Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

އަނިޔާ.. 04 ވަނަ ބައި

Fantasy Level 310 Stories500 Comments100 Comments
December 10, 2015 5 Mins Read
23 Comments

އަހަރެން ފޯނު ކަނޑާލުމަށްފަހު އެތަނުން ތެދުވެގެން ހިގައިގަތީމެވެ. އެވަގުތު ފާރިޝް އަހަރެން އިން ގޮޑިއާއި ދިމާލަށް އަންނަތަން ފެނުނެވެ. އަހަރެން ވަކި ހިސާބަށް ގޮސްފައި އެބުރި ބަލާލިއިރު ފާރިޝް ހުރީ އެގޮޑި ކައިރީގައި އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެންވެ.

އަހަރެން ދިޔަގޮތަށް ގޮސްވަނީ އަހަރެންގެ ކޮޓަރިއަށެވެ. އަހަރެންގެ ހިތުގައި ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް ވަނީ ފެތުރިފައެވެ. ނަމަވެސް އެއަށްވުރެއް ބޮޑަށް ސިކުނޑިއަށް އުދަގޫ ކުރަމުންދިޔައީ މަލިކާގެ ހަނދާންތަކެވެ. ދޮރު ތަޅުލުމަށްފަހު އެނދުގައި އަހަރެން އޮށޯވެލީމެވެ. ލޯމަރާލުމާއި އެކު ލޯމަތިން ސިފަވެގެން ދިޔައީ މިއަދުގެ މަންޒަރެވެ. މަލިކާގެ އެބަލާލުމުގައި ވާ ނަފްތަރެވެ. “މަލް ޕްލީޒް އަހަރެންނަށް އެއްފުރުސަތު ދީ” އަހަރެން މަލިކާ އާއި ވާހަކަ ދެއްކީ އަހަރެން ބަންދުން ދޫކޮއްލީމަ މަލިކާ މެންގެއަށް ގޮހެވެ. ނަމަވެސް މަލިކާ އަހަރެންގެ ވާހަކައެއް ގަބޫލެއް ނުކުރިއެވެ. “ކީކުރަން ކުރި ކަމެއްތަ އެއީ. ޝާމްއަށް އެގޭތަ އެކަމުގެ ސަބަބުން އަހަރެން ލަދުގަންނަން ޖެހުނު ވަރު. ޝާމްއަށް ކޮންއެއްޗެއް މަދުވެގެން އެވަރުގެ ކަމެއް ކުރީ” މަލިކާގެ އަޑުގައިވަނީ ހިތްހަމަނުޖެހުމުގެ އަސަރެވެ. “އަހަރެންނަށް މާފު ކުރޭ” އަހަރެން ބުނީމެވެ. ނަމަވެސް އެދުވަހު މަލިކާއެއް އަހަރެންގެ ވާހަކައެއް އަޑެއް ނޭހިއެވެ. އަދި ހަމައެގޮތަށް މިއަދުވެސް އަޑެއް ނާހައެވެ. އޭގެ ފަހުންވެސް އަހަރެން މަލިކާއާއި ވާހަކަ ދެއްކޭތޯ ވަރަށް މަސައްކަތް ކުރީމެވެ. ނަމަވެސް އޭގެ ފަހުން އަހަރެންނަށް އުޅެވުނީ މީހުން އެހާ ހިތްހަމަޖެހޭގޮތަކަށް ނޫނެކެވެ. އަހަރެންނަށް އުޅެވުނު ރައްޓެހިން އެއީ މަލިކާ ހިތްހަމަޖެހޭ ބައެއް ނޫނެވެ. އަހަރެން ބޭނުން ކުރާ އެއްޗެއްސަކީ މަލިކާ ރުޅި އަންނަ އެއްޗެއްސެވެ. އަހަރެން ހުންނަ ސިފައަކީ މަލިކާ އެންމެ ފޫހިވާ ސިފައަށްވެސް ވީއެވެ. އަހަރެންގެ އުޅުން ބަދަލުވުމާއި އެކު މަލިކާ އަހަރެންގެ ކައިރިއަށް އައެވެ. އަހަރެންގެ މަންމަގެ އެދުމުގެ މަތިންނެވެ. އަހަރެން ރަނގަޅުވޭތޯއެވެ. އަހަރެންނަށް މާފު ކޮއްފި ކަމާއި އަހަރެންނާއި ރައްޓެހިވެދާނެ ކަމަށް މަލިކާ ބުންޏެވެ. މަލިކާ އެދުނީ އެންމެ ކަމަކަށެވެ. އަހަރެންގެ އުޅުން އިސްލާހު ކުރުމަށެވެ. ނަމަވެސް އޭރު މާބޮޑަށް ލަސްވެއްޖެއެވެ. އަހަރެންގެ ނަމުގެ ފަހަތުގައި “ގޯސް” މިބަސް އެކުވެއްޖެއެވެ. އަހަރެންނަށް އުޅެވެނީ ގޯސްކުދިންނާއި އެކުގައެވެ. ކުރެވެމުންދިޔައީ ގޯސްކުދިން ކުރާ ކަހަލަ މަސައްކަތެވެ. އެހެންކަމުން އަހަރެން މަލިކާއަށް އެފުރުސަތު ނުދިނީއެވެ. އެއީ އަހަރެންނާއި ހެދި މަލިކާގެ ނަން ހަޑިވެދާނެ ތީއެވެ. އެކަމަކު ވެސް އަހަރެން އޭނަ ދެކެ ލޯބިވެއެވެ. އަހަރެންނަށް މިހިޔާލް ތަކުގައި އޮއްވައި ނިދުނު އިރެއްވެސް ނޭގެއެވެ.

އަހަރެންނަށް ހޭލެވުނީ ދޮރުގައި ޓަކިޖަހާ އަޑަށެވެ. ދެލޯ ވަރަށް މަސައްކަތުން ހޮޅުވާލަމުން ކައިރީގައި އޮތްފޯނުން ގަޑިބަލާލީމެވެ. އޭރު މެންދުރު ބާރަ ގަޑި ބައިވަނީއެވެ. ރަނގަޅަށް ދެލޯ ނުހުޅުވުނަސް އަހަރެން ގޮސް ދޮރުހުޅުވާލީމެވެ. އަހަރެން ދޮރު ނުހުޅާ އޮވެއްޖެ ނަމަ އެމީހަކު އެޓަކި ޖެހުމެއް ނުހުއްޓާލާނެއެވެ. އަވަހަށް ގޮސް ދޮރުހުޅުވާލުމަށްފަހު އަނެއްކާވެސް އެނދަށް ވެއްޓިގަތީމެވެ. “ހޭ ތެދުވޭ މިއަދު ފުރުމުގެ ކަންތަށް ކުރަންޖެހޭނެ” މާޒިން އެތެރެއަށް ވަންނަމުން ހަޅޭލަވައިގަތެވެ. އަހަރެން ބޮލުގައި ބާލީސް އަޅާލީމެވެ. އެވަގުތު މާޒިން އައިސް ބާލީސް ދަމައިގަތެވެ. “އޭ އަދިވެސް ހައިގަތަ. ރޭގަ މާގިނައިން ބޭނުން ކުރީދޯ” އަހަރެންގެ އަތަށް ދަމައިގަންނަމުން މާޒިން ބުނެލިއެވެ. އަހަރެން ދެލޯ އުގުޅަމުން ދެތުވެއްޖައީމެވެ. އަދި އަވަހަށް ފާހަނައަށްވަދެ ރީތި ވެލައިގެން ނިކުތީމެވެ. މާޒިންނާއި އެކު އެންމެ ފުރަތަމަ ދިޔައީ ސައިބޯށެވެ. އޭގަ ފަހުގައި ދަތުރުގެ ކަންތައްތަށް ހަމަޖެއްސުމަށް ދިޔައީމެވެ. އަހަރެންނަށް ހުރިހާ ހަރަދެއް ކުރީ ގްރޫޕްގެ ފަރާތުންނެވެ. އެމީހުންނަށްވެސް އަހަރެންގެ އަތުގައި ލާރި ނެތީކަން އެގޭނެއެވެ. އަހަރެން ވަޒީފާއިން ވަކިކުރި ފަހުން ވަޒީފާއަކަށް ނުދަމެވެ. މިވީ ތިންއަހަރުގައި އަހަރެންގެ ހަރަދުތަށް ބެލެހެއްޓީ ކާކު ކަމެއްވެސް އަހަރެންނަކަށް ނޭގެއެވެ.

އަހަރުމެން ފުރަން ހަމަޖެހުނީ އޭގެ އަނެއްދުވަހުއެވެ. އަހަރެންނާއި އެކު ބޭރަށް ދާގޮތަށް ހަމަޖެހުނީ މާޒިންނެވެ. މާޒިން އަހަރުމެންނަށް ޓިކެޓް އޭގެ އަނެއްދުވަހަށް ހަމަޖެހުނު ވާހަކަ ބުނުމުން އަހަރެން ހައިރާންވިއެވެ. އެހާ އަވަހަށް ހަމަޖެހުނީމައެވެ. ބައެއް ފަހަރު ޓިކެޓް ނެގުމަށް ހަފްތާއެއްވެސް ބޭނުންވެއެވެ. ނަމަވެސް މިފަހަރު ދެން ލެއްވި ރަހުމަތެއްތާއެވެ. އެދުވަހު ހަތަރުދަމު މާޒިން އަހަރެންނާއި އެކު ދަތުރަށް ބޭނުންވާ ސަމާނު ގަތުމުގައި އެހީތެރިވެދިނެވެ. އަހަރެންނަށް އެދުވަހުގައި މާޒިންއަކީ ކޮންކަހަލަ މީހެއްކަން ކޮންމެވެސް ވަރަކަށް އެގުނެވެ. މާޒިންއަކީ ކޮންމެ މީހަކަށްވެސް ވަރަށް އަވަހަށް އިތުބާރު ކުރާ މީހެކެވެ. ކަމެއް ގޯސްކޮށް ކުރެވުނަސް އަބަދުވެސް ވާހަކަދެއްކުމަށް އަހަމިއްޔަތު ކަމެއްދޭ މީހެކެވެ. އެހެންވެގެން ގްރޫޕް އެންމެން މާޒިންދެކެނީ އެންމެ ބޮޑުމީހާގެ ގޮތަށެވެ. މާޒިން ނިންމާ ގޮތަކީ އެންމެ ފަހުގޮތެވެ. އަހަރުމެންގެ ޓިކެޓްގަ އިންގޮތުން ފުރުން އިނީ އަނެއްދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ.

އަހަރެންނަށް އެދުވަހު އުޅެން ޖެހުނު ގޮތުން ފާރިޝްއަކާއި ބައްދަލުވާނެ ވަގުތެއް ނުލިބުނެވެ. ނަމަވެސް އަހަރެން ހުރީ ކޮންމެވެސް ވަރަކަށް ހިތްހަމަޖެހިފައެވެ. އެކަމަކު އަދިވެސް އަހަރެންގެ ހިތުގައި އުފެދިފައިވާ ބިރުވެރިކަމަކަށް ބަދަލެއް ނާދެއެވެ. އެދުވަހު އެމަސައްކަތުގައި އުޅުމަށްފަހު މާޒިން ނިދީވެސް އަހަރެންގެ ކޮޓަރީގައެވެ. އޭނަ ބޭނުންކުރި އެއްޗެއް ބޭނުން ކުރީ އަހަރެންނަށްވެސް ދީގެންނެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނެ އޭނަ ދިންއެއްޗެއް ބޭނުންކުރީމެވެ. ރޭގަނޑުގައި އަހަރެން މާޒިންނާއި އެކު ކޮޓަރިތެރޭގައި އިނީމެވެ. މާޒިން އިނީ ކޮންމެވެސް ވަރަކަށް މަސްތުވެފައެވެ. “ހޭ ޝާމް ކަލޭ މިހާރު މާމަޑުން ތި އިންނަނީ ކިހިނެއްވެތަ” މާޒިން އަހާލިއެވެ. އަހަރެން ބޮމުން ގެންދިޔަ ފުޅި ކުޑަމޭޒުމަތީގައި ބެހެއްޓީމެވެ. “އަހަރެންނަށް ކަމެއް ވެއްޖެތަ” އަހަރެން އަހާލީމެވެ. “އާ ކުރިން ކަލޭ ތީ ތިފާޑަށް މަޑުން އިންނަ މީހެއް ނޫން. އެ ހުޝާމް ބަންދު ކުރި ފަހުން ކަލެއަށް ވެގެން އުޅޭގޮތެއްތީ” މާޒިން އަކީ ރަނގަޅަށް ކަންތަށް ބަލާމީހެކޭ އަހަރެންގެ ހިތަށް އެރިއެވެ. “ބަލަ އަހަރުމެންގެ ކިތައް އެކުވެރިން މިހާރު އެޖަލުގައި ވަނީ. އަހަރުމެން ނޫޅެން ތިވައްތަރަކަށް” މިފަހަރުވެސް ވާހަކަ ދެއްކީ މާޒިންނެވެ. އޭނަ އިނީ އޭނަ ބޮމުންގެންދިޔަ ރާފުޅީގެ ސަބަބުން ރަނގަޅަށް މަސްތުވެފަކަން ވާހަކަ ދައްކާ ރާގުން އަހަރެންނަށް އެގެއެވެ. “ކަލޭ ހަނދާން ކުރަތި. މާދަން ބޮސް އާއި ދިމާވާނެ. ތިހެން ހުންނަން ހަދައިފިއްޔާ ކަލޭ ސަލާމަތެއް ނުވާނެ” މާޒިން ދިނީ ނަސޭހަތެއްކަމެއް ނޫނީ އިންޒާރެއްކަމެއް އަހަރެންނަކަށް ނޭގުނެވެ. އެހެންބުނުމާއި އެކު އަހަރެންގެ ހިތް ބާރު ބާރަށް ތެޅެގަތެވެ. “ބޮސް އެއީ ރާއްޖޭ މީހެއްތަ” އަހަރެން ބެލީ އެގަޑީގަވެސް އަހަރެންގެ މަސައްކަތް ކުރެވޭތޯއެވެ. “ހޫމް” މާޒިން އަޑެއްވާލިއެވެ. “އޭނަ އެއީ ހުރިހާ ކަމެއް ކުރާ މީހާދޯ” އަނެއްކާވެސް އަހަރެން ސުވާލު ކޮއްލީމެވެ. “ނޫން އޭނަ އެއީ އެންމެ މަތީ މީހާއެއް ނޫން. އަދި އޭނަގެ މަތިން މީހަކު ހުރޭ” މާޒިން ވާހަކަ ދެއްކިއެވެ. އެހެން ބުނުމާއި އެކު މާޒިން ޓައިލްސްތަށް މައްޗަށް ދެމުނެވެ. އަހަރެންނަށް ބޯ ހޫރާލެވުނެވެ. މީހުން ބުނަނީ ތެދެކެވެ. ބޮއިގެން ހުންނައިރުގައި އެމީހެއްގެ އަނގައިން ކޮންމެ ވާހަކައެއް ކިޔާދީފާނެއެވެ. ނަމަވެސް އެވީ ގޮތުން އަހަރެންގެ މަސައްކަތަށް އަނެއްކާވެސް ބުރަ ބޮޑުވީއެވެ. އެބުނާ އެންމެ މަތީ މީހާ ހޯދަން ޖެހުނީއެވެ.

އަހަރެން ވެފައިވާ ބަރުބަލީގައި އެނދުގައި ޖައްސާލީމެވެ. އޮށޯތުމާއި އެކު އަހަރެންގެ ސިކުނޑި އަހަރެންގެ ގެންދިޔައީ މީގެ ތިންއަހަރުގެ ކުރިއަށެވެ. އެންމެ ފުރަތަމަ މާޒިންއާއި ބައްދަލުވިގޮތަށެވެ. އަހަރެން ވަޒީފާއިން ވަކި ކުރިތާ ފުރަތަމަ ކޮޅެވެ. ދާނެ ވަކިތަނެއް ނެތުމުން އަހަރެން ދިޔައީ މުނިއުފާތެރެއަށެވެ. އެތަނަށް ގޮސް އެއްފަރާތެއްގައި ހުރި މޭޒެއްގައި ޖައްސާލީމެވެ. އަދި އެތަނުގައި ހުރި ކެފޭގައި މަސައްކަތް ކުރާ މީހާ ކައިރީގައި ކޮފީއެއް ނެގައުމަށް ބުނީމެވެ. އެންމެންގެ ލޯ އަމާޒުވެފައިވަނީ އަހަރެންނަށްކަށް އަހަރެންނަށް އެގެއެވެ. އެއީ ފުރަތަމަ ދުވަހެވެ. އެގޮތަށް އަހަރެން ދެތިން ހަފްތާއެއްގައި އެތަނަށް ދިޔައީމެވެ. ހަމައެއްގަޑިއެއްގައެވެ. ގޮސް އިށީނަނީ އެއްމޭޒެއް ކައިރީގައެވެ. މިގޮތަށް އެއްދުވަހު ދިޔައިރު އަހަރެން އިންނަ މޭޒުގައި އިށީދެލައިގެން ދެކުއްޖަކު އިނެވެ. ފުރަތަމަ ފެނުމުންވެސް އެއީ ކޮންކަހަލަ ބައެއްކަން އަހަރެންނަށް އެގުނެވެ. އަހަރެން މަޑު ހިގުމެއްގައި ގޮސް އެމީހުންގެ ކުރިމަތީގައި ހުއްޓެލީމެވެ.

“ތީ އަހަރެން އިންނަ ތަން. ތިތަށް އަހަރެންނަށް ދައްކަފާނަންތަ” އަހަރެން އަހާލީމެވެ. ވަރަށް ރީއްޗަށެވެ.އަހަރެން ގަސްދުގައި އެހެންތަނެއްގައި އިށީނަން ބޭނުންނުވީއެވެ. އެތަނުގައި ހުސް އެތަށް ގޮޑިއެއް ހުއްޓެވެ. އެކުއްޖާ ހުރީ ހަމަހޭގައެއް ނޫނެވެ. އަހަރެންނާއި ދިމާލަށް އަތްމަޅާލިއެވެ. ނަމަވެސް އަހަރެންގެ ގައިގައި ޖެހުމުގެ ކުރިން އެ ހަމަލާއިން ރެކުނީމެވެ. އެވަރުންވެސް އެކުއްޖާ ހުއްޓާލީއެއް ނޫނެކެވެ. އަނެއްކާވެސް އަހަރެންނަށް ހަމަލާދިނެވެ. އެކުއްޖާ ހުރީ ހަމައިގައި ނޫން ކަމުން ދެވަނަ ހަމަލާއިންވެސް އަހަރެން ސަލާމަތްވާކަށް މާކަ އުދަގުލެއް ނުވިއެވެ. ނަމަވެސް ތިންވަނަ އެތި އެރީ އަހަރެންގެ މޫނު މައްޗަށެވެ. ވަގުތުން އަހަރެންގެ މޫނު މައްޗަށް އަދިރިވިއެވެ. ވީތަދާއި އެކު އަހަރެން ކައިރިއަށްވެސް ރުޅިއައެވެ. ކޮންޓްރޯލް ކޮށްގެން ހުރި ރުޅިގަނޑު ބޭރަށް ނިކުތީ ނުލާހިކު އަވަސްކަމާއި އެކުގައެވެ. އެކުއްޖާގައިގައި އަހަރެންވެސް ޖެހުނުހާ ބާރަކަށް ޖަހައިފީއެވެ. އެހުރިހާ ކަމެއް ވީއިރުވެސް އެތަނުގައި ތިބި މީހުންތިބީ ބަލަހައްޓައިގެންނެވެ. އެންމެ ކުޑަމިނުން އެކުއްޖާ ކައިރީގައި އިން ދެވަނަ ކުއްޖާވެސް ހެވިފައި މަންޒަރު ބަލަން އިނެވެ. އަހަރެން އޭނަގެ ގައިގައި ޖެހުމާއި އެކު އަހަރުމެންގެ މެދަށްވަނީ މާޒިންނެވެ. އަހަރުމެންގެ މެދަށްވަދެ އެކުއްޖާ ހުއްޓުވިއެވެ. “ސޮރީ އޭނަ މިއަދު ކުޑަކޮށް ބަލިވެ އުޅެނީ” އަހަރެންނާއި ދިމާލަށް ބަލާލަމުން މާޒިން ބުނެލިއެވެ. އަދި އެކުއްޖާ އެތަނުން ދުރަށް ފޮނުވާލިއެވެ. އަހަރެންނަށް ބަލާލަމުން އިށީދުމަށް ބުނެލިއެވެ. އަހަރެން އިށީދެލީމެވެ. މާޒިން އަމިއްލައަށް އަހަރެންނަށް ތައާރަފް ވެލިއެވެ. އަހަރެންވެސް ވާހަކަ ދައްކަށް ފެށީމެވެ. މަޑުމަޑުން ދެމީހުން ރަހުމަތްތެރިކަން ބަދަހިވަމުންދިޔައެވެ. އަހަރެން މާޒިންއާއި ވާހަކަ ދައްކަނީ މުނިއުފާތެރެއިންނެވެ. އަހަރެންގެ ހުރިހާ ވާހަކައެއް މާޒިންނާއި ހިއްސާކުރީމެވެ. އަހަރެން ވަޒީފާއިން ވަކިވި ގޮތެވެ. ވަޒީފާއެއް ނެތުމުން އަހަރެން ފޫހިވާ މިންވަރެވެ.

މިގޮތަށް ބައްދަލުވާތާ އެއްމަސްފަހުން އެއްދުވަހަކު މާޒިން އަހަރެންނަށް އާ އެއްޗެއް ތައާރަފް ކޮށްދިނެވެ. އަހަރެން އެދުވަހުގައި އިނީ ގޭގައި ޖެހުނު މައްސަލައަކާއި ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. ގޭގައި އަހަރެންގެ ވަޒީފާ ގެއްލުނު ދުވަހުން ފެށިގެން އަބަދުވެސް އޮންނަނީ ކޮންމެވެސް މައްސަލައެއް ޖެހިފައެވެ. އެދުވަހުގައި އަހަރެން ވެފައިހުރި ދެރައިން މާޒިންއަށް އެވާހަކަ ކިޔާދެވުނެވެ. އެދުވަހު މާޒިން އަހަރެން އަތަށް ދިއްކޮށްލީ ހުދުކުލައިގެ ކުޑިތަކެއް ހުރި ޕެކެޓްއެކެވެ. އަދި އެބޭނުން ކޮއްލުމަށް ބުނެލިއެވެ. ބޭނުން ކުރާނެ ގޮތްވެސް ކިޔައިދިނީ މާޒިންނެވެ. މާޒިން ބުނިގޮތުން އެ ބޭނުން ކުރުމުން އަހަރެން މާގިނަ ކަންތަކާ ވިސްނާ ބޯގޮއްވާކަށް ނުޖެހޭނެއެވެ. އަހަރެން މާޒިންގެ ބަސް ގަބޫލު ކުރީމެވެ. އަހަރެން އެޕެކެޓްތަށް ހިފައިގެން ދިޔައީގެއަށެވެ. އަހަރެން އެތަނުގައި އިދެ ބޭނުންކުރަން ބޭނުންނުވީއެވެ. އެކަމާއި މާޒިން އެއްވެސް ސުވާލެއް ނުކުރެއެވެ. އޭގެ ފަހުން މާޒިންވީ އަހަރެންނަށް މާގާތް އެކުވެރިއަކަށެވެ. އެމީހުންނާއި އެކު ތަންތަނަށް ދިއުން އެއީ އަހަރެންނަށް މާމުހިއްމު ކަމަކަށްވިއެވެ. އެމީހުންނާއި އެކު ޕާޓީ ކުރުމާއި ވީކެންޑް ހެދުން އެއީ އާއްމު ކަމަކަށްވިއެވެ. އެމީހުން ކުރާ ކަންތަށްތަކުގައި އެމީހުންނަށް އެއްބާރުލުން ދެވެން ފެށިއެވެ. އެމީހުން ކުރާ ވައްކަން ތަކުގަޔާއި ފޭރުމުގައި ބައިވެރިވެވެންފެށިއެވެ. އަދި އޭގެ އިތުރަށް މީހުންގެ ރުޅިވެރިބަސްތަށް އަހަރެންނަށާއި އަހަރެންގެ އާއިލާއަށް ރައްދުވަންފެށިއެވެ. އަދި މަންމަގެ ރުޅިވެރި ބަސްތަކާއި ހުރެ އަހަރެން ގެއިން ނިކުތީއެވެ. އެކިގޮތްގޮތަށް މާޒިން ދިޔައީ އަހަރެން ޓެސްޓް ކުރަމުންނެވެ. އެންމެފަހުން މިއަދު އޭނަގެ ޓެސްޓްތަށް ނިމި އަހަރެން ގްރޫޕް މެންބަރަކަށް ހަދަން ނިންމީއެވެ.

އަހަރެންގެ ސިހިގެން ދިޔައީ ކޮޓަރީގެ ފާރުގައި އިންގަޑިން މެންދަމުން އަލިވެ 2ޖެހިކަމުގެ އިއުލާން ކުރުމުންނެވެ. އަހަރެން ކުޑަކޮށް ބޯހިއްލާ ލުމަށްފަހު މާޒިންއާއި ދިމާލަށް ބަލާލީމެވެ. އެއްއަތުން ރާފުޅީގައި ބާރަށް ހިފަހައްޓައިގެން އޮތްއިރުގައި ހަމަރަނގަޅަށްވެސް އޭނައަށް އޮތީ ނިދިފައެވެ. އަހަރެން ފުންނޭވާއެއް ދޫކޮއްލީމެވެ. އަދި ދެލޯމަރާ ބާރުކޮއްލީމެވެ. މާދަން އަހަރެން އެބުނާ ބޮސްއަކާއި ބައްދަލުވާނެއެވެ. އޭގެފަހުން އަހަރެންނާއި މެދު ކަންތަށްވާނެ ގޮތެއް ނޭގެއެވެ. އެހެން ހިތަށް އެރުމާއި އެކު މީހާ ދާހިއްލާ ފޯވިއެވެ.

އަހަރެންނަށް ހޭލެވުނީ މާޒިން އަހަރެންނަށް ގޮވުމުންނެވެ. “ކަމޯން މޭން ކެޓް އަޕް. ފުރަން ރެޑީވަން ޖެހޭނެއެއްނުން” އަހަރެންގެ އަތަށް ދަމަމުން މާޒިން ގޮވަމުން ދިޔައެވެ. އަހަރުމެންގެ ފްލައިޓް އިނީ މެންދުރު ވަގުތުއެވެ. ދަނީ އިންޑިއާއަށް ކަމަށް މާޒިން ވަނީ ބުނެފައެވެ. އަހަރެންނަށް އަދި ޓިކެޓްވެސް ނުފެނެއެވެ. އަހަރެންނަށް ފާރިޝްއަށް ގުޅޭނެ ވަގުތެއް ނުލިބުނެވެ. ތެދުވެވުނުލެއް ލަސްކަމުން އަވަހަށް ރެޑީވަން ޖެހުނީ ފުރަންދާށެވެ. ނަމަވެސް އަހަރެން ފާރިޝްއާއި ބައްދަލުކޮށް ވާހަކަ ދައްކާލުމަށް ހުރީ ވަރަށް ބޭނުންވެފައެވެ.

އަހަރުމެން އެއާޕޯޓަށް ދިޔައިރު މެންދުރު 12 ޖަހައިފިއެވެ. ޗެކިން ނިމުމާއި އެކު އަހަރުމެން އެތެރެއަށް ވަނުމާއި އެކު އަހަރެންނަށް ހުއްޓުން އެރިއެވެ. އެތެރޭގައި ގޮޑިއެއްގައި އިން ފާރިޝް ފެނުމާއި އެކުގައެވެ.

 

ނުނިމޭ….

Share Article

Follow Me Written By

Fantasy

Level 310 Stories500 Comments100 Comments

Other Articles

Previous

މިއީ ތަޤްދީރު ހޭ؟ ( ހަވަނަ ބައި)

Next

ކަނޑުފެން (އަށާރަވަނަަ ބައި)

Next
December 10, 2015

ކަނޑުފެން (އަށާރަވަނަަ ބައި)

Previews
December 10, 2015

މިއީ ތަޤްދީރު ހޭ؟ ( ހަވަނަ ބައި)

23 Comments!

  1. m says:
    December 10, 2015 at 10:24 am

    Me 1st

  2. Fantasy says:
    December 10, 2015 at 10:26 am

    މިބައިވެސް ހުރިހާ ކުދިންނަށް ކަމުދާނެކަމަށް ހީކުރަން… ހުރިހާ ކުދިންގެ ހިޔާލުތަކަށް މަރުޙަބާ 🙂

  3. m says:
    December 10, 2015 at 10:32 am

    Habeys hama

    1. Fantasy says:
      December 10, 2015 at 11:19 am

      thnks m 🙂

  4. ira says:
    December 10, 2015 at 10:35 am

    Salhi 😉 when is the nxt prt 😉

    1. Fantasy says:
      December 10, 2015 at 11:20 am

      maadhan iraadha kureviyya ira.. thnks v bodah 🙂

  5. keela says:
    December 10, 2015 at 11:34 am

    V V V V V V V V NICE

    1. Fantasy says:
      December 10, 2015 at 1:07 pm

      thks keela 🙂

  6. nukko says:
    December 10, 2015 at 12:36 pm

    Alhey haadha rycheyy…. v thithi ingeyy mi part vs… dhn kihinw baa vaany??? Curious to know… thnks fantasy… 🙂 🙂 🙂

    1. Fantasy says:
      December 10, 2015 at 1:42 pm

      thnks nukko v bodukoh 🙂

  7. iris says:
    December 10, 2015 at 12:39 pm

    Wow fantasy…. Absolutely stunning… I just love this story…. 🙂

    1. Fantasy says:
      December 10, 2015 at 1:43 pm

      thnks iris 🙂

  8. lubu says:
    December 10, 2015 at 2:40 pm

    v v v v v nice…dhn kon irakun nxt part genes dheyny…v bodah ves rythi…hama habeys..fantasy ur the best

    1. Fantasy says:
      December 10, 2015 at 3:19 pm

      vvvvvvvv bodah thnks lubu 🙂 aneh bai maadhan genesdheynan igey 🙂

  9. ninni says:
    December 10, 2015 at 2:52 pm

    V.reethi mi stry…

    1. Fantasy says:
      December 10, 2015 at 3:20 pm

      thnks ninni 🙂

    2. Mimmi says:
      December 11, 2015 at 9:15 am

      Welcome 😉

  10. misty says:
    December 10, 2015 at 3:58 pm

    Awesome…. When next part?

    1. Fantasy says:
      December 12, 2015 at 12:40 am

      thnks mistry 🙂

  11. naax says:
    December 10, 2015 at 6:30 pm

    Cat up ehnun dhw innaany aslu.. get up dhw fantasy.. any way.. vaahaka v reethi.. maasha allah.

    1. Fantasy says:
      December 12, 2015 at 12:41 am

      thnks naax.. 🙂 kon than kolhega tha thi mistake iny dear.. kudakoh bunela dheebala

  12. Luvna❤ says:
    December 11, 2015 at 9:13 am

    Aathaa.. Varaaah thihthi mi part vs.. Alhey hama eoh rythi koh kiyan indhaa e nimuny???.. Hehe.. All of your stories are just amazing fantasy.. Thanks for this awwwsomeee storyyy.. ????.. Eagerly waiting fr the nxt part.?????

    1. Fantasy says:
      December 12, 2015 at 12:43 am

      luvna ge lobi comment fenunyma v happy vejjje.. v bodah thnks 🙂 <D

Comments are closed.


All Right Reserved!