Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބީގާ ވާތީފަނާ… (8ވަނަ ބައި)

Eyesh Level 210 Stories100 Comments
December 11, 2015 5 Mins Read
23 Comments

“މިއަދު އަފާ ވަރަށްތަފާތު… އެމަންޖެ ހީވަނީ ބޮޑުއުފަލެއް ލިބިގެން އުޅޭހެން..” ކާމޭޒު ކައިރީގައި އިނދެ ސަމީރާ ވާހަކަދެއްކީ މޫސައާއެވެ.
“އެހެންތަ؟ ތިވާނީ އެމަންޖެއަށް ވިސްނެނީކަމަށް.. އެހެންގޮސް މަޑުމަޑުން ޒައިންމަތިން ހަނދާންނެތިދާނެ..” މޫސައެހެން ބުނީ އެއީއޭނާ ބޭނުންވާ ގޮތްކަމުގައި ވާތީއެވެ.
އިރުކޮޅަކުން އަފާއާއި ވަސީމް ކާންއައުމުން ދެމީހުން ދައްކަމުން ދިޔަވާހަކަ ހުއްޓާލުމަށްފަހު މޫސަ ވާހަކައޮޅުވައިލިއެވެ.
“ދަރިފުޅާ ވަސީމް.. ރެސްޓޯރެންޓުގެ މަސައްކަތް ކިހާހިސާބަކަށް ގޮއްސިތަމިހާރު. ؟”
“ފަސްމަސް ތެރޭގަ ހުޅުވޭވަރު ވާނެހެން ހީވަނީ.” ވަސީމް ފެންތަށިން ކޯވަރެއް ބޯލަމުން ޖަވާބުދިނެވެ.
“އަފ!ާ ބައްޕަ އެބަވިސްނަން ދަރިފުޅު ކިޔަވަން މަލޭޝިޔާއަށް ފޮނުވަން. ދަރިފުޅު ބުނީމެއްނު ބޭނުމޭ ބިޒްނަސް މެނޭޖްމެންޓް ކިޔަވަން.” މޫސަގެ މިޚިޔާލުވީ އަފާ ހިތްހަމަޖެހޭ ޚިޔާލަކަށްނޫނެވެ. އަފާ މޫނަށް ފޫހިވައްތަރެއް ޖައްސައިލަމުން ތުންއަނބުރާލިއެވެ.
“ބޭނުމެއްނޫން މެލޭއަށް ދާކަށް … ” އަފާ ރާއްޖެއިންބޭރަށް ދާން ބޭނުންނުވަނީ ޒައިންއާއި ދުރަށްދާން އޭނާގެހިތް ނޭދޭތީއެވެ. ޒައިންގެއަޑު މަދުމަދުން ނަމަވެސް އޭނާއަށް އިވެން ބޭނުންވާތީއެވެ.
“އެހެންވީރު މާލޭގަ ހުރެގެން ކިޔަވަންވީނު.” މޫސަގެ ޚިޔާލާއި އަފާދެކޮޅުހެދުމުން އޭނާ ހިތްހަމަނުޖެހުނު ކަމުގައިވިޔަސް އަފާއަށް އެކަން ދައްކާކަށް އޭނާ ބޭނުމެއްނޫނެވެ.
“އެހެންވީރު އޯކޭ… ” މޫސަގެހިޔާލު ބަދަލުވުމުން އަފާ ވަރަށް އުފާވިއެވެ.

“ބުރޯ! ކައެ ކާންވެސް ބޭނުން ނުވަނީތަ؟ ނިދަންވެސް ބޭނުންނުވަނީތަ؟ ކައެ އަބަދުތިއިންނަނީ ގެއްލި ހުސްވެފަ. ” ޒައިން ވާހަކަ ނުދައްކާތީ އާސިމް ޝަކުވާކުރިއެވެ. “ހްމްްމް މީނަ ހީވަނީ މައްޔިތެއް ހެން.” ނަދީމް ހިނިގަނޑެއް ޖަހާލަމުން ޒައިންއާއި ދިމާކޮށްލިއެވެ. ޒައިން ޖަލަށްލީފަހުން ރަނގަޅަށް ކައިބޮއި ނުހަދާއިރު އޭނާ ނިދަނީވެސް އެހާމަދުންނެވެ. މިއީ ޒައިންގެހަޔާތުގައި މިކަހަލަކަމަކާއި ދިމާވި ފުރަތަމަފަހަރުކަމުން ކަމުގައިވެސް ވެދާނެއެވެ. އޭނާގެ އެހުންނަ ލާނެތްގޮތްގަނޑު ފިލައިގެންގޮސް ގިނަވަގުތު އިންނަނީ ނެގިމަޑުވެ ޖަލުގެކަނަކަށް ޖެހިފައެވެ.
“ކޮބާ ދޮންބެ؟ ކޮންއިރަކުން ދޮންބެ އަންނާނީ؟ މަންމަ ބުނީމެއްނު ދޮންބެ އަނާނެއޭ.. އެކަމު އަދިވެސްނާދޭ… ” ގޭތެރޭގައި ކުޅެންހުރި އަލްވިޝް ތުންދަމައިގެންހުރެ ޝަކުވާކުރަމުންދިޔައީ ޒައިން ނައިސްގެންނެވެ. އަލްވިޝްގެ ޝަކުވާތައް އަޑުއަހަން ނައީމާގެހިތަކަށް ކެތްވާވަރެއް ނުވިއެވެ. އޭނާގެދެލޮލުން ކަރުނަ ހިލެންފެށިއެވެ. ކިތަންމެ ހިތްވަރުކޮށްފައި އުޅެން މަސައްކަތް ކުރިނަމަވެސް ޒައިންމަތިން ހަނދާންވާ ކޮންމެފަހަރަކު އޭނައަށްރޮވެއެވެ.
“ދަރިފުޅާ…. ދޮންބެ އަންނާނެ ވަރަށްއަވަހަށް… ދަރިފުޅު ބަސްއަހަންޏާ ވަރަށް އަވަހަށް އަންނާނެ.” މިމަންޒަރު ބަލަންއިން ސަލީމު އަލްވިޝްގެ ހިތްހަމަ ޖައްސައިދިނެވެ. އެކުޑަކުޑަ އަލްވިޝް ކޮންމެދުވަހަކު އެހުންނަނީ ޒައިން އަންނާނެއިރެއްގެ އިންތިޒާރުގައެވެ.
އެވަގުތު ދޮރު ހުޅުވާލާފައި އަފާއައިސް ގޭތެރެއަށްވަނެވެ.
“ދަރުފުޅު ގުޅާވެސް ނުލާ ތިއައީ..އަނެއްކާ ކިހިނެއްވީ؟” ނައީމާގެ މިސުވާލަށް ޖަވާބުދިނުމެއްނެތި އަފާއައިސް ސޯފަގައި އިން ނައީމާގެ އުނގުގައި ބޯއަޅައިގެންއޮވެ ރޯންފެށިއެވެ. “މަންމާ… އަޅުގަނޑު ޒައިންދެކެ ވަރަށްލޯބިވޭ… އަޅުގަނޑު ޒައިންނޫން މީހެއް ބެނުމެއްނޫން. ހެޔޮ ކޮންމެއިރަކުން އަޔަސް..” އަފާ ޒައިންދެކެ ލޯބިވާވަރު އެނގުމުން ނައީމާއާއި ސަލީމު ކިތަންމެ އުފާވިނަމަވެސް އަފާގެހަޔާތުން ދުވަސްތަކެއް ޒައިންއަށްޓަކައި ބޭކާރުކޮށްލާކަށް އެދެމަފިރިން ނޭދެއެވެ. “ދަރިފުޅު ކީއްކުރަން ޒައިންއަށްޓަކައި ހުންނަނީ.. މަންމައަށް އެނގޭ ތިދެކުދިން އެކަކު އަނެކަކުދެކެ ލޯބިވާވަރު. އެކަމަކު ދަރިފުޅުގެ މައިންބަފައިންނާ ދެކޮޅަށް ޒައިންއާ ކައިވެނިކޮށްގެން ދެއާއިލާ ދޭތެރޭގަ މައްސަލަ ޖެހޭނީ… ” ނައީމާ ކިތަންމެވަރަކަށް އަަފާއަށް ވިސްނައިދޭން މަސައްކަތް ކުރިނަމަވެސް އަފާ ގޮތްދޫނުކުރާނެކަން ހުދު ނައީމާއަށްވެސްއެނގެއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަދިޔަހެން ވަސީމްއާއި ރީޝާގެގުޅުން ދަނީ އިތުރަށް ވަރުގަދަވަމުންނެވެ. ވަސީމްގެ ލޯބީގެބާރުން ރީޝާގެހިތް މަޑުމަޑުން ވަސީމްއަށް ލެނބި އޭނާދެކެ ލޯބިވެވެން ފެށިއެވެ. ހަމައެއާއެކު އަފާގެހިތް ދަނީ ދުވަހެއް ދުވަހަކަށް ބަލިކަށިވަމުންނެވެ. ޒައިންގެ އިންތިޒާރުގައިހުރެ ދުވަސްތައް ގުނަމުންދަނީ ޒައިންގެ ލޯތްބަށްޓަކައި ފަސްއަހަރު ހޭދަކޮށްލުންއެއީ އޭނާއަށް އެއްވެސް ކަމަކަށްނުވާނެތީއެވެ.

*****************

ފަސްމަސް ފަސް….

*****************

ގަޑިން ރޭގަނޑު އަށެއްޖަހައިފިއެވެ. އަދިވެސް ރީޝާގެހަބަރެއް ނުވާތީ ވަސީމް ރީޝާއަށްގުޅިއެވެ. “ބޭބީ.. ކޮބާތަ؟ އަދިވެސް ނުނިމޭތަ؟ ތީ އަށެއްޖަހާއިރު ނިމޭނެއޭ ބުނިމީހާ..އަދިވެސް ލިޕްސްޓިކް ޖައްސަނީތަ؟ ” ހިނިގަނޑެއް ޖަހާލަމުން ވަސީމް ރީޝާއާއި ދިމާކޮށްލިއެވެ.
“ސާބަހޭ… މި ނިމުނީ.. އާދޭބަލާ. މިނިކުންނަނީ.” ރީޝާ ފޯނުބޭއްވުމުން ވަސީމްގޮސް ސިޓިންރޫމްގައިތިބި ސަމީރާމެން ކައިރީގައި ރެޑީ ދޯއޭ ބުނުމަށްފަހު ރީޝާ ބަލައިދާން ނިކުތެވެ.
“ބޭބީ މިރޭ ހާދަރީއްޗޭ . ” ވަސީމްއަށް ރީޝާ ފެނުމާއިއެކު ރީޝާގެ ރީތިސޫރައަށް ތަޢުރީފްކުރިއެވެ. ލައިގެންހުރި ރަތްކުލައިގެޓޮޮަޕާއި ކަޅުސްކިނީގައި ރީޝާގެސިފައިތުރަށް ފުރިހަމަކަމުގައި ފެނެއެވެ. ތުންފަތުގައި ގަދަރަތްކުލަ ޖައްސާފައި، އޭނާގެ ކަޅުކަންގަދަ ބުޅިއިސްތަށިގަނޑު ފަހަތަށް ދޫކޮށްލާފައި އޮތްއިރު ރީޝާއަށް ނޭނގުނަސް ވަސީމްގެހިތް ދިޔައީ ކަތިލެވެމުންނެވެ.

“ބޭބީ ބުނީމެއްނު ބޭރަށް ކާންދާވާހަކަ. ކީއްވެ ގެއަށްމިއައީ؟” ވަސީމް ބާރަށް ސައިކަލު ދުއްވާފައި ގެއަށްއައުމުން ރީޝާ ހައިރާންވިއެވެ.

“ސަޕްްރައިޒް…. ” ވަސީމްއާއި ރީޝާ ދޮރުން އެތެރެއަށް ހަމަވަނުމާއިއެކު ސަމީރާއާއި މޫސަ އަދިއަފާ އެއްފަހަރާ ބާރަށް ހަޅޭއްލަވައިގަތެވެ. އޭރު ސިޓިންރޫމުގެ އެއްބިތުގައި އިނގިރޭސިއަކުރުން “ހެޕީ ބާތުޑޭ ރީޝާ” މިހެން ޖަހާފައިހުއްޓެވެ. މޭޒުމަތީގައިހުރި ބޮޑުޗޮކްލެޓްކޭކުގެ ވަށައިގެން ރަތްކުލައިގެ ކުދި އަށާރަ އުށްބައްތި ޖަހާފައިވެއެވެ.
ރީޝާާއަށްލިބުނު ހައިރާންކަމުގެ ސަބަބުން އިރުކޮޅަކު އަނގަމަތީގައި އަތްއަޅައިގެން ހުރުމަށްފަހު ތޭންކްޔޫ އޭކިޔައި ވަސީމްގެ ގައިގައި ބައްދާލިއެވެ.
ހަމައެވަގުތު ވަސީމްގޮސް މޭޒުމަތީގައިއޮތް ރަތްފިނިފެންމާ ނަގައި ރީޝާއަށް ދިއްކޮށްލިއެވެ. “ހެޕީ ބާތުޑޭ ޕްރިންސެސް.” ވަސީމް ރީޝާގެކޮލަށް ބޮސްދެމުން އުފަންދުވަހުގެ ތަހުނިޔާކިއެވެ. އޭރު ރީޝާއަށްހުރީ އުފަލުން ރޮވިފައެވެ. ވަސީމްގެ އާއިލާ ރީޝާދެކެ ލޯބިވާވަރު ފެނުމުން އޭނާ ހިތާހިތުން ﷲ އަށް ޝުކުރު ވެރިވިއެވެ. ވަސީމްއާއި ރީޝާ އުޅޭގޮތްފެނިފައި އަފާ ޒައިންމަތިން ވަރަށްހަނދާންވިއެވެ. އަދި މިއަދުޒައިން އޭނާކައިރީގައި ހުރިނަމައޭ ހިތަށްއެރިއެވެ.

ދޮރުގައި މީހަކު ޓަކިދޭއަޑަށް ސަމީރާގޮސް ދޮރުހުޅުވައިލިއެވެ. އޭރު ފިރިހެން ކުއްޖަކު ބޮޑުމާބޮނޑިއަކާއި ކުޑަކޮތަޅެއް ހިފައިގެންހުއްޓެވެ. “ދައްތާ! މިގޭގަ އަފާ ކިޔާކުއްޖެއް އުޅޭތަ؟”
“މީ އަފާގެ މަންމަ. ތީ ކޮންކުއްޖެއް؟” އެ ފިރިހެން ކުއްޖާގެ އަތުގައިއޮތް މާބޮނޑިއަށް ބަލާލަމުން ސަމީރާ ސުވާލުކުރިއެވެ.
“މީ އަފާއާ ހަވާލުކުރަން ކުއްޖަކުދިން އެއްޗެއް. ” އެކުއްޖާ މިހެންބުނެ ސަމީރާއަތަށް އެމާބޮނޑިއާއި ކޮތަޅު ދީފައި ދިޔައީއެވެ.
“އަފާ.. މިއޮތީ ކޮންމެވެސް ކުއްޖެއް އަފާއަށް ފޮނުވި ހަދިޔާއެއް.. އަނެއްކާ ކާކުބާ އެކުއްޖަކީ.” ވަސީމްއާއި ދިމާލަށް ނިތްއެއްލަމުން ސަމީރާ އަފާގެއަތަށް މާބޮނޑި ދިއްކޮށްލިއެވެ.
އަފާ އުފަލުންހުރެ މާބޮނޑީގައިހިފައި އޭގެން ވަސްބަލައިލިއެވެ. މާބޮނޑިންދުވި ފްލޯރާސެންޓުގެ ވަހަކީ އަފާއަށް އެންމެކަމުދާސެންޓެވެ. ކޮތަޅު ހުޅުވާ ބަލައިލިއިރު އޭގައިއޮތް ފްލޯރާ ސެންޓުފުޅި ފެނިފައި ވީއުފަލުން އޯމައިގޯޑް އޭކިޔައި ހަޅޭއްލަވައިގަނެ ސެންޓުފުޅިނަގައި މޭގައި ޖައްސާލިއެވެ. އެއީޒައިން މީހަކުލައްވައި ފޮނުވިއެއްޗެއްކަން އަފާއަށް ޔަގީނެވެ.

ގަޑިން މެންދަމުން އަނބުރައި އެކެއް ޖެހިއިރުވެސް އަފާއަށް ނުނިދިފައި އޮތީ ޒައިން ގުޅާނެކަމުގެ އުންމީދުގައެވެ. އެހެން އޮއްވައި ފޯނު ރިންގުވާން ފެށުމުން ބަލައިލިއިރު އެއީ ޒައިން ކުރިންވެސް ގުޅިނަންބަރުކަން އެނގުމުން އަވަސްއަވަހަށް ފޯނުނެގިއެވެ.
“ބޭބީ… ތޭންކް ޔޫ ސޯމަޗް. އައިލަވްޔޫ ބޭބީ.” އަފާ ފޯނު ނެގިގޮތަށް ޒައިން އަށް ޝުކުރުއަދާކުރިއެވެ.
“ކޮންކަމަކާ ތޭންކްޔޫ އޭ ތިބުނީ… ބޭބީއަށް ގުޅީމަތަ؟” ވާނުވާނޭނގިފައިހުރެ ޒައިން މިހެންއެހުމުން އަފާއަށްލިބުނީ ހައިރާން ކަމެކެވެ. އޭނާހީކުރީ ޒައިން ސަމާސަ ކުރަނީކަމަށެވެ.
“މިރޭ ފޮނުވީމެއްނު މީހަކު އަތަށްދީފަ މާބޮނޑިއަކާ ސެންޓު ފުޅިއެއް.. އެއީ ބޭބީ ފޮނުވިއެއްޗެއް ނޫންތަ؟” އަފާއަށް އަދިވެސްއެއީ ޒައިން ފޮނުވިއެއްޗެއް ނޫންކަން ގަބޫލެއް ނުކުރެވެއެވެ.
“ހަމަ ޕްރޮމިސް… މަށެއް ނުފޮނުވަން އެއްވެސް އެއްޗެއް. ތިވާނީ އެހެންމީހަކު ކަމަށް.. އަނެއްކާ ބޭބީ ދެކެ ލޯބިވާ އެހެންމީހަކު އުޅެނީތަ؟” ޒައިން ވާހަކަ ދެއްކީ ސަމާސާ ރާގެއްގައި ނަމަވެސް އޭނާ އެބުނީ ތެދެކެވެ. ޒައިން އެއްވެސްއެއްޗެއް އަފާއަކަށް ނުފޮނުވައެވެ. އެހެންވީއިރު އެއީކާކު ފޮނުވިއެއްޗެއްބާއެވެ.
“ބޭބީ….. ތިއެއްޗެހި ފޮނުވިމީހަކު އެނގިއްޖެއްޔާ ހޭއަރުވާލާނަން.. އެއްވެސް މީހަކު ނުޖެހޭނެ ބޭބީއަށް މާބޮނޑިއާ އެއްޗެހި ފޮނުވާކަށް.. ތީ ހަމައެކަނި މަގޭމީހެއް. ދޯ ބޭބީ.” ޒައިންހުރީ ރުޅިއައިސްފައިކަން އެނގުމުން އަފާއަށް ހެވުނެވެ.
“ސާބަހޭ ބޭބީ…. އެވާނީ ކޮންމެވެސް މޮޔައެއް ފޮނުވިއެއްޗަކަށް.. އަފާމީ ހަމައެކަނި ޒައިންގެމީހެއް. އާރޔޫ ހެޕީނައު؟” އަފާވަހަކަ ދެއްކީ ހެމުންނެވެ.
“ހްމްމް…. ވަރަށް ހެޕީ… ދެން އަވަހަށްނިދާލާ އިނގޭ.. ގުޑްނައިޓް.. ސްވީޓް ޑްރީމްސް.. އުންމަ.” ޒައިން މިހެންބުނެ ފޯނު ބޭއްވުމުން އަފާއަށް ވިސްނެން ފެށުނެވެ..
އެއީ އަނެއްކާ ކާކުފޮނުވި އެއްޗެއްބާއެވެ؟ އެމީހަކަށް އަހަންނަށް އެންމެ ކަމުދަނީ ފްލޯރާ ސެންޓުކަން އެނގުނީ ކިހިނެއްބާއެވެ؟ އެއީ ކޮންމެމީހެއް ކަމުގައި ވީނަމަވެސް އެމީހެއްގެ އެދުމަކީ ކޮބައި ބާއެވެ؟
މިކަހަލަ ތަފާތުގިނަ ސުވާލުތަކެއް އަފާގެ ސިކުނޑީގައި އެނބުރެން ފެށިއެވެ. އެތައްއިރަކު އެހެންއޮވެ ވިސްނުމުންވެސް އެއީކާކުގެ އަމަލެއްކަން ހަމައެއްގޮތަކަށްވެސް އަފާއަކަށް ނޭނގުނެވެ.

“ދޮންބޭ… ދޮންބޭ… ދޮރުހުޅުވާލަބަލަ…. އަދިވެސް ނިދަނީތަ؟” ވަސީމްއަށް ހޭލެވުނީ އަފާ ދޮރުގައި ތަޅާއަޑަށެވެ. “މިއޮށް ހެނދުނާ ކީއްކުރަންތަ ތިގޮވަނީ؟” ވަސީމް ދޮރުހުޅުވާލަމުން އަތުކުރީގައިއޮތް ގަޑިއަށްބަލައިލިއެވެ. އޭރުއަދިގަޑިން ހެނދުނު ހައެއްޖެހީއެވެ. ވަސީމް ގޮސް އަނެއްކާވެސް އެނދުގައިއޮށޯވެ މޫނުމަތީގައި ބާލީސްއެޅިއެވެ. “ދެންއަޅެ ދޮންބޭ… ތެދުވެބަލަ.. މަމިއައީ ވަރަށްފައްކާ އައިޑިއާއެއް އައިސްގެން.. ހިނގާބަލަ މިއަދު ހުޅުމާލެއަށް ބާބަކިއުހަދަން ދާން.” ވަސީމްގެ މޫނުމަތީގައި އޮތްބާލީސް ގަދަކަމުން އަފާނެގިއެވެ. އަދި ފާޚާނައިގެ ފެންމާގަނޑުން އަތަށް ފެންފޮދެއް އަޅައިގެން އައިސް ވަސީމްގެ މޫނަށްޖެހިއެވެ. “އައްޗީ… ކޯއްޗެއް ތިޖެހީ…. ކޮއްކޮ މޮޔަވެގެންތަ ތިއުޅެނީ.. މިހާހެނދުނާ މީހުން ބާބަކިއު ހަދަންދޭތަ؟” ވަސީމްއަށް އިތުރަށް ނުނިދޭނެކަން އެނގުމުން އޭނާތެދުވެ އެނދުމަތީގައި އިށީނެވެ.
“ކާކު ބުނީ މިގަޑީގަ ދާށޭ؟.. މިރޭގައޭ ދާނީ.” އަފާ ހެމުންހެމުން ވާހަކަދެއްކިއެވެ.
“މިއޮށް ހެނދުނާ ތިގޮވަނީ ތިހެންބުނަން؟ ޕިސް ޕިސް… ސާބަހޭ ކޮއްކޮއަށް.. ދޮންބެ ނިދިޔަ ދިނިއްޔާދާނީ… އޯކޭ؟” ވަސީމް މިހެން ބުނުމުން އަފާ “އާނއޯކޭ ޑީލް” އޭކިޔައިހެމުން ވަސީމްގެކޮޓަރިން ނިކުތެވެ.

“މަންމައަށް އެނގޭތަ؟ މިއަދު މިކޮއްކޮ މާހެނދުނަކާ ހޭލައިގެން އައިސް އަޅުގަނޑު ނިދިޔަވެސްނުދިން…މިރޭ ހުޅުމާލެއަށް ބާބަކިއު ހަދަންދާން ބޭނުމޭކިޔާފަ އައިސްގޮވީރު ހައެއްވެސް ނުޖަހާ.” ޓީވީ ބަލަންއިން އަފާގެއަތުން ރިމޯޓުއަތުލަމުން ވަސީމް ވާހަކަދެއްކީ ބަދިގެތެރޭގައި ކައްކަންހުރި ސަމީރާއާއެވެ. “މަންމާ …އަޅެ ބަލާބަލަ… ދޮންބެ ރިމޯޓު އަތުލައިފި.” އަފާ ސަމީރާއަށް ގޮވައި ޝަކުވާކުރިއެވެ. ވަސީމް ހެމުން އަފާއަތަށް ރިމޯޓު ދިނުމަށްފަހު އެބައަންނަމޭކިޔައި ބޭރަށް ނިކުތެވެ.

ހަވީރު ފަހެއްޖެހިއިރު ވަސީމްމެން ހުޅުމާލެއަށްދާން ފެރީއަށްއެރިއެވެ. އެންމެންވެސްތިބީ އަފާއެކޭއެއްގޮތަށް މިކަހަލަ ދަތުރަކުދެވޭތީ ވަރަށްގަޔާވެފައެވެ. ހުޅުމާލެއަށް ލެފުމުން ޓެކްސީއެއްގައި ފިހާރައަކަށްގޮސް މަސްފިހަން ބޭނުންވާތަކެތި ގަނެގެން އެންމެން އެކުގައި ހިނގާލާފައި މަސްފިހާތަނަށް ދިޔައެވެ. މޫސައާއި ވަސީމް އަލިފާންގަނޑު ޖެހުމާއި ހަވާލުވުމުން ސަމީރާއާއި ރީޝާ ކުކުޅުގައި ޅިޔައަޅައި އޭގައި މިރުސްކޭއްތުމާއިގެން އުޅެންފެށިއެވެ. “ކަންނެތްގަނޑު ނުކުރޭނު އެއްކަމެއްވެސް. އެކަމަކު އުޅޭނެ މާ ފޯރިއަރުވާލައިގެން.” އަފާ ކަމެއްނުކޮށް އިންތަންފެނިފައި ވަސީމް އަފާއާއި ދިމާކޮށްލިއެވެ. “އަސްލުވެސް…. ކޮއްކޮއަކަށް ނޭނގޭނެ އެއްކަމެއް ކުރާކަށްވެސް.” މޫސަވެސް ހެމުން ވަސީމްއާއި ބައިވެރިވެލިއެވެ.

“އަފާ ހާދަރީއްޗޭ. މާށާ ﷲ ” ނުދަންނަ ނަންބަރަކުން އަފާގެފޯނަށް އައި އެމެސެޖު ކިޔާލަމުން އަފާ ވަށައިގެން ހޯދާލިއެވެ. މުޅިހިސާބުގަނޑުގައި އެތަކެއްމީހަކު އަވަދިނެތި މަސްފިހުމާއި ކެއުމާއިގެން އުޅެމުން ދާއިރު އެމެސެޖް
ކުރީ އެތަނުން ވަކިކާކުކަމެއް އަފާއަކަށް ނޭނގުނެވެ.
“ތީ ކާކު؟ ” އަފާ އެނަންބަރަށް މެސެޖެއް ފޮނުވައިލިއެވެ.
” ތި ބްލެކްޓޮޕް ވަރަށްގުޅޭ އަފާޔާ…” އެކޮޅުން މެސެޖް ކުރިލެއް ވަރަށް އަވަހެވެ. އެކަމަކު އަފާކުރި ސުވާލަށް ޖަވާބުނުދީ އެމީހަކު އަފާއަށް ތައުރީފް ކުރިއެވެ. އަފާ ވަށައިގެން އެނބުރިލާފައި އެންމެންނަށް ނަޒަރުހިންގައިލިއެވެ. އެކަމަކު މުޅިހިސާބުގައި މީހުންތައް ގިނަކަމުން އޭނާގެއާއިލާ ފިޔަވައި އެއްވެސް ދަންނަމީހަކު އެތަނުން އަފާއަކަށް ނުފެނުނެވެ. އެއީ އަނެއްކާ ކާކުބާއެވެ؟

ނުނިމޭ…

Share Article

Follow Me Written By

Eyesh

Level 210 Stories100 Comments

Other Articles

Previous

ހަޔާތަށް ދިރުން ގެނެސްދިނީ ކަލާ(11)

Next

ފޮހެވޭނޭ ބާއޭ… 18

Next
December 11, 2015

ފޮހެވޭނޭ ބާއޭ… 18

Previews
December 10, 2015

ހަޔާތަށް ދިރުން ގެނެސްދިނީ ކަލާ(11)

23 Comments!

  1. m says:
    December 11, 2015 at 8:09 am

    Me 1st v salhi

    1. Eyesh says:
      December 11, 2015 at 2:39 pm

      Thmx m ?

  2. nuhnu says:
    December 11, 2015 at 8:30 am

    Vrh nice..kyp it up:)

    1. Eyesh says:
      December 11, 2015 at 2:40 pm

      Thmx nuhnu ?

  3. Mimmi says:
    December 11, 2015 at 9:18 am

    Achyyyyyyyy…. hadi varah. Dheyn my kon kahala vaahaka eh tha,? 18 plus. My foot.

    1. aishy says:
      December 11, 2015 at 3:22 pm

      Hadiyyaa nukiyBalA

  4. sadhaaa says:
    December 11, 2015 at 9:44 am

    Varah reethi. ..next part avahah genes dheythi

    1. Eyesh says:
      December 11, 2015 at 2:38 pm

      Ok sure sadhaaa . Thanx for reading ingey ?

  5. zero says:
    December 11, 2015 at 11:04 am

    Maa baby baby vefa

    1. Eyesh says:
      December 11, 2015 at 5:31 pm

      Thanx for reading this story ?

  6. mice says:
    December 11, 2015 at 11:17 am

    NICE WAITING FO THE NEXT PART!

    1. Eyesh says:
      December 11, 2015 at 2:39 pm

      Thanx mice ?

  7. sara says:
    December 11, 2015 at 1:08 pm

    V salhi. Secret admirer eh dhw.. waiting 4 d nxt part. ..

  8. Eyesh says:
    December 11, 2015 at 2:33 pm

    Thanx everyone , thanx for reading this story ?and i happily accept all ur positive n negative comments. ?

    1. mimmi says:
      December 11, 2015 at 4:45 pm

      i can see that clrly u repld to evryothr cmnt but not mineeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee

  9. ravoopinky says:
    December 11, 2015 at 3:28 pm

    v v v v v reethi

    1. Eyesh says:
      December 11, 2015 at 5:26 pm

      Thnx dear ?

  10. Zamhath says:
    December 11, 2015 at 4:41 pm

    V v v interest vejje reethi reethi vaahaka eh

    1. Eyesh says:
      December 11, 2015 at 5:27 pm

      Thnx zamhath ?

  11. Ahmed Ammu says:
    December 11, 2015 at 4:51 pm

    V v v salhi ?

    1. Eyesh says:
      December 11, 2015 at 5:26 pm

      Thnx ammu ?

  12. Eyesh says:
    December 11, 2015 at 5:30 pm

    Dear Mimmi ? mimmi ah mivahaka hadi kan egunima v dheravejje. But still m glad to know that u read this story. Hope u will like the next part ?

    1. mimmi says:
      December 12, 2015 at 12:31 pm

      tell me something i dont know

Comments are closed.


All Right Reserved!