Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 31

Esfiya Level 310 Stories100 Login
November 28, 2015 5 Mins Read
20 Comments

ޖާހަތު ހީކޮށްގެން އުޅެނީ ކީކޭ ހެއްޔެވެ؟ މިފަހަރު ޖާހަތުގެ ޕްލޭން ހަމަ ހިލާ ކާމިޔާބު ވިޔަކަ ނުދޭނަމޭ ހިތް ބުނަމުން ދިޔައެވެ.

ތައްޔާރުވެލައިގެން ބަދިގެއަށް ދިޔައިރު ސައި ހުރީ ތައްޔާރު ކުރެވިފައެވެ. މަސްހުންޏާ ރޮށްޓާއެކު ބިސްގަނޑެއްގެ އިތުރުން ހަނާކޮށްފައިވާ ސޮސެޖެވެ. މިހުރިހައި އެއްޗަކަށް ފުރިހަމަކަން ގެނެސްދިނީ ކައިރީގައި ހުރި ހޫނު ކަޅުސައިތަށްޓެވެ. އާއިޒު އިށީނދެ ސައިބޯންފެށިއެވެ. ސައިތަށިން އެންމެ ފަހު ކޯވަރު ބޯން އިންދާ ޝަކީލާ އައެވެ.

“ދަރިފުޅު ސައިބޮއެ ނިންމާލީތަ؟” ޝަކީލާ ގޮނޑީގައި އިށީންނަމުން ސުވާލު ކޮށްލި އެވެ.
“އާން! މިއަދު މޮޑެފަ ހުރި މަސްހުނި ވަރަށް މީރު. މަންމަ ހާދަ މޮޅޭ ކާއެއްޗެހި ތައްޔާރުކުރަން.”

އާއިޒު ޝަކީލާއަށް ތަޢުރީފުކުރަމުން ތެދުވެގެން ގޮސް އައިސް އަލަމާރި ކައިރިއަށް ހުއްޓި ފެންފުޅިއެއް ނަގައިގެން އަނގަޔަށް ފެން ކޯވަރުތައް އަޅާލި އެވެ.

“އެހެންތަ؟ އެކަމަކު މިއަދު ތި ތަޢުރީފު ހައްގުވެގެން ވަނީ މަންމަ އަކަށް ނޫން. މިއަދު ސައި ތައްޔާރުކުރީ ޖާހަތު.” ޝަކީލާގެ ވާހަކައިން އާއިޒު ކޮށި އަރާގޮތްވި ނަމަވެސް ހަމައަކަށް އަޅުވާލިއެވެ. ބަދިގޭ ދޮރުން ވަދެގެން އައި ޖާހަތުއަށް މިމަންޒަރު ފެނުނެވެ.

‘ހްމް. ރީތި މަންޒަރެއް ފެނިއްޖެއެއްނު! ދެން މަލާމާތް ކުރަންފަށާ އަވަހަށް’ އާއިޒު ހިތުތެރެއިން އެތިވަރު ގޮވައިގަތެވެ. ޖާހަތު ހުންނަނީ އާއިޒުއަށް ޖެއްސުމެއް ނުވަތަ މަލާމާތެއް ކޮށްލަނުލެވިގެން ހަމަކިރިޔާކަން އާއިޒު ގަބޫލުކުރެއެވެ.

ޖާހަތު އިސްޖަހާލިއެވެ. ލަދުރަކި ހިނިތުންވުމެއް އެމޫނުމަތިން ދުވެލިތަން ފެނި އާއިޒުއަށް ހައިރާންކަން ލިބިގެން ދިޔައެވެ.

“އެހެންވީމަ ދަރިފުޅުގެ ދުލުން ނިކުތް ހުރިހާ ތަޢުރީފުގެ ބަސްތަކެއް ހައްގުވަނީ ޖާހަތުއަށް. ދަރިފުޅާ! އާދޭ އަވަހަށް މަންމައާ އެކީ ސައިބޯން.” ޝަކީލާ ދޮރުމަތީގައި ހުރި ޖާހަތު ފެނުމުން ގޮވާލިއެވެ. “މަންމަ ހީކުރީ އާއިޒުއާ އެކީކަމަށް ދަރިފުޅުވެސް ސައިބޯނީ!” ޖާހަތު ހިނގައިގަތުމުން ޝަކީލާ އިތުރަށް ބުނެލިއެވެ.

ޖާހަތު އިސްޖަހައިގެން ހުރެ މޭޒު ކައިރިއަށް ހިނގައިގަތެވެ. މޭޒުކައިރިއަށް ދެވެނީ އައިސް އަލަމާރި ފަސްދީފައިކަމުން އާއިޒުއާ އަރާހަމަވަމުން މަޑުމަޑުން އިސްއުފުލާލައި ބަލައިލިއެވެ.

އާއިޒުއަށް ބަލަން އިނދެވުނީއެވެ. ޖާހަތު މިއަދު މިއުޅެނީ ކިހިނެއް ހެއްޔެވެ؟ ޖާހަތު އާއިޒު ހުރަސް ކޮށްގޮސް މޭޒުދޮށުގައި އިށީނދެ ސައިބޯންފެށިއެވެ.

“ދަރިފުޅު އޮފީހަށް ނުދަނީތަ؟” ޖާހަތުއަށް ބަލަހައްޓައިގެން ހުރެވުނު އާއިޒަށް އިޝާރާތް ކޮށްލަމުން ޝަކީލާ ސުވާލު ކޮށްލިއެވެ. އާއިޒަށް ސިހުންލިބި އަވަސްއަވަހަށް ދޮރާ ދިމާއަށް ހިގައިގަތެވެ. އެހިނދު ޖާހަތު ލަދުރަކި ގޮތަކަށް ހީނގަތްތަން ފެނުނެވެ. އެހެންކަމުން އާއިޒު ދޮރުން ނިކުންނަނަމުންވެސް ފަހަތަށް ބަލާލެވުނެވެ. ޖާހަތުވެސް އިނީ ބަލަހައްޓައިގެންނެވެ. އެމޫނުމަތިން އާދަޔާ ހިލާފު އަސަރުތަކެއް ފެންނަމުން ދިޔައެވެ. ޖެއްސުންކުރުމާއި މަލާމާތްކުރުމުގެ އަސަރެއް ހަމަ ޔަޤީނުންވެސް ނެތެވެ.

އެދުވަހު އޮފީހުގައި އިން އިރުވެސް ދޭތެރެ ދޭތެރެއިން ޖާހަތުގެ އެ އަޖާއިބުވަނިވި ހަރަކާތްތައް ސިކުނޑިއަށް ވެރިވެގަނެއެވެ. ނަމަވެސް މިއީވެސް ޖާހަތުގެ ކޮންމެވެސް ރޭވުމެކޭ ބުނެ އަމިއްލަ ނަފުސަށް ވިސްނައިދެމުން ދިޔައެވެ.

ޔާނާއަށް ހޭލެވުނީ ހީކަރުވައި ގަތުމުންނެވެ. އީމަން ނިދީ ތެރޭގައި އޮވެ ފުރޮޅިގަތުމުން ބްލޭންކެޓް ޔާނާގެ ގައިމަތިން ކެހިގެން ދިޔައީއެވެ. ޔާނާ އީމަންއާ ކަރިވެލިއެވެ. ބަންޑުން ނިދިފައި އޮތް އިރު އީމަންގެ މޫނުމަތިން ހިތްހަމަ ޖެހުން ފެންނަމުން ދިޔައެވެ. ޔާނާ އީމަންގެ ނިތްކުރީގައި ފިރުމާލަމުން އިސްތަށިތަށް މައްޗަށް އަރުވާލިއެވެ. މަޑުމަޑުން ގުދުވެލާފައި އީމަންގެ ނިތްކުރީގައި ބޮސްދިނެވެ. އެއަށްފަހު ތެދުވެގެން ގޮސް ދޮރުކައިރީގައި އޮތް ސާލުނަގައި ގަޔާއި ބޯ ނިވާ ކޮށްލިއެވެ. ތަންޑުން ނައްޓާލަމުން އީމަންއަށް ބަލައިލިއެވެ.
ފަތިހުގެ އަނދިރިކަމާއި އެ ހަމަ ހިމޭންކަމުގައި ޔާނާ މަޑުމަޑުން އީމަންގެ ކޮޓަރިން ނިކުމެގެން ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ސިޓިން ރޫމު ހުރަސް ކޮށްކޮށް ހުއްޓާ ސިހިގެން ދިޔައީ މީހެއްގެ ހިލަން ވިހެން ހީވުމުންނެވެ. އެނބުރި ފަހަތަށް ބަލައިލި އިރު އެކަކުވެސް ފެންނާކަށް ނެތެވެ. މަޑުމަޑުން އަނެއްކާވެސް ކުރިއަށް ހިނގައި ގަތެވެ. ނަމަވެސް ފަހަތުގައި މީހަކު ހުރިހެން ހީވަނީއެވެ. ޔާނާގެ ހަރަކާތްތަކަށް މީހަކު ބަލަމުންދާހެން ހީވަނީއެވެ. އަވަސް ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރިއަށްވަދެ ދޮރު ލެއްޕިއެވެ.

އާއިޒު ގެއަށް އައީ އިރުއޮއްސުނު ފަހުންނެވެ. އޮފީސް ނިންމާލުމަށްފަހު ބޭރު ތެރޭގައި އުޅެމުން ދިޔައީ އާއިޒުގެ ގްރޫޕާ އެކީއެވެ. ގެއަށް ވަދެވުނު އިރު ޖާހަތު ކާމޭޒުކައިރީގައި ހުއްޓެވެ. މޭޒުމަތީގައި މެންދުރުގެ ކެއުމުގެ އިތުރުން ހަވީރުގެ ސަޔާއި އަދި ރޭގަނޑުގެ ކެއުންވެސް ތައްޔާރު ކުރެވިފައި ހުއްޓެވެ.

ބޭރުގައި އެހާ ހަމަ ޖެހިލައިގެން އުޅުމަށްފަހު އަނެއްކާ ޖާހަތު އަރަތެއްކަމުގައިވެ ހުރެ އާއިޒުގެ ސިކުނޑިއަށް ސަވާރުވެގެން ދިޔަ ފަދައެވެ. އަނެއްކާވެސް ބޮޑު ބޮލުރިހުންގަނޑެއްގެ ތެރެއަށް އާދެވުނުހެން އާއިޒަށް ހީވިއެވެ. އައިރުޅީގައި ޖާހަތު ކައިރިއަށް ގޮސް ހުއްޓުނެވެ. “ކިހާ ބޮޑު އުނދަގުލެއްތަ ކަލެޔާ ހެދި؟ ތި ކުޅިގަނޑު ހުއްޓާލާ!”

އާއިޒުގެ ރުޅިވެރި ބަސްތަކުން ޖާހަތު ސިހިގެން ދިޔައެވެ.
“ކިހި..ކިހިނެއްވީ؟” ޖާހަތު އަށް ސުވާލުކޮށްލެވުނެވެ.
“ކިހިނެއްހޭ ވީ؟ މި ވީގޮތަކީ،،،” ހަޅޭއްލަވައިގަންނަމުން އާއިޒު މޭޒުމަތީ ތިބި ހުރިހާ އެއްޗެއް އަތުން ޖަހާ ބިންމައްޗަށް ވައްޓާލިއެވެ. ޖާހަތުއަށް ބިރުން ގޮސް ދެކަންފަތްމަތީގައި އަތް އެޅުނެވެ.
“ބުނީމެއްނު މައިތިރިވެގެން ހުންނާށޭ! ތިއުޅެނީ އަހަރެންގެ ހުރިވަރު ނޭނގިގެން. އެއްޗެކޭ ނުބުނެ މިހުންނަނީ މަންމައަށް ވިސްނާލާ ތަންކޮޅުން. އެހެންނޫންނަމަ ކަލޭ މިގެއިން ނެރެ އެއްލާލިތަން ކޮންދުވަހެއް! ގޮތް ކުޑަ އަންހެނާ! ތިއީތަ ކަލޭގެ މައިންބަފައިން ކަލެއަށް ދިން ތަރުބިއްޔަތަކީ؟” ޖާހަތު ހިން ދިރުވާލިއެވެ. އާއިޒުގެ މޫނު މަތިން ފެންނަމުން ދިޔަ ނަފްރަތާއި ރުޅިވެރިކަން ފެނި އާއިޒު ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެޔޭ ހިތްބުނެލިއެވެ.

“އާއިޒު!” ރުޅިވެރިކަމާއެކީ ޝަކީލާގެ އަޑު މުޅި ތަނުގައި ގުގުމައިގެން ދިޔައެވެ. ގޭދޮރުމަތީގައި ހުރި ޝަކީލާގެ މޫނު މަތިން ރުޅިވެރިކަން ފެންނަމުން ދިޔައެވެ. ޖާހަތު ސިހިގެން ދިޔައެވެ. ޝަކީލާ އެހާ އަވަހަށް ގެއަށް އައިސްދާން ކަމަށް ހީކޮށްފައި ނުވަނީއެވެ. އަދި އޭގެ އިތުރުން މިފަދަ މަންޒަރެއް ޝަކީލާއަށް ފެނުމުން ހިތަށް ކުރާނެ އަސަރު އިހުސާސް ކުރެވުނީމައެވެ.

“އާއިޒުއަށް ހަމަ ސާބަސް! ތިވަރުކޮށްނުލިއްޔާ ހަމަ ހިތް ނުފުރެނީތަ! އެމަންޖެ ކިހާ ލޯބިން އާއިޒުއަށް ކާއެއްޗެހި ތައްޔާރުކޮށްގެން މިއަދު މެންދުރުއްސުރެ އެހުންނަނީ! އެކަމަކު އާއިޒު ގެއަށް ނައިތާނގަ ގުޅާވެސް ލީއެއް ނޫން. އަދިވެސް ރުޅި އަންނަން ޖެހެނީ އާއިޒުތަ؟” ޝަކީލާ ހިތްހަމަ ނުޖެހިފައި ހުރެ ވާހަކަ ދައްކަމުން ދިޔައެވެ.

“އަހަރެން ނުބުނަން އަހަރެންނަށް ދޭން ކާއެއްޗެހި ތައްޔާރުކުރާކަށް. އެހެންނަމަވެސް..” އާއިޒުގެ ވާހަ މެދު ކަނޑާލީ ޝަކީލާ ވާހަކަދައްކަން ފެށުމުންނެވެ.

“ދެން ތިހެންތަ ކަންތައް ކުރަންވީ. ޖާހަތު ކިހާ ދެރަވާނެ! ދަރިފުޅަށް ނޭނގި އޮތީ ކަމަށްވެސް ވެދާނެ! ޖާހަތުގެ މަންމައާ ބައްޕަ އެއް ނެތޭ ޖާހަތުއަށް ލޯބިދީ ހިތްވަރު ދިނުމަކަށް.” ޝަކީލާ އާއިޒުއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ.

“ރަނގަޅޭ! އެކަކުވެސް އެކަހަލަ މީހަކާއެކީ އުޅޭކަށް ބޭނުމެއް ނުވާނެޔޭ! އެހެންވެ އޭނަ ދޫކޮށްލާފަ އެންމެންދަނީ.” އާއިޒު ފަރުވާލެއް ނެތް ރާގެއްގައި ދެއްކި ވާހަކަތައް ޖާހަތުއަށް ސިފަ ކުރެވިގެން ދިޔައީ މެޔަށް ހެރެމުން ދިޔަ ވިހަ ތީރުތަކެއްގެ ސިފައިގައެވެ. ޝަކީލާ އާއިޒުއަށް ގޮވާލީ ހިތްހަމަ ނުޖެހުމުގެ ރާގުގައި ހަރުކަށި ކަމާއެކީއެވެ. އާއިޒު ގޮސް ކޮޓަރިއަށްވަނެވެ.

ޝަކީލާ ޖާހަތުއަށް ބަލައިލިއެވެ. ޖާހަތު އިނީ އިސްޖަހާލައިގެންނެވެ. ނަމަވެސް އެހިތަށް ކުރާނެ އަސަރު ޝަކީލާއަށް އިހުސާސް ވާފަދައެވެ.

“ދަރިފުޅާ! މަންމައަށް އެނގޭ ތިދެކުދިންގެ ދެމެދުގައި އެއްވެސް ކަހަލަ ގުޅުމެއް ނެތްކަން. މަންމަ ރޭ ދެއްކި ވާހަކަ ގަބޫލުކޮށްގެން ދަރިފުޅު ކިތަންމެ މަސައްކަތެއް ކުރިއަސް މި މަންމައަށް ލިބިފައި ހުރި ދަރިފުޅުގެ ފަރާތުން އެއްވެސް ކަހަލަ އެއްބާރުލުމެއް ނުލިބޭނެކަން އެނގޭ. މީހުން ބުނަނީ މައިންބަފައިންގެ ލޯތްބާ އަޅާލުން ލިބިގެން ބޮޑުވާ ކުދިންނޭ ހެޔޮ މަގުގަ އުޅޭނީ. އެކަމަކު މަންމަ އެކަމާ އެއްބަހެއް ނޫން. ރަނގަޅު ސާލިހު ދަރިއެއް ލިބުމަށް މަންމަވެސް އެދުނީ. އެކަމަށް މަސައްކަތްވެސް ކުރީ. އެކަމަކު މަންމަގެ ތަރުބިއްޔަތުގައި އުނިކަމެއް ހުރީކަމަށްވާނީ. މިމަންމައަށްވެސް ތިކަހަލަ ކިޔަމަންތެރި ކުއްޖެއް ލިބޭނެނަމަ..” ޝަކީލާއަށް ރޮވުނެވެ. ޖާހަތު ޝަކީލާގެ ގައިގައި އޮޅުލައިގަތެވެ.

“ނޫން މަންމާ! ތިހެން ނުބުނޭ. މަންމަގެ ތަރުބިއްޔަތުގައި އެއްވެސް އުނިކަމެއް ނެތް. މިއީ ތަޤްދީރު. އެކަމަކު އެއްވެސް އިންސާނަކަށް އެކަލާނގެ ދެރައެއް ނުދެއްވާނެ. ނިކަން ބަލާބަލަ. އަހަރެން ބޭނުންވީ މައިވަންތަކަމުގެ ލޯބި. އަހަރެންގެ އަސްލު މަންމަގެ ފަރާތުންވެސް ތިވަރަށް ލޯބި ލިބޭނެކަމެއް ނޭނގެ. ދެން އޮތީ މަންމަގެ ދަރިފުޅުގެ ވާހަކަ. އަހަރެން މަންމައަށް ވަޢުދުވަން. އަހަރެން މަންމަގެ ދަރިފުޅު މަންމައަށް ގެނެސް ދޭނަން.” ޖާހަތު ޝަކީލާގެ މޫނު ފުހެލަ ދިނެވެ. އަދި ހިނިތުންވެލިއެވެ.
“ތި ވަރަށް ހިތްވަރު ގަދަ ކުއްޖެއް.” ޝަކީލާވެސް ހިނިތުންވެލަމުން ބުނެލިއެވެ.

ޝަކީލާ ގޮސް ކޮޓަރިއަށްވަނެވެ. ޖާހަތުގެ މޫނު މަތިން ހިނިތުންވުން ގެއްލިގެން ދިޔައެވެ. ހިތަށް ވެރިވެފައިވާ މާޔޫސްކަން މޫނުމަތިން ސާފުކޮށް ފެންނަން ފެށިއެވެ. ސިކުނޑީގައި ގުގުމަމުން ދިޔައީ އާއިޒުގެ ބަސްތަކެވެ. ‘ އެކަކުވެސް އެކަހަލަ މީހަކާއެކީ އުޅޭކަށް ބޭނުމެއް ނުވާނެ! އެހެންވެ އެންމެން އޭނަ ދޫކޮށްލާފަ އެންމެންދަނީ.’ ތަށިތައް ނަގާއި ސާފުކުރަމުން ދިޔައިރު ޖާހަތު ހީވަނީ އިހުސާސެއްނެތް ހަށިގަނޑެއް ހެންނެވެ. ހިޔާލުތަކަކަށް ގެއްލިފައި ހުރެ މަސައްކަތް ކޮށް ނިންމާލިއެވެ. ނަމަވެސް އެސިކުނޑީގައި އެނބުރެމުން ދަނީ ކޮންފަދަ ތޫފާނެއްކަމެއް އަދި ހިތުގައި އަޅަމުންދަނީ ކޮންފަދަ ރިހުންގަދަ ވޭނެއްކަމެއް ހަށިގަނޑުގެ ބޭރު ފުށަކަށް ނޭނގެއެވެ.

ޖާހަތު ކޮޓަރިއަށް ވަނެވެ. އާއިޒު އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. ޖާހަތު ފާހާނާއަށްވަދެ މޫނު ދޮވެލައިގެން ނިކުތެވެ. އަދި އެނދުގައި އޮށޯވެލިއެވެ. އާއިޒު ފުންމައިގެން ތެދުވިއެވެ. ރުޅިވެރިކަމާއެކީގައި އެނދުގައި އިށީނދެލިއެވެ.

“އަހަރެން ބޭނުމެއް ނުވޭ މަންމައަށް އެއްވެސް ކަހަލަ ހިތްދަތިކަމެއް ދޭން. މިރޭ ފެނުނުފަދަ މަންޒަރެއް ދެވަނަ ފަހަރަށް މަންމައަށް ފެނިގެން ނުވާނެ. މަންމަގެ އުފަލަށްޓަކައި އަހަރެން ކައިވެނި ކުރީ. ނޭނގެ ކަލޭގެ ފަރާތުން ކޮން ސިފައެއް ފެނިގެން ކަމެއްވެސް މަންމަ އެއުޅެނީ.” އާއިޒު ހިތްހަމަ ނުޖެހިފައި ހުރެ ދައްކަމުން ދިޔަ ވާހަކަ ތަކަކީ އެދުމެއް ކަމެއް ނުވަތަ އިންޒާރެއްކަމެއް ޖާހަތުއަށް ނުވިސްނުނެވެ.

“އަޑު އިވިއްޖެތަ؟” ޖާހަތުގެ ހަބަރެއް ނުވުމުން އާއިޒު ހަރުކަށި ކަމާއެކީ ސުވާލު ކޮށްލުމުން ޖާހަތު ސިހިގެން ދިޔައެވެ. އަދި މަޑުމަޑުން ހުމް އޭ ބުނެލިއެވެ.

“ވާ ފޫއްސެއް ބުނަންވެސް ނޭނގޭ!” އާއިޒު ނުރުހުމުގެ ރާގެއްގައި ބުނަމުން އެނދުން ތެދުވިއެވެ. އަދި އަލަމާރިން ޓީޝާޓެއް ނެގުމަށްފަހު ލައިގެން ދޮރު ހުޅުވާލުމަށްފަހު ބޭރަށް ނިކުމެގެން ދިޔައެވެ.

ޖާހަތު މޮޅިވެރި ކަމާއެކީގައި ތެދުވެ އެނދުމަތީގައި އިށީނދެލިއެވެ. އިސްޖަހާލައިގެން އިނދެވުނީ އިރުކޮޅެއް ވަންދެނެވެ. މަޑުމަޑުން ކަރުނަ ތިކިތަށް ކޯތާފަތްމަތިން ފައިބަން ފެށިއެވެ. މަޑުމަޑު ގިސްލެވުމުގެ އަޑު ކޮޓަރިތެރެއިން އިވިއިވި ހުއްޓެވެ.

ޔާނާ ސައިބޯން ދިޔައިރު އެންމެން މޭޒުކަރީގައި ތިއްބެވެ. ފަތިހު ތެދުވެފައި އަނެއްކާވެސް އޮށޯވެލުމުން ނިދުނީއެވެ. ޔާނާއަށް ކުޑަކޮށް އުނދަގޫވާ ގޮތްވިއެވެ.

“ޔާނާ! އާދޭ އަވަހަށް. ހޭނުލެވުނީތަ؟” ރީމް ތެދުވަމުން އީމަންގެ ކައިރީގައި އިން ގޮނޑި ދަމާލުމަށްފަހު ޔާނާއަށް އިޝާރާތްކޮށްލަމުން ބުނެލިއެވެ. ޔާނާގެ އިތުރުން ދެންތިބި އެންމެންނަށްވެސް ލިބިގެން ދިޔައީ ސިހުމެކެވެ. އީމަން އަށްވެސް ބަލާލެވުނީ ރީމްއަށެވެ. ހައިރާން ކަމާއެކީގައެވެ. ޝަކީލާ އާއި އޭނާގެ ބޭބެވެސް އިނީ އަނގަޔަށް ލާންނެގި ރޮށިކޮޅު ހަލުވާލަންވީ ފަރާތެއް ނޭނގިފައި ކަހަލައެވެ. ރީމް ހިތްހެޔޮ ހިނިތުންވުމަކާއެކީ އައިސް ޔާނާގެ އަތުގައި ހިފައިގެން ގޮނޑި ކައިރިއަށް ގެންގޮސް ގޮނޑީގައި ބޭންދިއެވެ. ޔާނާއަށް ރީމްގެ މޫނުން އެންމެ ފަހަރަކުވެސް ނަޒަރު ވަކިކޮށެއް ނުލެވެއެވެ. އަނެއްކާ މިއީ ފެންނަ ހުވަފެނެއް ހެއްޔެވެ؟ ނޫންނަމަ ރީމްގެ ހަމަ ބުއްދި ފިލައި ދިޔައީ ހެއްޔެވެ؟

ސައިބުއިމުގެ ކަންތައް ކުރިއަށް ދިޔައިރުވެސް ރީމް ޔާނާއަށް ހާއްސަކަމެއް ދެމުން ދިޔައެވެ. މިކަން އެންމެންނަށްވެސް ފާހަގަ ކުރެވުނެވެ. ނަމަވެސް އެކަކުވެސް އެއްޗެކޭ ނުކިޔައެވެ. އީމަން ވަރަށް އަވަހަށް ސައިބޮއެ ނިންމާލިއެވެ. މިހުރިހައިކަމެއްގެ ތެރޭގައި ޔާނާ އިރުއިރުކޮޅާ އީމަންގެ މޫނަށް ބަލައިލައެވެ. އީމަން ކެއުމާއިގެން މަޝްއޫލުވެގެން އިންކަމުގައިވިޔަސް، ޚުދު އީމަންވެސް އެއިނީ ފުން ވިސްނުމެއްގައިކަން ޔާނާއަށް ފާހަގަ ކުރެވުނެވެ. އީމަން އަވަސް އަވަހަށް ސައިތަށި ހުސްކޮށްލިއެވެ.
“މާން! ހާދަ އަވަހަކަށް ތި ނިންމާލީ!”ރީމް ބުނެލިއެވެ.

އީމަންއަށް ގޮނޑިން ނުތެދުވެވިގެން އުޅެނިކޮށް ގޭގެ ބެލް ޖެހުނު އަޑު އިވުނެވެ. ގޭގައި މަސައްކަތްކުރާ މީހެއް ގޮސް ދޮރު ހުޅުވާލުމަށްފަހު އެތެރަށް އައީ ބަޔެއް ގޮވައިގެންނެވެ.

އީމަންއަށް ހައިރާންކަން ވެރިވެގެން ދިޔައީ އޮފީހުގެ މެނޭޖަރުގެ އިތުރުން ދެތިން ޕްރޮޖެކްޓަކާ ހަވާލުވެގެން އުޅޭ ބައެއް އައުމުންނެވެ.

ކިހިނެއްވީތޯ ސުވާލުކޮށްލީ ހައިރާންކަމާއެކީއެވެ. އެމީހުން ބުނީ މިއަދު އީމަން އޮފީހަށް ހާޒިރުނުވާނެކަން އެނގުމުން ކޮންމެހެންވެސް ސޮއި ކުރަންޖެހޭ އެއްޗެހި ތަކެއްގައި ސޮއި ކުރުވަން އައީ ކަމަށެވެ. އީމަންއަށް ދިޔައީ ހައިރާންކަން ލިބިގެންނެވެ.

“ކާކު ބުނީ އަހަރެން އޮފީހަކަށް ނުދާނެޔޭ؟” އީމަން ވާހަކަ ދެއްކީ އިނގިރޭސިންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Esfiya

Level 310 Stories100 Login

Other Articles

Previous

ކުށަކާނުލައި ހިތް ރޮއްވާލަމުން…

Next

ޒީޝާ (ބާރަވަނަ ބައި)

Next
November 28, 2015

ޒީޝާ (ބާރަވަނަ ބައި)

Previews
November 28, 2015

ކުށަކާނުލައި ހިތް ރޮއްވާލަމުން…

20 Comments!

  1. agy says:
    November 28, 2015 at 4:32 pm

    mi bai ves reethi varah…….

  2. NAS says:
    November 28, 2015 at 4:33 pm

    WOWWWWW

  3. nishy says:
    November 28, 2015 at 4:41 pm

    Aaiz mamma ah kiyany saudhiyya eh noon tha?

  4. ninth says:
    November 28, 2015 at 4:44 pm

    haadha lahey mivaahaka annaleh…. mi mi site ga inna emme reethi evvaahaka

  5. Xani says:
    November 28, 2015 at 5:38 pm

    Pis pis haadha lahey up kuraa leh…nice story…

  6. Aish says:
    November 28, 2015 at 6:46 pm

    Haadha lahey up kuraaleh. .mihaaru .neh anehbai handhaan vx. .

  7. abhy says:
    November 28, 2015 at 7:01 pm

    Varah reethi

  8. Shaa says:
    November 28, 2015 at 7:33 pm

    Nishy bunihen aaiz ge mamma ah kiyany saudhiyyaeh nuntha??? Shakeelaa eiy reemge mamma dho… aaiz n jaahath v gulhey..

  9. Naani says:
    November 28, 2015 at 9:53 pm

    Finally kilyaalannn libijje…. warah reethi mi part wes… Hope yew will upload the nxt part very so0n…

  10. rash says:
    November 29, 2015 at 7:12 pm

    Pis pis.,.. dhen mivarun vaahaka nunerey….. reethi viyas kiyaa hiynuvey ehaa lahun konme part eh upload kuraathee 🙁

  11. sweety says:
    November 29, 2015 at 8:20 pm

    plx thankolhe avaha up koh dey bala.. mi vaahaka kiyaa hithun hunnan jeheye haadha dhuvahaku.. plx avaha up koh deybala..

  12. Ujan says:
    December 1, 2015 at 10:34 pm

    Haadha lahay vaahaka up vaan

  13. Kamana says:
    December 3, 2015 at 2:31 pm

    Esfiya bunan vaahakaen mee esfiyaan vaane kamennoo Chen huhtaalan ulhey evves vahaka genes dhenyky end noon mahak ehfaharives

  14. gj says:
    December 4, 2015 at 5:53 pm

    avahah up kohdybala plx

  15. faroo says:
    December 5, 2015 at 3:32 pm

    kon irakun next part up vany??

  16. Princess says:
    December 10, 2015 at 5:21 pm

    One year fahun

  17. mik says:
    December 14, 2015 at 2:15 am

    Mivaahaka liyaakujjaa ulhenee edhun verikan nufilaigen eynayah ranalhah hadhai dheebala

  18. samee says:
    December 14, 2015 at 9:53 am

    Mik nuvaane eh nu thikahala ehchehi kiyaa kah.. Samee vx beynun avahah nxt prt up vaan… Bt vedhaane ehnu vaahaka liyaa kujja baley kama vx…

  19. sim says:
    December 14, 2015 at 4:21 pm

    Admin balaala dhybala mi story up nukurany kyvegen thw!! Plz. V nice mi story..

  20. mik says:
    December 17, 2015 at 10:46 pm

    Samee ehenney liyeveynee

Comments are closed.

Next Episodeނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 32←


All Right Reserved!