޅޭ ލަވައިގަންނަން ނޭނގިފައި ހުރި ޒޯރާއަށް އެ އަތް ނައްޓުވަން ތެޅި ފޮޅެވުނީއެވެ. އެވަގުތު ހިތަށް އެރި އެއްޗަކުން އަނގައިގައި ހުރި ބާރެއް ލައިފައި އެމީހާގެ އަތުގައި ދަތް އަޅައިގަތެވެ.

 

” އައުޗް.. ސާބަހޭ މި މަށޭ.. ޖެހޭތަ ދަތް އަޅަން.. ތަދުވެއްޖޭ.. ” ޒޯރާ ހަމަޖެހުމުގެ ނޭވާއެއް ލަމުން އަނގަމަތީގަ އަތް އެޅިއެކޭ ކިޔާފަ މަށަށް ތި ފިރާ ކަމެއް އެނގޭހޭ ބުނެ ހީގަތެވެ. ” އޭ ސީރިއަސްކޮށް ވަރަށް ތަދުވެއްޖެ.. މި ތަދުގެ ބަދަލު ހިފާނަން މިރޭ.. ” މިހެން ކިޔައި ފަޅުގެ ތެރެއަށް ޒޯރާ ގޮވައިގެން ފިރާޒް ވަނީ މަސްތީ ބެލުމަކުން ޒޯރާގެ ދެލޮލަށް ބަލަހައްޓައިގެން ހުރެއެވެ. ” މަށަށް ރަނގަޅީވެސް ބަދަލް ހިފިއްޔާ.. ” ވައި އަޑުން ޒޯރާ މިހެން ބުނި ވަގުތު ފިރާޒްގެ ހިތްސުތައް ހޭލައިގަތެވެ.

 

ގަޑިން ބާރަ ޖަހަން ފަނަރަ މިނެޓަށް ވީތަނާހެން ކޮޓަރީގެ ދޮރު ހުޅުވައިލައިފައި ޒޯރާ ވަދެގެން އައިތަން ޒައިން އަށް ފެނުނެވެ. ޒޯރާ ހުރިގޮތް ފެނިފައި ޒައިން ނޫނަސް ހިތުގައި އެތައް ސުވާލުތަކެއް ފުނިޖެހޭނެއެވެ.

 

” ވަލަށް ވަދެފަތަ ތި އައީ..؟ މުޅި އަނގަ މަތީގަ ތިއޮތީ ލިޕްސްޓިކް ވިއްޔާ.. ދިޔައިރު ބޯވެސް ހުރީކީ ތިވައްތަރްކަށް ވެސް ނޫން.. ހާދަ ހޫނުވެފަ ކޮންތާކު އުޅެއުޅެފަ ތި އައީ..؟ އެނގޭތަ ގަޑިން ވީ ވަރު..؟ ” ހިތުގައި ކިތަންމެ ރުޅިވެރިކަމެއް އޮތަސް ޒައިން ވާހަކަ ދެއްކީ މަޑުމައިތިރިކަމާއި އެކުއެވެ.

 

” އާން އެއީ.. މީ.. މި އައީ މެގްނަމް ބޮއެގެން.. އެ ބޮމުން އަންނަނިކޮށް އޭނަ ހަމަ އަހަރެން އަނގައަށް ލައިލައި ހުއްޓަ އަތުން ޖެހިގަތީ.. ދެން މުޅި އަނގަ މަތީގަ އެ ހޭކުނީމަ ފުހެނިކޮށް ވެފަ ހުރި ގޮތެއް.. ”

 

” ދެން ބޮލޯ..؟ ” ވިސްނައިލަމުން ޒޯރާ ކިޔައިދޭން ފެއްޓިއެވެ. ” އާން.. އޭނަ ވަރަށް ގަޔަށް އަރާނެ.. ސްކޫލްގަ އުޅުން އިރުވެސް.. އަދިވެސް އެ ގޮތްގަނޑު ނުކެނޑޭ ބޮޑުވި އިރުވެސް.. ”

 

” ހާދަ ވަރުގަދަ ފްރެންޑް އެކޭ ދޯ.. ކޮންނަމެއްތަ ކިޔަނީ..؟ ” ” އޭނަ އަށް..؟ މްމްމް.. އޭނަ އަށް ދޯ.. އާން.. އޭނަ އަށް ކިޔަނީ ލަހުފާ.. ލަހޫ.. ” އެކި ނަންތައް ހިތައް އަރުވަމުން ގޮސް ނުވެސް ދަންނަ ނަމެއް ޒޯރާ ބުނެލައި އަވަހަށް ގޮސް ފާހާނާއަށް ވަދެ ދޮރު ލެއްޕިއެވެ.

 

ފެންވަރަން ހުރި ޒޯރާއަށް ދެލޯ މަރާއިލެވުމާއިއެކު ފެންނަމުން ދިޔައީ ދާދި ދެންމެއަކު ފިރާޒް އާއި އެކު ހޭދަ ކޮށްލި ވަގުތުކޮޅެވެ. ފެންތައް ގައިގައި ބީހިލާ އިރުވެސް ހީވަނީ ފިރާޒްގެ ފިނިފިނި ދެއަތުން ފިރުމާހެނެވެ. ކުއްލިއަކަށް ދެލޯ ހުޅުވައިލެވުނީ ޒައިން ދޮރުގައި ޓަކި ޖެހުމުންނެވެ.

 

” އަވަސް ކޮށްބަލަ.. މަ ފާހާނާ އަކަށް ދާން ވެއްޖޭ.. މިހާރު ކޮން އިރެއްތަ.. ” ޓަކި ތަޅަމުން ޒައިން މިހެން ބުނެލިއިރުވެސް ހީވަނީ ދެންމެ ދެންމެ ލެވިދާނެ ހެނެވެ.

 

” ނޯންނާނެ މީހެއް މަތިން ހަނދާން ކޮށްލެވޭކަށް.. ފިރާ އާ ބަލާފަ މީނައަށް ނުވެޔޭ އެއްކަމެއްވެސް.. އެހެން މީހަކު ޓެސްޓުކޮއްލީމަ މި އެނގުނީ.. ” މަޑުމަޑުން ވާހަކަ ދައްކަމުންދިޔަ ޒޯރާ އަވަސް އަވަސް   ކޮއްލައިގެން ނިކުތްތަނާހެން ޒައިން ވަނެވެ.

 

” އަހަރެން އެބަޖެހޭ އޮފީސް ދަތުރަކު ހަތަރުވަރަކަށް ދުވަހަށް ރަށުން ބޭރަށް ދާން.. ” ނިދަން އޮށޯވެ ޒައިން ބުނެލިއެވެ. ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފައިލާނަމޭ ހިތައް އަރާ ޒޯރާގެ ތުންފަތަށް ވެރިވީ ވިހަގަދަ ހިނިތުންވުމެކެވެ.

 

” އެންމެ ހަތަރު ދުވަހަށޭނުން.. އޯކޭ ވާނެ.. ވަޒީފާގެ ކަންކަމުގަ ފަރުވާކުޑަ ކުރާކަށް ނުވާނެ.. ” ޒައިން އަށް ހައިރާންކަން ލިބިގެން ދިޔައީ ފުރަތަމަ ފަހަރަށް ޒައިންގެ ވަޒީފާއާއި ދޭތެރޭ ޒޯރާ ވިސްނުމުންނެވެ. މީގެ ކުރިން އަބަދުވެސް ޒައިން ބިޒީއޭ ކިޔާ އޮފީހުން ކެނޑޭށޭވެސް އެތައް ފަހަރަކު ބުނެއެވެ. ނަމަވެސް އިތުރު އެއްޗެއް ޒައިން ނުބުނީ ބުނާއެއްޗަކުން ޒުވާބެއް އުފެދިދާނެތިންނެވެ. ހަގީގަތުގައި މިދަތުރުގައި ޒައިން ދާން އެއްބަސްވީވެސް ސިކުނޑިއަށް ލުޔެއް ލިބޭތޯއެވެ.

*** *** ***

އިރު ފެނުން ތޮޅިލި ވަގުތު ޒައިން ހުރީ ބަނދަރުމަތީގައެވެ. ތަންކޮޅެއް ދުރުން އޮފީހުގެ ދެ ބައިވެރިން އަންނަތަން ޒައިންއަށް ފެނުނެވެ. ޒައިން އާއި ހަމައަށް އާދެވުމާއިއެކު ލާންޗްއަށް އަރަންވީނުންހޭ ކިޔާ އެތަނުން އެކަކު ލާންޗްއާއި ދިމާއަށް ހިނގައިގަތެވެ.

 

މީން ދުވަހަކު ނުލިބޭހާ އުފާ ޒައިން ދިއުމުން ޒޯރާއަށް ލިބިގެން ދިޔައެވެ. ކޮންމެ ރެއަކު ރޭގަނޑުގެ ބޮޑުބައެއް ހޭދަ ކޮށްލަނީ ފިރާޒް އާއި އެކުއެވެ. ބައެއް ރޭރޭ ގެއަށް ނިދަންވެސް ނާދެއެވެ. ނަމަވެސް ފަތިސް ވަގުތު ސިއްރު ސިއްރުން ގެއަށް ވަންނަނީ ގޭގެ ޑަބަލް ތަޅުދަނޑި ޒޯރާ އަތުގައި އޮތުމުންނެވެ.

 

” ކިހާ ދުވަހެއްތަ މިގޮތައް އަހަރެން ތަޅުވާނީ..؟ ދެން ވިއްޔޭނުން އަހަރެން ކައިރިއަށް އުމުރަށް އަންނަން.. ” މެއި މަތީގައި ބޯ އަޅައިލައިގެން އޮތް ޒޯރާގެ އިސްތަށިގަނޑުގައި ފިރުމައިލަމުން ފިރާޒް ބުނެލިއެވެ. ދެމީހުން ތިބީ ފިރާޒްގެ ކޮޓަރީގައެވެ.

 

” އަހަރެން ކީކޭ ކިޔާފަތަ ވަރިވާނީ..؟ ޒައިންގެ އުނިކަމެއް އަހަންނަކަށް ނުފެނޭ.. އޮޅިގެންވެސް އޭނަ މަށަށް ހަގީގަތުގައި ގޯހެއް ނުވެޔޭ.. ” ޒައިން އާއި ދޭތެރޭ ހިތްހަމަ ނުޖެހުނެއް ކަމަކު ޒޯރާ ވާހަކަ ދެއްކީ ކަން ހިނގާ ގޮތަށެވެ. ” އަހަރެން އިންތިޒާރު ކުރާނަން.. ” ޒޯރާގެ ހަށިގަނޑުގައި ބައްދައިލަމުން ފިރާޒް ބުނެލިއެވެ.

 

” ހެލޯ ޒޯރާ.. މަށަށް އަދި ދެވެން އޮތީ ދެދުވަސް ވަރު ފަހުން.. އޮފީހުގަ އުޅޭ ދެތިން ކުއްޖެއްވެސް އަންނާނެ މިއަދު.. އޯކޭތަ..؟ ” ޒައިން އަހައިލިއެވެ. ޒޯރާގެ ހިތް އުފަލުން ފޮޅިލިއެވެ. ޒައިން ނެތީމަ ހާދަ ބޮލަށް ފަސޭހައޭ ހިތައް އަރަމުން ދިޔައެވެ. ” ޔެސް ޔެސް އޯކޭ.. ” އުފާވެފައި ހުރިވަރުން ޒޯރާއަށް ބުނެވުނީ ކުޑަކޮށް ނަށާލަމުންނެވެ.

*** *** ***

ނީޝް ބުނި ބުނުމަކަށް ޒޯރާ ތައްޔާރުވަމުން ދިޔައީ ހަވީރު ހިނގާލަން ދިއުމަށެވެ. ގެއިން ބޭރަށް ނުނިކުންނަތާ ގިނަ ދުވަސް ވެއްޖޭ ކިޔާ ހަތަރެއް ޖަހާއިރަށް ތައްޔާރުވާށޭ ބުނެވެސް ހަތަރެއް ނުޖަހަ ފަނަރަ މިނެޓަށް ވެފައި ހުއްޓައި ދޮރުގައި ޓަކިދޭން ފެށިއެވެ. ސާރާ އަށް ނިޝާ ހަވާލު ކުރުމަށްފަހު އަވަހަށް ނީޝް ގެއިން ނިކުތެވެ.

 

ރަށް ވަށާ ބުރެއްޖަހައިލަން އެންމެ ފުރަތަމަ ނީޝް މިސްރާބުޖެހީ ބަނދަރާއި ދިމާއަށެވެ. އެކި ވާހަކަ ދައްކައި ހީ ސަކަރާތް ޖަހަމުންދިޔަ ޒޯރާ ހުނުމުގެ އަޑު ކެނޑުނީ ކުއްލިއަކަށެވެ. ބަނދަރުމަތީ ތިބި މީހުންނަށް ނަޒަރު ހިންގައިލިއިރު މީގެ ކުރިން ކޮންމެސް ތާކުން ދެކެފައިވާ މޫނެއް ނީޝް އަށްވެސް ފާހަގަ ކުރެވުނެވެ. އާއެކެވެ. ދުވަސްތަކުގެ ސޮފްހާތައް ފަހަތައް އުކަމުން ދިޔައިރު ތަންކޮޅެއް ކުރިން ޒައިން އެކީ ރެސްޓޯރެންޓް އެއްގައި ފޮޓޯނަގަންއިން ކުއްޖާއާއި ވައްތަރުވެގެން ދިޔައެވެ. އޭނާ ފެންނައިރަށް ޒޯރާއަށް މިވަނީ ކީއްހޭ ނީޝްގެ ހިތައް އަރަމުން ދިޔައެވެ.

 

” ދެން ތި ހުރި ގޮތައް ހުންނާނީތަ..؟ ހުރި ފިޔަވަޅުމަތީ ޖެހި ބުދެއްހެން ބިމުގަ ތަތްލަވާފަ.. ” ޒޯރާ ފަރާތަކަށް ގުޑިވެސް ނުލައި ހުރުމުން ނީޝް އަހައިލިއެވެ.

 

” މަ ހާދަ ފޫއްސެއްވާ މީހެކޭ އެހެރީ.. ޒައިން ފަހަތުން އަބަދު ދުވާނެ.. މިހާރުވެސް ޒައިން ރަށުން ބޭރުގަ އުޅޭތީ ކެތް ނުވެގެން އެ ދަނީ އެތަނަށް.. އޮފީހުން ދިމާ ނުވިއްޔާ ހުރިތާކަށް ގޮސްވެސް އޭނަ ޒައިން ހޯދާނެ.. ބޮޑު އުނދަގުލެއް ކަހަލަ އައިރީން ގަނޑެއް.. ” އެންމެ ފަހު ޖުމްލައިން ބުނެލި ނަމަކީ ނީޝް އަށް މިހާތަނަށް ފެނުނު އެންމެ ރީތިވި ނަމެވެ. އެ ދުހުވެސް އެ ނަން ބުނުމުން އެހާ ރުޅިއެއްއައީ މިހެންވެތާއެވެ.

*** *** ***

” މަށަށް އެނގިއްޖެ ދެ ދުވަހޭ ކިޔާފަ ތި ތަނުން ނާދެވިގެން ތި އުޅެނީ އެ އައިރީން ގަނޑުގެ ބޭނުން ޖެހިގެންކަން.. އެވަރަށް އޭނަ ބޭނުންވާއިރު ކީއްވެގެންތަ ނުބުނެވިގެން ތި އުޅެނީ..؟ ވަރިކުރަން ނުކެރިގެން ތި އުޅެނީ..؟ ” ޒައިން ފޯން ނެގުމާއިއެކު ޒޯރާ ހަޅޭލަވައިގަތްލެ ބާރުކަމުން އެ ކިޔާއެއްޗެއް އަޑުއަހަން ފޯން ކަންފަތާއި ދުރުކޮށްލިއެވެ. އަބަދުހެން ވަރިއަށް އެދޭތީ ޒައިން ލޭ ކެކެން ފެށިއެވެ.

 

” ބުނަންތަ ވާހަކައެއް.. އަހަރެން ޒޯރާ އާ ރައްޓެހިވީ ރުޅިވާކަށް ނޫން.. އަހަރެން ޒޯރާ އާ އިނީ ވަރިވާކަށްވެސް ނޫން.. އެހެން ނޫނަސް އެވަރަކުން ކައިވެނި ނުކޮށްގެން ދުވީ މަށެއް ނޫނޭ ދެން މިހާރު ކޯއްޗެކޭ ކިޔާކަށް.. މިތާކަށް އޮފީހުގަ އުޅޭ އަންހެނުންނެއް ނާދޭ.. ރަށުން ބޭރަށް އޮފީސް އަންހެން ކުދިން ނުވެސް ފޮނުވާނެ.. ކާކު ކޯއްޗެކޭ ކިޔައިގެންތަ ތި އުޅެނީ.. ” މަސައްކަތް ކުރާ މާހައުލުގައި ހުރުމުން ޒައިން މަޑުން ވާހަކަ ދެއްކިއެއް ކަމަކު އެ އަޑުގައި ވަނީ ރުޅިވެރިކަމެވެ.

 

” އާޗާ.. ރީއްޗޭނުން ބުނެލި ވާހަކަ.. ލޮލުން ދެކެ އަތުން ހިފާފަ ބުނީމަވެސް ދައްކާލި ވާހަކަ މޮޅޭނުން.. ” އިތުރަށް ޒައިންއަށް ކެތް ނުވެގެން ފޯން ކަނޑައިލައި އޮފް ކޮށްލިއެވެ. އެއަށްފަހު ފުންކޮށް ވިސްނާލުމަށްފަހު ޒައިން ނިންމީ އައިރީންއާއި ވާހަކަ ނުދެއްކުމަށެވެ.

 

 

( ނުނިމޭ )

12
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

suha

Other Articles

Previous

ދުނިޔެއިން ނިމިދިޔަ ޔަސް……..

Next

ޝެރިން (20 ވަނަ ބައި)

Next
November 29, 2015

ޝެރިން (20 ވަނަ ބައި)

Previews
November 29, 2015

ދުނިޔެއިން ނިމިދިޔަ ޔަސް……..

25 Comments

  1. sim says:
    November 29, 2015 at 8:05 am

    Wow v reethi mi part ves…

  2. Suhey says:
    November 29, 2015 at 8:10 am

    Wah wah… Vrh salhi mi part ves.. Keep it up suha.. Next part upload kurahchey avahah ?

  3. suha says:
    November 29, 2015 at 8:48 am

    Ya ya. Tomorrow insha Allah.. Thnkx my luvin Suhey and sim.. ?

  4. Sam says:
    November 29, 2015 at 8:52 am

    Ahaa…varehge zoraa ehnu thy..eyna beynun gothakah eyna ah ulhevey dhw..zain v ma eyna jahaahaa berakah nashan tha jeheny..suhaa keep it up..

  5. suha says:
    November 29, 2015 at 9:04 am

    Sam mee hama mihaarakah ays me ah fenna manzareh vyma me migothah vaahaka liyuny.. Me vx hama Zora eh bunelaahen lolun dheke athun hifaafa liyaa vaaha eh… 😛 Mihaaru firihenunnah vuren anhenun maa molheyy.. Lol.. Huthuru dhw.. Keke.. Anyways thnkx ingey sum.. ?

  6. kidy says:
    November 29, 2015 at 9:57 am

    Varah reethi egey

  7. Naani says:
    November 29, 2015 at 10:10 am

    Masha’Allah!! Warah reethii.. 🙂 :*

  8. isha says:
    November 29, 2015 at 10:40 am

    very nice story

  9. suha says:
    November 29, 2015 at 10:41 am

    Thnkx kidy, naani and ishaaaaa…. :-*

  10. zee says:
    November 29, 2015 at 11:15 am

    Vvv reethi.

  11. Queen says:
    November 29, 2015 at 12:16 pm

    Varugadha xora eh. BTW story varaaaah reethi.

  12. Ahmed Ammu says:
    November 29, 2015 at 12:47 pm

    Awesome. Shuhakko keep it up.

  13. Ira says:
    November 29, 2015 at 1:19 pm

    Xora maraalabala haadha foohi veyey 🙂 😉 story is awesome

  14. azi says:
    November 29, 2015 at 1:23 pm

    Wow… Waiting for the next part…..

  15. lam says:
    November 29, 2015 at 1:47 pm

    haadha rychey suhaa. your story is very interesting.

  16. suha says:
    November 29, 2015 at 1:48 pm

    Keke.. Dhw.. Hmm Eii hingaalaa grl ekey.. 😛 thnkx zee, queen, Ammu, ira nd azi…. ??

  17. suha says:
    November 29, 2015 at 2:51 pm

    Asluvxtha lammmm…. ThnkQ..

  18. shaba says:
    November 29, 2015 at 3:20 pm

    Suhaaa i luv ur story…
    Welldone… keep it up.. ☺

  19. maakanaa says:
    November 29, 2015 at 3:50 pm

    Habeys mi part ves.salhi ingey

  20. suha says:
    November 29, 2015 at 5:36 pm

    Hehe.. Shaba.. I really luv to ryt stories.. Thnkx shaba and maakanaa.. ??

  21. Naa says:
    November 29, 2015 at 5:57 pm

    V reethi

  22. Red Rose says:
    November 29, 2015 at 7:15 pm

    Thioh zora eh dhoa! Haadha foohseh veyey.
    mi part ves varah rythi. Keep it up

  23. lillygirl says:
    November 29, 2015 at 9:14 pm

    kada story eh

  24. vafy says:
    November 29, 2015 at 9:51 pm

    Lillygirl kaey thy dhekolhah kendey meehehtha.. Lol.. Kada noonihyaa nukyma vynun.. Ehn noony kaey amilla ah vaahaka liye liyefa kyma vynun.. Eh dhogu vrh rythi story eh..

  25. eshal says:
    November 30, 2015 at 2:07 am

    Mi partves v v v salhi

Comments are closed.

All Right Reserved!