Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހަޔާތަށް ދިރުން ގެނެސްދިނީ ކަލާ (10)

kamana Level 310 Stories500 Comments100 Comments
December 9, 2015 4 Mins Read
19 Comments

ޖަވާބަކަށް ބޭނުންވާ ފަދައިން ޖާވިދު ލީނާއާ ދިމާލަށް ބަލަން ހުރުމުން އިސްޖަހާލީ ލީނާ ބުނާ އެއްޗަކުން ޖާވިދު ހިތްހަމަނުޖެހިދާނެތީއެވެ.

“ނޭނގެ.. ފަޔާ ފެނުނީމަ ވަރަށް ދެރަވޭ.. ނޭނގެ ކީއްވެކަމެއް.. އަދިވެސް ފަޔާއާއެކު އުޅެން ބޭނުން ވާހެން ހީވަނީ.. ދެން ނޭނގެ.. ފަޔާ ބޭނުމެއް ނުވާނެ އަހަރެން ކަހަލަ މީހަކާއެކީގައި އުޅޭކަށް.” ލީނާ އަނެއްކާވެސް އިސްޖަހާލީ ކަރުނަތަށް ޖާވިދުއަށް ފޮރުވުމަށެވެ. “ރެޕަންޒިލް ތިހެން ނުވިސްނަބަލަ.. އަހަންނަށް ހީވަނީ ފަޔާޒްވެސް މިހާރު ރެޕަންޒިލް ބޭނުންހެން.. އޭނަގެ އަމަލު ހުރިގޮތުން ހީވަނީ ކުރެވުނީ ކުށެއްކަން އެނގި މާފު ބޭނުންވެފަ ހުރި މީހެއްހެން.. ދެން އޯކޭ އެކަމާ ނުވިސްނާ ތި ފަޔާ ދޭތެރޭގައި ވިސްނާބަލަ.. މާދަމާ ހިނގާބަލަ ދައްތައާއެކު ތިފައި ދައްކަން.. ވަރަށް މޮޅު ދިވެހި ބޭސްކުރާ މީހަކު އެބައުޅޭ މާލެ އައިސްގެން.. ޖޭޑް ފުރެންޑް އެއްގެ ބައްޕަ އެއް.. ދާނަން ދޯ.. އޭރަށް ތީ ނުކުޅެދޭ މީހެކޭ ނުބުނާނެ ފަޔާޒްއެއްވެސް” ޖާވިދު އެހެން ބުނުމުން ލީނާ އާއެކޭ ބުނީ ފައި ރަނގަޅުކުރަން ލީނާވެސް ބޭނުންވެފަ ހުރުމުންނެވެ. “އޯކޭ ދެންދަނީ.. ތެންކްސް މިތާހުރީތީ.. އަސްލު ވަރަށް ޝެއާރ ކޮއްލަންބޭނުންވެފަ ހުރީ. ލަމްހާ އަށް ފަޔާޒްގެ ނަން އިވުނަސް ރުޅިއަންނާނެ އެހެންވެ އޭނަ ކައިރީގައި ނުބުނީ. އެނީވޭސް ތޭންކްސް” ލީނާ އެހެން ބުނުމުން ޖާވިދު ހިނިތުންވެލީ ގަދަކަމުންނެވެ. ލީނާއެވެ. ލީނާއަށް ހަމަ ނޭނގެނީ ހެއްޔެވެ. އަހަރެންގެ ހިތުގައި ހާދައެބަ ރިހެއެވެ. ލީނާދެކެ ލޯބިވާވަރު މިދެލޮލުން ލީނާއަށް ހާމަ ނުވަނީހެއްޔެވެ. ލީނާއެވެ. ތިއީ މިހިތުގެ ވިންދެވެ. ލީނާއަށްޓަކާ އަހަރެން މިވާ ލޯބި ގުރުބާން ކުރާކަށްވެސް ފަހެއް ނުޖެހޭނަމެވެ. ޖާވިދުގެ އިހްސާސްތަށް ވަރަށް ފުނެވެ. ލީނާ ދިޔަ ދިމާލަށް ބަލަން ހުރެ ހިތަށް ވިސްނަދެވޭތޯ ޖާވިދު މަސައްކަތް ކުރިއެވެ. ލޮލުން ވެއްޓުނު ކަރުނުތިކި ފެނި ޖާވިދު ހުރީ ހައިރާންވެފައެވެ. އަންހެން ކުއްޖަކަށްޓަކާ ރޮވޭ މީ ފުރަތަމަ ފަހަރެވެ. އެވެސް ލޯބިވާ ފަރާތަށް ލޯބިވާކަން ނޭނގިއެވެ. އާހް.. ހިތުގައި އަތްއަޅާލަމުން ޖާވިދުގެ އަގައިން މަޑު މަޑު އާހެއް ނިކުތެވެ.

*******

މަސްތަށް ދުވެލާ ކުޅެލާ މަންޒަރު ވަރަށް ހިތްގައިމެވެ. މަސްޓޭންކަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ ކައިރީގައި ހައްދާފައިވާ ކުލަ ގަދަ މާތަކުންނެވެ. މަސްތަކަށް ކާންދޭން ހުރީ ރީތި ޒުވާނެކެވެ. ބައިމަތި ފުޅާ ރީތި ހަށިގަނޑެއްގެ ވެރިއެކެވެ. އިސްކޮޅުގައި ހަފޫޓު ހުންނާނެކަން ޔަގީނެވެ. ފަން އިސްތަށި ގަނޑުގައި ސްޕައިކް އެއް ޖައްސާލައިފައިވާއިރު ލައިގެން ހުރީ އަތްދިގު ހުދު ޓީޝާޓަކާ މަޑު ނޫކުލައިގެ ސޯޓެކެވެ. ބަލާލާ މީހަކު މިއީ މޮޑެލް ކުރާ މީހެކޭ ބުނާނެކަން ޔަގީނެވެ. ކަތިލީ ކިތަށް އަންހެން ކުދިންގެ ހިތްކަމެއްވެސް ނޭނގެއެވެ.

“އޭ.. ސާބަސް” ލީނާ ސިހުނީ ލަމްހާއައިސް މަޑުމަޑުން ކޮޑުގައި އަތްޖައްސާލުމުންނެވެ. ހާދަ ގޯހެވެ. މިގޭ މީހުން އަހަރެން ސިއްސުވަން ހާދަ ފޯރިއެއް ހުރެއެވެ. ލީނާ ތުންދަމާލިއެވެ.

“ލީނާ.. ކީކޭ އަހަރެން ބުނާނީ.. ޖާވިދު އާ ދިމާލަށް ތިވަރަށް ނުބަލާ.. ޔަގީން އަހަރެން ތަންކޮޅެއް ލަސްވިނަމަވެސް ތި ލޮލުން ޖާވިދު ފިއްސާލާނެކަން.. އެކަމް އަސްލުވެސް ވަރަށް ސަޅި ދޯ އޭނަ” ލަމްހާ ލީނާ ކުރެން ޖާވިދުގެ ވާހަކަ އެހުމުން ލަދުގަތެވެ. ލީނާ ފެންޑާއަށް ނިކުތީ އެއްގޮތަކަށްވެސް ޖާވިދު ހުންނާނެ ކަމަށް ހީކޮއްށެއް ނޫނެވެ. ޖާވިދު ފެނުމުން ބަލާލާހިތްވީ ކީއްވެކަމެއް ނޭނގެއެވެ. ޖާވިދުއަށް ސަމާލުކަން ދެވުނުމީ ފުރަތަމަ ފަހަރެވެ. “ދެން މަށެއް ނުބަލަން އޭނައަކަށް.. އެހެން ނޫނަސް އެ މަސްޓޭންކަށް ހަދަނީ ކީއްތޯ ބަލަން މިހުރީ” ލީނާ ލަމްހާއަށްވެސް އޮޅުވާލިއެވެ.

“މިއޮތްފަދަ ހެނދުނާ ދެކުދިން ކީއްތިކުރަނީ.. ރެޕަންޒިލް އަހަރެންގެ ފަސްފަހަތުންވެސް އަންނަށް ފެށީތަ.” ޖާވިދު އެއްލޯ މަރާލަމުން ލީނާގެ ބޮލުގަ އައްސާފަ އިން ވޫލްކޮޅު ނައްޓާލިއެވެ. “ދެން ޖާވިދު ގަނޑު.. މަންމާ” ލީނާ ތުންދަމާލާފައި ދިޔާނާއަށް ގޮވުމުން ޖާވިދު މިގޭ ބޭބީ އޭ ކިޔައި އެތަނުން ދިޔައެވެ. “އަޅޭ ތި ދެމީހުން ހާދަ ގުޅެއޭ.. ހަމަ ހީވަނީ ޓޮމްއެން ޖެރީހެން” ލަމްހާ އެހެން ބުނުމުން ލީނާ އިސްޖަހާލިއެވެ. އަދި ފަޔާޒްގެ ވާހަކަ ލަމްހާ ކައިރީގައި ދެއްކިއެވެ. “ލީނާ ދެން ފަޔާޒް އާ ގުޅޭކަށް އަހަރެން ގަބޫލްއެއް ނޫން. ” ލަމްހާއަށް ފެންނަ ގޮތް ހާމަ ކުރުމުން ލީނާ ހުރީ ލަމްހާއަށް ބަލަހައްޓައިގެންނެވެ. މިގޭ އެންމެން ފަޔާޒް ދެކެ ރުޅި އައުން ހައްގު ހެއްޔެވެ. ރުޅި އަޔަސް އަންނަންޖެހޭނީ އަހަންނެއްނޫންހެއްޔެވެ.

*******

ދައްތާ އަވަސް ކޮއްބަލަ.. މިހާރު އެޔޮތް ތިނެއް ޖަހަނީ.. އާދަންބެ ކައިރީގައި ބުނިން ތިނެއް ޖަހާއިރަށް ދާނަމޭ..” ޖާވިދު ދިޔާނާގެ ކޮޓަރީގައި ޓަކި ދެމުން ބުނެލީ ލީނާ ފައި ދެއްކުމަށް ދާންޖެހޭ ގަނޑި ކައިރިވުމުންނެވެ. ދިޔާނާގެ ދެމަފިރިންނާ ލީނާއާއި ޖާވިދު ނިކުތީ ދިވެހި ބޭސްކުރަން މޮޅު އާދަނު އަށް ލީނާ ފައި ދެއްކުމަށެވެ.

“އައްސަލާމް އަލައިކުމް” ޖާވިދު ސަލާމް ގޮވާލުމުން ސަލާމް ބަލައިގަތީ ޖާވިދުގެ ރައްޓެހި ފިރާޒްއެވެ. “މަޑުކޮއްލާ.. މިގޮވާލަނީ ބައްޕައަށް… ޖޭޑް އެއީތަ އެމަންޖެ.. ނައިސް އިނގޭ ބްރޯ” ފިރާޒް ދަމުން ދިޔައީ ޖާވިދުއާ ދިމާކޮއަލާފައެވެ. ޖާވިދު ލީނާ ދެކެ ލޯބިވާކަން އެގޭނެ އެކަކަކީ ފިރާޒްއެވެ.

” ކޮއްކޯ.. ކިހިނެއްވީ ކޮއްކޮ ފަޔަށް.. ފަޔަށް ތަދުވަނީ ކޮންތާކަށް.. ކިހާ ދުވަހެއް ވެދާނެ” އާދަނު އައިސް ސުވާލުކުރުމުން ލީނާ ސުވާލަކަށް ފަހު ސުވާލަކަށް ޖަވާބު ދިނެވެ. ފަޔަށް ތަދުވާ ވަކި ތަނެއް ނެތް ކަމާއި މިހާރު އަހަރެއް ވާން އުޅޭނެ ކަމަށް ލީނާ ބުނެލިއެވެ. އާދަނު ލީނާ ފަޔަށް ރަނގަޅަށް ބަލާލުމަށްފަހު މަޝްވަރާ ދިނީ އެސްފީނާއަށް ކިޔަވާފައިވާ ފެނުން ހަފަތާއެއް ވަންދެން ފެންވަރާންށެވެ. ކޮންމެ ދުވަހަކު އެއްފަހަރު ކިޔަވާފައިދޭ ފެނުން ލީނާގަޔަށް ދިޔާނާ ފެން އެޅުމެވެ. އާދަނު ބުނި ގޮތުގައި އެސްފީނާއަކީ ވަރަށް ބާރުގަދަ އެއްޗެކެވެ. އެމީހަކު އެމީހެއް ނުރުހޭ މީހަކަށް އެސްފީނާ އަޅައިފިއްޔާ އޭގެ އަސްރު އެހާމެ އަވަހަށް ކުރާނެކަމެވެ. “އެކޮއެ ހަފަތާއެއްވަންދެން ބޭބެ ދޭ ފެނުން ފެންވަރާފައި ގޮތެއް ނުވަންޔާ ބޭސްގަނޑެއް ހަދާނީ.. އެންމެ ރަނގަޅުތަ” އާދަނު ދިޔާނާ ގެ ޖަވާބަކަށް އިންތިޒާރު ކުރަމުން ދިޔައެވެ. ދިޔާނާ އެކަމަށް އެއްބަސް ވުމުން ކޮންމެ ދުވަހަކު ފެންފުޅި ބަލާ އައުމަށް އާދަނު އެދުނެވެ.

“ﷲގެ އިރާދަފުޅުން މަގޭ ދަރިއަށް އަދި ހިނގޭނެ ދޯ.. ހުރިހާ އެންމެގެ އެސްފީނާއިން މަގޭ ދަރިން ސަލާމަތް ކުރަންވާންދޭވެ” ދިޔާނާ ގެއަތް ދިޔަގޮތަށް ދެކަކޫ ބިންމަތީ ޖައްސައިގެން ލީނާގެ އަތުގައި ހިފާލައިއެވެ. އަބަދުވެސް ދިޔާނާގެ ދުއާއަކީ ދެ ދަރިން ހެޔޮ ހާލުގައި ހުރުމެވެ.

******

“ލަމްހާ ވަރަށް ލަސްވެއްޖެދޯ… ސޮރީ ވަރަށް ބާރުބޮޑު މާލެ މަގުމަތި.. ވިއްސާރަ ވާންވެސް އެނގުނީ މިގަނޑީގައިވިއްޔާ..” އިސްހާގް ދިޔާނާ އެދުމުގެ މަތިން ލަމްހާ ބަލާ ކާރުގައި ދިޔައީ ވަރަށް ބޯކޮށް ވާރޭ ވެހޭތީއެވެ. ލަމަހާ ދެފަރާތަށް ބޯ ހަލުވާލުމަށް ފަހު ކާރުގެ ކުރީ ސީޓަށް އެރިއެވެ. މުޅި ކާރު އެއްވަސް ކޮއްލާފައިވަނީ އިސްހާގް ގަޔަށް ޖަހާފައިވާ ސެންޓު ވަހުންނެވެ. ލަމްހާއަށް ބޭއިހްތިޔާރުގައި ދެލޯ މަރާލެވުނެވެ. “ލަމް ނިދަނީތަ.. އަދި 7 ނުޖަހާ… ސާބަސް މިއީ ކުޑަކުދިން ނިދާ ގަނޑި އެއްނު” އިސްހާގް އެހެން ބުނުމުން ލަމްހާ ލޯ ހުޅުވާލިއެވެ. އަދި ރަކި ހިނިތުންވުމެއް އިސްހާގްއަށް ރައްދުކުރިއެވެ. އަޅެ އިސްހާގް އަށް އެނގޭނެ ނަމައެވެ. އިސްހާގް އައި ލަވް ޔޫ. ލަމްހާ ހިތުން ކިޔާލިއެވެ. “ކީކޭ.. އެއްޗެކޭ ބުނިންތަ” އިސްހާގް ކުއްލިއަކަށް އެހެން އެހުމުން ލަމްހާ އަށް އަޑު އިވުނީހޭ އަހާލެވުނެވެ. “ކޯޗެއް އަޑު އިއްވަން ބޭނުންވެގެން ތިއުޅެނީ” އެހެނެއްނޫން.. އަޑު އިވުނޭ ބުނީމަ” ލަމްހާ ހުރީ ލަދުން މަރުވާވަރު ވެފައެވެ. އިސްހާގް ކުރިމަތީގައި ބޭޒާރު ނުވިކަން ނަސީބެކެވެ. “އަމްމް ލީނާ.. ކީކޯ ބުނީ ލީނާ ދެއްކި މީހަ” ލަމްހާ ކުއްލިއަކަށް ހަނދާންވާ ފަދައިން ބުނެލިއެވެ. ޓެސްޓްތަށް ގާތްވާން ކައިރިވުމާ ގުޅިގެން ގްރޫޕް ސްޓަޑީ ހެދުމަށް އުޅެން ޖެހިފައިވަނީ ކޮލެޖްގައެވެ. ލީނާއާއެކު ދާން ބޭނުން ވިޔަސް ނުދެވުނީ އެހެންވެއެވެ. “އިރާދަ ކުރެއްވިއްޔާ ރަނގަޅުވާނެ.. އެސްފީނާ އަށް ކިޔަވާފައި ހުންނަ ފެން ހަފްތާއެއްވަންދެން އަޅަން ބުނީ.. އިރާދަ ކުރެއްވިއްޔާ ރަނގަޅު ވާނެ..” އިސްހާގް އެހެން ބުނުމުން ލަމްހާވެސް ލީނާއަށް އަވަސް ޝިފާއަކަށް އެދުނެވެ.

****
“ލިނާ ކޮބާ ރެޑީތަ… މާދަމައިން ފައްޓައިގެން ލީނާ ފައި ރަނގަޅު ކުރުމުގެ މަސަތްކަތް ފެއްޓެނީ ދޯ..” އުޑު މަތިވަނީ އެއްކޮއް ބަނަ ކޮއްލާފައެވެ. ހަވީރު ވެހެން ފެށި ވާރޭ ހުއްޓާލިތާ އަދި މާކަ ގިނައިރެއް ނުވާނެއެވެ. އަނެއްކާވެސް އޮއްސައިގަންނަން އެއޮތީ ތައްޔާރަށެވެ. ލީނާއިނީ ފެންޑާގައި އިން ކުޑަ ދަށުގައެވެ. ޖާވިދު އައިސް ވާހަކަ ދެއްކުމުން ލީނާ ހުރީ ފާޑަކަށް ބަލަހައްޓައިގެންނެވެ. ޖާވިދު އެވެ. ގަސްތުގަ ހެއްޔެވެ.. ނޫނީ އޮޅިގެން ހެއްޔެވެ. ލީނާ ކީ ތީ ފުރަތަމަ ފަހަރެވެ. ހިތުގައި ރިހުމެއް އުފެދިއްޖެއެވެ. ކީއްވެ ކަމެއް ނޭގެއެވެ. ޖާވިދު އަހަރެން ދުރުކޮއްލީހެން ހީވަނީ ކީއްވެ ހެއްޔެވެ. ތި ލޮލުން ކުރިއާ ހިލާފަ އެއްޗެއް ދެނެ ގަންނަން ނޭގެނީ ކީއްވެ ހެއްޔެވެ. ޖާވިދު އެވެ. އަނެއްކާ އަހަރެން ދުރުކޮއްލީ ހެއްޔެވެ.

Share Article

Follow Me Written By

kamana

Level 310 Stories500 Comments100 Comments

Other Articles

Previous

ފޮހެވޭނޭ ބާއޭ… 16

Next

ގެންދާށެ މިހިތް ލޯބިން ކަލާ.. 2

Next
December 9, 2015

ގެންދާށެ މިހިތް ލޯބިން ކަލާ.. 2

Previews
December 9, 2015

ފޮހެވޭނޭ ބާއޭ… 16

19 Comments!

  1. kamana says:
    December 9, 2015 at 8:27 pm

    GUYXX avahah up kohdheyshey bunyma up kohdhiny mi.. hope u guyx will like thx part tooo… lov u all :*

    1. Kiyuntheriyaa says:
      December 9, 2015 at 8:51 pm

      Thank you soooooooooooo much kamna. By the way this part is also interesting like always. 🙂

  2. xaaya says:
    December 9, 2015 at 8:39 pm

    V reethi story

  3. naanijaan says:
    December 9, 2015 at 8:47 pm

    Wow nice. Keep it up

  4. Petite says:
    December 9, 2015 at 9:18 pm

    Wowwww.. mee hama enmme favourite story…

  5. beauty queen says:
    December 9, 2015 at 9:23 pm

    So bootiful….

  6. ira says:
    December 9, 2015 at 10:36 pm

    Dhen Ira varah varah selfish vaane ingey 😉 dhen ves avahah up kohdhechey 😉 story is awesome 😉

  7. shabee says:
    December 10, 2015 at 12:21 am

    upload kurumuge kurin kiyaalaa nama…. name thah hury olhuvaafa. nd m so hairaan vefa ehn kudhinnah ekan notice nukureveythy. hama ekani sanaa kiyumuge badhaluga mistakes ves faahaga kohlaanama. reehchey reehchey kiyumakun adhi nufudhey. anehkaa mee ekaku kuraa cmmnt thakehbaa!!!

  8. kamana says:
    December 10, 2015 at 2:23 am

    Shabee nantha olhuvaalafa eyy bunyma i read it twice. Nufenunu. Can u tell knthaakunkann olhifa inii. Bunedhyfihyaa varah rangalhu. Thnkxx shabee realli appreciate ?

  9. kamana says:
    December 10, 2015 at 2:25 am

    N thnakxxc hurihaa kudhinnah for such lovly comments. ???

  10. Lilly says:
    December 10, 2015 at 5:35 am

    Ishaaas aee nubaikoh liyevifa please check before uploading ekam thi buny twice koh read kurymey upload kurumuge kurin if you read each and single word you will see that mistake mashah heevany Mee ekeh kuraa comments thakeh hen N don’t act cool

  11. kamana says:
    December 10, 2015 at 6:46 am

    Shabee name thah chnge vefa huri eyy bunyma i said check kurymeyy. Nt tht mistakes nuhunnaaneyy. I knw mistakes hunnaanekann. Avahah upload kuryma. Hope u’ll understnd.

  12. misty says:
    December 10, 2015 at 9:41 am

    Awesome… When next part?

  13. someone says:
    December 10, 2015 at 11:44 am

    I think lilly nakuga yaa shabee namiga cmmnt kohfa e hury ekakuhen name change kohgen .. anyways i dont care .. v v v reethi ingey story .. keep up the gud work .. gud luck .. aneh bai avahah upload kohdhehcheh .. cant wait aneh bai varh kiyaa hiyu vey eba ☺??????❤????

  14. mary says:
    December 10, 2015 at 11:49 am

    mistakes thah vs hunnane…e dhn ehaa varu ge kameh nun..anyways story v rythi..keep it up…

  15. bakuru says:
    December 10, 2015 at 11:59 am

    nice story

  16. R says:
    December 10, 2015 at 1:54 pm

    I agree with shabee.. There r some mistakes. Last paragraph ga Jaavidh liyan v thanuga ishaag e iny liyevifa. Plx read before uploading

  17. kamana says:
    December 10, 2015 at 2:36 pm

    thank u guyx for ur support.. 🙂 n R i will try to do better nxt time ingey.. aslu avhah vaahaka up kuranvegnn .. anywayxx thnk u mistake bunedhinythy 🙂

  18. nahu says:
    December 12, 2015 at 11:32 pm

    Next part up kuraney konirakun

Comments are closed.


All Right Reserved!